“މަޑުކޮއްބަލަ އާހިލް……. އާހިލްއަށް މީޝާއާ މެރީއެއް ނުކުރެވޭނެ…….. ޝީ އިޒް އޯލްރެޑީ މެރީޑް….” ޔާނީޝްގެ ޖުމްލައިން އެންމެންގެ ދެލޯބޮޑުވިއެވެ. އެންމެންވެސް ޔާނިޝްއާ ދިމާލަށް ބަލަމުން ދިޔައީ ސުވާލުގެ ނަޒަރަކުންނެވެ. އިތުރަށް ވާހަކަ ފުރިހަމަ ކުރާނެގޮތެއް ނޭނގި ފަހަރަކު މީހެއްގެ މޫނަށްބަލަން ޔާނިޝްއަށް ހުރެވުނީއެވެ. “ކީކޭ….. މީޝާ މެރީޑްއޭ…………..” ދުރުގަހުރި އާޔާ އައިސް ޔާނިޝްގެ ކައިރިއަށް ހުއްޓެމުން އަހާލިއެވެ. އޭރު އާހިލް އާއި މީޝާ އައިސް އެހެންމީހުން ކައިރީ ހުއްޓިލިއެވެ. ފުރަތަމަ ފަހަރަށް ހަގީގަތް ހާމަނުކުރުމަށް އެދި ހިތާހިތުން […]
ޔާނީޝް ކޮއްޕާލުމުން އާހިލް ގޮސްޖެހުނީ ފާރުގައެވެ. މީޝާގެ އަތުގަ ހިފާ ހިނގައިގެން ޔާނިޝް ހުއްޓުނީ ދޮރުމަތީ ހުރި ރައުފާ ފެނުމުންނެވެ. “މިތާ ކިހިނެއް މިވަނީ………….” އާހިލްއަށް ބަލާލަމުން ރައުފާ ވާހަކަ ދެއްކިއެވެ. މީޝާ އަވަސް އަވަހަށް ޔާނިޝްގެ އަތުން ދޫކޮއްލީ ރައުފާއަށް ނޭންގުންކަން ޔަގީންވީމައެވެ. “މީޝާ އެކަނި ހުރީމަ ކުޑަކޮން ވާހަކަ ދައްކާލަށް އަހަރެން އުޅުނީ…… ނޭނގެ ޔާނިޝް އެހާ ރުޅިއައީ ކީއްވެކަމެއް……” ދެއަތް ފޮޅާލަމުން އާހިލް ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއެކުގައެވެ. “ވާހަކަ ދައްކާލަށް އައިސް […]
އަޔާން އާހިލް ތައާރަފް ކޮއްލަދިނެވެ. ޔާނިޝްއަށް އިނީ ދައްކާނެ ބަހަނާއެއްވެސް ނޭނގިފައެވެ. މީޝާއަށް އިދެވުނީ ޔާނިޝްގެ ހިމާޔަތަށް އެދިއެދިއެވެ. “މީޝާއަށް ކަމުދޭތަ އާހިލް………………..” މީޝާ ސިހުނީ އަޔާންގެ އަޑަށެވެ. މީޝާ އާހިލްއަށް ބަލާލިއެވެ. އާހިލްހުރީ ހިނިތުންވެލައިގެންނެވެ. މީޝާ އަނެއްކާވެސް ބަލާލީ ޔާނިޝްއަށެވެ. “ދެކުދިން އެކުގަ ދުވަސްކޮޅަކު އުޅެލީމަ އެނގޭނީދޯ…………..” މީޝާގެ ޖަވާބެއް ނުލިބުމުން އަކްރަމް ބުނެލިއެވެ. އާނއެކޭ ބުނުމުގެ ގޮތުންބޯޖަހާ ލުމައްފަހު މީޝާ އިސްޖަހާލިއެވެ. “އާހިލްއަށް މީޝާ ކަމުދޭތަ………………….” ދަތްދޮޅީގަ އަތްވިއްދާލައިގެން އިނދެ ޔާނިޝް ސުވާލުކުރިއެވެ. […]
ޔާނިޝް” އަދި “މީޝާ” އެބުރި އަންނަނީ……………………………………………. “ހިތުގެ އެދުމޭތީ” 9 ވަނަ ޕާރޓްއަށް ފަހު އަޅުގަނޑުގެ ލައިފްއަށްއައި ކުޑަ ބަދަލެއްގެ ސަބަބުން އިތުރު ޕާރޓްއެއް ލިޔަށް ޓައިމް ލިބޭގޮތްވަނީ ނުވެފައެވެ. އެހެންނަމަވެސް މިހާރު މިގެންދަނީ ވާހަކަ ލިޔަމުންނެވެ. އިރާދަކުރެއްވިއްޔާ “ހިތުގެ އެދުމޭތީ” ގެ އައު ޕާރޓްއެއް ވަރަށް އަވަހަށް ކިޔުންތެރިންނާ ހަމައަށް ގެނެސްދެވޭނެއެވެ. ހުރިހާ ކިޔުންތެރިންވެސް މިވާހަކައަށް ކޮމެންޓްކޮށް މިވާހަކައިގަ އިސްލާހުކުރަން ޖެހޭކަންކަން ފާހަގަ ކުރަމުން ގެންދާނެކަމަށް ހީކުރަން……… “ހިތުގެ އެދުމޭތީ” ވާހަކައިގެ އިންތިޒާރުގައި ތިބިއެންމެހާ ކިޔުންތެރިންނަށް […]
މީޝައަށް ހޭލެވުނީ ދޮރުގަ މީހަކު ޓަކިދޭ އަޑަށެވެ. މީޝާ އަވަސް އަވަހަށް ޔާނިޝްގެ ގައިގަ ކޮއްޓަންފެށިއެވެ. އެވަގުތު އެމީހަކު ޔާނިޝްއަށް ގޮވާލިއަޑުއިވުނެވެ. އެއަޑު ޖެހުމާއެކު މީޝާގެ ހަރަކާތްތައް ހުއްޓުނެވެ. ކުރަންވިކަމެއް ނުކުރަންވިކަމެއް ނޭނގުނެވެ. އާޔާ ތަކުރާރުކޮން ޔާނިޝްއަށް ގޮވާލިއެވެ. މިފަހަރު ޔާނިޝްއަށްވެސް ހޭލެވިއްޖެއެވެ. “ގުޑް މޯރނިންގް ސުވީޓް ހާރޓް………………” ޔާނިޝް ދޮރުހުޅުވާލުމުން އާޔާ ބުނެލިއެވެ. އާޔާ އެތެރެއަށްވަދެ ޔާނިޝްގެ ކޮޑަށް އަތްވައްޓާލިއެވެ. “އާޔާ….. އަހަރެން މިހިރީ އަދި ހޭލައިގެން ފެންވެސް ނުވަރާ……………” އާޔާގެ އަތް ދުރުކޮއްލަމުން ޔާނިޝް […]
ޔާނިޝް މީޝާގެ އަތުގަ ހިފައިގެން ގެއިންނިކުތް މައްޒަރު، ކާކޮޓަރި ތެރޭހުރި ރައުފާއަށް ވަރަށް ރަގަނޅަށް ފެނުނެވެ. ރައުފާ ކުރަންހުރި މަސައްކަތް ބަހައްޓާފަ ސިޓިންރޫމްއަށް ނިކުމެލީ ޔާނިޝްމެން ދިޔަ ދިމާލެއް ބަލާލުމުގެ ބޭނުމުގައެވެ. ޔާނިޝްއާއި މީޝާ ކާރަށް އަރާ ދުއްވާލިއެވެ. ރައުފާގެ ހިތުގަ ޖަވާބުނޭނގޭ އެތައް ސުވާލެއް އުފެދުނެވެ. މީޝާއަށް އަދިވެސް އިނީ ޔާނިޝް ދާންއުޅޭތަނެއް ނޭނގިފައެވެ. އެތައްފަހަރަކު މިހާރު އަހައިވެސް ލައިފިއެވެ. ނަމަވެސް ޔާނިޝްގެ ފަރާތުން އެއްވެސް ޖަވާބެއްނުލިބުނެވެ. ބާރުދުވެލީގަ ދުއްވަމުންދިޔަ ކާރު މަޑުކޮއްލީ ދެބުރިއަށް ނަގާފައިވާ […]
އަކްރަމް އެނދުމަތީ އިށީދެލަމުން ދެއަތުން މޫނުމަތީ ހުރި ދާތިކިތައް ފޮހެލިއެވެ. އަދި އަވަސް އަވަހަށް ބޭރަށް ނިކުމެ އަޑުއިވޭ ހިސާބުގަ މީހަކު ހުރިތޯ ދެކޮޅު ހޯދާ ބަލާލިއެވެ. މީހަކު ފެންނަށް ނެތުމުން ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލިއެވެ. މުޅިރޭހެން ޔާނިޝް ހޭދަކުރީ ގެއިންބޭރުގައެވެ. އެބައްޕަގެ މޫނުވެސް ދެކެންބޭނުން ނުވާކަހަލައެވެ. “އައްސަލާމް އަލައިކުމް………” އަމަރް ސަލާމްގޮވާލީ ސިޓިންރޫމްގަ ތިބި ޔާނިޝްއާއި އަޔާން ފެނުމުންނެވެ. “އަހަނ އަމަރް……… ކޮންއިރަކު ރަށަށް އައީ………… އާދޭ އިށީނަން” “އިއްޔެއައީ…….. މިއަދު މީޝާ ޓޭސްޓްގެ ރިޒަލްޓް […]
މީޝާ ރޮއެގަންނަމުން އަމަރްގެ ގައިގަބައްދާލިއެވެ. “މީޝާ….. ކިހިނެއްވީ…… ކީއްވެތި ރޮނީ………….” އަމަރް ހާސްވެހުރެ ސުވާލުކުރިއެވެ. މީޝާ ރުއިން ކޮންޓުރޯލް ކުރެވޭތޯ މަސައްކަތް ކުރިއެވެ. ކުރު ގޮތަކަށް އަމަރްއަށް ހުރިހާ ވާހަކަތަކެއް މީޝާ ކިޔާލަދިނެވެ. އަމަރް މީޝާ އަތުގަހިފާ ކޮޅަށް ނެގިއެވެ. މީޝާ ކިޔަވަން އައިންސުރެ މީޝާގެ އެންމެގާތް ރަހުމަތްތެރިޔަކީ އަމަރްއެވެ. އަމަރްގެ ރަގަނޅު އަހުލާގާ، އޯގާތެރިކަމުގެ ސިފަ އަބަދުވެސް މީޝާއަށް އެހީވެދެއެވެ. އުފާވެރިކަމެއްވިޔަސް ހިތްދަތިކަމެއް ވިޔަސް އަމަރް މީޝާގެ އެންމެގާތުގައިހުރެއެވެ. “މީޝާ…………………………” މީޝާއާ އަމަރް އެބުރިބަލާލީ ޓެރަސްމައްޗަށް […]
ޔާނިޝްއަށް އިނީ އަދިވެސް ދޭނެ ޖަވާބެއް ނޭނގިފައެވެ. އެއްފަހަރު އަޔާންގެ އަތަށް، އަނެއްފަހަރު މީޝާގެ މޫނަށް ޔާނިޝް ބަލާލިއެވެ. “ދޮންބޭ………………. ތީކޮންކަމެއް………..” އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ދޮރުމަތީ ހުރި އާޔާއަށް ބަލާލިއެވެ. އާޔާ އައިސް ޔާނިޝްގެ ކައިރީ އިށީނެވެ. “އަހަންނަށް އެނގޭ ދުވަހަކުވެސް ޔާނިޝް އަހަރެން ދޫކޮއްލާފަ ނުދާނެކަން….. ޔާނިޝް ދުވަހަކުވެސް އަހަރެން ބާކީއެއް ނުކޮއްލާނަން ދޯ…….” ޔާނިޝް ހިނިތުންވެލަމުން އާންއެކޭބުނެ ބޯ ޖަހާލީ އިތުރު އެއްވެސް މަގެއް ފެންނަށް ނެތުމުންނެވެ. “ޕުރޮމިސް………..” އާޔާގެ އަތް […]