Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވާށެ އޯގާ ހިތާ 18

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
July 14, 2017 13 Mins Read
86 Comments

މަސައްކަތަށް ގެބިގެން އިން ޒިޔަމް ސިއްސައިގެން ދިޔައީ މީހަކު ބާރަށް ދޮރުގައި ތަޅައިގަތުމުންނެވެ. ބަލާލިއިރު ސާއިމް އެތެރެއަށް ނުވަދެ ދޮރު ތަންމިނަށް ހުޅުވައިގެން ހުއްޓެވެ.

“ކިހިނެތްވީ” ޒިޔަމް އަހާލިއެވެ.ސާއިމް ޖަވާބު ދިނުމުގެ ބަދަލުގައި ޒިޔަމްއާއި ދިމާލަށް އެއްޗެއް އެއްލާލިއެވެ. ޒިޔަމް ހުޝިޔާރު ކަމާއި އެކީ އެހިފިއެވެ. އަދި އެޔަށް ބަލާލިއެވެ.

“އަސްލުވެސްތަ” ހައިރާންވެފައި ޒިޔަމް އަހާލިއެވެ. ހިތް އަވަސްވެފައި ވާ ހާލުގައެވެ.

“އަވަހަށް ދާން އުޅޭ” ދެބުމަ މައްޗަށް އަރުވާލުމަށްފަހު ސާއިމް ބުނެލީ ހިނިތުންވެލަމުންނެވެ.

“އެކަމަކު ކިހިނެތް” އަވަސް ހިގުމެއްގައި ތެދުވެގެން އައިސް ޒިޔަމް އަހައިލިއެވެ. އެއަޑުގައި އަދިވެސް ވަނީ ހައިރާންކަމެވެ.

“ދެން ހުރިހާ އެއްޗެއް ކިޔައިދޭނެ ވަގުތެއް ނެތް” ސާއިމް ޒިޔަމް ދޮރުން ގަދަކަމުން ކަހަލަ ގޮތަކަށް ނެރެމުން ބުނެލިއެވެ.


 

ޒިޔަމް ބާރު ދުވެއްޔެއްގައި ގޮސް ސައިކަލު މަޑުކޮށްލީ ސާއިމްގެ ގެ ކައިރިއަށެވެ. އަވަސް އަރުވާލާފައި އުޅުނު ވަރުން ސައިކަލު ތަޅުދަނޑި ނަގަންވެސް ހަނދާން ނެތުނެވެ. ގޭގެ ދޮރާޢި ހަމަވުމުން ދެތިން ފަހަރު ޓަކި ދިނުމުން ދޮރު ހުޅުވީ ފަރުހާދެވެ.

“ޒިޔަމް” ފަރުހާދު ގޮވާލިއެވެ.

“ޒީން އެބައުޅުއްވާތޯ” ޒިޔަމް މަޑުމައިތިރިކަމާއި އެކު އަހާލިއެވެ.

“އާން ޒީން އެބައުޅޭ” ފަރުހާދު އަޑުހަރުކޮށް ޒީންއަށް ދެތިން ފަހަރަކު ގޮވާލިއެވެ.

“ކީކޭ ބައްޕާ” ޒީން އެދިމާލަށް އައީ އިސްޖަހައިގެން ހުރެ އަޅަމުން ދިޔަ ޝޯލްގައި ޕިނެއް ޖަހަމުން ކަމުން ދޮރާއި ހަމައަށް އާދެވުނު އިރުވެސް ޒިޔަމް އެތާގައި ހުރި ކަމެއް ނޭނގެއެވެ. އިސްއުފުލައި ބަލާލިއިރު ކުރިމަތީ ހެވިފައި ހުރި ޒިޔަމް ފެނުމުން ދެބުމަ ގޮށް ޖަހާލެވުނެވެ.

“ޒިޔަމް ދަރިފުޅާއި ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ބުނީ” ފަރުހާދު ބުންޏެވެ.

“އަޅުގަނޑު ބިޒީ މިގަޑީގަ. އެހެންނޫނަސް އަޅުގަނޑާއި ބައްދަލުކުރަން އަންނަވަރުގެ އެއްވެސް މީހެއް ނުހުންނާނެ” ޒީން ވާހަކަ ދެއްކީ ފަރުހާދާޢި ކަމަށް ވިޔަސް އޭގެ މާނަ އަމާޒުވީ ޒިޔަމްއަށެވެ.

“ޒީން އެއްމެ ފަސް މިނެޓު” ކެތްތެރިކަމެއް ނެތި  ޒިޔަމް އެދުނެވެ. ނަމަވެސް އެޔަށް އަޅައި ނުލައި ޒީން ދިޔައެވެ. ޒިޔަމް ދެތިން ފަހަރު ގޮވާލުމުންވެސް އިޖާބަ ނުދީއެވެ.


 

ޖެހިގެން އައި ދުވަސްވެސް ފާއިތުވެގެން މިދަނީ އެކަހަލަ ގޮތަކަށެވެ. ޒީން ޒިޔަމްއަށް ފިލައިގެން އުޅެމުންދިޔައެވެ. ހެދުނުގެ ވަގުތުތައް އެއްކޮށްހެން ހޭދަކުރީ ކުރިން މަސައްކަތް ކުރި ޖަމިއްޔާގެ އޮފީހުގައި ވޮލެންޓިއަރެއްގެ ގޮތުގައެވެ. މެންދުރު ކެއުމަށްފަހު ކޮޓަރީގެ ތަޅުލައިގެން އެކި ކަންކަމުގައި މަޝްއޫލުވެގެން އުޅުނީ ޒިޔަމްގެ ހަނދާންތަކާއި ދުރުވެވޭތޯއެވެ. ނަމަވެސް ޒިޔަމްހެން ޒީންގެ ހިތުގައި ލޯބީގެ ނަން ވަނީ ފޮހެވިގެން ނުދާނެ ވަރަށް ފެވިފައެވެ. އެހެންކަމުން ދޭތެރެ ދޭތެރެއިން ހިތް ޒިޔަމްގެ ނަން ގޮވާލައެވެ.

ހަމަހިމޭން ޖައްވުގައި ޖެހެމުންދާ ވަރިރޯޅިތަކުން މުޅި ޖައްވަށް ވަނީ ތާޒާކަން ގެނެސްދީފައެވެ. ވަގުތު ފާއިތުވެގެން ދާވަރަކަށް ކަޅުބޯވިލާތަކުން އުޑުމަތި ބަނަކުރަމުންދިޔައެވެ. ހީވަނީ ބޮޑު ކަމަކަށް ތައްޔާރުވަމުން ދާހެންނެވެ. ތެތް ފިނި ވައިރޯޅިތަކާއި އެކު ވަށައިގެން ހެދިފައިވާ ގަސްތަކުގައި ފޮޅިފައިވާ މާތަކުގެ ހުވަނދުން ފަޒާ އެއް ވަސް ކުރުވަމުންދެއެވެ.

އަނދިރިކަމުގައި ލޯބިވެރިން ވަގުތު ގުނަމުން ދިޔައީ އުފާވެރިކަމާއި އެކީގައެވެ. ހަޔާތުގެ ކަނޑުގައި އެމީހުންގެ ނައުގައި ބައިވެރިވާނެ ފަޅުވެރިޔާއާއި އެކީގައެވެ. އަތާއި އަތް ޖޯޑުކޮށް ހުވާކުރަމުން ދަނީ ދުވަހަކުވެސް ވަކި ނުވާނެކަމަށެވެ. ދުލުން ބޭރުވާ ލޮބުވެތި ބަސްތަކުން އެކަކު އަނެކަކަށް ހިތްހަމަޖައްސައިދެމުން ދިޔައެވެ.

އާޓިފިޝަލް ބީޗްގެ އެއް ފަރާތެއްގައި އެއްމެނާއި ވަކިން އިން ޒީންއަށް އެކަނިވެރިކަން އިހްސާސްވަމުން ދިޔައެވެ  ދުނިޔޭގައި ބާކީ ވެއްޖެކަމުގެ އިހްސާސްކުރެވެން ފެށުނެވެ. ލޯބީގައި ކާމިޔާބު ނޫން މީހަކަށް ލިބޭނެ ވޭން ހިތަށްވެސް ލިބެމުން ދިޔައެވެ. ޒީންގެ ހިތު ތެރޭގައި ހިޔާލްތައް އަރާރުވަމުން ދިޔައެވެ. ޒިޔަމްގެ ލޯބީގެ ދަލުގައި ޖެހިފައި ހުރިވަރުންނެވެ. ޒިޔަމް އެފަދަ ކަމެއް ކޮށްފާނެބާވައެވެ؟ ޒިޔަމްގެ އަގާއި އެއާއިލާގެ އިއްޒަތް ވެއްޔާއި މޮޑެލަން ޒިޔަމް އެލީކް ނުކުރާނެކަން ޔަގީނެނެވެ.  ޝަމްހާއާއި ދެމީހުން އެހާއެއްކޮށް އެއުޅެނީ ކީއްވެ ބާއެވެ؟ ޝަމްހާކަމަށް ހީކޮށް ކައިވެންޏަށް އާބަސް ބުނީ ޒީންދެކެ ވާ ލޯބި އެހިތުން ފުހެވުނީމަ ހެއްޔެވެ؟ ދުލުން ބުނާ ބަހާއި އަމަލާއި ދިމާ ނުވަނީ ކީއްވެބާއެވެ؟ އަނެއްކާ މީ ޒިޔަމް ކުޅެމުންދާ ކުޅިގަނޑެއް ބާވައެވެ؟ ޒިޔަމްގެ އަމަލުތައް އެހުންނަނީ ލޯބިވާކަމަށް ބުނާ މީހަކާއި ދިމާ އިދިކޮޅަށެވެ.

ޒީންއަށް ސިކުޑީގެ ކޯޅުމުން ހޭވެރިކަން ވެރިވީ ވާރޭގެ ތިކިތައް މޫނުގައި ޖެހުމުންނެވެ. ވަށައިގެން ހޯދާލިއިރު އެއްމެން ކޮޅުކޮޅަށް ދުވަނީ ވާރެއިން ސަލާމަތްވުމަށެވެ. ޒީން ތެދުވެ ގައިގައި ތައްލަވާފައި ހުރި ވެލިތައް ފޮޅާލުމަށްފަހު ގެޔައާއި ދިމާލަށް ދާން މިސްރާބު ޖެހިއެވެ. ވާރެއަކީ އަބަދުގެ އެކުވެރިއެއް ނަމަވެސް މިއަދު ވާރޭ މަތިންވެސް ޒީން ފޫހިކޮށްލީ ޒިޔަމްއެވެ. އެހަނދާނެވެ.

އަވަސް ހިގުމެއްގައި ޒީންއަށް ގެޔާއި ހަމަޔަށް ދެވުނު އިރު ތުނިކޮށް ވެހެމުން ދިޔަ ވާރޭއިން މީހާ ވަނީ ތެއްމާލާފައެވެ. ދަބަހުން ގޭގެ ތަޅުދަނޑި ނަގައި ހުޅުވާލަން އުޅުނެވެ. އެވަގުތު އަތަށް ހޫނުކަން އިހްސާސް ކުރެވުނީ އެއްފަރާތުގައި ހުރި ޒިޔަމްގެ އަތް ތިލައިންނެވެ. ޒީން އަވަސް އަވަހަށް ދޮރު ހުޅުވާލަން ތަޅުދަނޑި އަބުރާލަން އުޅުނެވެ. ނަމަވެސް ޒިޔަމްގެ އަތު ތެރޭގައި އަތް ވަނީ ތާށި ވެފައެވެ.

“ކޮންތާކުން ތިއައީ.. ވަރަށް ގިނަ އިރުވެއްޖެ އިންތިޒާރުގަ އިންނަތާ” ޒީންއާއި ކައިރިއަށް ޖެހިލަމުން ޒިޔަމް ބުނެލިއެވެ. ޒިޔަމްގެ އަޑު އިވުނު ކަމަށްވެސް ނުހަދައި ޒީން ބެލީ ދޮރުހުޅުވެވޭތޯއެވެ. ނަމަވެސް ޒިޔަމް އެޔަށް ވުރެ ވާ ބާރުގަދައެވެ.

“އަހަރެން ކުރާ ސުވާލުތަކަށް ޖަވާބު ދީބަ ޒީން. އެއްމެ ފަހަރަކު. ދެން ދުވަހަކުވެސް ނާންނާނަން” ޒިޔަމް ޒީންގެ އަތުން ދޫކޮށްލުމަށްފަހު ޒީންގެ ދެކޮނޑުގައި ހިފައި އޭނާއާއި ދިމާލަށް އަބުރާލިއެވެ.

“ކާކު ބުނެގެން އިންތިޒާރުގަ ތިއިނީ..ގައިމު ޒީންއެއް ނުބުނަން” ޒީން ބުނެލިއެވެ.

“އާން ޒީންއެއް ނުބުނޭ.. ކޮންމެހެން މީހަކު ބުނެގެން ނޫން ޒިޔަމް ކަންތައް ކުރަން ޖެހޭނީ” ޒިޔަމް ސީރިއަސް ރާގެއްގައި ބުނެލިއެވެ.

“އާން ތިކަން އެބައެގެއެއްނު. ހުރިހާ ކަމެއް ޒިޔަމް ހިތަށް އަރާ ގޮތަކަށްނު ތި ނިއްމާލަނީ” ޒީން ސަމާސާ ރާގެއްގައި ބުނެލިއެވެ.

“ޒީން…….!!!! ކޮން ދުވަހަކުން ޒީންއަށް އެގޭނީ ޒިޔަމް މި ވަނީ ހަގީގީ ލޯބިކަން. މިހިތުގެ ހާލަތު ކޮން ދުވަހަކު އެގޭނީ…ޒީން އަހަންނަށް ތިދޭ ސަޒާއަކީ ކިހާ ވޭން ހުރި އެއްޗެއް ކަން އެނގޭތަ”ޒީން ކޮނޑުގައި ކުރިއަށް ވުރެ ބާރަށް ހިފަހައްޓަމުން ޒިޔަމް ބުނެލިއެވެ.

“ޒިޔަމް ތީ ހިތެއް އޮންނަ މީހެއް ނަމަ މިއަދު މިހާ ހިސާބަށް ކަންތައް ދާނެތަ. ބުނި ފުރަތަމަ ނަޒަރުންވެސް ހިތް ދެވިއްޖޭ.. އެހެންވެ ދޯ ލޯބީގެ ނަމުގައި އެރޭ އެވަރަށް އަނިޔާ ދިނީ. އެވަރުން ވެސް ޒިޔަމް ބޭނުމެއް ނުވި ހުއްޓާލާކަށް..އަހަރުތައް ފަހުން ބައްދަލުވީމަ އެއްމެންގެ ތެރެއަށް ގިނަ ތިކޮށްލަނީ. އެއީ ލޯބިވާ މީހުން ކުރާ ކަންތައްތަ؟ މިއަދު ޒިޔަމް ޒީންގެ ހާލާއި މެދު ހަމްދަރުދީ ވާނެ ކަމެއް ނެތް. ” ހިތާމައިގެ މައްޗަށް ރުޅިވެރިކަން އިސްކުރިއެވެ. ނަމަވެސް އެއަޑުގައި އެކުލެވިގެންވާ ވޭން ޒިޔަމްއަށް ވަންހަނާ ވެގެންނުވެއެވެ.

“ޒީންގެ ހަޔާތުގައި ދިމާވި ކޮންމެ ކަމެއްގެ ޒިންމާ ނަގަން ޖެހޭ މީހަކީ ތީ.. އަހަރެން ޒިޔަމްގެ  ނަންވެސް ހަނދާން ނައްތާލާނަން. ޒިޔަމްގެ ފަރާތުން ޒަހަރު ނޫނީ ލިބުމެއް ނެތް” ކޮންމެ ލަފުޒެއް ވެސް ޒީންއަށް ކިޔުނީ އެހާ ހާލުންނެވެ. ޒިޔަމްގެ ލޮލަށް ބަލަމުން ވާހަކަ ދެއްކަމުން ދިޔައިރު ދެމީހުންގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. ފިރިހެނުންނަކީ އެހާ ގިނައިން ނުރޮއި ހިތްވަރު ގަދަ ބައެކޭ މީހުން ބުނާތީ އަޑު އަހަމެވެ. ނަމަވެސް ޒީންގެ ވާހަކަތަކުން ޒިޔަމް ރޮއްވާލީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

“ޒީން ހީކުރަނީތަ އަހަރެންމީ ޒީންއަށް ހުރި ޒަހަރެކޭ.. ޒީންއަށް ނޭގުނަސް އަހަރެން ކޮންމެ ކަމެއް އެރޭގެ ކަންތަކަށް ފަހު ކުރަމުން މިދަނީ ތި ޒީންއަށްޓަކައި” ޒިޔަމް ޒީންގެ ކޮނޑުން ދޫކޮށްލުމަށްފަހު ފިޔަވަޅެއް ފަހަތަށް އެޅިއެވެ. އަދި ޒީންއާއި ދިމާލަށް ޝަހާދަތް އިގިލި ދިއްކޮށްލަމުން ބުނެލިއެވެ.

“ޒީންވެސް ގަބޫލުކުރާނީ ޒީންގެ ނަޒަރުން ކަންތައް ފެންނަ ގޮތް. އެއްމެ ފަހަރަކުވެސް ޒިޔަމްގެ ފަރާތަށް އައިސް ބަލާލަބަލަ. އޭރުން ޒީންއަށް ނޭނގޭ އެތައް ކަމެއް ފެންނާނެ. ޒީންއަށް އެގޭނީ ޒީންގެ ހިތުގައި އަޅާވޭން. ޒިޔަމްއަށް ޔަގީން އެކަން ޒިޔަމްއަށް ދުވަހަކުވެސް ވަޒަންނުކުރެވޭނެކަން. އެކަމަކު ޒީން މިހިތުގައި އަޅާވޭން ވެސް ވަކި ކުޑައެއްނޫން. ޒީންއަށް އަނިޔާ ދެވުނީތީ އަހަރެންގެ އަމިއްލަ ނަފުސު ކުށްވެރި ނުކުރާ ދުވަހެއް ފާއިތުވެގެން ނުދޭ. އަދި ދުނިޔޭގައި ހުރިހާ ދުވަހަކު ނުވެސް ދާނެ” މޭގައި އަތް އަޅާލަމުން ޒިޔަމް ވާހަކަ ދެއްކިއެވެ.

ޒީން ވާހަކަ ދައްކަން އުޅުނެވެ. ނަމަވެސް ޒިޔަމް ކުރިއަށް ޖެހިލައި ޒީންގެ ތުންފަތް މަތީގައި އިނގިލި ޖައްސާލައިލީ އަދި މަޑުކޮށްލުމަށް އެދޭ ކަހަލަ ގޮތަކަށެވެ.

“ޒީން… އައި ލަވް ޔޫ.. ޒީންއަށްޓަކައި ކޮންމެ ކަމެއް ކުރަންވެސް މިހިރީ ތައްޔާރަށް. ތަންކޮޅެއް ކުރިން ޒިޔަމް އޮފީހުގައި އިދެފަ ދުއްވާފައި ދިޔައިމެއްނު ދޯ.. އެގޭތަ އެދުވަހު ޒައި އަށް ވަރަށް އަނިޔާކޮށްފަ އޮތީ ޒިޔަމްއަށް ދެވުނު އިރު. ޒިޔަމް އެރޭ ޒައިގެ ފޯނު ބެލިއިރު ޒީންގެ ނަމުގައި ޒައިއަށް މެސެޖެއް ކޮށްފަ އޮތީ އެއަނިޔާކުރި ގެޔަށް ދާން..ޒީންގެ ނަންބަރުން..އެއްމެން ހީކުރީ އެއީ ޒީން ކުރި ކަމެއް ކަމަށް. އެކަމަކު ޒީންއަށް އެގޭތަ ޒިޔަމް ބޭނުމެއް ނުވި އެކަން ގަބޫލުކުރާކަށް. އެވަރަށް އިތުބާރު ކުރަން.. އެހެންވެ އެދުވަހު އޮފީހަށް އައިސް ފޯނު ކޮބައިތޯ އެހީ…” ޒިޔަމް ވާހަކަ ދައްކަމުން ދިޔައިރު ޒީން ހުރީ ޒިޔަމްގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. ދުލުން އެހާމަ ކުރާ ހަގީގަތަށް ވުރެ އެފުން ދެލޮލުގައި ބަބުޅަމުންދާ ކަރުނައިގެ ތިކިތަކުން ހަގީގަތް ސިފަވެގެން ދެއެވެ.

“އެކާކު ކުރި ކަމެއް. ޒީން ޒައިއަށް ތާކަށް ދާން މެސެޖެއް ނުކުރަން” ގާތުގައި ހުރި ޒިޔަމްއަށް އެކަނި އަޑު އިވޭވަރަށް ޒީން ބުނެލިއެވެ.

“ހޭ… ޒިޔަމްއަށް އެގޭ އެއީ ޒީން ކުރި ކަމެއް ނޫންކަން. އެކަންތައް އެކުރާ މީހާ ބޭނުންވަނީ ޒީންއާއި ޒިޔަމް ދުރު ކުރަން. މިއަދުވެސް ޝަމްހާ ހުއްޓާނުލައި އެއުޅެނީ ޒިޔަމް އޭނާއާއި އިންނަން އެއްބަސްވާތޯ.” ޒިޔަމް ބުނެލިއެވެ.

“ޒީންއަށް ކިހިނެތް އެގޭނީ ތި ދެއްކި ހުރިހާ ވާހަކައަކީ ތެދުކަން. ޒިޔަމް ތީ އިތުބާރު ކުރެވޭ ވަރުގެ މީހެއް ނޫން” ޒީން ޒިޔަމްގެ އަތުން ދޫވެގެން އެތެރެއަށް ވަންނަން އުޅުނެވެ.

“ޒީން އާދޭސް ކުރަން. އެއްމެ ފަހަރަކު” ޒިޔަމް އާދޭހުގެ ރާގަކަށް ބުނެލިއެވެ.

“ނޫން.. އެހެންނޫނަސް އަހަރެން ޒިޔަމްއާއި ގުޅިގެން ކޮން ފައިދާއެއް ވާނީ. ތި ކިޔާ ޝަމްހާ އެއްމެނަށް ތި އަޑު އިއްވާނެކަން ޔަގީން. އޭރުން ވާނެ ގޮތް ޒިޔަމްއަށްވެސް އެނގޭނެކަން ޔަގީން. އަހަރަމެންގެ އުފަލަށް… ސޮރީ ޒިޔަމްގެ އުފަލަށްވުރެ އާއިލާއެއްނު މުހިއްމުވާނީ. ޒިޔަމްގެ ބައްޕައާއި މަންމަވެސް ބޭނުންވާނީ އެގޮތް.”ލުއިކޮށް ހިނިތުންވެލަމުން ޒީން ބުނެލަމުން އެތެރެއަށް ވަނެވެ.

ޒިޔަމް އޭނާގެ ޖީބަށް އަތް ކޮއްޕާލީ ސާއިމް ދިން ރިކޯޑާރ ޒީންއަށް ދައްކާލުމަށެވެ. ނަމަވެސް ޖީބުގައި އެވަގުތު އެނެތުމުން މީހާ މާޔޫސްވިއެވެ. ހެއްކަކާއި ނުލައި ޒީން އެވާޙަކަ ގަބޫލުނުކުރާނެތީ ފަހުން ދައްކަން ނިއްމީއެވެ.

“ޒީން.. ހޫނު ފެން ބޮއިގެން ނިދާނީ. އެހެންނޫނީ ރޯގާ ޖެހިދާނެ” އޯގާތެރިކަމުގެ ބަސްތައް އިއްވާލުމަށްފަހު ޒިޔަމް ދާން ހިގައިގަތެވެ.


 

ގެޔަށް ގޮސް ފެންވަރައި ތާޒާ ވެލައިގެން ޒިޔަމް މުސައްލަމަތީ ދުއާ ކުރަން އަތް އުފުލާލިއެވެ.

ލޯބި ލިބެން އުއްމީދުނެތް ހަޔާތުގެ ވޭނުގައި ދެއަތް މައްޗަށް ނަގައި ދުއާކުރެވެމުން ދަނީ މިހޫނުން މިންޖުވެ ހިތަށް ފިނިކަމެއް ދެއްވާތޯއެވެ.  ޒީންއަށް ހުރިހާ ގޮތަކުން ރައްކާތެރިކަމާއި އޯގާތެރިކަން ދެއްވުމެވެ. އޭނާ ކުރި ކުށުގެ ސަޒާ ޒީންއަށް ނުދެއްވާތޯއެވެ. މިއަދު އެލޯބި ނެތަސް މާދަމާ ވިޔަސް ޒީންއާއި ދެމީހުންގެ ގުޅުން ބާރުގަދަ ގުޅުމަކުން ގުޅުވައި ދެއްވާތޯއެވެ.

މުސައްލަ ފަތް ޖެހުމަށްފަހު ޒިޔަމް ރިކޯޑާ ނަގައިގެން އެދަށް އެރިއެވެ. އަދި ހެޑްސެޓު ޖަހައިގެން އޭގައި ވާ އަޑުތައް އަހަން ފެށިއެވެ. އެއްމެ ފުރަތަމަ ދުވަހު ޒީންގެ ސެޝަން އޮތް ދުވަހުން ފެށިގެން އެއްމެ ފަހާއި ޖެހެންދެން ޒީންއާއި ދެމީހުންގެ މަދުގައި ދެވުނު ވާހަކަތަކެވެ. އެވާހަކަތަކަކީ ސިކުޑީގެ ހަނދާނުގައި ރައްކާކުރެވިފައިވާ ވާހަކަތަކެއް ނަމަވެސް ޒިޔަމް އެއަޑު އަހަމުން ދިޔައީ ކަނުލައެވެ. މީ އަލަށް އިވޭ އަޑުތަކެއް ހެންނެވެ. އެއަޑުހައި ނިމުމުން ޒިޔަމް ޒީންގެ ފޯނަށް ގުޅާލިއެވެ. ދެތިން ފަހަރު ގުޅުމުންވެސް ޒީން ފޯނު ނުނަގައެވެ. ނިދާފައި ކަމަށް ބަލައި ޒިޔަމްވެސް އަވަސްވެގަތީ އަރާމް ނިންޖަކުން ނިދާލުމަށެވެ. މާދަމާ އަކީ ކްލިނިކުގެ ތިންވަނަ އަހަރީ ދުވަސްކަމުން މާދަމާ އުޅެން ޖެހޭނީ ބުރަކޮށެވެ. އަދި ރޭގަނޑު ޖަލްސާއެއް އޮތުމުން އެކަމަށްވެސް ވަގުތު ހުސްކުރަން ޖެހެއެވެ.


 

ޒީން ނިދީ ޒިޔަމް އެދުނު ގޮތަށް ހޫނު ފެން ތައްޓެއް ބޮއެގެން ކަމުން ރޯގާގެ އަސަރު ހެނދުނު ހޭލިއިރަކު ނެތެވެ. ނަމަވެސް ރޭގައި ވީ ފިންޏާއިއެކު މީހާގެ ހަށިގަނޑަށް ވަނީ ބަރުކަމެއް ގެނެސްދީފައެވެ. އެހެންކަމުން ކަންނެތް ކަމާއި އެކު ރަޖާގަނޑު އަޅައިގެން އޮތީ ދެލޯ މަރައިގެންނެވެ.

“ގުޑް މޯނިން” މީހެއްގެ އަޑު ކަންފަތުގައި ޖެހުމާއި އެކު ސިއްސައިގެން ގޮސް ޒީންގެ ދެފައި ތަޅުންގަނޑުގައި ޖެހުނެވެ. ދެލޯބޮޑުކޮށް ބަލާލިއިރު ހެވިފައި ސާއިމް ދޮރު ކައިރީގައި ހެވިފައި ހުއްޓެވެ.

“ބޭބޭ ކީއްވެތަ ޓަކި ނުދީ އެތެރެއަށް ވަންނަނީ” ޒީން ނުރުހުންވެފައި ޝަކުވާކޮށްލިއެވެ. ރޭގައި ފަތިސް ނަމާދަށް ތެދުވެ ފެންބޯން ބޭރަށް ގޮސް ވަންއިރު ދޮރުގައި ތަޅުލާން ޒީން ހަނދާންނެތުނީއެވެ.

“ސޮރީ.. ހަނދާން ނެތުނީ. ދެން ފަހަރަކު ބަލައިގެން އުޅޭނީ” ސާއިމް ބުނެލިއެވެ.

“ބައްޕާ ބަލާބަ މިހިރީ ހަންޑިއެއް.. ބޯ ހީވަނީ ސަތިންމަރިޔަތުގެ އިސްތަށިގަނޑުހެން” އެއްފަހަރު ސީރިއަސްވެފައި ދެން އެޔާއި ޖެހިގެން ސާއިމް ކޮށްލީ ސަމާސާއެކެވެ.

ޒީންއަށް އަވަސް އަވަހަށް ބޮލުގައި އަތް ޖައްސާލެވުނެވެ. ބުޅި ބޯ އިސްތަށިގަނޑު އޮތީ އެއްކޮށް ފުއްޕާފައެވެ. އަތުން ފުނާއަޅައި ތިރި ކުރަން އުޅުނު ވަގުތު ފަރުހާދާއި ހަދީޖާ އައިސް ސާއިމްއާއި ބައިވެރިވެ ޒީންއާއި ދިމާކުރަން ފެށިއެވެ.

“ވަރަށް ގޯސް އެއްމެންވެސް. ރޭގަ ބޯ ދޮވެގެން ނިދީމަ މިހެން ވެފަ މިއޮތީ. ޔުމް ނެތީމަ ރީއްޗަށް ފުނާ އަޅައިދޭނެ މީހެއްވެސް ނެތް” ޒީން ތުން ދިއްކުރަމުން ވާހަކަ ދެއްކުމުން އެއްމެން އިތުރަށް މަޖާވިއެވެ.

“ގެނޭ ދައްތަ ފުނާއަޅައިދޭނަން” ހަޖީދާ ގޮސް ޑްރެސިންގް ޓޭބަލް މަތީގައި އޮތް ފުނާ ނެގިއެވެ. ޒީން ބަލައިލީ ބައްޕައަށެވެ. ފަރުހާދު ބޯޖަހައިލުމުން ޒީން ހިނިތުންވެ ހަޖީދާއާއި އެއްބަސްވިއެވެ.

ޒީން ތަށިމުށި ގަނޑުމަތީގައި އިށީދެ ހަދީޖާ އެނދުގައި އިށީނީ ފުނާ އަޅަން ފަސޭހަވާނެތީއެވެ. ފަރުހާދު ހަދީޖާ އާއި ޖެހިގެން އިން އިރު ސާއިމް ހުރީ ޑްރެސިން ޓޭބަލްގައި ލެގިލައިގެންނެވެ.

“އުދަގޫ ނުވާނު ފަސޭހަ ވަރަކަށް ކޮށާލިއްޔާ” ސާއިމް ހިޔާލެއް ދިނެވެ.

“ނޯވޭ.. މީ މަންމަގެ އިސްތަށިގަނޑުގެ ކޮޕީއެއް ދޯ ބައްޕާ.. މަންމަ ވަރަށް ލޯބިވާނެ އަޅުގަނޑުގެ އިސްތަށިގަނޑު ދެކެ. އެއްފަހަރު ކޮށާލަން އުޅުމުން މަންމަ ހުރި ރުޅިއައިސްފަ” ފަހުރުވެރިކަމާއި އެކު ބޮލުގައި އަތް ޖައްސާލަމުން ޒީން ބުނެލިއެވެ.

“އެހެންވީމަ މަންމަ ވަރަށް ރީތި ވާނެދޯ” ސާއިމްއަށް ހިޔާލަށް ގެނަވުނެވެ.

“މިއޮތީ ފޮޓޯއެއް. މަންމަ އެއީ އެހާ ގިނައިން ފޮޓޯ ނަގާ މީހެއް ނޫން. މި ފޮޓޯ އެކަނި އޮތީ.”ޒީން ފޯނުގައި ރައްކާކުރެވިފައިވާ އެއްމެ އަގު ބޮޑު ހަޒާނާ ސާއިމްއަށް ދައްކާލިއެވެ. ފޮޓޯއަކުން ނަގާފައިވާ ދެމީހުންގެ މަންމަގެ ފޮޓޯއެކެވެ.

“މީ ހަމަ ޒީންއެއްނު” ސާއިމް ފޮޓޯގަނޑަށް ބަލަމުން ބުނެލިއެވެ. ޒީންއަށް ހިނިތުންވެވުނެވެ.

“މިރޭ ދަރިފުޅު ދަންތަ ކްލިނިކަށް” ފަރުހާދު ޒީންއާއި މުހާތަބުކޮށް ބުނެލިއެވެ.

“ނުދަން.. ކީއްކުރަން ދާ ތަނެއް އެއީ” ޒީން ގާތަށް ރުޅިއައެވެ.

“ޝާހިދު ބައްޕައަށް ގުޅާފަ ބުނި މިރޭ އޮތް ޖަލްސާއަކަށް އަންނަން ދައުވަތު ދޭ ވާހަކަ. ބައްޕަ ހީކުރީ ދަރިފުޅު ދާނެކަމަށް” ފަރުހާދު ބުނެލިއެވެ.

“އަޅުގަނޑު ބޭނުމެއްނޫން ދާކަށް.. ބައްޕަމެންނަށްނު ދައުވަތު ދިނީ. އަޅުގަނޑަކަށް ނުދޭ” ޒީން ބުނެލިއެވެ.

“ދަރިފުޅާ ބައްޕައަށް އެނގޭ ދަރިފުޅު އެއާއިލާ ދެކެ ނުރުހުންވާ ވަރު. ބައްޕަމެންވެސް. އެކަމަކު ޒިޔަމްގެ ގޯސް އަހުލާގުން އެއާއިލާއާއި އެއްކޮށް ގުޅުން ކަނޑާލާކަށް ނުވާނެއެއްނު. އެކަކު ކުރާ ކުށެއްގެ އަދަބު އެއްމެނަށް ދޭކަށް ނުވާނެ. އެހެންނޫނަސް ދަރިފުޅުގެ ބޭބެއަށް އާއިލާއެއް ނެތް ދުވަހު އެހީތެރިވެދިނީ އެމީހުން. އެހެޔޮކަން ހިތުން ފުހެލާކަށް ނުވާނެ. ބައްޕަ ހީކުރަން ދަރިފުޅު ދާނެކަމަށް މިރޭ. ބައްޕައަށްޓަކައި ނަމަވެސް” ފަރުހާދު އެހެން ބުނެލުމަށްފަހު ދާން ހިގައިގަތެވެ. ޒީން ނުދާން ދެކޮޅު ހަދަން ބޭނުން ނަމަވެސް އެއްމެން ކުރިމަތީ އެއްޗެކޭ ބުނަން ބޭނުންނުވީއެވެ.

ހަދީޖާ ފުނާއަޅައި ދީފައި ދިޔުމުން ސާއިމް އާއި ޒީން ކޮޓަރީގައި އެކަނިވިއެވެ. މަންމައާއި ބެހޭ ގޮތުން ޒީން ސާއިމްއަށް ބައިވަރު ވާހަކަތައް ކިޔައިދިނެވެ. ސާއިމް ކުރިން ނޭނގޭ ކަންތައް ކަމުން ޝައުގާއިއެކީ އަޑުއަހަން އިނެވެ. ދެމީހުން ވާހަކައި ތިއްބާ ހަދީޖާ ސައިބޯން ގޮވުމުން ސާއިމް ދާން ހިގައިގަތެވެ.

“ބޭބެ ވެސް ބޭނުން ޒީން ވެސް މިރޭގެ ޖަލްސާއަށް ދާން” ސާއިމް ކޮޓަރިން ނިކުތުމުގެ ކުރިން ބުނެލިއެވެ.

“ޔޫ އަރ ދަ ވޯސްޓު ބުރަދަރ އަ ޕާސަން ކޭން ހޭވް. ޒިޔަމްގެ ނުބައިކަން އެއްމެ ރަގަޅަށް އެގޭނީ ބޭބެއަށް. އެކަމަކު ތިއުޅެނީ ގެންދަން” ޒީން ބުނެލިއެވެ.

“ބޭބެ ޒީން ގެންދަން މިއުޅެނީ ކޮންމެހެން ޒިޔަމްއާއި ބައްދަލު ކުރާކަށް ނޫނޭ. ބޭބެ އަށް އެވޯޑެއް ލިބޭތީ ބޭނުން އެއްމެން އެވަގުތު އެތާގައި ތިބެން” ސާއިމް އެހެން ބުނެ ނިކުމެގެން ދިޔައެވެ.


 

ޒައިނާ އަދި ޒީން ފިހާރަތަކަށް އަރަމުން ދިޔައީ ޒީން މިރޭ ލާނެ ރީތި ހެދުމެއް ގަންނާށެވެ. މިހާ ވަގުތު ކުޑަތަންވެފައި އޮތް ހެދުމެއް ފެހުމަކީ އުދަގޫ ކަމަކަށް ވާނެތީއެވެ.

“ބުލޫ ކުލައިގެ ހެދުމެއް ދޯ ގަންނާނީ” ޒީން ހިޔާލެއް ދިނެވެ.

“ނޯ… ގޯލްޑު ކުލައާއި ބުލެކް ކުލަ ލާނީ.. ޒައި އާއި ގުޅުވައިގެން ލާނީ” ޒައިނާއަށް ޒީންގެ ހިޔާލު ކަމުނުދިއުމުން ބުނެލިއެވެ.

“އޯކޭ.. އެކަމަކު މާ ގޮތް ބޮޑު ނުކުރައްޗޭ” ޒައިނާ ގޮވައިގެން ޒީން ފިހާރައަށް އައީ އޭނާއަށް މާބޮޑަށް ފެޝަންގެ ކަންތައް ނޭނގޭތީއެވެ.

ފިހާރައިން ދެމީހުންނަށް އާދެވުނީ މަޣުރިބު ނަމާދަށް ބަންގި ގޮވަން ކައިރިވެފައި ހުއްޓައެވެ. އެހެންކަމުން ނަމާދު ކޮށްލައިގެން ދެމީހުންވެސް ބެލީ އަވަހަށް ތައްޔާރު ވެވޭތޯއެވެ. ޒީންގެ ހެނދުން ދޮވެ އިސްތިރިކުރަންވެސް ޖެހެއެވެ. ޒީންގެ އެދުމުގެ މަތިން ޒައިނާ ތައްޔާރު ވާން އައީ އެގެޔަށެވެ. ޒައިނާ ގެނައި ކުޑަ ދަބަސް ހާވާލިއިރު މޭކަޕް ކުރާ ސާމާނުގެ ތަފާތު ބްރޭންޑުތައް ހުއްޓެވެ.

“ހާދަ ބައިވަރެއް މީ” ޒީން ހައިރާންވެފައި އަހާލިއެވެ. ޒައިނާ އަކީ މިހާ ވަރަށް މޭކަޕް ކުރާ ކުއްޖެއްކަން ނޭނގިއެވެ.

“ބައިވަރެއް ދޯ.. ކުރިން ޝަމްހާއާއި ރައްޓެހިއިރު އޭނަ ގެނެސްދޭނެ ބައެއް އެއްޗެހި. އެހެންވެ ގިނަވެފަ ހުންނަނީ. ޒައި އެހާ ވަރަށް މޭކަޕް ނުކުރަމޭ. މިކަހަލަ ހާއްސަ ދުވަހެއް އައިއްސިއްޔާ ކުޑަކޮށް ކޮށްލަނީ”  ޝަމްހާގެ ނަން އިވުނަސް ޒީންގެ ތަބިއްޔަތު ގޯސްވެއެވެ. އެހެންވެ ދެން އިތުރަށް ވާހަކަ ނުދައްކައި ތައްޔާރުވުމައިގެން ދެމީހުން އުޅުނެވެ.

ޒައިނާ ގިނަ ވަގުތު ހޭދަކުރީ ޒީން ކައިރީގައެވެ. ޒީން އެވަރަށް މޭކަޕް ނުކުރަން އެދުމުންވެސް ދެކޮޅު ހަދައި ހިތް ފުރޭވަރު ކުރިއެވެ. ހީވަނީ މިއީ ޒީންއަށް ހާއްސަ ރެއެއް ހެންނެވެ.


 

ދެމީހުން ކޮޓަރިން ނިކުތްއިރު ސާއިމް ފަރުހާދު އަދި ހަދީޖާ އިންތިޒާރުގައި ސިޓިންރޫމުގައި ތިއްބެއެވެ. ބަރާބަރު އަށެއް ޖަހާއިރު ޖަލްސާ ފެށޭތީ އިތުރަށް މަޑުނުކޮށް އެއްމެން ސާއިމްގެ ކާރުގައި ކްލިނިކަށް ދިޔައެވެ.

ކްލިނިކުން އެމީހުންނަށް މަރުހަބާ ކީ ޝާހިދުގެ ދެމަފިރިންނެވެ. “އަވަހަށް ދުރެވޭ އެތެރެއަށް..” ޝާހިދު ހިނިތުންވެލަމުން ބުނެލިއެވެ.

އެތެރެއަށް ވަދެގެން އައި އިރު ޒީންގެ ލޮލުގައި އަޅައިގަތީ ސެލްފީ ނަގަން އެއްކަނެއްގައި ހުރި ޝަމްހާއެވެ. ޒީން ފަރުހާދު މެން ގޮވައިގެން ދިޔައީ ޝަމްހާއާއި ވީހާވެސް ދުރަށެވެ. ޝަމްހާގެ މޫނު ދެކެންވެސް ބޭނުމެއް ނޫނެވެ.

ޝަމްހާއަށްވެސް ޒީން ފެނުމުން ތުންއަބުރާލީ ލޯ އަޅާފައެވެ. އަދި އިތުރަށް ތުއިވުމަށް މަސައްކަތް ކުރިއެވެ.

ދެތިން މިނެޓު ފާއިތުވުމަށް ފަހު ޒީން ބުއިންތައް އަތުރާފައި ހުރި މޭޒަށް ދިޔައީ ފެން ތައްޓެއް ބޯލުމަށެވެ. ވަގުތަކީ ޝަމްހާވެސް އެދިމާލަށް އައިވަގުތެވެ.

“މާ ރީތިވެގެން ތި އަންނަނީ ކާކަށް ދައްކާނަމޭ ހިތައި.. މިތާގައި ނެތް ކަލޭއަށް ބަލާނެ މީހެއް. ޒިޔަމްވެސް ދެން ކަލެއްއަށް ނުބަލާނެ” ޒީން އަރައި ހަމަވުމުން ރުޅިވެރި ރާގެއްގައި ކިރިއާ އަޑު އިވޭވެރަށް ޝަމްހާ ބުނެލިއެވެ. ޝަމްހާގެ ނަފުރަތުގެ ބަސްތަކުން ޒީން ގާތަށް ރުޅިއައެވެ. އަދި އަތުގައި އޮތް ފެންތަށި ގަޔަށް އޮއްސާލަމޭ ހިތަށް އެރިއެވެ.

“ނަސީބެއް މިތާ އަހަންނަށް ބަލާނެ މީހެއް ނެތްކަން. މިތަނަށް އަހަރެން އައީ ވަކި މީހުންނަކަށް ތުއި ދައްކައި ފޮޓޯ ނަގާކަށް ނޫން. ޝަމްހާގެ ނެތަސް އަހަރެންގެ އަގެއް އެބައޮތް، އެ މީހުންނަށް ދައްކައި ސޭލް އަޅުވާކަށް ނެތިން” ފެންތަށި ހިފައިގެން ޒީން ދިޔައީ ޝަމްހާގެ ބަސް ހުއްޓުވާފައެވެ.

ބައިގަޑި އިރު ފަސް

“ކޮންތާކަށްތަ ޒިޔަމް ގޮސްގެން އެއުޅެނީ. ގުޅީމަ ފޯނު ނަގަނީއެއްނު” ޝާހިދު ސާއިމް ކައިރިއަށް އައިސް ބުނެލިއެވެ. އޭރު ގަޑިން އަށް ގަޑި ބައިވާން ކައިރިވަނީއެވެ. ޒިޔަމް ނައުމުން ޖަލްސާ އަދި ނުފައްޓައެވެ.

“ނޭނގެ އަޅުގަނޑަކަށް. ދެތިން ފަހަރު ގުޅައިލައިފިން. އެކަމަކު ފޯނު ނުގަނާ” ސާއިމް އަދިވެސް ބަލަމުން ދިޔައީ ޒިޔަމްއަށް ގުޅޭތޯއެވެ. ޒިޔަމް ނައިސްގެން ޖަލްސާ ނުފެށޭ ވާހަކަ ތުންތުންމަތިން ގޮސް ޖަލްސާއަށް ހާޟިރުވި ގިނަ ބަޔަކަށް އެގިއްޖެއެވެ. އޭގެ ތެރޭގައި ޒީންވެސް ހިމެނެއެވެ. ޒިޔަމް ނައުމުން ހިތް ތޮޅިލީ އަނެއްކާ ކަމެއް ވީ ބާއޭ ހިތަށް އަރަމުންނެވެ. އުސްއިމާރާތުގެ ބެލްކަނިން މަގުމައްޗަށް ނަޒަރު ހިންގަމުން ދަނީ ޒިޔަމްގެ ހިލަމެއް ވޭތޯއެވެ.

އެއްމެންގެ ނަޒަރު ޓެރަހުގެ ދޮރަށް ހުއްޓުނީ އެތެރެއަށް ވަދެގެން އައި ޒިޔަމް ފެނުމުންނެވެ. ޒީންއަށްވެސް އެމަންޒަރު ފެނުމުން ހިނިތުންވެވުނީ ބޭއިހްތިޔާރުގައެވެ. ޒިޔަމް ހެޔޮ ހާލުގައި ހުރީތީ ހިތަށް ފިނިކަން ލިބިގެންދިޔައެވެ. ނަމަވެސް ދެވަނަ ސިކުންތު ކޮޅުގައި އެހިނިތުންވުން ފަޑުވެގެން ދިޔައީ ޝަމްހާ ގޮސް ޒިޔަމް ގައިގައި ބައްދާލިތަން ފެނުމުންނެވެ.

ޒިޔަމް ހިނިތުންވެލަމުން ޝަމްހާ މަޑުމަޑުން ގަޔާއި ދުރުކޮށްލިއެވެ.

“ކޮންތާކުން ތިއައީ. ހާދަ ލަސްވެއްޖެއޭ” ޝަމްހާ ޒިޔަމްގެ އަތުގައި ހިފަމުން އަހާލިއެވެ.

“އެއްޗެއް ގަންނަން ދާން ޖެހުނީ” ޒިޔަމް ބުނެލިއެވެ.

“ދަރިފުޅާ ، އަވަހަށް އާދޭ މިކޮޅަށް. ބައިވަރު މެހުމާނުން އެބަ ތިބި” އެވަގުތު އެތަނަށް އައި ޝާހިދު ބުނެލީ ޝަމްހާއަށް އިތުރު ސުވާލެއް ކުރަން ފުރުސަތު ނުދީއެވެ.

ޒިޔަމް ޖަލްސާއަށް ހާޟިރުވި މެހުމާނުނާއި ސަލާމް ކުރަމުން ދިޔައިރު ޝަމްހާ ޒިޔަމްގެ ވައަތުގައި ހިފަހައްޓައިގެން ހުއްޓެވެ. ޒިޔަމް ޝަމްހާ ދުރުކުރޭތޯ ދުރުގައި މަންޒަރު ބަލަން ހުރި ޒީން އިންތިޒާރު ކުރަމުން ދިޔައެވެ. ނަމަވެސް އެއްމެނާއި ސަލާމްކޮށް ނިމުނު އިރުވެސް އެވަގުތެއް ނައެވެ. ޒީންގެ ހިތުގައި ރިއްސާލީ ޒިޔަމްގެ ފަރުވާކުޑަކަން ފެނުމުންނެވެ. ޒީން ކުރިމަތީ ބަހައްޓައިގެން ހިތަށް ހަންޖަރު ހަރަމުން އެދަނީ އެއްވެސް ރަހުމެއް ނެތިއެވެ.

ގުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުމަށްފަހު ދެން ކުރިއަށް އޮތީ ޝާހިދުގެ ވާހަކަ ދެއްކުމެވެ. އަދި ޖަލްސާގެ ބައެއް ފަރާތަށް ޝާހިދު އަށްފަހު ވާހަކަ ދެއްކިއެވެ. ފުރަތަމަ ލައިނުގައި ހާއްސަ މެހުމާނުން ތިބި އިރު ދެންއެއާއި ޖެހިގެން އެހެން ފަރާތްތަކާއި ކްލިނިކްގެ މުވައްޒަފުން ތިއްބެއެވެ. ޒީން ހުރީ ޝަމްހާއާއި ޒިޔަމްގެ ފަހަތުގައެވެ. ފަރުހާދާއި ހަދީޖާ ހުއްޓުނީ އެތަނަށް ކަމުން ކުރިމަތިން ފެންނަމުންދާ ކަންތައް ނުފެންނަކަމަށް ހަދައިގެން ހުއްޓެވެ. ޝަމްހާ ހުރީ ޒިޔަމްއާއި އަތް ޖޯޑުކޮށްގެންނެވެ. ދެމީހުން ހުއްޓުމެއް ނެތި ވާހަކަ ދައްކަމުން ދިޔުމުން ޒީންއަށް ޖަލްސާގެ އެހެން ކަންތަކަށް ސަމާލުކަން ދެވޭވަރެއް ނޫނެވެ.

ސާއިމް ފަހަތަށް ބަލައިލިއިރު ޒީން ހުރި ދިމާ އެގުމުން ކައިރީގައި ހުރި ޒައިނާ ގާތުގައި ޒީން ގޮވައިގެން އެހެން ދިމާލަކަށް ދާން އެދުނެވެ. ޒައިނާ ޒީން އަތުގައި ހިފައިގެން އެއްމެ ފަހަތު ލައިނަށް ދިޔައީ ޒީންއަށް ލިބިފައިވާ ނުތަނަވަސްކަން ކުޑަވާ ގޮތެއް ނުވެއެވެ. ބޯ ހިއްލާލައި އެދިމާލަށް ބެލެމުން ދިޔައީ ކެތްތެރިކަން ކުޑަވެފައިވާ މީހެއް ފަދައިންނެވެ. ލޯބިވާ މީހާ އެހެން މީހެއްގެ އަތުގައި ހިފައިގެން ހުންނަތަން ބަލަން ކުޅަދާނަވާނީ ފަހެ ކާކަށް ހެއްޔެވެ؟ ދެމީހުންގެ ދެމެދަށް ކޮންމެވެސް މަޖުބޫރުކަމެއް އަންނަމުން ދެއެވެ.  ތަގުދީރު ދެމީހުން އެއްތަން ކުރަން ދެކޮޅު ހަދަނީއެވެ.

ފަހަރަކު ނަންބަރަކަށްފަހު އެވޯޑު ހަވާލުކުރުމުގެ ވަގުތު އައިސް ޖެހިއްޖެއެވެ. ބަލިމީހުންގެ މެދުގައި އެއްމެ މަގުބޫލު ޑޮކްޓަރުގެ ޝަރަފު ހޯދީ ސާއިމްއެވެ. ސާއިމް އެވޯޑާއި ހަވާލުވުމަށްފަހު ޝުކުރުގެ ބަސްތައް އިއްވާލިއެވެ.

“ބައްޕަ ވަރަށް ފަހުރުވެރިވިއްޖެ ދަރިފުޅާއި މެދުގައި” ޖަލްސާ ނިމުމުން ފަރުހާދު ސާއިމްގެ ގައިގައި ބައްދާލަމުން ބުނެލިއެވެ.

“ތި ބައްޕަ އެކަންޏެއް ނޫން. މިބައްޕަވެސް” އެވަގުތު އެތަނަށް އައި ޝާހިދުވެސް ސާއިމްއާއި މެދު ފަހުރުވެރިވާކަން ސަބަބާއި ހަމައަށް ފާޅުކުރިއެވެ. އެއްމެން ދިޔުމުން ޒައިނާ މަޑު ހިގުމެއްގައި ގޮސް ސާއިމް ގާތަށް ހުއްޓިލިއެވެ.

“ކޮންގުރާ.. ވަރަށް ހެޕީ ވެއްޖެ” ސާއިމްގެ އަތުގައި ހިފައި ގާތަށް ޖެހިލަމުން ޒައިނާ ބުނެލިއެވެ. ސާއިމް އިތުރަށް ޒައިނާ ގާތަށް ޖެހުނެވެ. އަދި ސިހުރެއްހާ ބާރުގަދަ ލޮލަށް ބަލާލިއެވެ. ޒައިނާއަށްވެސް ސާއިމްގެ ކަނޑެއްހާ ފުން ދެލޮލަށް ބަލާލުމެވެ. އައިނު އަޅައިގެން ހުންނައިރު އެޖާދޫގައި ޖެހޭއިރު ހާމައަށް އެދެލޯ ފެންނައިރު ކިހާ ވަރެއް ވާނެބާއޭ ހިތަށް އެރިއެވެ.

“އައި ލަވް ޔޫ ޖާން..ހަނދުގެ އަލިކަން ތިމޫނުން ފެންނަމުންދޭ. އެޔަށް ވުރެ ފުރިހަމަ. އެތައް ހާސްބައި ފުރިހަމަ” ބުރުހަމަ އުޑުގައި ހުރި ހަނދަށް އިޝާރަތްކޮށްލަމުން ސާއިމް ބުނެލިއެވެ. ވީ ލަދުން ޒައިނާއަށް އިސްޖަހައިލެވުނެވެ. އެވަގުތު އިސްތަށިގަނޑާއި ވަކިވި އެއްބައި ސާއިމް މަޑުމަޑުން ފަހަތަށް ގެންގޮސްދިނެވެ.

“އައި ކާންޓް ވެއިޓް ޓު މޭކް ޔޫ އޯލް މައިން. ތީ އަބަދަށް އަހަރެންގެ ހައްގަކަށް ހަދާނަން” ޒައިނާގެ މޫނުގައި ހިފާލަމުން ސާއިމް ބުނެލިއެވެ.

“ޒައިވެސް” ލަދުންހުރެ ޒައިނާ ބުނެލިއެވެ. ދެމީހުން ލޯބީގެ އާލަމަށް ކުރަމުން ދިޔަ ދަތުރު ނިއްމާލަން ޖެހުނީ އެތަނަށް އައިސްތިބި މީހުން ސާއިމްއަށް މަރުހަބާ ކިޔަން އައުމުންނެވެ.

އެއްމެން ހީހީފައި ސަމާސާ ކުރަމުން ދިޔައިރު އެއްކަނެއްގައި އެކަނިވެރިވެގެން ހުރި ޒީންއަށް ބެލެމުން ދިޔައީ ޒިޔަމްއަށެވެ. އެހެންތަނަކަށް ސަމާލުކަން ދޭން އުޅުނަސް ދެވަނަ ސިކުންތުގައި ބެލެނީ އެދިމާލަށެވެ.

ޝަމްހާ ޒިޔަމްގެ އަތުގައި ހިފައިގެން އެތަނުން ދާން އުޅުނެވެ. ޒީންއަށް އެދިމާލަށް ބާރު ހިގުމެއްގައި ދެވުނީ އިހްތިޔާރުން ބޭރުގައެވެ. ޒިޔަމްއަކީ އޭނާގެ ހައްގެކޭ ހިތް ބުނަމުން ދިޔައިރު އެހެން މީހަކާއި އެކަހެރިވާން އެދަނީއެވެ. އެއްމެންގެ ތެރެއިން ވައިރޯޅިއެއްހެން ދެމެމުން ޓެރަސްގެ ދޮރާއި ހަމައަށް ދެވުނުއިރު ޝަމްހާ އާއި ޒިޔަމް އަތު ގުޅުވައިގެން ތިބެ ސިޑިން ފައިބަނީއެވެ. ޒީން އެމީހުންގެ ފަހަތުން ދާން އުޅުނު ނަމަވެސް މަޑު ކުރަންޖެހުނީ ފަރުހާދުގެ އެދުމަށެވެ. މާޔޫސްވެފައި ހުރެ ޒީން ދުރަށް ދިޔައީ އެދިމާލަށް ބަލަން ހުރެފައެވެ.

“ކިހިނެތްވީ” ދެމީހުން އެކަނިވެލުމުން ޒިޔަމް އަހާލިއެވެ.

“އެކަނިވެލަން ބޭނުންވީ. އެންމެންގެ ތެރޭގައި ދެމީހުން ބޭނުންވާ ވާހަކައެއް ނުދެއްކޭނެއެއްނު” ޝަމްހާ ޒިޔަމްއާއި ޖެހިގެން ހުރި ސޯފާ ގޮނޑީގައި އިށީންނަމުން ބުނެލިއެވެ.

“ކީއްކުރަން އެކަނިވާންވީ. އަހަރެން ދައްކާނެ ވާހަކައެއް ނެތް” ޒިޔަމް ނުރުހުންވެފައި ބުނެލިއެވެ.

“ޝަމް ކައިރީ ނުބުނަމެއްނު ކޮންތާކަށް ދިޔައިމަކަން ލަސްވީ. އެގޭތަ ހާސްވެގެން އުޅުނުވަރު” މޫނު މައްޗަށް ދެރަވާކަން ގެންނަމުން ޝަމްހާ ބުނެލިއެވެ.

“ބުނެފިންދޯ އެއްޗެއް ގަންނަން ދިޔައިމައޭ ލަސްވީ. ޝަމްހާ ބަލަންޖެހޭތަ އަހަރެން ދާހާ ތަނެއް” ޒިޔަމް އިން ގޮނޑިން ތެދުވިއެވެ.

“ބުނެވިދާނެ ދޯ ކޯއްޗެއް ގަންނަންކަން ދިޔައީ.. އޯކޭ އެވާހަކަ ބާއްވާ.. ދެން ބުނެބަ ދެމީހުން މެރީ ކުރަނީ ކޮން ދުވަހަކުން” ޒިޔަމްގެ ރުޅިއައިސްފައި ހުރުމުން ޝަމްހާ މަޑުމައިތިރިވެލަމުން ބުނެލިއެވެ.

“މިރޭ އިންނަން އަހާނަން. އެހެންވީމަ ލަސްނުކޮށް އާދޭ.. ކެއުން ފަށައިފާނެ މިހާރު. އެއްމެން ތިބޭނެ އިންތިޒާރުގައި” ޒިޔަމްގެ ބަސްތައް އަޑު އިވުމުން ޝަމްހާއަށް އުފަލުން ފުންމައިގަނެވުނެވެ.

“އަސްލުވެސްތަ ޒިޔަމް” ޝަމްހާ ހުރީ ގަބޫލުކުރަން ދަތިވެފައެވެ.

“ހްމްމް” ޒިޔަމް ބޯޖަހައިލަމުން ބުނެލިއެވެ. އަދި ދާން ހިގައިގަތެވެ. ޝަމްހާ ޒިޔަމްގެ ފަހަތުން ދިޔައިރު ހީވަނީ މީހަކަށް އަލަށް އުފަލެއް ލިބިގެން އުޅޭހެންނެވެ.

ޖަލްސާ ނިއްމުމުގެ ގޮތުން އޮތް ލުއި ކެއުމަކަށް އެއްމެން އިންސާފުކުރަމުން ދިޔައެވެ.

“މި ކްލިނިކް އަޅުގަނޑުގެ ދަރިފުޅު ޒިޔަމްގެ ނަން މައްޗަށް ބަދަލުކުރުމުގެ ކަންތައް މިހާރު ކުރެވެމުން ދަނީ. ޒިޔަމްއަކީ ހަރުދަނާ ދަރިއެއް. އަމީރާއާއި އަހަރަމެން ދަރިފުޅަށް ފަހުރުވެރިވަން.” ޝާހިދު އެއްމެންގެ ސަމާލުކަން ހޯދުމަށްފަހު ބުނެލިއެވެ. އެޔާއި އެކު އަތްތިލަ ބަޑީގެ ހޫނު ތަރުހީބެއް ޒިޔަމްއަށް ލިބުނެވެ.

“ދިރުފުޅު ބުނެލަން ބޭނުންވާ އެއްޗެއް އެބައޮތްތަ” ޝާހިދު އަހާލިއެވެ.

“ލައްބަ ބައްޕާ އަޅުގަނޑު ބުނަން ބޭނުންވާ ވަރަށް ބޮޑު ވާހަކައެއް އެބައޮތް. އެކަމަކު އޭގެ ކުރިން އަޅުގަނޑު ބުނެލަން ބޭނުންވަނީ ތިކަހަލަ ދެވަނަ މައިންބަފައިންނެއް އަޅުގަނޑަށް ނުލިބޭނެއޭ. ބައްޕަމެން ދެއްކެވި ނަމޫނާގައި ހިފައިގެން އަޅުގަނޑު މިހިސާބަށް މިއާދެވުނީ. އިން ޝާ ﷲ އެގޮތުގެ މަތީގައި ހަޔާތުގެ ހުރިހާ ކަމެއްގައި ސާބިތުވެ ހުންނާނަން.” ޒިޔަމް ތައުރީފުގެ ބަސްތައް ޝާހިދުއަށާއި އަމީރަށް ރައްދުކުރިއެވެ.

“މަންމަ ކިޔަވަން އުޅުނު އިރުވެސް ކޮންމެ ދުވަހަކުހެން ގުޅާފަ އަހާނެ ދަރިފުޅާ ކޮބާހޭ މީހަކާ ނުއިންނަން ހޭ. ދެން ކިޔަވައި ނިމިގެން މާލެ އައުމުން ބައްޕަ ވިދާޅުވީ އިންނާނެ މީހަކު ހޯދަން އުޅޭށޭ މުސްކުޅިވުމުގެ ކުރިން. ކިޔަވަން އުޅުނުއިރުން ފެށިގެން މިއަދާއި ހަމައަށް އަޅުގަނޑުގެ ހިތުގައި އޮތީ އެއްމެ ނަމެއް. އެކަމަކު ތަފާތު ސަބަބުތަކަށްޓަކައި އެލޯބީގެ ނަސީބު އަޅުގަނޑަށް ނުލިބުނު. އަޅުގަނޑު ގަބޫލުކުރަން އެއީ އަޅުގަނޑުގެ ކުށުންކަން އެހެން ދިމާވީ.. އެހެންކަމުން އަދިވެސް އެއަފަހަރު އެފަރާތުގެ ކިބައިން ހުސްނުވާނެ ވަރަށް މާފަށް އެދެން..” ޒިޔަމް އެމުހާތަބު ކުރަނީ ޒީންއަށްކަން އެނގޭ ހާލު އެއްވެސް އިހްސާސެއް މޫނުމަތިން ނުދައްކައި ޒިޔަމްއަށް ބަލަން ދުރުގައި ޒީން ހުއްޓެވެ.

“އެލޯބި އަޅުގަނޑަށް ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް. އެކަމަކު މިރޭ މިތަނުގައި ހުއްޓި ހުރެ އަޅުގަނޑު ކުރަން އުޅޭ ކައިވެންޏަށް އެދެން ބޭނުން. އަޅުގަނޑުގެ އުއްމީދަކީ ދެމީހުންނަށް އެކުގައި ހަމަޖެހިގެން އުޅެވުން. އަދި މީގެން ބައްޕަމެންގެ އުއްމީދުތަކުގައި ކުލަޖެހިގެން ދިޔުން. އިރާދަކުރެއްވިއްޔާ މުސްކުޅި ނުވަނީސް އިދެވޭވަރު ވާނެ ކަންނޭނގެ” ޒިޔަމް އެހިސާބުން ވާހަކަ މެދު ކަނޑާލިއެވެ. ދެން ބުނަން އުޅޭ ވާހަކަ ބުނުމަށް ވަރަށް ހިތްވަރު ބޭނުންވެއެވެ. މީހާ ދިޔައީ ތުރުތުރު އަޅަމުންނެވެ.

ޒީންއަށް ފަހަތަށް އެބުރި ޒިޔަމްއަށް ފުރަގަސްދެވުނެވެ. ލޮލަށް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޖަމާވަމުން ދިޔަ ކަރުނަތައް އޭގެ މަގާމް ދޫކޮށް ޒީންގެ ކޯތާފަތް އެއްކޮށްހެން ތެއްމާލިއެވެ. ވަރަށް ހިތްވަރު ކުރެވިއްޖެއެވެ. ނަމަވެސް ދެން ނުކުރެވޭނެއެވެ. މިވޭން މާ ބޮޑެވެ. ޒީންގެ ނާޒުކު ހިތް ބިއްރޫލި އެއްޗެއް ތަޅައިގެން ދާހެން ޒިޔަމްގެ ބަސްތަކުން ކުދިކުދިވެގެން ދިޔައެވެ. ދެރައީ އޭގެ އަޑު ޒިޔަމްއަށް ނީވޭ ކަމެވެ. އެހެންނޫންނަމަ އެހިތުގައި އަޅަމުންދާ ތަދު ޒިޔަމްއަށް އިހްސާސްކުރެވުނީހެވެ. ޒިޔަމް އެދަނީ އެހެންމީހެއްގެ ހައްގަކަށް ވާން އެދެމުންނެވެ. އެއްވެސް ރަހުމެތް އެހިތުގައި ވާނަމަ ޒީން ކުރިމަތީގައި މިކަން ނުކުރީހެވެ.

ޒިޔަމްއާއި ޖެހިގެން ހުރި ޝަމްހާ ފުޅާކޮށް ހިނިތުންވެލައިގެން ޒިޔަމްއަށް ބަލަމުން ދިޔައެވެ. ދެއަތް މޮޑެލަ މޮޑެލައި ހުރީ ޒިޔަމް އޭނާގެ ނަން ކިޔާނެ ވަގުތަކަށެވެ. އިންނަން އަހާނެ އަޑަށެވެ. ދުލު ކުރީގައި އާބަސް އޮތެވެ. އަދި ހިތުން އެތައް ފަހަރަކު “ޔެސް” އޭ ކިޔެމުން ދިޔައެވެ.

“ވިލް ޔޫ މެރީ މީ…. ޒީން އަހަރެންގެ ހައްގަކަށް ވާންވީނު”” ޖީބުން އޮގިޓި އަޅާ ފޮއްޓެއް ޒީންއާއި ދިމާލަށް ދިއްކޮށްލަމުން ޒިޔަމް ލޮބުވެތި ކަމާއި އެކީ އަހާލިއެވެ.

“ވިލް ޔޫ މެރީ މީ” އާއި ހިސާބަށް ދެވުނު އިރު ޒިޔަމް ކައިރީގައި ހުރި ޝަމްހާ “ޔެސް” އޭ ބުނެ އަޑު އިއްވާލިއެވެ. އެއަޑު އެބޮޑު ޓެރަހުގައި ތިބި އެއްމެނަށްހެން އިވިގެން ދިޔައެވެ. ނަމަވެސް ޒިޔަމް އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައީއެވެ.

“ކީކޭ.. މީ ޝަމްހާ އޭ” ޒީންގެ ނަން އިވުމާއި އެކު ޒިޔަމް ކައިރިއަށް ޖެހިލައި ޝަމްހާ ބުނެލިއެވެ. މީހާއަށް ލިބުނު ހައިރާންކަން އެންމެ ރަގަޅަށް ދައްކުވައިދެމުން ދިޔައީ މޫނުމަތިން ގެނައި ކުލަވަރުންނެވެ. އަދި ޒިޔަމްގެ އަތުގައި ތަޅުވާލިގޮތުން ހާސްވެފައި ހުރިވަރު ފެންނަމުން ދިޔައެވެ.

ނަން އިވުމާއި އެކު ޒީންއަށް އަނެއް ފަރާތަށް ބަލައިލެވުނީ ގަބޫލުކުރަން ދަތިވެފައި ހުރި ހާލުގައެވެ. އޭރު ކަރުނަތަކުން މޫނު އެއްކޮށްހެން ތެމިފޯކޮށްފިއެވެ. ހިތުގެ ތެޅުން އިހުނަށް ވުރެ ބާރުވެގެން ދިޔައެވެ. ޝަމްހާގެ ނަން އަޑު އިވޭނެތީ ކުޑަކޮށްގެން ހުރި ދެލޯ ތަންމިނަށް ހުޅުވިގެންދިޔައެވެ. އެއްމެންގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރުމުން މީހާ ލަދުންވެސް ގަތެވެ. މިވަމުން ދަނީ ކީއްބާއޭ ހިތް ސިކުޑިއާއި ސުވާލުކުރަމުން ދިޔައީ އިހްސާސްތަކަށް އައި ބޮޑު ކުއްލި ބަދަލުންނެވެ.

ހިނިތުންވެ ހުރެ ޒިޔަމް ޒީންއާއި ދިމާލަށް ދާން ހިގައިގަތެވެ. ޝަމްހާ އަތުގައި ހިފައި  ގޮވަމުން ދިޔައިރު އެކަމަށް ބީރު ކަންފަތެއް ދެމުންނެވެ.

ޒީން އާއި އަރައި ހަމަވުމުން ޒިޔަމް އިތުރަށް ހިނިތުންވެލިއެވެ. ” އަހަރެން ޒީންގެ ހަސްބެންޑަށް ހަދައިދޭން ކެރިދާނެތަ” ޒިޔަމް އޭނާގެ އެދުން މިފަހަރު އިއްވާލީ ތަފާތު ބަސްތަކަކުންނެވެ.

ޒިޔަމްގެ މޫނަށް ބަލަން ހުރެފައި ޒީން ޒިޔަމްގެ މޭގައި ބޯއަޅައިލީ އެވަގުތު ލޮލުން އޮހެރެމުން ދިޔަ އުފާވެރިކަމުގެ ކަރުނަތައް ވަންހަނާ ކުރާނެ އިތުރު ގޮތެއް ނެތުމުންނެވެ. އަދި މަޑުމަޑުން ބޯ ޖަހައިލީ އާބަސް ބުނުމުގެ ގޮތުންނެވެ.

ޒީންގެ އެކުޑަ ހަރަކާތުން ޒިޔަމްއަށް ލިބުނު އުފާ އެތައް ހާސް ގުނައެއް އިތުރެވެ. ހީވީ ދުނިޔޭގެ ހުރިހާ އުފަލެއް އޭނާގެ ފައިދަށަށް އެއްފަހަރާ ޖަމާވިހެންނެވެ.

ޒިޔަމް އެއް އަތް މައްޗަށް ނަގައި ބޮޑުވައި އިގިލި މައްޗަށް ނަގައިލީ އޭނާގެ އުފާވެރިކަން އެހެން މީހުންނަށް އަންގައި ދިނުމުގެ ގޮތުންނެވެ. އެވަގުތު ހަމަހިމޭންކަން ވެރިވެފައި އޮތް ތަން އަތްތިލަ ބަޑީގެ ހޫނު  މަރުހަބާއިން ގުގުމާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

އެ ތޫފާނީ ރޭ (8)

Next

ޓެކްސީ (އަށްވަނަ ބައި)

Next
July 15, 2017

ޓެކްސީ (އަށްވަނަ ބައި)

Previews
July 13, 2017

އެ ތޫފާނީ ރޭ (8)

86 Comments!

  1. maroon says:
    July 14, 2017 at 11:16 am

    Hey readers. 18the part finally…photo credits:sam ah… v bodah shukur..
    If you like the story leave a comment. Like nuvaa kudhinves kyhvekan bunedhy maroon improve vaan ehyvedheyne kamah ummeedhu kuran…final episode sunday..javaabu nulibey answers e episodun libeyne.and more..? thanku guys for all the support ???

    1. Naz says:
      July 14, 2017 at 5:32 pm

      Masha allah vvv salhi.kuriyan igey.waitin waitin

    2. maroon says:
      July 15, 2017 at 7:58 am

      Thanku naz ???

  2. Ram says:
    July 14, 2017 at 11:54 am

    Wow… v reethi ??

    1. maroon says:
      July 14, 2017 at 12:36 pm

      Thanku dear ??

  3. Psenhi says:
    July 14, 2017 at 1:34 pm

    Awesome 🙂

    1. maroon says:
      July 14, 2017 at 2:00 pm

      Thanku psenhi??

  4. Aashaa says:
    July 14, 2017 at 1:51 pm

    Wow.finally she said yes…

    1. maroon says:
      July 15, 2017 at 11:50 am

      Yes .. thanku ??

  5. Love says:
    July 14, 2017 at 1:57 pm

    Love it

    1. maroon says:
      July 14, 2017 at 2:06 pm

      Thanku love ??

  6. sam♥ says:
    July 14, 2017 at 2:00 pm

    love u roon … stry v lobii … waiting next part ..♡♡♡

    1. maroon says:
      July 14, 2017 at 2:07 pm

      Thanku sam… ???

  7. Tutee ? says:
    July 14, 2017 at 2:02 pm

    Oh my god ..Finally …. Yay … Story vrh vrh nice … Lovely … Awsome … ???????????

    1. maroon says:
      July 14, 2017 at 2:09 pm

      Thanku tutee.. yes finally ????

  8. AKI says:
    July 14, 2017 at 2:03 pm

    v furihama mi part ves.. haadha inthizaaru kurevey eba. vaahaka ah

    1. maroon says:
      July 14, 2017 at 2:11 pm

      Thanku aki ???

  9. laimaan says:
    July 14, 2017 at 2:03 pm

    Wow! V v salhi.

    1. maroon says:
      July 14, 2017 at 2:11 pm

      Thanku laimaan ???

  10. Navya says:
    July 14, 2017 at 2:17 pm

    Mibaives vvv reethi ❤ next part ah vv inthizaaru kurevey❤❤

    1. maroon says:
      July 14, 2017 at 3:45 pm

      Thanku navya ??

  11. Blume says:
    July 14, 2017 at 2:27 pm

    Luvv u roon..mi prt v rythi..nxt prt kiyan mihiry kehmadhu vefa..??

    1. maroon says:
      July 14, 2017 at 4:03 pm

      Thanku blume ??? loves

  12. Khadu says:
    July 14, 2017 at 2:42 pm

    Vara reethi?shamhaa ladudee?❤❤

    1. maroon says:
      July 14, 2017 at 3:45 pm

      Thanku khadu ???
      Ladeh dhw ?

  13. khajja says:
    July 14, 2017 at 2:44 pm

    Alhey wow wow????? masha allah v loabi ??? thank u so much maroon when nxt prt avahah up kolladhechchey plx plx but dhen iny last prt dhw??? alhey haadha avahakah nimmaalan thiulheny ?? maroon ge ehen stry eh avahah up koh dhechchey i luv this stry u r briliant writer ??? waitin n ly bodukon ??????❤❤❤???????????❤❤❤❤❤

    1. maroon says:
      July 14, 2017 at 3:48 pm

      Khajja ?
      Sure ehen story eh fennaane adhi. In sha allah ?
      V happy vejje comment kiyaalafa.. try kuraanan avahah upkohdheyn..love u too ??gnyt

  14. Xna says:
    July 14, 2017 at 2:51 pm

    Awww??. So nice?.. ziam haadha ❤❤ey. wish u were mine ziam??. ???. Stry v furihama?. I wish u marooon, more n more original ideas! n a lot of luck,?????

    1. maroon says:
      July 14, 2017 at 3:49 pm

      Xna ?
      Ziam eh dhn nulibeyne kanneyge. Hehe ?
      Thanku lots and lots ???

  15. Some one says:
    July 14, 2017 at 2:56 pm

    Woww!!!when nxt prt??? N last part tha dhn innanii???

    1. maroon says:
      July 14, 2017 at 3:50 pm

      Next part sunday.. yh dhn iny last part. Thanku some one ???

  16. Addu manje says:
    July 14, 2017 at 3:05 pm

    Vrah reethi mi baives..
    🙂

    1. maroon says:
      July 14, 2017 at 3:50 pm

      Thanku addu manje ???

  17. Sinaa says:
    July 14, 2017 at 3:06 pm

    Nice

    1. maroon says:
      July 14, 2017 at 3:51 pm

      Thanku sinaa ???

  18. Thuthi says:
    July 14, 2017 at 3:16 pm

    Manamavex kadavaane!!! ???
    Shamhaaaaa.. I feel sympathy for you dear ????

    1. maroon says:
      July 14, 2017 at 3:51 pm

      Hehehe ??
      Shamha ah ladeh dhw milibuny emme fahun..thanku thuthi ???

  19. shan says:
    July 14, 2017 at 3:19 pm

    Wow very nice. Hihthelhay varun kiyunee ehves noon.

    1. maroon says:
      July 14, 2017 at 3:52 pm

      Thanku shan.. ???

  20. ninni says:
    July 14, 2017 at 3:24 pm

    Wow wow . such a beautiful episod. V v happy vejje xeen n xiam gulhuneema. Thanks maroon.

    1. maroon says:
      July 14, 2017 at 3:52 pm

      Thanku ninni. Dhuruga bahattaakah nuvaane eha gina dhuvahu dhw ???

  21. Shaai says:
    July 14, 2017 at 3:36 pm

    Wow nice… plx eha avahah nuninma story

    1. maroon says:
      July 14, 2017 at 3:54 pm

      Thanku shai.. story dhn mifaharu nimmaaly ???

  22. Xxxx says:
    July 14, 2017 at 3:47 pm

    Yay?????????ziam?zeen…?story is awesome.. thanks dear

    1. maroon says:
      July 14, 2017 at 3:55 pm

      Thanku xxxx . Loves ???

  23. reysh says:
    July 14, 2017 at 3:48 pm

    Neyvaa hifahtain igey inee…?loved it ??

    1. maroon says:
      July 14, 2017 at 3:57 pm

      Thanku reysh.. glad u like it ???

  24. Saadha Abdhulatheef says:
    July 14, 2017 at 5:33 pm

    asluves v reethi mivaahaka

    1. maroon says:
      July 14, 2017 at 3:54 pm

      Thanku saadha. Happy ???

  25. ????? says:
    July 14, 2017 at 6:08 pm

    Vvvv rythi hueihaa baeh vesss haahsa koh mibaii ☺ nimeniii dw vvvv dhera ehenn vaahaka akah inthizaaru kurann?

    1. maroon says:
      July 15, 2017 at 11:51 am

      Thanku dear ???
      Yes nimeny

  26. Adha? says:
    July 14, 2017 at 6:34 pm

    Wooow! This part is astounding!?
    finally xim❤xeen ekuvee dw..? mi vee gothun xim libey gotheh nuvee dw?? hehehe?? but so happy 4 them?…next is last part dw.. enme reethivaane part plus enme sad vaane part..? cux maa avahah thi ninmaalany? vvvv sad vejje? will miss u soooo much dear?loves❤

    1. maroon says:
      July 15, 2017 at 8:00 am

      Adha ? will miss u alot
      Xim nulibeyne dhn adha ah. Xeen ah milibuny ❤
      Next part dhigukoh reethi koh genesdheveythw v try kuraanan
      Love tc ???

  27. Erina says:
    July 14, 2017 at 10:29 pm

    Mi story vrh habbu ingey.. hama speechless ??❤️❤️

    1. maroon says:
      July 15, 2017 at 8:01 am

      Thanku erina ???

  28. who am i? says:
    July 15, 2017 at 12:35 am

    WooWww❣❣❣❣❣
    Ammazing ???

    1. maroon says:
      July 15, 2017 at 8:01 am

      Thanku WHO AM I ? ?
      ??

  29. Aferrr says:
    July 15, 2017 at 8:35 am

    Kon gadiyaku tha next part kiyaalan libeyny
    ?????
    Love the story
    This is the best story I ever read.praises are not enough for this story??????
    Maroon, you have made me speechless.
    Love your work.??

    1. maroon says:
      July 15, 2017 at 9:23 am

      Aferrr v v happy vejje comment kiyaalaafa ?❤
      Next part hopefully sunday before 18:00
      Thanku so much dear ?
      Loves ??? tc

  30. azeen says:
    July 15, 2017 at 8:48 am

    wow v v v reethi …azeen lahun comment kuriyas ihye maroon up kurithanaa hen kiyafin story sorry comment eh egadyga nukurevuneema maroon i love this story v v reethi:):):)

    1. maroon says:
      July 15, 2017 at 9:24 am

      Its okay dear.. thanku so much for the support.. thanku again ???

  31. Some one says:
    July 15, 2017 at 10:00 am

    Alhe story nimeniii tha dhn!!! ?? no!!!!!!

    1. maroon says:
      July 15, 2017 at 10:40 am

      Yes dear

  32. iru says:
    July 15, 2017 at 11:08 am

    Vv v nice ingey…thanks kiyaalan mikahalage story libeythee ve

    1. maroon says:
      July 15, 2017 at 11:52 am

      Thanku iru ??

  33. Aff says:
    July 15, 2017 at 11:45 am

    Salhi

    1. maroon says:
      July 15, 2017 at 11:53 am

      Thanku aff ??

  34. Reader says:
    July 15, 2017 at 12:11 pm

    Habeys.. Waiting….

    1. maroon says:
      July 15, 2017 at 12:38 pm

      Its okay reader… thanku for the support ? thanku ??

  35. Reader says:
    July 15, 2017 at 12:12 pm

    Iyye haveeru comment kuran ukhe ukhe nukurevunu

  36. Reader says:
    July 15, 2017 at 12:13 pm

    Ulhe ulhe*

  37. Nikko says:
    July 15, 2017 at 12:47 pm

    Avahah up kodhybala zeen and zium finaly samhaa ge reyvun falhaa aruvaalabala.. plx waiting

  38. bluerose says:
    July 15, 2017 at 6:04 pm

    nice. waiting for next part.

  39. Aashaa says:
    July 15, 2017 at 8:17 pm

    Waiting for tmorrow ?????

  40. Aai says:
    July 15, 2017 at 9:11 pm

    Can’t wait for the final episode maroon dear your a great writer????

  41. Sifaa says:
    July 16, 2017 at 11:12 am

    Maroon koba story…

  42. ????? says:
    July 16, 2017 at 11:37 am

    Haadha lahey mihaaru kiyaahithunn

  43. Shaai says:
    July 16, 2017 at 12:58 pm

    Mitadhu me sunday.
    But haadha lahey upload kuraa leh

  44. maroon says:
    July 16, 2017 at 3:04 pm

    Hey readers. It might take a bit longer than expected. Due to some personal reasons. Sorry again to disappoint you ?
    But i am trying my best . Hope u wud understand

  45. Aferrr says:
    July 16, 2017 at 3:37 pm

    Thank you bunelyma
    ❤❤❤

  46. Adha? says:
    July 16, 2017 at 5:52 pm

    It’s ok dear❤❤❤ knirakun kiyaalan libey varu vaany dhen?

  47. Reader says:
    July 16, 2017 at 6:28 pm

    Hey. Mirey libeyne tha?

  48. maroon says:
    July 16, 2017 at 6:29 pm

    Surely mirey 12 ge kurin aadha aferrr and reader ❤

  49. Reader says:
    July 16, 2017 at 7:10 pm

    Oh. Thank you. Love you Maroon

  50. Some one says:
    July 16, 2017 at 8:08 pm

    Plxxx 9 haairu up khdhiibaa!!! Plxxx! Try ingey

  51. Shifoo says:
    July 16, 2017 at 11:04 pm

    Mihaaru 11 vee… kobaa story????

Comments are closed.

Next Episodeވާށެ އޯގާ ހިތާ 19←


All Right Reserved!