
ވާށެ އޯގާ ހިތާ 16
ޒީން ސިއްސައިގެން ދިޔައީ އަތުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ހިތްތޮޅިލީ ފާރަލާންއޮވެ މީހަކަށް ފަޅާއެރީހެން ހީވަމުންނެވެ. އެކޮޅުން ގުޅަމުން ދިޔައީ ޔުމްނުއެވެ. މިއަދަކީ އެމީހުން ހަނީމޫނަށް ފުރަން އޮތް ދުވަސްކަމުން ފިހާރައަށް ދާން ޔުމްނު ވަނީ އެދިފައެވެ. އެހެންކަމުން ޒީން ފޯނު ނެގިއެވެ. ފޯނު ކަންފަތުގައި ޖަހަމުން ޒީންގެ ލޯ އަމާޒުކޮށްލީ ޒިޔަމްގެ ކެބިންއަށެވެ. އެޔާއި އެކު ފެނުނު މަންޒަރުން އަތުގައި އޮތް ފޯނު ނުވެއްޓުނީ ކިރިއާއެވެ. ދެލޯ ބޮޑުކޮށްލެވުނެވެ. ހިތް ތެޅިގަތެވެ.
ޝަމްހާގެ މޫނުގައި ހިފަހައްޓައިލައިގެން އެހެރީ ޒިޔަމްއެވެ. މޫނާއި މޫނު ޖެހޭ ހިސާބުގައެވެ. އެކަކު އަނެކެއްގެ ނޭވާ އެޅޭ ހިސާބުގައެވެ. ޒީން ހުރީ އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައެވެ. ފޯނުން ޔުމްނު ދައްކަމުންދާ އެއްވެސް ވާހަކައެއް އަޑު އިވޭހެން ހީނުވެއެވެ.
ޒީންގެ ހަބަރެއް ނުވުމުން ޔުމްނު ތަންކޮޅެއް ބާރަށް ގޮވާލިއެވެ. ނަމަވެސް އޭގެން ޒީންއަށް މާ ބޮޑު ސިހުމެއް ލިބުނުހެން ހީނުވެއެވެ. ފޯނުގެ އެއްފަރާތުގައި ހުންނަ ފިތުން ފޯން ކަނޑާލުމަށްފަހު ދަބަހަށް ލިއެވެ.
އެގޮތުގައި ތިބުމަށް ފަހު ކެބިން ތެރެއިން ދެން ފެނިގެން ދިޔައީ ޒިޔަމްގެ މޭމަތީގައި ޝަމްހާ ބޯ އަޅާލިތަނެވެ. ޒީންގެ ހިތަށް ތަދުކުރުވީ އެހެން ފަހަރާއި ހިލާފަށް މިފަހަރު ޒިޔަމް ޝަމްހާ ދުރުކުރަން ނޫޅުމުންނެވެ. ޒިޔަމްގެ ހަރަކާތްތަކަށް މިފަހަރު ވަނީ ހުއްޓުން އަރާފައެވެ.
އެތާގައި އެމަންޒަރު ބަލަން އިތުރަށް ހުންނަން ބޭނުން ނުވާތީ ޒީން ގެޔަށް ދާން ހިގައިގަތެވެ. މަޑު ހިގުމެއްގައި ގޮސް ކްލިނިކުގެ ދޮރުން ނިކުތުމާއި އެކު ވާރޭގެ ކަނިތައް ގަޔާއި ދިމާލަށް އަމާޒުވާން ފެށިއެވެ.ޒީންއަށް ބަލާލެވުނީ އުޑު މައްޗަށެވެ. ބޯމަތި ކޮށްފައި މިވާ ވިއްސާރާއިގެ އަސަރު އަވަހަށް ފިލައިގެން ދާނެހެން ހީނުވެއެވެ. ގަދަވަޔާއި އެކު ގަސްތައް ހީވަނީ މުލުން ލުހިލައިގެން ހިގާނެހެންނެވެ. މަގުމަތި ފެންނަނީ ފުސްކޮށް ނަމަވެސް އަސްކަނިތަކުން މީހުން މީހުން ހިޔާ ހޯދަމުން ދާތަން އެބަ ފެނެއެވެ. ޒީން ވެހެމުންދާ ވާރޭގެ ތެރެއަށް އަތް ދިއްކޮށްލިއެވެ. އަތްތިލަ ވާރޭގެ ތިކިތަކުން ފުރުނު އިރު ފިނި އިހްސާސެއް ކުރެވިގެން ދިޔައެވެ. ލުއިކޮށް ހިނިތުންވެލައިގެން ދެވަނަ ވިސްނުމަކަށް ނުގޮސް ވާރޭގެ ތެރެއަށް ނުކުތެވެ. އެއްމެން ކޯޓުތަކުންނާއި ކުޑައިން ހިޔާ ހޯދަމުން ދިޔައިރު ވާރޭގެ ކަނިތައް އެއްވެސް ރަހުމެއް ނެތި މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޒީން ތެމިފޯކޮށްލައިފިއެވެ.
ޒީންގެ މިސްރާބު ހުރީ ގެޔާއި ދިމާލަށެވެ. ސިކުޑީގެ ހިޔާލުތައް ދިޔައީ މާޒީގެ ތެރެއަށް ދަތުރު ކުރަމުންނެވެ. ހިލާޔަށް ގެނެވެން ފެށުނީ ޒިޔަމްއެވެ. އެއަތުގެ ހިމާޔަތުގައި ޒީން އޮތް ވަގުތު ކޮޅެވެ. މިނިޓަކަށް ވުރެ މަދު އިރުކޮޅަކަށް ދެމިގެން ދިޔަ އެފޮނި ބައްދަލުވުމުގެ އިހްސާސެވެ. ހިނިތުންވެ ހުރެ ޒީންގެ ލޮލުން ކަރުނަ ފޭބިކަމެއް ހުދު ޒީންއަކަށްވެސް ނޭނގެއެވެ. ލޮލުން އޮހެރުނު ކަރުނަތައް ވާރެއާއު އެކުވެ ކޯތާފަތް މަތިން ފައިބަމުން ދިޔައެވެ. ވާރޭވީ އެކަރުނައިގެ ފަރުދާއަކަށެވެ.
ގެޔަށް އާދެވުނު އިރު އެއްމެން ތިބީ ކޮޓަރިތަކުގައި ކަމުން ޒީން އައި ކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. އަވަސް ހިގުމެއްގައި ކޮޓަރިއަށް ގޮސް ތެމިފައިވާ އެއްޗެހި ބަދަލުކޮށްގެން އެނދު މައްޗަށް ވެއްޓިގަތެވެ. ދެފަޔާއި އަތަށް އިސްޓާކީނު އަރުވާލައިގެން އޮތީ އަޅަމުންދާ ތުރުތުރަށް ލުއެއް ލިބޭތޯއެވެ. ދެލޯ މަރައިލީ ނަފުސަށް ލިބިފައިވާ ވަރުބަލިކަން ފިލުވާލުމަށެވެ. ނަމަވެސް އެގޮތުގައި އޮވެވުނީ ދެތިން މިނިޓަށެވެ. ކައިރީގައި އޮތް ފޯނު ވައިބުރޭޓު ވާން ފެށިއެވެ. ގުޅަމުން ދިޔައީ ޒިޔަމްއެވެ. ވައިބުރޭޓު އަށާއި ކަންފަތުގައި ޖެހެމުން ދިޔަ ރިންގުޓޯންގެ އަޑަށް ފަރުވާލެއް ނެތި ޒީން އަށް އޮވެވުނީ ފޯނަށް ބަލަހައްޓައިގެންނެވެ. ދެފަހަރަށް ޒިޔަމް ގުޅިއެވެ. އަދި ފަހުން މެސެޖުވެސް ކުރިއެވެ. ޒީން އޭގައިވާ އެއްޗެއް ބަލާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ފޯނު ރިންގު އޮފުކޮށްލުމަށްފަހު ބާލީސް ދަށަށް ލައި ދެލޯ ތަގުޑިކޮށްލިއެވެ.
މީހަކު ގައިމަތީ އޮތް ރަޖާގަނޑު ނެގުމުން މަޑު ނިންޖެއްގައި އޮތް ޒީންއަށް ހޭލެވުނެވެ. ލޯ ހުޅުވައިލި އިރު ޔުމްނު ކައިރީގައި އިނެވެ.
“އަދި ކިރިއާ ދޯ މޯނިން ތިވީ..ތާކަށް ގޮސްފަތަ ތިއައީ. ޔުމްނު ކުރިން އައި އިރަކު ނުފެނޭ..ވެދާނެ ދޯ މި އަޅައިގެން އޮތީމަ ކަމަށް” އަތުން ރަޖާގަނޑަށް އިޝާރަތްކޮށްލަމުން ޔުމްނު ބުނެލިއެވެ.
“ޔުމް މިގަޑީ ނޫން” ޒީން އަދިވެސް ހުރީ ނިދި އައިސްފައި ކަމުން ރަޖާގަނޑުން ބޯ ފޮރުވާލިއެވެ.
“ދެން ޒީ…ޔުމް މިއުޅެނީ ފުރާށޭ އިރުކޮޅަކުން.. މިސް ވެސް ނުވާނެތަ” ޔުމްނު ބޭނުންވީ ޒީންއަށް ޖެއްސުންކޮށްލަން ކަމުން އަނެއްކާވެސް ރަޖާގަނޑު ދަމައިގަތެވެ.
“ޕުލީސް ޔުމް.. މިގަޑީ އިހަށް ދޭބަލަ. އެހާ އިރަށް ދާނަމޭ” ނުރުހުމުގެ ރާގަކަށް ޒީން އެހެން ބުނެލުމުން ޔުމްނުއަށް ކޮންމެވެސް ކަމެއް ގޯސް ވެގެން އުޅޭކަމުގެ އިހްސާސެއް ވިއެވެ. އެހެންކަމުން އަޅައިނުލައި ދިޔައީ ޒީން ތެދުވުމުން އެވާހަކަ ދައްކަން ނިއްމައިގެންނެވެ.
ޒީން ހޭލައި ފޯނު ބަލައިލިއިރު ޒިޔަމްގެ ފަންސާހަށް ވުރެ ގިނަ މިސްޑްކޯލް އައިސްފައި އޮތެވެ. އަދި އެތައް މެސެޖުތައްވެސް މެއެވެ. ނަމަވެސް އެއިން އެއްވެސް އެއްޗެއް ނުކިޔައި ޒީން ޒިޔަމްގެ ޗެޓު ލޮގު އެއްކޮށް ފުހެލިއެވެ. ސިޓިން ރޫމަށް ދިޔައިރު ޔުމްނު އާއި އަރީޝް ފުރަން ދާން ގެއިން ނުކުންނަނީއެވެ. ޒީން އެމީހުންނާއި ސަލާމްކޮށްލުމަށްފަހު ބަދިގެއަށް ކާން ދިޔައެވެ. ނިދައި ހޭލިއިރު މީހާގެ ތަބިއްޔަތު ވަނީ އިހުނަށްވުރެ ރަގަޅުވެފައެވެ.
އޭގެ ދެތިން ދުވަސް ފާއިތުވެގެން ޒިޔަމްގެ ކޯލްތަކުންނާއި މެސެޖުތަކުން ޒީންގެ ފޯނަށް ލޯޑު ބޮޑުވެގެން ދިޔަ ދުވަސްތަކަށެވެ. އެއިން އެއްވެސް މެސެޖަކަށް ޒީން ޖަވާބު ދޭ ހިތެއްނުވިއެވެ. ގިނަ ފަހަރު ފޯނު ދުރުގައި ބާއްވާފައި އެހެން ކަމަކާއި މަޝްއޫލުވެގެން އުޅުނީ ޒިޔަމްގެ ހަނދާންތަކާއި ދުރުވެވޭތޯއެވެ.
“ދަރިފުޅާ ކީޢްކުރަނީ” ލެޕްޓޮޕު ނަގައިގެން ދެފައި ވަށްކޮށްލައިގެން އެދުމަތީ އިން ޒީން ދޮރާއި ދިމާލަށް ބަލާލިއެވެ.
“މި އެއްޗެއް ކިޔާލަނީ” ކިޔަމުން ދިޔަ ރިޕޯޓު މެދުކަނޑާލުމަށްފަހު ޒީން ލެޕްޓޮޕު އެއްފަރާތުގައި ބެހެއްޓިއެވެ.
“ބައްޕަ މިއައީ ވާހަކައެއް ދައްކާލާށޭ” އެހެން ބުނުމުން ޒީން އެނދުން ތެދުވެ ހުރިހާ ސަމާލުކަމެއް ފަރުހާދަށް ދިނެވެ.
“ކޮން ވާހަކައެއްތޯ ބައްޕާ” ޒީން އަހައިލިއެވެ.
” ތަންކޮޅެއް ކުރިން ބައްޕަ ބުނީމެއްނު އައު މެމްބަރެއް މިއާއިލާ އާއި ގުޅެން އުޅޭ ވާހަކަ” ފަރުހާދު އަދިވެސް ހުރީ ދޮރު ކައިރީގައެވެ. ޒީން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާއިލިއެވެ.
“ބައްޕަ ބޭނުން އިނުމުގެ ކުރިން ދަރިފުޅާއި ބައްދަލުކޮށްލަން. އެހެންވެ ގޮވައިގެން މިއައީ” ފަރުހާދު ހިނިތުންވެލަމުން ދޮރުން ބޭރަށް ބަލައިލިއެވެ. އެތެރެއަށް ވަދެގެން އައީ ސާޅީހުގެ އަހަރުތައް ގުނަމުން އަންނަ އަންހެނެކެވެ.
“ޒީން ދޯ ކިޔައީ.. މީ ހަދީޖާ އިނގޭ” ފުޅާ ހިނިތުންވުމަކާއި އެކީ ކޮޓަރިއަށް ވަދެގެން އައި ހަދީޖާ މަޑު ޖެހުމެއް ނެތި އައިސް ބައްދާލީ ޒީންގެ ގައިގައެވެ. ދެލޯ ބޮޑުކޮށް ޒީންއަށް ބަލައިލީ މަންޒަރު ބަލަން ހެވިފައި ހުރި ފަރުހާދަށެވެ.
ތިން މީހުން އެތައް އިރަކު ވާހަކަ ދައްކަން ސިޓިންރޫމުގައި ތިއްބެއެވެ. ދެމީހުން ދިމާވި ގޮތާޢި ކައިވެންޏާއި ހިސާބަށް ދިޔަ ގޮތް ޒީން މެދުގައި ބައިންދައިގެން ކިޔައިދެމުން ދިޔައެވެ. އަދި މާދަމާގެ ވަގުތެއްގައި ކޯޓަށް ގޮސް ކައިވެނި ކުރާކަން ވެސް ބުންޏެވެ. ހުރިހާ ވާހަކައެއް ދެއްކި އިރުވެސް ޒީން އިނީ ނެގިމަޑުވެފައެވެ. ދޭތެރެއަކުން ގަދަކުމުން ހިނިތުންވެލައީ ހަދާނެ އެހެން ގޮތެއް ނޭނގޭތީއެވެ. ހަދީޖާ ނޫނީ ޝާހިދު އެއްޗެއް އަހާލުމުން ނޫނީ ވާހަކައެއް ނުދައްކައެވެ. ހަދީޖާ ދިޔުމުން ފަރުހާދު ޒީން ގާތުގައި އެހެން އިނީ ކީއްވެތޯ އަހާލިއެވެ.
“ބައްޕަ ޖެހޭތަ ކޮންމެ ފަހަރަކު ތިހެން ހަދަން. އެއްމެ ފަހު ވަގުތު ކޮންމެ ވާހަކަ އެއްވެސް ތިބުނަނީ.”ބައްޕަ އާޢި ވާހަކަ ދައްކާއިރު ދުވަހަކުވެސް ހަރުކަށިކޮށް ވާހަކަ ނުދައްކާ ޒީންގެ އަޑުގައި މިއަދު ތަފާތު ކަމެއް އެބަ ހުއްޓެވެ.
“މި ވާހަކަ ބައްޕަ ކޮން އިރަކު ދައްކައިގެން ދަރިފުޅު ހިތްހަމަޖެހޭނީ. މީގެ ދެތިން މަސް ކުރިން ބުންޏަސް ތި ރުޅި ދަރިފުޅު އަންނާނެކަން ބައްޕައަށް ޔަގީން . ދޮގެއް ނޫންތަ.” ފަރުހާދު ޒީން ކައިރިއަށް ޖެހިލައި ބުނެލިއެވެ.
“މިކަން އެކަންޏެއް ނޫން ބައްޕާ. މަންމަގެ ކޮޓަރި ބިމާ ހަމަކުރަންވެސް ދެތިން ދުވަހަށް ވެފަ އޮއްވާ ބުނަން އެގުނީ. ދެން އެ ޒިޔަމް ގަނޑާއި އިންނަ ވާހަކަ ވެސް. ދެން މިކަންތައް..އެއްމެ ފަހަރަކު ކީއްވާނީ އަޅުގަނޑުގެ ހިޔާލު ހޯދާއިލައިފިއްޔާ.. އެއްމެ ކުޑަ މިނުން ތަންކޮޅެއް ކުރިން ބުނެލަން ރަގަޅެއްނު” ފަރުހާދަށް ޒީންގެ މޫނުމަތީ ގައިވާ ނުރުހުން ވަރަށް ބޮޑަށް ފެންނަމުން ދިޔައެވެ.
“ޒީން.. ޒީންއަކަށް ނޭނގޭނެ މަންމަ މަރުވުމުން ބައްޕަ އެކަނިވީ ވަރެއް…އޭރު ދަރިފުޅު ކުޑަވީމަ ނުވިސްނޭތެނީ އެވާހަކަ ނުދައްކަނީ. ތި ދެމައިންނަށްޓަކައި މިހާ ދުވަހަށް ކެތްކޮށްގެން މިހިރީ.. އެކަމަކު ބައްޕަ ބޭނުމެއް ނޫން މުޅި އުމުރު މިގޮތުގައި ހޭދަ ކުރާކަށް.ބައްޕަ ވެސް ބޭނުންވޭ އެކަނިވެރިކަން ފިލުވަދޭނެ މީހެއް. އަބަދު ހަސީނާ ދައްތަގެ އެހީގައެއް ބައްޕައަކަށް ނޫޅެވޭނެ. ” ޝާހިދު ވާހަކަ ދެއްކީ އަޑު މަޑުކޮށް ވިޔަސް ހަރުކަށި ރާގަކަށެވެ.
“ބައްޕަ ލޯބިވޭތަ ތިމީހާ ދެކެ” އިސްޖަހައިގެންހުރެ ޒީން އަހައިލިއެވެ. އޭރު އެއަޑުގައި ރިހުން އެކުލެވިގެންވެއެވެ.
“އާން ބައްޕަ ލޯބިވޭ. އެކަމަކު ދަރިފުޅު މަންމަ ދެކެވެސް ލޯބިވޭ އަދިވެސް. އެކަމަކު ދެން މަންމައެއް މިދުނިޔެއިން ލިބުމުގެ ނަސީބެއް ބައްޕައަކަށް ނެތް. ޒީންހެން އެހެންމީހުންނަކީ ލޯބިވާން ނޭނގޭ ބައެއް ނޫން. އަބަދު ފޮތެއް ނަގައިގެން ނޫނީ ކޮޓަރީގައި ތަޅުލައިގެން ދުނިޔެއަށް ފިލައިގެން އުޅުނީމަ ބައްޕަ އެއްޗެކޭ ނުބުނެ ވަރަށް ގިނަ ދުވަހު ހުރެފިން..ތިކުޑަ ކުދިންގެ އުޅުން ހަމަ މިހާރު ދޫކޮށްލާ..ދިރިއުޅުމަކީ ކުޅޭ ކުޅޭ އެއްޗެއް ނޫން. ނޫނީ ތި ކިޔާ ވާހަކަތަކުގައި ވާހެން ހިޔާލީ ފޮލާއެއް ނޫން. އުޅޭ ޒިޔަމްއާއި އިންނަން. އިސާހިތަކު ލޯބިވާން ފަށާފާނެ” ފަރުހާދު ވާހަކަ ދައްކަމުން ދިޔަ ވަރަކަށް ޒީންގެ ލޯ ކަރުނައިން ބަރުވަމުން ދިޔައެވެ. އަރު ތެރޭގައި ވޭނީ އިހްސާސެއް އުފެދެން ފަށައިފިއެވެ.
ފަރުހާދު މިއިން ދުވަހަކު ޒީންއާއި ދިމާލަށް ނުރުހުމުގައި އެއްޗެއް ނުބުނާހާ ވަރަށް މިއަދު ބުނެފިއެވެ. ފަރުހާދު ދިޔުމުން ޒީން ކޮޓަރިއަށް ވަދެ ރީތިވާން ފެށިއެވެ. ހިތް ނުތަނަވަސްކަމުން ފުރިފައިވާ ހާލުގައެވެ. އަވަސް އަދި އާދައިގެ ގޮތަކަށް ޝޯލް އަޅައިގެން ޒީން މިސްރާބު ޖެހީ ކްލިނިކަށެވެ. މިއީ ހެދުނު ވަގުތު ކަމުން ޒިޔަމް ހުންނާނީ ކްލިނިކުގެ ޑިޔުޓީގައިކަން އެނގޭތީއެވެ.
ޒީންއަށް ކްލިނިކަށް ދެވުނު އިރު ޒިޔަމް ހުރީ ބަލިމީހަކާއި އެކީ އެކޮޓަރީގައެވެ. ޒީން ޒިޔަމްގެ ކޮޓަރީގެ ކުރިމަތީގައި އިން ސޯފާގައި އިށީނެވެ. އަދި އިރުއިރު ކޮޅާ ގަޑިއަށް ބަލަމުން ދިޔައީ ވަގުތު ފާއިތުވަމުން ދަނީ ހާދަ ލަހުންނޭ ހިތަށް އަރަމުންނެވެ. ޒިޔަމްގެ ހިޔާލްތައް ސިކުޑީގެ އެއްފަރާތުގައި ހަނގުރާމަ ކުރަމުން ދާއިރު ބައްޕަ މާދަމާ ކުރަން އުޅޭ ބޮޑު ކަންތައް އެނެއް ފަރާތުގައި ވެއެވެ. މުޅި މީހާ ދިޔައީ ފިކުރުތަކުން ފޯކުރަމުންނެވެ.
ޒީން ހަނދާނަށް އައީ ޒިޔަމްއާއި ފުރަތަމަ ބައްދަލުކޮށްލަން މިއިން ގޮނޑީގައި އިން ދުވަސް މަތިންނެވެ. ޒިޔަމްގެ ސޫރަ އެތައް އަހަރަކަށްފަހު ފެނުމުން ބިރުން ހިތް ތޮޅިލި ގޮތެވެ. މިއަދު ވެސް ޒީން ޒިޔަމްގެ އިންތިޒާރުގައި އެއިނީ އެސޫރަ ދެކިލުމަށެވެ. އެކަމަކު މިއަދު ސަބަބު ތަފާތު ވެއްޖެއެވެ. ބޭނުންވަނީ ހިތަށް ހަމަޖެހުމާއި ރައްކާތެރިކަން ޒިޔަމްގެ ފަރާތުން ހޯދުމަށެވެ. ދުނިޔޭގެ ކަންތައް ބަދަލުވާ ގޮތް ކިހާ އަވަސް ހެއްޔެވެ؟ މިއީ ދުނިޔޭގެ އާދައެވެ. އެއްވެސް ކަމެއް އެއްގޮތަކަށް ނޯންނާނެއޭ މީހުން ބުނާތީ ޒީން އަޑު އަހައެވެ. އެކަމަކު ޒިޔަމްއަށްޓަކައި ރޯކުރި ނަފުރަތުގެ ހުޅުގަނޑު ނިވޭނެ ކަމަށް ޒީން ހުރީ ގަބޫލުކޮށްގެންނެއް ނޫނެވެ. އެއީވެސް އެހާ އަވަހަށެވެ.
ކޮޓަރީގައި އިން ބަލިމީހާ ނުކުތުމުން ޒީން ގޮސް ކޮޓަރިއަށް ވަނެވެ.
“ޒީން!!!” ޒީން ފެނުމުން ޒިޔަމްއަށް ހައިރާންކަމާއި އެކީ ގޮވާލެވުނެވެ. ޒީން މަޑު ހިގުމެއްގައި ގޮސް ޒިޔަމް ކުރިމަތީ އިން ގޮނޑީގައި އިށީނެވެ. ޒިޔަމް ހުރީ ޒީން ކުއްލި ގޮތަކަށް އައުމުން ހައިރާންވެފައެވެ. ޒީން ހަތަރު ދުވަހެއް ވަރު ކުރިން ޒިޔަމް ހޯދަން އައި ވާހަކަ ލަމްހާ ވަނީ ޒިޔަމް ގާތުގައި ބުނެފައެވެ. އެހެންކަމުން ޒީންއައީ ކީޢްވެތޯ އެހުމަށް ޒިޔަމް އެތައް ފަހަރެއްގެ މަތިން ޒީންއަށް ގުޅިއެވެ. އަދި ކުޑަކޮށް ހާސްވީ ޒީންއަށް ކަމެއް ވީ ކަމަށް ހީކޮށެވެ. ނަމަވެސް ސާއިމް ގާތުގައި އެހުމުން ޒީންގެ ހުރިހާ ކަމެއް ރަގަޅުކަން އެގި ލިބިފައިވާ ހާސްކަން ނެތުނެވެ. އެފަހުން ގުޅުމުން ވެސް ފޯނު ނުނެގީ ކައިވެނީގެ މައްސަލާއިގައި ޒީން ރުޅިއައިސްފައި ހުރުމުން ކަމަށް ނިއްމިއެވެ.
“ބިޒީ ގަޑިއެއްތަ. ޒީން ވާހަކަ ދައްކާލަން ވެގެން” ޒީންގެ މޫނުމަތިން ހިތާމައިގެ އަސަރު ފާޅުވާކަން ޒިޔަމް ދެނެގަތެވެ. އެހެންކަމުން އަވަސް އަވަހަށް ނޫނެކޭ ބުނެ ސަމާލުކަން ޒީންއަށް ދިނެވެ.
“ޒީން ބައްޕަ އުޅެނީ އެހެންމީހަކާއި އިންނަން. ޒީންއަކަށް ނޭނގެ ޒީން ބައްޕައަށްޓަކައި އުފާކަމެއް ވާންވީ. ނޫނީ ދެރަކަމެއް” ދެއަތް މޮޑެލަ މޮޑެލައި އިދެގެން ޒީން ވާހަކަ ދެއްކިއެވެ.
“އުފާ ވާންވީ ސަބަބު ޒިޔަމްއަށް އެގިއްޖެ. އެކަމަކު ކީއްވެ ދެރަ” ދެބުމަ ކައިރިކޮށްލަމުން ޒިޔަމް އަހާލިއެވެ.
“ޒީންއަށް އިހްސާސްވަނީ ބައްޕަ މަންމަގެ މަގާމް އެހެންމީހަކަށް ދޭން އުޅޭހެން. ޒިމް ވެސް ދެރަވާނެއެއްނު ޒިމްގެ ބައްޕަ އެހެންމީހަކާއި މެރީ ކުރަންޏާ” ދުވަހަކުވެސް ޒީން ޒިޔަމްއަށް އެނަމުން ގޮވާފައި ނެތުމުން ޒިޔަމް ކުޑަކޮށް ހައިރާންވިއެވެ.
“އާން.. ދެރަވާނެ. އެކަމަކު ޒީންއަށް އެނގޭ ދޯ ޒިމްގެ ބައްޕައާއި ޒީގެ ބައްޕަގެ ތަފާތު އެބަހުރިކަން. ޒިމްގެ ބައްޕައަށް މަންމަ އެބަހުރި. އެކަމަކު ޒީގެ ބައްޕަގެ ބައިވެރިއެއް ނެތެއްނު” ޒިޔަމް ޒީންއަށް ވިސްނައިދެވޭތޯ އުޅުނެވެ.
“އެނގޭ ތިކަން. އެކަމަކު ބައްޕަ އެމީހާ ދެކެ ލޯބިވެސްވޭ.. ދެމީހުން ދެކެ ލޯބިވެވޭތަ އެއްފަހަރާ” ޒީން ދުރުބަލަމުން ވާހަކަ ދެއްކިއެވެ.
“ޒިޔަމް ހިނގާ ދާން” ފަހަތުން އިވުނު އަޑަށް ދެމީހުންނަށް ދޮރާއި ދިމާލަށް ބަލައިލިއެވެ. އައީ ޝަމްހާއެވެ.
“ކުޑަކޮށް ބިޒީ މިގަޑީ. ފަހުން އަންނަން ވީނު” ޒިޔަމް ޝަމްހާ ކައިރިން އެދުނެވެ. ޝަމްހާ ޒީން އާއި ދިމާލަށް ލޯ އަޅައިލިއެވެ.
“ޑިޔުޓީ ނިމިއްޖެއެއްނު މިހާރު. ހިނގާބަ ދާން. ވަރަށް ބަނޑުހައިވެސް ވެއްޖެ” ޝަމްހާ ޒިޔަމްއާއި އެކު ޒީން ވަގުތު ހޭދަކުރާކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން ކޮންމެވެސް ބަހަނާއެއް ދައްކައިގެން ޒިޔަމް އޭނައާއި އެކީ ގެންދަން އުޅުނެވެ.
“ޑިޔުޓީ އަދި އެއްކޮށް ނުނިމޭ. ޒީން އައިމަ މަޑުކޮށްލައިގެން މިހިރީ. ޒީން ނިމުނީމަ ދެވެން އޮތީ” ޒިޔަމް ބެލީ ރީތި ގޮތުގައި ޝަމްހާ އެތަނުން ފޮނުވައިލެވޭތޯއެވެ.
“ދެން ޒިޔަމް. އެހެން މީހުންނަށް ގަޑި ކިޔާފަ ތީ ވަރަށް ކަޑަ ގޮތެއް. އެހެންނޫނަސް މިހާރު ތިދެމީހުން މެރީ ކުރަންޏާ ޒީން ޒިޔަމްގެ ޕޭޝަންޓަކަށް ނުވާނެއެއްނު” މިފަހަރު އެކަން ޝަމްހާ އަބުރައިލީ އޭނާގެ ކޮޅަށެވެ.
“ޒީންއަކީ އަދިވެސް އަހަރެންގެ ޕޭޝަންޓެއް. މެރީ ކުރާ ދުވަހާ ހިސާބަށްވެސް. ޝަމްހާ ދާން އުޅޭ ދެން. އަހަރެން ވަރަށް ހިތްހަމަނުޖެހޭނެ ބަލިމީހެއް ކައިރީ އިންނަ އިރު ތިހެން އުދަގޫ ކުރަންޏާ” ޒިޔަމްގެ އަޑު މިފަހަރު ބާރުވިއެވެ. ޝަމްހާ ދެވަނަ ގޮތެއް ނެތިގެން ދިޔައީ ޒީންއާއި ދިމާލަށް ލޯ އަޅައިލައި އަދި ތުން އަބުރާލުމަށްފަހުގައެވެ. ޝަމްހާ ދިޔުމުން ޒިޔަމް ޒީންއަށް ވާހަކަ ދައްކަން ފުރުސަތު ދިނެވެ.
“ޒީން އަހަންނަށް ޔަގީން ޒީގެ ބައްޕަ ޒީގެ މަންމަގެ މަގާމް އެހެން މީހަކަށް ނުދޭނެކަން. އެހެން މީހެއް ދެކެ ލޯބިވުމަކީ ކުށެއް ނޫނެއްނު ދޯ. ” ޒީން ކުރިން ސުވާލަށް ޒިޔަމް އޭނައަށް ފެންނަ ގޮތަށް ޖަވާބު ދިނެވެ.
“ޔަގީންތަ. ދެމީހުން ދެކެ އެއްފަހަރާ ލޯބި ވެވިދާނެތަ. އޭރުން ކުރިން ލޯބިވި މީހާ އަށް ކިހިނެތްވާނީ. ކިހިނެތް އެނގޭނީ ބޮޑަށް ލޯބިވަނީ ކާކު ދެކެކަން” ޒީން ހިތުގައި އުފެދުނު ސުވާލުތައް ފައްޗަކަށް އަމުނާލިއެވެ.
“ހޭ.. ޔެސް ދެމީހުން ދެކެ އެއްފަހަރާ ލޯބިވެވިދާނެ. ޒިމްއަށް ޔަގީން ޒީގެ ބައްޕަ ބޮޑަށް ލޯބިވަނީ ޒީގެ މަންމަ ދެކެކަން. މަންމަ މިއަދު ކައިރީގައި ހުރިނަމަ އެހެން މީހަކަށް ނުބަލާނެ. އެއީ ކުދިންގެ މަންމަ. އަދި ފުރަތަމަ ލޯބި. އެލޯބި ކިހިނެތް ތިހާ ފަސޭހައިން ދާނީ” ޒިޔަމް ޒީންއަށް ބަލަމުން ވާހަކަ ދެއްކިއެވެ. ޒީން އިނީ ޒިޔަމްގެ މޭޒުމަތީ އަތް އަޅައިލައިގެން އެތާގައި އޮތް ހީރަސް ދައްޗަކާއި ކުޅެލަ ކުޅެލައެވެ.
“ޒިޔަމްއަށް ދެމީހުން ދެކެ އެއްފަހަރާ ލޯބި ވެވިދާނެތަ” އެގޮތަށް އިދެ މަޑުމަޑުން ކިރިއާ ޒިޔަމްއަށް އަޑު އިވޭ ވަރަށް ޒީން އަހާލިއެވެ. އެޔާއިއެކު ޒިޔަމްއަށް ދެބުމަ ކައިރިކޮށްލެވުނެވެ. މައުޟޫ އޭނާގެ ކޮޅަށް އެބުރުމުންނެވެ.
ޒިޔަމް ޖަވާބު ނުދިނުމުން ޒީން ޒިޔަމްއަށް ބަލައިލިއެވެ. ދެމީހުންގެ މެދަށް ސިކުންތުކޮޅަކަށް ހަމަހިމޭންކަން ވެރިވިއެވެ.
“ޒިޔަމް.. ލޯބި ވެވިދާނެތަ” ޒީން ސުވާލު ތަކުރާރުކޮށްލިއެވެ.
“ނޫން” ޒިޔަމް ކުރުކޮށް ޖަވާބު ދިނެވެ.
“ތި ހާދަ ހެއްވާ ގޮތެކޭ ދޯ..ތިބުނަނީ ޒީގެ ބައްޕަ ވީމަ ދެމީހުން ދެކެ ލޯބި ވެވިދާނެއޭ.. އެކަމަކު ޒިޔަމްއަށް ވީމަ ލޯބި ނުވާނެއޭ. އެކިހިނެތް ވާކަމެއްތަ ޒިޔަމް” ޒީން ވާހަކަ ދައްކަމުން ދިޔައީ ޒިޔަމްގެ ލޮލަށް ބަލަހައްޓައިގެން ހަތަރުކަޅި ހަމަކޮށްގެންނެވެ.
ޒިޔަމް އަށް އިސްޖަހައިލެވުނެވެ. ޒީން ވާހަކަ ދައްކަމުން ދިޔައީ ޒިޔަމްއަށް ވާހަކަ ދައްކަން ފަސޭހަ މައުޟޫއަކަށް ނޫނެވެ.
“ޒީން .. އަހަރެން އަބަދުވެސް ލޯބިވަނީ ޒީން ދެކެ.. އަބަދުވެސް.. އެކަމަކު ޒީންގެ ބައްޕަގެ ސިޓުއޭޝަން ޒިޔަމްއާއި އެތައް ގުނަ ތަފާތެއްނު. ޒީންގެ ބައްޕައަށް ޒީންގެ މަންމަ ލިބުމުގެ ފުރުސަތެއް ނެތް. އެހެންވީމަ ހަޔާތުގައި ބާކީ އޮތްބައި ހޭދަކުރަން އެހެން މީހެއް ދެކެ ލޯބިވެވިދާނެއެއްނު. ޒީންއަށް ވެސް އެގެއްޔެއްނު ޒީންގެ މަންމަ ދެން އަބުރާ ނާއްނާނެކަން” ޒިޔަމް އެހެން ބުނެލުމާއި އެކު ޒީންއަށް ހެވުނެވެ. ޒިޔަމް ދިޔައީ ހައިރާން ވެގެންނެވެ. ދެންމެ ފެންކަޅިވެފައި ހުރެ އެހާ އަވަހަށް ހިނިއައީ ކީއްވެ ކަމެއް ނޭނގުނެވެ. އަނެއްކާ އޭނާއަށް ގޯސްކޮށް އެއްޗެއް ބުނެވުނީ ބާއޭ ސުވާލުކޮށްލެވުނެވެ.
“ސޯ ޒިޔަމް.. ޒިޔަމް ތި ދެއްކި ވާހަކައިން ޒީއަށް ވިސްނުނު އެއްޗެއް ބުނަންތަ.. ޒިޔަމްއަށް ވެސް ޒީން ނޫން އެހެން މީހެއް ދެކެ ލޯބިވެވިދާނެއޭ. މިސާލަކަށް ޒީން ޒިޔަމްގެ ހަޔާތުގެ ބައިވެރިޔާއަށް ނުވެއްޖެނަމަ ނޫނީ ވާން ބޭނުން ނޫންނަމަ ޒިޔަމްއަށް އެހެންމީހެއް ދެކެ ލޯބިވެވިދާނެއޭ.” ހެމުން ވާހަކަ ދެއްކިއަސް ޒީންގެ ހިތުގައި ރިހުމެއް އުފެދިއްޖެއެވެ. ޒިޔަމްއަށް ނޭނގެނީ އެހެންމީހަކަށް ކަމަށް ބުނެ ޒީން އެމުހާތަބު ކުރާ މީހަކީ ޝަމްހާކަމެވެ. ޒީން އައީ ބައްޕަގެ ވާހަކަ ދައްކަން ނަމަވެސް އޭރު ބުނިހެން ސިކުޑީގައި ހަނގުރާމަ ކުރަމުން ދާ ޒިޔަމްގެ ހިޔާލުތައް ސިކުޑި އެއްކޮށް ހިޞޯރުކޮށްފިއެވެ.
“ނޫން އެހެންނެއް ނޫން މިބުނަނީ..” ޒިޔަމްއަށް ޒީންއާއި ދެން ދައްކާނެ ވާހަކައެއް ހިޔާލަކަށް ނައެވެ. ޒިޔަމް ލޯބިވަނީ ޒީން ދެކެއެވެ. އެހެންމީހަކަށް އެމަގާމް ނުދެވޭހާ ވަރަށެވެ. އެކަމަކު ޒީންއަށް ޒީންގެ ބައްޕަގެ ކައިވެންޏަށް ރުއްސޭނެ ގޮތެއް ހޯދަން އެބަޖެހެއެވެ. ދެމީހުން ދެކެވެސް ލޯބި ވެވިދާނެ ކަމެވެ.
“ޒީން…” ހިތްވަރުކޮށްލައިފައި ޒިޔަމް ވާހަކަ ދައްކަން ފައްޓައިގަތެވެ. ” ބައެއް މީހުންނަށް ދެމީހުން ދެކެވެސް ލޯބިވެވިދާނެ. އޭގެ މާނައެއް ނޫން ކުރިން ލޯބިވާ މީހާގެ މަގާމް އެހެން މީހަކަށް ދެނީއޭ. މީހުން އުޅޭ ދޯ ދެމީހުންނާއި މެރީކޮށްގެން އުފަލުގަވެސް. އެކަމަކު ޒީންގެ ބައްޕަގެ ހާލަތުގަ ޒިޔަމްއަށް ޔަގީން ލޯބިވަނީ ޒީންގެ މަންމަ ދެކެކަން ބޮޑަށް. ދެން މިހިރީ ޒިޔަމް. ޒިޔަމްއަށް މިހާތަނަށް ހަމައެކަނި ރީތިވި ކަމުދިޔަ ގަޔާވި ކުއްޖަކީ ތީ. ދުވަހެއްގެ ކޮޅުން ވިޔަސް މިހިތުގަ އެހެން މީހެއްގެ ނަމެއް ނުލިޔެވޭނެ. އެޔަގީންކަން ދެން” ލޯތްބަކީ ވާ އިހްސާސެކެވެ. ނަމަވެސް އެޔާއި ބެހޭ ގޮތުން ވާހަކަ ދައްކަން އުދަގޫ މައުޟޫއެކެވެ. ވާހަކަ ދައްކާ ނިއްމާލުމަށްފަހު ޒިޔަމް ހިންދިރުވާލީ ޒީން އޭނާގެ ވާހަކަ ގަބޫލުކުރާނެހެން ހީނުވާތީއެވެ. އެއީ އެހިތުގެ ހާލު ކަމުގައި ވީ ނަމަވެސްމެއެވެ.
“މިއަދު ބުނާނެ ތިހެން. ބައްޕަވެސް ޔަގީން މަންމަ ކައިރީ ބުނިކަން ތިހެން. ޒިޔަމްއަށް ވެސް އެހެން މީހެއް ދެކެ ލޯބިވެވިދާނެ. އެއީ އެހާ އުދަގޫ ކަމެއް ނޫނެއްނު. ތަނަކުން ރީތި އަންހެން ކުއްޖެއް ފެނިލާ އިރަށް ފަހަތުން ދާންވީނު. ކޮންމެހެން ދޮގު ވާހަކަ އާއި ހުވާ ނުކޮށް” ޒީން އިން ގޮނޑިން ތެދުވެ އަޑު ބާރުކޮށް ބުނެލިއެވެ. އަދި ދާން ހިނގައިގަތެވެ. ނަމަވެސް އެކޮޓަރިން ބޭރަށް ނުދެވެނީސް ޒިޔަމް ޒީން ހުއްޓުވިއެވެ. ފަހަތުން އައިސް އަތުގައި ހިފައި އެދިމާލަށް އަބުރައި ގަޔާއި ކައިރިކޮށްލިއެވެ. ދެމީހުންގެ ނޭވާ އެކަކު އަނެކަކަށް އެޅޭ ހިސާބުގައެވެ.
“އައި ލަވް ޔޫ ޒީން. ކޮންމެހެން ބައްޕަ އެހެން މީހަކާއި އިންނަން އުޅޭތީ އެކަން ބަހަނާއަކަށް ދައްކައިގެން ޒިޔަމްއާއި ދުރުވާން ނޫޅޭތި. ތީ އަހަރެންގެ ހައްގެއް. އަޑު އިވިއްޖެތަ” ޒިޔަމްގެ ހިތް ނުތަނަވަސްވެފައި ހުރުމުން ބުނެވުނީ ހަރުކަށިކޮށެވެ. ޒީން ޒިޔަމްގެ އަތް ފޮޅުވާލުމަށްފަހު ދާން ހިގައިގަތެވެ. މިފަހަރުވެސް ދޮރާއި ހަމައަށް ވާސިލްނުވަނީސް ޒިޔަމް ޒީން ހުއްޓުވިއެވެ. ޒިޔަމް ޒީން ފާރުގައި ލައްކޮށްލިއެވެ. އަދި ދޮރާއި ޒިޔަމްގެ ވަރުގަދަ އަތުތެރޭގައި ޒީން ގައިދުކޮށްލިއެވެ.
“އަހަންނަށް އެނގޭ ޒީން އަހަރެން ދެކެ ލޯބިނުވާކަން. އެކަމަކުވެސް ތިހެން މިހިތް ރޮއްވާލާފަ ނުދެވޭނެ. އަހަރެން ޒީންއަށް ސާބިތުކޮށްދޭނަން އަހަރެން ޒީން ދެކެ މިވަނީ ހަގީގީ ލޯބިކަން. އަދި އަހަރެން މިލޯބި އެހެން މީހަކަށް ނުދޭނެކަން. ނުވެސް ދެވޭނެކަން. ޒީން އަހަރެން ދެކެ ލޯބިނުވާތީ ޒީންއަށް ކޮން ހައްގެއް އޮތީ ޒިޔަމް ދެރަކޮށް ބާކީކޮށްލަން. މިނޭވާ ހަށިގަނޑުގަ ހިގާ ހިނދަކު ތިލޯބި ނޫނީ މިހިތަކު ނުވާނެ.” ޒިޔަމް ދައްކަމުން ދިޔަ ވާހަކަ މެދު ކަނޑައިލީ ޒީންގެ ފެންކަޅިވެފައި ލޮލުން އޮހެރުނު ކަރުނަތިކިތައް ފެނުމުންނެވެ. ޒިޔަމްއަށް އޭގެން އެއްމެ ކަރުނަތިއްކެގެ އަގުވެސް އަގުނުކުރެވޭހާ ބޮޑެވެ. އަވަހަށް ޒީން އަތުން ދޫކޮށްލީ ޒިޔަމް އެހާ ބާރަށް ޒީންގެ އަތުގައި ހިފައިގެން ހުރުމުން ޒީންއަށް ތަދުވެގެން ރޮވުނީކަމަށް ހީކޮށެވެ.
“ހެއި ނުރޮއި… ސޮރީ ޒީންއަށް ތަދުކުރެވުނީމަ.. ޒީން ހެޔޮނުވާނެ ޕްލީސް..” ޒިޔަމް ދެއަތުން ޒީންގެ ކޯމަތީ ފިރުމާލީ ކަރުނަތައް ފޮހެދިނުމަށެވެ. ޒީން ޒިޔަމް ދުރަށް ކޮއްޕާލުމަށްފަހު އެތަނުން ދިޔައެވެ. ޒީން ދެރަކޮށްލެވުމުން ޒިޔަމްއަށް އަމިއްލަ ނަފުސު ދެކެ ރުޅި އާދެވުނެވެ.
ރޮވެމުން ފާހަނައަށް ވަން ޒީންގެ ހިތްވެސް އެހާ ވަރަށް ރޮމުން ދިޔައެވެ. ޝަކުވާ ކުރެވެން ފެށުނީ ޒިޔަމްއަށް އޭނާގެ އިހްސާސްތައް ނޭނގޭ ތީއެވެ. ޒިޔަމް އެބުނީ ތެދެއް ހެއްޔެވެ؟ ޒީން ޒިޔަމް ދެކެ ލޯބި ނުވޭ ހެއްޔެވެ؟ ލޯތްބަކީ ކޮބައިކަން ޒީންއަށް ނޭނގެއެވެ. އެގުނަސް މިއަދު އެއިހްސާސް އޮޅިއްޖެއެވެ. ޒީންއަށް ދެރަވާ ކޮންމެ ފަހަރަކު އެދެވެނީ ޒިޔަމްއަށެވެ. އެ އަޑުން ހުރިހާ ކަމެއް ރަގަޅުވާނޭ ބުނުމުން ހިތް ރުހިގެންދެއެވެ. ޒިޔަމްއަށް އެއްވެސް ހުރަހަށް ނެތި ސިއްރުތަކާއި އިހްސާސްތައް ކިޔާދެވެން ފެށިއްޖެއެވެ. ޒިޔަމް ނޫން އެހެން މީހަކާއި އެކަންތައް ހިއްސާކުރަން ބޭނުން ނުވަނީއެވެ. ޒިޔަމްއާއި ހެދުނު އުފެދުނު ވޭނީ ލަކުނުގެ މައްޗަށް އަސަރުގަދަ އެހެން އިހްސާސެއް ވެރިވެގެން ފިއެވެ. ބޭނުންވަނީ ޒިޔަމްގެ ލޯތްބެވެ. ބޭނުންވަނީ ޒިޔަމް އެހިތަށް އޯގާވެދޭށެވެ. އެކަމަކުވެސް މިއަދު އެތައް ހުރަހެއް މިދޭތެރެއަށް ވަދެއްޖެއެވެ. ޝަމްހާއާއި ޒިޔަމް އެހާ ގައިގޯޅިވެ ވަގުތުތައް ހޭދަކުރާ މަންޒަރު ބަލަން ޒީންގެ ލޮލަށް ކުޅަދާނައެއް ނޫނެވެ. ޒިޔަމް އެބުނިހެން ދެމީހެއްގެ ލޯބިވެވިދާނެ ހެއްޔެވެ؟ ޒިޔަމް އޭނަ ލޯބިނުވަމޭ އެތައް ފަހަރަކު ބުންޏަސް ލޯކުރިމަތިން ފެންނަމުން މިދަނީ އެހެން ހަގީގަތެކެވެ. ޒީންގެ ލޯބި ޒިޔަމްއަށް ނުލިބޭނެކަން އެނގި ޒިޔަމް ޝަމްހާ ދެކެ ލޯބިވެވެން ފެށީހެވެ.
ފާހަނާއިގެ ދޮރުގައި ލެގިލައިގެން އެތައް އިރަކު އިނުމަށްފަހު ޒީން ގެޔަށް ދާން ތެދުވިއެވެ. ފާހަނާއިގައި ހުރި ލޯގަނޑުން މޫނު ބަލާލިއިރު ދެލޯ ކައިރިވަނީ ރުއިމުގެ ސަބަބުން ދުޅަވެފައެވެ. މޫނުމަތީގައި ވި ތާޒާކަން ވަނީ ގެއްލިފައެވެ. މޫނު ދޮވެލައި ކުޑަކޮށް ތާޒާވެލައިގެން ޒީން ގެޔަށް ދިޔައީ ހަޔާތުގެ މަންޒިލް ނޭނގޭ ހާލުގައެވެ. ޖެހޭ ވަޔާއި އޮޔާއިގައި ބެހިގެން މިދަނީ ސަލާމަތްވާން އެހީއަށް ނޭދި ހުއްޓައެވެ.
އޭގެ އަނެއް ދުވަހު ފަރުހާދާއި ހަދީޖާގެ ކައިވެނި ކުރެވިގެން ދިޔައެވެ. އައު ދެމަފިރިންނަށް މަރުހަބާ ކިޔުމަށްޓަކައި ދެމީހުން ކޯޓުން އަންނަން ވާއިރަށް ކުޑަ ކެއުމެއް އޮތެވެ. ކެއުމުގައި ބައިވެރިވީ އެއާއިލާގެ މެމްބަރުންނެވެ. ދެމަފިރިންގެ އިތުރުން ސާއިމް އާއި ޒީންއެވެ. ހަދީޖާއަކީ ދަރިންނެތް ހުވަފެތްވަފައި އިން މީހަކަށް ވުމުން އޭނާގެ ފަރާތުން އިތުރު މީހެއް ބައިވެރިނުވެއެވެ. ސާއިމްގެ މޮޅު ކެއްކުމުގެ ހުނަރު ކެއުމަށް އިންސާފު ކުރަމުން ދިޔަ އެއްމެނަށް ފެނިގެން ދިޔައެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ ބައްޕަގެ ދެކުދިންގެ ފަރާތުން ތިހާ ހިތްވަރު ދޭތީ..” ފަރުހާދުގެ ޝުކުރުގެ ބަސްތައް ސާއިމްއާއި ޒީންއަށް ހަދިޔާކުރިއެވެ. ސާއިމްގެ އަމިއްލަ މަންމަ ނޫންކަމުގައި ވިޔަސް އޭނާ މިހާރު ދެކެނީ ހަދީޖާއެއީ ގާތް މީހެއްގެ ގޮތުގައެވެ. ބައްޕަ ކައިވެނި ކުރާ ވާހަކަ ދެއްކުމުން އެއްވެސް ދެކޮޅު ހެދުމެއް ނެތި އެކަމަށް މަރުހަބާ ކީ ޒީންއާއި ހިލާފަށެވެ. ނަމަވެސް މިއަދު ޒީންގެ މޫނުމަތިންވެސް ހަމަޖެހުމުގެ އަސަރު ފެންނަން ހުއްޓެވެ. ކައި ނިމިގެން ހަދީޖާއާއި ދެމީހުން އެއްކޮށް ވާހަކަ ދައްކައި ތަށިތައް ނެގުމުގައި އުޅުނެވެ. ފަރުހާދު އެމަންޒަރު ބަލަން ހެވިފައި ހުރެވުނީ ޒީންއަށް އެވިސްނުން ދެއްވެވީތީ ޝުކުރު އަދާކުރަމުންނެވެ.
“ބޭބެ އަޅުގަނޑުވެސް ދަން ބައްޕަމެންނާއި އެކީ ރަށަށް” ހަތަރު މީހުން ތިބީ ސޯފާގައި ޓީވީ ބަލާށެވެ.
“ކީކޭ” ސާއިމްއަށް އިވުނު އެއްޗެއް ރަގަޅުތޯ ބެލުމަށް އަހާލެވުނެވެ.
“ރަށަށް ދަމޭ މިބުނީ..ދޯ ބައްޕާ.. ބައްޕަ ބުނީ ފެރީގެ އިންޖީނު ރަގަޅުވިހާ އަވަހަކަށް ރަށަށް ދާނަމޭ” ޒީން ފަރުހާދަށް ދޯއެއް ދެމުން ވާހަކަ ދެއްކިއެވެ.
“ނޫން. އެކަކުވެސް ރަށަށް ގޮސްގެން ނުވާނެ” ސާއިމް ހިތްހަމަނުޖެހިފައި ބުނެލިއެވެ. އާއިލާ އެއް ލިބުނުތާ އަދި ދެހަފުތާވެސް ނުވަނީސް އެއްމެން އޭނާ އެކަނިކޮށްލާފައި ދާތީ ހިތް ދެރަވީއެވެ.
“ދަރިފުޅާ.. މިތާގައި އަބަދަކު ނޫޅެވޭނު.. ބައްޕަގެ ވިޔަފާރިވެސް އެކޮޅުގަ އޮތީ. އެހެން ނޫނަސް މިތާގައި ކުއްޔަށް ތަންތަން ހިފައިގެން އުޅެވޭވަރުގެ ތަނަވަސްކަމެއް ނެތް. ޒީންއަށްވެސް އެހުރެވެނީ ޒާހިދުމެންގެ އެހީގައި” ފަރުހާދު އޭނާއަށް މާލޭގައި ނުހުރެވޭ ސަބަބު ކިޔާދިނެވެ.
“ދެން ކޮއްކޮ ކީއްވެޔޯ” ސާއިމް ޒީންއާއި ދިމާލަށް ބަލާލަމުން އަހާލިއެވެ.
“އަޅުގަނޑު ޖޮބެއް ވެސް ނެތް. އެހަމަޖެހެން އެބަ އޮތް އެއްމަސް ބާކީ…އެވަގުތުކޮޅުގަ ބޭނުން ރަށަށް ގޮއްސަ ބައްޕަމެންނާއި އެކީ އުޅެލަން. ދެން ޔުމްވެސް އަންނާނެ ދުވަސްކޮޅަކުން ހަނީމޫން ނިއްމާލާފަ. އޭރަށް އެމީހުން ބޭނުންވާނެ ދޯ އެކަނި ދުވަސްކޮޅަކު އުޅެލަން” ހިނިތުންވެލަމުން ޒީން ބުނެލިއެވެ.
“ނޫން އެކަކަށް އެއްވެސް ތާކަށް ނުދެވޭނެ. އަޅުގަނޑުގެ ގެޔަށް އާދޭ. އެތާގައި އެއްމެން އެކީ އުޅެވޭނެ އުފާވެރިކޮށް. ބައްޕާ އަޅުގަނޑަށް މިކަން ކޮށްދީ.. އާއިލާ އެއް ނެތި ވަރަށް ގިނަ ދުވަހު އުޅެފިން. ބޭނުމެއް ނޫން މިހާ އަވަހަށް ގެއްލިގެން ދާކަށް. ޒީން ވެސް. ބޭބެއަށްޓަކައި” ސާއިމް ދެރަވެލައިފައި ބުނެލިގޮތުން ފަރުހާދަށް އެކަމާ ދެކޮޅު ހަދަން އުދަގޫވިއެވެ. ނަމަވެސް ޒީންގެ ނިއްމުން ބަދަލުކުރެވުނީ ވަރަށް އުދަގޫ ކަމަކަށެވެ. ޒީން މާލޭގައި ނުހުންނަން ބޭނުންވާ ސިއްރު ސަބަބެއް ހިތު ތެރޭގައި ވެއެވެ. ހިތް ދެރަވެ ބިރުގަނެ ފިލަން ބޭނުންވަނީ ޒިޔަމް އަށެވެ. ބިރުގަންނަނީ ލޯބީގައި އަނިޔާ ދިން ފަރާތަކަށް ހިތް ބޭޒާރު ވެދާނެތީއެވެ.
ސާއިމް އެތަށް ފަހަރެއްގެ މަތިން އެދުމުން ޒީން އެއްބަސްވިއެވެ.
ސާއިމްގެ ގެ މިހާރު ބަދަލުވެފައިވަނީ އެއާއިލާގެ ގެޔަކަށެވެ. ގޭގެ ފަޅުކަން ފިލައި ހަލަބޮލިކޮށްލައިފިއެވެ. އެއްމެނަށް އާ ހަޔާތެއްގެ ބިންގާ އެޅިއްޖެއެވެ. ސާއިމްއަށް ލޯބިވާ ބައްޕައެކެވެ. އަދި ދެވަނައެއް ނެތް ކޮއްކޮއެކެވެ. ސާއިމްއާއި ޒީންއަށް ދެވަނަ މަންމައެކެވެ. ޒީންއަށް ކަންތައް ކިޔައިދޭނެ ބޭބެއެކެވެ. ސާއިމް އާއިލާ އާއި އެކީ ވަގުތު ހޭދަކުރުމަށް އެއް ހަފުތާގެ ޗުއްޓީއެއް ނެގިއެވެ. ޒީން އަކީ ކައްކަން ދަސްކުރަން ބޭނުންވާ ކުއްޖަކަށް ވާތީ ދެމީހުން ގިނަ ވަގުތު ހޭދަކުރަނީ ކޮންމެވެސް އެއްޗެއް ހެދުމުގައެވެ. ސާއިމްގެ ހުނަރު ބޭނުންކޮށްގެން ޒީން ހަދާ މޮޅެތި ކާތަކެތި ފަރުހާދާއި ހަދީޖާއަށް ދައްކަމުން ދިޔައެވެ. މިވީ ދެދުވަސް ތެރޭގައި އެކަނިވެސް އާއިލާގެ ގުޅުން ހީނުކުރާހާ ވަރަށް ވަރުގަދަ ވެއްޖެއެވެ.
ސާއިމްއާއި ޒީން ކާ އެއްޗެއް ހަދައިލައިގެން ކާން ސޯފާގައި އިންދާ ޝާހިދުގެ ފޯނެއް ޒީންގެ ފޯނަށް އައެވެ.
“ހަލޯ” ޒީން ކަންފަތުގައި ފޯނު ޖަހާލަމުން ބުނެލިއެވެ.
“ޒީންތަ. ވަރަށް އަވަހަށް ގެޔަށް އާދެބަލަ. ސާއިމްވެސް ގޮވައިގެން އަންނާނީ” ޝާހިދުގެ އަޑުގައި ވި ހާސްކަން ޒީންއަށް ފާހަގަ ކުރެވުނެވެ. އެހެންވެ ވެގެން އުޅެނީ ކީއްތޯ އަހާލުމަށް އުޅުނެވެ. ނަމަވެސް އޭގެ ކުރިން ޝާހިދު ފޯނު ކަނޑާލިއެވެ.
ޒީން ސާއިމްއާއި އެކީ މާކޯނި ގެޔަށް ދިޔައެވެ. ދޮރު ހުޅުވާލައި އެތެރެއަށް ވަން އިރު އެއްމެން ގެ ލޯ ދެމީހުންނަށް އަމާޒު ވިއެވެ. އަމީރާ ފިޔަވައި އެގޭގެ އެއްމެން އެތާގައި ތިއްބެވެ. އަދި ޝަމްހާވެސްއެވެ. އެއްމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހާސްކަމެވެ. ކޮންމެވެސް ބޮޑު ކަމެއް ވެގެން އުޅޭކަމުގެ އިހްސާސް ސިޓިންރޫމުގައި ވި ހަމަހިމޭންކަމުން އަންގައިދެމުން ދިޔައެވެ. ޒައިނާ އަދި ޒިޔަމް ސޯފާގެ އެއްކަނެއްގައި ތިބި އިރު ޒައިނާ އިނީ ޒިޔަމްގެ އަތުގައި ހިފައި ބާރުކޮށްގެންނެވެ. ފަރުހާދު ދެކޮޅަށް ހިގާލަ ހުއްޓެވެ. ޝަމްހާ އިނީ ހަށަމް ބަދެލައިގެން ރުޅިވެރިކަން މޫނުމަތިން ދައްކަމުންނެވެ.
“ހާދަ ލަހުން. އާދެބަލަ ދެކުދިން މިތާ އިށީދޭ” ޝާހިދުއަށް ސާއިމްއާޢި ޒީން ފެނުމުން ސޯފާއަށް އަތް ދިއްކޮށްލަމުން އިށީންނަން އެދުނެވެ. ޒީން އިށީންނަމުން ޒައިނާއަށް ބަލާލުމަށްފަހު ވައި އަޑުން ވެގެން އުޅެނީ ކީއްތޯ އަހާލިއެވެ. ނަމަވެސް އެޔަށް ޖަވާބު ދިނުމުގެ ބަދަލުގައި ޒައިނާ ބަލައިލީ ޝާހިދުއަށެވެ. ހީވަނީ ޝާހިދު ދެކެ ބިރުން އިންހެންނެވެ.
“އަހަރެން ގޮތެއް ނިއްމުމުގެ ކުރިން ބޭނުން މިކަމުގައި ހިމެނޭ ދެމީހުންގެ ހިޔާލުވެސް ހޯދަން . އެހެންވެ ޒީން މިގެނައީ” ޝާހިދު ވާހަކަ ދެއްކީ ޒީންއާއި ދިމާލަށް ބަލަމުންނެވެ. ވާހަކަ ދައްކައި ނިއްމާލުމަށްފަހު ޝާހިދު ޝަމްހާއަށް ބަލައިލިއެވެ.
ދެން ފެނިގެން ދިޔައީ ޝަމްހާ އަތުތެރެއިން ރިކޯޑާރ އެއް އެއްމެނަށް ދައްކާލިތަނެވެ. ސާއިމްއާއި ޒިޔަމްއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. އޭގައި ވަނީ ކޯއްޗެއްކަން ނޭގެނީ ހަމައެކަނި ޒީންއަށެވެ. ކުރިން ފެނުނު އެއްޗެއްހެން ހީވިއަސް އެއީ ކޮންތާކުން ކަމެއް މިވަގުތު ވިސްނުމަކަށް ނައެވެ. ޝަމްހާ އޭގައިވާ ފިތަށް އޮބާލުމާއި އެކު އިވިގެން ދިޔަ ވާހަކަތަކުން ޒީންއަށް ދެލޯބޮޑުކޮށް ޒިޔަމްއާއި ދިމާލަށް ބަލާލެވުނެވެ.
ޒީންއަށް އޭގެން އިވޭނީ ކޮން އަޑެއްކަން އެގި އަވަހަށް އިން ގޮނޑިން ތެދެވެ އެނަގަން ދާން އުޅުނެވެ. ނަމަވެސް ޝާހިދު އަތް ދިއްކޮށްލައި މަޑު ކުރުމަށް އެދުނެވެ. ޒީންއަށް އޭގައިވާ އެއްޗެއް އަޑު އިއްވަން ޝާހުދު ބޭނުންވިއެވެ.
ދެތިން މިނިޓަށް ދެމިގެން ދިޔަ އެރިކޯޑިން ނިމެންދެން އެއްމެނަށް ތިބެވުނީ ހުއްޓުން އަރާފައެވެ. ޒީންގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފިޔަވައި އިތުރު ހަރަކާތެއް ނެތެވެ. ޒިޔަމް މޫނުގައި އަތް އަޅައިގެން ބާރަށް ފިއްތައިގެން އިނެވެ. ސާއިމްއާއި ޒައިނާ ތިބީ އިސްޖަހައިލައިގެންނެވެ. ޝަމްހާގެ މޫނުމަތިން ސީރިއަސްކަން ފެނުނަސް ހިތް ނަށަމުން ދަނީ އޭނާގެ ރޭވުމުގެ އެއްބައި ފުރިހަމަ ކުރެވުނުހެން ހީވުމުންނެވެ.
“ޒީން… ކޮންމެހެން މަޖުބޫރުވެގެންނެއްނޫން މިގަޑީ ވާހަކަ ދައްކަންވީ. މީ ހަގީގަތް ކިޔާދޭންވީ ވަގުތު. އަހަރެން ބޭނުމެއްނޫން އިވޭ ކޮންމެ އަޑެއް ގަބޫލުކުރާކަށް. އެހެންވެ މިއަހަނީ މީގައި މިއިވޭ ވާހަކަތަކަކީ ތެދުތަ” ޝާހިދު އަހައިލިއެވެ.
އެއްމެނަށް ބަލައިލެވުނީ ޒީންއަށެވެ. އިންތިޒާރު ކުރެވެމުން ދިޔައީ ޒީން ދޭނެ ޖަވާބަކަށެވެ.
68 Comments!
Comments are closed.
Same mistake again.. sorry. Dhethaaga faruhad inna thanah shahid liyevuny.. sorry so much ?
Thanku for waiting ❤
It’s ok roon….. yeyyy mee first dhw????
Story is beautiful n waiting 4 the next ep. …..
Thanku dear… yay
. ????
V salhi.????
Thanku naash
. ??
Nice
Thanku kikkki ??
V salhi mibaives.. Mistakes ran’galhu kuran masakkaiy kohbala dear.. Liyefa up kurumuge kurin ran’galhah kiyaaleema thikahala mistakes faahaga kureveyne.. Dhen ran’galhu kollaafa up kollabala.. Eyrun v furihama vaane.. Shamhaa ah nikan ran’galhu bon’dieh dheebala.. Waiting for the next part 🙂
Thanku dear.. avahah up kuran hadhaigen ?…
In sha allah next time will be more careful??
Baahfsharuvaaneahen
????
Oh get vejje mihaaru.. hehe.. thanku lots???
Alhe haadha salhi ey! When is the next part??? ☺️
Thanku rifu.. wednesday ???
Maroon , mi part wes haadha ryhchey … ????
Wow waiting for the next part ❤❤❤❤
Thanku dear??
Hey dear,vaaahaka v.v.v.reethi.waiting waiting….emme kiyaa hiyvaa hisaabun thi nimmaaleee… thihaa dhigu koh genesdheythee v.happy vey..keep it up..???
Thanku xxxx ???
Omg..roon mi bai ves v rythi????❤❤❤❤
Thanku blume ???
Nice ?and loved it…?heart beating for next part
Reysh ? thanku??
Masha allah…..haadha rythii story ekeyyyy…..
waiting……
Thanku naana ???
Mi part kee iru my heart was like lub-dub….lub-dub….lub-dub…?? dhen alhe xeen hiyvaru kohfa buneba loabi veye.. hithutherey foruvaigen hureema hurt vun noon kameh nuvaane…?.. annehkaa e o vee gotheh.. dhen vaane goiy hithahves nugenevey…..? varah reethi mi part?next part kiyaa hithun indheveneekee noon? avahah up kohdehchey dear..? waiting..❤ tc
Thanku dear… ?? adha zeen ah hiyvaru libeyne nama dhw heheh ??
Tc loves
Varah reethi… Thankolheh avahah nxt part genesdhevi dhaanetha?? Mi vaahakaiga himenenee kithah bai??
Dhn varah avahah nimem ulheny. Cnt tell how many parts left kan exactly..thanku addu manje ???
Wow super second
Dhw
Thanku iru ??
Kihineh thi hedhi……
Enme intrast v hisaabun thi ninmaali….
Vvvvvvv rythi
Hehehe.. thanku shaai .. wait for next pary dear ???
Masha Allah. Haadha reehcheyyyy. Thank u maroon. Mi part dhigukoh genesdhineema. Love u
Thanku ninni. All with ur support ???
Wow masha allah mi prt kee iru hiy neginegifajehey..zeen plx try kollaabala bune loabiveyey ziyam dheke plx ehennoony samhaa thithanah gadhaveganefaane plx bunebala dhen loamaraalaafa viyas plx n saaim ves samhaage kanthah mi hoonugandutherey bust kollabala ziyam ah nubalaa kokko ge dhifaauga nikumebala kokko himaayaiy kodhdhy hurihaa eh cheh kiyaadhyfa zeen n ziyam gulhuvaabala plx stry v habeys v rythi v furihama??? when nxt prt avahah up kolladhybala kommedhuvahaku v inthizaaru kuran stry ah ly gud nyt?????❤❤❤❤❤???????
Khajja dhw miulheny.. always wait for ur comment dear.. hehe ??
V bodah thanks for the support..tc loves ??
vrh reethi.. but dhenn anna part ga nama ves e recording ga inn ehcheh kiyaa dhehchey… cuz i really have no idea what thi recording thing is about…. just that it is a plan of shamha to seperate xyn n xim…. anyways waiting to see what happens next…..
Recording ga hunnany zeen aai zim e room gai dhekki hurihaa vaahaka.. read 9th ep for more explanation.. thanku chum handi ???
Haaadareechey
Thanku shan???
vaahaka haadha reechey.. avahah up kohdheebala
Will try my best dear.. thanku ??
Thi shamhaagadu durallaaba plxx mihaaru bo govaafi hehe .. maroon good work wow awsome fantastic mindblowing welldone n all maashaa allah keep it upp
Thanku shaayaa .. lots.. shamha ah gotheh hadhan vy dhw
???
V v v salhi
Thanku shaa???
Wow!!! V lwbi!!! N 11 ge kurin genesdhiniima v bodah thnkxx!! Ehnvey bunaniii u r da bst ey!! Bt 11 ge fahun genesdhin nama es u r da bst hama!!! ?When nxt prttt???
11 ge kurin genesdhiny some one bunyma Ufaa vejje story reethi vyma thanku dear ???
Zeen understand vebala dhn?? marroon e 2kudhin nah ehn nahadhaa ?evarah nuthalhuva e kudhin gulhuvaA??.
Shamha ge plan athah kanneyge govaanee..??waiting waiting….☺stry v salhi???????
Thalhuvaalaathynu zeen ah loabi vaakan e egeny.. hehehe
Athah govaafaane mayb next episode ga..thanku lots xna???
Vvvvvvvvvv reethi mi part vas… Nxt part kon irakun??
Hopefully by tmrw night… thanku ??
vvvvv nice story eh mee mi part vex hama v salhi .waiting for next ep?
Thanku azeen … tmrw night ??
wow nalla illa? ????????????❣❣❣❣❣❣❣❣❣❣❣❣❣❣❣
Thanku dear ????
Adhikiriya story feshigen mihisabah kiyaleveyvaru mivy. V salhi thafaath gotheh ebahuri.
Thanku psenhi ???
Nice??
Thanku red ???
Omg,waiting waiting for the next part.????love your work maroon.
Thanku aferrr. Tonight hopefully ???
Kommeves kujjeh v v avahah bunedhyba describe ge dhivehi lafzu. Kulli akah hadhaan nethijje?
Sifa koh dhinun
Sifa kurun
Thanku dear❤