ޒީލް ޖަވާބެއްނުދީ ހުރުމުން ޔޫލްގެ ރުޅިގަނޑު ދިޔައީ ކޮންޓްރޯލުން ނައްޓަމުންނެވެ.އެވަގުތު ޒީލްގެ ފޯނުވެސް ރިންގުވާން ފެށިއެވެ.ޒީލް ޖީބުން ފޯނު ނަގައި ބަލައިމަށްފަހު ޝައިބާގެ ކޯލް ބިޒީ ކޮށްލިއެވެ.އަނެއްކާވެސް ޝައިބާ ގުޅަން ފެށުމުން ފޯނު ސައިލެންޓަށް ލާފައި ޖީބަށް ލިއެވެ.
*****************
“ދަރިފުޅާ…މަންމައަށްވެސް އިނގޭ ތިވަރުގެ ބޮޑު ޙަޤީގަތެއް މިހާ ދުވަސްފަހުން ކުއްލިއަކަށް އެނގުނީމަ އެކަން ބަލައިގަންނަން ދަރިފުޅަށް އުނދަގޫ ވާނެކަން….އެކަމަކު އަފީއަކީ އެހާ ނުބައި މީހެއް ނޫން.. ..އޭނައާއި ދޭތެރޭ މާޒީގައި ކަންތައް ވެފައި އެވަނީިވެސް ރަނގަޅަކަށް ނޫން…ތިމާ ބަލިވެ އިންދަ އެހެން އަންހެނަކުވެސް ހަމަ ތިމާގެ ފިރިމީހާގެ ދަރިއެއް އުފަންވާނެ ިދުވަހެއްގެ އިންތިޒާރުގައި އިންކަން އެނގުމުން އަސަރު ނުކުރާނީ ކޮން އަންހެނަކަށް…އެހެންވެ އަފީއަށް އެރުޅި ދަރިފުޅަށް އެ ބޭލުނީ….މަންމަމެން މިއޮއް އެކުވެރިކޮށް އުޅޭއިރުވެސް އަފީ ތިކަހަލަ ވާހަކައެއްވެސް ދައްކާފައެއް ނެތް..ހިތުގައި އެއްވެސް މީހަކާއި ހިއްސާނުކޮށް ބާއްވައިގެން ތިހާ ބޮޑުކަމަކަށް އޭނާ މިހާދުވަސްވީއިރު ކިހާ ހިތާމައެއްވެސް ކުރާނެ…ދަރިފުޅު ނިކަން އެ މަންމަގެ ޖާގައިގައި ހުރިނަމަ ކަންތައް ކުރެވޭނެގޮތެއް ވިސްނާލަބަލަ…”ސީމާގެ އުނގުގައި ބޯއަޅައި ލައިގެން އޮތް ފަލަކުގެ ބޮލުގައި ފިރުމަމުން ފަލަކުއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.އެވާހަކަ މަންމައާއި ހިއްސާ ކޮށްލެވުމުން ފަލަކުގެ ހިތަށްވެސް ފަސޭހަ ވެގެން ދިޔައެވެ.ސީމާ އިނީ އެކުވެރިޔާ ދިރިއުޅުމުގައި ތަހައްމަލް ކުރަމުން ދިޔަ ވޭން ހިތަށްއަރައި އިންތިހާއަށް ދެރަ ވެފައެވެ.
********************
“ޔޫލް….އަހަރެން ޤަބޫލުކުރަން އަހަންނަށް ކުރެވުނީ ވަރަށް ބޮޑު ކުށެއްކަން….އެކަމަކު އަހަރެން އެހެން ކަންތައްކުރީ ފަލަކު ޙާސިލް ކުރަން ބޭނުންވެފައި ހުރި ވަރުން….އެ ފޮޓޯތަކުން ހާމަވެފައި ހުރި ހިސާބު ފިޔަވައި އިތުރު އެއްވެސް ތަނެއް އަހަރެން ފަލަކުގެ ހަށިގަނޑަކުން ނުދެކެން……..”ޒީލްގެ ވާހަކަ ވަކި ހިސާބަކަށް ދިޔަތަނާ ޔޫލް ހައްތަހާ ރުޅިއައިސްގެން ތެދުވެ ޒީލްގެ ގަމީހު ގިރުވާނުގައި ހިފިއެވެ.
“ޔޫ….ފަލަކުގެ ކަރުގަ އެހުރި ނިޝާންތަކޯ؟”މިފަހަރު ޔޫލްގެ އަޑުގައި ވަނީ ރުޅިއާއި ރިހުން އެކުވެފައެވެ.
“އެނޫން ތަނެއްގަ………….”ޒީލް ހަމަ އެހުރި ގޮތަށް ގުޑިވެސް ނުލާހުރެ ޖަވާބުދޭން މަސައްކަތް ކުރިނަމަވެސް ޒީލްގެ ޖުމްލަ ފުރިހަމަ ކުރުމުގެ ކުރިން ޔޫލް ޒީލްގެ ކޯކަށިގަނޑުމަތީ އަތަށް ލެވުނުހާ ބާރެއް ލާފައި ޖެހިއެވެ.އެކަހަލަ ކަމަކަށް ނުވިސްނާހުރި ޒީލްއަށް ކޯމަތީގައި އަތް އަޅައިލެވުނީ އެތަނުން ނަގައިގަތް ދިލައިންނެވެ.
“އަހަންނަށް އިނގޭ އެކަމުގައި އިތުރު މީހަކުވެސް ޝާމިލް ވާކަން….އަހަރެން ބޭނުންވަނީ އެމީހެއްގެ ނަން…”ޔޫލްއަށް އޭނާ ދައްކަމުންދިޔަ ވާހަކަ ހުއްޓާލާ ކުރިމަތީި ފާރުގައި ހަރުކޮށްފައިވާ ގަޑީގެ ބެލްގެއަޑަށް އެދިމާ ބަލައިލެވުނެވެ.އޭރު ގަޑިން ބާރަޖެހީއެވެ.އެވަގުތު ޔޫލްއަށް ކުއްލިއަކަށް ފަލަކު މަންމަމެން ގޭގައި ބައިންދާފައި އާދެވުން ހަނދާން ވެގެން ޖީބުން ފޯނު ނަގައި ފަލަކުއަށް ގުޅައިލަން ބަލައިލިއިރު ފޯނު އޮތީ ނިވިފައެވެ.
“ހީނުކުރާތި އަހަރެންގެ ކައިރިން ތި ސަލާމަތް ވީ ކަމަށް”ޔޫލް ނިކުމެގެން ދިޔައީ ޒީލްއަށް އިންޒާރުގެ ބަހެއް އެއްލާފައެވެ.ޒީލް ހަމަ އަނގައިންވެސް ނުބުނެ ހުރީއެވެ.ބުނެވޭނެ އެއްޗެއްވެސް ނެތީމައެވެ.
މަޑު ފިޔަވަޅު ތަކެއްގައި ގޮސް އެޕާރޓްމެންގެ ދޮރު ތަޅުލާފައި ރޫމަށްވަދެ ގަމީސް ބާލައި ކޮނޑެއްގައި އަޅުވާލުމަށްފަހު ޒީލް އެނދުގައި އޮށޯވެ ހަމަ ޖެހިލުމަށްފަހު ދެލޯ މަރާލިތަނާ ކުއްލިއަކަށް ޝައިބާ ގުޅި ހަނދާން ވެގެން ޖީބުން ފޯނު ނަގައި ޝައިބާގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ.
ރޮއިރޮއި ވަރުބަލިވެ ގޮތް ހުސްވެފައި އިން ޝައިބާއަށް ސިހިފައި އޭނާގެ އަތުގައި އޮތް ރިންގުވަމުން ދިޔަ ފޯނަށް ބަލައިލެވުނެެވެ.ސްކްރީނަށް ޒީލް އަރާފައި އިނުމުން ޝައިބާ އަވަހަށް ފޯނު ނަގައިފައި ހަލޯއޭ ބުނެލެވުނުއިރު އޭނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.ޝައިބާ އަނގައިން ނުބުނުމުން ޒީލް އަނެއްކާވެސް ޝައިބާއަށް ގޮވައިލިއެވެ.ނަމަވެސް ޒީލްއަށް ޝައިބާ ރޮނީކަން އެނގުމުން އެނދުންތެދުވެ ކިހިނެތްވީތޯ ސުވާލުކޮށްލިއެވެ.ޝައިބާގެ ދުލުގައި ބަހެއް ބޭރު ކުރާނެހާ ހިތްވަރެއް ނެތެވެ.އޭނާގެ ބަރުބާދު ވެފައިވާ ހަޔާތުގެ ޚުލާސާ ކޮށްދިނުމަށް ދޫ ވަނީ ނުކުޅެދިފައެވެ.އަނެއްކޮޅުން ޒީލްގެ ހާސްކަންވެސް ދިޔައީ އިތުރު ވަމުންނެވެ.ޔަޤީނުންވެސް ޝައިބާއަށް ބޮޑު ކަމެއް ވެއްޖެއެވެ.އެހެން ނޫންނަމަ އެއޮއް ހިތްވަރުގަދަ ކެރޭ ކުއްޖާ އަމުދުން ޒީލްއަށް ގުޅައިގެން ނުރޯނެއެވެ.ޒީލް ހިތާއި ހިތުން ކިޔާލިއެވެ.އެންމެ ފަހުން ޝައިބާ ހިތްވަރު ކޮށްފައި އޭނާއާއި ދޭތެރޭ ކަންހިނގިގޮތް ޒީލްއާއި ރޮމުންރޮމުން ވިޔަސް ހިއްސާ ކުރިއެވެ.ޒީލްއަށް ހުރީ އިވިގެން ދިޔަ ވާހަކަތައް ޤަބޫލު ނުކުރެވިފައެވެ.އެވާހަކަތައް އަޑު އަހާފައި އޭނާގެ ބޮލަށްވެސް އެނބުރުން އަރައިގަތެވެ.
ޒީލް އަވަސް އަރުވާލާފައި ގަމީހުގެ ގޮށްތައް އަޅުވަމުން ނިކުމެ ސައިކަލަށް އަރައި ބާރު ސްޕީޑުގައި ދުއްވަމުން ދިޔައިރު އޭނާގެ ހިތައްވެސް ބުނެދޭން ނޭނގޭ ޒާތެއްގެ ގޮތްތަކެއް ވަމުން ދިޔައެވެ.ހެންވޭރު ކޮޅުގައިހުރި ފިހާރައެއްގެ ދޮރުމައްޗަށްވާ ގޮތަށް ސައިކަލް މަޑުކޮށްލާފައި އޭނާ ޝައިބާގެ ފޯނަށް ގުޅައިލިއެވެ.ޝައިބާ ފޯނު ނެގުމަށްފަހު ޒީލް މަޑު ކޮށްލައިގެން އިން ފަރާތްނޫން އަނެއް ފަރާތުގައި ހަދަން ފަށައިފައިހުރި އިމާރާތެއްގެ ހަތަރުވަނަބުރީގެ ބޭރަށްއިން ބަޔަކުން ކުޑަކޮށް ބޯދިއްކޮށްލާފައި ޒީލްއަށް ހަނައަޅާލިއެވެ.ނަމަވެސް ޒީލްއަށް ޝައިބާ ފެންނަ ގޮތެއް ނުވިއެވެ.އެތައް އިރެއްފަހުން ޝައިބާ ވަރަށް މަސައްކަތުން ޒިލްގެ ލޮލުގައި އެއް އަތުން ހަނައަޅަމުންދިޔަ ޝައިބާ އަޅައިގަތެވެ.
**************
ޔޫލް ފަލަކުމެން ގެއަށް ދިޔައިރު ގޭގެ ދޮރުވެސް ހުރީ ތަޅުލާފައެވެ.އެހެންވެ އަނބުރާލާފައި އަވަހަށް ގެއަށް ދިޔުމަށް މިސްރާބު ޖެހިއެވެ.ގެއަށްގޮސް ވަތްއިރު މަންމަ އާއި ބައްޕަ ސޯފާގައި ޔޫލް ނައިސްގެން ނުނިދިފައި ތިއްބެވެ.
“ދަރިފުޅާ…..ހާދަ ލަސްވީ….ރައްޓެހިންނާއިއެކު ބޭރުގަ އުޅުނަސް މިހާރު ދަރިފުޅުގެ އިންތިޒާރުގަ އަންބަކު އިންނާނެކަން ހަނދާން ބަހައްޓަން ވާނެއްނު…ފަލަކުބުނި ޝާން މެންނާއި އެކުގައޭވީ….”އެހާލަހުން އާދެވުނީމަ ބައްޕަ ރުޅިއަންނާނެ ކަމަށް ޖެހިލުން ވެފައިހުރި ޔޫލްއަށް މަންމަގެ ވާހަކަ އަޑުއަހާފައި ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.އަދި ފަލަކު ޔޫލް ސަލާމަތް ކޮށްދިނީތީ ވަރަށް އުފާވިއެވެ.ޔުލް ލައްބަ މަންމާއޭ ކިޔައި ރޫމަށްދާން ހިނގައިގަތެވެ.އެވަގުތު ހަނީފްވެސް ގޮސް ނިދަން ރޫމަށް ވަނެވެ.ނަމަވެސް ސިމާ ޔޫލްގެ ފަހަތުން ގޮސް އެ ކޮޓަރިއަށް ވަދެ ފަލަކު އެއޮތީ ވަރަށް ރޮއިފައި ކަމަށް ބުންޏެވެ.އަދި ފަލަކުއަށް ނުގޮވައި ބާއްވާށޭ ބުނެލިއެވެ.
ފަލަކު ރުއި ވާހަކަ ބުނުމުން ޔޫލް ވަރަށް ހާސްވެލާފައި އެއީ ކީއްވެގެންތޯ ސުވާލު ކޮށްލިއެވެ.ސީމާ ފަލަކު މަންމަގެ ވާހަކަ ކިޔައި ދިނުމުން އެވަގުތު ފަލަކުގެ ގާތުގައި ނުހުރެވުނީތީ ޔޫލް ވަރަށް ދެރަވިއެވެ.މަންމަ ރޫމުން ނިކުތުމުން ޔޫލް ދޮރުތަޅުލާފައި ގޮސް އެއްޗިހި ބަދަލު ކޮށްލައިގެން އެނދަށް އަރައި އޮށޯވެ،ފަލަކު ބައްދާލައިގެން އޮތް ބާލީސް މަޑުމަޑުން ނަގައި ފަލަކު ގެނެސް އެނާގެ އަތުތެރެއަށް ލުމަށްފަހު ނިތްކުރީގައި ބޮސްދީފައި، ބްލޭންކެޓުން ދެމިހުންގެ ހަށިގަނޑު ނިވައި ކޮށްލުމަށްފަހު ފަލަކުގެ ރީތި ރޮއިރޮއި ދުޅަ ވެފައިވާ މޫނަށް ބަލަން އޮތެވެ.ޔޫލް އަށް ނިދުނީވެސް އެހެން އޮއްވައެވެ.
************
ޒީލް ސައިކަލް ޕާކު ކޮށްލުމަށްފަހު ދުވެފައިގޮސް މަގު ހުރަސް ކޮށްލާފައި ކުރިމަތީގައި ހަދަން ފަށާފައިހުރި ފަސްބުރި ޢިމާރާތުގެ ހަތަރުވަނަ ފަންގިފިލާއަށް އަރައި ޝައިބާގެ ފޯނަށް އަނެއްކާވެސް ޑައިލް ކޮށްލިއެވެ.އެވަގުތު ޝައިބާގެ ފޯނުގެ ރިންގުގެ އަޑު އިވުނު ދިމާއަށް ޒީލް ދުވެފައި ދިޔައެވެ.ނަމަވެސް ދުވެފައި ގޮސް އެތަނުގެ ތެރެއަށް ވަތް ޒީލްގެ ފިޔަވަޅު ތަކަށް ހުއްޓުން އެރިއިރު އޭނާއަށް އަނެއް ފަރާތަށްވެސް އެނބުރިލެވުނީ ޝައިބާއިން ޙާލު ފެނިފައެވެ.އޭނާ އައީ ޝައިބާގެ އެދުމަށް އޭނާއަތުން ގަމީހެއްވެސް ހިފައިގެން ކަމުން އަނެއް ފަރާތަށް އެނބުރިހުރެ ޝައިބާއަށް ގަމީސް ދިއްކޮށްލިއެވެ.ޝައިބާ އަވަސް އަވަހަށް ގަމީސްލާ ތުރުތުރު އަޅަމުންދިޔަ އަތުން ގަމީހުގެ ގޮއްތައް އަޅުވައިލިއެވެ.އަދި ޒީލްގެ ކުރިމައްޗަށް އަރައި ތޭންކްސް އޭ ބުނެލިއިރު ޝައިބާއަށް ރޮވިއްޖެއެވެ.އިސްޖަހާލައިގެން ހުރި ޒީލްވެސް ހުރީ ޝައިބާއަށް ކޮށްލާފައިހުރި ވަރު ފެނިފައި ދެރަ ވީވަރުން ހިންދިރުވާލަ ދިރުވާލައެވެ.
“މިހާރު ދެން ޒީލްވެސް އަހަރެންފަދަ މީހަކު ބޭނުމެއް ނުވާނެ….އަހަންނަށް އަހަރެން ކުރި ކުށުގެ ޖަޒާ ލިބިފަ މިހިރީ ދުނިޔެމަތީގައި އަންހެނަކަށް ލިބޭނެ އެންމެ ބޮޑު ވޭނުން…..ޒީލް ހަނދާން ނައްތާލާ އަހަންނަށް ކައިވެނި ހުށަހެޅިކަން…….އަހަރެންވެސް ހަނދާން ނައްތާލާނަން …….އެހެން ނޫނަސް މާދަމާ އިރުއަރާ އިރަށް އަހަރެން ޔޫލްގެ ކުރިމައްޗަށް ގޮސް އަހަރެންގެ ޙަޤީގަތް ކިޔައިދީ ފަލަކުގެ ކިބައިންވެސް މަޢާފަށް އެދޭނަން……ޒީލް މިރޭ ތިކޮށްދިން ކަންތައް ދުވަހަކުވެސް އަހަރެން ހަނދާން ނުނެތޭނެ……އަހަރެން ޒީލްގެ ކިބައިންވެސް މަޢާފަށް އެދެން…….އަހަރެންގެ އަމިއްލަ އެދުމަށްޓަކައި ޒީލްގެ އިޙްސާސްތަކާ ކުޅެލާ ޒީލް ބޭނުން ކޮށްލެވުނީމަ އައިމް ސޮރީ…..”
ޝައިބާ ރޮމުން ރޮމުން ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ދެފައި ކޮޅުންވެސް ހީވީ ބާރު ދޫވަމުން ދިޔަހެންނެވެ.އޭރު ޒީލްގެ ދެލޯވެސް ވަނީ ފެންކަޅި ވެފައެވެ.އޭނާއަށް ކެތް ނުކުރެވިގެން ޝައިބާއާއި ކުރިމަތި ލިއެވެ.އަދި ޝައިބާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލައި ދިނުމަށްފަހު ޝައިބާގެ ގައިގައި ބައްދާލިއެވެ.ނުރޯށޭ ކިޔައި ޒީލް ޝައިބާގެ ބުރަކަށީގައި ފިރުމަމުން ދިޔައިރު ޒީލްގެ ފަރާތުން ލިބެމުންދިޔަ އޯގާތެރިކަމުން ޝައިބާގެ ހިތުގެ ރިހުން އިތުރުވެ އަޑުން އަޑުނަގައި ރޮއިގަނެވުނެވެ.އަދި ޒީލްގެ ބުރަކަށީގައި އޭނާއަށް ދެއަތުން ބައްދާލެވުނީ ދުނިޔެއާއި އެކަނި ހަނގުރާމަ ކޮށްކޮށް އޭނާވެސް ވަރުބަލިވެފައި ވާތީ ޒީލްގެ އަތުތެރޭގެ ހިމާޔަތަށް އެދޭ ޙާލުގައެވެ.
ދެމީހުން އެކަކު އަނެކެއްގެ ގައިގައި ބައްދައިގެން ތިބެ ރޮމުން ދިޔައީ އެތައް ދުވަހަކު ދުރުގައި ތިބެފައި ބައްދަލުވެގެން އުޅޭ ދެ ލޯބިވެރިން ފަދައިންނެވެ.
“ކޮންމެ ގޮތެއް ވިޔަސް މިރޭ ހިނގާދިޔަ ކަންތަކުގައި ޝައީގެ އެއްވެސް ކުށެއް ނެތް…….އަހަރެން ބޭނުމެއް ނޫން އަހަރެންގެ ނިންމުން ބަދަލު ކުރާކަށް…….އިންފެކްޓް އައި ވޯންޓް ޓު މެރީ ޔޫ އޭސް ސޫން އޭސް ޕޯސިބުލް……އަދި ބުނަން، ޔޫލްގާތު އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ…….އަހަރެން އެކަމާ ކުރިމަތިލާނަން…”ޒީލް ޝައިބާ އޭނާއާއި ދުރުކޮށްލާފައި ޝައިބާގެ ރޮއިރޮއި ރަތްވެފައިވާ މޫނަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައެވެ.އެއަޑުގައި ވި ގާތްކަމުން ޝައިބާގެ ފިސްފިސްވެފައިވާ ހިތަށާއި އަނިޔާ ލިބިފައިވާ ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބިގެން ދިޔައެވެ.
“ހިނގާ އަހަރެން ޝައީ ގެއަށް ލާދޭނަން….”ޒީލް ޝައިބާގެ ހޭވިފައިވާ އިސްތަށިގަނޑު ރީތިކޮށްލައި ދިނުމަށްފަހު ޝައިބާގެ އަތުގައި ހިފައިގެން ތިރިއަށް ފޭބިއެވެ.އޭރު ގަޑިން ހުރީ ދޭއްވެސް ޖަހާ ބޮޑުވެފައެވެ.ދަންވެފައިވާތީ މާލޭގެ މަގުތައްވެސް ވަނީ އަމާން ވެފައެވެ.ގޭދޮރުމައްޗަށް ސައިކަލް މަޑުކޮށްލުމުން ޝައިބާ މަޑުމަޑުން ސައިކަލުން ފޭބިއެވެ.ޒީލްވެސް ޝައިބާއާއި އެކު ގޮސް ދޮރާށި އަތްގަނޑުގައި ހިފާލިއިރު ދޮރު ހުރީ ތަޅުލާފައެވެ.
105 Comments
Comments are closed.
Dear readers..im not well yet…cant type anymore tonight, ehenve type kollevun thankolhu mi up kolladhiny…& plx dnt b surprise by my name…Noor is just a user name im using…my real nick name is Sam…& Thank u all 4 the love & support.
Yeyyy mee first dhww ?????
Vaahaka varah salhi….. n gws ingey…. thanks varah bodah thihaa bali koh ulhemun vx up kohdheythee ??????
Wc & ThanQ ????
Yay me first dhw
Oops second dhw..btw v salhi vaahaka.. Bala bala indha up v
ThanQ dear..hapy to c ur comment dear..
Woooooww noor dear.story is soooo touching n lovely…v.emotional..?????????thankx avahah up kohdhineethee..keep it up?
ThanQ so much 4 the very sweeeeet comment…?
alhey haadha kurey……… v kiyaa hithun hutta e nimuny
Sorry dear…hama vee varu mee. …& TnanQ same..?
WOW!! V reethi mibaives.. Zeel ves guilty feel vegen dhw mihaaru Shaibaa aa innan e ulheny.. Falak nulibeynekan en’guneema.. Waiting for the next part.. Keep it up Noor 🙂
ThanQ 4 the sweet comment Saandy?
Ma Sha Allah Wow v salhi
ThanQ Shaa dear?
Wow stry is lovely ..i love it ..thanx noor ..???
ThanQ for the lovely comment dear?
awww….. haadha reethi story ekey…. waiting for the nxt prt….. and gws noor…. i feel difficult to call ur new name so hope u don’t mind even if i call you noor… gdnyt… ly….
Ofcourse im happy with the name noor..i mensioned that bcs some readers may think my real name is noor..just to clear that dear…n thanQ 4 the lovely comment?
ok noor… mivarah kiyaala libunyma vx happy.. n get well soon… sam aky me ge v close mujjakah kiyaa name… so i cant call to you with that name…hihi…n v salhi igey mi part vx…
Ohhh…cal me Noor..im used to that name now..& i love ur comment dear?
mivarahc kiyaalan libunyma vv happy. mi part v vvv reethi. get well soon.
Ohhh..ThanQ
Song joong ki..KOREAN…?
Alhey GWS SAM
Story hama perfect best
OUTSTANDING & LETS ✊
Ohhhh ThanQ.???.?
Oh really.. my name aa v vattaru dho ??? and vaahaka v reethi❤
Ohhhh ThanQ Dear.?
Wc
?
V reethi
Ohhhh ThanQ Shaa.?
Noor aslu bunelan beynunvanee Nooru vaahaka liyan vvv molhey vv salhi hama beynun vagathah thikuriyah thi gengos ninmaalanee
Varah ufaavejje mihaa positive commenteh kiyaalan libunyma.. ThanQ Naakko.?
asluves mibai v reethi
ThanQ dear..
Haadha rangalhey noor.. ?balive ulhey iruves thi up kohdheny.. ?i really appreciate your work.. ?you r great? nd this part hama superb?waiting for next part??
Its bcs thigothah appriciate kuraa readers in thibeythy varah hivvaru libey…ThanQ Adha .?
Awlhey you are the best hama … Thanks mihaa loabi story eh genesdheythi … And get well soon .. Thank again for this ????????????????❤️❤️❤️❤️
ThanQ Anonymous..love the sweeeeeet comment dear..?
Awlhey you are the best hama … Thanks mihaa loabi story eh genesdheythi … And get well soon .. Thank again for this ????????????????❤️❤️❤️❤️
ThanQ so so much Tutee…just love ur comment dear.?
Nice ? keep it up wait for next part
ThanQ dear Fary.?
sam? oh i missed somone hehe … i wish dhimaavaane nama ey adhi .. well story is awsome .. love it ..keep it up
In sha Allah..thanQ 4 the comment dear
Thanks Sam. Thihaa balikoh ulhemunves story upkohdhimeethee.
Thanks a loy. Thanks
Ur wc & thanQ dear.?
Avas shifaa akah edhen❤
Masha allah❤….story hama abadhu vx rythii….
waiting 4 nxt part……
ThanQ 4 the lovely comment dear..
Wow masha allah stry v rythi v cute?? v happy vejje shabaa ah ehen dhimaavymaves zeel eynayaa marry kuran ebbas v ma aee myhakah dhera eh dhyfa anemmyhaa ah ufaluga noolheveyne kan engey kommes gothakun dhuniyemathyga ekanthah emyhakah dhakkavaane dhw n shafaakallah nooru waitin n gud nyt ly???❤❤❤
ThanQ 4 the lovely comment dear..ly
Wow..V reethi..?.Luv this stry..Waiting..
ThanQ luhan..?
Salhi. Waiting
ThanQ dear..
Wow…v salhi??????❤️❤️❤️❤️ Avah up kurahchey.gws noor thikuraa hiyvarah kiyuntherinaa hama ah thihaa furihamakoh mivaahaka genesdheythee.love it
ThanQ 4 the lovely comment Zee..
V reeethi?
ThanQ Afee
Wow noor wow .. mibaivx hama awsome .. dhn yool ah shaibaa ge hageegai bunedeynveennu … noor the best writerr mashaa allah keep it up
ThanQ SHAAYAA…Thihaa appriciate kuraa frndakaa dhimaaveema varah ufaavejje…thanQ
Wow vrh vrh vrh salhi mi part vx n gws noor
ThanQ Rishu..
Wow nice nick name.any way v obi hama.thivaru ok ey.get wel soon sam’ noor
ThanQ dear
ThanQ dear..
Oah… v v reethi inge.. but ehn dhuvas dhuvahah vuren stry kuruhen heeve… avas ehn baeh up kollaba
ThanQ dear..will try to up soon
Shaiba wz a doc.. I think who ever it was, emeehaku hoadhan jeheyneh hen.??evaru kameh dhookohgen nuvaaneh nu..bt stry v rythi ??enme reethi ??? gws Noor??
Awwwhh..ThanQ dear..love ur comment Xna
Story v reethi… GWS Noor… konirakun next part up vaanee… can u tell the time… ☺☺☺???…
Awwwhh..ThanQ dear…tonight 12 ge kurin up kohdhevey tho balaanan..
Gorgeous <3
A BIG BIG thanQ
Vvvvv nice . GWS sam. Love your stories
Ohhh..ThanQ dear..v.happy to know that..
Kim tae hyung name akah inas i am a girl. And Noor thee girl ehtha boy ehtha?
Dear Im a girl too…
Getwel soon noor❤
ThanQ Eeny..
Amaz story Sam.. Waiting for the next part.. Kniraku up khladheny??
ThanQ dear…adhi 17th part type koh nunimey dear..
noor. mihaaru korean fanun gina eba veydho..hehe 😀
Ya..v.true..
SORRY. THE NAME AUTOMATICALLY CHANGED TO ANONYMOUS. IT WAS A MISTAKE
Its ok dear..
Noor ur the best writer keep it up. Noor haadha molhey
Oh …ThanQ dear…varah ufaavey alhuganduge story neem ah thihaa kamudhiyaeema…
knirakun story
Dear…just now i came frm Male’…type kuran hama mifeshy…mee rough koh liyefa oiy story eh noon..so idea genesgen mi liyany hama vaguthun…so will take some time dear…hama liyevunu haa avahakah up kohdheynan dear
Inthizaaruge guitar hithu thereygaa ?
hahaha veryyy true!!! 😀 😀
ThanQ for the guitar…hehe..will up today in sha Allah..reyga type nukurevunyma up nukurevuny. .
Eagerlyyy waitinggg…???
ThanQ dear..in sha Allah Today
Nooooor
Yes Rufuuuuuuu…in sha Allah today
Alhey..kobaa thrr next part samee
In sha Allah today
Haadha reethi vahaka a key me..plx kuda thankolheh viyas ok ey..he he
In sha Allah today…very happy to know that dear..
Alhey noor cant wait … thihaaloabii vaahaka liyefa lasvma deravey ….
Ohhhhh…sorry dear…i was lil bit busy…but mihaaru innaane up koffa..
Hey Song Joong ki are you also a big fan of kworld
ofcourse dear!!! i’m a big fan especially of descendents of the sun!!! 🙂 🙂