ހަޅޭއް ލަވައިގަތުމަށް ފަހު ރުއާ ކުޑަދޮރުން ބޭރަށް ފުންމާލިއެވެ. އޭރު އަލާނިޔާ އިނީ ދެންމެ ރުއާގެ ފޯނުން ފެނުނު ނަންބަރާ މެދު ވިސްނާށެވެ. އެގޮތަށް ރުއާ ފުންމާލުމުން ލައިތްމެންނަށް ލިބުނީ ވަރަށްވެސް ބޮޑު ހައިރާން ކަމެކެވެ. އެމީހުން ތިރިއަށްވެސް ފޭބިއެވެ. ނަމަވެސް އެކަކުގެ ހިލަމެއްވެސް ނުވިއެވެ. މާވަރަކުން ދެން ހޯދަން ނޫޅުނީ އެމީހުންގެ ހަގީގީ މަގްސަދު ހާސަލި ކުރަން ހަމަޖެހިފައިވަނީ ދެން އަންނަ ހުކުރު ދުވަހުގެ ރޭކަމަށް ވާތީއެވެ. ތިން މީހުން މައްޗަށް އެރިވަގުތު ނޯޓެއް ފެނުނެވެ. […]
ޒޭން ބޭސްކޮތަޅު ހަވާލު ކުރުމަށް ގާޑް ފަރާތުން ހުއްދަ އަށް އެދުނެވެ. ބޭސް ކޮތަޅު ދިނުމަށްފަހު ނިކުތުމަށް ގާޑް ބުނުމުން ލޫކަސް ބޭސް ހިފައިގެން އެތެރެއަށް ވަންއިރު ޒޭން އިނީ ލަޔާލީ އަތުގައި ހިފަހަށްޓައިގެންނެވެ.. ލަޔާލީ އޮތީ ނިދިފައިކަމުން ލޫކަސް އައިކަމެއްވެސް އޭނާއަކަށް ނޭނގޭނެއެވެ.. ބޭސްކޮތަޅު އެނދާއި ޖެހިގެން ހުރި ކަބަޑް މަތީގައި ބޭއްވުމަށްފަހު ނިކުންނަން ހިނގައިގަތެވެ.. ދޮރާއި އަރާ ހަމަވިތަނާ ޑޮކްޓަރ ފަހަތުން އައިސް ލޫކަސް އަށް ގޮވިއެވެ…**** ” ކިހިނެއްތޯ ވީ ޑޮކްޓަރ؟…އަނެއްކާ ކަމެއް […]
DEAR READERS..ALHUGADU 12TH PART TYPE KURAN VARAH TRY KOFFIN.. BUT EGGOTHAKASVES LIYEVEY GOTHEH NUVI ..DHIVEHINVES,,ENGLISH inves LETINUNVES.. HAMA EH LETTER LIYEFA ANEH LETTER LIYAA IRAH WRITTEN LETTER CHANGE VANY..SO EVAAHAKA VARAH HITHAAMA AAI EKU ENMEHAA KIYUNTHERINNAA HISSAA KOLLAN. Mi vaahaka vany admin aa ves hissaa kurevifai .. so masssala halluveehaa avahakah vaahakaige kuriah huri part […]
” ނޫން.. އައިދަން ގެންގޮސް ދޭނެ..” ރުންކުރު ގޮތަކަށް އަރުޝީ ބުނެލިއެވެ. އެވަގުތު ޒިވާން ކޮއްލި ކަމަކުން އަރުޝީ ސިހިގެން ގޮސް ދެލޯބޮޑުވިއެވެ. އަދި ބަލާކަށް ނުހުރެ ޒިވާން ކޯމަތީގައި އަތުގައި ހުރި ބާރެއް ލާފައި ޖެހިއެވެ. އަދި އަރުޝީގެ ކޮންޑުމަތީގައި އޮތް ޒިވާންގެ އަތް ފޮޅުވާލިއެވެ. ” ހަބަރުދާރު.. އަދި އަހަރެންގެ ފިރިމީހާ ނިޔާވިތާ ބާރަ ގަޑިއިރުވެސް ނުވޭ ކަލޭ ތިއުޅެނީ އެކަމުގެ ފައިދާ ނަގަންދޯ.. އަހަންނަށް މާކުރިންވެސް އެނގޭ ކަލޭގެ ހިތް ނިޔަތް ހުރިގޮތް.. […]
ސަހީމް ބަލަން ހުރީ ޝައްކުގެ ނަޒަރަކުންނެވެ. އަހަރެން ބޯދެފަރާތައް ހޫރުވާލީ ސަހީމް ހިތަށް އެރި އެއްޗެއް އެނގޭ ހާލުއެވެ. ދެން ފެނުނީ ސަހީމް އަހަރެން ގޮސް އެނދުމަތީ ބަހައްޓާލި ތަނެވެ.”އައިމް ސޮރީ…އިނގޭ އެގޮތަށް ރިއެކްޓް ކިރެވުނީމަ ނަމާ ތިހުރީ ހާޓް ވެފަ ކަން…އެކަމް ނަމާ ނަމަވެސް އެހެން ވާނެ އެއްނު ދޯ…އަންޑަސްޓޭންޑްވޭ ދޯ…އެކަމް ވާނެ ޑޮކަށް ދައްކަން…މިގުޅަނީ ފެމިލީ ޑޮކަށް…” ސަހީމް އަޑުގައިވީ އޯގާތެރިކަމެވެ. އަހަރެންވެސް އެއީ މާބޮޑު ކަމެއްނޫނޭ ބުނެ ސަހީމް ހަމައަކަށް އަޅުވާލީމެވެ.ނަމަވެސް އޭނަ […]
ޒައިނާ ނިދަން ދިޔައިރުވެސް ޒިޔަމްއަށް ވިސްނެމުން ދިޔައީ އެކަހަލަ ކަމެއް ކޮށްފާނެ މީހަކާއި މެދުގައެވެ. އެހެންކަމުން ސިޓިން ރޫމުގައި އޮތް ޒައިނާގެ ދަބަސް ހާވާލީ ޖަވާބު ލިބޭނެ ކަމުގެ އުއްމީދުގައެވެ. ޒައިނާގެ ފޯނުގެ ޕިން ކޯޑު ޒިޔަމްއަށް އެނގޭތީ އެއްމެ ފުރަތަމަވެސް ބަލަން ފެއްޓީ ފޯނެވެ. ޒައިނާ ހަމަ ހުރެފައި އެކަހަލަ ތާކަށް ނުދާނެކަން އެނގޭތީއެވެ. ކޯލް ލޮގު ބަލާލިއިރު އެއްމެ ފަހުން ގުޅާފައި އިނީ ސޭވްނުކޮށް އިން ނަންބަރަކަށެވެ. ދެފަހަރު ގުޅާފައި އޮތަސް އެކޮޅުން ފޯނު […]
ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ހެނދުނު ނުވައެއް ޖަހާ އިރުގައެވެ. ޒިޔަމް ހެނދުނު ހެނދުނައި ތެދުވެގެން ހުރިހާ ކަމެއް އިންތިޒާމް ކުރެވިފައި ވަނީ ރަގަޅަށްތޯ ބެލުމަށް އެތަނަށް ދިޔައެވެ. ޒިޔަމް ކްލިނިކަށް ދިޔައިރު ޝަމްހާ ލޯގަނޑު ކުރިމަތީގައި ފަރިވަމުން ދިޔައީ ބޮޑު ރަސްމިއްޔާތަށް ތައްޔާރުވުމަށެވެ. ޒީންއަށް ގަޑި ޖެހޭ އިރުވެސް ލޯގަނޑުން ޖާގައެއް ނުލިބޭނެކަން އެނގި ފާހަނާއިގައި ހުރި ލޯގަނޑުގެ ބޭނުން ހިފިއެވެ. ސިޓިންރޫމުގައި ހުރި ޒިޔަމް އިރުކޮޅުކޮޅައި އަތުކުރީ އޮތް ގަޑިއަށް ބަލަމުން ދިޔައީ ޝަމްހާއާއި […]
ސީމާ ފޯނުން ވާހަކަ ދައްކަމުން ދިޔައީ ހަނީފު އާއިއެވެ.އޭރު ހަނީފް އިނީ މާލެ އަންނަން ފެރީއަށް އަރައެވެ.ފްލައިޓް ޑިލޭ ވެގެން ނުފުރިގެން އުޅެނިކޮށް ޔޫލް ގުޅާފައި ފަލަކު ފެނުން ވާހަކައާއި،އެކޮޅުގައި ހުރިހާ ކަމެއްވެސް ރަނގަޅު ކަމަށް ބުނުމުން ދަތުރު ކެންސަލް ކުރީއެވެ. **************** “ސަރ…. ހަލާކުވެފައި ހުރި ތަންތަނުގަ ބޭސްއަޅާނެ އެއްޗިހި ލިބޭނެ ގޮތް ހައްދަވާދީ…އަޅުގަނޑަކީވެސް ޑޮކްޓަރެއް….ހޮސްޕިޓަލަށް ނުދިޔަޔަސް އަޅުގަނޑު މެންނަށް މެނޭޖް ކުރެވޭނެ” ޖިޕު ތެރޭގައިވި ހަމަ ހިމޭންކަން ފޫއަޅުވާލަމުން ފަލަކު ވާހަކަ ދެއްކިއެވެ.ފަލަކުގެ ހަށިގަނޑު […]
“ތީފް.. އަހަރެން ތީފްއަށް ވަރަށް ބޮޑުކަމެއް ސިއްރުކޮށްފައި ވާނެ..” މައުރީން މަޑުމަޑުން ބުނެލިއެވެ. “އަހަރެން ތީފް މިތަނަށް ގެނައި އިރު މާރިޔާ އިނީ ދެވަނަ ފަހަރަށް ތީފްގެ ދަރިއަކަށް ބަލިވެ..” މައުރީން އެހެން ބުނުމާއެކު ލަތީފް މައުރީންގެ ކޮނޑުން އަތް ދޫކޮށްލިއެވެ. އެހާ ބޮޑު އޮޅުވާލުމެއް މައުރީން އޭނާއަށް އޮޅުވާލީތީ އެހިތުގައި އެތައް ޝަކުވާއެއް އުފެދިގެން ދިޔައެވެ. “މައުރީން ކީކޭތަ ތި ކިޔަނީ؟” ލަތީފް ދެއަތުން ބޮލުގައި ހިފަހައްޓާލަމުން އަހާލިއެވެ. އޭނާއަށް މާރިޔާ ދޫކޮށްލާފައި އާދެވުނީ މާރިޔާ […]