އަޔާން އާހިލް ތައާރަފް ކޮއްލަދިނެވެ. ޔާނިޝްއަށް އިނީ ދައްކާނެ ބަހަނާއެއްވެސް ނޭނގިފައެވެ. މީޝާއަށް އިދެވުނީ ޔާނިޝްގެ ހިމާޔަތަށް އެދިއެދިއެވެ. “މީޝާއަށް ކަމުދޭތަ އާހިލް………………..” މީޝާ ސިހުނީ އަޔާންގެ އަޑަށެވެ. މީޝާ އާހިލްއަށް ބަލާލިއެވެ. އާހިލްހުރީ ހިނިތުންވެލައިގެންނެވެ. މީޝާ އަނެއްކާވެސް ބަލާލީ ޔާނިޝްއަށެވެ. “ދެކުދިން އެކުގަ ދުވަސްކޮޅަކު އުޅެލީމަ އެނގޭނީދޯ…………..” މީޝާގެ ޖަވާބެއް ނުލިބުމުން އަކްރަމް ބުނެލިއެވެ. އާނއެކޭ ބުނުމުގެ ގޮތުންބޯޖަހާ ލުމައްފަހު މީޝާ އިސްޖަހާލިއެވެ. “އާހިލްއަށް މީޝާ ކަމުދޭތަ………………….” ދަތްދޮޅީގަ އަތްވިއްދާލައިގެން އިނދެ ޔާނިޝް ސުވާލުކުރިއެވެ. […]
ޝައިބާ ފަލަކުގެ ދިރިއުޅުމާއި ކުޅެލިއިރު އޭނާގެ ޙަޔާތަށް މިވަރުގެ ބޮޑު ތޫފާނެއް އައިސްދާނެ ކަމަކަށް ކުޑަކޮށްވެސް އަންދާޒާވެސް ކޮށްލެވިފައެއް ނުވެއެވެ. ************** އެމީހުންނާއި ދިމާއަށް އައި ދެމީހުންކުރެ ކުރިއަަށްހުރި މީހާގެ ފޯނު ރިންގުވާން ފެށުމުން ފިޔަވަޅުތައް މަޑު ޖައްސާލުމަށްފަހު އެމީހާގެ ފޯނަށް ޖަވާބުދެމުން އެނބުރި ދަމުން ކައިރީގައި ހުރި މީހާއަށް އަތުން އަންނާށޭ ބުނާފަދަ ގޮތަކަށް އިޝާރާތް ކޮށްލާފައި ގޮސް ޖިޕަށް އެރިއެވެ.އެވަގުތު ޔޫލްއާއި ފަލަކުއަށް ދުރަށް ޖެހިލާފައި ހިންހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.އަދި އިށީނދެ ބިރުން […]
ސާއިމް އަދި ޒިޔަމް ކޮފީއަކަށް ރެސްޓޯރެންޓަކަށް ދިޔައީ ކްލިނިކު ޑިޔުޓީ ނިއްމާފައެވެ. އެމީހުންނާއި އެކު ޝާހުވެސް ބައިވެރިވިއެވެ. ޝާހު ބުރަކޮށް އުޅޭތީ ބައްދަލުވެވެނީ މިހެން ދިމާވާ ދެތިން ކޮފީއަކުންނެވެ. “ޒައި އަށް އެކަން ކުރި މީހެއް އެގިއްޖެތަ މިހާރު” ޝާހުކޮށްލި ސުވާލުން ސާއިމްއާއި ޒިޔަމްއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. “ތިވާހަކައެއް ނޫނޭ. މީނަ މީހަކާއި އިންނަން މިއުޅެނީ. މަގޭ ކޮއްކޮއާއި” އެއީ ދެމީހުންވެސް މާ ގަޔާވާ މައުޟޫ އަކަށް ނުވާތީ ބަދަލުކޮށްލިއެވެ. “ސެޓުކޮށްލީ ދޯ އެއްމެ ފަހުން..” […]
އެމީހުން އެންމެން އެއްކޮށް ފުރަތަމް ރެންސްޓޯރެންތަކަށް ދިޔައީ ސައި ބޯލާށެވެ. އެޔަށް ފަހު ހަތަރު ކުދިން ވާހަކަ ދައްކަން ތިބުމަށްފަހު އެންމެ ފަހުން ރުއާ ދާންޖެހިގެން ދިޔައީއެވެ. އެވާނީ ޖޮނަތަންގެ ކަމެއްކަމަށް އަލާނިޔާމެން ނިންމިއެވެ. އެއީ މާކުރިން ވެސް އެމީހުން ރާޥާފައި ވާގޮތަށް ވާތީއެވެ. ލައިތް މަޑުން އިނދޭ ޔުސްރާއަށް މެސެޖެއް ކޮށްލިއެވެ. އެޔާ އެކު ޔުސްރާ ހަޅޭއްލަވައި ގަނެފައި ނުވާނެއޭ ކިޔާ ހަޅޭއްލަވައިގަތެވެ. އަލާނިޔާ ސިއްސައިގެން ގޮސް ގޮނޑީންވެސް ނުވެއްޓުނީ ކިރިޔާއެވެ. “ތި ކޮން ހަޅޭކެއްތަ […]
ޕްރިޔާނީ ހުށިޔާރު ކަމާއިއެކު އެނދުން ތެދުވެގެން އައިސް ޔޫލްގެ ފަހަތުން ބުރަކަށީގައި ބައްދައިގަތެވެ.އަދި އެ ފަލަކުއަށްވުރެ އަހަރެން އެތައް ގޮތަކުން ރީތިވެފައި ފުރިހަމަ ނޫންހޭ ބުނެލިއެވެ.އެ ވަގުތު ޔޫލް ރުޅިއައިސްގެން ގޮސް ރަތް ވިއެވެ. ************* ރުޅިއައިސްފައިވާ ފަލަކު ޔޫލް އައިސް ރޫމްގެ ދޮރު ހުޅުވާލި އަޑަށް ދެލޯ މަރައި ނިދާފައިކަމަށް ހަދާލަމުން ކައިރީގައި އޮތް ބާލީހުގައި ބައްދާލިއެވެ.ޔޫލް މަޑުމަޑުން ދޮރުތަޅު ލުމަށްފަހު ޓީޝާޓް ބާލާފައި ސޯފާގައި ބާއްވާލިއެވެ.އަދި ގޮސް ފާޚާނައަށްވަދެ ފެން ވަރާލައިގެން ނިކުމެ ސޯޓެއް […]
“ލައްބަ” ދެލޯ މަރާލަމުން ޒިޔަމް ބައްޕަގެ ބަސް ގަބޫލުކުރީ ކިރިއާ އަޑު އިވޭ ވަރަށެވެ. އެހިތުގެ ވިންދު މިހާރު ވަނީ އަވަސްވެފައެވެ. ސިޓިން ރޫމް ހަމަހިމޭންވެފައި ވަނީ ޝާހިދުގެ ވާހަކައަށެވެ. ޒީންއާއި ޒިޔަމްއަށް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބި އިންއިރު އެތައް ވާހަކަތަކެއް އެބަލުމުން ކިޔާދެމުން ދިޔައެވެ. ޒީން އާއި ސާއިމްވެސް އިނީ އެއީ ކޮން ކުއްޖެއްކަން އެގެން ނުލާހިކު ބޭނުންވެފައެވެ. ޝަމްހާ ހަމަޖެހޭކަން މޫނުމަތިން ދެއްކިއަސް ހިތްވަނީ އަވަސްވެފައެވެ. އެހަމަޖެހުމުން އެ ކުއްޖާއަކީ ޝަމްހާ ކަން […]
ތިބާ އަނެކާގެ ހަނދާނުގައި ހޭދަކުރާ ވަގުތަކީ އަނެކާވެސް ތިބާގެ ހަނދާނުގައި ހޭދަކުރާ ވަގުތެއްކަން ޒިޔަމް އާއި ޒީން މިހާރު އެދަނީ ސާބިތުކޮށްދެމުންނެވެ، ޒީންގެ ހިޔާލީ އޮއިވަރުގައި ޖެހި ޒިޔަމް އެދަނީ ސާހިލްއާއި ހިސާބަށް ދެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތިއެވެ. ނަސީބުގައި ނެތް ލޮތްބަކަށް ހިތް އެދި އާދޭސް ކުރަމުން ކުރަމުން ދަނީއެވެ. އެހިތުގައި ދެވަން އެހެން ނަމެއް ލިޔެވޭނެ ޖާގައެއް ނެތެވެ. ލޮލަށް ނިދިނައިސްގެން ދެފަރާތަށް ފުރޮޅި ފުރޮޅި ޒިޔަމް އޮތެވެ. ލޯމެރޭ ހިދު ސިފަވެގެން […]
“ހޫމްމްމް……ޓެލްމީ ނައު….މީ ކޮންކަމެކޭ”.ފަލަކު ދޮރު ތަޅުލުމަށްފަހު އައިސް ޔޫލްގެ މޭގައި މޫނު ފޮރުވާލަމުން ވާހަކަ ދެއްކިއެވެ. ************** ޔޫލް ފަލަކުގެ ފުރަގަހުން ދެއަތް ވަށާލުމަށްފަހު ވީ އާ ގޮއިން ޓު ސްޕެންޑް އަވަރ ހަނީމޫންސް ްފައިނަލް ޓައިމް ވިތުް ދިސް ރޮމޭންޓިކް ބިއުޓިފުލް ޕްލޭސް އޭ ބުނެލިއެވެ.އަދި ފަލަކުގެ އިސްތަށިގަނޑު ހައްޔަރު ކޮށްފައި އިން ދަތި ދަމައިގަތެވެ.އެވަގުތު ފަލަކު ޔޫލްެގެ މޭގައި އަޅައި ކޮއްޕާލުުމަށްފަހު ދުވެފައި ގޮސް ރޫމްގެ ބެލްކަންޏަށް ނިކުތެވެ.ޔޫލްވެސް ތުނިކޮށް ކޮށާލާފައިވާ އިސްތަށިކޮޅު ތެރެއަށް […]
އަމިއްލަ ދަރިފުޅާއި ދޭތެރޭ މިއޮއް ހުރިހާ ދުވަހު ކަންތައް ކުރެވުން އިހާނެތި ގޮތް ހިތަށް އަރައި އަފީފާގެ ހިތް ހީވަނީ ފަޅައިގެން ދާން އުޅޭ ހެންނެވެ. ************* އެމައި ލަގޮނޑިއަށް ކެތްވާނީ ވެސް ފަހެ ކިހިނެތް ހެއްޔެވެ؟އެ ދަރިފުޅާއި ދިމާއަށް އަފީފާ ރުހުމުގެ ލޮލުން ބަލައި ނުލާތާ އެދަރި މަރުވާނެ ނަމައޭ އޭނާގެ ހިތަށްއެރި އަދަދެއްވެސް ނޭނގެއެވެ. “އަހަންނަަށް އިނގޭ އަހަންނަށް ކުރެވުނީ މާފު ލިބޭ ވަރުގެ ކަމެއް ނޫން ކަންވެސް…އެކަމަކު އިންސާނަކަށް ވީތީ އަމިއްލަ އެދުން […]