Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އައިރީން…(9)

Aufyy <3 Level 1100 Comments10 Stories
July 13, 2017 4 Mins Read
15 Comments

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދިޔައެވެ. އަރީން ސަމީރާގެ ބެލުމުގެ ދަށުގައި ހުއްޓަސް އަބަދުހެން އުޅެނީ އަހަރެމެން ގޭގައެވެ. މިކަމާ އަހަރެންގެ އިތިރުން އާއިލާ އެންމެންވެސް ތިބެނީ ވަރަށް ހިތްހަމަ ޖެހިފައެވެ.

އައިރީނަށާއި އަރީނަށް 1 އަހަރު ވީ ދުވަސް ފާހަނގަ ކޮށްލެވުނީ ވަރަށް ކުލަގަދަ ކޮށެވެ. އެރޭ ޕާޓީ ނިންމާލުމުން އައިރީން ނިންދަވާފައި އަހަރެން ދިޔައީ ޓެރެހަށެވެ. ހިއްކަން އަޅުވާފަ ހުރި އެއްޗިހި ނެގުމުގެ ބޭނުމުގައެވެ.

އަހަރެން ސިހުނީ ފަހަތުން މީހަކު އަހަރެން ގައިގަ ބައްދާލުމުންނެވެ. އަހަރެން ފުރަތަމަ ހީކުރީ ސަހީމް ކަމަށެވެ. ނަމަވެސް އޭނަ އޮތީ ދަންވަރު ޑިއުޓީ ކަމުން މިރޭ ގެއަށް ނާދެވޭނެ ވާހަކަ އޮތީ ބުނެފައެވެ. “ނައީ ކީއްވެތަ ސަހީމް އާއި އިނީ؟؟ އަހަރެން ބުނީމެއްނު ސަހީމް އާ ދުރުވާށޭ….ދެން ކީއްވެ؟؟؟” އަހަރެން ކަންފަތުގައި ޖެހުނު އަޑުން އަހަރެންގެ ގައިން ހީބިހި ނަގައިން ދިޔައެވެ.

އަހަރެން އެމީހާ އަތްފޮޅާލާ އެމީހާ އާއި ކުރިމަތި ލީމެވެ. އެއާއެކު އަހަރެންނަށް ހީވީ އަހަރެން މޫނު މަތީ މީހަކު ބޮނޑިއެއް އަޅުވާލި ހެންނެވެ. އަހަރެން ކުރިމަތީ ހުރީ ސަހީމްގެ ބޭބެ ސަމީހެވެ.”ނައީ އަހަރެން މަތިން ހަނދާން ނެތުނީތަ؟؟ އަހަރެންމީ ތި ލޯތްބަށް ސަލާން ޖަހަމުން ތިމީހަކު ފަހަތުން ދުވި ސަމީހޭ….އެހާ ފަސޭހައިން އަހަރެން މަތިން ހަނދާން ނައްތާލީތަ؟؟؟ އަދި އެވަރު ނުއުފުދިގެން އަހަރެންގެ ކޮއްކޮ އާތަ އިންނަން އިނގުނީ…؟؟؟” ސަމީހު ވާހަކަ ދައްކަމުން ދިޔައީ ދީވާނާ ވެފައި ވާ މީހެއް ފަދައިންނެވެ.

ސަމީހުގެ ވާހަކައިން އަހަރެން ވިސްނާލީމެވެ. ސަމީހުއާ ކުރިން ދިމާވެފައި ހުރި ވައްތަރު ޖެހި ނަމަވެސް ކޮންތާކުން ކަމެއް އަހަރެންނަކަށް ނޭނގުނެވެ. އެއާއެކު އަހަރެން ހަނދާންވީ އަހަރެން މާލޭގަ ކިޔަވަން އުޅުނު އިރު އަހަރެން ފަހަތުން ލޯބިވެއޭ ކިޔައިން ދުވި ކުއްޖާ މަތިންނެވެ. އެއީ ހަމަ ސަމީހު ހެއްޔެވެ؟؟؟ “ސަމީހު އަހަރެން ދެކެ ލޯބިވެއޭ ކިޔައިން ނޫޅުނިއްޔާ ރަނގަޅުވާނީ…ލޯބީގެ ނަމުގަ އެހާ މުޑުދާރު އަމަލެއް ކުރީތީ ވެސް ތިމީހަކަށް ނަފްރަތު ކުރަން….ލަދެއް ނުގަނޭތަ؟؟ އަހަރެން މީ ކަލޭ ކޮއްކޮގެ އަންހެނުންނޭ…ތީގެން އިނގެނީ ތީ އެއްބަނޑު އެއްބަފާ ކަމުގެ ގުޅުމަށް ނުވެސް ބަލާ މީހެއް ކަން!” އަހަރެން ހުރީ ރުޅި އައިސް ހަލާކުވާ ވަރު ވެފައެވެ.

“މިއަދު ސަހީމް އައިހާ އަވަހަކަށް ކަލޭގެ ހުރި ނުބައި ކަމުގެ ވާހަކަ އަހަރެން ބުނާނަން….” އަހަރެން ސަމީހަށް އިންޒާރު ދިނުމުން އޭނަ ފެށީ ހޭންނެވެ. “ސަހީމަށް ސަލާމަތުން ގެއަށް އާދެވިގެންނެއްނު…” ސަމީހު މޫނުމަތިން އަހަރެންނަށް ފެނުނީ މަކަރުވެރި ކަމެވެ. އަހަރެންގެ ހިތް ނޭނގޭ ބާރު މިނެއްގައި ތެޅިގަތެވެ.

އެވަގުތު މަންމަ އަހަރެންނަށް ގޮވަމުން ޓެރަހާ ހަމައަށް އަންނަ އަޑު އިވުނެވެ. “ނަޢީމާ…ހޮސްޕިޓަލުން ގުޅައިފި…ސަހީމް އެބަ އޮތޯ އެނދުމަތި ކުރެވިފަ….ހާލު ވަރަށް ދެރަ ކަމަށްވެސް ބުނި….ހިނގާ ދާން އަވަހަށް…” މަންމަގެ އަޑުގައި ވީ ނުތަނަވަސް ކަމެވެ. އަހަރެންގެ ރުޅިވެރި ނަޒަރު އަމާޒުވީ ދުރުގައި ހެވިފައި ހުރި ސަމީހަށެވެ.

ޔަގީނެވެ. މިހުރިހާ ކަމެއްގެ ފަހަތުގައި ވަނީ ހަމަ ސަމީހުގެ އަތަވެ. އަހަރެން އަވަސްވެގަތީ ސަހީމް ކައިރިއަށް ދިއުމަށެވެެ. ހޮސްޕިޓަލަށް ވަދެވުމާއެކު ފުރަތަމަ ވެސް އަހަރެން ލޮލުގައި އަޅައިގަތީ ހާޝިދެވެ. އަހަރެން ހާޝިދު ކައިރިން ވެގެން އުޅެނީ ކީއްތޯ އޮޅުން ފިލުވީމެވެ.”އަހަރެންނަށް ވެސް އިނގުނީ އެ އޮފީހުގަ ސައި ހަދަން އުޅޭ މީހާ ގުޅާފަ ބުނީމަ…އޭނަ ބުނިގޮތުން ސަހީމް ހޯދަން މީހަކު ދިޔަ.. ދެން އެ ކެބިން އިން ޒުވާބު ކުރި އަޑު ވެސް އިވުނު…އެކަމު ސަހީމް އޮތީ ޑޫ ނޮޓް ޑިސްޓާބް ބޯޑު އަޅުވާފަ އޯ….އެހެންވެ ވަންނަން ނުކެރުނީ އޯ….ދެން އިވުނީ ބިއްލޫރި އެއްޗެއް ތަޅައިން ދިޔަ އަޑޯ….އެއާއެކު ބައްދަލު ކުރަން އައި މީހާވެސް ނުކުމެގެން ގޮއްސިއޯ ….އޭނަ އެތެރެއަށް ވަދެ ބެލިއިރު ސަހީމް އޮތީ ފުޅިތޮށިތައް މަތީ ހަބަރު ހުސްވެފަ އޯ ބުނީ…”

އަހަރެން ސަހީމްގެ ވާހަކަތައް އަޑުއަހަން ހުރިއިރު ލޭކެކިގެން ދިޔައެވެ.ސަމީހުގެ ނުބައިކަމުގެ ހައްދެއް ނެތްތާއެވެ. ރަހިމުގެ ގުޅުމަށް ނުބަލާ މީހަކު ހެޔޮ ވާނެ ހެއްޔެވެ؟ އެވަގުތު ފަޅާ ކޮޓަރިން ޑޮކްޓަރު ނުކުތެވެ. އެންމެންނަށް ތެދުވެވުނީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ.

“އައިމް ސޮރީ…ސަހީމް ސަލާމަތެއް ނުކުރެވުނު….މޫނުމައްޗައް ވެއްޓުމުގެ ސަބަބުން އޭގެ ފުޅިތޮށި ކޮޅެއް ސަހީމްގެ ކަރަށް ހެރި އެތަނުން ނާރެއް ހުރީ ކެނޑިފަ….” ޑޮކްޓަރާ ދިމާލަށް ބަލަން އަހަރެންނަށް ހުރެވުނީ އެންމެ ފުރަތަމަ ބުނި ބަސްތައް އެއީ ދޮގަކަށް ވާނޭ ކަމަށް ހިތާހިތުން ދުޢާ ކުރަމުންނެވެ.

ނަމަވެސް އޭނަ ފަސް އެނބުރި ދާން ހެދުމުން އަހަރެންނަށް އޭނަ ފައި މައްޗައް ވެއްޓި އާދޭސް ކުރެވުނީ ބޭއިޙްތިޔާރުގައެވެ. އަހަރެން އޭނަ ކައިރި ބުނީމެވެ. ސަހީމް މަރެއް ނުވާނެއެވެ. ސަހީމް އަހަރެން ދުލެއް ނުކުރާނެއެވެ.

ހާޝިދު އަހަރެން ތެދު ކޮށްފަ ގޮނޑިއެއްގައި ބެހެއްޓިއެވެ.”ކޮންމެ މީހަކީވެސް އެނބުރި އެކަލާނގެ ހަޞްރަތަށް ދާން ޖެހޭ މީހެއް….އެގޮތުން ސަހީމްވެސް ވަގުތު ޖެހުނީމަ ދިޔައީ….ނަޢީ ތީ ވަރަށް ހިތްވަރުގަދަ މީހެއްނު….ނައީ ރޮންޔާ ސަހީމް މާ ދެރަ ވާނެ…” ހާޝިދުގެ ވާހަކަތަކުން އަހަރެން ނަފްސު ހަމައަކަށް އަޅުވާލީމެެވެ.

އަހަރެން ގެއަށް ދިޔައީ އައިރީން ހޭލައިފި ކަމަށް ބުނުމުންނެވެ. ގެއަށް ވަދެވުމާއެކު އަހަރެން ފެނި ބައްޕަ ކޮބާހޭ ބުނެ އަހަރެން ގައިގާ ބައްދާލިއެވެ. އަހަރެން ހިތަށް ވަރަށް އަސަރު ކުރިއެވެ. ތުއްތު އައިރީން ކައިރި ބައްޕަ ދެން އެނބުރި ނާންނާނެއޭ ބުނާނީވެސް ކިހިނެއް ހެއްޔެވެ؟

“ސަހީމް ހާލު ކިހިނެއްތަ؟؟” ތުއްތު އައިރީން އުރާލި ތަނުން އަހަރެން ކަންފަތުގައި ޖެހުނީ ސަމީހުގެ އަޑެވެ. އަހަރެން ހަމައިން ނެއްޓުނެވެ. އިންސާނަކަށް ކެތްކުރެވޭނީ ވަކިވަރަކަށް ނޫންހެެއްޔެވެ؟ “ހައް…ވަރަށް އުފާ ވެއްޖެ ދޯ…ކަލޭ ހީކުރީ ސަހީމް މަރާލީމަ ކަލޭ ކައިރިއަށް ދާނެ ކަމަށް ތަ؟؟؟ އެހެން ކަމަށް ވަންޔާ ތިއުޅެވެނީ ކުށްހީ އެއްގެ ތެރޭ…އަހަރެން ތިފަދަ ނުލަފާ މުޑުދާރު މީހަކާ ދިމާލަށް ބަލައިލަންވެސް ފޫހި ވޭ….” އަހަރެންނަށް ވާހަކަ ދެއްކުނީ ވަރަށް ބާރަށެވެ.

އެހިނދު ގޭގެ މައިދޮރު ހުޅުވާ ސަހީމް މަންމަ އަދި ދައްތަގެ އިތުރުން ޅިޔަނު ވެސް ވަނެވެ. “ކިހިނެއްވެ ތަ މާ އަޑުގަދަ ވެގެން ތިއުޅެނީ..؟”މަންމަ އެއްފަހަރު އަހަރެންގެ މޫނަށް އަނެއް ފަހަރު ސަމީހުގެ މޫނަށް ބަލައިލިއެވެ. ދައްތަ އައިސް އައިރީން ނެގުމުން މަންމައަށް ޖަވާބުދާރީ ވުމުގެ ގޮތުން ބުނީމެވެ. “މިހުރި ގޮތްކުޑަ މީހާ ކައިރި އަހާބަލަ! މަންމަމެން ހީކުރާހާ ރަނގަޅު މީހެއް ނޫނޭ މީ!” “ނަޢީމާ…ތި ކިޔޭ ނުކިޔޭއެއް އެބަ އިނގޭތަ؟؟ އޭނަ އޭ މިގޭ ދޮށީ ފިރިހެން ދަރިއޭ!” މަންމަ އަޑުގައި ވީ ހިތްހަމަ ނުޖެހުމެވެ. އެހެނަސް އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ. އޭރު ސަމީހު އިސްދަށަށް ޖަހާލައިން ހުއްޓެވެ.

“އަހަރެން ނުބަލަން އޭނައޭ އަހަރެން ފިރިމީހާގެ ބޭބެ ކަމަކަށް….ބޭބެ އެއް ނަމަ އެހެން ކަންތަކެއް ނުކުރާނެ…އޭނަ ސަހީމް މަރާލީ…އަހާބަލަ މީ ދޮގެއްތޯ!” އަހަރެން ވާހަކަ މެދުކަނޑާލަން މަޖުބޫރުވީ މޫނުމައްޗައް އަރައިގަތް ހޫނު ދިލިއަކުންނެވެ. އިސްއުފުލާ ބަލައިލިއިރު މަންމަ ރުޅިވެރި ނަޒަރަކުން އަހަރެންނާ ދިމާލަށް ބަލަން ހުއްޓެވެ.”ހަބަރުދާރު! އިތުރަށް އެންމެ އެއްޗެއް ވެސް ބުނެގެން ނުވާނެ!” އަހަރެން ވަރަށް ދެރަވިއެވެ. އެކަކުވެސް އަހަރެން ދެއްކި ވާހަކަ ގަބޫލެއް ނުކުރިއެވެ. ސަމީހު ވަނީ އެހާވެސް މޮޅަށް އެންމެންގެ ލޮލުގައި އަނދުން އަޅުވާފައެވެ.

އަހަރެން މަންމަ މޫނަށް ދެވަނަ ފަހަރު ބަލައިލުމެއްވެސް ނެތި ކޮޓަރިއަށް ވަނީމެވެ. އެވަގުތުވެސް ސަހީމް ނެތުމުން ފަޅުކަން ވަރަށް ބޮޑަށް އަހަރެންނަށް އިހުސާސް ކުރެވުނެވެ.ނުފިލާ ރިހުމެއް ހިތުގައި ހަރުލާފައި ހުރި ފަދައެވެ. އަހަރެން ސަހީމްގެ ގާތިލު އެހެން މީހުން ކުރިމައްޗައް ގެންނާނީ ފަހެ ކިހިނެއް ހެއްޔެވެ؟ ފުލުހުން ބުނި ގޮތުގައި އެއޮފީހުގައި މަސައްކަތް ކުރި މީހާއަށް ސަމީހުގެ ފޮޓޯއެއް ދައްކާ ސަހީމާއި ބައްދަލު ކުރަން އެރޭ އެންމެ ފަހުން ވަނީ އޭނަހޭ އެހުމުން އޭނަ ނޫން ކަމަށް ބުންޏެވެ.

ދެން އިތުރަށް އަހަރެންނަށް ސަހީމާއި އިދިކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއް ވެސް ނެތެވެ. އެހެން ކަމުން އަހަރެން ނިންމީ އެއްކަމެއްވެސް ނުކޮށް ހުރުމަށެވެ. ސަބަބަކީ ގިޔާމަތް ދުވަހު އޭނައަށް އޭގެ އަޛާބު މާތްﷲ ދެއްވާނެތީއެވެ.

ސަހީމްގެ މަރަށްފަހު 4 މަސްދުވަސް ފާއިތުވިއެވެ.އެންމެން ހަމައަކަށް އެޅުނެވެ. ނަމަވެސް އަހަރެން ގޭ މީހުންނާ ވާހަކަ ދައްކަނީ ވަރަށް މަދުންނެވެ.

ޙުކުރު ދުވަހެއްގެ މެންދުރެވެ. އައިރީނަށް ކާންދޭން އަހަރެން އިނީ ކާގޭގައެވެ. އެވަގުތު މަންމަ އައިސް ޖެހިގެން އިން ގޮނޑީގައި އިށީނެވެ. “ދަރިފުޅާ މަންމަ ވަރަށް ބޮޑު ކަމަކު ބުނަން ވެގެން މިއައީ…” ބުނަން ނުބުނަން ކަހަލަ ގޮތަކަށް ހުރެ މަންމަ ބުންޏެވެ. އަހަރެންގެ ސަމާލުކަން މަންމައަށް ދިނީ ފުރުސަތު ދިނުމުގެ ގޮތުންނެވެ. “އަލުން ކައިވެންޏެއް ކުރަންވީނުން…އައިރީން ވެސް އަދި ކިހާ ކުޑަ….އެކުއްޖާއަށް ބޭނުންވާނެ ބައްޕައެއްގެ ލޯބި…” މަންމަގެ ވާހަކައިން އަހަރެންނަށް އިސްޖަހާލެވުނެވެ.ތެދެކެވެ. އެވަރުގެ ކުއްޖަކަށް އަދި ބައްޕައެއްގެ ލޯބި މުހިއްމެވެ. ނަމަވެސް އަހަރެންގެ ހިތުން ސަހީމް ނޫން ދެވަނަ މީހަކަށް ޖާގައެއް ނުދެވޭނެއެވެ.

ވަރަށް ވިސްނާފައި އައިރީނަށްޓަކައި ދެވަނަ ކައިވެންޏެއް ކުރަން އަހަރެން ނިންމީމެވެ.

–ނުނިމޭ–

Share Article

Follow Me Written By

Aufyy <3

Level 1100 Comments10 Stories

reading and writing stories is my hobby......<3

Other Articles

Previous

މިލްކު ކޮށްލީ ހިތޭ……18

Next

އެ ތޫފާނީ ރޭ (8)

Next
July 13, 2017

އެ ތޫފާނީ ރޭ (8)

Previews
July 12, 2017

މިލްކު ކޮށްލީ ހިތޭ……18

15 Comments!

  1. athoo says:
    July 13, 2017 at 2:44 am

    Alhey haadha lahey up vaaleh …. Ekam vex v loabi mi story keep it up

    1. kiaara says:
      July 13, 2017 at 5:51 am

      Sorry…thnk you…?

  2. §ama? says:
    July 13, 2017 at 5:25 am

    Oh❤❤

    1. kiaara says:
      July 13, 2017 at 5:52 am

      ?

  3. Psenhi says:
    July 13, 2017 at 5:52 am

    Hmm v inthixar kurevijje. Nice

    1. kiaara says:
      July 13, 2017 at 5:53 am

      Sorry late v ma…thnq?

    2. kiaara says:
      July 13, 2017 at 5:56 am

      Hey…ngey vr dissapoint vefa kann ves thibeyny but kiaa ge lap vx phn vx halaaku v ma mom ge phn use kohgn liyany??….ehnve i cant get time mom offihah dhaathy….i will try my best liyevey varakun up kohla dheyn….?

    3. Psenhi says:
      July 13, 2017 at 10:34 pm

      Thikurevuny kuh hee eh. Dissapoint vaavareh nuvey adhi he he. Liyevey varakun liyunyma rangalhuvane. 🙂

  4. khajja says:
    July 13, 2017 at 7:34 am

    Stry v rythi ekam thankolheh kury keekkuraany dhw??? naeemaa sameeh aa nugulhuvachchey plx eyge kurin sameehuge kanthah egeymyhunnah bust kollabala eynage angain plx when nxt prt avahah up kolladheveytho try kollabala plx❤❤❤❤??????

  5. Adha? says:
    July 13, 2017 at 8:45 am

    Its really nice..? next part thankolheh dhigu kohla dhehchey ingey..?waiting❤❤

  6. Ish says:
    July 13, 2017 at 10:56 am

    Nice?

  7. HARLEY quinn says:
    July 13, 2017 at 8:54 pm

    woowwn AMAZINGLY BEAUTIFUL !!!
    it keeps me waiting exellent work,
    cant wait to read another episode,
    luv ur work..

  8. who am i? says:
    July 14, 2017 at 5:19 am

    woow ?????
    vvv nyce ❣❣❣❣❣

  9. Hhh says:
    July 14, 2017 at 7:39 am

    Mi esfiyaga ulhey kudhinge phoanaa lapaa, comp varah halaaaku vaane ?????????
    Anyways vaahaka varah reethi…

  10. Moya naasira says:
    July 14, 2017 at 1:53 pm

    ?

Comments are closed.


All Right Reserved!