Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އައިކާ (11)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
August 29, 2017 6 Mins Read
78 Comments

“ގްރީން ލައިޓް!” ލަމްހާއަށް މަޑުމަޑުން ކިޔާލެވުނެވެ. ލަމްހާ ސުވާލެއް ކުރަން އުޅެނިކޮށް ޔޫޝައު އެކަން ހުއްޓުވުމަށްފަހު އިރުކޮޅަކު މަޑުކޮށްލުމަށް ބުނެލުމުން ލަމްހާއަށް ސުވާލުކުރާކަށް ނުކެރުނެވެ. ޔޫޝައު ގޭގެ ބެލް އަޅާލުމުން ގޭގެ ދޮރު ހުޅުވާލީ ސީދާ އައިކާއެވެ.

“ލަމް! މީ އައިކާ.. އައިކާ! މީ ލަމްހާ.. އަހަރެންގެ ވައިފް ..” ޔޫޝައު އެ ހުރިގޮތަށް ހުރެ ދެމީހުންނަށް ދެމީހުން ތަޢާރަފުކޮށްދިނެވެ. އައިކާ ހީލަމުން ސަލާމަށް އަތް ދިއްކޮށްލުމުން ލަމްހާވެސް ހީލަމުން ސަލާމްކޮށްލިއެވެ. ޔޫޝައުގެ އަންހެނުންނަކީ ނާޒް ނޫންކަން އެނގުމުން އައިކާގެ ހިތަށް ވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. ނާޒް ފެނުނު ދުވަހު އޭނާއަށް އެގޮތަށް ހީކުރެވުނު ނަމަވެސް އޭނާ ޔޫޝައުއާ އެސުވާލެއް ނުކުރެއެވެ. އަދި އޭނާ އުޅުނީ އޭނާއަށް އެފަދަ ގޮތަކަށް ވިސްނުނުކަން ޔޫޝައުއަށް ޝައްކުވެސް ނުވާނެހެންނެވެ.

“އާދޭ އެތެރެއަށް..” ދޮރު ތަންކޮޅެއް ބޮޑަށް ހުޅުވާލަމުން އައިކާ އެމީހުން ވަންނަން ތަން ދެއްކިއެވެ. ޔޫޝައުގެ ފަހަތުން އެތެރެއަށް ވަތް ލަމްހާ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. މުއްސަނދިވެފައި ބޮޑު ނޫނަސް އާދައިގެ ތަނަކަށްވުރެ ތަނަވަހެވެ.

“ކޮބާ މިހާރު މިއޮތީ ލަމްއާވެސް ބައްދަލުވެވިފައެއްނު.. ދެން ކުރިއަށް ގެންދޭ.. އަހަރެން އިންނާނަން އަޑުއަހަން..” ސަމާސާ ރާގެއްގައި ޔޫޝައު އެހެން ބުނެލުމުން ލަމްހާއާއި އައިކާއަށް އެއްފަހަރާ ހެވުނެވެ. ދެމީހުން އެކިއެކި ވާހަކައިގައި ތިބެފައި ދިހައެއް ޖެހުމުން ގެއަށް ދިޔައީ އައިކާމެން ގެއިން ކައިގެންނެވެ.

އެދުވަހަށްފަހު ލަމްހާ ދޭތެރެ ދޭތެރެއިން އައިކާ ގާތަށް އައިސް ހަދައެވެ. ދެމީހުންގެ އެކުވެރިކަން ދުވަހަކަށްވުރެ ދުވަހެއް ބަދަހިވަމުން ދާއިރު އެއީ މުސްތަޤުބަލުގައި އެކެއްގެ ދެއަނބިންނަށް ވެދާނެއެކޭ ހިއެއްނުވެއެވެ. އެދެމީހުންގެ މެދުގައި އިތުބާރާއި ކުލުނު އުފެދިގެން ދިޔައީ އެދެމީހުންގެ މިޒާޖުގައި ހުރި އެއްގޮތްކަމެއްގެ ސަބަބުންނެވެ. ޔޫޝައުވެސް ހުންނަނީ މިކަމާ ނުހަނު އުފަލުންނެވެ.

ދުވަސްތައް ފާއިތުވަމުންދެއެވެ. މާޒް ދުނިޔޭގެ ލޯމައްޗަށް އުފާވެރިކަން ދައްކައިގެން އުޅެމުން ދިޔަނަމަވެސް އޭނާގެ ހިތްވަނީ ހަލާކުވެފައެވެ. އައިކާ މާލެ ދިޔަފަހުން އޭނާއާ އެންމެ ފަހަރަކުވެސް ގުޅާނުލައެވެ. ހާލު ބަލާލަންވެސް ގުޅަން ޖެހެނީ އޭނާއަށެވެ. ގުޅާ ގިނަ ފަހަރު ފަހަރު ފޯނު ނުނަގާތީ އައިކާއާ ދިމާވާގޮތެއް ނުވެއެވެ. މިކަމުން މާޒްއަށް ބަޔާންކުރަން ދަތި ހިތްދަތިކަމެއް ލިބެއެވެ.

ދޭތެރެ ދޭތެރެއިން ލިހާމްގެ މަލާމާތުގެ ބަސްތަކާއި ކުރިމަތިލާން ޖެހުނަސް އޭނާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. އެއްޗެކޭ ބުނެގެން ލިހާމްގެ ހިތުގައި އޭނާގެ އާއިލާއަށްޓަކައިވާ ނަފުރަތުގެ އަލިފާނަށް ދަރު އަޅަން ބޭނުންނުވާތީއެވެ. އަދި އޭނާ ލިހާމްއަށް ކިތަންމެ ވަރަކަށް ރައްދު ދިނަސް ލިހާމްގެ އެ މަލާމާތާއި ފުރައްސާރައަށް ހުއްޓުމެއް ނާންނާނެކަން އެނގޭތީއެވެ. އޭނާ ހުންނަނީ ލިހާމްގެ އައިލާ މީހަކަށް ދެރައެއް ލިބޭނެ ވަގުތަކަށް އިންތިޒާރު ކޮށްކޮށެވެ. އެންމެ ސަބަބަކަށްޓަކައެވެ. މާޒްގެ މަރުޙޫމް ކާފަގެ ސިހުރެއްގެ ސަބަބުން ލިހާމްގެ ބޮޑުދައިތަގެ ދިރިއުޅުން ހަލާކުވީތީއެވެ.

“ރަމްޒިއްޔާ! އަހަރެންނަށް ފެންނަނީ ދެން މިވާހަކަ ދައްކަން.. އަހަރެންނަށް މިވާހަކަ ނުބުނެވިގެން މިހާރު ހަމަނިދި ނުލިބޭތާ ދުވަސްގަނޑެއް ވެއްޖެ.. އަހަރެން ބޭނުމެއްނޫން އޮޅުވާލައިގެން އެއްވެސް މީހެއްގެ ލޯތްބެއް.. ހަޤީޤަތް އެނގިހުރެ ވާލޯބީގެ ބާރު މާ ގަދަވާނެ..” މަންސޫރު އެހެން ބުނެލުމުން ރަމްޒިއްޔާ ވިސްނާލިއެވެ. މާޒް ގާތުގައި އެވާހަކަ ހަމަ ދައްކަންވީބާއެވެ. އެވާހަކަ ދެއްކުމުން މާޒް އެމީހުންނާމެދު ދެކޭގޮތް ބަދަލުވެދާނެބާއެވެ.

“ރަމްޒިއްޔާ! ކީއްވެ އެއްޗެކޭ ނުބުނީ؟”

“މި ވިސްނާލީ.. ހިތަށް މި އަރަނީ އެކަން އެނގުނީމަ އޭނަގެ ހިތް ބަދަލުވެދާނެއޭ.. ހިތްހަމަނުޖެހިވެސްދާނެ..” ރަމްޒިއްޔާ އެހެން ބުނެލުމުން މަންސޫރުވެސް އެކަމާ އެއްބަސްވިއެވެ.

“އާނ.. ތިހެންވެސް ވެދާނެ .. އެކަމަކު އަހަރެންގެ މައްސަލައެއް ނެތް.. އަހަރެންނަކަށް އިތުރަށް މިކަން ސިއްރުކޮށްގެންނެއް ނުހުރެވޭނެ.. މާޒް މިހާރު ހިތްހަމަނުޖެހުނަސް އޭނައަށް ވިސްނުނީމަ ފަހުން ރަނގަޅުވާނެ..” މަންސޫރު އޭނާގެ ހިތް ބުނާ ގޮތަށް ވާހަކަތައް އަތުރާލިއެވެ.

“އެންމެ ރަނގަޅު..” ރަމްޒިއްޔާ އެހެން ބުނެލިތަނާ މާޒް އައިސް ގެއަށް ވަނެވެ. މާޒް ސިޓިންގރޫމުގައި މަޑުވެސްކޮށްނުލާ އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

“ދަރިފުޅާ މާޒް! އާދެބަލަ..” ރަމްޒިއްޔާ ގޮވާލުމުން މާޒް ކޮޓަރިއަށް ވަނުމުގެ ބަދަލުގައި އައިސް ސޯފާގައި އިށީނެވެ. އޭރު މަންސޫރުވެސް ސޯފާގައި އިނީ އެމީހުންގެ އާއިލާގައިވާ ބޮޑު ސިއްރު ހާމަކުރަން ތައްޔާރުވެގެންނެވެ. އެކަމުގެ ސަބަބުން އޭނާއަށް ކޮންމެ ގޮތެއް ވިޔަސް އިތުރަށް އޭނާއަށް އެކަން ސިއްރުކޮށްގެން ހުރެވޭކަށް ނެތެވެ. އެކަމުން އޭނާގެ ހިތަށް ދަތިކަން ލިބޭތީއެވެ.

“މަންމާ! ކިހިނެއްވީ؟ ކަމެއް ގޯސްވީތަ؟” މަންސޫރުއާއި ރަމްޒިއްޔާގެ މޫނުމަތިން ފެންނަ ކުލަވަރުތަކުން މާޒްއަށް އަހާލެވުނެވެ. ރަމްޒިއްޔާ ބޯހޫރާލިއެވެ. މަންސޫރު އިނީ މާޒްއަށް ހަޤީޤަތް އެނގުމުން ވާނެގޮތެއް ނޭނގި ފިނިވެފައެވެ.

“ކަމެއް ް ގޯސްވީކީ ނޫން.. ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން..” ރަމްޒިއްޔާ އެހެން ބުނެލުމުން މާޒް ހައިރާންވިއެވެ. މަންމަމެން އޭނާ ގާތުގައި ދައްކަންޖެހޭ އެވަރުގެ ބޮޑު ވާހަކައަކީ ކޮބައިބާއޭ އޭނާގެ ހިތަށްއެރިއެވެ. ތަންކޮޅެއް ކުރިން އެއްދުވަހަކު މަންސޫރުވެސް އޭނާ ގާތުގައި ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުންވާ ވާހަކަ ބުނިކަން އޭނާ ހަނދާންވިއެވެ. އަދި އެވާހަކަ ދެއްކޭނީ ރަމްޒިއްޔާވެސް އިނދެގެން ކަމަށް މަންސޫރު އެދުވަހު ބުންޏެވެ. އެހެންކަމުން މަންމަ ދައްކަން އެއުޅޭ ވާހަކައަކީ އެދުވަހު މަންސޫރުވެސް އެބުނި ވާހަކަކަން އޭނާއަށް ޔަޤީނާއި ގާތަށް ހީވިއެވެ.

“ކޮން ވާހަކައެއްތަ މަންމާ؟” ކެތްމަދުވެފައިވާ ރާގަކަށް މާޒްއަށް އަހާލެވުނެވެ.

“މީ މިހާތަނަށް ދަރިފުޅަށް ސިއްރުކުރެވިފައި އޮތް ހަޤީޤަތެއް.. ފަހަރެއްގަ މިވާހަކަ ދެއްކީމަ ދަރިފުޅު މަންމަމެންނާ ދޭތެރޭ ގޯސް ގޮތަކަށްވެސް ވިސްނަފާނެ.. އަދި ހިތްހަމަވެސް ނުޖެހިދާނެ.. އެކަމަކުވެސް މީ ދަރިފުޅަށް ކޮންމެހެންވެސް އެނގެންޖެހޭ ވާހަކައެއްކަމަށް ޤަބޫލުކުރާތީ މިވާހަކަ ބުނަން މިއުޅެނީ.. މިވާހަކަ ބުނީމަ ދަރިފުޅު ހިތްހަމަނުޖެހުނަސް މަންމަމެންނަށް މާފްކުރާނެކަމަށް މަންމަމެން އުއްމީދުކުރަން..” ރަމްޒިއްޔާ އޭނާ ދައްކަން އުޅޭ ވާހަކައިގެ ބޮޑުކަން މާޒްއަށް ބުނެދިނެވެ. މާޒް ބޯޖަހާލީ ވާހަކަ ކުރިއަށް ގެންދާށޭ ބުނާފަދަ ގޮތަކަށެވެ.

“ދަރިފުޅާ! މަންމައަށް މާފްކޮށްދޭތި މިހާ ދުވަހު މިކަން ސިއްރުކުރެވުނީތީ.. މީ.. މީ.. ދަރިފުޅުގެ އަސްލު ބައްޕައެއް ނޫން.. ދަރިފުޅުގެ އަސްލު ބައްޕަ މިދުނިޔޭގަ ނެތްތާ އެތައް ދުވަހެއް ވެއްޖެ..” ރަމްޒިއްޔާއަށް އެވާހަކަ ބުނަން އުނދަގޫވިއެވެ. ނަމަވެސް ވަރަށް ހިތްވަރުކޮށްފައި އެހެން ބުނެލުމާއެކު މުޅިތަނުގައި ހީވީ ބޮމެއް ގޮވިހެންނެވެ. މާޒް އިނީ ކުއްލިއަކަށް އިވުނު ޚަބަރުން ޝޮކެއް ލިބިފައެވެ. މާޒް ގަބު އަރާފައި އިންދާ ރަމްޒިއްޔާ މާޒްގެ ކޮނޑުގައި ހިފާ މަޑުމަޑުން ތަޅުވާލުމުން މާޒް ސިހުނެވެ.

“ނޫން.. ތީ ދޮގެއް.. އަހަރެން ތިވާހަކަ ޤަބޫލެއް ނުކުރާނަން.. ނޫންނަމަ މިހުރިހާ ދުވަސްވީއިރު ކޮންމެވެސް މީހެއްގެ ފަރާތުން އަހަރެންނަށް ތިކަން އެނގުނީސް..” މާޒްއަށް އެވާހަކަ ޤަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. ނަމަވެސް އެހެންވެސް އެބުނީ އޭނާގެ މަންމަގެ ދުލުން ވިއްޔާއެވެ. މަންމަ ބުންޏަސް އެވާހަކަ އޭނާއަށް ޤަބޫލުކުރެވޭނީ ކިހިނެއް ހެއްޔެވެ؟ މަންސޫރުއަކީ އޭނާގެ ދޮންބައްޕަ ކަމަށް އޭނާއަށް ޤަބޫލުކުރެވޭނެ ހެއްޔެވެ؟ މަންސޫރުގެ ފަރާތުން ބަފައެއްގެ ފުރިހަމަ ލޯބި އޭނާއަށް ލިބުނެވެ. މިހާތަނަށް މީހުން ދައްކާ ވާހަކައިންނާ ފެންނަ މަންޒަރުތަކުން އޭނާއަށް އަބަދުވެސް ފެންނަނީ ދޮންމަންމައިންނާއި ދޮންބައްޕައިންގެ ނުބައި ނުލަފާކަމެވެ. ވީއިރު މަންސޫރުގެ ކިބައިން އެފަދަ ކަމެއް ނުފެނުމުން އެކަން ޤަބޫލުކުރެވޭނެ ހެއްޔެވެ؟

“ނޫން ދަރިފުޅާ.. މީ ދޮގެއް ނޫން.. އޮޅުވާލުމެއްވެސް ނޫން.. މީ ތެދެއް، ހަޤީޤަތެއް..” މަންސޫރު ޔަޤީންކަން ދިނެވެ.

“ދެން ކީއްވެ މިހުރިހާ ދުވަހު ތިކަން އަހަރެންނަށް ސިއްރުކުރީ؟ ކީއްވެ އެއްވެސް މީހެއްގެ ފަރާތުން އަހަރެންގެ ހަޤީޤީ ބައްޕައަކީ ތީ ނޫންކަން އެނގޭނެ ކަހަލަ އެއްވެސް އިޝާރާތެއް ނުލިބުނީ؟” މާޒްގެ ހިތުގައި އުފެދިފައިވާ ޝަކުވާ ބޭރުކޮށްލިއެވެ.

“މަންމަމެން ދަރިފުޅު ގާތު އެވާހަކަ ނުބުނީ ދަރިފުޅު އޭރު ކުޑަވީމަ.. ކަންކަމާ ރަނގަޅަށް ނުވިސްނޭނެތީ.. ދަރިފުޅަށް ކަންކަން ވިސްނޭވަރަށް ބޮޑުވީމަ މިވާހަކަ ބުނަން މަންމަ ބޭނުންވީ .. އެއީވެސް ދަރިފުޅަށް ރަނގަޅަކަށް.. އެހެންނޫނީ ދަރިފުޅުގެ ކިޔެވުންވެސް ހަލާކުވީސް.. އެހެންވާން މަންމަ ބޭނުންނުވީ.. އަދި އެހެން ސަބަބެއްވެސް އެބައޮތް.. މަންމަ އެވާހަކަ ބުނީމަ ދަރިފުޅުގެ ހިތުގަ އެތައް ސުވާލެއް އުފެދޭނެކަން މަންމައަށް އެނގޭ.. ދަރިފުޅުގެ ބައްޕައާ ބެހޭގޮތުން ދަރިފުޅު މީހުންނާ ސުވާލުކުރާނެކަން މަންމައަށް އެނގޭ.. އެދުވަހަކުން އެމީހުންގެ ވާހަކަތަކުން ދަރިފުޅުގެ ހިތް ބައްޕައާމެދު ކިލަނބުވާނެ.. އެހެން އެކަން ވާންވެސް މަންމަ ބޭނުންނުވީ..” ރަމްޒިއްޔާ އޮޅުންފިލުވައިދިނެވެ. ރަމްޒިއްޔާގެ ވާހަކަ ނިންމާލީ މާޒް ސުވާލެއްގެ ތެރެއަށް ގަންބާލަމުންނެވެ. މީހުން ބައްޕައާމެދު ދައްކާ ވާހަކަތަކުން އޭނާގެ ހިތް ބައްޕައާމެދު ކިލަނބުވާނެކަމަށް މަންމަ އެބުނީ ކީއްވެ ހެއްޔެވެ؟

“އެކީއްވެ މީހުން ދައްކާ ވާހަކައަކުން ބައްޕައާމެދު އަހަރެންގެ ހިތް ގޯސްވާންވީ؟ ބައްޕައަކީ އެހާ ނުބައި މީހަކީތަ؟” މާޒް އޮޅުންފިލުވަން ބޭނުންވިއެވެ.

“ދެން އެވާހަކަ ނުދައްކާ.. މިހާރު އެވާހަކަ ދައްކައިގެން ދަރިފުޅުގެ ހިތް ބައްޕައަށްޓަކައި ކިލަނބުކުރާކަށް މަންމަ ބޭނުމެއްނޫން.. ދަރިފުޅު ގާތު މަންމަ ބުނަން ބޭނުންވާ ވާހަކައަކީ މިހުރިހާ ކަމެއްވެސް ކުރީ ހަމަ ދަރިފުޅުގެ މުސްތަޤުބަލަށް ވިސްނާފައޭ.. ދެން ދަރިފުޅަށް އެނގޭނީ ހަދާނެގޮތެއް.. މަންމަމެން މިކުރީ ކުށެއްކަމަށް ދަރިފުޅު ޤަބޫލުކުރާނަމަ މަންމަމެންނަށް މާފްކޮށްދޭނެކަމަށް އުއްމީދުކުރަން..” ރަމްޒިއްޔާ އެހެން ބުނެލުމަށްފަހު އެތާ މަޑުކޮށްލުމެއްވެސްނެތި ކޮޓަރިއަށް ދާން ހިނގައިގަތެވެ. މާޒް ދެފަހަރަކު ގޮވާލުމުންވެސް ރަމްޒިއްޔާ މަޑެއް ނުކުރިއެވެ . ދެން މާޒް ބަލާލީ މަންސޫރުއަށެވެ. އޭނާ މަންސޫރުގެ ފަރާތުން އެސުވާލުގެ ޖަވާބަކަށް އިންތިޒާރުކުރާފަދައެވެ. ނަމަވެސް މަންސޫރުވެސް އެސުވާލުގެ ޖަވާބު ދޭކަށް ނޫޅުނެވެ.

“ބައްޕައަށް މާފްކުރޭ.. ތިކުރާ ސުވާލުގެ ޖަވާބު ދެވޭކަށް ބައްޕައަކަށް ނެތް..” އެހެން ބުނެލުމަށްފަހު މަންސޫރުވެސް ގޮސް ކޮޓަރިއަށް ވަނެވެ. މަންސޫރުއާއި ރަމްޒިއްޔާ ކޮޓަރިއަށް ވަނުމުން މާޒް ކޮޓަރިއަށް ވަނުމުގެ ބަދަލުގައި އަނެއްކާވެސް ނުކުތީ ބޭރަށެވެ . ވަކި މިސްރާބެއްނެތި ހިނގަމުންދިޔަ މާޒްގެ ސިކުނޑި ވަނީ ހާސްވެފައެވެ. އޭނާގެ ބަދުނަސީބުކަމާމެދު ހިތްވަނީ ޝަކުވާއިން ފުރިފައެވެ. ފުރަތަމަ އޭނާގެ ލޯބި އޭނާގެ އަތުން ބީވެ ދިޔައީއެވެ. އެކަމާ އޭނާ އައީ އެތައް ހިތްވަރަކުން ކެތްކުރަމުންނެވެ. ދެން ހާމަވީ އެއަށްވުރެ ބޮޑު ހަޤީޤަތެކެވެ. މަންސޫރުގެ ފަރާތުން އޭނާއަށް ބައްޕައެއްގެ ލޯބި ލިބުނުނަމަވެސް މިހުރިހާ ދުވަސްވަންދެން އޭނާގެ ބައްޕަ ކަމުގައި ހީކުރި މީހަކީ އޭނާގެ ބައްޕަ ނޫނެވެ. މިހާރު އޭނާގެ ހިތްވަނީ ނާއުއްމީދުވެފައެވެ. މިހާރު އޭނާގެ ހިތުގައި ހުރިހާ މީހުންނާމެދުވެސް ވަނީ ޝައްކު އުފެދިފައެވެ. މިރޭ މި އެނގުނު ހަޤީޤަތުގެ ސަބަބުން ރަމްޒިއްޔާއަކީ އޭނާގެ މަންމަ ކަމާމެދުވެސް އޭނާއަށް ޝައްކުވެއްޖެއެވެ. ޝައްކުކުރުމަކީ ރަނގަޅު ގޮތެއް ނޫންކަން އެނގިހުރެވެސް އޭނާގެ ހިތާއި ސިކުނޑިން އެޚިޔާލު ފޮހެލެވޭގޮތެއް ނުވިއެވެ .

އަތިރިމައްޗަށް ނުކުމެވުމުން ހަށިގަނޑުގައި ބީހެން ފެށި ފިނިފިނި ވައިރޯޅިތަކުންވެސް މިރޭ މާޒްއަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެއިން ލިބެންވާ ތަސައްލީ އިހުސާސްކުރެވޭވަރަށްވުރެ އޭނާގެ ހިތުގެ ހައިޖާންގަނޑު ބޮޑެވެ. މަންމަ އޭނާގެ އެންމެ ސުވާލަކަށް ޖަވާބުނުދޭން އުޅޭ ސަބަބަކާއިމެދު އޭނާއަށް ވިސްނެނީއެވެ. އެސުވާލުގެ ޖަވާބު އޭނާ ކޮންމެހެންވެސް ބޭނުމެވެ. އޭނާގެ ބައްޕަ މިދުނިޔެ ދޫކުރަން މެދުވެރިވި ސަބަބެވެ. އޭނާގެ މަންމަ އެވާހަކަ ނުދައްކަން އުޅުމުން އޭނާއަށް ދޭހަވަނީ އެ މަރުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރެއް ވާކަމެވެ. އޭނާ އެކަން ހޯދަން ހަދާނީ ކިހިނެއް ހެއްޔެވެ؟ ކޮންމެގޮތެއް ވިޔަސް މަންމަގެ ފަރާތުން ޖަވާބެއް ނުލިބޭނެކަން އޭނާއަށް ޔަޤީންވެއެވެ. މަންސޫރުގެ ފަރާތުން ޖަވާބެއް ހޯދަން އުޅުމުގެ ބޭނުމެއްނެތެވެ. މަންސޫރު އެވަނީ އެސުވާލުގެ ޖަވާބު ނުދޭނެކަމަށް ފާޅުގައި ބުނެފައެވެ espanolviagra.net. ވީއިރު އޭނާ އެސުވާލުގެ ޖަވާބު ހޯދާނީ ކާކުގެ ގާތުން ހެއްޔެވެ؟ އެވަގުތު އޭނާގެ ހަނދާނަށް އައީ ސަނާއެވެ. ސަނާ ގާތު އެހުމުން އޭނާއަށް އެސުވާލުގެ ޖަވާބު ލިބިދާނެއެވެ. ސަނާ އޭނާ އެދޭ ކަމަކަށް ނޫނެކޭ ނުބުނާނެކަން އޭނާއަށް ޔަޤީންވެއެވެ. އެހެން ހިތަށްއެރުމާއެކު ދެލޯ ފޮހެލަމުން މާޒް ތެދުވެ ސަނާގެ ގެއަށް ދިއުމަށް ހިނގައިގަތެވެ.

މާޒް ދިޔައިރު ސަނާ އިނީ އުނދޯލީގައި ފޯއް ކޮށާށެވެ. ކައިރީގައި ނާޒިމްވެސް އިނެވެ. ނަމަވެސް މާޒް ފަސްޖެހޭކަށް ބޭނުމެއްނުވިއެވެ. އޭނާ ވަދެގެން އައިސް ވަކި ހިސާބަކަށް އެރިތަނާ ސަނާއަށް އޭނާ ފެނުނެވެ. މާޒް ހުރިގޮތް ފެނުމުންވެސް ސަނާއަށް ކަމެއް ގޯސްވެއްޖެކަން ދެނެގަނެވުނެވެ. އޭނާ މާޒްގެ ގާތަށް ގޮސް ފަރުވާތެރިކަމާއެކު މާޒްގެ މޫނަށް ބަލާލިއެވެ. އެދެލޯ ކަރުނުން ފުރެމުން ދިޔަތަން އޭނާއަށް ކިތަންމެ ރަނގަޅަކަށްވެސް ފެނުނެވެ.

“މާޒް! ކިހިނެއްވީ؟” ސަނާއަށް އެހެން އަހާލެވުމާއެކު މާޒް އޭނާގެ ގައިގައި އޮޅުލައިގެންފައި ރޯން ފެށިއެވެ. އެއަޑުގައިވީ އަސަރަކުން ސަނާގެ ހިތަށްވެސް އަސަރުކުރިއެވެ. ވީގޮތެއްވެސް ނުބުނެ މާޒް ކުއްލިއަކަށް އެގޮތަށް ރޯން ފެށުމުން ސަނާ ނުހަނު ކަންބޮޑުވިއެވެ. މާޒްއަކީ ނުލާހިކު ހިތްވަރުގަދަ ކުއްޖެއްކަން ސަނާއަށް އެނގެއެވެ. ވީއިރު އެގޮތަށް މާޒް ރޯނީ ވަރަށް ބޮޑު ކަމެއް ވުމުންކަން ސަނާއަށް އެނގެއެވެ. އަނެއްކާ ރަމްޒިއްޔާއަށް ކަމެއްވީބާއޭ ސަނާގެ ހިތަށްއެރިއެވެ .

“މާޒް! ކިހިނެއްވީތަ؟ ހުއްޓާލާފަ ބުނެބަލަ ވީގޮތެއް.. މަންމައަށް ކަމެއްވީތަ؟ ނޫނީ ބައްޕައަށް ކަމެއްވީތަ؟” ސަނާ އެހެން ބުނެލިތަނާ ކުއްލިއަކަށް މާޒް ސަނާގެ ގައިން ދޫކޮށްލިއެވެ. ސަނާ ހުރީ މާޒް ކުއްލިއަކަށް މި އުޅެންފެށި ގޮތަކުން ހައިރާންވެ ވާނުވާ ނޭނގިފައެވެ. އަނެއްކާ މާޒްގެ ޠަބީއަތު ރަނގަޅުބާއޭވެސް އޭނާގެ ހިތަށްއެރިއެވެ.

“އެއީ އަހަރެންގެ ބައްޕައެއް ނޫން.. ދޮންބައްޕަ.. އަހަރެންގެ ބައްޕަ މިދުނިޔެއަކު ނެތް..” ކުއްލިއަކަށް މާޒް އެހެން ބުނެލުމުން ސަނާއަށް ނާޒިމްއާ ދިމާއަށް ބަލާލެވުނެވެ tienda. މާޒްއަށް މި އައިސްގެން އުޅޭ ބަދަލުގެ އަސްލު އެދެމީހުންނަށް ދެނެގަނެވިއްޖެއެވެ . މާޒްއަށް މިއޮއް ހުރިހާ ދުވަހު ސިއްރުކޮށްފައި އޮތް ކަންތައް އެނގުނީއެވެ. އެކަމަކު މާޒް ގާތުގައި އެވާހަކަ ދެއްކީ ކާކު ހެއްޔޭ ސަނާގެ ހިތަށްއެރިއެވެ.

“މާޒް ރަނގަޅުތަ؟ ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟ ކާކު ދެއްކި ވާހަކައެއް ތީ؟” މާޒްގެ އަތުގައި ހިފަހައްޓާލަމުން ނާޒިމް އަހާލިއެވެ.

“އަހަރެންނަކަށް އެއްވެސް ގޮތެއްނުވޭ.. އަހަރެން މި ދައްކަނީ ހަމަ ރަނގަޅު ވާހަކައެއް.. ދުރު މީހެއްނޫން އަހަރެން ގާތު މިވާހަކަ ބުނީ .. މަންމައާ ދޮންބައްޕަ ތިބެގެން މިވާހަކަ ބުނީ..” މާޒް އެހެން ބުނެލުމުން ސަނާއަށް ހައިރާންވެފައި ނާޒިމްއަށް ބަލާލެވުނެވެ. ރަމްޒިއްޔާ މާޒް ގާތުގައި އެވާހަކަ ބުނެފާނެކަމަކަށް އޭނާއަށް ހީކުރެވިފައެއްވެސް ނެތެވެ.

“އަހަރެންނަށް އެނގޭ ސަނާއްތައާ ނާޒިމްބެއަށް މިކަމުގެ ހަޤީޤަތް އެނގޭނެކަން.. އެހެންވެ މިއައީ..”

“ކީއްކުރަން؟ މިހާރު ތިކަން ތިއޮތީ އެނގިފައެއްނު ..” ނާޒިމްވެސް އެވާހަކަ މާބޮޑަށް ދައްކާކަށް ބޭނުމެއްނުވިއެވެ.

“އަދި ނޭނގޭ ކަންތައްތަކެއް އެބަހުރި.. އެހެންވެ މިއައީ.. މަންމަ ގާތު އެހީމަ އެސުވާލުތަކުގެ ޖަވާބެއް ނުލިބުނު.. އަހަރެންނަށް ސަނާއްތައާ ނާޒިމްބެއާ ދޭތެރޭ އޮތް ޔަޤީންކަމެއްގެ ބޮޑުކަމުން މިއައީ..” މާޒް އޭނާ އައި ބޭނުން އޮޅުންފިލުވައިދިނެވެ.

“ކޮން އެއްޗެއް އެނގެން ބޭނުންވަނީ؟” ސަނާ އަހާލިއެވެ.

“އަހަރެން އެނގެން ބޭނުންވަނީ ބައްޕަ މަރުވާން ދިމާވި ގޮތް..”

“ކޮންމެ މީހެއްގެވެސް އަޖަލު ހަމަވުމުން މިދުނިޔެ ދޫކޮށް ދާންޖެހޭނެ.. މާޒްގެ ބައްޕައަށްވެސްވީ އެހެން..” ސަނާ އެއްޗެކޭ ބުނަން އުޅެނިކޮށް ނާޒިމް ބުންޏެވެ.

“އެންމެ ރަނގަޅު.. އަހަރެން ދަނީ.. އަހަރެން މިގެއަށް އައީ ވަރަށް އުއްމީދާއެކު.. އަހަރެންގެ ސުވާލުތަކަށް ޖަވާބު ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަމާއެކު.. އެކަމަކު މިގެއިންވެސް މި ދާންޖެހުނީ ހުސްއަތާ.. އެއްވެސް ސުވާލެއްގެ ޖަވާބެއް ނުލިބި.. އަހަރެންނަށް މިހާރު އިހުސާސްކުރެވޭ އަހަރެންނަކީ ބޭކާރު މީހެއްކަން.. އެންމެނަށްވެސް އަހަރެންނާހެދި ވަނީ އުނދަގޫ.. އެއްވެސް މީހަކު އަހަރެންނަށް ހަޤީޤަތް އޮޅުންފިލުވައިދޭން ބޭނުންނުވާކަން މިރޭ އަހަރެންނަށް އެނގިއްޖެ.. އެންމެންވެސް ބޭނުންވަނީ އަހަރެން އަބަދުގެ އަބަދަށް މި އޮޅުންބޮޅުން ތެރޭ ހުންނަން.. ދެން އަހަރެން މިކަން އޮޅުންފިލުވާކަށްވެސް ނޫޅޭނަން.. އަހަރެންގެ ފަރާތުން ސަނާއްތަމެންނަށް އެއްވެސް އުނދަގުލެއްވެފަ ވާނަމަ މާފަށް އެދެން.. ދެން ދަނީ.. ހިތްހެޔޮކުރާތި!” މާޒް އެހެން ބުނެލުމަށްފަހު މަޑުކޮށްލުމެއްވެސްނެތި ބާރުބާރަށް ގޮސް ގެއިން ނުކުތެވެ. ސަނާ ދެފަހަރަކު ގޮވާލުމުންވެސް މާޒްއަށް އެއަޑު އިވުނުކަމަކަށް ނުހެދިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ގޮއްޔެ (ބާބު2) ހަވަނަ ބައި

Next

ވިންދު ލޯބިން ޖެހި ހިތެއްގައި (4)

Next
August 30, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (4)

Previews
August 29, 2017

ގޮއްޔެ (ބާބު2) ހަވަނަ ބައި

78 Comments!

  1. Saandy says:
    August 29, 2017 at 3:39 pm

    Assalaam A’laikum!! Miothy “AIKAA” vaahakaige 11 vana bai.. Mi dhedhuvahu v bixykoh mi ulheny.. En’gey mibai kurukanves.. Ekam up nukurevi maa lasvaathy liyevifa oiy bai mi up kolly.. Next part v 2 dhuvaheh therey up kolladheynan.. Ummeedhu kuran inthizaaru kuraane kamah.. Hurihaa kudhinnahves baajjaveri dhuvahakah edhen.. Love u all 🙂

  2. Dumb big liar says:
    August 29, 2017 at 3:49 pm

    Bahanaa bahanaaa. Reyga up kohdheynamey buni part miothy miadhuge mendhuru fahu up kohdhyfa.. So disappointed in you saandaa?

    1. someone says:
      August 30, 2017 at 8:23 am

      u cant say anythin like that to another person. when u dont really know sandy’s situation

    2. Dumb big liar says:
      August 30, 2017 at 8:31 am

      Tell me his situation if you know that much

    3. Abbe says:
      September 4, 2017 at 6:07 pm

      Thihaa shakuvaa gina vaakah nuvaane.. Eyna ah v varakun eba update kohdhe ehnu

    4. Saandy says:
      September 5, 2017 at 12:28 am

      @Dumb big liar Kameh dhimaa vaany bunefaeh noon.. Asluves v bixykoh mi ulheny.. Sorry for disappointing u 🙂

  3. Maii says:
    August 29, 2017 at 3:54 pm

    Masha Allah v nice…

    1. Saandy says:
      September 5, 2017 at 12:28 am

      ThanQ Maii 🙂

  4. Lisa says:
    August 29, 2017 at 3:56 pm

    Me first dhw… yey Vara nice mi part vx waiting for next ??

    1. Saandy says:
      September 5, 2017 at 12:34 am

      ThanQ Lisa 🙂

  5. Any says:
    August 29, 2017 at 4:10 pm

    V reethi saandy an love you ? ? ?

    1. Saandy says:
      September 5, 2017 at 12:34 am

      ThanQ Any 🙂

  6. wikko says:
    August 29, 2017 at 4:19 pm

    wow nice.. waiting for next part… pllss thnkolheh avahah up kohdeebala

    1. Saandy says:
      September 5, 2017 at 12:34 am

      ThanQ wikko 🙂

  7. Shiraa says:
    August 29, 2017 at 5:47 pm

    Wow v reethi vahaka kiyaa kudhin v ma v keyy madhuvaane next part kiyan plx up kohdhechey v emme avahakah ❤️

    1. Saandy says:
      September 5, 2017 at 12:37 am

      ThanQ Shiraa 🙂

  8. khajja says:
    August 29, 2017 at 5:53 pm

    Omg maaz goahennahadhachch plx masha allah stry v v rythi v v v furihama ???❤❤?????????❤❤❤??

    1. Saandy says:
      September 5, 2017 at 12:38 am

      ThanQ khajja 🙂

  9. click a shot ? says:
    August 29, 2017 at 6:38 pm

    Varah salhi

    1. Saandy says:
      September 5, 2017 at 1:28 am

      ThanQ click a shot 🙂

  10. Adha? says:
    August 29, 2017 at 7:19 pm

    I just love it sooo much. Its awesome??
    waitingsssssss❤❤❤❤

    1. Saandy says:
      September 5, 2017 at 1:30 am

      ThanQ Adha 🙂

  11. Zaain says:
    August 29, 2017 at 7:38 pm

    Nice…. kyp it up Dear….

    1. Saandy says:
      September 5, 2017 at 1:31 am

      ThanQ Zaain 🙂

  12. ihoo says:
    August 29, 2017 at 7:47 pm

    v reethi ingey next part adhi eahvureves reethivaane dho thanx saandy ehaa reethi vaahaka eh up koh dheythee n love you dear
    ????

    1. Saandy says:
      September 5, 2017 at 1:31 am

      ThanQ ihoo 🙂

  13. Shifu says:
    August 29, 2017 at 7:52 pm

    V reethi

    1. Saandy says:
      September 5, 2017 at 1:34 am

      ThanQ Shifu 🙂

  14. azeen says:
    August 29, 2017 at 9:09 pm

    haadha kurey

    1. Saandy says:
      September 5, 2017 at 1:35 am

      @azeen Kuruvi sababu bunelaafa onnaane 🙂

  15. F*ck off? says:
    August 29, 2017 at 10:14 pm

    Lmao??
    Man!knfadha dhogu thakeh thihadhany… ?rythchah bunyma veenu vaahaka eh nuliyeveyney noony time eh nulibeyey..!?? Engey mi career dhookohlan beynun nuvaane kn.. ?ekm vaahaka liyaany time libey myhun dhw…. ?vaahaka v rythi vias ehaa
    Kuru dhn vaahaka kiyaa hithrh ves nuvey maa kuru v ma…?
    *die*

    1. Saandy says:
      September 5, 2017 at 1:36 am

      Dear!! Dhogu hadhaafaeh noannaane.. Hama nulaahiku reethikoh bunefa onnaane bixy vegen up nukureveny kamah 🙂

  16. Appy says:
    August 30, 2017 at 8:45 am

    Alhey maaz haadha dhera vefaey. …btw story hama perfect

    1. Saandy says:
      September 5, 2017 at 1:39 am

      ThanQ Appy 🙂

  17. azeen says:
    August 30, 2017 at 12:04 pm

    vvv reethi

    1. Saandy says:
      September 5, 2017 at 1:41 am

      ThanQ azeen 🙂

  18. Jin says:
    August 30, 2017 at 9:39 pm

    Masha Allah v reethi mi part ves ❤❤❤❤ waiting..

    1. Saandy says:
      September 5, 2017 at 1:41 am

      ThanQ Jin 🙂

  19. boabi says:
    September 2, 2017 at 4:40 pm

    saandy, please don’t disappoint the reaaders like this. if you can’t write the story then just stop.

    1. Saandy says:
      September 5, 2017 at 1:44 am

      @boabi u can’t tell like that to me to stop.. Kiyan beynun nuvaa kudhin nukiyan v.. Sababeh nethi Saandy liyaa vaahakaeh delay eh nuvaane.. Baeh kahala sababuthah hunnaane public ga nubuneveyves.. Bixy koh ulhemunves up kohdhen eba.. So try to understand 🙂

  20. Aki says:
    September 2, 2017 at 7:31 pm

    saandy mihaaru kihine thihadhanee vaahaka up vaane dhuvahe ves neyge.. kurin saandy ge vaahaka thah dhuvahun dhuvahah up kohfa mifaharu thi hadhaa gothun varah dhera vey ???

    1. Saandy says:
      September 5, 2017 at 1:45 am

      ThanQ Aki.. Hama bixy kamun nuvegen mifaharu mihen mivy 🙂

  21. Shiraa says:
    September 2, 2017 at 11:40 pm

    Haadha lasveyey 3 dhuvas vejje now

    1. Saandy says:
      September 5, 2017 at 1:47 am

      Sorry Shiraa 🙁

  22. faath says:
    September 3, 2017 at 4:24 pm

    lol. mioh baeh dho. vahaka nukeema veenu konmehen liyaa meehaa ah ecchs nukiya. they have other things to do, also writers need inspiration and ideas to before continuing with their writings.

    1. Me says:
      September 4, 2017 at 11:06 pm

      Vaahaka kiyaa meehunnah idea dhee inspirate ves kohdheveynee vaahaka liyegen dhw. Aharaku 1 dhuvahu liyuneema vaanee mihen. Kiyaa meehun ves foohi nuvaa gothah liyaa meehun liyaanama nun egothah kanthah kureveynee.

    2. Saandy says:
      September 5, 2017 at 1:48 am

      ThanQ faath 🙂

  23. Pinkish says:
    September 3, 2017 at 10:17 pm

    Sandy maruveetha.????

    1. Saandy says:
      September 5, 2017 at 1:49 am

      @Pinkish Adhi mareh nuvey.. Al’hamdhu Lillaah!! 🙂

  24. Saandy says:
    September 5, 2017 at 1:52 am

    Aikaa vaahakaige kiyuntherinnah,
    Mihaaru vaahaka up kurumuga v bodethi delaythah annaathy dhuvaskolhakah vaahaka medhukan’daalan ninmaifin.. Maa bixykoh ulhey dhuvaskolheh veema vaguthu nuvany liyan.. Vaahakaige baaky huri baithah ekkoh liye nimunuhaa avahakah continue kuraanan.. Insha Allah!! Love u all.. Baajjaveri dhuvasthakakah edhen 🙂

    1. Ish says:
      September 5, 2017 at 1:58 am

      Its ok saandy… Waiting for ur story patiently ?

    2. Saandy says:
      September 17, 2017 at 2:14 am

      ThanQ Ish 🙂

  25. Hisherm says:
    September 5, 2017 at 10:48 am

    Alheyy saandy…u are making the readers more curious…curious kollaaha readers question ehge there ah dhookollaaha thi nimmaalany…Ehen nahadhaa thankolheh avahah next part up koh dheebae..

    1. Saandy says:
      September 17, 2017 at 2:07 am

      Hisherm!! Vaahakaige baaky huri baithah ekkoh liye ninmaalaafa continue kuran fashaanan.. Insha Allah!! 🙂

  26. Hisherm says:
    September 5, 2017 at 10:49 am

    Dhn okai ingey ma vex wait kuraanan

    1. Saandy says:
      September 17, 2017 at 2:07 am

      ThanQ Hisherm 🙂

  27. its me says:
    September 7, 2017 at 12:05 pm

    ހާދަ ލަހުންނޭ މި ވާހަކަ އަޕްޑޭޓް ވަނީ. ވަރަށް ކިޔާލާ ހިތުން ކިޔާ ވާހަކައެއް މީ. އެކަމް މާ ލަހުން އަޕްޓޭވް ވަނީ. ތަންކޮޅެއް އަވަހަށް ވާހަކަ އަޕްޑޭޓް ކޮށްދެންޔާ ވަރަށް ރަނގަޅު.

    1. Saandy says:
      September 17, 2017 at 2:09 am

      ThanQ its me.. Lasnuvaane gotheh hadhan vegen mivaguthah medhukan’daalaigen mi ulheny.. Mihaaru vaahaka liyevemun dhany.. Vaahakaige baaky huri baithah ekkoh liye ninmaalaafa up kuran fashaanan.. Insha Allah!! 🙂

  28. crazy says:
    September 7, 2017 at 9:32 pm

    waiting.. ?

    1. Saandy says:
      September 17, 2017 at 2:09 am

      ThanQ crazy 🙂

  29. Aisha says:
    September 8, 2017 at 8:56 pm

    Saandy kihaathaakutha up konlaveni,,,mihaaru haadha dhuvahakey …pls avahan up konba cannot wait.,ahaavase reethi mi story..waiting.

    1. Saandy says:
      September 17, 2017 at 2:10 am

      ThanQ Aisha.. October ga continue kuran feshey varu kureveythoa mi masakkaiy kurany 🙂

  30. Aisha says:
    September 9, 2017 at 5:46 pm

    Waitinggg…… :,( I’m missing this storyyyy

    1. Saandy says:
      September 17, 2017 at 2:11 am

      ThanQ Aisha 🙂

  31. ? says:
    September 10, 2017 at 8:41 pm

    Mivaahaka up nukoh huhtaa kann neyge ma maruvaanee vx????????

    1. Saandy says:
      September 17, 2017 at 2:12 am

      Sorry dear.. 🙁 October ga feshey varu kureveythoa mi masakkaiy kurany.. Keep waiting 🙂

  32. Xna says:
    September 12, 2017 at 7:52 am

    Saandy?.. come bcksoon..nd never never never give up.. b courageous…miss this beautiful stry..

    1. Saandy says:
      September 17, 2017 at 2:12 am

      ThanQ Xna.. I’ll be back soon.. Insha Allah!! 🙂

  33. Aisha says:
    September 16, 2017 at 2:18 pm

    Adhivx dhe dhuvas nuvaneetha.did time stopp?? :/ :'(

    1. Saandy says:
      September 17, 2017 at 2:13 am

      ThanQ Aisha.. Bunelaafa vane vaahakaige baaky huri hurihaa baeh ekkoh liye ninmaafa continue kuran fashaane vaahaka 🙂

  34. Ree? says:
    October 4, 2017 at 3:23 pm

    Saandy haadhaa dhuva hekey

    1. Saandy says:
      November 8, 2017 at 11:07 am

      Ree! ThanQ mihaa gina dhuvahu inthizaaru kureethy.. Nove 16 ga alun vaahaka continue kuran fashaanan.. Insha Allah!! Ummeedhu kuran adhives inthizaaru kuraane kamah

  35. Someone says:
    October 9, 2017 at 10:33 pm

    Kon irakun the up kuran fashany.. saandy haadha dhuvahekey… Adhi vx ehkoh vaahaka liye nunimeny tha…

    1. Saandy says:
      November 8, 2017 at 11:08 am

      ThanQ Someone.. Mihaaru nimeny.. Nove 16 ga up kuran fashaanan.. Insha Allah 🙂

  36. Shifu says:
    October 15, 2017 at 2:54 pm

    Keehvetha baeh kudhin saandy aa thigothah vaahaka dhakkany. Saange life ga hama kameh dhimaa vedhaane dho. V dheravry baeh kudhin vaahaka hunna gothun. Shifu ves keitheri kan v kuda saandy nxt pt avas kohladhee.

    1. Saandy says:
      November 8, 2017 at 11:09 am

      ThanQ Shifu.. Ekamaa alhaanulaa.. Nov 16 ga up kuran fashaanan.. Insha Allah!! 🙂

  37. Hashaa says:
    November 5, 2017 at 10:31 am

    Alhey adhi vase nunimeytha liyaen ….dhen kondhubahakun nimeyne vaahaka liya…saandy pls uo next ep…??????

    1. Saandy says:
      November 8, 2017 at 11:14 am

      ThanQ Hashaa.. Mihaaru nimeny.. Nov 16 ga up kuran fashaanan.. Insha Allah!! 🙂

Comments are closed.

Next Episodeއައިކާ (12)←


All Right Reserved!