Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

02:30 ތޭވީސްވަނަ ބައި

Ushaali Level 810 Stories100 Comments100 Stories500 Comments
September 10, 2017 7 Mins Read
28 Comments

ރޭގަނޑު ގޭތެރެއިން މީހުން ހުސްވެފައި ވަނިކޮށް އިރުފާނަށް ގެއަށް ވަދެވުނީ ފާހާނާއަކަށް ދާން ޖެހިގެންނެވެ. މިހުރިހާއިރު އޭނާ އިނީ އެކުވެރިޔަކާއި އެކު ގެއާއި މާދުރުނޫން ހިސާބެއްގައި ކޮފީއެއްގައެވެ. ގޭ ދޮރުން ވަދެގެން ސިޑިއާއި ދިމާލަށް ދިޔަ އިރުފާން ސިހުނީ ކުއްލިއަކަށް ކުރިމަތިން އައިސް އޭނާގެ އަތުގައި ހިފި ކުޑަ ދެއަންހެންކުދިން ފެނިފައެވެ. އެއްކުއްޖެއްގެ މޫނުމަތި ޒަޙަމްވެފައިވާއިރު މޫނާއި ބޯ އަދި ދެއަތުން ފައިބާ ލޭތައް ސިޓިންގްރޫމުގައި އަޅާފައި އޮތް މަޑު ކާޕެޓްގެ ތެރެއަށް ހިނދެމުން ދިޔައެވެ. އަނެއްކުއްޖާގެ އެއްއަތުން އިރުފާންގެ އަތްތިލައިގާ ހިފަހައްޓައިގެން ހުރިއިރު އަނެއް އަތުން މޭގައި ލައްކޮށްލައިގެން ހުރީ ދެގަޑީތިރީސް ހިނގާފައި ހުރި ކުޑަަ ގަޑިއެކެވެ. އެގަޑީގެ މޫނުމަތިން ފެންނަނީ ލެއާއި ތަތްތެޅިފައިވާ އަންހެނަކު އެހީއަށް އެދި އާދޭސްކުރާ ތަނެވެ.

ބަރާބަރު ދެމަސްދުވަސް ފަހުން މިކަހަލަ އުނދަގުތަކެއް ތަޙައްމަލް ކުރަން ޖެހުމް އިރުފާން ހުރީ ގަނޑުވެފައެވެ. އޭނާގެ އަތުގެ ހިކަނދި މަސްގަނޑަށް ބަލާލެވުނީ ތަވީދު އޮތްތޯ ޔަޤީންކޮށްލުމަށެވެ. ކުއްލިއަކަށް އިރުފާން ނުވިސްނާހުއްޓާ ސިޑިތަކުގެ ބުޑަށް އޭނާ ގުޅައަކަށް ވެއްޓި ޖެހުނެވެ. އަވަހަށް ތެދުވެ ދެއަތް ފޮޅާލެވުނީ އަތުގައި ލޭހޭކިފައި ހުރި ކަމަށެވެ. ނަމަވެސް ކުރިން ފެނުނު އެއްވެސް ކަމެއް ފެންނަން ނެތުމުން ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ތަވީދު ނެތްކަން އެނގުމުން ހިތުގައި ބިރުވެރިކަމުގެ ރާޅެއް ހިނގާލިއެވެ. ނަމަވެސް ތަވީދު ނެތް ވާހަކަ އޭނާ މަންމަ ކައިރިއަކު ނުބުނާނެއެވެ. އެވޭންތަކާއި އަނިޔާތަކަށް ކުރިން ވެސް އޭނާ ކެތްކުރީއެވެ. އަދިވެސް އޭނާ ކެތްކުރާނެއެވެ. އެކަންތައްތަކުގެ ސަބަބުން ފަރުހީން ދެކެ އޭނަ ވާ ފޫހި އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ. ކޮޓަރިއަށް ވަދެވުނު އިރު ވެސް އޭނާ ވިސްނަމުން ދިޔައީ ތަވީދަށް ވީ ގޮތަކާއި މެދުގައެވެ. ނަމަވެސް އޭނާ ވިސްނުމަކަށް އަދި ޚިޔާލަކަށް ވެސް އެއްވެސް ކަމެއް ނައެވެ. ފާޚާނާ އިން ނިކުމެ އަތުގައި އޮތް ތުވާލި ހަރުގައި އަޅުވަމުން ތުނބުން ފުމެން ފެށީ ޖެހިލުންވެ ހިތް ތެޅެމުންދާ އިރު ވެސް މޫނުމައްޗަށް ހަމަޖެހުން ގެނުވޭތޯއެވެ. ކުއްލިއަކަށް އޭނާގެ ބޮލުގައި ލުއްކެއް ޖަހާ އޭނާ ހުރި ތަނުން ދެފޫޓް މައްޗަށް ހިއްލާލީ އޭނާ އަށް ވަންހަނާވެ ހުރި ބީހާލް ގެ ދެއަތުންނެވެ. މިހުރިހާ ދުވަހު އިރުފާނަށް ގޯނާއެއް ކޮށްނުލެވޭތީ އެފަދަ ފުރުޞަތަކަށް އިންތިޒާރު ކުރާތާ ކިހާ ދުވަހެއް ހެއްޔެވެ؟ ބީހާލް އިރުފާނާއި ކައިރިވާ ކޮންމެ ވަގުތެއްގައި އޭނާގެ ޚިޔާލަށް ފެންނަމުން ދަނީ ޒަޙަމްތަކަކާއިއެކު މަރުވެފައި އޮތް އޭނާގެ އަލަތު ލޯތްބެވެ.

“ކަލޭ މަރާލާނަން މިރޭ” އިރުފާން ރުޅިއައިސް ކަތުރު ކަށިގަނޑު ހެލޭ ހާލުގައި އިރުފާން ކަންފަތް ބުޑުގައި ބުނެލިއެވެ. އޭރުވެސް އެއްވެސް ތަނެއްގައި ނުޖެހި ހުރި އިރުފާން ވައިގެތެރޭގައި ދެއަތާއި ދެފައި ތަޅުވަމުން ދިޔައެވެ.  އިރުފާނުގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައިރު ބީހާލް ނުބައި ސިފައެއްގައި ހެމުން ދިޔައެވެ. އިރުފާނުގެ ބޮލުގެ ފުށްކިބައިން ބީހާލް ދޫކޮށްލުމާއެކު ތިރިއަށް ވެއްޓިގަތް އިރުފާނަށް ފަހަތަށް ޖެހެން ފެށުނީ ބީހާލްގެ ބިރުވެރި އަޑު އަންނަ ވަކި ދިމާލެއް ނޭނގުމުންނެވެ. ކުއްލިއަކަށް ކޮޓަރި ތެރެއަށް ހީވީ ޠޫފާނެއް އެރިހެންނެވެ. އާދަޔާޚިލާފަށް ކޮޓަރި ތެރޭގައި ވައިގަދަވާން ފެށިއެވެ. އޭސީ އާއި ފަންކާ ވެސް ނިވާލާފައި ހުރިއިރު ބޫން އަޅާފައި ވައި އަޑު އިވެމުން ދިޔައެވެ. އެނދުމަތީގައި ހުރި ބާލީސްތަކާއި ޑްރެސިންގް ޓެބަލް މަތީގައި ހުރި ސާމާނުތަކާއި އަދި ދެންމެ އިރުފާން ހަރުގައި އެޅުވި ތުވާއްޔާއި އަދި ފާޚާނަ ކައިރީގައި އޮތް ފައިފުހި ވެސް ކޮޓަރި ތެރޭގައި އެނބުރެމުން ދިޔައެވެ. އިރުފާނު އިނީ އިންތަނުން ހިރިލާން ވެސް ނޭނގިފައެވެ. މީހާ ދާހިއްލާ ފޯވެފައި އިންއިރު އެކަމުން އަވަހަށް ސަލާމަތްވާން އިންތިހާ އަށް ހިތް އެދެމުން ދިޔައެވެ.

“ފިނޑި އިންސާނާ. ކަލެއަށް ކުޑަކުޑަ ބާރެއް ލިބުނު ކަމަށްޓަކައި އަހަރެންގެ ލޯބިވެރިޔާ މިދުނިޔެއިން ނެތިކޮށްލީ. ކަލެއަށް އެނގޭތަ މިހުރިހާ ދުވަހު އަހަރެން ކަލޭ މަރާނުލާ މިބަހައްޓަނީ ކީއްވެކަން. އަހަރެން ދުވަހަކު ވެސް ކަލެއާއި ކަލޭގެ ދަރި ނޫނީ އިންސާނަކަށް ގޯނައެއް ކޮށްފައި ނޯންނާނެ. އަހަރެންނަކީ ޖިންނިއެއް ނަމަވެސް އެއީ ކޮންމެ ނަސްލެއްގެ މީހެއް ކަމުގައި ވިޔަސް އެމީހަކަށް އަހަރެން އޙުތިރާމް ކުރަން. މިބިމުން އަހަރެން ހިތް އެދޭ އިންމެ އިންސާނެއް ފެނުނީ. އަހަރެންނަށް ހިތް ދެވުނީ ވެސް އޭނާ އަށް. އަހަރެން އޭނައެއް މޮޔައެއް ނުކުރަން. ދުވަހަކު ދޮގެއް ވެސް ނަހަދަން. އެންމެ ފުރަތަމަ ބައްދަލުވުމުން ވެސް އަހަރެންނަކީ އިންސާނެއް ނޫންކަން އޭނާ އަށް އަންގާދިނިން. ކަލެއަކީ ލޯބި ބަހާ އިންސާނެއް. ކަލެއަކީ ފިރިހެނެކޭ ވެސް ނުބުނެވޭނެ. އަންހެނަކަށް އަތް އިސްކުރުމަކީ ފިނޑިންގެ އަމަލެއް” ބީހާލްގެ ރުޅިވެރި އަޑު އަންނަނީ ކޮން ދިމާލަކުންކަން ނޭނގި އިރުފާން ކޮޓަރީގެ އެކި ދިމާ ހޯދަމުން ދިޔައެވެ.

“އަހަރެންނަށް މާފްކުރޭ. އަހަރެންނަށް ތިހެން ނަހަދާ. އަހަރެން ދިރިއުޅުނަ ދީ. އަހަރެން ހީން ދެކެ ވަރަށް ލޯބިވޭ. އަހަރެން ހިތްތިރި އިންސާނަކުން އަނިޔާވެރިއަކަށް ބަދަލުކުރުވީ ވެސް ހީންގެ ދެކެ ވެވުނު ލޯބި” އިރުފާން ރޮމުން ބުނަމުން ދިޔައެވެ.

“މާފޭ. ކަލޭ ލަދެއް ވެސް ނުގަނޭތަ. ބަލަ މަރަށް ތެޅެމުންދިޔަ އަހަރެންގެ ފަރުހީން ވެސް ކިހާ ވަރަކަށް އެދުނު. އޭނަ ނުބުނޭތަ ކަލޭގެ ދިރިއުޅުމުން އޭނާ ބޭރުކުރަން. ދުނިޔޭގައި ހުންނަން ނޭދޭނީ ކާކު؟ ކަލޭގެ ރަހުމް ހުރީ އަރުއްވައިގަނެފަތަ ކުޑަ ކުޑަ ދެކުދިން ތިންވަނަ ބުރިން ތިރިއަށް ހޫރާލީއިރު. ކަލޭ އަދިވެސް ތިބުނަނީ ތިމަންނަ ދިރިއުޅެން ބޭނުމޭ. ކަލެއަށް މިދުނިޔޭގައި ދިރިއުޅުމުގެ ކޮން ހައްގެއް އޮތީ. ކަލޭ ލަދެއް ވެސް ނުގަތްތަ ރަޔާހީނާއި އިންނަން. އަމިއްލަ އެދުން ބޮޑުވިޔަސް ތީ ދެން ބޮޑުވަރު” ބީހާލްގެ ވާހަކަދެއްކުމުގެ ރާގުގައި މަލާމާތާއި ނަފްރަތު އެކުލެވިގެންވެއެވެ.

ކޮޓަރި ތެރޭގައި އެނބުރެމުން ދިޔަ ވައިގަނޑު މަޑުވަމުން ގޮސް އެކީގައި ކޮޓަރިތެރެ އަނދިރިވެގެން ދިޔައެވެ. އިރުފާން ހީކުރީ އޭނާގެ ދެލޯ އަނދިރިވީ ކަމަށެވެ. ނަމަވެސް ހަމަ އެހިނދު މުޅި ކޮޓަރިތެރެ ހުދު އައްޔަކުން އަލިވެގެން ދިޔައެވެ. ހީވީ ހުދު ވިދުވަރަކުން ވިދާލިހެންނެވެ. އެހިނދު މުޅި ކޮޓަރި ފުރޭ ވަރުގެ ބޮޑު އެއްޗެއް ފާޅުވީ އިރުފާން ކުރިމަތިންނެވެ. އޭތި ހަތަރު މުށްގަނޑު ޖަހައިގެން އިރުފާނަށް ބަލަން އޮތްތއިރު ފަހަތުން ނިކުމެފައިވާ އޭތީގެ ނަގޫ އޮތީ އޮޅެމުން އޮޅެމުން ގޮސް މަތީ ސީލިންގުގައި ތަތްވެފައެވެ. ބިރުުން ފިތްކެނޑިފައި އިން އިރުފާން މޫނުމަތިން ދާހިތްލާ ނޭވާ ވެސް ހީވީ އެތެރެހަށީގައި ތާށިވީ ހެންނެވެ. މުށަިކުލައިގާ އޮތް ނުބައި އެތީގެ ހަށިގަނޑުގައި ވަށައިގެން ބޯކޮށް ފަޅާފައިހުރި ކެހެރިތައް ވެސް މުޅި ކޮޓަރި ތެރޭގައި އެނބުރެމުން ދިޔައެވެ. އޭތީގެ އަނގަ ހުޅުވާލުމާއެކު އަނގައިގެ ތެރޭގައި އޮތް އޭތީގެެ ރަތް ލޭކޮޅެއްފަދަ ހިމަ ދޫ ގޮސް ޖެހުނީ އިރުފާނުގެ މޫނުގައެވެ. އެވަގުތު އަރައިގަތް ނުބައި ވަހުން އިރުފާނަށް މުޅި ގަޔާއެކު ހޮޑު ލެވުނެވެ. އެވަރުން ވެސް އޭނާ އަށް އަމިއްލަ ދިފާއުގައި އެއްވެސް ބަހެއް ބުނާކަށް ނުކެރުނެވެ. ދެލޯ މަރާލުން ނޫން ކަމެއް އިރުފާނަކަށް ނުކުރެވުނެވެ. އޭތީގެ ދިގު ދުލުން އިރުފާންގެ ހަށިގަނޑުގައި އޮޅާލުމަށްފަހު މައްޗަށް ނެގީ ސީލިންގު ވެސް ފޫއަޅުވާލާފައެވެ. ދިހަވަރަކަށް ފޫޓް މައްޗަށް އިރުފާން ހިއްލާލަމުން ތިރިއަށް ވައްޓާލުމާއެކު އިރުފާނުގެ ކަރު ބުޑުން ނިކުތީ ވޭނުން ފުރިގެންވީ އަޑެކެވެ.

ބޭރު ދޮރުގައި ތަޅަންފެށި އަޑު އިވުނީ ހަމަ ކުއްލިއަކަށެވެ. ހަމައެއާއެކު ފީރޯޒާގެ އަޑު ވެސް އިވުނެވެ. ބޮލަށް އެނބުރުން އަރާފައި އޮތް އިރުފާނު ދެލޯ ހުޅުވާލިއިރު ކުރިން ފެނުނު ފަދަ އެއްވެސް ކަމެއް ކޮޓަރި ތެރެއިން ފާޅުވާކަށް ނެތެވެ. ނަމަވެސް އޭރުވެސް ބީހާލްގެ ބިރުވެރި އަޑު ހުރީ އިރުފާނުގެ ކަންފަތުގައި ހަރުލާފައެވެ.

“އަދި ކަލެއަށް ސަލާމަތެއް ނެތްކަން ހަނދާން ބަހައްޓައްޗެ. އަހަރެން އަދި އަންނާނަން” އެވެސް ބީހާލްގެ އަޑުކަން އިރުފާނަށް ކަށަވަރެވެ. ޓައިލްސްތައް މަތިން ތެދުވެގެން ދޮރާއި ދިމާލަށް ދިޔައިރު އެއް އަތުން އުނަގަނޑުގައި ހުރީ އަތް ވިއްދައިގެންނެވެ. ކުރިމަތީގައި ހުރި ފީރޯޒާ ހުރީ ދާދި ދެންމެއަކު އެކޮޓަރިން އިވުނު އަޑުން ބިރުން ބަހެއް ނުކިއިފައެވެ.

“ދަރިފުޅާ ދެންމެ ކޮން ބާރު އަޑެއް އެއިވުނީ. ހީވީ ބާރުގަދަ ބިންހެލުމެއްގެ އަޑުފަށްގަނޑުހެން” ކޮޓަރި ތެރެއަށް ބަލާލަމުން ފީރޯޒާ އަހާލިއެވެ.

“އަލަމާރި މަތިން އެއްޗެއް ނަގަން އުޅެނިކޮށް ވެއްޓުނީ. ކުޑަކޮށް މިތަނަށް ވެސް ތަދުވި” އިރުފާން އަތް އަޅައިގެން ހުރި ތަން ފީރޯޒާ އަށް ދައްކާލަމުން ވާހަކައެއް ހަދާލިއެވެ.

“ދަރިފުޅާ ތަންކޮޅެއް ބަލައިގެން އުޅެބަލަ. ވަރަށް ބޮޑަށްތަ ތަދުވީ. ދައްކަބަލަ މަންމަ ބަލާލަން. ބާމް ކޮޅެއް ހީން ލައްވާ ހާކާލާންވީނުން” އިރުފާން އަތް އަޅައިގެން ހުރި ތަނުގައި އަތް ޖައްސާލަމުން ލޯތްބާއެކު ފީރޯޒާ ބުނެލިއެވެ. އޭރު ދެމީހުން އެކުގައި ގޮސް އެނދުގައި އިށީންނަނީއެވެ.

“ހީން ދިޔައީ އޭނާގެ އެކުވެރިޔަކާއި އެކު ބޭރަށް. މަންމަ މިތާ އެއްޗެއް ހާކާލަދޭންވީނު” ހަޤީޤަތުގައި އިރުފާނު ބިރުގަތީއެވެ. ރަޔާހީން ލައްވާ އޭނާގެ މަސައްކަތެއް ކުރުވަން ފަސްޖެހުނީއެވެ. އަނެއްކާ ވެސް އެ ރޫހާނީ އެތީގެ އުނދަގުލެއް ވެދާނެތީއެވެ.

ރޭގަނޑު އެންމެން ކައިގެން އެމީހެއްގެ ކޮޓަރިއަކަށް އެމީހަކު ވަން ފަހުން ރަމްލާ އާއި ރަޔާހީން ބައްދަލުކުރީ ރަމްލާގެ ކޮޓަރިންނެވެ.

“ދޮންތަގެ ޑައިރީން އަދި ކިޔުނީ ކުޑަ މިންވަރެއް. އެހާ ތަންފުކެއް ކިޔުނު އިރު ވެސް ރޮވިގެން ގޮސް ހަލާކުވާވަރުވި. ދޮންތަ މަތިން ހާދަ ހަންދާންވިއޭ. ރަމްލާއްތާ މަށަށް ހީވަނީ މިގޭތެރޭން އެފޮތް ކިޔާ ނިމެން އަހަރެއް ވަރު ނަގާނެހެން. ވަގުތެއް ނުވޭ ވިއްޔާ” ރަޔާހީން އެނދުމަތީގައި ހެދުންތަކެއް ފަތްޖަހަން އިން ރަމްލާ އާއި ވާހަކަދެއްކިއެވެ.

“ފީރޯޒާ ކޮޓަރީގެ ގޮދަޑި ދަށުގައި އޮތް ފަންޑިތަ ބޮނޑި ރަމްލާއްތަ ނަގާ އަންދާލައިފިން. ކީއްކުރާނީ ދޯ. އެހާ ނުބައި ފާފަތައް ކޮށްފައިތިބޭ މީހުންނަށް ޖިންނީގެ އުނދަގުވެސް ވާނެއްނު. އެމީހުންނަށް ޒައްރެއްގެ މިންވަރަށް ވެސް އުފަލެއް ލިބޭކަށް މަށެއް ނޭދެން” ފަތްޖެހި ހެދުންތައް އަލަމާރީގައި ރީތިކޮށް އަތުރާލަމުން ރަމްލާ ވާހަދެއްކިއެވެ. ރަމްލާ އާއި ރަޔާހީން އެމީހުން ކުރިއަށް ރާވާފައި ހުރި ކަންތައްތައް ކުރިއަށް ގެންދާނެ ގޮތަކާއި މެދު އެތައް އިރަކު ވަހަކަދައްކަން ތިއްބެވެ.

ރަޔާހީން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއިރު އިރުފާން ފާޚާނާ އިން ނިކުންނަނީއެވެ. އިރުފާން ރަޔާހީނަށް ހީލުމަށްފަހު އެނދުގައި ޖައްސާލިއެވެ. ރަޔާހީން އަޖައިބުވިިއެވެ. އެހެންރޭރޭ އިރުފާންގެ ބީހުންތަކުން ރަޔާހީނަށް ހުންނަނީ އުނދަގުވެފައެވެ. މިއަދު ރަޔާހީންގެ ހަށިގަނޑަށް ވެސް ނުބަލަން އުޅޭހެން ހީވިއެވެ.

“ހީން ދެކުނިންތަ މަގޭ ތަވީދު. ގެއްލިގެން މިއުޅެނީ. އެއްތާކުން ވެސް ނުފެނުނު” ރަޔާހީނަށް ބަލާވެސް ނުލާ އިރުފާން ވާހަކަދެއްކިއެވެ.

“ނޫން ނުދެކެން. ހާދަ ދެރައޭދޯ. އަލުން ލިޔުއްވަން ވީނުން” ރަޔާހީން ބުނެލިއެވެ. އިރުފާން ކައިރީގައި ރަޔާހީން އޮށޯތުމާއެކު އިރުފާން އެނބުރިލީ އަނެއް ފަރާތަށެވެ. ރަޔާހީން ތުންފަތަށް ހިނިތުންވުމެއް ވެރިވީ އިރުފާން އޭނާ އާއި ދުރުން އުޅޭ ސަބަބު އޭނާއަށް ވިސްނުމުންނެވެ. އެންމެން ނިދާ މުޅި ގޭތެރެއަށް ހިމޭންކަން ވެރިވުމާއެކު ރަޔާހީން އޮތްތަނުން ތެދުވިއެވެ. އަދި ކުރިން ވެސް ފޮތް ނެގި ތަނުން ފަރުހީންގެ ޑައިރީ ނަގައިގެން އައިސް ކިޔަން ފޮތް ހުޅުވާލިއެވެ.

 

ފަރުހީންގެ ޑައިރީ

އަހަރެމެންގެ ދެ ދަރިންނަށް ނަން ދިނީ ދެމީހުންނާއި ގުޅުވައިގެންނެވެ. އެކުއްޖަކަށް ރަހާ އަދި އަނެއް ކުއްޖަކަށް އިރާއެވެ. އެއީ ހުސެން ވެސް ބޭނުންވި ގޮތެވެ. އަހަރެމެންގެ ދެދަރިން ގޮވައިގެން އުފަލުގައި ދުވަސްތައް ހޭދަވަމުން ގޮސް ދަރިންނަށް ދެއަހަރު ވާން ގާތްވެފައި ވަނިކޮށް އަހަރެންގެ ހުސެން އަށް ބަދަލުތަކެއް އަންނަ ހެން އަހަރެންނަށް ހީވާން ފެށިއެވެ. ކުރިން ހާލަކުން ފަހަރަކު ފޭސްބުކަށް ވަދެ އުޅޭ މީހާ މިހާރު ސައުވީސް ގަޑީރު ހޭދަކުރަނީ މީހުންނަށް ޗެޓް ކުރުމުގައެވެ. އަހަރެންނަށް ވަގުތު ނުދެވޭ އިރު ދަރިންނަށް ވެސް ވަގުތެއް ނުދޭއެވެ. އެގޮތުގައި އަހަރެންނަށް ކެތެއް ނުކުރެވުނެވެ. އެހެންކަމުން އަހަރެން ނިންމީ ހުސެން އާއި ވާހަކަދައްކާށެވެ.

“ހުސެން މިހާރު ހާދަ ބިޒީއޭ ދޯ. އަންބަކާއި ދެދަރިން ތިބޭ ކަން ވެސް ހަނދާންނެތުނީތަ” ހުސެން އަށް ހީވީ އެއީ އަހަރެން ޖެއްސުމަށް އަހާލި އެއްޗެއް ހެންނެވެ. ނަމަވެސް އަހަރެން އެހެން އަހާލީ ހަމަ އާދައިގެ ގޮތަކަށެވެ. އެއްގޮތަކަށް ވެސް އަހަރެންގެ ހިތު ނިޔަތަކީ ހުސެން ރުޅިއެރުވުމެއް ނޫނެވެ.

“މިހާރު ފަރުހީން ކީކޭ ކިޔަން ތިއުޅެނީ. އަހަރެން ވަރުގެ ނުބައި މީހެއް ނެތޭ ބުނަންތަ ތިއުޅެނީ” ހުސެން ރައްދުގައި ދިން ޖަވާބުން އަހަރެންގެ ފެންކަޅިވިއެވެ. އެހާ ކުޑަކުޑަ ކަމަކާއި ވެސް ހުސެން ރުޅި އައީއެވެ. އަހަރެންގެ ހުސެންއަކީ އެއް އިރެއްގައި ވެސް އަހަރެންނާއި ވާހަކަދެއްކުމުގައި އަހަރެންގެ ފުރިހަމަ ނަން ބޭނުންކުރާ މީހެއް ނޫނެވެ. ނަމަވެސް އެވަގުތުކޮޅުގައި އަހަރެންގެ ހުސެން އަހަރެން ވަރަށް ދުރުކޮށްލައިފިއެވެ.

އަޅެ އެހެން ބުނި އެއްޗެއް ނޫނޭ އެއީ… ރުޅި އައީތަ؟” އަހަރެން އަވަސް އަވަހަށް ހުސެން ރުއްސަން ބުނެލީމެވެ. ނަމަވެސް ހުސެން އަޅާވެސްނުލާ ކޮޓާރިން ނިކުމެގެން ދިޔައީއެވެ. އެދުވަހު އަހަރެން ދެރަވެގެން ރުއީމެވެ. އެއީ އަހަރެން ހުސެން އާއި އިންފަހުން ރޯން ޖެހުނު ފުރަތަމަ ދުވަހެވެ. އަހަރެން ރޯމަންޒަރު އިރާ އާއި ރަހާ އަށް ވެސް މަދުމަދުން ފެންނަން ފެށިއެވެ. އެކުދިން ވެސް ދެރަވެގެން ތުން ފިއްތާލާ މަންޒަރު ފެނުމުން އަހަރެން މާދެރަވެއެވެ.

އެގޮތުގައި ދުވަސްތައް ފާއިތުވަމުން ދޭއެވެ. ހުސެންގެ އުޅުމަށް ބަދަލު އައިސް މިހާރު އެކަން މަންމަ އާއި ބައްޕައާއި ހަމައަށް ދިޔައެވެ. އެދެމީހުން ހުސެން އަށް ނަޞޭޙަތްދޭ އަޑު އަހަރެންގެ ދެކަންފަތުން އެހީމެވެ. މަންމަ ކައިރީގައި ހުސެން އެދުނު އެދުމެއްގެ އަޑު އިވުނު ވަގުތު އަހަރެންގެ މުޅި ދިއރިއުޅުން ބޮށްސުންލީހެން ހީވިއެވެ. އެވަގުތަށް ދެކަންފަތް ބީރުވިނަމައޭ ހިތަށް އެރިއެވެ. ހުސެން އެހެން ކުއްޖަކު ދެކެ ލޯބިވާ ވާހަކަ ބުނީ އަހަރެންގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟ އަހަރެންނަށް ފުއްދާ ނުދެވުނީ ހުސެންގެ ކޮން އުފަލެއް ހެއްޔެވެ؟ އަހަރެންގެ އުނިވީ ކޮން ސިފައެއް ހެއްޔެވެ؟ އަހަރެން ދަރިން ވިހެއި ފަހުން ބަނޑުގައި ކުޑަކޮށް މަސްޖަހާ މޭމައްޗަށް ބަދަލު އައުން އެއީ އަހަރެން ކުށް ހެއްޔެވެ؟ އަހަރެން ވިހެއީ ހަމަ ހުސެންގެ ކުދިންނެއް ނޫން ހެއްޔެވެ؟

އަހަރެންގެ މަންމަ އާއި ބައްޕަ ކާފަ އަދި ކުޑަ މަންމަ މިދުނިޔެ ދޫކުރި ދުވަސްތައް އެއީ އަހަރެންގެ ހަޔާތުން އެންމެ ދެރަވި ދުވަސްތަކެވެ. އެއަށްފަހު އަހަރެންގެ ހަޔާތަށް މިވަރުގެ ހިތާމައެއް އެލިބުނީ މިއަދުއެވެ. އަހަރެން ދަރިންނަށް ކާންދޭން އިންނަ ވަގުތުގައި ވެސް ރޮވެނީއެވެ. ކޮންމެ މަސައްކަތެެއް ކުރިޔަސް ރޮވެނީއެވެ. އަހަރެންނަށް ނަޞޭޙަތްދީ ހިތްވަރު ދިނީ ރަމްލާއްތއެވެ. ރަމްލާއްތަ އެއީ ހުސެން ގޭގައި މަސައްކަތްކުރަން އުޅޭ މީހާއެވެ. އެއީ އަހަރެންގެ މަންމަގެ ބެސްޓް ފްރެންޑެވެ. ރަމްލާއްތަ އަމިއްލަ ދަރިއަކު ފަދައިން އަހަރެންގެ ހުރިހާ ހަރާކަތެއް ބަލަމުން އައެވެ.

ހުސެން އަހަރެން ކައިރީގައި ނިދާނުލާތާ އަހަރެންނަށް ހަތަރުކަޅި ހަމަކޮށް ބަލާވެސް ނުލައެވެ. އަހަރެންނަށް އެގޮތަކަށް ކެތެއް ނުކުރެވުނެވެ. ހުސެން އާއި ވާހަކަދެއްކުމަށް އަހަރެން ނިންމީ ނުލާހިކު ލޯބިން އަހަރެމެން ދެމީހުން ޖަހާލި ލޯބީގެ ވަރުގަދަ ގޮށް މޮހެވި ދެބައި ދެކޮޅަށް ގޮސް ގެއްލިދާނެކަމުގެ ބިރު އަހަރެންގެ ހިތުގައި އަށައިގަތްވަރު ބޮޑުކަމުންނެވެ. ހުސެން އާއި ވަކިވުން އެއީ އަހަރެން ޚިޔާލު ވެސް ކުރާނެ ކަމެއް ނޫނެވެ. އެފަދަ ޚިޔާލެއް ކުރެވުނަސް އަހަރެންނަށް ރޮވޭއެވެ. އަހަރެން މިދުނިޔެއިން އެންމެ ލޯބިވި ފިރިހެނަކީ އެއީއެވެ. އަހަރެން މިދުނިޔެއަށް ނޭވާލާ ކޮންމެ ހިނދެއްގައި އެކުގައި ވުމަށް އެދެވޭ ބައިވެރިޔަކީ އެއީއެވެ.

“ހުސެން ބަލީތަ؟” އަހަރެން ހުސެން އާއި ވާހަކަދެއްކީ ރޭގަނޑު ކައިނިމިގެން ރަހާ އާއި އިރާ ނިންދެވުމަށްފަހު ބޭރަށް ނިކުތް ވަގުތު ފޯނަށް ބަލަހައްޓައިގެން ސިޓިންގްރޫމުގައި ހުސެން އިންތަން ފެނިފައެވެ. އެއީ ރަނގަޅު ވަގުތެއްކަމުގައި އަހަރެންގެ ހިތް ބުނީތީއެވެ.

“ނޫން. ބައްޔެއްނޫން” ހުސެންގެ ޖަވާބު ވަރަށް ކުރެވެ. ދެން ހޭދަވެގެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. ދެމީހުން ކުރެން އެކަކު ވެސް ބަހެއް ނުބުނެ ހިމޭނުން ތިބީއެވެ. އެހިމޭންކަމުން އަހަރެންގެ ހިތް ފޫ އަޅުވަމުން ދިޔައެވެ. އެންމެ ފަހުން އެތަނުން ދިޔުމަށް ހުސެން ތެދުވެ ހިނގައިގަތް ވަގުތު އަހަރެން ހުސެންގެ އަތުގައި ހިފީމެވެ.

“ކޮންތާކަށް ތިދަނީ” އަހަރެން އަހާލީމެވެ.

“ބޭރަށް” މިފަހަރު ވެސް ހުސެން ދިނީ ވަރަށް ކުރު ޖަވާބެކެވެ.

“އަހަރެންނާއި ވާހަކަދައްކާލަން މިތާ މަޑުކޮށްލަދެވިދާނެތަ؟ ކިހާ ދުވަހެއް އަހަރެމެން ދެމީހުން މިހެން އެކުގައި ވަހަކަދައްކާނުލާތާ” އަހަރެންގެ ބަހަށް ހުސެން ގަދަރުކުރީ ކަމެއް ނުވަތަ އެއްޗެއް ބުނަން ނުކެރުނީ ކަމެއް އަހަރެންނަކަށް ނޭނގެއެވެ. ހުސެން އަހަރެން ކައިރީގައި އިށީނެވެ. ނަމަވެސް އަނގައަކުން ނުބުނެއެވެ. އަހަރެން އިނީ ހުސެންގެ މޫނަށް ބަލާށެވެ.

“ހުސެން ކިހިނެއްވީ؟ ކޮބާ މައްސަލައަކީ؟ އަހަރެންނަށް ކުށެއް ކުރެވުނީތަ؟ ރަނގަޅުކުރަންވީ ކަމެއް ބުނޭ؟ ހުސެންއަށްޓަކައި ކޮންމެފަދަ ކަމެއް ވެސް ކޮށްފާނަން” އަހަރެން ވަރަށް ހިތްވަރުކޮށްފައި ބުނީމެވެ.

“އެހެންތަ؟ އެހެންވިއްޔާ ބުނެފާނަން. އަހަރެން ބޭނުން މީހަކާ އިންނަން. ދެއަންބަށް ވިޔަސް. ޤަބޫލުނޫނިއްޔާ ފަރުހީން އަހަރެންގެ ހަޔާތުން ދުރުކޮށްފައި ވިިޔަސް އަހަރެން މިކަން ކުރަން ބޭނުން” ހުސެން ދުލަށް އައި އެޖުމްލަ ވިސްނާލުމެއް ވެސް ނެތި ބޭރުކޮށްލީއެވެ. އެބަސް އައިސް ޖެހުނީ އަހަރެންގެ ހިތުގެ އެންމެ ފުނުގައެވެ. ހާދަ ރަހްމެެއް ނެތެވެ؟ ދުލުން ބަސް ބޭރުކޮށްލުމުގެ ކުރިން އަޑުއަހަން ހުންނަ މީހާ އާއި ދޭތެރެ ވެސް ވިސްނާލަން ވާނެ ނޫންހެއްޔެވެ؟

“ހުސެން ޕްލީޒް. އަހަރެން ވަރަށް ދެރަވޭ ހުސެން ތިހެން އުޅޭތީ. އަހަރެން މީ މީހަކަށް ނުވިޔަސް އަހަރެމެންގެ ދެދަރިންނާއި މެދު ވިސްނާލަބަލަ. އެދެކުދިންނަށް ދޮންމަންމަ އެއް ހޯދާކަށްނު ތިވިސްނަނީ” އަހަރެންނަށް ރޮވުނެވެ. އަޑުވެސް ބެދުނެވެ. ހުސެންގެ ކޮނޑުގައި ބޯއަޅާލެވުނެވެ.

“ބުނަން ފަރުހީން. އަހަރެންނާއި އަހަރެންގެ ލޯތްބާއި ދެމެދަށް ވަންނަން ނޫޅޭ. އަހަރެންގެ ލޯބި އަހަރެންނަށް މާމުހިއްމު. އަހަރެން ފަރުހީން ވެސް އަދި ކުދިންނެއް ވެސް ބޭނުމެއް ނޫން. އަޑުއިވިއްޖެތަ؟ ފަރުހީން އަހަރެންގެ އަންބެއްގެ ގޮތުގައި އިންނަން ބޭނުންވަންޏާ އަހަރެންގެ ދިރިއުޅުމަށް ފާޑުނުކިޔާ މައިތިރިވެގެން އިނދޭ” އަހަރެން ދުރަށް ކޮށްޕާލުމަށްފަހު ހުސެން ދިޔައީ އަހަރެންގެ ޒަޚަމްވެފައިވާ ހިތް މައްޗަށް ފައިން އަރަމުންނެވެ. ހުސެން އެދިޔައީ އެންމެފަހުނގެ ނިންމުން ނިންމާފައެވެ. ކޮންމެފަދަ ހާލެއްގައި ވެސް އަހަރެން ހުސެންގެ އަންބެއްގެ މަޤާމުގައި އިންނަން ބޭނުމެވެ. އަހަރެންގެ ކުޑަ ދެކުދިންނަށްޓަކައެވެ. އަހަރެންގެ ރޮއެރޮއެ ބަލިވެފައިވާ ދެލޮލުން ބަލާލެވުނީ ކުރިމަތީގައި އައިސް ހުއްޓުުނު ހުސެންގެ މަންމަގެ މޫނަށެވެ. އެމަންމަގެ މޫނުމަތިން ހާސްވުމެއް ކަންބޮޑުވުމެއް ނުފެނުނު އިރު އަހަރެންގެ ހާލަތަށް ހަމްދަރުދީ ވެސް ނުފެނެއެވެ. ބަދަލުގައި އެމަންމަގެ މޫނުމަތިން ފެނިގެންދިޔައީ ފޫއްސެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ޢެދެމޭ އުފާ…..(10)

Next

އަބަދުގެ އަބަދަށް ( ހަތަރުވަނަ ބައި)

Next
September 10, 2017

އަބަދުގެ އަބަދަށް ( ހަތަރުވަނަ ބައި)

Previews
September 10, 2017

ޢެދެމޭ އުފާ…..(10)

28 Comments!

  1. Ushaali says:
    September 10, 2017 at 5:38 pm

    Assalam alikum and alhamdhulillah 🙂 mi bai ves huriha kudhinnah kamudhaane kamah heekuran. dhn in bai maadhama. insha allah 🙂 🙂

  2. Zaal says:
    September 10, 2017 at 5:41 pm

    Yey… me first… varah reethi miadhuge part ves

    1. Ushaali says:
      September 10, 2017 at 8:20 pm

      yes Zaal first mifaharu and thankyou 🙂

  3. im says:
    September 10, 2017 at 5:55 pm

    v.nice adhives kiyaa hi vany hama pls next part up kodheebaa to night

    1. Ushaali says:
      September 10, 2017 at 8:25 pm

      thankyou im 🙂

  4. im says:
    September 10, 2017 at 5:56 pm

    wow mee 2nd nice hoho

    1. Ushaali says:
      September 10, 2017 at 8:27 pm

      yes. mifaharu 2nd

  5. saanto says:
    September 10, 2017 at 5:59 pm

    varah reethi ingey mi part ves…waiting for the next part…varah kiyaa hithun indha e nimunee…i just love ur this story ushaali…varah salhi vaahaka eh..maaasha allah..

    1. Ushaali says:
      September 10, 2017 at 8:27 pm

      thankyou so much saanto 🙂

  6. someone says:
    September 10, 2017 at 6:04 pm

    varah reethi..when next part?? avahah up kohdhehchey plx plx plx…

    1. Ushaali says:
      September 10, 2017 at 8:28 pm

      thankyou someone 🙂

  7. Iyaa says:
    September 10, 2017 at 6:20 pm

    Vrh reethi?

  8. Hafoo says:
    September 10, 2017 at 6:23 pm

    Jazaakah’llah haira Ushaa. Varah reethi. Varah thanks. Thi kuraa mashehkathah saabas ushaa. Varah ragalhu. Next part madhamaa nice.

    1. Ushaali says:
      September 10, 2017 at 8:29 pm

      thankyou so much Hafoo 🙂 yes next part maadhama insha allah 🙂

  9. aish says:
    September 10, 2017 at 6:23 pm

    Vrh reethi mi part vs ❤❤❤

    1. Ushaali says:
      September 10, 2017 at 8:32 pm

      thankyou aish 🙂

  10. Juvey says:
    September 10, 2017 at 6:54 pm

    V nice mi part vx ?????

    1. Ushaali says:
      September 10, 2017 at 8:33 pm

      thankyou juvey 🙂

  11. mal-mal says:
    September 10, 2017 at 6:59 pm

    wowww!!! a beautiful chapter as usual, MashaAllah. ???I’m so glad that this story is being updated regularly!! ???
    waiting for the next part!! ??????

    1. Ushaali says:
      September 10, 2017 at 8:34 pm

      thankyou so much mal-mal 🙂

  12. nux says:
    September 10, 2017 at 7:49 pm

    alhey haadha reechay mi part abiness dr nice work well done ????????????heenge mytevess haadha goahey????i hate this family next part avass kohladhehchey babs ly??

    1. Ushaali says:
      September 10, 2017 at 8:35 pm

      thankyou so much nux. next part maadhama insha allah 🙂

  13. Naufa says:
    September 10, 2017 at 7:55 pm

    Maasha allah.. V v rythi.. I luv this story.. ?☺

    1. Ushaali says:
      September 10, 2017 at 8:35 pm

      thankyou so much Naufa 🙂

  14. Ainth says:
    September 10, 2017 at 9:25 pm

    Wow v rythi..avahah anehbai genesdhehchey

  15. Coco says:
    September 10, 2017 at 10:29 pm

    How many parts r in this story n it’s really nice

  16. warah vaahaka says:
    September 11, 2017 at 8:43 am

    alhe thankolheh dhigukoh genes dhybaa :/ miwaahaka worah reethi

  17. Loo says:
    September 11, 2017 at 9:59 am

    Alhe haadha kurey 🙁

Comments are closed.

Next Episode02:30 ސައްވީސްވަނަ ބައި←


All Right Reserved!