Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ދިން އުފާ 11

seym Level 310 Stories100 Login100 Comments
September 9, 2017 3 Mins Read
17 Comments

އީރަމް ހުރި ގޮތުން ހަނާއަށް ވެގެން އުޅޭ ގޮތް ނަގައިގަނެވުނެވެ. މަގު ހުރަސް ކޮއްލަމުން ގޭގެ ދޮރުމަތީ ހުއްޓިހުރި އީރަމްގެ ކައިރިއަށް ހަނާ އައިސް  ހުއްޓިލުމާއެކު އީރަމް ލާމިހް މެން ތިބި ދިމާއަށް ބަލާލަމުން ބުމަ ހިއްލާލީ އެމީހުން ގެނައި ކީއްކުރަންތޯ އަހާލާފަދަ ގޮތަކަށެވެ. “ދޮންތަ އަންނަމުން ހުސެން އަށް ގުޅީމަ ބުނީ ލާމީ އާއި އެކީ ބޭރުގައޭ..އެމީހުން އަޔަސް އޯކޭހޭ އެހީމަ ދޮންތަ ބުނެފި އޯކޭއޭ..” ހަނާ ކަންތައްވީގޮތް އީރަމް އަށް އޮޅުންފިލުވައިދިނެވެ. ދުރުގައި ވާހަކަައްކަން ތިބި ތިން މީހުންނާ ދިމާއަށް ހިނގައިގަތް އިރު ވާރޭ ބޯކޮއްލަނީއެވެ. ހައިފާއާއި ހުސެން އެއް ކުޑައެއް ދަށުގައި ތިބެ އެކި އެކި ވާހަކަދައްކަމުން ދިޔަ އިރު އެމީހުން ފަހަތުގައި ހުރީ ލާމިހްއެވެ. “އީމް ކީއްވެތަދެން ލާމީއާއި ވާހަކަނުދައްކަން ތިއުޅެނީ..އޭނަ އެވަރަށް މެސެޖް ފޮނުވާއިރުވެސް ތިހުންނަނީ އަޅާވެސްނުލާ..ދިމާވީމަވެސް ތިއުޅެނީ ދުރުން..” ލާމީ މެންނަށް ވުރެ ފަހަތުގައި ހުރި ހަނާ އީރަމް އާއި ވާހަކަ ދެއްކީ މީހަކަށް އަޑުއިވިދާނެތީ މަޑުންނެވެ. “މަށަކަށް ނުކެރޭނެ..ލާމީ މެސެޖް ކުރިޔަސް ފެނުނީމާ ވާހަކައެއް ނުދައްކައެއްނު..” އީރަމް މޫނަށް ގޮތެއް ހަދާލަމުން ބުނެލިއެެވެ. “ވެދާނެއެއްނު ލާމީ އެހުންނަނީ އީމް ވާހަކަދެއްކީމަ ވާހަކަދައްކަން ކަމަށް..” ހަނާ އެހެން ބުނުމުން އެއީ ވެދާނެ ގޮތެއް ކަމަށް އީރަމްއަށް ވިސްނުނެވެ. ހަގީގަަތަކީ އީރަމް އެހުންނަނީ ލާމިހް ވާހަކަދައްކާނެ އިރެއްގެ އިންތިޒާރުގައި ކަމެވެ. “އަޅެ ދޭބަލަ ގޮސް ވާހަކަދައްކާލަން..” ކުޑައިގައި ހިފަހައްޓައިން ހުރި އީރަމް އަތުން ކުޑަ އަތުލަމުން ހަނާ ބުނެލިއެވެ. “ނޫން..” ބިރެއް ފެނިގެން އުޅޭމީހެއް ހެން އިރާމްއަށް އެހެން ބުނެލެވުނީވެސް ބާރަށެވެ. ލާމީހްއަށް ފަހަތަށް ބަލާލެވުނު ވަގުތު ހަނާ އީރަމްގެ ބުރަކަށީގައި އަތް އަޅާލަމުން ކުރިއަށް ކޮއްޕާލަނީއެވެ. ވާރޭތެރެއަށް ނުކުމެވުމާއެކު ހަމަ އެހާމެ އަވަހަށް އީރަމް ކުޑައިގެ ދަށަށް ވަދެއްޖެއެވެ. ލާމިހް ބަލަހައްޓައިން ހުރި ކަން އެނގުމާއެކު އީރަމް ހިނިތުންވެލިއެވެ. ރައްދުގައި ލާމިހް ވެސް ހިނިތުންވެލަމުން ކުރިއަށް ހިނގައިގަތުމާއެކު އީރަމް ހަނާގެ އަތުގައި ވިކައިގަނެއްޖެއެވެ.

 

ފަސްމީހުން ހިނގާލާފައި އައިސް މަޑުކޮއްލީ ރަސްފަންނު ބީޗްގައެވެ. ވިއްސާރަ ދުވަހަކަށް ވުމުން މީހުން މަދުނަމަވެސް މޫދަށް އެރެން މަދުބަޔަކު އައިސް ތިއްބެވެ. ކުޑަތަށް ލައްޕާލަމުން އެމީހުންގޮސް އެރީ ހިޔާވާގޮތަށް ހަދާފައިވާ ތަނަށެވެ. ޖެހެމުންދިޔަ ވައިރޯޅިތަކުން ހަށިގަނޑުގައި ފިނީގެ އަސަރު ހިފުމާއެކު އެންމެންވެސް ހީކަރުވައިގަނެއްޖެއެވެ. އީރަމް ލައިގެން ހުރި އަތްދިގު ޓީޝާޓް ގެ އަތަށް ދަމާލަމުން އަތްތިލަ ފޮރުވާލިތަން ހުސެން ކައިރީ ހުރި ލާމިހްގެ ލޮލުގައި އަޅައިގަތެވެ. “މިތާ ކައިރީ ޓޭކްއަވޭ ކޮފީ ލިބެންހުރޭދޯ..” ކައިރީގައި ހުރި ހުސެންއަށް ބަލާލަމުން ހައިފާއަހާލިއެވެ. “ނޭނގެ ބަލާލަން ދަމާ..ނަސީބަކުން ވޮލެޓް ހިފައިން ގެއިން ނުކުމެވުނީ.. ” ހުސެން ލައިގެން ހުރި ސޯޓުގެ ޖީބުގައި އަތް ޖައްސާލަމުން ބުނެލިއެވެ. ހައިފާ އާއި ހުސެން ކުޑަ ހިފައިން ހިނގައިގަތުމާއެކު ހަނާ ބަލާލީ ކައިރީގައި ހުރި އީރަމް އަށާއި ދުރުގައި ހުރި ލާމިހްއަށެވެ. “އީމް..އެބަ އަންނަން އިނގޭ..” ހަނާ ކުޑަ ހިފައިން ހިނގައިގަތީ އީރަމްއަށް ސުވާލެއްކުރާނެ ފުރުސަތެއް ނުދީއެވެ. ހައިފާ މެންނާ އަރާ ހަމަކުރަމުން ހަނާ ގޮވާލިއެވެ. އެމީހުން ކައިރީ ހުއްޓިލަމުން ހަނާ އީރަމް މެންނަށް ބަލާލިއިރު ދެމީހުން އެތިބަގޮތަށް ތިއްބެވެ. “އެކަކު އަނެކަކާ ވާހަކަނުދައްކަން ހުވާ ކޮއްގެން ކަންނޭނގެ އެތިބީ..ހުރެބަލަ..ރަނގަޅު ލަނޑެއް ދޭނަމޭ މިއަދު..” ހަނާ އެހެންބުނުމުން ހައިފާއާއި ހުސެން ހީގަތެވެ.

 

ދެމީހުން އެކަނިވުމާއެކު ދުރުގައި ހުރި އީރަމްގާތަށް ލާމިހް ހިނގައިގަތެވެ. ގާތަކުގެ މައްޗަށް ރުޅިވެރިކަމާއެކު މުގުރަމުންދާ ރާޅުތަކަށް ބަލަހައްޓައިން ހުރި އީރަމް އަށް ގާތުގައި މީހަކު ހުރިހެންހީވެ ބަލާލިއިރު ހުރީ ލާމިހްއެވެ. ލާމިހްގެ އުޅަބޮއްޓާ ހަމައަށް އީރަމްގެ ބޯ އަރަނީ ކިރިޔާއެވެ. ލާމިހްގެ ހިތުގެ ވިންދު އަވަސްވުމާއެކު ލައިގެން ހުރި ސޯޓުގެ ޖީބަށް އަތް ކޮއްޕާލިއެވެ. “އަހަރެން ދެކެ ހިތްހަމަނުޖެހިފަދޯ..” ލާމިހް ކޮއްލި ސުވާލުން އީރަމް ލާމިހްގެ މޫނަށް ބަލާލިއެވެ. އީރަމްގެ ލޮލަށް އެހާ ކައިރިން ބަލާލެވުމުން ފުރަތަމަ ފަހަރު އީރަމްގެ މަޑު ބުރައުން ކުލައިގެ ކަޅި ލާމިހް އަށް ފާހަގަކުރެވުނެވެ. “ކޮންކަމަކާ..” ހިނިތުންވެލަމުން އީރަމް އަހާލިއެވެ. “އުނދަގޫވާވަރަށް މެސެޖްކުރާތީ..” ލާމިހް އެހެން ބުނުމުން އީރަމްގެ ލުއި ހުނުމުގެ އަޑު އިވިގެން ދިޔައެވެ. “ނޫން.. އުނދަގުލެއް ނުވޭ..” އީރަމް މޫދަށް ނަޒަރު ހުއްޓާލަމުން ބުނެލިއެވެ. ” އެއްވެސް މެސަޖަކަށް އީމް ރިޕްލައި ނުކުރާތީ ހީކުރީ އަހަރެން ދެކެ ވަރަށް ހިތްހަމަނުޖެހިފައޭ ހުންނާނީ..” ލާމިހްގެ އަޑުން ވެސް އެކަމާ މާޔޫސްވެފައިވާކަން އިނގެއެވެ. ލާމިހް އީމް އޭ ބުނެލި ތަންކޮޅު އީރަމް އަށް ފަހަގަވިއެވެ. އެނަމުން އޭނާއާ ވާހަަކަދައްކާާހަދަނީ ވަރަށް ގާތް މަދު ބަޔެކެވެ. ނަމަވެސް ލާމިހް އެނަން ބޭނުންކުރިއިރު ދުރު ކަމެއް އީރަމް އަކަށް އިހްސާސްއެއް ނުވިއެވެ. “އެހެންނެއް ނޫން..” ލާމިހް ބޯ ޖަހާލަމުން އެކި އެކި ވާހަކަ ދައްކަމުންދިޔައެވެ. ލާމީ ދައްކާ ވާހަކައަކާ ގުޅުވައިން އީރަމްވެސް ދެތިން އެއްޗެއް ބުނެލައެވެ. ލާމިހް ވާހަކަދައްކާއިރު އެހުންނަ ގާތްކަމާއި އޯގާތެރިކަމުން އީރަމްގެ ހިތުގައި ތަފާތު ވިންދެއް ޖަަހާލިއެވެ. ހަމަ އެ އާ އެކު ދެން ގަތީ ބިރެވެ. ލާމިހްގެ ހިތުގައި އީރަމްއަށް ތަފާތު އިހްސާސެއް އުފެދެންފަށާފާނެތީއެވެ. އެކަހަލަ ދުވަހެއް އައިސް ދާނެ ކަމަށް އެހިތް ބިރުގަތީ ކީއްވެ ކަމެއް ނޭނގުނެވެ. ނަމަވެސް އެހެން ކަންތަށް ވެއްޖެނަމަ ލާމިހް އަށް އީރަމްގެ ފަރާތުން ލިބޭނީ ހިތާމަކަމަށް އީރަމްގެ ހިތް ބުނެލިއެވެ. “އައި އެމް މެރީޑް..” ވިސްނުމުގައި ހުރެ އެހެން ބުނެވުނު ކަމެއް ވެސް އީރަމް އަކަށް ނޭނގުނެވެ. ވާހަކައިގައި ހުރީ ލާމިިހް އީރަމް އަށް ބަލާލީ އެއްޗެކޭ ބުނިހެންހީވެގެންނެވެ. “އައި އެމް މެރީޑް…” ވާހަކަ މެދުކަނޑާލި ލާމިހް އަށް ބަލާލަމުން އީރަމް މިފަހަރު އެހެން ބުނީ އަޑުއިވޭ ވަރަށެވެ. އެހެން ބުނި އިރު އީރަމްގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނެއެވެ. ބުނަންވީ ކީކޭ ކަމެއް ލާމިހްއަކަށް ނޭނގުނެވެ. ކުއްލިއަކަށް އީރަމް އެވާހަކަ އެބުނީ ކީއްވެ ކަމެއްވެސް ލާމިހްއަކަށް ނުވިސްނުނެވެ. ހަނާގެ ފަރާތުން އެކަންތައް އިނގޭ ކަމަކަށް ވެސް ލާމިހް ނުހެދިއެވެ. “ވާވް..އަމްމް..ތެޓްސް ނައިސް.. މިބުނީ ލޯބިވާ މީހަކާ އެކީ މުޅި އުމުރަށް އުޅެން ލިބުން..” ލާމިހް އެހެން ބުނެލީ އީރަމް ބުނާާއެއްޗެއް ބަލާލުމަށެވެ. އިތުރަށް އެވާހަކަ ދައްކަން އީރަމް ބޭނުމެއްނުވިއެވެ. “ލާމީ ސިންގަލް އެއް ނޫން ދޯ..” އީރަމް އެހެން އެހީ މައުލޫ ލާމިހް އާއި ދިމާލަށް އަނބުރާލުމުގެ ގޮތުންނެވެ. ” ނޫން. ސިންގަލް..އެންޑް ރެޑީ ޓު މިންގަލް..” އީރަމް އާއި ދިމާލަށް އެއްލޯ މަރާލަމުން ލާމިހް އެހެން ބުނީ މަޖާވެލާފައެވެ. އެމީހުން ވާހަކައިގައި ތިބޭތާ އިރުގަނޑެއް ފަހުން ކޮފީ ގަނެގެން ހަނާ މެން އަތުވެއްޖެއެވެ. “ސޮރީ ލަސްވީމަ..ތަންކޮޅެއް ދުރުގައި ހުރިތާކުން ގަންނަންޖެހުނީ..” ހުސެން އީރަމްއަށް ކޮފީ ތަށި ދިއްކޮއްލިއެވެ. ހަގީގަތަކީ އެމީހުން ލަހުން އައީ ލާމިހް އާއި އީރަމްއަށް ވާހަކަދައްކާނެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. ކޮފީ ބޮއިގެން ގެއަށް ދާން ހިނގައިގަތް އިރު އީރަމް ކައިރީ ހުރީ ހަނާގެ ބަދަލުގައި ލާމިހްއެވެ.

ހަފްތާއެއް ފާއިތުވެގެންދިޔައިރު އީރަމް އާއި ލާމިހްގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. ލާމިހް ފޮނުވާ މެސެޖްތަކަށް މަދުން ނަމަވެސް އީރަމްގެ ފަރާތުން ޖަވާބުލިބެންފެށިއެވެ.

އޮފީސް ނިމުމާއެކު ހަނާ އާއި އެކު ނުކުތް އީރަމްއަށް ސައިކަލް މަތީ އިށީނދެލައިން އިން ލާމިހް ލޮލުގައިއަޅައިގަތެވެ. އޮފީސް އެއްޗެހީގައި ލާމިހް ފެންނައިރުބަލާލާ ކޮންމެ އަންހެންކުއްޖަކަށް ވެސް ލާމިހްގެ ހަރުދަނާކަމާއި އެފިރިހެންވަންތަ ކަމަށް ތައުރީފު ނުކޮއްލާ ހުރެވުމަކީ ނާދިރުކަމެކެވެ. އީރަމް ލާމިހް ކައިރީ ހުއްޓި ގޮވާލުމާއެކު އަތުގައި އޮތް ފޯނުން ހުރިހާ ސަމާލުކަމެއް ވަކިކޮއްލަމުން ބަލާލީ ސީދާ އީރަމް ގެ ދެލޮލަށެވެ. “ލާމީ މިތާ ކީއްކުރަނީ..” އީރަމް ކޮނޑުގައި އަޅުވާލެވިފައިވާ ދަބަސް ތެރެއަށް ފޯނު ލަމުން އަހާލިއެވެ. “މިއައި ހަމަ އީރަމް ދެކިލަންވެގެން..” ސަމާސާއަކަށް ނަމަވެސް ލާމިހް ބުނެލީ އޭނާގެ ހިތުގެ އެދުމެވެ. އީރަމް ހިނިތުންވެލިއެވެ. “އަހަރެން މީ އެހާ ހާއްސަ މީހެއްކަމެއް ނުދެނަހުރިން..” އީރަމް ޖަވާބުދިނީ މަޖާވެފަ ހުރެއެވެ. ހަނާ ސައިކަލުގައި އައިސް ލާމިހް މެން ކައިރިއަށް މަޑުކޮއްލީ އެވަގުތުއެވެ. “ލާމީގެ ބޮޑީގާޑު މިއަދު ކޮބާ..” ހަނާ އަހާލިއެވެ. “ހުސެން މިއަދު އޮފީސް ނިމޭއިރަށް ގެއަށް ގޮއްސި..” އީރަމް ގޮސް ހަނާގެ ސައިކަލު ފަހަތަށް އެރުމާއެކު ލާމިހް ވެސް ސައިކަލު މަގުމައްޗަށް ނެރެލިއެވެ. ހަނާ މެންނާ ދާދި އެއްވަރަކަށް ސައިކަލް ދުއްވަމުން ލާމިހް އީރަމްގެ ގެއާ ހަމައަށް އައެވެ. ލާމިހް ކައިރީ ދަނީ ކަމަށް ބުނެ ގެއަށް ވަންނަން ދިމާކުރި އީރަމް ގެ މޫނު ހުދުވެގެން ދިޔައީ ގޭ ދޮރުމަތީ އެ މަންޒަރު ބަލަން ހުރި ނާއިލް ފެނިފައެވެ. ލާމިހް އަށް އީރަމްއަށް ވެގެންދިޔަ ގޮތް ފެނުމާއެކު އެ މީހާއަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އެމީހެއްގެ މޫނުމަތިން ރުޅިވެރިކަން ފެންނަން ހުރި އިރު އަތުގައި ރޯކޮއްފައިވާ ސިގިރޭޓެއް އޮތެވެ. ސަބަބެއް ނޭނގި ލާމިހް ގެ ހިތް ތެޅިލުމާއެކު ބޭއިހްތިޔާރުގައި ބަލާލެވުނީ ހަނާއާއި ދިމާލަށެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

ލޯބިން އަންނާށޭ ކަލާ (ފަހުބައި)

Next

ގޮއްޔެ(ބާބު 2) ނުވަވަނަ ބައި

Next
September 9, 2017

ގޮއްޔެ(ބާބު 2) ނުވަވަނަ ބައި

Previews
September 9, 2017

ލޯބިން އަންނާށޭ ކަލާ (ފަހުބައި)

17 Comments!

  1. seym says:
    September 9, 2017 at 4:07 pm

    Salaam hurihaa kudhinnah ? Mi bai vx hiyyhama jehey gothah genesdhevunu kamah heekuran. Enjoy reading and leave a comment ?♥️? Have an awesome day and stay safe. ?

  2. Gorgeous says:
    September 9, 2017 at 4:18 pm

    Vrh salhi.. Avahah up kohdheche
    This is the best story in this site right now I love it
    Seym you are a great writer

    1. seym says:
      September 10, 2017 at 9:46 pm

      Awwn thankew gorgeous for your sweet comment. ?

  3. naju says:
    September 9, 2017 at 4:55 pm

    haadha kurey … thankolheh dhigukohba plzzz .. mi part ves v v reethi

    1. seym says:
      September 10, 2017 at 9:47 pm

      Thankyou naju ❤️

  4. Petite says:
    September 9, 2017 at 5:12 pm

    V v reethi ❤

    1. seym says:
      September 10, 2017 at 9:47 pm

      Thanks petite ♥️

  5. Nemo says:
    September 9, 2017 at 5:44 pm

    It’s a beautiful story. Up vefa indheytho v balan.. Story nimendhen liye up kuracchey ingey

    1. seym says:
      September 10, 2017 at 9:48 pm

      Insha Allah will try my best. ? ♥️

  6. ??? says:
    September 9, 2017 at 5:59 pm

    Vvvv rythi maakuru my baii vess

    1. seym says:
      September 10, 2017 at 9:49 pm

      kuriah huri baithah dhigukoh genesdheveytho will try ingey ?

  7. Shin says:
    September 9, 2017 at 6:12 pm

    Woooooww.. V rythii… When next part….

    1. seym says:
      September 10, 2017 at 9:50 pm

      Thankyou shin ❤️ irukolheh therey next part up vaane kamah balamaa dho ?

  8. Navya says:
    September 9, 2017 at 7:37 pm

    Kiyaahiyvefa inleh bodukamun heevany v kuru hn☺ vvv reethi mi part ves nd v intrestin vaahaka eh mi ?. . Avahah up kurahchey..pls pls

    1. seym says:
      September 10, 2017 at 9:50 pm

      Thanks navya ?

  9. :-( says:
    September 10, 2017 at 7:02 pm

    Can I ask you guys a question? How do you give hearts blue red pink.. I just can’t give.. Can you explain how someone? Only I could give is a sad and a.happy face 🙁

  10. Aish says:
    September 10, 2017 at 10:26 pm

    V.reethi mi story. V inthizaaru kurevey mi story ah.

Comments are closed.

Next Episodeތިޔަ ދިން އުފާ 12←


All Right Reserved!