Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަވްލީން (7 ވަނަ ބައި)

iff Level 210 Stories100 Comments
September 9, 2017 5 Mins Read
20 Comments

މޯޑް އައި ގޮތަށް އަވްލީން ލައިގެން ހުރި ކުރުތާގެ ކަރުވަޅުގައި ކަތުރު ޖައްސާފައި އިރާލިއެވެ. އަވްލީން ރޮމުން ގަދަހެދޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ” މިއީ މަ ހާދަ ކުރިއްސުރެ ހިތުލައިގެން އުޅޭކަމެކޭ.. ތި މަލުގެ ފޮނިކޮޅު ބޯލަން ހިތުލައިގެން ހުންނަތާ މިހާރު ކިހާ ދުވަހެއް. އެންމެ ފުރަތަމަ ތި މަލުގެ ރަހަ ބަލާމީހަކަށް ވާންޖެހޭނީ މަ. އެ އިނގޭތަ ކީއްވެކަން. މަށަށް މުޅި މިރަށުންވެސް އެންމެ ރީތި ކުއްޖަކަށް ފެނުނީ ކަލޭ.. އެކަމަކު މަށަށް އިނގޭ ކަލޭ ދުވަހަކުވެސް ހިތުން ރުހުމުން މަގޭ ކައިރިއަކަށް ނާންނާނެކަން…” މޯޑް ވާހަކަ ދައްކަމުން އަވްލީން އާއި ކައިރިއަށް ޖެހެމުން ދިޔައެވެ. ގަދަކަމުން އަވްލީންގެ މޫނުގައި ހިފަހައްޓާފައި މޫނާއި މޫނު ކައިރިކުރަންފެށިއެވެ. މި އަނިޔާވެރިކަމުން ސަލާމަތްކޮށްދެއްވާތޯ އަވްލީން ހިތާހިތުން ދުޢާ ކުރަމުންދިޔައެވެ. ލޯ މަރައިގެން ރޮމުންދިޔަ އަވްލީން ލޯ ހުޅުވާލީ ކުއްލިއަކަށް މޯޑް އޭނާއާއި ދުރުވުމުންނެވެ. އަވްލީން ބަލައިލިއިރު ލަޔާންހުރީ މޯޑްގެ ގަމީހުގެ ގިރުވާނުގައި ހިފަހައްޓައިގެންނެވެ. ” ހުރި ލަދު ހަޔާތްކުޑަކަން. ލަދެއްވެސް ނުގަނޭތަ އަންހެންކުދިންގެ އިއްފަތް ފޭރެމުން ދުވާކަށް.” ލަޔާން އައިއްސަ ހުރި ރުޅި ކޮންޓްރޯލްނުވެގެން މޯޑްގެ އަނގަމަތީގަ މުއްކަވާފަ ޖެހިއެވެ. މޯޑްގެ އަނގަފަޅައިގެން ގޮސް ލޭ އަންނަން ފެށިއެވެ. ” ހަނދާންކުރާތި މީގެ ފަހުން އަވްލީންއާއި ދިމާލަށް މި ދެލޮލުން ބަލާލިއަސް ނިމުނީ. މި ފަހަރު ޕޮލިހަށް ނުގެންގޮސް މި ދޫކޮށްލަނީ އަވްލީންއަށް މިކަމުން ލިބިދާނެ ލަދަކަށް ބަލާފަ. އެކަމް ހަނދާންކުރާތި މީގެ ފަހުން އަވްލީން ގައިގަ އިނގިލިކުރި ޖައްސާލިއަސް ނިމުނީ…” ލަޔާން މޯޑް ކޮށްޕާލުމުން މޯޑް ދުވެފައި ނިކުމެގެން ދިޔައެވެ.

އަވްލީންގެ ކުރުތާ މޯޑް އިރާލާފައި ހުރުމުން ހަށިގަނޑުގެ ބޮޑުބައެއް ހުރީ ހާމައަށް ފެންނާށެވެ. އެހެންކަމުން ލަޔާން އަވަހަށް އޭނަ ލައިގެން ހުރި ޓީޝާޓް ބާލާފައި އަވްލީންގައިގަ ޖައްސާލުމަށްފަހު އަވްލީން އައްސާފައިހުރި ވާތައް މޮހާލިއެވެ. އަވްލީންގެ ދެއަތް ސަލާމަތްވާއިރަށް އެ ޓީޝާޓް ގަޔަށް މަހާލިއެވެ. އޭރު ލަޔާން ހުރީ ފުރަގަހަށް އެނބުރިގެންނެވެ. ” ޝު ޝު ކުކު ކުރިއްޔާ” އަވްލީން އަށް ވާހަކަ ދެއްކުނީވެސް ވަރަށް އުނދަގުލުންނެވެ. ” ހިނގާ ގެއަށް ދާން…” ލަޔާން އެހެން ބުނުމުންވެސް އަވްލީން ހުރިތަނުން ގުޑާވެސްނުލާ ހުރީމަ ލަޔާން ފޯނު ނަގާފަ މަހުދީއަށް ގުޅިއެވެ. “މަހުދީ.. ސައިކަލުގަތަ ތިއުޅެނީ… އާދެބަލަ އަހަންމަދުބެ ފިހާރަ ކައިރީ އިންނަ ފަޅުގޯތި ދޮރުމައްޗަށް….” ލަޔާން ފޯނު ކަނޑާލަމުން ފަހަތަށް އެނބުރި ބަލައިލިއިރު އަވްލީން އިނީ ގަސް ބުޑުގައި އިށީނދެގެންނެވެ. އޭރުވެސް އަވްލީންއަށް ގިހިލެވެއެވެ.

ފަސް ވަރަކަށް މިނެޓުތެރޭ ސައިކަލާ އައިސް ދޮރުމައްޗަށް މަޑުކޮށްލުމަށްފަހު މަހުދީ އެ ގޯތި ތެރެއަށް ވަނެވެ. މަހުދީގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ހުސްގަޔާހުރި ލަޔާންއެވެ. އެއަށްފަހު ގަސްބުޑުގައި އިށީންދެގެން އިން އަވްލީން އާއި ދިމާލަށް މަހުދީ ބަލާލިއެވެ. “ލަޔާން ތި ކޮންކަމެއް… ކިހިނެއްވެގެން ލަޔާންގެ ޓީޝާޓު އަވްލީން ލައިގެން އެ އިނީ”  “ބްރޯ އިހަށްދޭބަލަ އަވީ ގެއަށްލާފަ އަހަރެންގެ ޓީޝާޓެއް ގެނެސްދޭން.. އައިއްސަ ތި ވާހަކަ ދައްކާނީ…” ލަޔާން އެހެން ބުނުމުން މަހުދީ އަވްލީން އާއި ދިމާލަށް އަނެއްކާވެސް ބަލައިލިއެވެ. ” ބްރޯ ތި ހީކުރާކަހަލަ ކަމެއް ނޫނޭ މީކީ.. އަހަންނަށް މި ހިސާބަށް އާދެވުނީ އަވީގެ ނަސީބަކަށް.. އެހެން ނޫންނަމަ…..” ” އަހަރެން އަވީއަކަށް ޝައްކެއް ނުކުރަން. އަހަންނަށް އިނގޭ އަވީ އަކީ އެކަހަލަ ކުއްޖެއް ނޫންކަން.” ލަޔާން ހީކުރީ މަހުދީ އޭނައާއި އަވްލީންއަށް ޝައްކު ކުރަނީކަމަށެވެ. ނަމަވެސް ލަޔާންގެ ޖުމްލަ މެދުކަނޑާލަމުން މަހުދީ އެހެން ބުނުމުން ލަޔާން ހިތްހަމަޖެހުނެވެ.

މަހުދީ އާއި އެކު އަވްލީން ގެއަށްދިޔައިރު ނަސީބަކުން އެއްވެސް މީހެއް ގޭތެރެއިން ފެންނާކަށް ނެތެވެ. އަވްލީން ކޮޓަރިއަށް ވަންނަން ދިޔައިރު މަހުދީވެސް އަވްލީންއާއެކު ކޮޓަރި ދޮރާ ހަމައަށް ދިޔައެވެ. “އެއެއް ވެސް…..” “އަވީ ހާސްނުވެބަލަ.. އަހަރެން އެއްވެސް މީހެއް ކައިރީގަ ނުބުނާނަމޭ..” އަވްލީން ބުނަން އުޅެނީ ކީކޭކަން އިނގިގެން މަހުދީ އަވަހަށް ބުންޏެވެ. “ދެން ދޭ ގޮސް ފެންވަރާލަން”  މަހުދީ ވަރަށް ލޯބިން އަވްލީންގެ ބޮލުގަ ފިރުމާލަމުން ބުންޏެވެ. އެ އޯގާތެރިކަމާ އެ ހަމްދަރުދީއިން އަވްލީންއަށް އިތުރަށް ރޮވޭގޮތްވިއެވެ. އެހެންވެ އަވަހަށް ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ. އަވްލީން ކޮޓަރިއަށް ވަނުމުން މަހުދީ ގޮސް ލަޔާންގެ ޓީޝާޓެއް ހިފައިގެން ނިކުތެވެ.

އިރުއޮއްސެން ދިޔަ ވަގުތު މަހުދީ އާއި ލަޔާން ތިބީ ރަށުގެ އަތިރިމަތީގައި ހަދާފައި އިން ހޮޅުއަށިމަތީގައެވެ. ” އަހަރެން އަހަންމަދުބެ ފިހާރަ ތެރޭގަ ހުއްޓަ ދެކުނިން އަވީ ފިހާރަ ދޮރުމަތިން ހުރަސް ކަނޑާލިތަން.. އިރުކޮޅެއްވެސް ނުވެ އެތަނަށް ވަން މުސްކުޅިވަރުގެ އަންހެނަކު ވަރަށް ހާސްވެގެންގޮސް އަހަންމަދުބެ ކައިރީ ބުނީ ދެންމެ މިހެންލާފަ ދިޔަ މަންޖެއެއްގައިގަ ގަދަކަމުން ހިފަހައްޓައިގެން ފަޅުގޯއްޗަށް  ވައްދައިފިއޭ ދެ ސޮރަކު. އެހެންބުނީމަ އަހަރެން ވަގުތުން ނިކުމެގެން ހިނގައިގަތީ އެ ދިމާލަށް. އެ ގޯއްޗަށް އަހަންނަށް ނުވަދެވެނީހަށް އެތަނުން ނިކުތް ތިން ގޮލާ.. ވަރަށް ހެމުން ތިންމީހުނަށް އަތްޖަހަމުން އަންނަނިކޮށް އަހަރެން ގޮސް އެހީ ކަލޭމެން ފަޅުގޯއްޗަށް ވެއްދި އަންހެން ކުއްޖާ ކޮބާހޭ.. އެހެން އަހާއިރަށް ތިންމީހުން ތިން މީހުން ކައިރީގަ ސިއްރުން އެކީ އެއްޗެއް ކިޔާފަ ދުއްވައިގަތީ. އެމީހުން ފަހަތުން ދާން އުޅެފަވެސް އަހަރެންވަނީ އެ ގޯއްޗަށް… އޭރު އެ ގޮލާ ……” ވަކި ހިސާބަކުން ހުއްޓާލާފައި ލަޔާން އަނެއްކާވެސް ފެށިއެވެ. “އަހަރެން އޭނަ ދުރުކޮށްލިއިރު އަވީގެ ހެދުން އޮތީ އިރާލާފަ. އެހެންވެ އަހަރެންގެ ޓީޝާޓު އަވީއަށް ދިނީ…” ލަޔާން އިތުރަށް ކިޔައިދިނެވެ.

“އެއީ ކޮންބައެއްކަން އިނގޭތަ؟” މަހުދީ އެހެން އަހާލިއިރު އަޑުގައި ރުޅިއާއި ހިތާމަ އެކުލެވިފައިވެއެވެ. ” ނޫން. އަވީމެންވަރުގެ ކުދިންތަކެއްހެން ހީވަނީ.. އެތެރޭގަ ހުރި ގޮލާގެ ކަރުގައާ އަތުގަ ހުރި އެއްޗެހި އަޅާފަވެސް.. ފެނިއްޖާ އިނގޭނެ.” ލަޔާން އެހެންބުނުމުން މަހުދީ ބުނީ އަވްލީން ކައިރީގަ އަހައިގެން ހޯދާނީކަމުގައެވެ. އެރޭ އަށެއް ޖަހާއިރު ލަޔާން ޑިއުޓީއަށް ދާންޖެހޭތީ ދެމީހުން ދިޔައީ ގެއަށްދާށެވެ. ދިޔަ މަގުމަތީގައި ދިޔައީ މިސްކިތަށްވަދެ ނަމާދުވެސް ކޮށްގެންނެވެ. މަހުދީ ގެއަށްވަދެ ފުރަތަމަވެސް ބަލާލީ އަވްލީން ފެންނަ ހިސާބެއްގައި ހުރިތޯއެވެ. ކާގޭގައި މީހަކު އުޅޭހެން ހީވެގެން މަހުދީ ގޮސް ދޮރުމައްޗަށް އެރިއިރު އަވްލީން ހުރީ އުނދުންކައިރީގައެވެ. އަވްލީން ދޮރާއި ފުރަގަސްދީގެން ހުރިއިރު އެތާ ކައިރީހުރި ވިޝިކާއަށްވެސް ހުރެވުނީ ދޮރާއި ފުރަގަސްދީގެންނެވެ.

” ކަލޭ މޯޑްއާއި ރައްޓެހިވާނީތަ އެހެންނޫނީ ތިހެން ގަމާރެއްހެން ހުންނާނީތަ؟ ކިތަންމެ ގިނަ ދުވަހަކު ތިހެން ހުއްޓަސް ކަލެއާ އިންނާކަށް ނާންނާނެ އިތުރު މީހެއް. ކަލެއަށް ރަނގަޅަކަށް މިބުނީ. މޯޑްއާ ރައްޓެހި ނުވެއްޖާ ދެން ވާނެގޮތްވެސް އިނގެއެއްނު…” ވިޝާކާ ދައްކަމުން ދިޔަ ވާހަކައިން މަހުދީ ހުރީ ހައިރާންވެފައެވެ. އޭރު އަވްލީން ކަރުނަ ފޮހޭތަން މަހުދީއަށް ފެނުނެވެ. ” ދެން މާ ބޭބީވެގެން ރޯނެކަމެއް ނެތް. މީހެއް ރޯވަރުގެ އެއްޗެއް މަ މިތާ ބުނެފިންތަ.. އެހެންނޫނަސް ތި ކަރުނަތައް ފޮހެދޭން މީހުންތަކެއް އަންނަނީތަ؟ މާ ފޮނި ނުވެ މިރޭ އެކްސްޓްރާ ނިންމާފަ މަށާއެކު މަ ބުނާ ތާކަށް ދާން ރެޑީވޭ… އެހެންނޫނީ….” ވިޝާކާ އަވްލީން އާއި ދިމާލަށް އެއްޗެހި ކިޔަމުން ބޭރަށް ނިކުންނަން އެނބުރިލި ވަގުތު ދިޔައީ ސިއްސައިގެންނެވެ. “ދޮ ދޮންބޭ.. މި މިތާ ކީއްކުރަނީ؟” ވިޝާކާ ހަމަޖެހެން މަސައްކަތް ކުރަމުން އެހިއެވެ. ވިޝާކާ ދޮންބޭ އޭ ބުނުމުން އަވްލީން ސިހިފައި ފަހަތަށް އެނބުރި ބަލައިލިއެވެ. އޭރު މަހުދީ ހުރީ ވަރަށް ރުޅި އައިއްސަކަން އަވްލީންއަށް މަހުދީގެ މޫނު ފެނުމުން އިނގުނެވެ. އަވްލީން މަހުދީއަށް ބަލައިލާފަ ދެކޮޅަށް ބޯ ހޫރާލިއެވެ. މަހުދީ ވިޝިކާ އާއި ދިމާލަށް އެއްޗެކޭ ބުނެދާނެތީ އަވްލީން ހުރީ ވަރަށް ކަންތައްބޮޑުވެފައެވެ. ކުރިން ދުވަހުވެސް މަހުދީ މަންމަ އާއި ދެބަސްވާންޖެހުނީ އަވްލީންގެ ސަބަބުންކަމަށް އަވްލީން ގަބޫލުކުރެއެވެ. އަނެއްކާ މިއަދު އޭނަގެ ސަބަބުން ވިޝިކާއާ ދިމާލަށް މަހުދީ އެއްޗެހި ކިޔާކަށް އަވްލީން ބޭނުމެއް ނުވެއެވެ. “ވިޝިކާ އާދެބަލަ ދޮންބެ ކޮޓަރިއަށް..” މަހުދީއަށް އަވްލީންގެ އިޝާރާތް ވިސްނުނު ނަމަވެސް ބޭނުންވީ އޭނާގެ ކޮއްކޮއަށް ނަސޭހަތްދީ އެކަން ހުއްޓުވާށެވެ.

މަހުދީމެން ނިކުމެގެންދިޔަ ދޮރާއި ދިމާލަށް ބަލަންހުރި އަވްލީން ދުއްވައިގަތީ ކާގޭގައި އިން ކުޑަ ދޮރާއި ދިމާލަށެވެ. ކުޑަދޮރުން ފުންމާލައިގެންގޮސް އެ ގޯތީ ކާގެއާއި ދިމާގައި އޮންނަ ގަސްތަކުގެ ތެރެއަށްވަނެވެ. ގެއާއި ދިމާލު ކުރިމަތީގައި އޮންނަ ހުސްޖާގަ ދިއްލާފަ އޮތަސް ގޭގެ އެއްކައިރީގައިވާ އެބައި އޮންނަނީ ވަރަށް އަނދިރިކޮށެވެ. ނަމަވެސް ހަނދުވަރު ދީފައިވާ ރެއެއްކަމުން އެތަނަށްވަނީ ވަރަށް ރީތިކޮށް ހަނދުވަރުގެ އަލި އެޅިފައެވެ. އަވްލީން ގޮސް އެތާނގައި އިން ހިތިގަސް ވަށައިގެން ރާނާފައި އިން ސިމެންތި ގޮނޑީ އިށީނެވެ. އޭރު އޭނަގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަމުންދެއެވެ. ދެފައި މެއާ ކައިރިކޮށްލާ ކަކޫމަތީގަ ބޯ ޖަހައިގެން ރޯންއިން އަވްލީންގެ އަޑު އިރެއް އިރަކަށްދިޔައީ ބާރުވަމުންނެވެ. އެކަމަކު އެ ގޭގަ އެ އަޑު އިވިގެން އަންނަން ހުރީ އެންމެ މީހެކެވެ. އޭނަ އައުމުން އެހެން މީހުންގެ ހިތުގައި އަވްލީންއަށްވާ ނަފްރަތުގެ ހުޅުކޮޅު ބޮޑުވުން ނޫންކަމެއް ނުވާނެއެވެ. ކުއްލިއަކަށް އަވްލީން ސިހިފައި ބަލާލީ ކައިރިން މީހެއްގެ ހިޔަނިވީހެން ހީވެގެންނެވެ.

” އަވީ ނުރޮއި.. އައި ނޯ ތީ ވަރަށް ސްޓްރޯންގް ކުއްޖެއްކަން. ކަންކަމާ އެހާބޮޑަށް ނުވިސްނާ.. އަބަދުވެސް ހެޔޮގޮތް މެދުވެރިކުރެއްވުމަށްއެދި ދުޢާކުރޭ.. އިންޝާﷲ އަދި އަވީއަށް ވަރަށް އުފާވެރި މުސްތަޤްބަލެއް ލިބޭނެ.. އަހަންނަށް ފުރަތަމަ އަވީ ފެނުނު ދުވަހުވެސް ވަރަށް އެހެންކަހަލަ އިހުސާސެއްވި. ލައިކް ޔޫ ނީޑް އަ ފްރެންޑް ޔޫ ނީޑް އަ ބްރަދަރ.. އަވީ އަހަރެން ދެކޭނީ މީގެ ފަހުން ތީ އަހަރެންގެ ކޮއްކޮއެއްގެ ގޮތުގަ. އަވީ މީގެ ފަހުން ކަމެއް ބޭނުންވެއްޖާ މި ބޭބެ ކައިރީ ބުނާތި. މީހަކު އުނދަގޫކުރަންޏާވެސް ބުނާތި އިނގޭ…” ލަޔާން ވާހަކަ ދައްކަމުން އަވްލީންގެ ބޮލުގައި ފިރުމާލިއެވެ.ލަޔާންގެ އެ ހަމްދަރުދީއާއި ގާތްކަމުން އަވްލީންއަށް ފުރަތަމަ ފަހަރަށް ހެޔޮއެދޭ ބޭބެއެއް ހުރިކަމުގެ އިހުސާސްވިއެވެ. ” ދެން ދޭ އެތެރެއަށް ރޭގަނޑު އެކަނިމާއެކަނި މި ކަހަލަ ތަންތާ ތިބޭކަށްނުވާނެ އަންހެންކުދިންނެއް.. “ލަޔާން އެހެން ބުނަމުން ހީލިއިރު އަވްލީން އިނީ ކަޅިޖަހާނުލާ ލަޔާންގެ މޫނަށް ބަލާށެެވެ. ލަޔާން އެހެން ބުނުމުން ބަސްއަހާ ކުޑަކުއްޖެއް ފަދައިން އަވްލީން ތެދުވެގެން ގެއާ ދިމާލަށް ހިނގައިގެންފިއެވެ. ލަޔާންވެސް އަވްލީން ފަހަތުން ހިނގައިގަތްވަގުތު ކާގެ ކުޑަދޮރު ކައިރީ މީހެއް ބަލަން ހުރިހެން އެ ދިމާލަށް ރަނގަޅަށް ބަލާލިއެވެ. ނަމަވެސް އެތާނގައި އެއްވެސް މީހެއް ފެންނަން ނެތުމާއެކު ގަޑިޖެހެންވެސް ކައިރިވެފައި ހުރުމުން ލަޔާން ދިޔައީއެވެ.

ކާގޭ ކުޑަދޮރު ކައިރީ ފިލާހުރި މަހުދީ ބާރުބާރަށް ހިނގާލާފައި ދިޔައީ ކޮޓަރިއާ ދިމާލަށެވެ. ރޭގަނޑުގެ އެވަގުތުގައި އެކަހެރިކޮށް ލަޔާން އާއި އަވްލީން ތިބުމުން މަހުދީގެ ހިތުގައިވަނީ ހައިޖާނެއް އުފެދިފައެވެ. ލަޔާން އާއި އަވްލީން ދެއްކި ވާހަކައެއް އަޑު ނީވުނުކަމުގައިވިޔަސް ލަޔާން އަވްލީންގެ ބޮލުގައި ވަރަށް ލޯބިން ފިރުމާލިތަން މަހުދީއަށް ފެނުނެވެ. “އަނެއްކާ އޭގެ ދެމީހުން ރައްޓެހިވީބާ… ލަޔާންއަކީ ރަނގަޅު ކުއްޖެއް.. އަވީއަށް ހެޕީ ލައިފެއް ހޯދަދެވޭނެ. އެކަމް އަހަންނަށް މިވަރަށް މި ވިސްނެނީ ކީއްވެ؟ އަހަރެން މިއީ އަވީގެ ކަޒިންއެއް އެހެންވެ ކަންނޭގެ އެހާވަރަށް މި ވިސްނެނީ… އެކަމް ވިޝިކާމެނާ ދޭތެރޭ އަހަންނަށް މިވަރަކަށް ނުވިސްނޭ.. އަވީއަށް ރަނގަޅު ގޮތެއްވަންޏާ އަހަންނަށްވެސް ރަނގަޅު..” މަހުދީ ކޮޓަރިއަށްވަދެ ޕީއެސްއިން ގޭމް ކުޅެންފެށީ އެކަމާ އިތުރަށް ނުވިސްނަންވެގެނެވެ. ނަމަވެސް މަހުދީއަށް އެކަމާ ނުވިސްނައެއް ނުއިނދެވުނެެވެ. މަހުދީ ތެދުވެގެން ބާރު ބާރަށް ހިނގާފައިގޮސް އަވްލީންގެ ކޮޓަރީ ދޮރުގައި ޓަކިޖަހަންފެށިއެވެ.

Share Article

Follow Me Written By

iff

Level 210 Stories100 Comments

Other Articles

Previous

ޒިޔާ…(11 )

Next

ލޯބި މަވީ ބޭކާރޭވީ (2)

Next
September 9, 2017

ލޯބި މަވީ ބޭކާރޭވީ (2)

Previews
September 9, 2017

ޒިޔާ…(11 )

20 Comments!

  1. khajja says:
    September 9, 2017 at 2:09 am

    Masha allah stry v v loabi obiness to the max ?? ohhh avy ah dheragothennuhadhachchey plx mahudhy ah avy dheke loabi vevuny dhw wow amaazing whn nxt prt plx avas n gud nyt luv u ????❤❤❤????????

    1. iff says:
      September 10, 2017 at 9:06 am

      Thank yu khajja :-*

  2. Hawwi says:
    September 9, 2017 at 7:19 am

    asluwws v obi

    1. iff says:
      September 10, 2017 at 9:07 am

      Thank yu Hawwi 🙂 :-*

  3. Hawwa says:
    September 9, 2017 at 8:44 am

    Ehkon kiyaalevey namaey hithah araa v v salhi waiting for next part

    1. iff says:
      September 10, 2017 at 9:07 am

      Thank yu Hawwa 🙂 :-*

  4. Roo says:
    September 9, 2017 at 11:52 am

    Wow….vvvv reethi….waiting for next part….??

    1. iff says:
      September 10, 2017 at 9:08 am

      Thank yu Roo 🙂 :-*

  5. Only says:
    September 9, 2017 at 1:11 pm

    Ahahaha…..bodugulha

    1. iff says:
      September 10, 2017 at 9:08 am

      E kyhvetha only? 🙂

  6. Xaan says:
    September 9, 2017 at 1:17 pm

    Story reethi…..but liyaa kujja mahsala akee……..ahahahah?????

    1. iff says:
      September 10, 2017 at 9:10 am

      ahahaha….
      kobaatha e mahsala aky xaan? 🙂

  7. Alvyn says:
    September 9, 2017 at 2:53 pm

    Alhe kihaaireh tha Al wait kuraatha. Finally up vehjeh dhww.. V nicee

    1. iff says:
      September 10, 2017 at 9:11 am

      Thank yu alvyn 🙂 :-*

  8. Aisha says:
    September 9, 2017 at 3:12 pm

    Varah reethii.mikahala vaahaka eh adhi furathama faharah mikianee.???????

    1. iff says:
      September 10, 2017 at 9:11 am

      Thank yu aisha 🙂 :-*

  9. Nadheema says:
    September 9, 2017 at 5:47 pm

    Salhiness to the max?

    1. iff says:
      September 10, 2017 at 9:12 am

      Thank yu Nadheema 🙂 :-*

  10. Amin says:
    September 9, 2017 at 7:46 pm

    Wow.. V salhi.. But next time proof read kohllachey.. V silly mistake eh ebain..I know iff kiyaifiyya alhaiganne Ethan kolhu.. So comment ga nuliyaanan ko thaneh kameh

    1. iff says:
      September 10, 2017 at 9:15 am

      Thank yu Amin 🙂 :-*
      aslu story liyefa baeh faharu checkkoh nula submit kollany.. ehnve ekahala mistakes e hunnany.
      Thank yu amin ekan faahaga kolladhineema.. 🙂 🙂

Comments are closed.


All Right Reserved!