އަހަރެންގެ ދެލޯ ހަނިކޮށްލަމުން މާދުރުން ހިނގާލާފައި އަންނަ ޒުވާންފުރައިގެ ދެ އަންހެންކުދިންނަށް ބަލާލީމެވެ. ބުރުގާ އަޅައިގެންހުރި، ކަކުލުން މައްޗަށް ހުރި ހެދުމަކާއި ހިމަ ހަރުވާޅެއްގައި ހިނގާލާފައި އެއަންނަ ވިއްސަކަށް އަހަރުގެ އަންހެން ކުއްޖާގެ ސޫރައަކީ އަހަރެން ބަލާ ފޫހިވާނެ ސޫރައެއްނޫނެވެ. އެސޫރަވަނީ މީގެ އަހަރުތަކެއް ކުރިން މިހިތުގައި ބިންވަޅުނެގިފައެވެ.
އާއެކެވެ! އަހަރެންގެ ހިތުގެ ރާނީއާ އެއަންހެން ކުއްޖާއާއި ހަމުގެ ކުލަ ފިޔަވާ މާބޮޑު ތަފާތެއްނެތެވެ. ހަމަ އެލޮލާއި ކަޅިރަވައެވެ. އެ ލޫޅާފަތި ހަށިގަނޑެވެ.
އަހަރެންގެ ހިތުގެ ކަނަކުން ބުނަމުން ގެންދިޔައީ އެއީ އޭނައާއި ކޮންމެވެސް ގާތް ގުޅުމެއްހުރި މީހެއްކަމުގައެވެ. އެއަންހެން ކުއްޖާގެ ކިބައިން އެސުވާލުގެ ޖަވާބު ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް އެފުރާގެ ކުއްޖަކާ އިސްވެ ވާހަކަދައްކާނީވެސް ކީކޭ ކިޔާފައި ހެއްޔެވެ؟ އަދި އަމުދުން އެސުވާލު ކުރާނީވެސް ކިހިނެތް ހެއްޔެވެ؟
އަހަރެން ޤަބޫލުކުރަމެވެ. އަހަންނަކީ ފިނޑިއެކެވެ. ލޯބީގައި ނާކާމިޔާބު ވެފައިވާ މީހެކެވެ. އަހަރެންގެ ހިތުގެ މަލިކާ އަހަރެން ދޫކޮށްލާފައި ދިޔަ ތަނެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އަހަރެން އަދިވެސް އޭނައަށް އިންތިޒާރު ކުރާކަމެވެ. މިހިތުގައިމިވާ ލޯތްބަށް ފަނޑުކަމެއް ނާންނަކަމެވެ.

އަހަރެން އެންމެ ފުރަތަމަ މިފަސްގަނޑުގައި ފައި ޖެހުނީ އަހަރެންގެ އުމުރުން ހަތަރު އަހަރުގައި ކަމަށް މަންމަމެން ބުނާތީ އަހަމެވެ. އާއެކެވެ! އަހަރެން ދުނިޔެއަށް ފުރަތަމަ ނޭވާ ދޫކޮށްލީ މި ދިވެހި ފަސްގަނޑާ އެތަށް ހާސް މޭލެއް ދުރުގައިވާ ބީރަށްޓެހި ފަސްގަނޑަކަށެވެ. އަހަރެން މީ ހަތަރު ކަށިމަތި ދިވެހިރާއްޖެ މީހެކޭ ބުނެވޭކަށް ނެތެވެ.
އަހަރެންގެ ބައްޕައަކީ އިޓަލީ މީހެކެވެ. މަންމަ އޮސްޓްރޭލިޔާގައި ކިޔަވަން ހުރި ދުވަސްވަރު ބައްޕައާއި ދިމާވި ހިސާބުން އެދެމީހުންގެ ގުޅުން ފެށިގެންދިޔައެވެ. ދެމީހުންވެސް އެއް ޔުނިވާރސިޓީއެއްގެ ތަފާތު ދެ ދާއިރާއެއްގެ ކޯސް ހަދަމުންގޮސް ކޯސް ނިމުނީވެސް ދެމީހުން އެކުގައެވެ. ދެމީހުންގެ މެދުގައި އުފެދިފައި އޮތް ލޯތްބެއްގެ ބޮޑުކަމުން އެކަކުވެސް ވަކިވެގެން ދާކަށް ބޭނުމެއްނުވިއެވެ. އެންމެ ފަހުން ބައްޕަ އިސްލާމްދީން ޤަބޫލްކޮށް މަންމައާއި ކައިވެނި ކުރިއެވެ. އަދި އޮސްޓްރޭލިޔާގައި ދިރިއުޅުން އާބާދު ކުރަންފެށިއެވެ.
އަހަރެން އެމީހުންގެ ހަޔާތަށް އައިއިރު އެމީހުންގެ ކައިވެންޏަށް ދެއަހަރު ވެއްޖެއެވެ. އެއަށްފަހު ވޭތުވެގެންދިޔަ ހަތަރު އަހަރުވެސް ނިމިގެން ދިޔައީ ވަރަށް އުފާވެރިކަމާއި އޮމާންކަމާއި އެކުގައެވެ.
އަހަރެންގެ އުމުރުން ހަތަރު އަހަރާއި ތިންމަސް ވެފައިވަނިކޮށް ހުރިހާކަމެއް ބަދަލުވިއިވެ. ބައްޕަ މަސައްކަތްކުރާ ފެކްޓްރީގައި ދިމާވި އަލިފާނުގެ ޙާދިސާއެއްގައި ބައްޕަ ފިހިގެން މިދުނިޔެއާއި އަލްވަދާއުކީއެވެ. އަހަރެމެން ދެމައިން އެކަނިކޮށްފައެވެ. އެއަށްފަހު މާމައާއި ކާފަގެ އެދުމުގެ މަތިން މަންމަ އަހަރެން ގޮވައިގެން ރާއްޖެއައީއެވެ. މާލެއަށް ދިރިއުޅުން އެއްކޮށް ބަދަލުކުރީއެވެ. މިއީ މަންމަމެން އަހަންނަށް ބުނެދީފައިވާ ގޮތެވެ.
އަހަރެން ހަނދާން ހުންނަން ފެށީއްސުރެ އަހަރެން ދާ ހުރިހާ ތަނެއްގައިވެސް އަހަންނަކީ ޚާއްސަ ކުއްޖެކެވެ. މީހުންގެ ބެލުންތައް އަހަންނަށް އަމާޒުވުމުގެ އިތުރުން އަހަރެންދެކެ ލޯބިވާ މީހުންވެސް ވަރަށް ގިނައެވެ. ނުދަންނަ މީހުންވެސް ހާދަ ލޯބި ކުއްޖެކޭ ބުނެ ކޮލުގައި ކޮއްޓާލާނެއެވެ. މިއީ ދިވެހިކުއްޖެއް ވައްތަރެއް ނުޖަހައޭ ބުނެ ބޮލުގައި އަތްހިންގާލާނެއެވެ.
ސްކޫލަށް ދާން ފެށުމުންވެސް އަހަރެން އެހެންކުދިންނާއި ތަފާތުކަން އަމިއްލައަށް އިޙްޞާސްވާ މިންވަރަށް މުދައްރިސުންނާއި ކުދިންގެ ޢަމަލު ބަހައްޓައެވެ. އަހަންނަށް ލިބިފައިވާ ރިވެތި އަޚްލާޤުން ކަމަށްބުނެ މުދައްރިސުންގެ މެދުގައި އަހަރެން ޚާއްސަ ކުއްޖަކަށް ވެއްޖެއެވެ. އަހަންނަކީ އެހެންކުދިންނާއި ގުޅުން ބަދަހިކުރަން މަސައްކަތްކުރާ ކުއްޖަކަށްވުމުން ކަމުގައިވެސް ވެދާނެއެވެ. ހުރިހާ ކުދިންގެ މެދުގައި އަހަރެން މަޤްބޫލުވެ ކޮންމެ ކުއްޖެއްގެވެސް ބެސްޓް ބަޑީ އަކީ އަހަރެން ކަމުގައި ހަދަން އެކުދިން ބޭނުންވެއެވެ.
ބޮޑުވަމުން އައި ވަރަކަށް އަހަންނަށް މިކަންވީ މަޖާ ކަމަކަށެވެ. ފުރާވަރަށް އެރިއިރު އަހަރެން ފުރަތަމަ ފެނިލުމުންވެސް ހިތްކިޔައިފިއޭ ބުނާ އަންހެން ކުދިން ވަރަށް ގިނަވިއެވެ. ދާ ކޮންމެ މަގަކުން އަންހެންކުދިންގެ ކަޅިތައް އަހަންނަށް އަމާޒުވަނީ މަށަށް މަށަށޭ ގޮވާ ފަދަ ގޮތަކަށެވެ. ލޯބީގެ ސިޓީތަކާއި ލަވަތައް ލިބެނީ ގުނާ އަދަދު ނުކެރެވޭހާ ގިނައިންނެވެ. ގޭގައި ހުންނަ ލައިނަށް ގުޅުމަށްފަހު ވާހަކަނުދައްކާ ކަނޑާލި ވާހަކަ ދޭތެރެއަކުން ގޭތެރެއިން އިވޭ އިވުމާއި ޖެހިގެން އަންނަ ދުވަހު ފޯނު ނެގުމަށް އެދިފައިވާ ލިޔުންކޮޅުތައް އަހަރެންގެ ޑެސްކުތެރެއިން ފެނުމަކީ އާދައަކަށް ވެއްޖެއެވެ.
މަންމަ ބުނާގޮތުގައި އަހަންނަށް ގިނަ ސިފަތައް ލިބިފައިވަނީ ބައްޕަގެ ފަރާތުންނެވެ. ޢާންމުކޮށް ދިވެހިންގެ އިސްކޮޅު ހުންނަވަރާއި އަޅާ ބަލާއިރު އަހަންނަކީ އިސްކޮޅުންދިގު ހިމަ ތޮޅި ކަންރަތީ ހަށިގަނޑެއް ލިބިފައިވާ މީހަކީމެވެ. ގައިގެ ހަމުގެ ކުލަ ހުދު ދޮން ކުލައިގާ ވާއިރު ބޮލުގެ އިސްތަށިގަނޑަށް އަރަނީ ރަންކުލައާއި ރަތް ކުލައެކެވެ. ހިމަކޮށް ދިގުކޮށްހުރި ތުނި ބުމައެކެވެ. ހިމަދިގު ލޮލުގެ އެސްފިޔަތައް ބޯވެފައި ގަދަ މުށި ކުލައިގެ ކަޅިއެއް އަހަންނަށް ލިބިފައިވެއެވެ. މަންމައާއި އެންމެ ވައްތަރީ އަހަރެންގެ ލޯ ކަމަށް މަންމަ އަބަދުވެސް ބުނެއެވެ. ހިމަދިގު ނޭފަތެކެވެ. އަތުރާލެވިފައިވާ ކުދިކުދި ހުދު ދަތްޕިލައާއި ދަތްދޮޅިކޮޅުގައިވާ އަޑިކޮޅުގެ ސަބަބުން ހީލުމުން ބައްޕަމަތިން ހަނދާންވާ ވާހަކައަކީ އަބަދުވެސް މަންމަގެ ފަރާތުން އަޑު އިވޭ ވާހަކައެކެވެ. “ދަރިފުޅު ބޮޑުވަމުން އައިވަރަކަށް ބައްޕައާއި ހާދަ ވައްތަރޭ!” އެއްދުވަހަކު މަންމަ ވަރަށް ލޯތްބާއެކު އަހަރެންގެ ބޮލުގައި ފިރުމާލާފައި ބުނެލިއެވެ. ބައްޕަވެސް އަހަރެންހާ ކާމިޔާބު ބާއޭ އަހަރެންގެ ހިތަށް އެވަގުތު އެރިއެވެ.
އާއެކެވެ! އަހަރެންގެ ހަޔާތަށް އަންނަ އަންހެންކުދިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދިޔައެވެ. ސްކޫލް ދައުރު ނިންމާލެވުނުއިރު ބިޓުންގެ ލިސްޓު ދިގުކަމުން އަހަންނަށްވެސް ކިހާވަރެއްތޯ ގުނާ އަދަދުކޮށްލާކަށް ނޭނގެއެވެ. ހުސް ދޮންކުދިންނެވެ. ރީތި ކުދިންނެވެ. ހިތްކިޔާކަހަލަ ކުދިންނެވެ. އޭގެ ތެރެއިން ގިނަ ކުދިންނަކީ ހަމައެކަނި ދުވަސްކޮޅެއްގެ މެހެމާނުންނެވެ. އެކުދިންގެ ތެރެއިން ގިނަކުދިންނަކީވެސް އަހަރެން ފަދައިން ޒުވާން ފިރިހެންކުދިންގެ އަޖުމަ ބަލާލާ ކުދިންކަން އަހަންނަށް ޔަޤީނެވެ. އެއީ އޭރުގެ ފެޝަނަކަށް ވެފައިވާ ކަމެކެވެ. ނަމަވެސް ބައެއް ކުދިން ތަތްލި ގޮތަށް ނެއްޓެން ނޭނގި އަހަރެންގެ ފަހަތުން އާދޭސްކުރަމުން އެތަށް ދުވަހެއްވަންދެން މުގޯލިއެޅިއެވެ. އެއީ އަހަރެންދެކެ ހަޤީޤީ ލޯބިވާ ކުދިންނޯލައެވެ. އެހެން ބުންޏަސް އަހަރެންގެ ގާތަށް އަންނަނީ ހިންޏެވެ. އެއީ އަހަރެން ޤަބޫލްކުރާކަމެއް ނޫނެވެ. ކޮންމެއަކަސް އަހަރެން ދާ ކޮންމެ ތަނެއްގައިވެސް “ޓޯލް އެންޑް ހެންސަމް” ނުވަތަ “ރެޑް ހެޑް ބޯއީ” ފަދަ ނަންނަމުން އަހަރެންނާއި މުޚާތަބު ކުރެވެމުން އަހަރެންގެ ނަން މަޝްހޫރުވަމުން ދިޔައެވެ.
ރަނގަޅު ނަތީޖާއަކާއިއެކު ސްކޫލު ދައުރު ނިންމާލުމަށްފަހު އަހަރެން ގަސްދުކުރީ ކިޔަވައިދިނުމުގެ ރޮނގުން ކުރިއަށްދާށެވެ. އަހަންނަށް އެނގޭ އެއްޗެއް އެހެންމީހުންނަށް ބުނެދިނުމަކީ އަހަރެން އަބަދުވެސް ވަރަށް ގަޔާވެގެން ކޮށްއުޅޭކަމެކެވެ. ފިޒިކްސް އަކީ އަހަރެން އެންމެ ކިޔަވާހިތްވާ މާއްދާއެވެ. އަހަރެން ބޭނުންވީ ފިޒިކްސް ޓީޗަރަކަށްވެގެން އަހަންނަށް އެނގިފައިވާ އެއްޗެއް އެހެންކުދިންނަށް ކިޔަވައިދޭށެވެ. ޤައުމަށް ހިދުމަތްކޮށްދޭށެވެ. އަހަރެން ކޮލެޖަކަށް ވަނީމެވެ.
ދުވަސްތައް ފާއިތުވަމުންދިޔައީ އަހަރެންގެ ދިރިއުޅުމަށްވެސް ތަފާތު ބަދަލުތައް ގެނެސްދެމުންނެވެ. އާ އެކުވެރިން ލިބި ކުރީގެ ބައެއް އެކުވެރިންނާއި އޮންނަ ގުޅުން ދުރުވަމުންދިޔައެވެ. ވަގުތާއި ހާލަތު ބަދަލުވުމުންނެވެ. އެކިމީހުން އެކި ދިމާއަށް ދިރިއުޅުމުގެ ހުންގާނު އަނބުރާލުމުންނެވެ. އެއާއިއެކު އަހަރެންގެ ‘ލަވް ލައިފަށް’ ވެސް ބަދަލު އަންނަންފެށިއެވެ. އަންހެންކުދިންނާއި ކުރިން އޮތް ގައިގޯޅިކަން މަޑުމަޑުން ނެތެމުން ދިރިއުޅުމާއިމެދު ސީރިއަސްވާން ފެށީމެވެ.
އެއްދުވަހެއްގެ ހަވީރު ވަގުތެވެ. ދުވަހުގެ ގަޑިތައް ނިންމާލުމަށްފަހު ގެއެށް ދިއުމަށްޓަކައި ހިނގައިގަތީ ސައިކަލް ޕާކު ކޮށްފައިވާ ދިމާއަށެވެ. ކަނާތު ޝަހާދަތް އިނގިލީގައި ތަޅުދަނޑި އަޅުވާލުމަށްފަހު ތަޅުދަނޑި އަނބުރަމުން އިސްޖަހައިގެންހުރެ ކުރިއަށް ހިނގައިގަތްތަނާ ސިފައިންގެ ޔުނީފޯމްގައި ހުރި މީހަކު ފިރިހެންވަންތަ ހިނގުމެއްގައި އައިސް އަހަރެންގެ ކުރިމަތީ ހުއްޓިއްޖެއެވެ. އަހަރެން އިސް އުފުލާ ބަލާލިއިރު އެއީ ދަންނަ މޫނެކެވެ. ކުރިން ރީތި ސްޓައިލްތަކަށް ކޮށާފައި ހުންނަ ބޯ އިސްތަށިގަނޑު ތުނިކޮށް ތަލަ ފެންނަވަރަށް ކޮށާފައި ތުނިކޮށް މަތިމަހާއި ތުނބުޅިލާފައިވެއެވެ. ކުރިން ފަލަކޮށް ހުރި މީހާގެ ހަށިގަނޑުގައިހުރި ބޭކާރު ސަރުބީތައް ވިރުވާލާފައި ކަސްރަތީ ހަށިގަނޑެއް ލިބިފާވެއެވެ. “ފިއްޓެ ކަލޭ ހާދަ ވަރަކަށް ބަދަލުވެފަ. ހީވަނީ ބޮޑީ ބިލްޑަރެއްހެން” އަހަރެން ދިމާކުރުމުގެ ގޮތުން ބުނެލީ ހަޤީޤަތުގައިވެސް ފެންނަގޮތެވެ. ފަޔާޒަކީ އަހަންނާއިއެކު އޭލެވެލްގައި ސީ އެޗް އެސް އީ ގައި އެއްކުލާހެއްގައި އުޅުނު ކުއްޖެކެވެ. އަހަރެމެން އޭނައަށް ކިޔާއުޅެނީ ‘ފިއްޓެ’ އެވެ. ފިއްޓެ އަތުގައިއޮތް ތޮފިން އަހަރެންގެ އުނަގަނޑުމަތީގައި ޖަހާލިއެވެ. އަދި “ކަލޭ ވަކި ދެރަހޭ” ބުނެލިއެވެ. ދުވަސްގަނޑަކަށްފަހު ބައްދަލުވުމުން ދެމީހުން ދައްކާނެ ވަރަށް ގިނަ ވާހަކަ ހުރުމާއިއެކު ކޮފީއަކަށް އަރަން އަހަރެން ދަޢުވަތު ދިނީމެވެ.
ދެމީހުންގެ ދިރިއުޅުމުގެ ކަންކަން ޙިއްސާ ކުރަމުންގޮސް ފިއްޓެ މީހަކާ އިންނަން އުޅޭ ވާހަކަ ބުނުމުން އަހަރެން ވަރަށް ޝައުގުވެރިކަމާއި އެކު ކޮންކުއްޖެއްތޯ ސުވާލުކުރީމެވެ. އޭނާގެ ޖަވާބު ވަރަށް ދިގެވެ. އޭނާގެ ސްޓައިލްގައި އެކުއްޖާގެ ވަނަވަރު ކޮންމެވެސް ވަރަކަށް ކިޔާދިންއިރު އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
“ސީރިއަސްތަ؟ ފިއްޓެ ދޮގު ނަހަދަބަލަ. ކަލޭ ނީންނާނެ އެކަހަލަ ކުއްޖަކާ. ނުލާހިކު ސަޅި ބިޓުންނެގި މީހެއް ކަލޭތީ. މިހާރުވެސް ނޭނގެ ކިތަކެއް ކަމެއް ގެންގުޅެނީ. އެކަމު ދުވަހަކު ހަމަލޮލުން ނުވެސް ދެކޭ ކުއްޖަކާ އިންނަން ތިއުޅެނީ. ދެން މީހުންގެ ފަރާތުން މައުލޫމާތު ސާފު ކުރިއަސް ތީ ވަރަށް ކަޑަ ކަމެއް. މަށަކަށް ނުފެނޭ ތިކަން ކުރާކަން. މީހުން ހަދާފާނެ ދޮގުވެސް. ނޭނގެ ހުންނާނެ ގޮތެއްވެސް. ކަލޭ މީހެއްގެ ދަރިއަކަށް ދެރައެއް ނުދެއްޗޭ އިންނާނަމޭ ކިޔާފަ ގޮސް” އަހަރެން ހިތުގައި އޮތްގޮތަށް ބުނެލީމެވެ.
“ކަލޭ ހަމްދަރުދީ ތިވަނީ އޭނައަށްތަ ނޫނީ މަށަށްތަ؟ ހެހެހެ. ޒައު ހާސްނުވެބަލަ. މަ އޭނަ ފޮޓޯއަކުން ދުށީމޭ. ޝީ އިޒް ބިއުޓިފުލް. އެންޑް ޑިސިޕްލިންވެސް ރަނގަޅު ކުއްޖެއް. ރީތި ދޮން ބަޑި ކުދިން ރަނގަޅީ ރައްޓެހިވެގެން ޓައިމް ސްޕެންޑު ކޮށްލަން. އިންނަން ކަމުދާނީ އެކަހަލަ އަޚްލާޤު ރަނގަޅު އާކުދިން” ފިއްޓެ އެހެން ބުންޏަސް އަހަންނަކަށް އޭނާ އެ ކުރަންއުޅޭ ކައިވެންޏާއިމެދު ހިތްހަމައެއް ނުޖެހުނެވެ. ފޮޓޯ ދައްކާށޭ ބުނުމުންވެސް ފޮޓޯ ޑިލީޓް ވެއްޖެކަމަށާއި ފޮޓޯ ފޮނުވި މީހާ ދެން އިތުރު ފޮޓޯއެއް ނުފޮނުވިކަމަށް ބުންޏެވެ.
ކަނޑުގެ ލޮނުގަނޑު ކަފަމުން ބޮޑެތި ބިޔަ ރާޅުތައް އުފައްދަމުން ބާރު ދުވެލީގައި ދަތުރުކޮށްފައި ދިޔަ ލާންޗުގެ ދުވެލި މަޑުވެއްޖެއެވެ. ވަށައިގެން ދޮންވެލީގެ ދޫލައެއްލެވިފައިވާ ދާދި ކައިރިން ފެންނަން އޮތް ބީރައްޓެހި ރަށުގެ ރީތި މަލަމަތި ހަމަލޮލުން ދެކެލުމަށްޓަކައި އަހަރެންގެ ހިތް އެދުނެވެ. އެކަމަށް އިޖާބަދިނުމުގެ ގޮތުން ލޮލުގައި އަޅާފައިވާ އަވިއައިނު މައްޗަށް ހިއްލާލުމަށްފަހު ބޮލުގެ އިސްތަށިތަކުގެ ތެރޭގައި ހައްޔަރުކޮށްލީމެވެ.
ފިއްޓެގެ އެދުމުގެ މަތިން އޭނާގެ ކައިވެނީގެ ޙަފްލާގައި ބައިވެރިވުމަށް އަހަރެން ދިޔައީ ފިއްޓެގެ އާދޭހަށް ނޫނެކޭ ބުނަން ނުކެރިގެންނެވެ. އަނެއްކޮޅުން ސެމިސްޓަރ ބްރޭކް ލިބުނު ދުވަސްކޮޅުކަމުން މާލޭގެ ވިހަ ދުންތަކާއި ދުރަށް ސާފު ވައި ލިބޭ ތަނަކަށް ދާން ބޭނުންވެފައި ހުރުމުންނެވެ. ރަށުގެ ސާފު ހުދުފަޅާއި ހުދު ދޮންވެލީގެ ގޮނޑުދޮށާއި ފެހިކަންގަދަ ގަސްތައް ފެނުމުން ފިއްޓެގެ އެދުމަށް އާއެކޭ ބުނެވުނުކަން ނަސީބޭ ހިތަށް އެރިއެވެ.
އެއްލި ކަޅިއަކުން އަހަރެންގެ ލޮލުގައި އަޅައިގަތީ އަތިރިމަތީގައި ތިބި އަންހެންވެރިންގެ ތެރޭގައި ހުރި އަންހެން ކުއްޖެކެވެ. ރޮނގުދެމި ދިގު އަރިފެޅި ހެދުމަކާއި ހިމަ ހަރުވާޅެއްލައިގެން ހުރިއިރު ކަޅު ބުރުގާއަކުން ބޯ ނިވާކޮށްފައިވެއެވެ. ގައިގެ ކުލަ އަނދިރި ކުއްޖެކެވެ. ބޮޑު ދެލޮލުގެ ތެރެއިން ފެންނަންހުރި ކަޅީގެ ކުލައަކީ މަޑު މުށިކުލައެވެ. ދިގު އެސްފިޔަތަކެކެވެ. ހިމަ ބުމައެކެވެ. ވަށް ބޯޅަފަދައިން ފުފިވައިވާ ދެކޮލެވެ. ހިމަ ދިގު ނޭފަތެކެވެ. މަޑުފިޔާތޮށިކުލައަރާ ތުނިތުނި ތުންފަތުގެ ވަށައިގެން ކަޅުކުލައިގެ އައުޓް ލައިނެކެވެ. ކުކުޅު ބިސްބުރަށްދާ މޫނެކެވެ. އިސްކޮޅުން ކުރު ލޫޅާފަތި ހަށިގަނޑެކެވެ. “ވާއު! އަ ބްލެކް ބިއުޓީ!” އަހަރެން ހިތަށް އެރި އެތި ދުލާއި ހަމައަށް ފޯރައިފިކަން ރޭކާލީ ކައިރީގައިހުރި ފިއްޓެ ހީލި އަޑާއިއެކު ބުނެލި ބަސްކޮޅަކުންނެވެ. “ކޮބާ މަ ބުނިންދޯ ސަޅިވާނެޔޭ؟ އެކަމް އެތާ ކައިރީ އެހުރީ ކާކުބާ؟” ފުރަތަމަ ނަޒަރުން އަހަރެންގެ ހިތާއި ކުޅެލި އަންހެން ކުއްޖާއަކީ ފިއްޓެގެ ވާންއުޅޭ އަންހެނުންކަން އެނގުމުން އަހަރެން މާޔޫސްވާގޮތްވިއެވެ.
-ނުނިމޭ-

3

15 Comments

 1. Psenhi

  September 9, 2017 at 9:24 am

  2nd episode. I hope u will like it. Psenhi ge ithuru story eh ehen site ehga publish kurevifa now. Psenhi psenhi’s Storytime in fb ga fennane. I hope u will read n react to it 2

 2. maroon

  September 9, 2017 at 9:34 am

  Wow. Amazing job ? masha Allah

  • Psenhi

   September 9, 2017 at 9:47 am

   Thnkx maroon. Haadha nufeneye mihar 😉

  • maroon

   September 9, 2017 at 9:37 pm

   Hama eba ulhen. Fb in psenhi’s storytime ge friendeh. Vaguthu vaavarakun kiyan psenhige stories. ❤

  • Psenhi

   September 10, 2017 at 1:00 pm

   Ehen dhw. Maroon ge story kiyanuleveytha ginadhuvasvegen ;-). Fashaifin dhw story eh. Adhi kiyaeh nuleve. Will read soon insha Allah

 3. imagination

  September 9, 2017 at 11:33 am

  Eeyy… Omg.. Its soo reethi. Hehe.. ❤️??

  • Psenhi

   September 9, 2017 at 8:05 pm

   Thnkx imagination. 🙁 vefa mihury story comments madhuvyma hady kamah. Bt now 🙂

 4. aalaa

  September 9, 2017 at 12:07 pm

  Story nice.. Non site ehga tha up kury… Fb use nukuraathy

  • Psenhi

   September 9, 2017 at 8:03 pm

   Thnkx. Naavil.com

 5. Navya

  September 9, 2017 at 12:48 pm

  Vv reethi mi part ves. ..waiting waiting ?

  • Psenhi

   September 9, 2017 at 1:20 pm

   Thnkx

 6. click a shot ?

  September 9, 2017 at 4:33 pm

  Varah reethi mi part ves..superb..??

  • Psenhi

   September 9, 2017 at 8:04 pm

   Thnkx 🙂

 7. maroon

  September 16, 2017 at 5:10 pm

  Koba mi storyge anehbai???

 8. Beauty

  November 8, 2017 at 3:02 pm

  Nice ??

Comments are closed.