Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

02:30 އެކާވީސްވަނަ ބައި

Ushaali Level 810 Stories100 Comments100 Stories500 Comments
September 8, 2017 8 Mins Read
12 Comments

ރޮއިރޮއި އިން ރަޔާހީން އިސްއުފުލާ ބަލާލީރު ފުސްވެފައިވާ ދެލޮލަށް ވިކްޔަން ދިޔަ މަންޒަރު ފެނުނެވެ. ހިތުގައި އުފެދިފައިވި ހައިޖާނުގަނޑުގެ ސަބަބުން އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން ރަޔާހީން އެވަގުތު ނުކުޅެދުނެވެ. އޭނާ ބޭނުމީ ހިތްފުރޭވަރަށް ރޯލާށެވެ. ވިކްޔަންގެ ވިހަގަދަ ބަސްތައް އަދިވެސް ވަނީ އޭނާގެ ދެކަންފަތުގައި ހަރުލާފައެވެ. އެހިނދުކޮޅަށް އޭނާ ބީރުވިނަމައޭ ހިތަށް އެރިއެވެ. އެންމެފަހުން އޭނާ އިންތަނުން ތެދުވެ ސިޑިއާއި ދިމާލަށް ދުއްވައިގަތީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ.

 

އޭނާ ދުވަމުން ގޮސް ދޮރުގައި ޓަކި ޖެހިއެވެ. އެހިނދު އެތެރޭގައި ހުރި މަރިޔަން ދޮރު ހުޅުވާލުމާއެކު ރަޔާހީން މަރިޔަން ގައިގާ އޮޅުލައިގަތެވެ. މަރޔަން އަވަސް ހަރަކާތަކާއެކު ދޮރު ލޮކް ކުރުމަށްފަހު ރަޔާހީން އަތުލަފި ކޮށްގެން ގޮސް އެނދުގައި ބޭންދިއެވެ. އަފި މޫނުގައިވާ ފޮތިކޮޅު އުފުއްލާލިއެވެ. އެހިނދު މަރިޔަންގެ ދެލޮލުން ވެސް ފެނިގެން ދިޔައީ ރަޔާހީނަށްޓަކައި ހަމްދަރުދީއެވެ. މީގެ ތިންއަހަރު ކުރިން ވެސް މަރިޔަން ވަނީ ރަޔާހީނު އާއި ދާދި އެއްސިފައެއްގައި ހުރި އަންހެންކުއްޖަކަށް އެދެއަތުން ހިމާޔަތް ދީފައެވެ. އޭރާއި މިހާރު ހާލަތު ތަފާތުވި ނަމަވެސް މަރިޔަންގެ ހިތުގައި ދެކުދިންނަށްވި ލޯތްބަށް ކުޑަވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އަނެއްކާވެސް މުޅިން އާ މަހަކާއި ކުރިމަތިލީއެވެ. ރަޔާހީން އެތައް މަސައްކަތަކުން އިރުފާންގެ ފަރާތުން އޭނާގެ ހަށިގަނޑު ސަލާމަތްކުރުމުގައި ކާމިޔާބު ހޯދަމުން ދިޔައެވެ. އިރުފާނަށް ހިލަމެއް ވެސް ނުވާނޭހެން އޭނާގެ އަތުގައި އަޅާފައިވާ ތަވީދު ކަނޑުވާލަން އެތައް މަސައްކަތެއް ކުރި ނަމަވެސް އަދި ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. ނަމަވެސް އޭނާ އަދި ހިތްވަރު ދެރައެއް ނުކުރެއެވެ.

ހަވީރުގެ ވަގުތެވެ. މައިސަރާމެން އެނބުރި ރާއްޖެ އައުމުން ވިކްޔަން ވަނީ އެބަޔަށް ބަދަލުވެފައެވެ. ރަޔާހީން މަސައްކަތްކުރަނީ ވިކްޔަންގެ ކުރިމައްޗަށް ނާރާވޭތޮއެވެ. ފީރޯޒާ އާއި އާސިރު ރައްޓެއްސަކާއި ބައްދަލުކުރުމަށް ހުޅުމާލެ އަށް ދިޔައިރު އެވަގުތު އެއީ އިރުފާން ވެސް ގޭގައި ނޫޅޭ ވަގުތެވެ. ރަޔާހީންގެ ފަރާތުން މާކިލް އަށް ކުރިމަތިވެފައިވާ ކަންތަކުން އޭނާގެ ހިތު ބިރު ނުފިލާތީ އެދުވަސްކޮޅު މައިސަރާ ކައިރިއަށް ބޭރަށް ފުރި ގޮތަށް އޭނާ ވެސް އެނބުރި އައީ އެމީހުން އައިއިރުގައެވެ. އެހެންކަމުން ގިނަ ދުވަސްތަކެއް ވެފައިވާތީ މިވަގުތު މާކިލް ވެސް ވީ އޭނާގެ ރައްޓެހިންނާއި އެކީގައެވެ. ގޭގައި ތިބީ މަރިޔަން އާއި ރަޔާހީން އެކަންޏެވެ. ބޭރު ޖޯލީގައި ދެމީހުން ތިބިއިރު ގޭދޮރާށި ހުރީ ތަޅުލާފައެވެ. ސަބަބަކީ މަރިޔަން މޫނު ނާޅާ އިންދާ މީހަކު ދޮރުން ވަދެދާނެތީއެވެ.

“މިހާ ދުވަސްވީއިރު މީގޭ މީހަކަށް ޝައްކެއް ވެސް ނުވޭދޯ. އަލްހަމްދުލިއްލާހި. އެހެންވީމަ މިރޭ ހިނގާ އެންމެ ފުރަތަމަ އެކަން ކުރަން ދޯ” ރަޔާހީން މަރިޔަން ކައިރީގައި ބުނެލިއެވެ.

“އެކޮއި ހާސްނުވޭ. ދައްތަގެ ދިރިއުޅުމާއި އެމީހުން އެތައް ދުވަހަކު ކުޅެލި. ދައްތައަށް ކިހިނެއް ނަހަދަނީ. އެމީހުން ޖަލުގެ ތޭރިތަކުގެ ތެރޭގައި ހުންނަ ދުވަސް ބަލާލާހިތުން ދައްތަ އަށް ހަމަނިދި ނުލިބޭ. މިފަހަރު ކާމިޔާބު ލިބޭނީ އަހަރެމެންގެ ކޮޅަށް” މަރިޔަން ރަޔާހީން އަތުގައި ހިފާލާމުން ިބުނެލިއެވެ.

“ނަސީބެއްނު ދައްތަ މަރިޔަންއޭ ބުނިކަން. އަނެއްހެން ދޮގެއްހެދި ކަމަށް ވެސް ނުވޭތާ. މަރިޔަމް ރަމްލާ” ރަޔާހީން އެހެން ބުނުމުން ދެމީހުންނަށް އެއްކޮށް ހީލެވުުނެވެ.

“އެކަމު އެކުޑަ ކޮޓަރިއަށް ވަންނަން ކިހިނެއް ހަދާނީ” ރަޔާހީން އިނދެފައި ބުނެލިއެވެ.

“އެކަން ދައްތަގެ އަތްމައްޗަށް ދޫކޮށްލާ. ފީރޯޒާމެން އެނބުރި އަންނާނީ މިރޭ އިޝާނަމާދު ފަހުން ހެން ހީވަނީ. ދައްތަ ތަޅުދަނޑި ހައްދަން ދިން މީހާ މިހާރު އަންނާނެ. އެކަން ދައްތަ ކުރާނަން. އެކޮއި ހުރޭ ފާރައަށް. ދެން މިރޭ އެންމެން ނިދާ ހަމަހިމޭންވީމަ ދައްތަ ރިންގެއް ދިނީމަ ނުކުމޭ ބޭރަށް” ރަމްލާ ވަރަށް ރޭވުންތެރިކަމާއެކު ރާވާލިއެވެ. އެހިނދު ރަމްލާގެ އުނގުތެރޭގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ތަޅުދަނޑި އާއި ހަވާލުވާންވީ ވަގުތު ޖެހުނީކަން އެނގުނު ހިނދު ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

ދޮރާށި ހުޅުވާލުމަށްފަހު ތަޅުދަނޑި އަށް ފައިސާދީ ރަޔާހީން ބޭރު ޖޯލީގައި ފާރައަށް ބައިންދާފައި ހަލުވި ފިޔަވަޅުތަކެއްގައި ރަމްލާ މިސްރާބުޖެހީ ފީރޯޒާގެ ކޮޓަރިއާއި ދިމާލަށެވެ. އަތުގައި އޮތް ތަޅުދަނޑި ކޮށްޕާލުމަށްފަހު ނިކަން ފަސޭހައިން ތަޅު ހުޅުވާލިއެވެ. އަދި ތަޅުލުމަށްފަހު ކޮޓަރިގެ ހުރިހާ ލައިޓްތަކެއް ޖެއްސިއެވެ. އަދި ހަމަ އެހާ ބާރަށް ކަރުން އަޑެއްނެރެލާފައި ފީރޯޒާގެ އެނދުގެ ބޯލާކޮޅުން ވަރުގަދަ ބޮޑު ގޮދަޑި ހިއްލާލިއެވެ. އަދި އެނދުގައި އޮތް ބޯ ފިލާގަނޑު ހިއްލާލުމަށްފަހު ތިރީގައި ބަހައްޓާފައި ހުރި ކުޑަ ލަކުޑި ފޮށްޓެއް ނެގިއެވެ. އޭގެތެރެއިން އާދައިގެ ކުޑަ ތަޅުދަނޑިއެއް ނެގުމަށްފަހު އެފޮށި ހުރި ތަނުގައި ބެހެއްޓިއެވެ.

އަވަސް ފިޔަވަޅުތަކެއްގައި ގޮސް އެކުޑަ ކޮޓަރި ހުޅުވާލިއެވެ. އަނދިރިކަން ވަށާލާފައިވާ އެކުޑަ ކޮޓަރިން ދުވަން ފެށީ ގިނަ ދުވަސްވެފައިވާ އަންނައުނު ވަހާއި ބާވެފައިވާ ކަރުދާސް ވަހެވެ. ފާރުގައި އަތް ކާތަމުން ލައިޓް ޖައްސާލުމާއެކު ރަމްލާ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ފަރުހީން ގެންގުޅުނު ހުރިހާ ސާމާނު ހުރީ ފުންޏަކަށް ޖަހާފައެވެ. އެކި ވައްތަރުގެ ފޮތްތަކާއި ހެދުންތަކެވެ. ކުޑަ ދެކުދިންގެ އަންނައުނުތަކާއި ބޫޓްތަކެވެ. ކުޑަކުދިން ކުޅެން ގުޅޭ އެކިވަރުގެ ބުދުތަކާއި އަދި އެފަދަ އެހެނިހެން ސާމާނެވެ. އެތަކެތި ފެނުމާއެކު ރަމްލާގެ ދެލޯ ފުރިގެން އައެވެ. ފަރުހީނާއި ކުޑަ ދެކުދިން މަރާލާފައ އެއްލާލި މަންޒަރު ލޯމަތިން ފެނުނުހެންް ހީވިއެވެ. ކޮންފަދަ އަނިޔާވެރި ލާއިންސާނީ އަމަލެއް ހެއްޔެެވެ؟ މިހާތަނަށް ދިވެހިރާއްޖޭގައި ހިނގާފައިވާ އެންމެ ހިތާމަވެރި ހާދިސާއެވެ. ހިނދުކޮޅަކަށް ރަމްލާ ޖަޒްބާތުގައި ޖެހި ބޭކާރުވެގެން ދެތިން މިނިޓް ފާއިތުވެގެން ދިޔައެވެ. އެވަގުތު ރަމްލާގެ ފޯނު ރިންގުވިއެވެ. ފޯނަށް އަރާ އިން ނަމުން ލަސްނުކޮށް ކަންފަތުގައި ޖަހާލިއެވެ.

“ވިއްސާރަގނޑެއްތަަ؟” ރަމްލާ ސުވާލުކޮށްލިއެވެ.

“ނޫނ.ް އުޑުމަތި ވަރަށް ސާފު. އަދިވެސް އެކަކު ވެސް އަންނާކަށް ނޫޅޭ. ވަރަށް ހަމަޖެހިގެން މިކަންތައް ކޮށްލެވިދާނެ. އަޅުގަނޑު ބޭނުމީ ދޮންތަގެ ސާމާނުތައް އަމިއްލަ ލޮލުން ދެކިލަން” ރަޔާހީން އޭނާ ބޭނުންވާ ގޮތް ރަމްލާ އަށް އިއްވާލިއެވެ. އެއާއެކު ރަމްލާ އެދުނީ އެކޮޓަރިއަށް އައުމަށެވެ. ކޮޓަރި ތެރެއަށް ވަދެވުމާއެކު ރަޔާހީނަށް ވެސް ވީ ރަމްލާ އަށް ވީ ވަރެވެ. ފަރުހީން ބޭނުންކުރި ތަކެއްޗާއި ކުޑަ ދެކޮއްކޮގެ ސާމާނުތައް ފެނުމުން ރަޔާހީނަށް ގިސްލެވެން ފެށުނެވެ. އިސާހިތަކު ފަރުހީނާއެކު ހޭދަކުރެވިފައިވާ ވަގުތުތައް ޚިޔާލަށް އަންނަން ފެށިއެވެ. ރަމްލާ އާއި ރަޔާހީން ކުރި މަސައްކަތުން ފަރުހީންގެ ޑައިރީ ފެނުނެވެ. ރަޔާހީނަށް ވީ ވަރަކުން ފަރުހީންގެ ހެދުންތަކާއި ދެކޮއްކޮގެ ހެދުންތައް ފަތްޖަހާލިއެވެ. ކޮޓަރިތެރެ ބަލާލަން ކެރޭ ވަރަށް ސާފުކޮށްލިއެވެ. ފީރޯޒާ އަށް އެތަނަށް މީހަކު ވަދެފައިވާކަން އެނގުނަސް މައްސަލައެއް ނެތް ކަމަށް ނިންމާފައެވެ. އިހު ހުރި ގޮތަށް ކޮޓަރި ތަޅުލުމަށްފަހު ރަމްލާ ގެނެސް ތަލުދަނޑި އޮތް ތަނަށް ލިއެވެ. އަދި އެކޮޓަރިއަށް މީހަކު ވަދެފައިހުރިކަން ފާހަގަނުވާނޭ ހެން ކޮޓަރި ތަޅުލުމަށްފަހު ބޭރު ޖޯއްޔަށް ނިކުތެވެ. އަތުގައި އޮތް ފޮތް ކަރުދާސް ގަނޑުން ނަގާ ބަލާލިއެވެ. ފެހި ކުލައިގެ ކަރުދާހަކުން ޒީނަތްތެރިކޮށްފައިވާ ފޮތުގެ އެއްފަރާތުގައި ވަނީ އެއާއިލާގެ ފުރިހަމަ ތަސްވީރެކެވެ. ރަޔާހީންގެ ދެ އަތުން ފޮތުގެ ބޭރުގައި ކުޑަކޮށް ހޭކިފައިވާ ފުސްތައް ފޮހެލިއެވެ. އަދި ހުޅުވާ ބަލާލިއެވެ. އެއީ ފަރުހީންގެ އަތު ލިޔުމެވެ. ނަމަވެސް މިފަދަ ވަގުތެއްގައި އެ ފޮތް ކިޔުމަކީ ރަނގަޅުކަމަކަށް ނުވާނެތީ ރަޔާހީން ނިންމީ އެފޮތް ކިޔުމުގައި ދަންވަރުގެ ވަގުތުތައް ހޭދަކުރާށެވެ. އެގޮތުގައި ރަމްލާ އާއި ވާހަކަދައްކަން ތިއްބާ ގޭ ދޮރާށީގައި ޓަކި ޖަހާލި އަޑު އިވުމުން ރަމްލާ ދިޔައީ ބަދިގެ އާއި ވީ ދިމާލަށެވެ. އަދި ދަމުން ރަޔާހީން ކައިރގައި މިރެއަށް ތައްޔާރުވުމަށް ހަނދާން ކޮށްދިނެވެ.

 

ގަޑިން ބާރަގަޑި ތިރީސް ވުމާއެކު ރަޔާހީން އެނދުން ތެދުވިއެވެ. މަލާމާތުގެ ފާޑަކަށް އިރުފާނަށް ބަލާލީ ފަތިސް ވުމުގެ ކުރިން ދެން އިރުފާނު ހޭނާރާނެކަން އެނގުމުންނެވެ. ލައިގެން ހުރި އަތްކުރު ޓީޝާޓް މަތިން އަތްދިގު ލޭސްފޮތީގެ ޖެކެޓެއް ލުމަށްފަހު ލޯގަނޑު ކައިރިއަށް ހުއްޓި ބުޅި އިސްތަށިގަނޑު އެއްކޮށްލުމަށްފަހު ވޫލްގަނޑުން އައްސާލިއެވެ. ސައިޑްކަބަޑް މަތީގައި އޮތް ފޯނު ހިފައިގެން ރަޔާހީން ނިކުތީ ރަމްލާ ބުނި ފަދައިން އޭނާގެ ނަންބަރަށް ރިންގެއް ދިނުމުންނެވެ. ރަމްލާ އާއި ރަޔާހީން ބައްދަލުކުރީ ގޭ ސިޓިންްގްރޫމުންނެވެ.

“ނުހޭލާނެ އަވަހަކަށް. ވަރުގަދަ ބޭހެއް ދީފައި ނިންދެވީ. އަވަހަށް ހިނގާ މަސައްކަތްކުރަން. ރަމްލާ ރަޔާހީނަށް އަންގާދިނީ ފީރޯޒާމެންގެ އެއްވެސް މީހަކު ނުހޭލާނެ ކަމަށެވެ. އެހެނީ އެމީހުންގެ ކާއެއްޗިއްސަށް ނިދާބޭސްލީ ރަމްލާގެ ދެއަތުންނެވެ. ހޭލެވުނަސް ބޭރަށް ނިކުންނާނެހެން ވެސް ހީނުވާ ވާހަކަ ރަމްލާ ރަޔާހީން ކައިރީގައި ބުނެލިއެވެ. ގޯތި ތެރެއަށް ނިކުތުމަށްފަހު ރަޔާހީން ދެކޮޅު ހޯދާ ބަލާލިއެވެ. ވިކްޔަން ބުނިފަދައިން މިރޭ ވެސް އޭނާ އެހެން ބޭރުގައި ހުއްޓާ ފެނިދާނެތީ ރަޔާހީން ޖެހިލުންވިއެވެ. އަތުގައި ފޯނަށް ބަލާލިއިރު އެކެއް ޖަހަނީއެވެ. ގޯތި ތެރޭގައި ހުރި ލައިޓް ރަމްލާ ނިއްވާލީ އެމީހުން އެތަނުގައި ކަމެއް ކުރާންތިއްބާ މީހަކަށް ފެނިދާނެތީއެވެ. ނަމަވެސް އުޑު މެދުގައި ރަސްކަން ކުރަމުންދިޔަ ހަނދުވަރުގެ އަލިކަން އެހިސާބަށް ފޯރާފައިވުމީ އެމީހުންގެ މަސައްކަތަށް ލިބުނު އެހީތެރިކަމެކެވެ. ގޭތެރެއިން ނެރުނު އުދައްޔަކުން ރަމްލާ އެގޭ މައިދޮރު ބުޑުގެ ވައަތް ފަރާތުގައި ގަސް އިންދަން ފީރޯޒާ ތައްޔާރުކޮށްފައިވާ މަޑު ފަސްގަނޑު ކޮންނަން ފެށިއެވެ. ރަޔާހީން ވެސް ވީވަރަކުން ރަމްލާ އަށް އެހީވެވޭތޯ ބަލަމުން ދިޔައެވެ. ކުއްލިއަކަށް ރަޔާހީންގެ ކަންފަތްބުޑުން ބީހާލްގެ އަޑު އިވިގެން ދިޔައެވެ. ރަމްލާ ކައިރީގައި މިއަންނަނީއޭ ބުނެ ރަޔާހީން ގޭޓުން ބޭރު ބަލާލިއެވެ. ގޭ އެއްފަރާތުގެ ޕޯސްޓުގައި ސެކިއުރިޓީ ގާރޑް ވެސް އިނީ ނިދިފައެވެ. ރަޔާހީން ގެއިން ބޭރަށް ކުޑަކޮށް ނިކުތުމަށްފަހު ގެ ހުރި ފަޅި ނޫން އަނެއް ފަޅިއަށް ގޮސް އެތާ ހުރި ރުކާއި ނިވާވެލިއެވެ. އެހިނދު ރުކުގެ އަނެއް ފަރާތުން ހެވިފައި ނިކުތް ބީހާލް ފެނި ރަޔާހީން ހިނިތުންވެލިއެވެ. އެހެންފަހަރު ފަހަރާއި ޚިލާފަށް ބީހާލް ބޭނުންކުރާ ކަޅު ފޭރާމުގެ ބަދަލުގައި ލައިގެން ހުރީ ބޯކިރުކޮޅެއް ފަދަ ހުދު ބޮޑު ޖުއްބާއެއް ކަހަލަ ހެދުމެކެވެ. ބޮލުގައި ހުދުފޮތިގަނޑެއްް އައްސާލާފައިވާއިރު އޭނާގެ ތުންފަތްމަތީގައިވީ ބަޔާންކުރަން ދަތި ހިނިތުންވުމެކެވެ. ރަޔާހީނަށް ސިހުމެއް ލިބުނަސް އޭނާ އެކަމާއި ގުޅުވައިގެން އެއްވެސް އެއްޗެއް ނުއެއް ބުނެއެވެ.

“ބީ!! މިހުރިހާ ދުވަހަކު ކޮންތާކު އުޅުނީ…. އަނެއްކާ ބައްޕަމެން ހިފެހެއްޓީތަ؟ އެނގޭތަ؟ މަށާ ރަމްލާއްތަ އާއި ވެގެން ވަރަށް ގިނަ ކަންތައް ކޮށްފިން” ރަޔާހީނަށް ބީހާލް ފެނުމާއެކު ފުރަތަމަ ވެސް ޝަކުވާ ކޮށްލިއެވެ. ބީހާލް ލުއިލުއިކޮށް ހީލިއެވެ.

“ނޫނޭ… ވަރަށް ބޮޑު ކަމެއް ނިންމާލީ. ބައްޕަ ވަރަށް ރަނގަޅު. ހީން އަށް ވަރަށް އުފާވެރި ޚަބަރެއްދެންތަ؟ އަހަރެމެންގެ މުޅި އާއިލާގައި އެތައް ހާސް ޖިންނިން ތިބޭ. އެހުރިހާ އެންމެން އިސްލާމްދީން ޤަބޫލުކޮށްފި. އަހަރެން ވެސް. މިއަދު އަހަރެންގެ ފަރޫ ހުރިނަމަ ހާދަ އުފަލެއްވާނޭ” ބީހާލް ދެޖީބަށް އަތް ޖަހާލަމުން ބުނެލިއެވެ. ރަޔާހީން އުފަލުން އަނގަމަތީގައި އަތް އަލާލިއެވެ. މިހުރިހާ ދުވަހު ބީހާލް އުޅުނީ އެކަމުގައިތާއޭ އޭނާގެ ހިަތށް އެރިއެވެ.

“އަދި އެއްވާހަކަ. އަހަރެން އެއްވެސް މީހަކަށް ދެރައެއް ނުދޭނަން. މި އާއިލާ އަށް ނޫނީ. އަހަރެން އެކަކު ވެސް މަރައެއް ނުލާނަން. އަދި މޮޔައެއް ވެސް ނުކުރާނަން. އެކަމަކު އެމީހުންގެ އަމިއްލަ ކުށް ޤަބޫލުކޮށް އަމިއްލަ އަށް އަދަބު ލިބިގަންނަންދެން ދިމާކުރާނަން. ބިރުދައްކާނަން. މިއީ އަހަރެން އަހަރެންގެ ފަރޫގެ ފުރާނަނެތް މަސްގަނޑު ދެއަތްމައްޗަށް އުފުލާއިގެން ހުރެ އަހަރެން ކުރި ވަޢުދެއް” ބީހާލް ބުނެލިއެވެ. ބީހާލް ރަޔާހީންގެ ބޮލުގައި ފިރުމާލީ ބޭބެއަކު އަންހެން ކޮއްކޮއެއްގެ ބޮލުގައި ފިރުމާލާނެހާ ލޯބިންނެވެ.

“އެހެންވީމަ މިހާރު މިކުރާ ކަންތައް ކުރުން ހުއްޓާލަންވީ ދޯ. ފީރޯޒާ ވަޅުލާފައި ހުރި ފަންޑިތަ ބޮނޑިތައް މިނަގަނީ” ރަޔާހީން ދެފަރާތް ބަލާލަމުން ބުނެލިއެވެ.

“ނޫން. ތިއެއްޗެހި ނެގުމަކީ މުހިއްމު ކަމެއް. ތިއެއްޗެހި ހުއްޓަސް ނެތަސް އަހަރެންނަށް އެއްވެސް ހުރަހެއް ނެތް. އެކަމު އެތަކެތި ނެގުމުން އަންނަން އޮތް ކަމަކުން އެމީހުންނަކަށް މިންޖެއް ނުވެވޭނެއްނު. އެކަހަލަ ނުބައި ބަޔަކަށް ކިހިނެއް އެނގެނީ ކިތައް ޖިންނީން ފާރަލާ ކަމެއް” ބީހާލް ހިނިއައިއްސާ ބުނެލިއެވެ.

“އަމް……..އަހަރެންގެ ފަރޫ އަށް ހީން ވަރުގެ ލޯބިވާ ކޮއްކޮ އެއް ނުލިބޭނެ. ހީން ގެ މަސައްކަތް ވަރަށް ފުރިހަމަ. އެކަމަކު އެއްދުވަހު ފަރޫ އަހަރެން ކައިރީގައި ބުނި އެފޮތް ފީރޯޒާ އަތުލި ވާހަކަ. އެހެންވެ އަހަރެން ނޫޅޭން އެފޮތަށް އޭނަ ހެދި ގޮތެއް ބަލާކަށް. ފަރޫ ވެސް މާބޮޑު ކަމަކަށް ނަހަދާވިއްޔާ…. އެފޮތް ވީ އެންމެ އަވަހަކަށް ކިޔާލެވޭތޯ ބަލައްޗެ” ހަށަން ބަނދެލައިގެން ރަޔާހީން ކުރިމަތީގައި ހުރި ބީހާލް ވާހަކަދައްކަމުން ދިޔައިރު ރަޔާހީން ހުރީ ދެފަރާތް ހޯދާލަ ހޯދާލައެވެ. ހީވާގޮތުން އޭނާ ބިރު ގަންނަނީއެވެ. ވިކްޔަންގެ ބަސްތައް ކަންފަތްތެރޭގައި ގުގުމަނީއެވެ.

“ނެތް ނުރައްކަލެއް. ވިކްޔަން ވެސް ނިދާފައި. އެރޭ ބުނީމެއްނު ވިކްޔަން އަށް ފެނުނު ވާހަކަ” ރަޔާހީން ހަމަޖެހިލީ ދެނެވެ. ބީހާލްގެ ޚިޔާލްތައް ވެސް ހޯދައިގެން ރަޔާހީން އެނބުރި ގޯތި ތެރެއަށް ވަންއިރު ކޮންނަންވީ ހިސާބު ކޮނެ ނިންމާ ކޮތަޅު ބޮނޑިއެއް ނަގާ ރަޔާހީނަށް ދައްކާލިއެވެ. ރަޔާހީން އަތުގައި އޮތް ކަޅު ކުލައިގެ ކޮތަޅަށް އެތަނުން ނެގި ކޮތަޅު ބޮނޑި ލުމަށްފަހު ކޮނުނު ތަނަށް ފަސްއަޅަން ފެށިއެވެ. މާނޭވާ އަޅަމުން ރަމްލާ ދިޔައިރު އޭނާގެ މަސައްކަތަށް ހުއްޓުމެއް ނާދޭއެވެ. އޭނާގެ ރޫހަށް މުޅިން އައު ހިތްވަރެއް ލިބިފައިވާ ކަހަލައެވެ. ފަސްތައް އެއްވަރު ކުރުމަށްފަހު އެތަނުގައި ފީރޯޒާ ބަހައްޓާފައި ހުރި ގޯނިތައް ހަމަ އެހުރި ގޮތަށް ބެހެއްޓިއެވެ. ގޯތީގެ މެދަކާއި ހަމައަށް ގޮސް ރަމްލާ އިނގިލީގެ އިޝާރާތުން ދެން ދެއްކި ތަން ނުފަރިތަކަމާއެކު ވެސް ކޮންނަން ފެށީ ރަޔާހީނެވެ. ގިނަ އިރުތަކަކު ކޮނުމަށްފަހު ހަމަ ކުރިން ނެގި ކަހަލަ ކޮތަޅުބޮނޑިއެއް ރަޔާހިން ނެގިއެވެ. އެގޮތުން ފަތިސްވުމާއި ހަމައަށް ކުރި މަސައްކަތުން އެގޭ ފަސް ސަރަހައްދަކުން ވަޅުލާފައިވާ ކޮތަޅު ބޮނޑިނަގާ އެގޭ ބިތްދަށު ގާތަކު ތެރޭގައި ވަނީ އެތަކެތި އަންދާލާފައެވެ. ބީހާލް ގެ ހަޤީޤަަތް ރަމްލާ އަށް ނޭނގުނަސް އޭނާ އެކަން ކުރީ އެގޭ ހަތަރު ފާރުން އެތެރޭގައި އުޅޭ އެއްވެސް މީހަކަށް މަންފާއެއް ލުއިފަސޭހަ ކަމެއް ލިބެން ހިތް ނޭދޭވަރުންނެވެ. ރަޔާހީން ދެން އަތކުރި އޮޅާލާފައި ހުރި އިރުފާންގެ ހަށިގަނޑުގައިވާ ތަވީދު ނެގުމަށެވެ. އިރުފާންގެ އަތުގައި އޮތް ތަވީދު ނެގުމަކީ މިހާރު ބޭނުން ކަމެއް ނޫނަސް ރަޔާހީން ބޭނުންވަނީ އެވެސް އެއްލާލާށެވެ.  މަސައްކަތް ނިންމާފައި ގެއަށް ވަދެގެން ދިޔަ ރަމްލާ އާއި ރަޔާހީންގެ ތުންފަތްމަތީގައި ވަނީ ހަނގުރާމައަކުން ފަޠަހަ ލިބުމުން އެބައިމީހުންގެ މޫނުމައްޗަށް ވެރިވެފައިވާ ހިނިތުންވުން ފަދަ ހިނިތުންވުމެކެވެ.

“ދަރިފުޅާ ހީން… އެބައުޅެންތަ” މެންދުރުފަހު ރަމްލާ އާއި އެކީގައި ބަދިގޭގައި މަސައްކަތް ކުރަމުން ދިޔަ ރަޔާހީން ސިހުނީ ފީރޯޒާ ގެ އަޑުންނެވެ. އުނދުން ކައިރީގައި ހުރި ރަޔާހީން ތަންކޮޅެއް ދުރުގައި ހުރި ރަމްލާ އަށް ބަލާލީ އަނެއްކާ ކިހިނެއްވީބާއޭ ހިތަށް އަރަމުންނެވެ. ރަމްލާ ދެކޮނޑު އަރުވާލީ އޭނާ އަށް ނޭނގޭ ބުނާ އުސޫލުންނެވެ. ރަޔާހީން އޭނާގެ އަތުގައި އޮތް ވަޅި ކަޓިންބޯޑް މަތީގައި ބާއްވާލަމުން ސިޓިންގްރޫމަށް ނިކުތް އިރު ސޯފާގައި ފީރޯޒާ އިނެވެ. އޭނާ ކައިރީ އެއްފަރާތުގައި އިރުފާން ވެސް އިނެވެ.

“ދަރިފުޅާ!!! އާދެބަލަ މިތާ އިށީނދެލަން” ފީރޯޒާ އެއްފަރާތަކަށް ޖެހިލަމުން ރަޔާހީނަށް ތަން ދެއްކިއެވެ. ރަޔާހީން އިށީންނަމުން އިރުފާނަށް ބަލާލިއެވެ. އިރުފާން ރަޔާހީނަށް ބަލާލަމުން އެއްލޯ މަރާލީރު އިނީ ލާނެއް ހިންޏެއް އައިއްސައެވެ.

“ދަރިފުޅާ މަންމަ އާއި ބައްޕަ ބޭނުންވަނީ ދަރިފުޅާއި އިރުފާނާއި ދެކުދިން އެކުގައި މި މާހައުލާއި ދުރުގައި ވަގުތުކޮޅެއް ހޭދަކުރަން. އެގޮތުން މަންމަ އާއި ބައްޕަ ނިންމައިފިން ތިދެކުދިން އޮސްޓްރޭލިޔާ އަށް ފޮނުވަން. މަންމަގެ މައްސަލައެއް ނެތް އެއްމަހަށް ދެމަހަށް ވިޔަސް. އިރުފާން ހުރީ މީ ދަރިފުޅު ގަބޫލު ކަމަކަށް ވާނަމަ މިހާރުން މިހާރަށް ވެސް ފުރަން.” ރަޔާހީނަށް ހީވީ އޭނާގެ ގަޔަށް ހޫނުފެން އެއްޗެއް އޮށްސާލި ހެންނެވެ. އަހަރެންނަށް ނުވެސް އަންގާ އަހަރެންގެ ހަޔާތުގެ މިފަދަ ނިންމުމެއް ނިންމަން މީ ކޮންބައެއް ހެއްޔެވެ؟ ކަލޭގެ ދަރިފުޅާއެކު ވަގުތު ހޭދަކުރަން ކަލޭ ދާންވީ ނޫން ހެއްޔެވެ؟ ކޮންމެހެން އަހަރެން ފޮނުވަން ޖެހޭ ހެއްޔެވެ؟ މިދެން ކިހާ ދެރަކަމެއް ހެއްޔެވެ؟ މި މުސީބާތުން ސަލާމަތް ވާނީ ކޮންއިރަކުން ހެއްޔެވެ؟ ރަޔާހީނަށް ހިތަށް އަރަމުން ދިޔަ ފާޑުފާޑުގެ އެއްޗެހިން އޭނާ ސިކުނޑި ގޮށްވަމުން ދިޔައެވެ. އެވަގުތު ތަބަކަށް ކަރާޖޫސް އަޅައިގެން އައިސް އެހިސާބާއި އަރާހަމަވި ރަމްލާ އަށް ރަޔާހީން ބަލާލިއެވެ. އެވަގުތު ރަމްލާ ދެފަރާތަށް ބޯ ހަލުވާ ލުމަށްފަހު އެކަމަށް އިންކާރު ކުރަން އެދުނެވެ.

“އަޅުގަނޑު ދާން ބޭނުން. އެކަމަކު މިގެއަށް އައިސް އަދި އަހަރެއް ވެސް ނުވޭ. އަޅުގަނޑަކީ މަންމައެއް ބައްޕައެއް ހުރި ކުއްޖެއް ނޫން. އަދި މިހާރު މާމަމެން ވެސް މިކޮޅުގައި ތިބީއެއް ނޫން. އަޅުގަނޑު ހިތްހަމަޖެހެންދެން ތި މަންމަ އާއި ބައްޕައާއި އެއްފުރާޅެއްގެ ދަށުގައި އަޅުގަނޑު ހުރެލަން ބޭނުން. އޭގެ ފަހުން އިރޭގެ އެދުން ވެސް ފުއްދަދޭނަން. އަދި ވަގުތު އެބައޮތް. އަޅުގަނޑު އަބަދުވެސް ހުންނާނީ މިގޭގައެއްނު. އެހެންވީމާ އަވަސް އަރުވާނުލިޔަސް ބޭނުން ކޮންމެ ވަގުތެއްގަވެސް ދެވިދާނެއްނު” ރަޔާހިން ލަސްލަހުން އޭނާ ބޭނުންވާ ގޮތް ފީރޯޒާ އަށް ހާމަކުރިއެވެ. ރަޔާހީން ކައިރީގައި ހުރި ރަމްލާ އަށް ބަލާލިއެވެ. އެވަގުތު ރަމްލާގެ ފެންނަން ހުރި ދެލޮލުގެ އަރިމަތި ދެފަރާތަށް ދެމިގެން ދިޔަ ގޮތުން އެކަމާއި އޭނާ ހިތްހަމަޖެހި ހީލިކަން އެނގުނެވެ.

“ތެދެއް ދަރިފުޅާ. މަންމަ އަށް ވެސް ފެންނަނީ ހީން އެދޭ ގޮތަށް ކަންތައް ކޮށްދޭން. މަންމަ އަކީ ވެސް އަންހެން ދަރިއަކު ހުރި މީހެއް ނޫން. ހީން ކައިރީގައި ހުރީމަ މަންމަ އަށް އެހިތްހަމަޖެހުން ލިބޭނެ. އެހެންނޫނަސް ވިކީގެ ކައިވެނި އޮތީ އަދި ކުރިއަށް. އެކަންތައް ވެސް ނިމުނީމަ ފުރަން ކިޔަންވީނުން. އެހެންވީމަ ދަރިފުޅު ނިންމާނީ ކޮންގޮތަކަށް” ފީރޯޒާ ފަނި ހުސްކުރި ބިއްލޫރި ތަށި ތަބަކުގައި ބަހައްޓަމުން އިރފާނަށް ބަލާލިއެވެ.

“މަންމަ އަށް ހީވޭތަ އަހަރެންގެ ހީން އެދޭ އެދުމަކާއި އަހަރެން ދެކޮޅަށް އެއްޗެއް ބުނެފާނޭ. އަހަރެން ކަންތައް ކުރާނީ ހީން އެދޭ ގޮތަކަށް.” އިރުފާން ރަޔާހީނަށް ބަލާލަމުން ބުނެލިއެވެ. ރަޔާހީން ވެސް އޭނާގެ ހިތަށް ލިބުނު ހިތްހަމަޖެހުމުގައި އިރުފާނަށް ފުޅާ ހިނިތުންވުމެއް ދިނެވެ.

“އަދި ދަރިފުޅާ މިގެނައީ އެހެން ވެސް ކަމަކުއޭ. ރާނޯ އާއި އޯލާ ދެން ނާންނާނެ މިކޮޅަކަށް. އެހެންވީމަ ބަދިގޭ މަސައްކަތުގައި އެއުޅޭ މަރިޔަން ކައިރީގައި އަހާބަލަ މިގޭގައި ދާއިމީ މަސައްކަތު މީހަކަށް އޭނަ އަށް ވެވިދާނެތޯ. މައްސަލައެއްނެތޭ ބުނޭ މުސާރަ ބޮޑްކޮށްފައި ވިޔަސް. ބައްޕަ ވެސް ބޭނުމެއްނުވޭ އޭނަ ފޮނުވާލާކަށް. ނިކަން މީރުކޮށް އޭނަ ރިހަ ކައްކަނީ. ކުރިން ވެސް މިގޭގައި މަސައްކަތް ކުރި އަންހެނެއް ރަމްލާ ކިޔާ. ވަރަށް މީރުކޮށް އެއްޗެހި ކައްކާނެ” ފީރޯޒާ ބުނެލިއެވެ.

“އެހެންތަ! ބުނެފާނަން. އެކަމަކު މަންމާ ކޮބާ އެމީހާ މިހާރު” ރަޔާހީން އެސުވާލުކުރީ ހަމަ ގަސްދުގައި ފީރޯޒާ އަށް ވާގޮތް ބަލާލުމަށެވެ. ހަމަ ރަނގަޅަށް ވެސް ފީރޯޒާ އަށް ހާސްކަމެއް ލިބުނެވެ.

“އެއީ ވަރަށް ނުބައި މީހެއް. އޭނަ މިގެއިން ފިލީ. މިހާރު ނޭނގެ ވީތަނެއް. މަންމަމެން ވަރަށް ހޯދިން” ފީރޯޒާ ވާހަކައެއް ހަދާލިއެވެ. އަދި ހަމަ އެހާ އަވަހަށް އެތަނުން ތެދުވެގެން ހިނގައިގަތެވެ. ފީރޯޒާ ފަހަތުން އިރުފާން ވެސް ރަޔާހީން ބޮލުގައި ފިރުުމާލަމުން ހިނގައިގަތުމުން އެދެމީހުންނަށް ބަަލަން ރަޔާހީން އިނީ ހިނިއައިއްސައެވެ.

 

ކޮޓަރީގައި މޮޕްއަޅަން ހުރި ރަޔާހީން ސިހުނީ ޑްރެސްިންގޓޭބަލް މަތީގައި އޮތް އޭނާގެ ފޯނު ރިންގްވީ އަޑަށެވެ. ތެމިފައި ހުރި ތަންތަނުން ފައި ކައްސާލަފާނެތީ ހަމައެކަނި ދެފައިތލައިގެ ފުންނާބު ޖައްސައިގެން ރަޔާހީން ގޮސް ފޯނު ނަގާ ބަލާލިއރު ނުދަންނަ ނަންބަރަކުން ގުޅާތީ ކުޑަކޮށް ވިސްނާލުމަށްފަހު ފޯނު ނަގާ ކަންފަތުގައި ޖެއްސިއެވެ.

“އޯކޭ. ހޫމްމމ. މަސައްކަތްކުރާނަން ދެވޭތޯ” ފޯނު ނިންމާލުމަށްފަހު ރަޔާހީން އެނދުގައި އިށީނދެވުނީ ދެންމެ އައި ފޯނު ކޯލާއި ދޭތެރެ ވިސްނާލުމަށެވެ. މިހާ ދުވަސްފަހުން ގެއިން ބޭރުން ބައްދަލުކުރަން އެދުނީ ކީއްކުރަންބާއެވެ؟ އަނެއްކާ އެނާގެ ނިޔަތް ގޯސްބާއެވެ. ދާންވީ ހެއްޔެވެ؟ އާއެނކެވެ. ދާނަމެވެ. އަހަރެންގެ ހިމާޔަތުގައި ބީހާލް އަބަދުވެސް ހުންނާނެއެވެ. ހުރިހާ ވިސްނުންތަކެއް ވިސްނުމަށްފަހު ރަޔާހީން އެންމެފަހުން ނިންމީ އޭނާ އާއި ބައްދަލުކުރުމަށް އެތަނަށް ދިޔުމަށެވެ. އޭނަ ކައިރީގައި ބީހާލް ބަހައްޓާނީއެވެ. ބީހާލް ކައިރީގައި ހުރިކަން އެނގޭނީ ކާކަށް ހެއްޔެވެ؟ އެހެންނޫނަސް ވެދިޔަ ކަންތަކަށްފަހު ރަޔާހީން ގައިގާ އިނގިލި ކުރި ޖައްސާލަން ވެސް އޭނާ އަށް ކެރޭނެހެނެއް ހިއެއް ނުވޭއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ހިތުގެ މިލްކުވެރިޔާ (ފަހުބައި)

Next

އެދެމޭ އުފާ (9)

Next
September 9, 2017

އެދެމޭ އުފާ (9)

Previews
September 8, 2017

ހިތުގެ މިލްކުވެރިޔާ (ފަހުބައި)

12 Comments!

  1. Ushaali says:
    September 8, 2017 at 9:01 pm

    assalam alikum and alhamdhulillah. 🙂 mi bai ves huriha kudhinnah kamudhaane kamah heekuran. mext part maadhama haveeru genesdheynan. insha allah. 🙂 🙂

    1. Aish says:
      September 8, 2017 at 9:32 pm

      Thnx.v reethi vaahaka.

  2. Aikko says:
    September 8, 2017 at 9:25 pm

    yey. I am first dhw..v reeethi mi part ves. can’t wait aneh part ah. Maakil anehkaa kyhkurantha e ulheny? usha maadhan mi story upload kohdhehchey.

  3. Juvey says:
    September 8, 2017 at 9:26 pm

    Wow ..hama mi vaahaka up kohffa inntho balailiru inee ma v happy vehjje ?

  4. Juvey says:
    September 8, 2017 at 9:39 pm

    V reethi. .maadhama next part up kohdhehchey ushaa doonee ? ?

  5. khajja says:
    September 8, 2017 at 10:41 pm

    Ohhh wow masha allah v v v rythi v v v furihama ?? whn nxt prt avaskolladhechchey plx ushaali gud nyt ly????❤❤❤❤????????

  6. Layaa says:
    September 8, 2017 at 10:44 pm

    Vrh salhi maadhamaa next part haadha rangalhey hama aslukoh ves up kohdhehchey vrh kiyaahiy vey?

  7. Reet says:
    September 8, 2017 at 10:45 pm

    Alhe bast vaaney Konirakun v reethi

  8. mal-mal says:
    September 9, 2017 at 2:01 pm

    mi part ves varah reethi, MashaAllah. Maakil dho e’ gulhy. Anehka keekuran baa e’ ulheny??? ???

  9. Nux says:
    September 9, 2017 at 7:50 pm

    Wow v loabi mi partvess well done dr next part avass kohlahchey

  10. Anonymous says:
    September 9, 2017 at 8:51 pm

    Alhe kobaatha mi vaahakai ge next part up kohdheeba

  11. Zaal says:
    September 9, 2017 at 9:19 pm

    Ushaa avahah next part up koh dheebala.. plz… waiting…..

Comments are closed.

Next Episode02:30 ބާވީސްވަނަ ބައި←


All Right Reserved!