Skip to content
އެސްފިޔަ

ވިސްނުނީ މާފަހުން

ހުއްޓުމެއްނެތި ވާރެ ވެހެމުން ދިޔައެވެ. އިންތިޒާރު ކުރަމުން ދިޔައީ އަބަދުވެސް އަޑު އިވުމަށް އެދޭ ލޯބި އަޑަށެވެ. 24 ގަޑި އިރު ވާހަކަ ނުދައްކާ ހުރުމަށްފަހު 12 ޖަހަން ކައިރި ވުމާއެކު ހަނީފް، ނަޒްމާއަށް ގުޅަން ފޯން ނެގީ ޑޭޓާ ވެސް ހުސްވެފަ ހުރުމާ އެކު އެ ލޯބިވާގެ އުފަންދުވަހުގެ ތަހުނިޔާ ކިއުމަށެވެ. ނަންބަރަށް ޑައިލް ކޮށްލުމާއެކު ރިންގް ނުވަނީސް ކަންފަތުގައި ޖެހުނީ އެހެން އަޑެކެވެ. ” ޔޫ ޑޯންޓް ހޭވް އިނަފް ބެލެންސް ޓު މޭކް ދިސް ކޯލް” މިހެންނެވެ.

މިވަގުތު ރީލޯޑްއެށް ކޮށްލާނެ ފިހާރައެއް ހުޅުވާފައި ނުހުންނާނެކަން “ގެޓް” ވީ ތައްޔާރުވެލައިގެން ތިރިއަށް ފޭބިތަނާއެވެ. އެނބުރި ކޮޓަރިއަށް ގޮސް ، ސަލީމްގެ މޯރނިން ޑިއުޓީ އޮތްކަން އެނގި ހުރެވެސް ނުނިދާ އޮތްކަމަށް އުންމީދުކޮށް ބެސްޓްފްރެންޑް ސަލީމަށް “ކޯލް މީ ބެކް” އެއް ޖަހައިގެން ވެސް ޚަބަރެއް ނުވިއެވެ.

ހަދާނެގޮތް ހުސްވެގެން އެނދުމަތީގައި ފުރޮޅި ފުރޮޅި އޮއްވާ 12:10 ވެއްޖެ އެވެ. ވިޝް ކޮށްލެވޭނެ ގޮތެއް ހަނީފްއަކަށް ނުވި އެވެ. ކިހާ ދެރަ ހެއްޔެވެ.. އެއްމެ ލޯބި ވާ ކުއްޖާގެ އުފަންދުވަހުވެސް ގަޑި އަށް ވިޝް ކޮށް ނުލެވުނެވެ.. ހާސްވީ ، މިވަރުން ދަންޏާ މާ ގިނަދުވަހެއްނުވެ ބިޓު ކަޓާފާނެ ކަމުގައި ޒަމީރު ބުނުމުންނެވެ.

ޖެހިގެން އައި ދުވަހު ބޮޑު ފަތިހާތެދުވެ ފިހާރަ އަކަށް ގޮސް ރީލޯޑް ކޮށްލައިގެން އޮންލައިން ވި އިރު ފެނުނީ މާ ބަލަން ބޭނުންވި މެސެޖް ތަކެއް ނޫނެވެ. ނަޒްމާ ގެ ސަޕްރައިޒް ޕާޓީ އަކަށް ދަޢުވަތުވެސް އައިއްސަ އޮތެވެ. ޕާޓީ ވެސް ކެޓީއެވެ! ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ… އުފަންދުވަހު ގަޑި އަށް ވިޝް ނުކުރެވުނުތާނގައި ނަޒްމާގެ ޙާއްސަ ސަޕްރައިޒް ޕާޓީ ގައިވެސް ބައިވެރި ނުވެވުނީ އެވެ!

އަވަސް ހަރަކާތް ތަކާއެކު ލިޔެލީމެވެ!

ލޯބިވާ ހަނދެއްފަދަ ނަޒްމާއެވެ!

ލޯބިވާއަށް އެނގޭ ނޫން ހެއްޔެވެ؟ މިއަޅާ ގެންގުޅެނީ ޕްރިޕެއިޑް ނަންބަރެކެވެ! އެއީ ލޯވަޅު އަޅާފަ ހުންނަ ނާއްޓެއް ކަހަލަ އެއްޗެކެވެ! މި އެޅީ، މި ހުސްވީއެވެ! އަބަދު އޮންނަނީ ރީލޯޑް ކުރަން ފިހާރައަށް ދުވަން ޖެހިފައެވެ! އެކަމަކު އެތަނުންވެސް ގިނަ ވާނީ ރީލޯޑް ހުސްވެފަ ހުންނަ ފަހަރެވެ!

އެކަމަކު ދަންވަރު މިއަޅާ ފަހެ ކުރާނީ ކީއްހެއްޔެވެ؟ ފަތިސްނަމާދުކޮށްގެން ފިހާރަ ބުޑުގައި ފާރައަށް ހުންނަމެވެ! ހަމައެކަނި ތިބާގެ އަޑު އަހާލެވޭނެ މަގުފަހި ވޭތޯއެވެ! އަލިފުޅުވެސް ދޮންހިޔަލައަށް ފޮނުވަން ފަންވަތް ހޯދަންވެސް މި ހާލަކު ނުތެޅެއެވެ! މިއަޅާ މިވަނީ ހަޤީޤީ ލޯތްބެވެ!

ނިޔަފަތި ކަމުން ކަމުން، އެންމެ ފަހުން “ސެންޑް ” ބަޓަން އަށް އޮބާލައިފީމެވެ!

ނޭވާ ހިފަހައްޓާލައިގެން ހުއްޓާ “ސީން” އަރައިފިއެވެ. 1…2…3…. އެންމެ ސިކުންތެއްވެސް ހީވީ 5 އަހަރު ހެންނެވެ!

އަހާ އަހާ!!

“ސްވީޓް ހާޓް އިސް ޓައިޕިން”

ހިތް ހީވަނީ ފަޅައިގެން ނުކުންނަން އުޅުނު ހެނެވެ.

ނަޒްމާ ފޮނުވާލީ ހިނިގަނޑެކެވެ. އަހަރެން އޭގެ މާނަ ނަގަންވީ ކިހިނެތް ހެއްޔެވެ؟؟

އެބުނީ އަހަންނަކީ “ސޭކު” މީހެކޭ ހެއްޔެވެ؟ ނޫނީ މަމީ “މޮޔަ” އެކޭ ހެއްޔެވެ؟ ނޫނީ ނަޒްމާ ހަމަ އަސްލުވެސް އުފަލުން ހެނީ ހެއްޔެވެ؟

މި “އިމޯޖީ ” ތައް އުފެއްދި މީހަކު ހުރިތާކުން ހޯދައިގެން 50 ފޫޓު އަޑިއަށް ވައްޓާލާނަމޭވެސް ހިތައް އެރިއެވެ!

ފޯނަށް ލޮޅުމެއް އަރައި އަހަންނަށް އިންޒާރު ދިނީ ނަޒްމާގެ އިތުރު މެސްޖެއް އައިކަމެވެ!

ގަޑަ ގަޑަ އަޅާ އޮތް ހިތަ މައިތިރި ކުރަމުން މެސެޖް ހުޅުވާލިއިރު އޮތީ ލިންކެކެވެ!

ސްވީޓް ހާޓް 3> :  www.fahipay.mv

މިއީ އަނެއްކާ ކޮންފަދަ ސިހުރުވެރިކަމެއް ބާއެވެ؟ އަވަސް އަވަހަށް މި ޖިގްސޯ ޕަޒުލް ރާވަން ފެށީމެވެ!

މަށަށް މިލިބުނީ ހަމަ ރަނެއްފަދަ ސަޅި ބިޓެކެވެ! އޭނަގެ އުފަން ދުވަހެވެ! ހަދިޔާ މި ލިބުނީ އަހަންނަށެވެ!

އާނއެކޭ! އާނއެކޭ!  ފަހިޕޭ ގެ އެޕް އަޅައިގެން އުޅުނުނަމަ ފަތިހެއް، ދަންވަރެއް، ހަވީރެއް، މެންދަމެއް ނުބަލައި ހަމަ ބޯކޮށް ރީލޯޑް ކުރެވޭނެއެވެ! ނަޒްމާގެ އިތުރު ތަޢުރީފު ހޯދަން އެ ގޭގެ ބިލްތައްވެސް ދައްކާލަން ވީއެވެ! ނުވިތާކަށް ހުރިހާ ރައްޓެހިންގެ މެދުގައި އެންމެ މަޤުބޫލު މީހާއަށްވެސް ވާންވީއެވެ! ހަމަ އެނދުމަތީ އޮވެގެން ރީލޯޑް ނޫނީ ރާސްޓަސް ކުރަންވީއެވެ!

އަދި ކޮބާ؟ ސަޅި ތަންކޮޅަކީ ރައްޓެހިންނަށް ލާރި އަޅާދީގެން ލިބޭ ޕޮއިންޓްތައް ރިޑީމްކޮށްގެން މަށަށް ނަޒްމާއަށް ގުޅާނެ ހިލޭ ބެލެންސް ލިބޭނެއެވެ!!!

ލޭޑީސް އެންޑް ޖެންލްމެންސް!!!  ކުދި ބޮޑު އެންމެނެވެ!  އަވަހަށް ލަސްނުކޮހް ފަހިޕޭ އެޕް އަލާލާށެވެ! ކޮންމެ މީހަކަށް ނަޒްމާކަހަލަ ބިޓެއް ނުލިބޭނެއެވެ! އެހެންވެ މިބުނީ “ފަހިޕޭ” އިން ފަހިކޮށްދިން ފުރުސަތުގެ ބޭނުން ހިފައި ހުން އަންނާނެކަމަށް ރަޖާލާށެވެ! ބުނާނެ އިތުރު ވާހަކަ އެއް ނެތެވެ!

– ފަހިޕޭ އިން ފައިދާވި ކަސްޓަމަރ އެއް.-

 

Comments (11)

  1. Ram

    Ahahahah ?.. salhi ??

  2. Maree

    hahaha

  3. Manna

    Yaaaay. I’m third. I love third kamikaze. Im a huge fan of him. Any ways vrh reethi story eh

  4. maroon

    Omg ??
    Loavalhu elhi kaahtekoa… fahipay ?

  5. Manje

    Balaaeh . . ma hee hee halaaku ????

  6. Hawwa

    Hahaha bodukameh mee vaahakaehthta? Noony isthihaarehtha??

  7. l????

    hehe me dhen koacheh????

  8. Aam

    Hehehe. Salhi

  9. Rozy

    ma kuri vanuva engunu iru nimigen ves gossi mithi kada
    Rozy

  10. Boahalaaku

    Chichi

  11. who cares

    balaa eken
    eyoh warun kiyaan indhaa
    jessumeh dhw miyo
    sahaadheh

Comments are closed.