Skip to content
އެސްފިޔަ

ޔާރު މިވަނީ ލޯތްބޭ ހަޤީގީ (އެއްތިރީސްވަނަ ބައި)

އަޔާނީ މިސްރާބު ޖެހީ އަފްލާކް ވަން ގޯޅިއާއި ދިމާއަށްށެވެ. އެހެނަސް، ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ. އަފްލާކްގެ އެއްވެސް ހިލަމެއް އެ ގޯޅީގެ ތެރެއިން ފެންނާކަށް ނެތެވެ. މާޔޫސްވީވަރުން އަޔާނީއަށް އިސްޖަހާލެވުނުއިރު، އޭނާގެ ބޮޑު ދެ ލޯ ފެންކަޅިވެގެން އައީ ދެރަވީވަރުންނެވެ. އަފްލާކް އެ ގޮތަށް ކަންތައް ކުރުމުން، އޭނާއާއިމެދު، އަޔާނީގެ ހިތުގައި އެތައް ޝަކުވާއެއް އުފެދުނެވެ.

މާޔޫސްކަމާއިއެކު، ގެއަށްދާން ހިނގައިގަތް  އަޔާނީގެ ފިޔަވަޅުތަކަށް ހުއްޓުން އައީ ފަހަތުން މީހަކު އޭނާގެ ކޮނޑުމަތީ އަތް ބާއްވާލުމުންނެވެ. ކުޑަކުޑަ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އެއީ އަފްލާކޭ ހިތަށް އެރުމުންނެވެ. ތެޅިތެޅި އޮތް ހިތަކާއިއެކު އަޔާނީ ފަސް އެނބުރިބަލާލިއެވެ. ކުރިމަތީގައި ހުރި އިޔާޒް ފެނުމުން އަޔާނީގެ ތުންފަތަށް ވެރިވެފައިވި ހިނިތުންވުން ފިލައި ދިޔައެވެ. މުޅި ކުއްޖާ އެކީ މަލެއްހެން މިލާ، މޯޅިވީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ.

“ސިސީ މިތާ ކީއްކުރަނީ….؟؟؟؟” އިޔާޒްގެ ނަޒަރު ސިދާވެފައިވަނީ އަޔާނީއަށެވެ. އެހެނަސް، އަޔާނީ އެކަމަށް މާ ބޮޑު ސަމާލުކަމެއް  ނުދެއެވެ. އަނެއްކާވެސް ގޯޅީގެ ދެ ފަރާތަށް، އޭނާއަށް ބަލާލެވުނީ އަފްލާކް ފެންނަން ހުރިތޯއެވެ. އަޔާނީ ސިހިގެން ދިޔައީ އިޔާޒް، އޭނާގެ ސުވާލު ތަކުރާރުކޮށްލުމުންނެވެ. އިޔާޒްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި، އަޔާނީ ބޯ ހޫރާލީ، މިވަގުތު އަނގައިން ބަހެއް ބުނަން އުޅެން ހަދައިގެން އޭނާއަށް ރޮވިދާނެތީއެވެ. ބޮޑު ދެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އިޔާޒަށް ފެނިދާނެތީ، އަޔާނީ އިސްޖަހާލިއެވެ.

“ހިނގާ ގެއަށް ދާން…..” އަޔާނީގެ ކޮނޑުގައި ހިފަހައްޓާލަމުން އިޔާޒް ބުނެލިއެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިން އަޔާނީ، އިޔާޒާއިއެކު، ހިނގައިގަތީ އިސްޖަހާލައިގެން ހުރެއެވެ. ވަކި ހިސާބަކަށް ގޮސްފައި އިޔާޒް ފަސް އެނބުރި ބަލާލިއެވެ. ގޯޅީގެ ނިމޭ ހިސާބުގައި މަޑުކޮށްލައިގެން އެ މީހުންނަށް ބަލަން ހުރި، އަފްލާކްގެ މޫނުމަތީގައިވެސް ވަނީ ހިތާމައިގެ އަސަރުތަކެވެ. އިޔާޒް ދެ ލޮލުން އިޝާރާތްކޮށްލުމުން، އަފްލާކްވެސް އަތުން ހަނާ އަޅާލިއެވެ. އަފްލާކް ގެއަށް ދިއުމަށް މިސްރާބުޖެހީ، އުޅެންޖެހިފައިވާ މަޖުބޫރީ ޙާލަތުގެ ސަބަބުން ހިތްދަތިވެފައި ހުރެއެވެ.

*******************

 

“ޝިއުރީ…. ޝިއުރީ…..” ނަމާދުކޮށް ނިމުންތަނާ، ސަޖަޔާ މާ ވަރަކަށް ގޮވަން ފެށުމުން އަވަސް އަރުވާލާފައި ޝިއުރީ ބޭރަށް ނުކުތީ، ވެގެން އުޅޭގޮތެއް ބަލާލުމުގެ ބޭނުމުގައެވެ. ބަދިގެ ފަރާތަށް ދިޔައިރު، ސަޖާޔާ ހުރީ ބޮލުގައި ފިރުމާލަފިރުމާލައެވެ. އަނެއް އަތުން ތަވާ ހިފައިގެން ހުރިއިރު،  މޫނުމަތިގައިވަނީ ރުޅިވެރިކަމުގެ އިންތިހާއެވެ. އަނެއްކާ އޭނާއަށް ގޯސްކޮށް ކަމެއް ކުރެވުނީބާއޭ ޝިއުރީގެ ހިތަށް އެރިއެވެ. ސަޖާޔާގެ ރުޅިވެރި މޫނު ފެނުމުން ހިންދިރުވާލެވުނީ، ޖެހިލުންވީވަރުންނެވެ.

“މިއަދުވެސް ތަވާ އެ ހުރީ މޮހޮރުގައި އަޅުވާފައި…. ކިތައް ދުވަހު އަހަރެން ޝިއުރީ ގާތުގައި ބުނިން ތަވާ އެތާނގައި ނާޅުވާށޭ…… އެހާ ވަރަށް ބުނީމަވެސް މަށާ ޖެއްސުމަށް ދޯ އެ ގޮތަށް ކަންތައް ކުރީ….” އަތުގައި އޮތް ތަވާ ނަގައި ހޫރާލަމުން އަޑުގެ ކޮޅަށް ސަޖާޔާ ހަޅޭއްލަވައިގަތެވެ. ސަޖާޔާގެ ބާރު އަޑުންނާއި،  ތަޅުންމަތީ ތަވާ ޖެހުން އަޑުން ޝިއުރީ ދިޔައީ ސިހިގެންނެވެ. ފަހަތަށް ފިޔަވަޅެއް އަޅާލިއިރު، ޖެހިލުންވީވަރުން އޭނާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ.

“މަންމާ އަހަ…..” ޖެހިލުންވެ، ބިރުގަނެފައި ހުރިނަމަވެސް ޝިއުރީ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް، ޝިއުރީގެ ޖުމްލަ ފުރިހަމަ ކުރެވޭގޮތް ނުވީ ސަޖާޔާ އައިސް އޭނާގެ ދެ ކޮލުގައި ހިފައި ފިއްތާލުމުންނެވެ. ތަދުވީވަރުން ޝިއުރީއަށް ހިފާލެވުނީ ސަޖާޔާގެ އަތުގައެވެ. ދެލޯ ފެންކަޅިވެގެން ދިޔައީ ފަޅި ސިކުންތުކޮޅެއްގެ ތެރޭގައެވެ. އަނގައަށް ތަދުވުމަށްވުރެ، ބޮޑަށް ހިތަށް ތަދުވީ ސަޖާޔާ އޭނާއަށް ކުރާ ނަފްރަތެއްގެ ބޮޑުކަމުންނެވެ.

“ލަދު ނުގަނެގެން އަދި މަ ކުރިމަތީ އަނގަހާވަން ފަށާނެ…. މަށަށް އެނގޭ މަށާ ޖެއްސުމަށްކަން، ކަލޭ އެތާނގައި ތަވާ އެޅުވީ… އާނ އެހެންޏަ….. އޭރުންތާ، ބޮލަށް ތަވާ ވެއްޓިގެންނަމަވެސް އަހަރެން މަރުވާނީ… ކަލޭ ބޭނުންވާ ގޮތަކީ އެއީ ވިއްޔަ….” ޝިއުރީގެ ދެ ކޮލުން ދޫކޮށްލަމުން، ލޯއަޅާލައިގެން ހުރެ ސަޖާޔާ ބުނެލިއެވެ.

ސަޖާޔާގެ ދުލުން ނުކުތް ވިހަ ޖުމްލަތައް ހީވީ ޝިއުރީގެ ހިތަށް ހަރާލެވުނު ކަށިތަކެއްހެންނެވެ. އޭނާގެ ހިތަށް އަސަރުކުރިވަރުން މިފަހަރު ކަރުނަތައް ހިފެހެއްޓުމަށްވެސް ނުކުޅެދުނެވެ. އިސާހިތަކު ދެ ލޮލުން ކަރުނަތައް ފައިބައިގަތެވެ. އަނގަމަތީ އަތް އަޅާލެވުނީ ގިސްލެވެން ފެށުމުންނެވެ. ދުލުން ބަހެއް ބޭރު ނުވުމުން ދެ ފަރާތަށް ބޯ ހޫރާލީ، އެ ވާހަކަތައް ދޮގުކުރުމަށެވެ. ޝިއުރީ ރޯން ފެށުމުން ސަޖާޔާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.

ނަމާދުން ފޭބިގޮތަށް ރިފްގާއަށް ކޮޓަރިން ނުކުމެވުނީ ގޭތެރޭގައި މާ އަޑުގަދަވެގެންނެވެ. އޭރު ފޯނާއި ކުޅެން ބޮޑުކޮޓަރީގައި ހުރި ސޯފާއެއްގައި ޝަނާޔާ އޮތެވެ.

“ޝަނާ….. ކޮން އަޑެއް ދެންމެ އިވުނީ….. އެއްޗެއް ވެއްޓޭ އަޑާ، މަންމަ ހަޅޭލަވާ އަޑުއިވުން….” ޝަނާޔާގެ ގާތުގައި ރިފްގާ އަހާލިއެވެ.

“ނޭނގެ އަހަންނަކަށް…. މަންމަގެ ކުޅިގަނޑު ފެށުނީއެއްނު….. މަންމަ އެހާ ރުޅިއަންނަކަން އެނގޭއިރުވެސް، ޝިއު އުޅޭނީ މަންމަ ރުޅި އަންނަގޮތަށް….. ދުވަސްކޮޅެއްވެއްޖެ އެ ޑްރާމާގަނޑު ނުކުޅެނީ…. ބޯ ފަޅައިގެން ދާވަރުވޭ…. ގޭގަ ހަމަޖެހިލައިގެން އޮވެވޭވަރެއް ނޫން…..” ޝަނާޔާ ފޫހިގޮތަކަށް ދެއްކި ވާހަކަތަކުން ރިފްގާ ހުރީ ހައިރާންވެ، އަންތަރީސްވެފައެވެ. އޭނާ ބަދިގެއާއި ދިމާއަށް މިސްރާބުޖެހީ ވެގެން އުޅޭގޮތެއް ބަލާލުމަށެވެ.

ބަދިގެއަށް ވަން އިރު މޫނުގައި އަތް އަޅާލައިގެން ޝިއުރީ ހުރީ ރޯށެވެ. އޭނަގެ ކުރިމަތީ ދެލޯ އަޅާލައިގެން ސަޖާޔާ ހުއްޓެވެ. ރުޅިއައިސްގެން ގޮސް އޭނާ ހީވަނީ ދެންމެ ދެންމެ ޝިއުރީ ނޮޅާލައިގެން ކައިފާނެހެންނެވެ.

“މަންމާ ކިހިނެއްވީ….؟؟؟؟ ޝިއު ކީއްވެ ރޮނީ…..؟؟؟؟” ޖެހިލުންވެފައި ހުރިނަމަވެސް ރިފްގާއަށް އެހެން ނާހައެއް ނުހުރެވުނެވެ.

“މަ ގޯސްކުރާކަންނު އެ ރޮނީ…… އާން އެހެންޏާ… ފެންނަ މީހަކު ބުނާނެތާ މަ އޭނަ ރޮއްވަނީއޭ….. އަހާބަލަ އަހަރެން ކިތައް ދުވަހުތޯ ބުނީ އެ ތަވާގަނޑު މޮހޮރުގައި ނާޅުވާށޭ… އެހާވަރަށް ބުނީމަވެސް މަށަށް ޖެއްސުމަށް އެތާ އަޅުވާފައޭ އެހުރީ…. މިއަދުވެސް އެ ވެއްޓުނީ މަގޭ ބޮލަށް…..” ބޮލުގައި ފިރުމާލަމުން ސަޖާޔާ މިހެން ބުނުމުން ރިފްގާއަށް ބަލާލެވުނީ، ތަޅުންމަތީ އޮތް ތަވާއަށެވެ. ރިފްގާ، އެއްފަހަރު ސަޖާޔާއަށް އަދި އަނެއް ފަހަރު ޝިއުރީއަށް ބަލާލަމުން، ތަޅުންމަތީ އޮތް ތަވާ ނެގިއެވެ.

“މަންމާ މާފްކުރޭ…. މޮހޮރުގައި ތަވާ އެޅުވީ ޝިއުއެއް ނޫން…. އަހަރެން…. ޝިއު ބުނި އެތާ ނާޅުވާށޭވެސް… އެކަމަކު އަހަންނަށް ހަނދާން ނެތިގެން އެތާ އެޅުވުނީ……” ސަޖާޔާގެ ކުރިމަތީ މަޑުކޮށްލަމުން ދެރަވެފައި ހުރެ ރިފްގާ ބުނެލިއެވެ. ދެންމެއަކާއި ޖެހެންދެން ރުޅިއައިސް ރަތްވެފައި ހުރި ސަޖާޔާގެ މޫނުގެ ކުލަވަރު، ބަދަލުވާން ހިނދުކޮޅެއްވެސް ނުނަގައެވެ. ރިފްގާއަށް ބަލާލަމުން، މީހާ ކުޑަކޮށް ހަމަޖެހިލާ ހިނިތުންވެލިއެވެ.

“ދަރިފުޅާ…. އެއީ އެވަރު ކަމެއްނޫން….. ދަރިފުޅަށް ހަނދާން ނެތިގެންނެއްނު އެތާ އެޅުވުނީ… އެކަމާ ދެން އެހާ ދެރަނުވޭ…. މަންމަ ރުޅިއެއް ނާދެއޭ……” ރިފްގާގެ ބުރަކަށީގައި ލޯބިން ފިރުމާލަމުން، މިހެން ބުނެފައި، ސަޖާޔާ އެ ތަނުން ދިޔައީއެވެ. ރިފްގާ ހުރީ ބުނާނެ އެއްޗެއް ނޭނގި ހައިރާންވެފައެވެ. ވާނީވެސް އެހެންތާއެވެ. ސަޖާޔާ އަމިއްލަ ބަނޑުއަޅާ ވިހޭ ދަރިފުޅާއި ދިމާއަށް، އެހާ ވަރަށް އެއްޗެހި ގޮވާލިއިރު، އޭނާއާއި ވާހަކަ ދެއްކީ އެހާވެސް ލޯބިންނެވެ. އަދި އޭނާއަށް ކުށް ކުރެވުމުން އެއީ މާ ބޮޑު ކަމަކަށްވެސް ނުވިއެވެ.

ރިފްގާ އެންމެ ހައިރާންވީ، އެހާ ވަރަށް އެއްޗެހި ކިޔުނީތީ، ސަޖާޔާ، ޝިއުރީގެ ކިބައިން މާފަށްނޭދުނުތާ، އޭނާއާއި ދިމާއަށް ބަލާވެސް ނުލާ، ދިޔައީތީއެވެ. ސަޖާޔާގެ ހިތުގައި ޝިއުރީއަށް އެއްވެސް ދަރިކުލުނެއް ނެތްކަން އެވަގުތު ރިފްގާއަށް ވިސްނުނެވެ. ޝިއުރީ ދެރަވާނެވަރު ހިތަށް އެރުމުން ރިފްގާވެސް ދެރަވިއެވެ.

ޝިއުރީގެ ޙާލަކީތޯއެވެ. ހިތަށްކުރި ފުން އަސަރަކުން ބާރު ބާރަށް ގިސްލެވެން ފެށުނީ، ބަނޑުއަޅާ ވިހޭ މައިމީހާ، އޭނާއާއިމެދު، އެހާ އިހާނެތިކޮށް ކަންތައްކޮށްފައި ދިއުމުންނެވެ. ފާރުގައި ލެނގިލަމުން ހުރި ދިމާއަށް ތިރިވެ، ދެ ކަކުލުގައި ބޯ އަޅާލިއެވެ. އެނޫން ދުވަހެއް އޭނާއަށް  ދެއްކެވުމަށް އެދި އެވަގުތުވެސް މާތްﷲ ގެ ޙަޟްރަތަށް ދުޢާކޮށްލެވުނީ، މަންމަގެ ލޯތްބަށް ފެންބޮވައިގެންފައި ވާތީއެވެ.

ޝިއުރީއަށް ސިހިފައި ބަލާލެވުނީ، ރިފްގާ، އޭނާގެ ބޮލުގައި ފިރުމާލުމުންނެވެ. ރިފްގާގެ ދެލޯ ފެންކަޅިވެގެން ދިޔައީ މައުސޫމްކަމުން ފުރިގެންވީ، ޝިއުރީގެ މޫނު ފެނުމުންނެވެ. ދެ ލޯ ފުހެލަމުން ޝިއުރީ އެ ތަނުން ތެދުވިއެވެ. ރިފްގާއަށް ބަހެއް ބުނާނެ ފުރުޞަތެއް ނުދީ އޭނާ ހިނގައިގަތީ، ރިފްގާގެ ޙަމްދަރުދީ ލިބުމުން އިތުރަށް ރޮވިދާނެތީއެވެ.

އެހެންމީހުންގެ ކުރިމަތީގައި ރުއިމަކީ، ފަހަރެއްގައިވެސް އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ޝިއުރީ ހުއްޓުވާކަށް ރިފްގާވެސް މަސައްކަތެއް ނުކުރެއެވެ. އެފަދަ ޙާލަތުގައި ބައެއް މީހުން އެކަނިވާން ބޭނުންވާކަން އޭނާ ދަނެއެވެ. ފެންކަޅިވެފައިވާ ދެލޮލުން ޝިއުރީ ދިޔަ ދިމާއަށް ބަލަން ހުރިއިރު، ހިތުގެ އަޑިން އޭނާ އަޒުމް ކަނޑައެޅީ މައުސޫމްކަމުން ފުރިފައިވާ ޝިއުރީ، އެ ހިތާމަތަކުން މިންޖުކުރުމަށެވެ.

********************

 

ޝައުންގެ މިސްރާބު ހުރީ ޔަލްވީމެންގެއާއި ދިމާއަށެވެ. ސްކޫލްދޮށުން އެ ޒުވާނާ ފެނުން ފަހުން ކޮންމެވެސް ނުބައެއް އުޅޭކަމަށް، އޭނާގެ ހަވަނަ ހިއްސު ހުއްޓުމެއްނެތި އިންޒާރުދެމުން ދާތީއެވެ.

ދެ ޖީބަށް އަތް ޖަހާލައިގެން ހުރެ ޔަލްވީމެން ގޭ ހުންނަ މަގަށް ލަނބާލި ޝައުނަށް، ދެ ބުމަ ގޮށް ޖަހާލެވުނީ، ސައިކަލެއްގެމަތީ އެއްކަލަ ޒުވާނާ އިންތަން ފެނުމުންނެވެ. ބޮޑެތި ފިޔަވަޅުތަކެއް އަޅަމުން ހިނގައިގަތް ޝައުންގެ އެތެރެހަށީގައިވާ ލޭތައް ކެކިގަތީ ރުޅިއައިވަރުންނެވެ.

ހަލުވިކޮށް ހިނގާފައި ޝައުން އެ ދިމާއަށް އަންނަތަން ފެނުމުން، ސައިކަލްމަތީ އިން ޒުވާނާއަށް ވީގޮތްވެސް ނޭނގުނެވެ. ތެޅިގަނެވުނީ ޝައުން އެހިސާބަށް އައުމުގެ ކުރިން ސައިކަލް ސްޓާޓްކޮށްލެވޭތޯއެވެ.

ކާކުގެ ނަސީބެއްކަމެއް ނޭނގެއެވެ. ޝައުނަށް އެހިސާބަށް ދެވުމުގެ ކުރިން، އެ މީހާ ސައިކަލް ސްޓާޓްކޮށް،  ދުއްވާލައިފިއެވެ. އެ މީހާ އަތުވޭތޯ ޝައުންވެސް ދުއްވައިގަތެވެ. ކިތަންމެ ބާރަށް ދުވިނަމަވެސް، ސައިކަލްގައި ދިޔަ މީހެއް އޭނާއަށް އަތުވާނީވެސް ފަހެ ކިހިނަކުން ހެއްޔެވެ.؟ ގަދައަށް ރުޅިއައިސްފައި ހުރުމުގެ ސަބަބުން ޝައުނަށް އެކަން ވިސްނުނީ މާ ފަހުންނެވެ. އޭނާ ދުވުން ހުއްޓާލީ އެހެންވެގެންނެވެ. އޭރު އެ މީހާ އެ މަގުން ލަނބާލަނީއެވެ. މިފަހަރުވެސް އެ މީހާ އަތުނުވީތީ ރުޅިއައިވަރުން، ޝައުން ބިމުގައި ފައިންޖަހާ، އޮލަ ފަސްގަނޑު ބުރުއްސާލިއެވެ. ބޮލުގެ އިސްތަށިގަނޑުގައި ދެ އަތުން ހިފަހައްޓާލައިގެން ހުރެ، މަތިބަލާލަމުން ފުން ނޭވާއެއް ބޭރުކޮށްލީ މީހާ ހަމައަކަށް އެޅެލުމަށްށެވެ. ޔަލްވީމެންގެއާއި ދިމާއަށް ދާން އެނބުރުނު ޝައުނަށް، އެ ގެއިން ނުކުތް ޔަލްވީ ފެނުމުން، އެ ދިމާއަށް ހިނގައިގަތެވެ.

 

އަތުގައި އޮތް ފޯނާއި ކުޅެމުން، ގޭ ކުރިމަތީގައި ހުރި ފިހާރައަށް ވަންނަން ދިޔަ ޔަލްވީ ސިހުނީ، ބާރުގަދަ އަތަކުން އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ. އިސް އުފުލާ ބަލާލިވަގުތު، ގާތުގައި ހުރި ޝައުން ފެނުމުން، އޭނާއަށް ހައިރާންކަން ލިބުނީ، ޝައުންގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ ކުލަވަރުތައް ފެންނަން ހުރުމުންނެވެ.

“ޝައުން….. ކިހިނެއްވީ…..؟؟؟؟” ޝައުންގެ މޫނަށް ބަލަން ހުރެ ޔަލްވީއަށް އަހާލެވުނެވެ.

“ކިހިނެއްވީހޭ…..؟؟؟؟ މިއަދުވެސް ކިރިޔާ ސަލާމަތް ތި ވީ…… ކީއްވެ އެކަނި ބޭރަށް ނުކުތީ…..؟؟؟؟ ޔާލްއަށް ކަމެއް ވީނަމައޯ….” ހިތްހަމަ ނުޖެހުނުވަރުން ޝައުނަށް ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ. ޝައުން އެ ގޮތަށް ވާހަކަ ދެއްކުމުން ޔަލްވީއަށް ބަލަން ހުރެވުނީއެވެ.

“ސޮރީ…..  އެކަމަކު، ޔާލް ކީއްވެތަ އެކަނި ތި ނުކުތީ……؟؟؟؟؟ ޔާނީމެންނަށް ގުޅިނަމަ…..” ވާހަކަ ދެއްކުނީ މާ ބާރަށްކަން ޝައުނަށް ރޭކާލީ، ޔަލްވީ ހައިރާންވެފައި ބަލަން ހުރުމުންނެވެ. އޭނާ މަޢާފަށް އެދުނީ އެހެންވެއެވެ.

“އަހަރެން އައީ ފިހާރައަށް….. ގޭ ކައިރީގަ ހުރި ފިހާރައެއް ވީމަ، ޔާނީމެންނަށް ނުގުޅީ…..” ޝައުންގެ ވާހަކަތަކުން ހައިރާންވީނަމަވެސް، ޔަލްވީ ޖަވާބު ދިނެވެ.

“ކިތަންމެ ކައިރިއަކަސް އެކަނި ނުނުކުންނައްޗޭ ދެން…… ޔާލް އެކަނި ބޭރަށް ނުކުތުން އެހާ ސޭފްއެއް ނޫން……” ޝައުންގެ ވާހަކަތަކުން ޔަލްވީގެ ހައިރާންކަން އިތުރުވުން ނޫންކަމެއް ނުވިއެވެ.

“ޝައުން ކޮންކަހަލަ ވާހަކައެއްތަ ތި ދައްކަނީ….؟؟؟؟ މިއަދުވެސް ކިރިޔާއޭ ސަލާމަތްވީ…..؟؟؟؟ މަގުމަތި ސޭފްއެއް ނޫނޭ……؟؟؟؟ ކީއްވެ އެހެން ތިބުނީ….؟؟؟؟ ކަމެއް ވީތަ….؟؟؟؟” ޝައުންގެ ވާހަކަތަކުންނާއި، އޭނާގެ މޫނުމަތީގެ ކުލަވަރުތަކުން، ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން، ޔަލްވީއަށް ދެނެގަނެވުނެވެ. ޝައުނަށް ބަލަން ހުރެ، އެ ސުވާލުތައް ކޮށްލެވުނީ އެހެންވެގެންނެވެ.

“ކަމެއް ނުވެ….. ހާސްވީވަރުން އެހެން ބުނެވުނީ….. ކުރީ ރޭ ހިނގިކަހަލަ ހާދިސާއެއް ހިނގާފާނެތީ، މަގުމަތި ސޭފްއެއް ނޫނޭ މި ބުނީ….. އެއްވެސް ކަމަކާ ނުލާ އެހާ ބޮޑަށް ފޮރުވިގެންހުރެ، އެ މީހަކު އައިސް އެ ފަޅުގޭތެރެއަށް، ޔާލް ނުވައްދާނެއެއްނު…. އެހެންވީމަ، ދެވަނަ ފަހަރަށްވެސް އެ މީހަކު ދިމާކޮށްފާނެއެއްނު ދޯ…..” ދެންމެ ހިނގާދިޔަ ކަންތައް ޔަލްވީއަށް ސިއްރުކޮށްލަމުން ޝައުން ވާހަކަ ހަމަޖައްސާލިއެވެ. ޝައުން އޭނާއާއި ދޭތެރޭ ވިސްނާވަރު އެނގުމުން، ލަދުރަކި ހިނިތުންވުމަކާއިއެކު ޔަލްވީ ބޯ ޖަހާލީ، އޭނާގެ ވާހަކަތަކަށް އެއްބަސްވަމުންނެވެ. ޔަލްވީ ހީލުމުން، ޝައުންވެސް ހިނިތުންވެލިއެވެ.

“ދެން ދޭ ތި ގަންނަ އެއްޗެއް ގަނެގެން އަންނަން….. ޔާލް ގެއަށް ވަނީމަ އަހަރެން ގެއަށް ދާނީ…..” ފިހާރައަށް އިޝާރާތްކޮށްލަމުން ޝައުން ބުނެލިއެވެ. ޝައުން އެހެން ބުނުމުންވެސް ޔަލްވީ، އެ ހުރި ފިޔަވަޅުމަތީ ގުޑާ ނުލާ ހުރުމުން ލޮލުގެ އިޝާރާތުން ކިހިނެއްވީހޭ ޝައުން އަހާލިއެވެ.

“އަހަރެންގެ އަތް…..” ޔަލްވީގެ އަތުގައި ހިފައިގެން ހުރެވުނުކަން ޝައުނަށް ރޭކާލީވެސް ދެނެވެ. ޔަލްވީގެ އަތުން ދޫކޮށްލެވުނުއިރު، އޭނާގެ ތުންފަތަށް ރަކި ހިނިތުންވުމެއްވެސް ވެރިވިއެވެ.

 

ޔަލްވީ، ފިހާރައިން ނުކުތްއިރު، ޝައުން ހުރީ، ޔަލްވީމެންގޭ ފާރުގައި އެއް ފައި ވިއްދާލައިގެން، ދެ ޖީބަށް އަތްޖަހާލައިގެންނެވެ. އެހެން ހުންނައިރު، ޝައުންގެ ފިރިހެންވަންތަކަން ކިތަންމެހާވެސް ރީއްޗަށް ހާމަވެއެވެ. ޝައުނާއި ގާތްވީ ވަރަކަށް، ޔަލްވީގެ އަތްފައި ފިނިވަމުން ދިޔައީ، އެހެންވެއެވެ.

 

“ދެން ފަހަރަކުންވެސް އެކަނި ނުނުކުންނައްޗޭ….. ދެން އަވަހަށް ގެއަށް ވަދޭ…..” ޔަލްވީ އައިސް މަޑުކޮށްލުމުން، ޝައުން ބުނެލިއެވެ. ހިނިތުންވެލަމުން ބޯ ޖަހާލުމަށްފަހު، ޔަލްވީ ގޭތެރެއަށް ވަދެގެން ދިޔައެވެ.

ޔަލްވީ، ގެއަށް ވަނުމުން ޝައުނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ޔަލްވީއަށް ފާރަލާ ޒުވާނާގެ ވާހަކަ އޭނާ، ޔަލްވީއާއި ހިއްސާ ނުކުރީ، ޔަލްވީ ބިރުގެންފާނެތީއެވެ. ޝައުންގެ ހިތް ބުނަމުން ދިޔައީ، އެރޭ ޔަލްވީ އެ ފަޅުގޭތެރެއަށް ވެއްދީ، މިއަދު އެ ފެނުން ޒުވާނާކަމުގައެވެ. އެހެން ނޫންނަމަ، އެ މީހާ އެ ވަރަށް ޔަލްވީއަށް ފާރަލުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ.؟ އޭނާއަށް މިއަދު އެ ތަނަށް ނާދެވުންނަމަ، މިއަދުވެސް އެ މީހާ ޔަލްވީއާއި ދިމާކުރީހެވެ. އެ ކަންތަކާ، ބޯ ހާސްވެފައި ހުރެ ޝައުން ހިނގައިގަތީ ގެއަށް ދިއުމަށްށެވެ.

********************

 

މިޝްޔާމެންގޭ ބޮޑުކޮޓަރީގައި، ހުރި ސޯފާގައި މިޝްޔާއާއި ޝިއުރީ އިނީ ފިލާވަޅު ކިޔާށެވެ. މިޝަލް އޮތީ އަނެއް ސޯފާގައި ފޯނާއި ކުޅޭށެވެ. ނަމަވެސް، ފޯނަށްވުރެ ގިނައިން އޭނާއަށް ބެލެނީ ޝިއުރީގެ މޫނަށެވެ. އޭނާ، ކިތަންމެ ސިއްރުން ބެލިކަމުގައިވިޔަސް، މި މަންޒަރުތައް މިޝްޔާއަށް ސިއްރެއް ނުވިއެވެ. ފިލާވަޅުތަކަށް މާ ބޮޑަށް ގެއްލިފައި އިނުމުން ޝިއުރީއަށް މިއިން ކަމެއް ރޭކާ ނުލައެވެ. މިޝަލް މާވަރަކަށް ޝިއުރީއަށް ބަލާތީ، މިޝްޔާއަށް މަޑުން ނީނދެވިގެން އޭނާގެ ފައިގައި ވިކައިގަތެވެ. ނުވިސްނާ އިން މިޝަލް، “އައުޗް” އޭ ކިޔާ ބާރަށް ހަޅޭލަވައިގަތުމުން، މިޝަލާއި ދިމާއަށް، ޝިއުރީއަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. ކުރެވުނު ކަންތަކާ މަޖާވީވަރުން މިޝްޔާ ހޭންފެށިއެވެ.

އެތައް ދުވަހަކަށްފަހު، މިޝްޔާ، އެފަދަ ގޮތަކަށް މަޖާވެގެން ހޭތަން ފެނުމުން، ދެ ކުދިންނަށްވެސް ބަލަން ތިބެވުނީއެވެ. އެ ގޮތަށް އުފާވެރިކަންމަތީ، އަބަދުގެއަބަދަށް، މިޝްޔާ ލެހެއްޓެވުމަށް އެދި ،ހިތާހިތުން ދެ ކުދިންނަށްވެސް  މާތްﷲ ގެ ޙަޟްރަތަށް ދުޢާކޮށްލެވުނެވެ. ޝިއުރީމެން މާ ވަރަކަށް ބަލާކަން އެނގުމުން، މިޝްޔާ ހިނިގަނޑު މަތަކޮށްލިއެވެ. އެހެނަސް، އޭރުވެސް އޭނާގެ ތުންފަތުން ހިނިތުންވުން ފިލައި ނުދެއެވެ. އެ ހިނިތުންވުން ވީ ޝިއުރީއާއި މިޝަލްގެ ހިތަށް ފިނިކަމެއް ގެނެސްދިން ހިނިތުންވުމަކަށެވެ.

“ކީއްވެ ވިކައިގަތީ….؟؟؟؟ ތަދުވެއްޖެއޭ…..” ސޯފާގައި އިށީނދެ، މިޝްޔާ ވިކައިގަތްތާނގައި ފިރުމާލަމުން، މިޝަލް ބުނެލިއެވެ.

“ދޮންބެއަށް ޖެއްސުންކޮށްލާ ހިތްވީ…..” މަޖާވެފައި އިން މިޝްޔާ އަނެއްކާވެސް މިޝަލްގެ ފައިގައި ވިކައިގަތުމުން މިޝަލްވެސް އޭނާގެ އަތުގައި ވިކައިގަތެވެ.

“އެއްކަލަ ދެމީހުން…. ކުޅިގަނޑު ފެށުނީ ދޯ…..” އެކަކު އަނެކަކުގެ ގައިގައި ވިކައި، ސަކަރާތްޖަހަމުންދިޔަ ދެބެއިންނަށް ބަލަން އިނދެ ޝިއުރީ ބުނެލިއެވެ. އެމީހުންގެ ސަކަރާތުގައި ބައިވެރި ނުވި ކަމުގައިވިޔަސް ޝިއުރީވެސް އިނީ މަޖާވެފައެވެ.

“އަދިވެސް ވާރޭ ނުހުއްޓާ ދޯ….. އަހަރެން ވަރަށް ކޮފީ ބޯހިތްވޭ އެބަ…. މިޝްމެން ކޮފީ ބޯނަންތަ….؟؟؟؟” ކުޑަދޮރުން ބޭރަށް ބޯދިއްކޮށްލުމަށްފަހު، މިޝްޔާމެންނަށް ބަލާލަމުން ޝިއުރީ އަހާލިއެވެ. ދެބެއިން އެކުއެކީގައި ބޯ ޖަހާލީ އެ ކުދިންވެސް ހޫނު ކޮފީއެއް ބޯހިތްވެފައި ތިބުމުންނެވެ. ލުއި ހިނިތުންވުމަކާއިއެކު، ޝިއުރީ މިސްރާބުޖެހީ ބަދިގެއާއި ދިމާއަށެވެ. ޝިއުރީގޮސް ލޯމަތިން ގެއްލެންދެންވެސް މިޝަލް ބަލަހައްޓައިގެން އިނެވެ.

“މިހާރު އެހުރީ އަތްފޯރާ ހިސާބުގައި…. އަނެއްކާވެސް ތެޔޮނާށި ކާޅު ޖަހައިގަތުމުގެ ކުރިން އޭނަ މިލްކު ކުރަންވީނު….” މިޝަލް ސިހުނީ މިޝްޔާގެ އަޑުންނެވެ. މޫނަށް ފާޑަކަށް ގޮތެއް ހަދާލީ، މިޝްޔާ ކީ އެއްޗެއް ނުވިސްނުމުންނެވެ.

“ދޮންބެއަކަށް ނުވިސްނުނު މިޝް ތިކިޔާ އެއްޗެއް…. ތަންކޮޅެއް ސާފުކޮށް ބުނެބަލަ….” މިޝްޔާ އިތުރަށް އެއްޗެކޭ ނުބުނެ އިނުމުން މިޝަލް ބުނެލިއެވެ.

“އަހަރެން މި ދައްކަނީ ޝިއުގެ ވާހަކަ…. މިހާރު އެ ހުރީ ހުސްކޮށް…. ތިހެން، އޭނައަށް ވާވަރު ބަލަން ހުއްޓާ އަނެއްކާ އޭނާގެ ޙަޔާތަށް އެހެންމީހަކު އައިސްދާނެ…. އޭގެ ކުރިން ދޮންބެގެ ހިތުގައި އޮތް ލޯބި ފާޅުކުރާށޭ އަހަރެން މި ބުނީ…..” މިޝްޔާ ސާފުކޮށް ބުނެދިނުމުން މިޝަލްގެ މޫނުމަތިން ފެނިގެން ދިޔައީ މަޢުނަވީ ހިނިތުންވުމެކެވެ.

“ދޮންބެވެސް ތިކަމާ ވަރަށް އެބަ ވިސްނަން…. ވަރަށް ބޭނުންވޭ ޝިއުއަށް ލޯބި ހުށަހަޅަންވެސް…. އެކަމަކު އޭނަ އެހާ އަވަހަށް އެހެންމީހަކާ ގުޅެން ބޭނުން ނުވާނެހެން ހީވާތީ، މަޑުކޮށްލަނީ މި…. ނަހީކާއި ރުޅިވީ ފަހުން އަދި މާ ގިނަ ދުވަސްތަކެއްވެސް ނުވެއެއްނު…. ބޭރުފުށުން ހަމަޖެހިލައިގެން ހުއްޓަސް އަދިވެސް އޭނާގެ ހިތުގައި ނަހީކްގެ ހަނދާންތައް ވާކަން ދޮންބެއަށް އެނގޭ…. އެހެންނޫނަސް، ދެން ކިޔެވުން ނިމޭކަށް މާ ގިނަދުވަސްތަކެއްވެސް ނެތެއްނު….. ކިޔެވުން ނިމުނީމަ، އެ ވާހަކަ ދައްކަން ހިތުލައިގެން މިހުންނަނީ…..” ސޯފާގައި ހަމަޖެހިލަމުން މިޝަލް އޭނާ ބޭނުންވާ ގޮތް ހާމަކޮށްލިއެވެ.

“ރަނގަޅު ވާހަކައެއް ތި ބުނީ… އަހަރެންނަށްވެސް ވަރަށް ރަނގަޅަށް ޝިއު އެނގޭ…. އޭނާ ދެން އެހާ އަވަހަކަށް އެހެން މީހަކާ ގުޅުން ބާއްވާކަށް ބޭނުމެއް ނުވާނެ….. އަނެއްކާ ކުރިއަށް މިއޮތީ ފައިނަލް އެގްޒާމް…. މި ދުވަސްކޮޅު އެކަހަލަ ވާހަކައެއް ދައްކައިފިއްޔާ، އެކަމުން އޭނާގެ ކިޔެވުމަށްވެސް އަސަރުކޮށްފާނެ….” މިޝްޔާގެ ވާހަކަތަކަށް އެއްބަސްވުމުގެ ގޮތުން މިޝަލް ބޯ ޖަހާލިއެވެ.

ޝިއުރީގެ ފިޔަވަޅުތަކުގެ އަޑު އިވުމުން ދެ ކުދިންގެ ވާހަކަ އެހިސާބުން މެދުކަނޑާލިއެވެ. ކޮފީތަށިތައް ތަބަކަކަށް ލައިގެން ޝިއުރީ އައީ ބިސްކޯދު ތަށްޓެއްވެސް ހިފައިގެންނެވެ.

މަސައްކަތް ނިންމާލުމަށްފަހު، މާހިރު ގެއަށް އައިރު ތިން ކުދިން ތިބީ ކޮފީބޯށެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭތެރޭ ކުޑަ ނަގައިގެން އައިނަމަވެސް، މާހިރުގެ ގަމީހާއި ފަޓުލޫނުވަނީ ކޮންމެވެސްވަރަކަށް ތެމިފައެވެ. މާހިރު ފެނުމުން ތިން ކުދިން އެކުއެކީގައި، ކޮފީބޯން އަންނާށޭ ބުނެލިއެވެ. އެހެނަސް، މާހިރު އެކަމަށް އިންކާރުކުރީ، އައި މަގުމަތީ ރައްޓެއްސަކާއިއެކު ކެފޭއަކުން ކޮފީބޮއެގެން އައުމުންނެވެ.

“ދެން ނުޖެހޭނެ އަމިއްލައަށް ކޮފީ ގިރާކަށް….. މާދަމާ ފެރީއިން ކައްކާ މީހާ އަންނާނެ….” މިޝަލްގެ ގާތުގައި ސޯފާގައި އިށީންނަމުން މާހިރު މިހެން ބުނެލީ، ފުޅާ ހިނިތުންވުމަކާއިއެކު، މިޝްޔާއާއި ދިމާއަށް ބަލާލަމުނެވެ.

“އަސްލުވެސްތަ….؟؟؟ ނަސީބެއްނު އަވަހަށް މީހަކު ހަމަޖެހުނުކަން…. އެހެންވީމަ، މާދަމާއިން ފެށިގެން މިޝް ބަދިގެއަށް ވަނުން މަނާވީ…. ދެން ހުރިހާ ވަގުތެއް ހޭދަކުރަންޖެހޭނީ، ފަހު އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ގަދައަޅާ މަސައްކަތްކުރުމަށް އެނގޭ…..” މިޝަލް މިހެން ބުނުމުން މިޝްޔާ ލުއި ހިނިތުންވުމަކާއިއެކު ބޯ ޖަހާލިއެވެ.

“އެކަމަކު، ބައްޕާ…. ކައްކާ މީހަކު އަޔަސް އަހަންނަށް ހިއެއް ނުވެ ޝިއު ގިރާ ކޮފީއަށް ވުރެ މީރު ކޮފީއެއް ލިބޭނެހެންނެއް…..” އަތުގައި ހުރި ކޮފީތަށި ދައްކާލަމުން މިޝްޔާ މިހެން ބުނެލީ، ޝިއުރީއަށް ބަލާލަމުންނެވެ. ޝިއުރީ ރަކިގޮތަށް ހީލިއެވެ.

“އަސްލުވެސް، ޝިއު ގިރާ ކޮފީ ވަރަށް މީރު…..” މިޝަލްވެސް މިޝްޔާއާއި އެއްބައިވުމުގެގޮތުން ބުނެލިއެވެ. މާހިރުވެސް އެ ކުދިންގެ ބަހަށް ތާއީދުކުރިއެވެ.

“އާނ… އަދި ބުނަން ދަރިފުޅާ….. ފެރީ އަންނަ ގަޑީގަ ބައްޕަ ވަރަށް ބުރަވާނެ…. ދޮންބެވެސް އެ ގަޑީގަ އުޅޭނީ އޮފީހުގަ…. އެހެންވީމަ ދަރިފުޅު ސްކޫލުން އައިސް ޝިއުއާއެކު ފެރީ ދޮށަށް އޭނާ ބަލާ ގޮސްދޭންވީނު…. ބިދޭސީ މީހެއްވީމަ ފާހަގަ ކުރަން އެނގޭނެއެއްނު ދޯ…. އޭނާގެ ފޮށި ގެނެސްދެން ބައްޕަ ފޮނުވާނަން ކުއްޖަކު…..” މާހިރު މިހެން ބުނުމުން މިޝްޔާ އެކަމާއި އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ.

********************

 

“ޝިއު ބާރަށް އާދެބަލަ…. މިހާރު ނޭނގެ، ފެރީން ފައިބައިގެން، މީހުންތައް ގެއަށް ނުދާކަމެއްވެސް…. ވަރަށް ލަސްވެއްޖެ…..” ގޭތެރެއިން ނުކުތް ޝިއުރީގެ އަތުގައި ހިފައިގެން ހަލުވިކޮށް ހިނގަމުން މިޝްޔާ ބުނެލިއެވެ. ބަނދަރާއި ހިސާބަށް ދިޔައިރު އެކިމީހުން، ފޮށިތައް ހިފައިގެން ކޮޅުކޮޅަށް ދާތަން ފެނެއެވެ.

“އަހަރެން ބުނީމެއްނު މިހާރު މީހުންތައް ގެއަށް ގޮސްދާނެއޭ…. ކޮބާތަ ލަކްޝްމީ….؟؟؟” ކޮޅުކޮޅަށް ބަލަމުން ހާސްވެފައިހުރެ، މިޝްޔާއަށް ބުނެލެވުނެވެ. އެވަގުތު، އޭނާގެ ލޮލުގައި އަޅައިގަތީ ދުރުގައި ހުރި މީހެކެވެ. އެއާއިއެކު، ދެލޯ ބޮޑުކޮށްލައިގެން އޭނާއަށް ބަލަން ހުރެވުނީ ދެ ލޮލަށް ފެންނަމުންދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައެވެ. މޫނުމައްޗަށް އަނދިރިވެ، މީހާ ވެއްޓެން އުޅޭހެން ހީވުމުން، ގާތުގައި ހުރި ޝިއުރީގެ އަތުގައި ހިފަހައްޓާލެވުނެވެ. މިޝްޔާއަށް ވީގޮތް ފެނި ޝިއުރީއަށްވެސް އޭނާގެ ނަޒަރު ސީދާވެފައިހުރި ދިމާއަށް ބަލާލެވުނެވެ. އެއާއިއެކު، އޭނާއަށްވެސް ދެލޯ ބޮޑުކޮށްލެވުނެވެ. ދެފަހަރަކު ދެ ލޯ އުނގުޅާލީ، ކުރިމަތިން ފެންނަމުންދާ މަންޒަރަކީ ޙަޤީގަތެއްތޯ ޔަޤީންކޮށްލުމަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (73)

  1. Yau's

    Yeyyy… it’s happy to get the first place in this story. ..???? eem thanks… story habeys❤❤❤ ly…

    1. Eemyaa
      Yau's

      Hehe ? u r mst wc dear ?
      Thanks a lot dear ☺
      Ly too ?

  2. Eemyaa

    Assalaam Alaikum 🙂
    kiyuntherinnah mi bai kamudhaane kamah heekuran 🙂
    Rangalhu kuran jehey thanthan faahaga kohdhehchey 🙂
    hav a gd nyt 🙂 TGC lov u all

  3. Manna

    Yaay. I’m first

    1. Eemyaa
      Manna

      First comment nufenuny dw dear ?

  4. Manna

    Ohhhh Im second. Not bad. My Jersey no in lmaduddin skl

    1. Eemyaa
      Manna

      Hehe ☺
      Manna kiyavaa kujjehtha

  5. Some one

    Wat a srprsss!!!!! V salhi!alhr kaaakbaa! Xikaan? No aflaaak wid some one! Or nahiik! Aaaaaah! Alhe kaaak! When nxt part??

    1. Eemyaa
      Some one

      Hehe ☺ Thanks a lot dear ☺☺
      Hehe lets see dw ? Thithanun kujjakah ves vedhaane ?
      Next part on Friday In Sha Allah ☺☺

  6. Ram

    Anehkaa naheek tha e bidheysee meehaa yaa ehkoh? Noony ehen myhakaa ekee viyas.. naheek ge memory thah gaayabu vee tha… alheyy hithah araa ehchehi ??… waitings alhe kihinehthw vany balaalan… hihi ?

    1. Ram
      Ram

      Zikaan mibunyy **

    2. ???
      Ram

      Why mis ge dad zikaan fonuvaany noony zikaan how can he be a worker??? may be memory lost bt hmm eem know what will happen nxt gd nyt ly

    3. Eemyaa
      Ram

      THehe ☺ Ram, thee ves vedhaane gotheh dw.. ? A e kaakutho balaalan next bayah inthizaar kohlama dw ??

    4. Eemyaa
      Ram

      Hehe ? dear
      Kuda inthizaar eh kohlan jeheyny.. a e kaaku kan engeyne next part ga.. hee nukuraa meehakah ves vedhaane hama ?
      Good nyt ☺ ly too dear ?

  7. ❤❤❤

    Nice story Eem…???
    Lol❤❤❤❤

    1. Eemyaa
      ❤❤❤

      Thanks dear ☺☺

  8. ???

    Wow ??? Kaakubaa who is laksmee?? Kiyve mis vethen uhuny and shiu ehaa hairaan vy kiyve??? ahely nxt part avahah up kobba kihaahitun can’t wait and mi part ves vrh reeti ??????❤❤❤??????fabulous

    1. Eemyaa
      ???

      Thanks dear ☺☺
      Lakshmee a e kakkaa meehaa..
      E suvaaluthakuge javaab libeyne next part ga.. inthizaar kohlaa ☺☺
      Thanks a lot dear ☺

  9. Saakko

    V nice story eem… kaakubaa fenuny? I think zikaan

    1. Eemyaa
      Saakko

      Thanks Saakko ☺☺
      Hehe lets see dw ?

  10. Song joong ki... KOREAN

    OMG OMG kaakubaa??? Zikaan tha anehkaa? Alhey neynge kaaku kameh vx.. Eeeem this part is amazing.. V loabi. Shaun vx dhen mihaaru yaal ah loabi husha alhan vee yey dho ? waiting for the next part..thankolheh avahaa up khladhehchey.. heheh mi story hama kiyaa hithun nuhureveny yey. ? ly and good luck my lovely eeem… ??

    1. Eemyaa
      Song joong ki... KOREAN

      Hehe lets see dw ? hee nukura meehakahves vedhaane hama. ??
      Thanks a lot dear ☺
      Hehe ly too nd thanks dear song ?

    2. click a shot ?
      Song joong ki... KOREAN

      Song joong kaaku choose kurany girls ge threyn…yalvy,shiury,ayaany,or mishya..??

    3. song joong ki..KOREAN
      Song joong ki... KOREAN

      yalvy.. what about u??

    4. click a shot ?
      Song joong ki... KOREAN

      Yalvy and shiury..??and eem whom will you chose☺️??

    5. Eemyaa
      Song joong ki... KOREAN

      Hehe Shiu ?

  11. Sidhu

    Nice

    1. Eemyaa
      Sidhu

      Thanks Sidhu ☺☺

  12. sem

    Xikaan dhw eii

    1. Eemyaa
      sem

      Hehe lets see dw ??

  13. Zeeee

    Hey v reethi mi partvs.koba tha alhe zeek.dhen mishal ah shiu vs libeyne dhw.anehkaa mishee ah zeek fenuneetha.thanks.eemya?????

    1. Eemyaa
      Zeeee

      Thanks Zeeee ☺☺
      Kuriah huri part thakun thi suvaal thakuge javaab libeyne.. ??? inthizaa kohlaa ☺
      Hehe u r most wc dear ?

  14. Shaa

    Kakka meeha mishya mammaya vahtharee kanneyge noony zikan ??

    1. Eemyaa
      Shaa

      Thee ves vedhaane gotheh dw hama ??
      Dhn a e kaakutho balan inthizaar kohlama dw ?

  15. Navii

    Vvvvv reethi mi part .. Kaakubaa eiy.. I think that is Zikaan!!.. Waiting for the next part and when next part???…

    1. Eemyaa
      Navii

      Thanks Navii ☺☺
      Hehe lets see dw ?
      Next part on Friday In Sha Allah ☺

  16. Airee❤

    I think that lakshmi is alike as mish’s mom thats why they are shocked waiting for de up coming episod

    1. Eemyaa
      Airee❤

      Hehe lets see ??
      Next part on Friday In Sha Allah ?

  17. marsh

    may be her mum it is…

    1. Boabi
      marsh

      She’s dead ?☹

    2. Eemyaa
      marsh

      Marsh, Boabi is right
      She’s dead

  18. Zaaiii

    Xikaan dhw aee

    1. Eemyaa
      Zaaiii

      Lets see ?

  19. Alvyn

    Al v interest hurry mi story ah… V nice mi part vex… Waiting…… Gudnyte emm. Ly

    1. Eemyaa
      Alvyn

      Ehentha ? hehe Thanks a lott dear ☺☺
      Ly too ???

  20. Boabi

    It’s zikaan I guess ?
    Keep up the good work Eemyaa ⚘

    1. Eemyaa
      Boabi

      Lets see ?
      Thanks dear ☺☺

  21. mal

    Zikaan dhw..?

    1. Eemyaa
      mal

      Lets see ?

  22. Yaan

    Eii zikaan.. Hama gasthuga mish ge dad kuri kameh eii.. E dhekudhin meet kuruvan.. Varah varah varah loabi mi vaahaka.. ???❤

    1. Eemyaa
      Yaan

      Hehe lets see ?
      Thanks Yaan ☺☺

  23. reader

    Maahiru ei man eh hama

    1. Eemyaa
      reader

      Hehe ?

  24. click a shot ?

    O..m…g who was rhat ? I’m curious to know…you know sometimes I’m a curious girl?…avahah up kohdhechey next part…I think it’s zikaan…mi part ves varah reethi.☺️?..adhi eh part up kohdhvidhaanetha…if possible..??waitting..

    1. click a shot ?
      click a shot ?

      Eem..adhi ehfaharuves click akah mistory in first eh nulibe..??..abadhuves balan mistory upveytho…ekam nubalaagandyga upvany..??

    2. Eemyaa
      click a shot ?

      Hehe click kuda inthizaareh kohlaa ??
      Thanks dear ☺☺

    3. Eemyaa
      click a shot ?

      Hehe asluvestha? Miadhu mendhuru fahun up kohlaanan try kohlaa ??

  25. Mai

    Wow… I think its zikaan… Mish ge dad olhuwaalan bunefaane ehnnu… Nooney askuwx zikaan salaamai wegen rashah aikamah waanyyy… Next part kiyaalan awahah genes dhehchey… ??????

    1. Eemyaa
      Mai

      Lets see dw ?
      Miadhu mendhuru fahu genesdheynan In Sha Allah ☺

  26. Neee

    Nice. Kon irakun nimenee mi story adhi kithah part eba oiy

    1. Eemyaa
      Neee

      Thanks Neee ☺
      Story ninmaalan v tha ? ehn bunaakah adhi neyge adhi nimen ehaa gaatheh nuve

  27. Shiu

    Zikaan aa vahtharu myheh kanneynge dhw..story is awsm..vv reethi kuriyah dhaa goiy..best wishes♡♡♡♡

    1. Eemyaa
      Shiu

      Lets see Shiu ?
      Thanks dear ☺☺
      ???

  28. Adha?

    Heevany.. mish ge dad kakkaa meehekey kiyaafa dhogu hadhaafa zeek balaahen e fonuvee..?..
    Varah varah varah reethi mi part ves ?
    Waitingss ❤❤❤❤

    1. Eemyaa
      Adha?

      Hehe lets see ?
      Thanks Adha ☺☺
      ???

  29. Jin

    Xikaan kanneyge..

    1. Eemyaa
      Jin

      Lets see ?

  30. Zana

    Kakka meeha mish ge mom aaves vaththaruvedhaanennu….

    1. Eemyaa
      Zana

      Lets see ?

  31. Lammi ?

    Story v habeys.
    Lammi ah heevanii zeek henn fennaany ☺
    Waiting for next part..
    Eem haadha molheyy ?

    1. Eemyaa
      Lammi ?

      Hehe Thanks a lot dear ☺☺☺???

  32. Anonymous

    Dhimyaa vaahakaige 17 vana bai kobaa tha eem

    1. Eemyaa
      Anonymous

Comments are closed.