ރޭގަނޑުގެ ހަމަހިމޭން ވަގުތު ފަސާނާ ގޭތެރެއިން އިވެނީ ނިކަމެތި އަންހެން ކުއްޖެއްގެ ވޭނީ ހަޅޭކުގެ އަޑެވެ. އެއީ އަބަދުވެސް އެގެއިން އިވެ އިވެ ހުންނަ އަޑެކެވެ. ނަމަވެސް ރަށުގެ މީހުންނަށް އެ އަޑު އިވުނަސް އަޑު ނީވޭ ކަމަށް ހަދަނީއެވެ. އެގެއަކީ ރަށުގެ އެއްވެސް ބައެއް ވަދެ އުޅޭ ގެ އެއް ނޫނެވެ. އެހެން ނުވާން ވީ ސަބަބެއް ނެތެވެ. އެގޭ ދެމަފިރިންނަކީ އެއްވެސް އުޅުމެއް ހުންނަ ދެމީހުނެއް ނޫނެވެ. ވާފިރަކީ ރަށުގެ ގިނަ ބަޔަކު ދަންނަ […]
އައި.ސީ.ޔޫ ކައިރީގައި ހުރި ގޮނޑި ބަރީގައި އިށީންދެ އިންއިރު ސާފިޔާގެ ހަނދާނަށް އަންނަމުން ދިޔައީ އެކި ދުވަސްމަތިން އެދަރިފުޅު ވައްޓާލަންއެދި ސީމާ ކައިރީ ކިޔުނު އެއްޗެއްސެވެ. އެދަރިފުޅު ބޭނުން ނޫންކަމަށާއި ވިހެޔަސް ނުބަލާނެ ކަމަށް އޭނާ ވާނީ ބުނެފައެވެ. އެދަރިފުޅު މަރުވުމުން އަމިއްލަ ނަފްސު ކުއްވެރިކުރެވެނީ އެހެންވެއެވެ. ހިތާ ހިތުން އެދަރިފުޅުގެ ކިބައިން ސާފިޔާ މާފަށް އެދެމުން ދިޔައެވެ. އެގޮތަށް އެތާނގައި އިންއިރު މާޒީގެ ހަނދާންތައް އާވަމުން ދިޔައެވެ. ********** ސީމާގެ މެޑިކަލް ޗެކަޕް ހައްދާ ދުވަސް […]
“އަހަރެން މަރާލަންތަ ތި އުޅެނީ؟ ނޭވާ ހާސް ވެއޭ އެބަ..” އެވަގުތު ކޮޅަށްވެސް އާފްރީންއަށް ޖެއްކޮށްނުލާ އަރްމާންއަށް ނުހުރެވުނެވެ. “ދެން ދޮންބޭ..!!” އާފްރީން ގާތަށް ރުޅި އައިސްގެން އަރްމާން ގައިގާ ހެސްކިޔާފަ ބޮނޑިއެއް އަޅާލިއެވެ. މި ދެކުދިން ޖަހާ ސަކަރާތަށް ބލަން އިން އާސިމާގެ ލޮލުންވނީ އުފާވެރިކަމުގެ ކަރުނަ ނީރާލާފައެވެ. *********************************** މިއުފާވެރި ވަގުތުގައި އާސިމާ ހަނދާނަށްއައީ އޭނާގެ ފިރިމީހާ އަޝްފާގްއެވެ. ނަމަވެސް އަޝްފާގަ ވަނީ މީގެ 4 އަހަރު ކުރިން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މި […]
ގޭތެރެއިން ޝިއުރީ ފެންނަން ނެތުމުން ޖަޒްލާންގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ނިތައް ކުދި ރޫތަކެއް އަރައިގެން ދިޔައީ އޭނާގެ ފޯނު ޝިއުރީގެ އަތަށް ދެވުނު ހަނދާންވުމުންނެވެ. ހާސްވެފައި ހުރެ ޝިއުރީ ހޯދަމުން އޭނާ މަގުމައްޗަށް ނުކުތެވެ. އޭރު ދުވެފައި ދިޔަ ޝިއުރީ އެ މަގުގެ ކޮޅުން ލަނބާލަނީއެވެ. އޭނާއަށް ވާނުވާ ރޭކާލީ މާ ފަހުންނެވެ. އެއީ ޝިއުރީ ގަސްދުގައި ކުރިކަމެއްކަން އެނގުމުން، އައި ރުޅިން އޭނާވެސް ޝިއުރީގެ ފަހަތުން ދުއްވައިގަތެވެ. ___________________________________ ފޯނު ކަންފަތުގައި […]
ދޮރު ލައްޕާލަމުން އީރަމް ދެލޯ މަރާ ބާރުކޮއްލިއެވެ. ހިފަހައްޓައިން ހުރި ނޭވާ ދޫކޮއްލަމުން ދޮރުގައި ލެނގިލިއިރު އެ ހިތުގެ ތެޅުން އަވަސް ވެފައިވާވަރު އިހްސާސްކޮއްލެވުނެވެ. ފިނިވެފައިވާ ދެއަތް ތިލައިން ހެދުމުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. ހޭލާ ހުއްޓާ ފެނުނު ހުވަފެނެއްހެއްޔެވެ. ލާމިހް އެގެޔަށް އެޔައީ ކީއްކުރަންހެއްޔެވެ. ޖަނާ ދެއްކި ވާހަކަތަށް ހަނދާންވުމާއެކު އީރަމް ބިރުގަތެވެ. ލާމިހް އޭނާ އަށް ފާރަލަމުން އޭނާ ހޯދަން އެގެއަށް އައީހެއްޔެވެ. ދޮރު ލެއްޕުުމުން އީރަމް ހީކުރީ ލާމިހް އެނބުރި ދާނެކަމަށެވެ. އެކަމަކު ހީކުރި […]
ނަލަހިޔާގޭގެ ދެވަނަ ފަންގިފިލާގެ ބެލްކަނީގައި ހުރި ޒުވާނާގެ ތޫނު ނަޒަރު ހުއްޓިފައިވަނީ މަގުމަތީގައި ކުޅެން އުޅޭ އަންހެން ކުދިންތަކަކާއި ދިމާލަށެވެ. ކިޔަވާ ނިންމާފައި ވަޒީފާއަށްދާ ކުދިންތަކެއް ވިޔަސް ކޮންމެ ދުވަހެއްގެ ހަވީރު މިކުދިން ހޭދަ ކުރަނީ އުފަލާއި މަޖަލުގައެވެ. އެއްވެސް ހިޔާލެއް ފިކުރެއް ނެތް ބައެއް ފަދައިންނެވެ. ޔުއާންގެ ނަޒަރު ހުއްޓިފައި ހުރީ މަޑު ފިޔާތޮށި ކުލައިގެ މަތިކޮޅަކާއި ކަޅުކުލައިގެ ސްކީއެއް ލައިގެން ހުރި އާފްރީން އާއި ދިމާލަށެވެ. ޔުއާންއަށް އެތަނުން އެހެން މީހެއް ނުވެސް ފެންނަ […]
ދޮރުމައްޗަށް ނުކުމެ ހުއްޓުނީ ޖަނާއެވެ. މާ ބޮޑު ބަދަލެއް އައިސްފައި ނުވުމުން ލާމިހް އަށް އެއި ޖަނާ ކަން އިނގެން މާ ގިނަ އިރެއް ނުނެގިއެވެ. އެ ގޭގައި ޖަނާ އުޅޭނަމަ އީރަމް ވެސް އުޅޭނެ ކަމުގައި ލާމިހް ނިންމިއެވެ. ޖަނާ ނުކުމެ ލާމިހް އިން ދިމާއަށް އަންނަން ފެށުމުން ސައިކަލް ދުއްވާލީ ނުފެނި ދިޔުމުގެ ބޭނުމުގައެވެ. ޖަނާ އަށް އޭނާ އެތާ އިންދާ ފެނިއްޖެނަމަ ވާހަކަ ދައްކާނެ ކަން ޔަގީނެވެ. އަނެއްކޮޅުން އީރަމް ގެ ކަންފަތާ […]
މަލައިކާ ސާރާގެ ކޮނޑުގައި އަތްއަޅަމުން އަހާލިއެވެ. “ސާރާ! ކިހިނެއް. މިއަދު ކޮން ކަމެއް އޮތީ؟” “އާނ! މަ ރަނގަޅު. މިއަދު ނެތޭ ކަމެއް. މަލައިކާ ކިހިނެއްތަ. ފައިޒާންއާ ވާހަކަ ދައްކަންތަ އަދިވެސް؟” ސާރާ އަހާލިއެވެ. “ހޫމް. ދިމާވި އިއްޔެ. އަހަރެންގެ ހާލު އެހި ދެން ބުނަނީ ފައިޒާން މަންމަ އަހަރެން ހޯދިކަމަށް..” “މަލައިކާ! އަދިވެސް ފައިޒާން ދެކެ ލޯބިވަން ދޯ. އޭނަ މަތިން ހަދާން ނެތޭނީ ކޮން އިރަކުން؟؟ އޭނަ ދޯ މަލައިކާ ދޫކޮށްލާފަ ދިޔައީ… މަލައިކާ […]
ހޮސްޕިޓަލުގެ އައި.ސީ.ޔޫ ގެ ދޮރުމަތީގައި ދެކޮޅަށް ދެކޮޅަށް ހިނގަމުންދިޔަ މެދު އުމުރުގެ އަންހެންމީހާގެ މޫނުމަތީގައި ވަނީ ހާސްކަމުގެ ކުލަވަރެވެ. ދެއަތްދެއަތާއި މޮޑެމުން ހިނގަމުން ދިޔައިރު ދޭތެރެއިން ދެލޯފޮހެލާތަންވެސް ފެނެއެވެ. ދުރުން އައި އަންހެން ކުއްޖަކު މަޑު ހިނގުމެއްގައި އައިސް އެއަންހެންމީހާގެ ކައިރިއަށް ހުއްޓެމުން އޭނާގެ އަތުގައި ހިފާލިއެވެ. “ސާފިޔައްތާ. މިއޮތީ ސީމާ ދިން އެއްޗެއް.” ކުޑަ ފޮއްޓެއް ސާފިޔާ އަތަށް ދިއްކޮއްލަމުން ފައިހާ ވާހަކަދެއްކިއެވެ. “ތަންކޮޅެއް ކުރިން ދުވަހަކު އަޅުގަނޑު އަތަށް ދިނީ.” ސާފިޔާ ހައިރާންވިވަރު ފެނިފައި […]