Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ދިން އުފާ 27

seym Level 310 Stories100 Login100 Comments
October 22, 2017 5 Mins Read
15 Comments

ދޮރުމައްޗަށް ނުކުމެ ހުއްޓުނީ ޖަނާއެވެ. މާ ބޮޑު ބަދަލެއް އައިސްފައި ނުވުމުން ލާމިހް އަށް އެއި ޖަނާ ކަން އިނގެން މާ ގިނަ އިރެއް ނުނެގިއެވެ. އެ ގޭގައި ޖަނާ އުޅޭނަމަ އީރަމް ވެސް އުޅޭނެ ކަމުގައި ލާމިހް ނިންމިއެވެ. ޖަނާ ނުކުމެ ލާމިހް އިން ދިމާއަށް އަންނަން ފެށުމުން ސައިކަލް ދުއްވާލީ ނުފެނި ދިޔުމުގެ ބޭނުމުގައެވެ. ޖަނާ އަށް އޭނާ އެތާ އިންދާ ފެނިއްޖެނަމަ ވާހަކަ ދައްކާނެ ކަން ޔަގީނެވެ. އަނެއްކޮޅުން އީރަމް ގެ ކަންފަތާ ހަމައަށްވެސް އެ ވާހަކަ ގޮސްދާނެއެވެ. މަގު ހުރަސްކުރަން ހުއްޓި ހުރި ޖަނާ ކުރިމަތިން ދިޔަ ސައިކަލުގައި އިން ޒުވާނާ ކޮންމެވެސް މީހަކާ ވައްތަރުވިހެން ހީވިއެވެ. މޫނު ފެންނަގޮތް ނުވިނަމަވެސް ކޮންމެވެސް ގޮތަކުން ޖަނާ އަށް ލާމިހް ގެ ސޫރަ ސިފަވެގެންދިޔައެވެ. ހީވި ހީވުމެއްކަމަށް ނިންމައިން ޖަނާ ފިހާރައަށް ވަނެވެ.

 

ފަތިހު ތެދުވި އީރަމް ފަތިސް ނަމާދު ކޮއްލައިން އަވަސް ވެގަތީ ސައި ތައްޔާރު ކުރުމަށެވެ. ކާ ގޭގައި އިތުރު މީހެއް ފެންނަން ނެތުމުން އަދި އެކަކު ވެސް ނުހޭލަނީކަން އިނގެއެވެ. ގޭގައި މަސައްކަތް ކުރާ އާސްމީ ފޮނުވާލުމަށް ފަހު ގޭގައި ހުންނަ ވަގުުތު ހުރިހާ ކަމެއް ކުރަން ޖެހެނީ އީރަމް އަށެވެ. ޖަނާ އަށް ފެނިގެން މަސައްކަތްތަކުގައި ބައެއް ފަަހަރު އެހީ ވެދީ ހަދައެވެ. ގެ ހެދުމަށް ފަހު ދެބައި ކުއްޔަށް ދީ ފައި ވި ނަމަވެސް ލިބޭ ފައިސާގެ އިތުރުން އީރަމް އަދިވެސް ސަލްމާއަށް ވީ ވަރަކުން ރުފިޔާ ދެއެވެ. ސަލްމާގެ ރުޅިވެރި ބަސްތަށް ހުއްޓެން މެދުވެރިވި ސަބަބަކީ އެއީއްޔެވެ. ރޮށި ފިހެ ނިމުނުތަނާހެން ޖަނާ އައިސް ވަނެވެ. ދެމީހުން އެކީ ކުޅިމަސް ތައްޔާރު ކޮށް ނިމުމާއެކު ޖަނާ ކުއްލިއަކަށް ހަނދާންވީ ރޭގައި ވީ ކަންތަކެވެ. ” އީމް އަށް އިނގޭތަ ރޭގައި ވީ ކަމެއް..” ކޮފީ ދަޅު ނަގަން ހުރި އީރަމް އަށް ބަލާލަމުން ޖަނާ ބުނެލިއެވެ. ” ނޭނގެ.. ބުނީމައެއްނު އިނގޭނީ.. ކިހިނެއްވީ އަނެއްކާ..” ކޮފީ ތަށި ތައްޔާރުކުރުމުގައި އުޅެމުން އީރަމް އަހާލިއެވެ. ” ރޭ ފިހާރަ އަށް ދާން ނުކުތް ތަނާ ލާމީ އާއި ވަރަށް ވައްތަރު މީހެއް ފެނުނީ.. އަހަރެން ހީކުރީ ފުރަތަމަ އެއީ ހަމަ ލާމީ އޭ..” ޖަނާާ ހިނިތުންވެލިއެވެ. އީރަމް ގެ ހަރަކާތްތަށް ވަގުތުން ހުއްޓުނެވެ. ލާމިހް އޭނާ ހޯދަން މިގެ ކައިރިއަށް އައީ ހެއްޔެވެ. އެހެނެއް ނުވާނެއެވެ. ” އަހަރެންވެސް މޮޔަަކަން.. މާލޭގަ ނުވެސް ނެތް މީހެއް ވިއްޔަ އެއީ..” ޖަނާ މޭޒު ކައިރީ އިށީންނަމުން ބުނެލިއެވެ. ” ނޫން.. ލާމީ އަތުވެއްޖެ.. އިއްޔެ އައި ވާހަކަ ހަނާ ބުނި..” އީރަމް އެއީ ލާމިހް އަށް ވެދާނެކަމުގައި އެންގުމުގެ ގޮތުން ބުނެލިއެވެ. މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސާލަމުން ޖަނާ އީރަމް ގެ މޫނަށް ބަލާލިއެވެ. ” އީމް ހޯދަން އައި ކަންނޭނގެ.. އަޅެ ގޮވާލެވުނު ނަމަ..” ޖަނާ އަށް ވެސް އީރަމް ލާމިހް ދެމެދު މިހާރު އެއްވެސް ގުޅުމެއް ނެތް ކަން އިނގެއެވެ. ” ފެންނަހާ މީހަކަށް ކީއްކުރަން ގޮވަނީކީއެއް..” ކޮފީ ތަށި ހިފައިން އައިސް ޖަނާ ގެ ކުރިމަތީ އިށީންނަމުން އީރަމް ބުނެލިއެވެ. އީރަމް އެހެން ބުނަންވީ ސަބަބެއް ޖަނާ އަކަށް ނޭނގުނެވެ. އެހާ އެކުގައި އުޅެ ލާމިހް ލޯބިވާކަން އިނގޭ އިރު އީރަމް ލާމިހް ދެކެ ރުޅިއަންނަންވީ ކީއްވެހެއްޔެވެ.

 

ކޮޓަރީގައި އޮތް ލާމިހް ކަންފަތަށް ޖަހާފައިވާ ހެޓްސެޓް ނައްޓާލީ ދޮރުގައި ޓަކި ދިންހެން ހީވެގެންނެވެ. އިރުކޮޅަކުން ލޫނާ ކޮޓަރިއަށް ބޯ ދިއްކޮލިތަން ފެނުނެވެ. ” ލާމީ ދޭބަ އެނީ ގެއަށް ގެނެސްދޭން.. ދޮންތަބެއަކަށް މިއަދު ނުދެވޭނެއޭ ދެންމެ ގުޅާފަ އެބުނީވެސް.. ކާރެއްގަ ދާންވެއްޖިއްޔާ މާ ބޮޑަށް ލަސްވެދާނެ..” ލޫނާ އެއްނޭވާއިން ހުރިހާ ވާހަކައެއްދައްކާ ނިންމާލިއެވެ. ކަންނެތް ފާޑަކަށް ލާމިހް ތެދުވިއެވެ. މެންދުރު ދޭ ހޫނުން ވެސް ލާމިހް ބޭރަށް ނުކުންނަހިތެއް ނުވިއެވެ. ލާމިހް ތެދުވެ ކުޑަ ގޮތަަކަށް ތައްޔާރުވާން ފެށުމުން ލޫނާ އާނާގެ ކުލާސް ރޫމާއި އިތުރު މައުލޫމާތު ދިނެވެ.

 

ހުރިހާ ދަރިވަރުން ދިޔައިރުވެސް އާނާގެ ބެލެނިވެރިއެއް ނައުމުން އީރަމް ގަޑި ބަލާލިއެވެ. ފަނަރަ މިނެޓް ހިނގާ ދިޔައިރުވެސް އާނާ ބަލާ ނައުމުން އެ މޫނު މަތިން ވެސް ހާސް ކަން އީރަމް އަށް ފެނުނެވެ. ” އާނާ ގެ ބައްޕަ ކުޑަކޮށް ލަސްވެއްޖެ ދޯ މިއަދު.. ހިނގާ ކުލާސް ރޫމް ގަ އިށީންނަން ދާން..” އީރަމް އޯގާތެރިކަމާއެކު އާނާގެ ކައިރިއަށް ޖެހިލަމުން ބުނެލިއެވެ. ” ނޫން.. އޭރުން ބައްޕި އަށް އެނީ ވީ ތަން ނޭނގިދާނެ..” ބޮޑު ދެލޮލުން އީރަމް ގެ މޫނަށް ބަލާލަމުން އާނާ ބުނެލިއެވެ. ” އޯކޭ..” އީރަމް ކޮންމެ ގޮތެއް ވިޔަސް އާނާ ކައިރީ މަޑު ކުރަން ޖެހޭނެއެވެ. ކުލާހުގައި ތިބި ހުރިހާ ކުދިން ވެސް އީރަމް ދެކެނީ އަމިއްލަ ދަރިން ފަދައިންނެވެ. އެކަނިވެރި ހަޔާތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭ ސަބަބަކީ އެއީއްޔެވެ. ” އީމް… ” ފަހަތުން އައިސް ހުއްޓުނު ކަޔާން ގޮވާލުމުން އީރަމް އެ މޫނަށް ބަލާލިއެވެ. އެ ދެމެދުގައި ސުކޫލްގެ ކޮންމެވެސް ވާހަކަތަކެއް ދެކެވެމުން ދިޔައިރުު އެތާ ދުރަށް ހުއްޓުނު ލާމިހް އީރަމް އަކަށް ނުފެނެއެވެ. އާނާ އަށް ލާމިހް ފެނުމާއެކު އީރަމް ގެ އަތުގައި ހިފައި ސަލާމް ކޮއްލަމުން ދުވެފައި ގޮސް ލާމިހް ގެ އަތުގައި ހިފައިފިއެވެ. ކުރިމަތީ ހުރި އަންހެންކުއްޖާ ގެ މޫނުގެ އެއްފަރާތް ސާފު ކޮށް ފެންނަން ހުރި އިރު ލާމިހް ހުރީ އެސްފިޔަ ޖަހާލަން ވެސް ނޭނގިފައެވެ. ކުރިމަތީ ހުއްޓި އެހެރީ އެހިތުގެ ލޯތްބެވެ. ތިން އަހަރަށް ފަހު ފެނުނުއިރުވެސް ހިތުގައި ވި ލޯތްބަށް އުނިކަމެއް ނާންނަކަން ލާމިހް އަށް އެނގުމާއެކު ހިތަށް ތޫނު ތަދެއް ވެގެންދިޔައެވެ. އީރަމް ލައިގެން ހުރި ދިގު ހެދުމާއި ބޯ ނިވާކޮއްފައިވާ ޝޯލް އިން ލާމިހް އަށް އީރަމް ގެ ރީތިކަމަށް ހިތުން ތައުރީފް ކޮއްލެވުނެވެ. އެކަމަކު އީރަމް މިތާ ކީއްކުރަނީހެއްޔެވެ. ކައިރީ ވާހަކަ ދައްކަން ހުރި ޒުވާނާ އެއީ އީރަމް ގެ ކާކު ހެއްޔެވެ. އެ ދެމީހުން ވާހަކަގައި އެކު އެކީ ހިނގައިގަތް އިރު އީރަމް ފަސް އެނބުރި ބަލާނުލިކަން އެއީ ލާމިހްގެ ނަސީބެވެ. ” ދޮންބޭ..” ލާމިހް އަށް ހޭވެރިކަން ވީ އާނާ އޭނާގެ އަތުގައި ހިފައި ތަޅުވައިގަތުމުންނެވެ. ” ކީކޭ ސްވީޓީ.. ސޮރީ އިނގޭ ކުޑަކޮށް ލަސްވީމަ..” އާނާ ގެ ކޮނޑުގައި އަޅުވާލެވިފައިވާ ދަބަސް ނަގަމުން ލާމިހް ލޯތްބާއެކު ބުނެލިއެވެ. އީރަމް އެއީ އަނެއްކާ އާނާ ގެ ޓީޗަރުހެއްޔެވެ. އާނާ އީރަމް އާއި ސަލާމް ކުރާނީ އެހެންވީމަނޫންހެއްޔެވެ. ” އެނީ.. އެނީ ގެ މިސްތަ ދެންމެ އެތާ ހުރީ..” ލާމިހް ގެ ސުވާލަށް އާނާ ބޯ ޖަހާލިއެވެ. ” ކޮންނަމެއް މިސް އަށް ކިޔަނީ.. ” ލާމިހް އެހެން އެހި އިރު ނޭވާ ހިފަހައްޓާލިއެވެ. ” މިސް އަށް ކިޔާނީ މިސް އެއްނު.. ދޮންބެ އަކަށް ނޭނގޭތަ..” ލާމިހް ކުރި ސުވާލުން ހީލަމުން އާނާ ބުނެލިއެވެ. ” މިސް އަށް ވެސް ނަމެއް ކިޔާނެއެއްނު..” ސައިކަލު ކައިރީ ހުއްޓެމުން ލާމިިިިިހް އަހާލިއެވެ. ” އެނީ އަކަށް ނޭނގެއޭ ދޮންބޭ.. އީމާ މިސް އޭ އެއީ..” އާނާ އީމާ އޭ ބުނުމުން ލާމިހް ލޯ ހަނިކޮއްލިއެވެ.

 

ގެއަށް އައިސް ވަދެވުމާއެކު އީރަމް ބޭނުންވީ ފެންވަރާލާށެވެ. ވެފައިވާ ވަރުބައްޔާއެކު ބަނޑުހައިކަން އިހްސާސްވުމުން ކާގެއަށް ދިޔައިރު ހަވީރުގެ ސަޔަށް މޭޒުމަތި ހުރީ ތައްޔާރު ކޮއްފައެވެ. ސޯފާގައި އިން ޖަނާ ސައިބޮއިފި ކަމުގައި ބުނުމުން އީރަމް އަވަސްވެގަތީ އެއްޗެއް ކެވޭތޯއެވެ. ސައިތަށި ކައިރި ކޮއްލައިން ހެދިކާ ކާންއިންދާ ސަލްމާއާއި ޒާހިރު ކާ ގެއަށް ވަނީ އެކު އެކީ ގައެވެ. އާދައިގެ މަތިން ޒާހިރު ކަޔާން އާއި ސުކޫލުން ބައްދަލުވިތޯ އީރަމް ކައިރީ އަހާލިއެވެ. ” ސަލްމާ އަށް އިނގޭތަ.. އެއީ ވާ ދަރިއެއް.. އެ އާއިލާގަ ވެސް އެވަރަށް މަސައްކަތް ކުރާނީ ކަޔާން އެކަނީ.. ބޭނުންހާ އެއްޗެއް ލިބޭތީ ލަތީފްގެ ދެން ތިބި އެއްވެސް ދަރިއެއް އަތުން ފައިން މަސައްކަތެއް ނުކުރާާނެ..” ކަޔާން އަށް ތައުރީފް ކުރުމަކީ ޒާހިރު ކޮށް އުޅޭ ކަމެކެވެ. ހިނިތުންވެލަމުން އީރަމް ސައިބޮއެ ނިންމާލުމަށް ފަހު ޖަނާ ކައިރީ ސޯފާގައި އިށީނދެލިއެވެ. ” ވަރެއްގެ ކަޔާާންއެއްތާ.. ބައެއް ފަހަރު ހީވޭ އެއީ ބޭބެ ގެ ދަރިއެކޭ ވެސް.. މިގޭތެރޭގަ ބޭބެ ވާހަކަ އެއް ދައްކަންޏާ މިހާރު ދައްކާނީ އެ ވާހަކަ” ޖަނާ ތުން ކޮޅު އޫ ކޮއްލަމުން ބުނެލިއެވެ. ” އަޅާނުލާ.. ވެދާނެ އަހަރެންގެ ވަޒީފާ ހަމަޖެއްސީ ކަޔާން އަށް ވީތީ ބައްޕަ އެހެން ވާހަކަ ދައްކަނީ ކަމަށްވެސް.. ” އީރަމް އެހެން ބުނުމާއެކު ޖަނާ ދެފަރާތަށް ބޯ ތަޅުވާލިއެވެ. ” އީމް ވެސް ދެން އަވަހަށް މެރީ ކުރަން އުޅޭ.. ނޫނީ ތި ކަޔާން އަކާ އިންނަން ބުނެފާނެ..” ޖަނާ ދެލޯ ބޮޑުކޮއްލަމުން ބުނެލިއެވެ. ” ޗީޑި.. ނޯވޭ..” އީރަމް އެހެން ބުނެ އިންތަނުން ތެދުވުމާއެކު ޖަނާ ފެށީ ހޭށެވެ.

 

އާނާ އަށް ހާއްސަ ކުރެވިފައިވާ ކޮޓަރީ ކުރިމަތިން ހިނގާފައި ދިޔަ ލާމިހް ހުއްޓިއްޖެއެވެ. ފިޔާތޮށި ކުލައިން ޒީނަތްތެރިކުރެވިފައިވާ އެ ކޮޓަރީގެ އެނދުމަތީ އޮތް ދަބަސް ލާމިހް ގެ ލޮލުގައި އަޅައިގަތެވެ. ސިޓިން ރޫމްގައި އެންމެން ތިބި ނަމަވެސް ވަނުމުގެ ކުރިން ދެ ފަރާތަށް ބަލާލަމުން އެތެރެއަށް ދެމިގަތް އިރު ހީވީ ވައްކަމެއް ކުރަން އުޅޭ މީހެއްހެންނެވެ. އާނާ ގެ ޓައިމްޓޭބަލް ވާ ފޮތް ހޯދަތާ މާ ގިނަ އިރެއް ނުވެ އެ ފޮތް ލާމިހް އަށް ފެނުނެވެ. ” އައިމިނަތު އީރަމް ޒާހިރު..” ފޮތުގައި ތަތްކުރެވިފައިވާ ކަރުދާސްކޮޅުގައި ވާ ނަން ކިޔާލުމާއެކު ލާމިހް އެނދުގައި އިށީނެވެ. ތަގްދީރު އޭނާ އީރަމް ކައިރި އަށް ގެންދަން އަދިވެސް މަސައްކަތް ކުރަނީ ހެއްޔެވެ. އާނާ ގެ ކުލާސް ޓީޗަރަކަށް އީރަމް ވުމުން ވާންވީ އުފާ ކަމެއް ނުވަތަ އަންނަންވީ ރުޅި ކަމެއް ލާމިހް އަކަށް ނޭނގުނެވެ. ހަނާ ވެސް ހުސެން ވެސް އެކަހަލަ އެއްވެސް ވާހަކަ އެއް ނުދައްކައެވެ. އެމީހުންނަށް ވެސް ނޭނގެނީތާއެވެ. އެންމެ ފަހަރަކުވެސް އީރަމް ކުރާ މަސައްކަތް ހަނާ ގާތުން ކުރިން އޮޅުންފިލުވުނު ނަމައެވެ.

 

ހުކުރު ދުވަހުގެ ރޭ އީރަމް ހަނާ މެން ގެއަށް އައިި އިރު މިޝާ އޮތީ ނިދާފައެވެ. އޭރު ލޫނާ އާއި ހުސެން ބޭރަށް ދާން ތައްޔާރުވާނީއެވެ. ” އަޅޭ.. ދޮންތަ ބޭރަށް ދަނީތަ.. ފަޒަލް ގެ އޮފީސް ބޫޓު ހަލާކުވެފަ ހުރީމަ ބޫޓެއް ގަންނަން ދާން މިއުޅެނީ.. ދޯ ފަޒަލް..” ހަނާ ފަޒަލް އަށް ދޯ ދެމުން ބުނެލިއެވެ. ” މާދަން ރޭ ވެސް ދެވިދާނެއެއްނު.. އެންމެން ގޮއްސިއްޔާ މީޝް ބަލާނީ ކާކު.. އީމް އެކަނި އިންނާނީ އޭރުން..” ފަޒަލް އެންމެންގެ މޫނަށް ބަލަމުން ބުނެލިއެވެ. ” އަހަރެން މީޝް ކައިރީ މަޑުކޮއްފާނަން.. ހަނާ މެން ދިޔަސް ރަނގަޅުވާނެ..” އީރަމް ހިޔާލެއް ދިނެވެ. ” އެ ތެދެއް.. އީމް އެއީ މީޝްގެ އޮފިޝަލް ބޭބީ ސިޓަރ އޭ..” ހައިފާ އެހެން ބުނުމާއެކު އީރަމް ހީލިއެވެ. މީގެ ކުރިން ވެސް ހަތަރު މީހުން އެކީ ބޭރަށް ދާނަމަ އީރަމް މީޝާ ކައިރީ މަޑުކޮއްދެއެވެ. އެމީހުން ދިޔުމާއެކު އީރަމް ދޮރު ތަޅުލަމުން އައިސް ސޯފާގައި އިށީނދެ ޓީވީ އަށް ސަމާލުކަން ދިނެވެ.

 

” ކޮންތާކު.. ތިގެއަށް ދާން ވެގެންނޭ މިގުޅީ..” ލާމިހް އެހެން ބުނުމާއެކު ފޯނުގައި ހުރި ހުސެން ހައިފާ އަށް ބަލާލިއެވެ. އެއާ އެކު ލާނެތް ހިނިތުންވުމެއް ހުސެން ގެ ތުންފަތްމައްޗަށް ވެރިވެގެން ދިޔައެވެ. ” އެހެންތަ.. އާދޭ.. ގޭގަ މިއުޅެނީ..” ހުސެން ފޯނު ބާއްވަމުން ހީ ހީފައި ހައިފާ އަށް ކަންތައްވާނެގޮތް ކިޔައިދިނެވެ.

 

ބެލް ޖަހާލުމާއެކު އީރަމް އިންތަނުން ތެދުވެއްޖެއެވެ. ހުސެން މެން މީހަކު ނަމަ ތަޅުދަނޑިން ދޮރު ހުޅުވާނެއެވެ. ކޮންމެ މީހަކަސް ދެވަނަ ފަހަރަށް ބެލް ޖެހުމުގެ ކުރިން އީރަމް ހިނގައިގަތީ ދޮރު ހުޅުވާށެވެ. ބެލް ގެ އަޑަށް މީޝާ ހޭލައިފިނަމަ ރޯނެ ކަން އީރަމް އަށް  އިނގޭތީއެވެ. ދޮރު ހުޅުވާލުމާއެކު ކުރިމަތީ ހުއްޓި ހުރި ލާމިހް ފެނުމުން އީރަމް ގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ” އީމް..” އީރަމް ފެނުމުން ލާމިހް ސިހުނުވަރުވެސް ވަކި ކުޑައެއް ނޫނެވެ. ލާމިހް ގެ އަނގައިން އޭނާ ގެ ނަން އިވުމުން އީރަމް އަށް ހަދާނެގޮތެއްނޭނގުނެވެ. ދެ މީހުން އެކަކު އަނެކަކަަށް ބަލަހައްޓައިން ތިބިއިރު އެކަކު އަނެކަކަށް ލޮލުން އެތަށް ވާހަކައެއް ބުނެދޭންއުޅޭ ކަހަލައެވެ. ލާމިހް އެެހެން ހުއްޓާ ދެން ފެނުނީ އީރަމް އޭނާ ބޭރުގައި ބަހައްޓާފައި ދޮރު ލެއްޕިތަނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

ހިތުގެ ވިންދު 2

Next

ދެލޯރަތް ހަންޑި

Next
October 22, 2017

ދެލޯރަތް ހަންޑި

Previews
October 22, 2017

ހިތުގެ ވިންދު 2

15 Comments!

  1. Xee says:
    October 22, 2017 at 8:56 pm

    Yey mee first dhw

    1. Xee says:
      October 22, 2017 at 9:04 pm

      nice?? bt mi part thankohleh kuru plx digukolaathi

  2. ??? says:
    October 22, 2017 at 8:59 pm

    Yey yey neruniiii????

  3. ??? says:
    October 22, 2017 at 9:07 pm

    Alhey thihenn nuhadha eem laami dhera kuranii keehvetha 2kudhinn gulhuvaba avahah

  4. xee says:
    October 22, 2017 at 9:24 pm

    Kn loona eh tha beyrah dhaan e ulheny

    1. seym says:
      October 22, 2017 at 9:27 pm

      Haifa**
      Fahu bai kiyaa nulaa up kohlevuny.. sorry ?

  5. seym says:
    October 22, 2017 at 9:37 pm

    Salaam lovelies ?
    M tryn avahah story nimmaaleveytho.. so chapters thah kuru viyas will try dhe dhuvahun eh dhuvahu up kohdheveytho.. ummeedhu kuran mi bai vx kamudhaane kamah… Goodnyt ❤️❤️

  6. SJK...KOREAN says:
    October 22, 2017 at 9:40 pm

    Alhey mi story haadha salhiey.. Hama habeyyyssss. Seym maadhan thankolheh avahaa aneh part up khdhehchey..v interesting mi story.. Just love it. Waiting Waiting ?

  7. Anonymous says:
    October 22, 2017 at 10:05 pm

    Story v.nice..avahah genesdhineethee thankx?????

  8. ??? says:
    October 23, 2017 at 11:00 am

    Thiya dhinn ufaley kiyaafa huss hithama ehnunn thidhenii dhenn avahah ufaa dhybala miadhu ge baii avahah nerehchey vvv rythi mivaahaka?????

  9. seym says:
    October 23, 2017 at 1:24 pm

    Thanks all.. ?
    hehe happiness is on the way ??

  10. merr says:
    October 23, 2017 at 3:19 pm

    varah reethi
    hevanee hama haageegee vaahaka eh hen
    keep it up dear

    1. seym says:
      October 23, 2017 at 6:20 pm

      Thanks dear ?

  11. ehkala meeha says:
    October 23, 2017 at 3:20 pm

    very bad story

  12. Ainth says:
    October 24, 2017 at 4:26 pm

    Rythi storyeh… Dhen alhe Laamy ah ehen nahadhabala.. Dhekudhin bas ahaigen rythikoh gulhen vehje ehnu..

Comments are closed.

Next Episodeތިޔަ ދިން އުފާ 28←


All Right Reserved!