Skip to content
އެސްފިޔަ

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 46 (ސަޔާޅީސްވަނަ ބައި)

ގޭތެރެއިން ޝިއުރީ ފެންނަން ނެތުމުން ޖަޒްލާންގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ނިތައް ކުދި ރޫތަކެއް އަރައިގެން ދިޔައީ އޭނާގެ ފޯނު ޝިއުރީގެ އަތަށް ދެވުނު ހަނދާންވުމުންނެވެ. ހާސްވެފައި ހުރެ ޝިއުރީ ހޯދަމުން އޭނާ މަގުމައްޗަށް ނުކުތެވެ. އޭރު ދުވެފައި ދިޔަ ޝިއުރީ އެ މަގުގެ ކޮޅުން ލަނބާލަނީއެވެ. އޭނާއަށް ވާނުވާ ރޭކާލީ މާ ފަހުންނެވެ. އެއީ ޝިއުރީ ގަސްދުގައި ކުރިކަމެއްކަން އެނގުމުން، އައި ރުޅިން އޭނާވެސް ޝިއުރީގެ ފަހަތުން ދުއްވައިގަތެވެ.

___________________________________

 

ފޯނު ކަންފަތުގައި ޖަހައިގެން ހުރެ މަގުމައްޗަށް ނުކުތް އަޔާނީއަށް މި މަންޒަރު ފެނުމުން އޭނާއަށް ލިބުނީ ހައިރާންކަމެވެ. އަންގާވެސް ނުލައި، ޝިއުރީ އެހާ ބާރަށް ދުވެފައި އެ ދިޔައީ ކީއްވެބާއޭ އޭނާގެ ހިތަށް އެރިއެވެ. އެންމެ ފުރަތަމަވެސް އޭނާގެ ސިކުނޑިއަށް އައީ ކައިވެނި ނުކުރަންވެގެން ޝިއުރީ ފިލަން ދުވަނީ ކަމުގައެވެ. އަދި އެކަން ޖަޒްލާނަށް އެނގިގެން ޝިއުރީގެ ފަހަތުން ދިޔައީ ކަމުގައެވެ. އެންމެ ވަގުތުކޮޅެއްވެސް ބޭކާރު ނުކޮށް، އަޔާނީ، އެކުވެރިންގެ ސަމާލުކަމަށް އެކަން ގެނުވިއެވެ. ޖަޒްލާންގެ ފަރާތުން ޝިއުރީއަށް ގެއްލުމެއް ލިބިދާނެކަމަށްޓަކައި، ތިން ކުދިން އެކުއެކީ ޖަޒްލާންމެން ދިޔަ ދިމާއަށް ދުއްވައިގަތެވެ. ޝިއުރީ އަމިއްލައަށް ބޭނުންވެގެން ކުރަން އުޅުނު ކައިވެންޏާއި ފިލަން އުޅޭތީ، މިޝްޔާއާއި ޔަލްވީގެ ހިތުގައި ސުވާލު އުފެދިފައިވެއެވެ. އެކަންތައްގަނޑުގެ ފަހަތުގައި އަޑި ނޭނގޭ ސިއްރެއްވާކަމުގައި އެ ދެ ކުދިންގެ ހިތް ބުނަމުންދިޔައެވެ. ދުވުން ބާރުވީވެސް އެކަމުގެ ޙަޤީގަތް އެނގެން ބެނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.

*******************

 

ޝިއުރީ މިސްރާބު ޖަހާފައިވަނީ ޕޮލިސް ސްޓޭޝަނާއި ދިމާއަށެވެ. ބިރުގަނެ ހާސްވެފައިވިޔަސް އޭނާގެ ރޭވުމާއި އެއްގޮތަށް ކަންތައްވީތީ، ކުޑަނަމަވެސް ހަމަޖެހުމެއް ހިތަށް ލިބިފައިވެއެވެ. ޖަޒްލާންގެ ކިބައިން ސަލާމަތްވެދާނެކަމުގެ އުއްމީދު އާވެފައިވާތީ އާދަޔާ ޚިލާފު ޖޯޝެއް ލިބިފައިވާ ކަހަލައެވެ. ބާރުމިނުގައި ދުވެފައި ދިޔަ ޝިއުރީގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ އޭނާގެ ނަމުން ޖަޒްލާން ގޮވުމުންނެވެ. އެ އަޑު އިވުމުން މެޔަށް ނުބައި ގޮތެއްވެގެން ދިޔައެވެ. މައިނޭވާލަމުން ފަހަތް ބަލައިލިއިރު، ކަމަކުދާކަށް ނެތެވެ. ޖަޒްލާން އެ އަންނަނީ އޭނާގެ ފަހަތުންނެވެ. ރުޅިގަދަވެފައި ހުރިވަރު، އެ މޫނުން އެކަނިވެސް ފާޅުވާން ހުއްޓެވެ. ބަލަން ނުހުރެ، ދެ ފަޔަށް ބާރުލާފައި ޝިއުރީ ދުއްވައިގަތެވެ.

********************

 

ޕޮލިސް ސްޓޭޝަނާއި ދާދިގާތަށް އާދެވިފައި ވަނިކޮށް ޝިއުރީގެ ދުވުން މަޑުވީ ވަރުބަލިވުމުގެ ސަބަބުން ގައިން ހަކަތަ ދޫވާން ފެށުމުންނެވެ. ފަހަތުން އައި ޖަޒްލާނަށް ޝިއުރީއާއި ނުހަނު ގާތަށް އާދެވިފައިވަނިކޮށް އަތް ހޫރާލީ ޝިއުރީ އަތުވާނެކަން އެނގުމުންނެވެ. ނަމަވެސް، ޝިއުރީގެ ގައިގައި އަތްލެވުމުގެ ކުރިން ފަހަތުން އައި މީހަކު އޭނާގެ ބުރަކަށީގައި އަތްއަޅާ ކޮށްޕާލުމުން، ޖަޒްލާން ވެއްޓުނީ އަނގަވަތަށެވެ. މި އަޑަށް ޝިއުރީއަށްވެސް ދުވުން މަޑުޖައްސާލެވުނެވެ. ފަސްއެނބުރި ބަލައިލިއިރު، ޖަޒްލާން އޮތީ ވެއްޓިފައެވެ. އޭނާގެ ގާތުގައި މޭގައި އަތް އަޅާލައިގެން އެ ހުރީ ޝިއުރީގެ ބައްޕަ ހާރޫން ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. މައިނޭވާލަމުން ދިޔަ ޝިއުރީ، ހާރޫނަށް ބަލާލަމުން ހިނިތުންވެލިއެވެ. ދުވުމުގެ ސަބަބުން ވަރުބަލިވެފައި ހުރި ހާރޫން އަތުގެ އިޝާރާތުން ޝިއުރީއަށް އެންގީ އަވަހަށް ދިއުމަށެވެ. ހާރޫނަށް ބޮޑުވާ އިނގިލި ދައްކާލުމަށްފަހު، ޝިއުރީ އަނެއްކާވެސް ކުރިއަށް ދުއްވައިގަތެވެ.

 

ޝައިމަން، ޝިއުރީ ގޭން ބޭރަށްލީ ދުވަހު، ފަހުން، ހާރޫނާއި ބައްދަލްކޮށް ޝިއުރީވަނީ އޭނާގެ މަޖުބޫރީ ޙާލަތު ކިޔައިދީފައެވެ. އަދި އޭނާ ކުރިއަށް ކަންތައް ކުރަން ރާވާފައިވާ ގޮތްވެސް ހާރޫނަށް ކިޔައިދިނެވެ. ޝިއުރީގެ އެދުމަށް އޭނާގެ ރޭވުމާއި އެއްގޮތަށް ކަންތައް ކުރުމަށް ހާރޫން އެއްބަސްވީ، ޝިއުރީއަކީ އަމިއްލަ އުފާތަކަށްވުރެ އެހެން މީހުންގެ އުފާތައް އިސްކުރާ ހިތްވަރުގަދަ ކެރޭ ކުއްޖެއްކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގޭތީއެވެ. މިޝްޔާއަށްވެސް ގެއްލުމެއް ނުވާނެހެން އެ އަނދަވަޅުން ޝިއުރީ ސަލާމަތްކުރުމަށް ބޭނުންވާތީއެވެ. ޝިއުރީގެ އިރުޝާދުގެ ދަށުން ކައިވެނީގެ ޙަފްލާއަށް ނުދިޔަކަމުގައިވިޔަސް އޭނާ ހުރީ ޝިއުރީއަށް ގެއްލުމެއް ވެދާނެތީ އޭނާއަށް ފާރަވެރިވެގެންނެވެ. އޭނާ ޖަޒްލާންގެ ފަހަތުން ދިޔައީ ޖަޒްލާން ޝިއުރީގެ ފަހަތުން ދާތަން ފެނިގެންނެވެ. އޭނާ ޝިއުރީއަށް ފާރަނުލިނަމަ މިއަދު އެ ނުލަފާ މީހާގެ ޝިކާރައަށް ޝިއުރީ ވީހެވެ. ލިބުނު ކާމީޔާބީއަށް މާތްﷲ ޙަޟްރަތަށް ޝުކުރުވެރިވަމުން ހާރޫން ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

 

ވެއްޓިފައި އޮތް ޖަޒްލާން އައި ރުޅިން ތެދުވެ، ހާރޫނުގެ ގައިގައި ކޮޅުފައިން ޖެހިއެވެ. ވަރުބަލިވެފައިވާ ހާރޫނަށް ހަށިގަނޑު ބެލެންސް ނުކުރެވުމުގެ ސަބަބުން ވެއްޓުނީއެވެ. އިތުރު ވަގުތުތަކެއް ބޭކާރުނުކޮށް، ޝިއުރީގެ ފަހަތުން ޖަޒްލާން ދުއްވައިގަތީ، އެންމެ ވަގުތުކޮޅެއްވެސް ލަސްވެއްޖެނަމަ އޭނާގެ ސިއްރު ބޭޒާރުވެދާނެތީއެވެ. ކޮންމެ ގޮތެއް ހަދާފައިނަމަވެސް ޝިއުރީގެ އަތުން އޭނާގެ ފޯނު އަތުލާން އެބަޖެހެއެވެ.

********************

 

ޕޮލިސް ސްޓޭޝަނާއި ހަމައަށް އާދެވުމުން ޝިއުރީ ފަސްއެނބުރި ބަލާލިއެވެ. އޭރު ޖަޒްލާންވެސް އޭނާއާއި އަރާ ހަމަވަނީއެވެ. އެ ދެމެދުގައި ވާނީ ގާތްގަނޑަކަށް ދެފޫޓުގެ ދުރުމިނެވެ. ކުއްލިއަކަށް އައި ނައިތަނެއް ނޭނގި އެ ދެމެދަށް ސައިކަލެއް ހުރަސްކޮށްލިއެވެ. ޝިއުރީގެ އިތުރުން ޖަޒްލާނަށްވެސް ބަލައިލެވުނީ ސައިކަލްގައި އިނީ ކާކުތޯއެވެ. ސައިކަލުން ފޭބި މިޝަލްވެސް ހައިރާންވެފައި ހުރެ ދެ ފަހަރު ދެ މީހުންގެ މޫނަށް ބަލައިލިއެވެ.

 

ޝިއުރީގެ ކައިވެނިވާން އުޅޭކަން އެނގުނީއްސުރެ ހިތް ނުތަނަވަސްވެފައިވާތީ، އޭނާ އެތަނަށް އައީ ރާހިލާއި ވާހަކަދައްކާލައިގެން ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ފަހަރެއްގައިވެސް އެފަދަ މަންޒަރެއް ފެނިދާނެކަމަކަށް ނޫނެވެ. ކައިވެނިކުރަން ހަމަޖެހިފައިވާ ވަގުތު ޝިއުރީމެން އެތަނުގައި ތިބުމުން މިޝަލްގެ ހިތުގައި ސުވާލު އުފެދުނެވެ.

މިޝަލް ސިހިގެން ދިޔައީ ނުވިސްނާ ހުއްޓާ، ޝިއުރީ އައިސް އޭނާގެ ފުރަގަހަށް ވަދެ ނިވާވުމުންނެވެ. އޭނާގެ ގަމީސް އަތަށް ބޮނޑިކޮށްލިގޮތުންވެސް ޝިއުރީ ހާސްވެ ބިރުގެންފައިވާ މިންވަރު މިޝަލަށް ދެނެގަނެވުނެވެ.

 

“އަހަރެންގެ އަތުން ފައިން ގޯހެއް ނުހެދެނީސް ފޯނުގެނޭ…..” މިޝަލަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ކުރިޔަށް ފިޔަވަޅެއް އަޅަމުން ޖަޒްލާން އަމުރުކޮށްލިއެވެ. ބިރުގެންފައިވީނަމަވެސް، މިޝަލްގެ ފުރަގަހުން ބޯ ދިއްކޮށްގެން ހުރި ޝިއުރީ، ދެ ފަރާތަށް ބޯ ހޫރާލިއެވެ. ވެގެން އުޅޭގޮތެއް މުޅިއަކުން ނޭނގުނުނަމަވެސް، މިޝަލަށްވެސް ކޮންމެވެސް ވަރަކަށް ރޭކާލިއެވެ. ޖަޒްލާން އުޅުނީ މިޝަލްގެ ފުރަގަހަށް ގޮސް ޝިއުރީގެ އަތުން ފޯނު އަތުލާށެވެ. އެހެނަސް، ޝިއުރީގެ އަތުގައި ހިފަން އުޅުނު ޖަޒްލާންގެ އަތުގައި ހިފަހައްޓާލަމުން، ދެންވެސް އެ ދެމެދަށް ވަނީ މިޝަލެވެ. ލިބުނު ހަނި ފުރުސަތުގައި ޝިއުރީ ދުއްވައިގަތީ އެތެރެއަށް ވަންނާށެވެ. ގަދަހަދާލާފައި ޖަޒްލާންވެސް އުޅުނީ ޝިއުރީގެ ފަހަތުން ދާށެވެ. އެހެނަސް، އޭނާގެ ގައިގައި މިޝަލް ބާރަށް ހިފަހައްޓައިގެން ހުރުމުން، އެކަން ކާމިޔާބުވާގޮތް ނުވީއެވެ.

 

އެތެރެއަށް ވަންނަން ދުވެފައި ދިޔަ ޝިއުރީ ލައިގަތީ، އެތެރެއިން ނުކުތް ރާހިލްގެ ގައިގައެވެ. އޭނާ ބޭރަށް ނުކުތީ މިޝަލް އަންނަ ވާހަކަ ބުނުމުންނެވެ. އޭނާއާއިއެކު އިތުރު ދެ ފުލުހުންވެސް ބޭރަށް ނުކުތެވެ. ފެންނަމުންދިޔަ މަންޒަރުތަކުގެ ސަބަބުން ބޮޑު ކަންތައްގަނޑެއް ހިނގާފިކަން ރާހިލްގެ ވިސްނުންތޫނު ސިކުނޑިއަށް ނަގައިގަނެވުނެވެ. އެކަމާއި ގުޅޭގޮތުން ޝިއުރީއާއި ސުވާލުކުރުމުން ޝިއުރީ ގެ އަތުގައި އޮތް ޖަޒްލާންގެ ފޯނުގައިވާ މިޝްޔާގެ ވީޑިއޯ އޭނާ ރާހިލަށް ދައްކާލިއެވެ. ވީޑިއޯގެ ތަންކޮޅެއް ފެނުމާއިއެކު، އެ ނިވާލުމަށްފަހު، ރުޅިވެރި ނަޒަރަކުން އޭނާ ބަލާލީ ޖަޒްލާނާއި ދިމާއަށެވެ. އެ ބަލާލުމުންވެސް، ޖަޒްލާން އަންދާ އަޅިއަސް ހަދާލާފާނެހެން ހީވެއެވެ. މިވަގުތު ފުލުސް ޔުނިފޯމް ލައިގެން ނެތްނަމަ ޖަޒްލާންގެ ގަޔަށް ބޮލަށް އަރަންވެސް އޭނާ ފަހަކަށް ނުޖެހުނީހެވެ.

 

ރާހިލްގެ ނުރައްކާތެރި ބެލުންތަކުން ޖެހިލުންވީވަރުން ޖަޒްލާން އުޅުނީ ފިލަން ދުއްވައިގަންނާށެވެ. އެހެނަސް އޭގެ ކުރިން ރާހިލްގެ އިޝާރާތަށް އޭނާއާއިއެކު ނުކުތް ދެ ފުލުހުން ޖަޒްލާން ހިފެހެއްޓިއެވެ.

 

“މިޝް ފެންވަރަން ހުއްޓާ ވީޑީއޯ ކުރީ މިހިރަ ނުލަފާ މީހާގަނޑު….. އަހަރެންނަށް ބިރުދައްކައިގެން އަހަރެން ލައްވާ ކައިވެންޏަށް އެއްބަސް ކުރުވީ އެ ވީޑިއޯ ލީކް ކޮށްލާނެކަމަށް ބުނެ……” ޖަޒްލާނަށް ބަލަން ހުރެ ޝިއުރީ އިއްވާލިއެވެ.

 

ހާރޫނާއި، އެކުވެރިންނާއިއެކު، އެހިސާބަށް އައިސް މަޑުކޮށްލި މިޝްޔާ ހުރީ އިވިގެން ދިޔަ ބަސްތައް ޤަބޫލުކުރަން ދަތިވެފައެވެ.

“ޖަޒްލާންތަ އަހަރެން ފެންވަރަން ހުއްޓާ ވީޑިއޯ ކުރީ…؟؟؟؟ ޝިއު ޖަޒްލާންއާއި ކައިވެނިކުރަން އުޅުނީ އަހަރެންގެ ވީޑިއޯ ލީކްވެދާނެތީތަ…..؟؟؟” ލިބިފައިވާ ހައިރާންކަމުގައި މިޝްޔާއަށް ބުނެވުނެވެ. ޝިއުރީއަށް ބަލަން ތިބެ ހާރޫނާއި އަޔާނީއަށް އެއްއަޑުން އާނ އެކޭ ބުނެވުނެވެ. މިޝްޔާގެ އިތުރުން ޔަލްވީއަށްވެސް އަޔާނީއާއި ދިމާއަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. އެ މީހުންގެ ހިތުގައި އުފެދިފައިވާ ސުވާލު ދެނެގަނެވުމުން ދެ ފަހަރު ދެ ކުދިންގެ މޫނަށް ބަލައިލަމުން އަޔާނީ ބޯ ޖަހާލިއެވެ.

 

“ޔާނީއަށް އެކަން އެނގޭއިރު ކީއްވެތަ އަހަރެމެންނަށް ނޭންގީ…. ޝިއު އެވަރުގެ ނުރައްކާތެރިކަމަކާ ކުރިމަތިލީއިރު، ޔާނީވެސް އޭނާއާއި އެއްބައިވީތަ…..” އަޔާނީ އެކަން ސިއްރުކުރުމުން ޔަލްވީ ހިތްހަމަ ނުޖެހުނެވެ.

 

“އަހަރެންނަށްވެސް އެ ދެމީހުންގެ ވާހަކަތައް އަޑު އިވުނީ…. އަހަރެން އުޅުނިން މިޝްމެންނަށް އެކަން އަންގަންވެސް…. އެކަމަކު، މިޝްއަށް ވެދާނެ ގޮތަކާ ދޭތެރޭ ވިސްނާފަ، ޝިއު އެކަމަށް ހުރަސް އެޅީ…….. ޝިއު އެހާވަރަށް އާދޭސް ކުރީމަ އަހަންނަށްވެސް އޭނާއާއި ދެކޮޅަށް ނުކުންނަށް ނުކެރުނީ….” އަޔާނީ ކިޔައިދިނެވެ. މިޝްޔާ ހުރީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ. އޭނާއަށްޓަކައި ޝިއުރީ އެފަދަ ނުރައްކާތެރިކަމަކާއި ކުރިމަތިލީތީ، އޭނާގެ ހިތުން ޝިއުރީއަށް ދެވިފައިވަ މަޤާމް އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ.

 

“ނުބައި ނުލަފާ މީހާގަނޑު…..” އެއްފަރާތެއްގައި ހުރި މިޝަލް ޖަޒްލާނާއި ދިމާއަށް ދިޔައީ ރުޅިގަދަވީ ވަރުންނެވެ. އޭނާގެ ކުރިމައްޗަށް އަރާ ރާހިލް ނުހިފެހެއްޓިނަމަ، ޖަޒްލާން ނޮޅާލާކަށްވެސް މިޝަލް ފަހަކަށް ނުޖެހުނީއެވެ. އޭނާ ހުރީ އެހާވެސް ރުޅިގަދަވެފައެވެ. މިޝަލް ހަމައަކަށް އެޅުވުނީ ރާހިލާއި، ހާރޫން ވަރަށް ވާހަކަ ދައްކާ ނަޞޭހަތް ދިނުމުންނެވެ. މިޝަލް ރުޅިގަދަވެފައި ހުރިތަން ފެނުމުން މިޝްޔާއަށް ރޮވޭގޮތްވިއެވެ. އޭނާގޮސް މިޝަލްގެ އަތުގައި ހިފާލިއެވެ.

 

މިޝަލް މައިތިރިވުމުން ރާހިލް އޭނާގެ ގައިން ދޫކޮށްލިއެވެ. އެވަގުތު ރާހިލްގެ އަތުގައި އޮތް ޖަޒްލާންގެ ފޯނަށް މެސެޖަށް އައެވެ. މެސެޖު ކިޔާލުމާއިއެކު ރާހިލްގެ ދެ ލޯ ބޮޑުވިއެވެ. އޭނާ ދިޔަ ގޮތަށް ގޮސް ޖަޒްލާން ލައިގެން ހުރި ފަޓުލޫނުގެ ޖީބުތައް ޗެކްކުރަން ފެށިއެވެ. ޖަޒްލާންގެ ޖީބުން އޭނާ ނެގީ އޮލަ ކުނޑިތަކެއްފާޑުގެ އެއްޗެއް ހުރި ޕެކެޓެކެވެ. އެ ފެނުމުން ޖަޒްލާންގެ ކަރު އެލިގެން ދިޔައެވެ. ޖީބަށް އެ ޕެކެޓް ލައިގެން އޭނާ އުޅުނީ މީހަކު އެ ގަންނަން އަންނާނެތީއެވެ. އެވަރަކުން ފޯނު ހޯދަން އުޅުނީވެސް އެހެންވެއެވެ. އެ މީހާ މެސެޖު ކުރާނެކަން އެނގުމުންނެވެ. އެހެނަސް، ނަސީބު ދެރަކަމުން އެ މެސެޖު ފެނުނީ ރާހިލަށްށެވެ. އޭނާ މިވަނީ ހަމަ ރަނގަޅަށްވެސް ބެދިފައެވެ. އެންމެ ކުށެއްގައެއް ނޫނެވެ. ދެ ކުށުގެ މައްޗަށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީއެވެ. ޖަޒްލާން ޕޮލިސް ސްޓޭޝަނަށް ވެއްދުމުން، ޝިއުރީ ގޮވައިގެން ރާހިލް އެތެރެއަށް ވަނީ ބަޔާން ނެގުމަށެވެ. ދަމުން ޑިއުޓީ ނިމުންހާ އަވަހަކަށް މިޝްޔާގެ ގާތަށް ދާނެކަމަށް ބުނެފައި އެކަމާ ދެން ނުވިސްނުމަށް ބުންޏެވެ. ހާރޫންވެސް ޝިއުރީއާއިއެކު އެތެރެއަށް ވަނެވެ.

 

ބަޔާން ދީ ނިމުމުން ޝިއުރީމެން ނުކުތްއިރު، މިޝްޔާމެން ތިބީ އޭނާގެ އިންތިޒާރުގައެވެ. ޝިއުރީ ފެނުމާއިއެކު، މިޝްޔާ ދުވެފައިގޮސް އޭނާގެ ގައިގައި ބައްދާލައިގެން ހުރެ ރޯންފެށިއެވެ. ހިނިތުންވެލަމުން ޝިއުރީ ލޯތްބާއިއެކު މިޝްޔާގެ ބުރަކަށީގައި ފިރުމާލިއެވެ.

 

“އަހަރެންނަށް ނޭނގެ ޝުކުރުއަދާކުރާނެ ގޮތެއްވެސް….. ޝިއު ކީއްވެތަ އަހަންނަށްޓަކައި އެވަރުގެ ނުރައްކާތެރިކަމަކާ ކުރިމަތިލީ…..” ދެ ލޯ ފުހެލަމުން މިޝްޔާ ޝަކުވާކޮށްލިއެވެ.

 

“އެ ތެދެއް…. ޝިއު ތި ކޮށްދިން ކަންތަކަށް ކިތަންމެ ވަރަކަށް ޝުކުރު އަދާކުރިޔަސް ނުފުދޭނެ….. އެކަމަކު، އެވަރުގެ ބޮޑުކަމެއް ހިނގިއިރު ޝިއު އަހަރެމެންނަށް އަންގާލިނަމަ….. ނޫނީ ރާހިލަށް އެކަން އެންގިނަމަ…..” މިޝަލްވެސް މިޝްޔާގެ ވާހަކައާއި ގުޅުވައިގެން ބުނެލިއެވެ.

 

“އަހަރެން ބިރުގަތީ…. ވީޑީއޯ ލީކްވެއްޖިއްޔާ މިޝްއަށް ވާނެ ގޮތަކާ ދޭތެރޭ ވިސްނާލާފައި ކައިވެންޏަށް އެއްބަސް ވީ…. މިޝަލްމެންނަށް އެކަން އަންގަންވެސް ބޭނުންވި… އެކަމަކު އެކަން ޖަޒްލާންއަށް އެނގިގެން ވީޑިއޯ ލީކް ކޮށްލާފާނެތީ ޖެހިލުންވީ…. އެހެންވެ، އަހަންނަށް އެއްވެސް މީހެއްގެ ގާތުގައި އެ ވާހަކަ ބުނަން ނުކެރުނީ….” ޝިއުރީ ކަންވީ ގޮތް ކިޔައިދިނެވެ. ޝިއުރީ ދެއްކި ވާހަކަތައް މިޝަލަށް ޤަބޫލުކުރެވުނެވެ. އެ ޙާލަތުގައި ޝިއުރީ ހާސްވާނެވަރު އޭނާއަށްވެސް ވިސްނުނެވެ.

 

“ޝިއު، ބައްޕާ….. ކިހިނެއް ވެގެން މި އުޅެނީ…..؟؟؟؟” އެންމެންނަށް އެއްފަހަރާ ފަހަތް ބަލައިލެވުނީ ޝައިމަންގެ އަޑަށެވެ. އޭނާ އެތަނަށް އައީ ބައެއްގެ ފަރާތުން އެ ޚަބަރު ލިބިގެންނެވެ. ޝައިމަންގެ ގާތަށް ގޮސް ހާރޫން ކަންވީގޮތް ކިޔައިދިނެވެ.

 

ޙަޤީގަތް އެނގުމުން ޝައިމަން ދެރަވީ އޭނާއަށް ޝިއުރީއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތުންނެވެ. އޭނާ ޝިއުރީގެ ބޮލުގައި ފިރުމާލަމުން މަޢާފަށް އެދުނެވެ. ޝިއުރީވެސް އޭނާއަށް ކިޔުނު އެއްޗިއްސާމެދު، ދެރަވެ މަޢާފަށް އެދުނެވެ. ދެބެން އެކަކު އަނެކަކަށް މަޢާފްކުރީ އުފާވެފައި ތިބެއެވެ. ޝިއުރީ ހިނިތުންވެލީ އޭނާދެކެ ޝައިމަން ލޯބިވާވަރު އެނގިއްޖެކަމަށް ބުނަމުންނެވެ. ޝިއުރީގެ ހިތްވަރުގަދަކަމަށް އެންމެންވެސް ތަޢުރީފް ކުރިއެވެ. ޝައިމަނާއި ހާރޫނާއިއެކު ޝިއުރީ ގެއަށް ދާން ހިނގައިގަތުމުން ދެން ތިބި މީހުންވެސް އެ މީހުންގެ ފަހަތުން ދިޔައެވެ.

********************

 

“ޔަޤީންތަ މީގެން އަސަރު ކުރާނެކަން…..” އަތުގައި ހުރި ރުކުރާ ފުޅިއަށް ބަލަން ހުރެ ޝަހުނާ އަހާލިއެވެ. އޭނާގެ ތުންފަތުގައި ވަނީ ވިހަ ހިނިތުންވުމެކެވެ.

 

“އެ މީހާ ވަރަށް ޔަޤީންކަންދިން… އެ ޔަލްވީއަށް މި ބޯންދެވިއްޖެއްޔާ އޭނަ ޝައުންއާއި ގާތްވާކަށް ބޭނުމެއް ނުވާނެ….” ޝަހުނާގެ ގާތުގައި ހުރި އީޝާ ބުނެލިއެވެ. އޭނާގެ ނަޒަރުވެސް ސީދާވެފައިވީ ޝަހުނާގެ އަތުގައި އޮތް ފުޅިއަށެވެ. އެވަގުތު ދެ މީހުން ސިހިގެން ދިޔައީ އަޑެއް އިވުމުންނެވެ. ދޮރާއި ދިމާއަށް ބަލަން ތިއްބާ އެތެރެއަށް ވަދެގެން އައީ ޔަލްވީއެވެ. ޝަހުނާއާއި އީޝާ ބަލަން ތިބިގޮތުން ކިހިނެއްވީހޭ އޭނާއަށް އަހާލެވުނެވެ.

“އަހަރެމެން ދެއްކި ވާހަކަ އަޑު އިވުންތަ…؟؟؟ ހާސްވެފައި ހުރިނަމަވެސް، ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން ޝަހުނާ އަހާލިއެވެ. އީޝާވެސް ހުރީ ޖެހިލުންވެފައެވެ.

“ތި ވާހަކައެއް އަހަރެންގެ ގާތުގައި ބުނެބަލަ…. އޭރުންތާ އަހަންނަށްވެސް އަޑު އިވޭނީ…..” އައިސް އަލަމާރިން ފިނިފެން ފުޅިއެއް ނަގައި އޭގެއިން ކޯވަރެއް ބޯލަމުން ޔަލްވީ ބުނެލިއެވެ.

“ހެހެ އަޑެއް ނީވެ ދޯ…. އަހަރެމެން މި އުޅެނީ ޔާލްއަށް ސަޕްރައިޒެއް ދޭންވެގެންނޭ… އެހެންވީމަ އަޑުއިވިއްޖެއްޔާ ކަމަކުނުދާނެއެއްނު ދޯ އީޝާ….” ޝަހުނާ ދޯ އަޅާލުމުން ފޫހިވީ ނަމަވެސް އީޝާ ބޯ ޖަހާލިއެވެ. އިތުރު އެއްޗެއް ނުބުނެ ޔަލްވީ ހިނިތުންވުމަކުން ފުއްދާލީއެވެ.

“ރާފުޅިއެއްތަ ތީ…. ކޮންތާކުން ގެނައި އެއްޗެއް…..” ޝަހުނާގެ އަތުގައި އޮތް ރުކުރާފުޅި ފެނުމުން ޔަލްވީއަށް އަހާލެވުނެވެ.

“ހޫމް… މީ އީޝާ ގެނެސްދިން އެއްޗެއް…. އަހަރެން އެއްބައި ބޮއެފަ ޔާލްއަށް ބެހެއްޓީ… ޝައުން ބުނި، މީ ޔާލްއަށް ވަރަށް މީރު އެއްޗެކޭ އެހެންވެ…..” އީޝާއާއި ދެމީހުން ވިހަ ހިނިތުންވުމެއް ބަދަލުކޮށްލަމުން ޝަހުނާ ބުނެލިއެވެ.

“އަސްލުވެސްތަ….. ހާދަ ރަނގަޅޭ…. އަހަންނަށް ވަރަށް މީރު އެއްޗެއް މީ…..” ޝަހުނާ ދިއްކުރި ރުކުރާފުޅީގައި ހިފަމުން ޔަލްވީ ބުނެލިއެވެ. އެ ހިފައިގެން އޭނާ މިސްރާބު ޖެހީ ކޮޓަރިއާއި ދިމާއަށެވެ.

“ޔަޤީންތަ އޭނަ އެ ބޯނެކަން…… ޝައުން އެ ބޮއެފިއްޔާއޯ…..” ޔަލްވީ ކޮޓަރިއަށް ވަންތަން ބަލަން ހުރެފައި އީޝާ ސުވާލުކޮށްލިއެވެ.

“އެހާ މީރު އެއްޗެއްވިއްޔާ ބޯނެތާ…. އެއީ ޝައުންއަށް މީރު އެއްޗެއް ނޫން…… އެހެން ނޫނަސް ކޮންމެ މީހަކު ބުޔަސް މައްސަލައެއް ނެތްތާ…… ބޭނުމީ ދެ މީހުން ދުރުކުރުވާކަންނު……” ހިނިގަނޑެއް ޖަހާލަމުން ޝަހުނާ ބުނެލިއެވެ. މިފަހަރުގެ ރޭވުން ކާމިޔާބުވާނެކަމުގެ އުއްމިދުގައިހުރެ، އީޝާވެސް ޝަހުނާގެ ހުނުމުގައި ބައިވެރިވިއެވެ.

********************

 

ޝިއުރީ މިޝްޔާމެން ގެއަށް ދިޔައިރު، މިޝްޔާ ހުރީ ބަދިގޭގައި ކައްކާށެވެ. މުޅި ބަދިގެތެރެ އެއްވަސްވެފައިވަނީ އޭނާ ކައްކަމުން ދިޔަ ކުޅިރިހަގަނޑުގެ ވަހުންނެވެ.

“ހާދަ ވަސްގަނޑު ރަނގަޅޭ….. ކޯއްޗެއްތަ ތި ކައްކަނީ……” ނޯއްދަމާލަމުން ޝިއުރީ ގޮސް މަޑުކޮށްލީ މިޝްޔާގެ ގާތުގައެވެ.

“ޝިއުގެ ފޭވަރިޓް ރިހަ….. ކައިގެން ދާން މަޑުކުރައްޗޭ……” ޝިއުރީއަށް ބަލާލަމުން މިޝްޔާ ޖަވާބުދިނީ ހިނިތުންވެ ހުރެއެވެ. ބޯ ޖަހާލަމުން މިޝަލް ކޮބައިތޯ ޝިއުރީ އަހާލިއެވެ. މިޝަލް ވީ ބަގީޗާގައި ކަމަށް، މިޝްޔާ ބުނުމުން، އެފަރާތަށް ދިއުމަށް ޝިއުރީ މިސްރާބު ޖެހިއެވެ.

********************

 

ޝިއުރީ ބަގީޗާއަށް ނުކުތްއިރު، މަސްފެންގަނޑު ކައިރީގައި ހުރި ދިގު ގޮނޑީގައި މިޝަލް އިނީ ފޯނާއި ކުޅޭށެވެ. ޝިއުރީ ގޮސް މަޑުކޮށްލީ މިޝަލްގެ ކުރިމަތީގައެވެ. އޭނާ ފެނުމުން މިޝަލް ހިނިތުންވެލިއެވެ. އަދި ގޮނޑީގެ އެއްފަރާތަށް ޖެހިލީ ޝިއުރީ އިށީނުމަށް ޖާގަ ދިނުމަށެވެ.

“އަހަރެން މި އައީ ވާހަކައެއް ދައްކަންވެގެން…..” ގޮނޑީގައި އިށީންނަމުން ޝިއުރީ ބުނެލިއެވެ. ދައްކަން އުޅޭ ވާހަކައެއްގެ ސަބަބުން ޝިއުރީއަށް އިނދެވުނީ ބުރުގަލުގެ ކަނާ ކުޅެލަ ކުޅެލައެވެ. ޝިއުރީގެ ޙަރަކާތްތަކަށް ބަލަން އިން މިޝަލް ވާހަކައާއިގެން ކުރިއަށް ދިއުމަށް ބުނެލިއެވެ. ޝިއުރީ މިޝަލާއި ދިމާއަށް ބަލައިލިއެވެ. އޭނާ އިނީ އެ ވާހަކަ ފަށާނެ ގޮތެއް ނޭނގިފައެވެ.

 

“ޝިއު…. އަހަރެން މި އިނީ އަޑުއަހާށޭ….. ކޮން ވާހަކައެއް ދައްކަންތަ ތި އައީ…..؟؟؟؟” ޝިއުރީ ބަލަން އިނުމުން އޭނާގެ މޫނު ކުރިމަތީ އަތް ހިންގާލަމުން މިޝަލް ސުވާލުކޮށްލިއެވެ. ސިހިގެން ދިޔަ ޝިއުރީ އިސްޖަހާލަމުން، އަނެއްކާވެސް ބުރުގަލުގެ ކަން، އިނގިއްޔަށް އޮޅަން ފެށިއެވެ.

 

“ޝިއު ކަމެއް ގޯސްވީތަ…..؟؟؟؟؟” ޝިއުރީގެ ޙަރަކާތްތައް ހުރިގޮތުން މިޝަލަށް އަހާލެވުނެވެ. ޝިއުރީ އަވަސް އަވަހަށް ބޯ ހޫރާލަމުން ބުރުގަލުން ދޫކޮށްލިއެވެ. އަދި މިޝަލްގެ މޫނަށް ބަލައިލަމުން ހިނިތުންވެލިއެވެ.

“ކޮން ވާހަކައެއް ދައްކަންތަ ތި އުޅެނީ…..؟؟؟” ޝިއުރީއަށް ހިނިތުންވެލަމުން މިޝަލް އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލިއެވެ. ޝިއުރީ ވަރަށް ފުން ނޭވާއެއް ބޭރުކޮށްލަމުން މީހާ ހަމައަކަށް އެޅިލިއެވެ. އަދި މިޝަލްގެ ކަންފަތްދޮށުގައި ސިއްރުން ވާހަކައެއް ބުނެލިއެވެ. އިވިގެން ދިޔަ ބަސްތަކުން މިޝަލްގެ ޙަރަކާތްތައް ހުއްޓުމަކަށް އައެވެ. ގަނޑުވެފައިވާ މީހެއް ފަދައިން އޭނާއަށް ޝިއުރިއާއި ދިމާއަށް ބަލައިލެވުނީ އެ ވާހަކަ ޤަބޫލުކުރަން ދަތިވެފައި އިނދެއެވެ. ޝިއުރީ ބޯ ޖަހާލީ، އޭނާ ބުނި ވާހަކައިގެ ތެދުކަން ހާމަކޮށްދިނުމަށެވެ. މިތަން ފެނި މިޝަލްގެ ދެ ލޯ ފެންކަޅިވެގެން އައީ ބަސް ބުނާހާ ވަގުތުކޮޅެއްގެ ތެރޭގައެވެ.

 

“އަހަންނަށް މި ފެންނަނީ ހުވަފެނެއްތަ….؟؟؟؟” މިޝަލް އިނީ ހިނގަމުންދާ ކަންތަކާމެދު ޝައްކު އުފެދިފައެވެ. މިޝަލްގެ ނޭފަތުގައި ހިފާލަމުން އެއީ ޙަޤީގަތެއްކަމުގައި ޝިއުރީ ބުނެލީ ހިނިތުންވެލަމުންނެވެ. އުފާވީވަރުން މިޝަލްގެ ތުންފަތަށްވެސް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.

 

“އަލްޙަމްދުލިﷲ އަލްހަމްދުލިﷲ އަލްޙަމްދުލިﷲ” މިޝަލް އެންމެ ފުރަތަމަވެސް މާތްﷲ އަށް ޙަމްދުކޮށްލިއެވެ. އެތައް ދުވަހެއްގެ ދިގު އިންތިޒާރަށް ނިމުން އައީތީ، އުފާވީވަރުން ކޮޅަށް ތެދުވެވުނުއިރު، އޭނާގެ ދެ ލޮލޮން ކަރުނަތައް ފައިބަގަތީވެސް ނޭނގި ހުއްޓައެވެ.

“މިޝަލް ރޮނީތަ….؟؟؟” ރީތި ހިނިތުންވުމަކާއިއެކު މިޝަލްގެ ޙަރަކާތްތަކަށް ބަލަން އިން ޝިއުރީ، ކޮޅަށް ތެދުވަމުން އަހާލިއެވެ.

“އުފަލުން ގޮސް…..” އަނެއް ފަރާތަށް މޫނު އަނބުރާލަމުން އަވަސް ޙަރަކާތަކާއިއެކު، މިޝަލް  އޭނާގެ ދެ ލޯ ފުހެލިއެވެ. ޝިއުރީގެ ދުލުން ކައިވެނިކުރަން ޤަބޫލުވާހަކަ ބުނީއްސުރެ އޭނާގެ ތުންފަތުން ހިނިތުންވުން ފިލައިގެން ނުދެއެވެ. ޝިއުރީގެ ދެ ލޮލުންވެސް ކަރުނަ ނީރާލީ އޭނާ ދެކެ މިޝަލްވާ ޙަޤީގީ ލޯބި ފެނި އުފާވީވަރުންނެވެ. އޭނާދެކެ އެހާ ވަރަށް ލޯބިވާ މީހަކު މި ދުނިޔޭގައި ލެއްވީތީ، ހިތާހިތުން މާތްﷲ ގެ ހަޟްރަތަށް ދުޢާވެސް ދެންނެވުނެވެ.

“އަހަރެންނަކަށް ނޭނގެ އަހަރެންގެ ހިތަށް ލިބިފައި މިވާ އުފާތައް ބަޔާންކޮށްދޭނެ ގޮތެއްވެސް…. އާހް….. އަހަރެންގެ ހިތް ހީވަނީ އުފަލުން ގޮސް…… އާހް އާހް…. އަހަންނަކަށް ނޭނގެ ބުނެދޭކަށްވެސް…..” އުފާވެފައި ހުރިވަރުން މިޝަލަށް ވާހަކަ ދައްކަންވެސް އުނދަގޫވިއެވެ. ރީތި ހިނިތުންވުމަކާއިއެކު ޝިއުރީ އޭނަގެ ޝަހާދަ އިނގިލި މިޝަލްގެ ތުންފަތުގައި ޖައްސާލިއެވެ.

“މިޝަލް ނުބުންޏަސް އަހަންނަށް އިޙްސާސްވޭ…. މިޝަލް އަހަރެން ދެކެ ލޯބިވާވަރާއި، އުފާވެފައިވާވަރު، އަހަންނަށް އިޙްސާސް ވޭ…. ދުލުން ނުކިޔައިދިނަސް ތި ހިތުގައިވާ ހުރިހާ ޝުޢޫރެއް އަހަރެންގެ ހިތާއި ހަމައަށް ވާސިލްވެއްޖެ…. މިއަދު އަހަރެން ވާހަކަ ދައްކަން ފުރުސަތު ދީ….” އަނެއް އަތުން މިޝަލްގެ މެޔާއި ދިމާލުގައި އަތް ޖައްސާލައިގެން ހުރެ ޝިއުރީ ބުނެލިއެވެ. ޝިއުރީގެ ދެ ލޮލަށް ބަލަން ހުރެ މިޝަލް ހިނިތުންވެލިއެވެ.

“ޖަޒްލާން ބިރު ދެއްކުމުން އޭނާއާއި ކައިވެނި ކުރަން އެއްބަސްވީދުވަހު، މިޝަލްގެ ޙަޔާތުގެ ބައިވެރިޔާއަށް ނުވެވޭނެކަން އެނގުމުން އަހަރެންގެ ހިތަށް ވަރަށް ތަދުވި….. ނަހީކް ވަކިވެގެން ދިއުމުންވެސް އެވަރެއް ނުވޭ…. އެ ދުވަހު އަހަންނަށް އިޙްސާސް ކުރެވުނު، އަހަންނަށް ޙަޤީގީ ލޯބި މި ވެވުނީ މިޝަލް ދެކެކަން…. މިޝަލް…. އަހަރެންވެސް މިޝަލް ދެކެ ވަރަށް ލޯބިވޭ…. ވަރަށް ވަރަށް ބޮޑަށް ލޯބިވޭ……” ޝިއުރީގެ ދުލުން ލޯބިވާ ވާހަކަ ބުނާ އަޑު އިވުމުން މިޝަލަށް ކުރެވުނީ މުޅިން ތަފާތު އިޙްސާސެކެވެ. ދެ ލޯ މަރާލެވުނީ، ހިތަށް ލިބިގެން ދިޔަ ފިނިކަމަކުންނެވެ. ޝިއުރީގެ ދެ އަތްތިލާގައި ހިފަ މަޑުމަޑުން ފިތާލީ ކުރި ދިގު އިންތިޒާރުގެ ނިމުން ފޮނި ވީތީއެވެ.

“އައްދޭ…. ކޮންކަހަލަ މަންޒަރުތަކެއްތަ އަހަންނަށް މި ފެންނަނީ…..” އެކަކު އަނެކެއްގެ ލޮލަށް ބަލަން ގެއްލިފައި ތިބި މިޝަލްމެން ސިހިގެން ދިޔައީ މިޝްޔާގެ އަޑުންނެވެ. އޭރު މިޝްޔާގެ އިތުރުން ރާހިލާއި މާހިރުވެސް އެތާ ތިއްބެވެ. ސުވާލު އުފެދިފައި، ތިން މީހުންވެސް ތިބީ އެ ދެ މީހުންނަށް ބަލާށެވެ.

“މިޝް….. ދޮންބެއާއި ކައިވެނި ކުރަން ޝިއު ޤަބޫލުވެއްޖެ…..” މިޝްޔާގެ ގައިގައި ބައްދާލަމުން އުފާވެފައި ހުރެ މިޝަލް ބުނެލިއެވެ. ރާހިލާއި، މާހިރު އެކަކު އަނެކަކަށް ބަލާލަމުން ހިނިތުންވެލިއިރު، ޝިއުރީ ލަދުން އިސްޖަހާލިއެވެ. ދެ ލޯ މަރާލެވުނުހިނދު މިޝްޔާއަށް ހިތާހިތުން މާތްﷲގެ ޙަޟްރަތަށް ޙަމްދުކޮށްލެވުނެވެ. ބޮލުން ބޮޑު ބަރެއް ލުއިވެގެން ދިޔަ ކަމުގެ އިހްސާސް އޭނާއަށް ކުރެވުނެވެ. ވާނީވެސް އެހެންތާއެވެ. މިޝަލަށް އޭނާގެ ލޯބި ޙާޞިލްވުމާއި ޝިއުރީއަށް އުފާވެރި ދިރިއުޅުމެއް ލިބިގެން ދިއުމަކީ އޭނާ ނުހަނު ބޭނުންވާދެކަމެވެ. ނަމާދުތަކަށްފަހު އޭނާ ކުރަމުން އައި ދުޢާ މާތްﷲ އިޖާބަކުރެއްވީއެވެ. މިޝަލާއި ދުރަށް ޖެހިލަމުން މިޝްޔާ ގޮސް ޝިއުރިގެ ގައިގައި ބައްދާލިއެވެ. މާހިރާއި ރާހިލްވެސް އެ ދެކުދިންނަށް މަރުހަބާ ކިޔެވެ.

 

“ދެން ކޮން އިރަކުން ކައިވެނި ކުރާނީ…..؟؟؟؟؟” އެތެރެއަށް ދާން ހިނގައިގަންނަމުން ރާހިލް އަހާލިއެވެ.

“ވީ އެންމެ އަވަހަކަށް……” ޝިއުރީއަށާއި މިޝަލަށް ޖަވާބު ދެވުނީ އެކުއެކީގައެވެ. އެމީހުންގެ ޖަވާބު އިވިފައި މިޝްޔާމެންގެ ގާތަށް ހިނިވެސް އައެވެ. އެހާ އަވަސް އަރުވާލާފާ އުޅުމުން މިޝްޔާ އެ މީހުންނާ ދިމާކޮށްލިއެވެ.

“ލަސްކުރަން އުޅެން ހަދައިގެން އަނެއްކާ ޝިއު ގެއްލިދާނެ…..” ސަމާސާ ރާގަކަށް މިޝަލް މިހެން ބުނުމުން ޝިއުރީ މަޑުމަޑުން އޭނާގެ ގައިގައި ޖަހާލިއެވެ.

********************

 

ޓެރަހުގައި ހުރި އުނދޯލީގައި އަޔާނީ އިނީ ފޯނުން ވާހަކަ ކިޔާށެވެ. ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި އާވި އަރަމުންދިޔަ ހޫނު ކޮފީތަށްޓެއްވެސް ހުއްޓެވެ.

“މިތާ ދޯ ތި އިނީ….. އަހަރެން މި އައީ މުޅި ގޭގެ އެތަން މިތަން ބަލާފަ…..” އެތަނަށް އައި ލުމާން އަޔާނީގެ ގާތުގައި އިށީންނަމުން ބުނެލިއެވެ. އަޔާނީ ފޫހިގޮތަކަށް ލުމާނަށް ބަލާލުމަށްފަހު، އަނެއްކާވެސް ވާހަކަ ކިޔަން ފެށިއެވެ.

“ޔާނީ ކޮން ކުލައަކުންތަ ޕާޓީ ބާއްވަން ބޭނުމީ…..؟؟؟؟” އުނދޯލީގެ ވާފަށުގައ ހިފަހައްޓާލަމުން ލުމާން ސުވާލުކޮށްލިއެވެ. އަޔާނީއަށް ދަތްތަކަށް ބާރުކޮށްލެވުނީ ކައިވެނީގެ ކަންތަކުގައި ލުމާން އޭނާގެ ފަހަތުން އުޅޭވަރުން އުނދަގޫވުމުންނެވެ. މިހާރު އެ ސުވާލު ކުރިވަރުވެސް އަދަދު ކުރާންވެސް ނޭނގެއެވެ.

“ކަޅުކުލަ…..” އެންމެ ފަހުން އައި ރުޅީގައި އަޔާނީ ޖެއްސުމަށް ބުނެލިއެވެ.

“އެއީވެސް މީހުން ކައިވެނިތަކުގައި ބޭނުންކުރާ ކުލައެއްތަ….؟؟؟” ލުމާނަށް އަހާލެވުނި ދެ ލޯ ބޮޑުކޮށްލަމުންނެވެ. އަޔާނީ ވަކި ޖަވާބެއް ނުދީ ފޯނަށް ބަލަން އިނީއެވެ.

“އެންމެ ރަނގަޅު…. ޔާނީ ބޭނުމިއްޔާ ކަޅު ކުލަ ބޭނުންކުރާނީ….. ދެން ބުނެބަލަ…. ކޮން ތީމްއަކަށް ޕާޓީ ބާއްވާނީ…. މިހުރީ އަހަރެން ނަގާފައި ހުރި ތީމް ތަކެއް…. ޔާނީއަށް ކަމުދާ ތީމެއް އިނިއްޔާ ބުނެބަލަ…..” ލުމާންގެ ފޯނުން، އަޔާނީއަށް ފޮޓޯތަކެއް ދައްކާލަމުން އޭނާ ބުނެލިއެވެ. އަޔާނީގެ ޚިޔާލަށް މޮޅު ވިސްނުމެއް އައެވެ. އޭނާ ބޭނުންވީ ލުމާން ރުޅިއަރުވާލާށެވެ. ކުއްލިއަކަށް ލުމާންގެ ފޯނު ޖަހައިގެންފައި އޭގައި ހުރި ފޮޓޯތައް އޭނާ ބަލަންފެށިއެވެ.

“މީ ދެން ކޯއްޗެއް…. މީގަ ނެތް އެއްވެސް ރީތި ތީމެއް….. އަހަރެން ބޭނުންވަނީ ބިރުވެރި ތީމްއަކަށް ޕާޓީ ބާއްވަން…. ކިހާ ތަފާތު ވާނެ ދޯ އޭރުން….” އެ ހުރިހާ ވާހަކައެއް ދެއްކުމަށްފަހު، ލުމާންގެ އަތަށް ފޯނު ލައިދީފައި ނުކުންނަށް ދިޔައިރު، އަޔާނީގެ މޫނުމަތީގައިވަނި ލާނެއް ހިނިތުންވުމެކެވެ.

އަޔާނީ ދެއްކި ވާހަކައިން ލުމާން އިނީ ބުނާނެ އެއްޗެއްވެސް ނޭނގި ބަސް ހުއްޓިފައެވެ. ވާނީވެސް އެހެންތާއެވެ. މީގެ ކުރިން ދުވަހަކުވެސް ބިރުވެރި ތީމްއަކަށް ކައިވެނި ޕާޓީއެއް ބޭއްވިކަމެއް އޭނާއަށް އެނގިފައެއް ނެތެވެ. އަޔާނީ ނުކުމެގެން ދިޔައިރުވެސް އޭނާއަށް އެ އިންގޮތަށް އިނދެވުނީއެވެ.

********************

 

ސިޑިން ފައިބައިގެން އައި އަޔާނީގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ގެއަށް ވަދެގެން އައި އަފްލާކް ފެނުމުންނެވެ. ހާސްވެފައި އޭނާއަށް އެކި ދިމާއަށް ބަލައިލެވުނީ، އެތަނުގައި އެހެންމީހަކު ފެންނަން ހުރިތޯއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން އަފްލާކާއި ދިމާއަށް ހިނގައިގަތީ އޭނާ ހުއްޓުވާށެވެ. އެހެނަސް އޭނާއަށް މަޑުކޮށްލެވުނީ ގެއަށް ވަދެގެން އައި ޔޫސުފް ފެނުމުންނެވެ. ދެ ލޯ ބޮޑުކޮށްލަމުން، އަޔާނީއަށް ދެ ފަރާތަށް ބޯހޫރާލެވުނީ ޖެހިލުންވީވަރުންނެވެ. އެހާވަރަށް ނާންނާށޭ ބުނީމަވެސް އަފްލާކް އައުމުން އޭނާ ކަންބޮޑުވީ، ޔޫސުފް ކަންތައް ކުރާނެ ގޮތެއް ނޭނގޭތީއެވެ. ގެއަށް ވަދެގެން އައު ޔޫސުފް އައި ގޮތަށް އައިސް މަޑުކޮށްލީ އަފްލާކްގެ ކުރިމަތީގައެވެ. ދުރުގައި ހުރި އަޔާނީއަށް ހިންދިރުވާލެވުނެވެ.

“މި ގެއަށް ތި އައީ ކީއްކުރަން….. ޔާނީއާއި ބައްދަލްކުރަން ވެއްޖިއްޔާ ބުނެލަން އޮތީ ތި އައި ބޭނުމެއް ނުފުދޭނެއޭ…..” ދުރުގައި ހުރި އަޔާނީއަށް ބަލައިލުމަށްފަހު، ޔޫސުފް ބުނެލިއެވެ.

“އަހަރެން މި އައީ ޔާނީ ހޯދާކަށް ނޫން… ޔާނީގެ ބައްޕައާއި އާއި ބައްދަލްކޮށްލަން……” ޔޫސުފާ ހަތަރުކަޅި ހަމަކޮށްގެން ހުރެ، ވަރަށް ހަރުދަނާކަމާއިއެކު، އަފްލާކް ޖަވާބުދިނެވެ. އަމްހާއަށާއި ހުސްނާއަށްވެސް އެވަގުތު އެތަނަށް އާދެވުނެވެ.

“އަހަންނާ ބައްދަލްކުރަނީ ކީއްކުރަން…..؟؟؟؟” ގޭގެ މެދުގައި ހުރި ސޯފާތަކުން ސޯފާއެއްގައި އިށީނދެ އެއްފައި މައްޗަށް އަނެއްފައިލަމުން ޔޫސުފް ސުވާލުކޮށްލިއެވެ. އަފްލާކް ބުނާނެ އެއްޗެއް ނޭނގޭތީ އަޔާނީ ހުރީ ކަންތައް ބޮޑުވެފައެވެ.

“އަހަރެން ޔާނީދެކެ ވަރަށް ލޯބިވޭ….. ޔާނީ ބައްޕަ ބުނި ކޮންމެ ކަމެއް ކޮށްގެންވިޔަސް، އަހަރެން މި ހުރީ ޔާނީ  ޙާޞިލް ކުރަން ތައްޔާރަށް…. ޔާނީ ޙާޞިލް ކުރުމަށްޓަކައި އަހަރެން ކޮންކަމެއް ކުރަންވީ…..؟؟؟؟” އަފްލާކް މިހެން ބުނެލިއިރު، އޭނާގެ ނަޒަރު ސީދާވެފައި ހުރީ އަޔާނީއަށެވެ.

“އަހަރެން އަފްލާކް ލައްވަ އެއްވެސް ކަމެއް ކުރުވާކަސް ބޭނުމެއް ނޫން…. އަހަރެންގެ ނިންމުން ބަދަލެއް ނުވާނެ…..” ކޮޅަށް ތެދުވެލަމުން ޔޫސުފް އޭނާގެ ޖަވާބު އިއްވާލިއެވެ. އަޔާނީއަށް މާކުރިންވެސް އޭނާގެ ބައްޕަ ދޭނީ އެ ޖަވާބުކަން އެނގުނުނަމަވެސް، އޭނާގެ ދެ ލޯ ފެންކަޅިވެގެން އައީ އުމުރުގެ ބާކީ އޮތްތަނުގައި އަފްލާކާއިއެކު ނޫޅެވޭނެތީއެވެ.

“ތިހެން ނުބުނޭ…. ދެ ފައިގައި ހިފައި އާދޭސްކޮށްފައި އަހަރެން މި ބުނީ…. އަހަންނާ ޔާނީއާ ދުރުނުކުރޭ…. ހެޔޮނުވާނެ…. ޔާނީއާ ވަކިން އަހަންނަކަށް ނޫޅެވޭނެ….” ކުއްލިއަކަށް ހެދި ނުހެދިއެއް ނޭނގި އަފްލާކް ޔޫސުފްގެ ފައިބުޑަށް ވެއްޓި އާދޭސްކުރަންފެށިއެވެ. އަފްލާކްގެ މި ޢަމަލުން އަޔާނީއަށް އަނގަމަތީ އަތްއަޅާލެވުނުއިރު، ދެ ލޮލުން ކަރުނަތައް ފައިބައިގަތެވެ. ދުރުގައި ތިބި އަމްހާމެންނަށްވެސް ހައިރާންވެފައި އަނގަމަތީ އަތްއަޅާލެވުނީ، އަފްލާކް އެފަދަ ކަމެއް ކުރުމުންނެވެ. ޔޫސުފަށްވެސް ލިބުނު ހައިރާންކަމުގައި އިރުކޮޅަކު ބަލަން ހުރެފައި، އަފްލާކްގެ ދެ ކޮނޑުގައި ހިފައި އޭނާ ކޮޅަށް ނެގިއެވެ.

“އަހަންނަށްވެސް އެނގޭ އަފްލާކް ޔާނީދެކެ ވަރަށް ލޯބިވާކަން… އެކަމަކުވެސް، ބުނެލަން އޮތީ އަޔާނީގެ ކައިވެނި އޮތީ ހަމަޖެހިފައޭ…..” އަފްލާކަސް ފުރަގަސްދެމުން ޔޫސުފް ބުނެލިއެވެ. އޭނާގެ ދުލުން ނުކުތް ޖުމްލައާއިއެކު، އަފްލާކްގެ ދެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އަޔާނީއަށް އިސްޖަހާލެވުނީ، އެ މަންޒަރު ބަލަން އުނދަގޫވުމުންނެވެ.

“ޔާނީ ބައްޕާ…. ކައިވެންޏަކީ ވަރަށް މާތް ގުޅުމެއް…. ޔާނީ ލޯބިވަނީ އަހަރެންދެކެ…. ވީއިރު ޔާނީ ކިހިނެއް އެހެންމީހަކާ ކައިވެނިކޮށްގެން އުފަލުގައި އުޅޭނީ…. ވިސްނާލަބަލަ…. ކިހާ ބޮޑު ދެރައެއް ޔާނީއަށް އެ ދެވެނީ….” ދެލޯ ފުހެލުމަށްފަހު، ޔޫސުފާއި ކުރިމަތިލަމުން އަފްލާކް ވާހަކަ ދެއްކީ ވިސްނޭ ހަރު މީހެއްފަދައިންނެވެ.

“އެކޮއި ބޭބެ ބުނާ އެއްޗެއް އަޑު އަހާބަލަ…. ހިނގާ ބޭރަށް ވާހަކަ ދައްކާލަން…..” ޔޫސުފް އަފްލާކްގެ އަތުގައި ހިފައިގެން ބޭރަށް ނުކުންނަން ހިނގައިގަތެވެ. ހައިރާންވެފައި ހުރި އަފްލާކަށް ބަލައިލެވުނީ އަޔާނީއާއި ދިމާއަށެވެ. އަޔާނީވެސް ހުރީ ބައްޕަ ކަންތައްކުރާނެ ގޮތެއް ނޭނގޭތީ ޖެހިލުންވެފައެވެ.

“އަޔާނީ މިރޭ އަށްގަޑިބައިގައި ހެކިވެރިން އަންނާނެ…. ރަންކިޔަން ތައްޔާރުވެގެން ހުންނާތި….!!!!” ގެއިން ނުކުންނަން ފައި ހިއްލާލާފައި، ފަހަތަށް އެނބުރެމުން ޔޫސުފް ބުނެލިއެވެ. ޔޫސުފް އެހެން ބުނުމުން އަޔާނީގެ ދެ ލޯ ދިޔައީ ބޮޑުވެގެންނެވެ. އިސާހިތަކު އޭނާގެ ދެ ލޮލުން ކަރުނަތައް ފައިބައިގަތީ، އޭނާގެ ބައްޕަ އެހާ އަވަސް އަރުވާލާފާ ކައިވެނީގެ ކަންތައް ހަމަޖައްސަން އުޅުމުންނެވެ.

“ޔާނީގެ ގެ ކައިވެނި ހަމަ ކެންސަލެއް ނުވާނެތަ….؟؟؟؟” އިވިގެން ދިޔަ ޚަބަރަކުން އަފްލާކްގެ ހިތަށްވެސް ނުބައި ގޮތެއް ވެގެން ދިޔައެވެ. ޔޫސުފް ބޯޖަހާލުމާއިއެކު، އެންމެފަހުގެ އުންމީދު ފެނަށްވުމުން، އޭނާ މާޔޫސްވިއެވެ. ގައިން ވާގި ދޫވެ ވެއްޓެން އުޅޭހެން ހީވުމުން ޔޫސުފް އޭނާގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރެ ބޭރަށް ނުކުތެވެ.

********************

 

ރޭގަނޑުގެ ވަގުތެވެ. ކިތަންމެ ބޭނުން ނުވިކަމުގައިވިޔަސް ބައްޕައަށްޓަކައި އަޔާނީ ތައްޔާރުވިއެވެ. ބޮޑުކޮޓަރީގައި ހުރީ ސޯފާގައި އޭނާ އިނީ އިސްޖަހާލައިގެންނެވެ. އޭނާ ގެ ހިތް ރޮމުންދާ އަޑު ދެ ފަރާތުގައި ތިބި މަންމައާއި ބައްޕައަށް އިވޭނެނަމައޭ އަޔާނީގެ ހިތަށް އެރިއެވެ. އެމީހުން އިށީނދެގެން ތިބި ސޯފާގެ ފަހަތުގައި އަޔާނީގެ އެކުވެރިންގެ މަޑުކޮށްލައިގެން ތިއްބެވެ. އިޔާޒާއި ލުމާންގެ އިތުރުން ހުސްނާ އިނީ އަނެއް ސޯފާގައެވެ. އިޔާޒްގެ މޫނުމަތީގައިވެސްވަނީ ނުތަނަވަސްކަމެވެ. ގަޑިން ބަރާބަރު އަށްގަޑި ބައިވުމާއިއެކު ގޭގެ ދޮރުހުޅުވުނު އަޑު އިވުނެވެ. އަޔާނީއަށް ދެ ލޯ މަރާ ފިއްތާލެވުނީ ހާސްވީވަރުންނެވެ.

“އަފްލާކް….” ފަހަތުގައި މަޑުކޮށްލައިގެން ހުރި ޝިއުރީގެ ދުލުން އަފްލާކްގެ ނަން އިވުމާއިއެކު އަޔާނީއަށް ދެ ލޯ ހުޅުވާލެވުނު ގޮތްވެސް ނޭނގުނެވެ. ދޮރާއި ދިމާއަށް ބަލާލެވުނު ވަގުތު ފެނުނު މަންޒަރުން އޭނާއަށް ކޮޅަށް ތެދުވެވުނެވެ. ދެ ފިރިހެނުންނާއިއެކު ހިނިތުންވެގެން ހުރެ އެތެރެއަށް ވަދެގެން އެ އަންނަނީ އޭނާގެ ލޯބިވާ އަފްލާކެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (112)

  1. Eemyaa

    Assalaam alikum ?
    Ummeedhukuran kiyuntherinnah mi baives kamudhaane kamah ?
    Kusheh vaanama rangalhu kohlaidhinun edhen ☺
    Baaja veri re akah edhemun vakivelan
    TGC ? LY all ❤❤❤

  2. Inaa

    Awww.. This Is So Awesome.. I Love It .. ?❤

    1. Eemyaa
      Inaa

      Thanks Inaa ❤

  3. Someone

    Wow!!! Perrfct!! Alhe ayaanii bappa ah khinehba e vii es!!!! Shiu n mishal ! Finally!!! So good!! ❤❤

    1. Eemyaa
      Someone

      Thanks dear ❤
      Lets see ?

  4. Ram

    Yay yay yay… mishal ah shiu libunyy… yayyy and ayaany ah aflaak vx libenyy dww i guess… dhn othy emme prob eh kanneyge.. that shiuge mom ge kanthah.. awwwnnn… varah salhi mi storyy ??

    1. Eemyaa
      Ram

      Hehe finally mishal ah hama shiu libuny ❤
      Hehe dhn lets see ?
      Thanks Ram dear ?

  5. Muroo....

    Wow.. V nice.. Eem v obi mi story..Story eh viyyaa ahnnaane v gina kanthah thah.. Adhi ehaa gina kudhin ulhey story eh v ma v kanthah hingaane.. V reethi.. Midhen story nimumakah dhany tha eem.. Dhn wednesday ga dhw.. Can’t wait… Obiness to max

    1. Eemyaa
      Muroo....

      Thanks Muroo ❤
      So true dear ?
      Yes mi dhn nimumakah aiy ?
      In Sha Allah, wednesday ga genesdheynan
      Thanks again dear ?

  6. Lam

    Ooo…vvv reethi…nuves ingey nimunu iru…up kohlaathoo balaa la balaa meenee…alhe avahah up kohdheythi ingey plx…cant wait

    1. Eemyaa
      Lam

      Thanks Lam ❤
      Hehe In Sha Allah, avahah up kohladheynan ??

  7. Yaana

    Maashah Allah.. V reethi.. Next part avahah up kohdhehche..

    1. Eemyaa
      Yaana

      Thanks Yaana ❤
      Yeah, In Sha Allah ??

  8. Aminath Sana

    You made it ?

    1. Eemyaa
      Aminath Sana

      Sana adhi nuvisnun thi bunan ulhey ehcheh

  9. Anonymous

    Alheyyyyy…
    So sweet… Wow.. Afu aatha yaany innany.. ❤❤?

    1. Eemyaa
      Anonymous

      Thanks dear ❤
      Lets see dw ??

    2. Thuhthi
      Anonymous

      I think this is my comment..
      How da name is changed?? ??

    3. Thuhthi
      Anonymous

      Anonymous ah name change Vefa?? Batu y?? ??

    4. SJK...KOREAN
      Anonymous

      haha Thuhthi. aslu aee name nujahaa comment kurevifa inyma anonymas eynee 🙂 😀

    5. Thuhthi
      Anonymous

      Ohhh… Sorry ✌

  10. Mal.

    Woww woww woww… ???eeem gadaa.. mirey aneh bai beynun vany…?? plxxxxxx… nimun dhw dhn othy.. alhe maadhan up kohdhyba.. ?plx plx plxxxxx….????

    1. Eemyaa
      Mal.

      Thanks Mal ❤
      Awwn sorry dear mirey dhn up nukohleveynu dw ?
      Yeah nimen mi ulheny dhn mihaaru ?
      Hehe will try ingey bt cant promise ??

  11. Malsha

    Alhey haadha ryhchey. .eem u r the best.mal ah hyvany yaanyge bappa e ulhenee yaany surprise kohlanvegen kanneynge. .mibunee yaanyge kaiveni aflaak aa kuruvan kanneynge dhw .its a guess gey. .yaal ah gotheh nahadhahchey plx.finally mishal and shiu are together. .V v happy.ooh mish and raahil are the best. .next part ga mish and raahil baeh Thankolheh ginain him anarchy. Please. .when next part? ??ly

    1. Eemyaa
      Malsha

      Thanks Mal ❤
      Lets see dw?
      Yes finally they r together ?
      Hehe will try ingey ?
      Next part on Wednesday, In Sha Allah ?
      LY ☺

  12. SunShine

    alhey.. varah reethi

    1. Eemyaa
      SunShine

      Thanks SunShine ❤

  13. Ruby❤

    Alhey mi part ves varah reethi ? And yeah! Eem you are one of my favourite writers??
    Can’t wait for the next part! And btw when is it?????

    1. Eemyaa
      Ruby❤

      Thanks Ruby ❤
      Awwn so happy to knw tht ?
      In Sha Allah, on Wednesday ??

  14. SJK...KOREAN

    wowww woww.. adhi emme emme salhi part mee. vvvvvvvvvvvvvvvvvvvvvvvvvvvvv salhi 😀 shiu n mishal gulhuny dhw.. yeyyyys.. i think yaany and aflaak ah olhuvaalaigen eulheny aslu e dhemyhunge kaiveni kuran. yageeen. dhn lets see dhw. alheyy eeem this is my favourite storyyy.. mi story nimen ulheythee varah dheraveyy 🙁 anyways, hama best mi part. ly eeem. u’re great..

    1. Eemyaa
      SJK...KOREAN

      Thanks SJK ❤
      Yes shiu nd mishal gulhuny ?
      Haha lets see ?
      Awwn so happy to knw tht dear ??
      Awwn dnt b dear ? dhn Eem ey SJK ge story kiyaany ?
      Thanks again dear ?
      LY dear ?

    2. SJK...KOREAN
      SJK...KOREAN

      haha. ekam eem ge story maa reethi ey. eem dhaskohdhehchey skj ah thigothah varah reethikoh story liyan 😉 😀 eem haadha molhey masha allah..

    3. Eemyaa
      SJK...KOREAN

      Thanks dear ?
      Bt eem ehaa molheh nuvaane liyaakah may b ideas reethi vedhaane ?

    4. SJK...KOREAN
      SJK...KOREAN

      nuuun. eeem nulaahiku molhu liyanvx!! 🙂 adhi idea maa fahkaa. hehe 😀 😀

  15. Naxy

    Varah salhi… konirakun next part….

    1. Eemyaa
      Naxy

      Thanks Naxy ❤
      On Wednesday, In Sha Allah ??

  16. Yaal

    Story varah reethi. Varah gina dhuvas vehje dhw comment eh nukureveytha. Sorry ingey eem. Ayaany and aflaak ge kaiveni

    1. Eemyaa
      Yaal

      Thanks Yaal ❤
      Hehe Its okay dear ?
      Lets see ?

  17. Maly

    Heevany lumaan ayaanee bappa kairy evaahaka dhehkyhen.. v v v reethi mi part ves.. finally enmen gulhuny dhw.. shiu nd mishal aa ayaanee nd aflaak.. yalvy e fulhi nuboathi pls.. next part ah inthizaaru kuran.. thanks eemyaa.??

    1. Eemyaa
      Maly

      Lets see ?
      Thanks Maly ❤
      Enmen gulheny dw ☺
      Yaal kihineh baa hadhaany ? lets see ?
      Wc nd Thanks dear ☺

  18. miya

    Finally!!! Shiu and Mishal are together! Yay! 🙂 And I have a feeling Ayaany & Aflaak are not far behind.
    Good job. V v v v v v salhi. Can’t wait for the next part

    1. Eemyaa
      miya

      Hehe ?
      Lets see dw ?
      Thanks miya ❤

  19. Sinaa

    Yeyy finally vrh salhi … emmenah libeynyow .. shiu mom ge mahssala vx adhi yal ge mahssala vx eboeh … btw vrh loabi vaahakaeh

    1. Eemyaa
      Sinaa

      Thanks Sinaa ❤
      Yeah ekanthah ves adhi annaane ?
      Thanks again dear ??

  20. Reem

    Mihaaaaa happy koh dhaairu yalvee ah ves angaala dheeba
    Eeasha n shahuna ge reyvun..
    Pls dhen mihen rom koh gendheba..
    Massala thah nujehi..
    Ufaaveri moodehga..
    N jehifa huri hurihaa massala eh hahlu kuran v..

    1. Eemyaa
      Reem

      Dhn vaa gotheh ves balaalamaa dw
      ?
      Reem story mi othy nimumakah aissa ?
      Dhn rangalhuvaane kamah balama dw ?

  21. Xidhan

    Yesssssssssssssssss !!!!!!!
    Mishal n Shiureen finally ????
    Alsu mishal and shiureen ge love story emme salhi… its similar to my love story… Mishal and Shiureen ge love story balaafa hama heevee ekan aslu loamahchah fenahen… because i was also in love with my best firend girlfirend… thank you eem… vaahaka varah salhi… ???
    Next part ah inthizaaru kohlan

    1. Eemyaa
      Xidhan

      Ehentha Xidhan ?
      Aww love triangle eh dw ?
      Wc dear ?
      Thanks Xidhan ❤

  22. Nish

    Wow ? vara salhi mi part..enmeh gulhi dhw yeyyy ?☺eem ur the best..keep going?waiting for the next part..ly eem..??

    1. Eemyaa
      Nish

      Thanks Nish ❤
      Hehe ?
      Awwn Thanks dear ?
      LY ?

  23. sana

    Wow!??

    1. Eemyaa
      sana

      Thanks sana ❤

  24. Sheru

    Owwww mishal ah loabi haasil vee dhw .. V v happy vejje mishal ge loabi libuneema ekm v j vess vejje sheru ah moshal nulibuneema … ?? …. Eem v rythi mi story . my fav story . ?❤❤❤❤

    1. Eemyaa
      Sheru

      Yes ☺ haha so sad dw ?
      Thanks Sheru ❤?

  25. Natha

    Wow varah salhi mi partves

    1. Eemyaa
      Natha

      Thanks Natha ❤

  26. Khoo

    Varah salhi ???

    1. Eemyaa
      Khoo

      Thanks Khoo ❤

  27. Kudoo

    Kudoo ah heevani mi revmeh hen aflaakuaa

    1. Eemyaa
      Kudoo

      Lets see dw Kudoo ?

  28. Rc

    Wow!! Can”t wait gor next part.. eem avahah anehbai up kuraathi. Kiyaa hothun keh madhu vefa. Eem ge hurihaa vaahaka eh ves vvv reethi

    1. Eemyaa
      Rc

      Thanks Rc ❤?

  29. Xaaa

    Yeyyy finally everithing ok vy dhw ayaany ah surprise n aflaak kairi bappa ok bune surprise dhiny
    Dhn yaal ah egey shahunaa mn ge vahaka n efulhi nubiane she eh

    1. Eemyaa
      Xaaa

      Lets see dw Xaaa ?

  30. Jin

    Yea…Shiuree and mishal gulhuny..? emme fahun ayaany marry kurany aflaak aa dhw. V nice….

    1. Eemyaa
      Jin

      Thanks Jin ❤
      Lets see ?

  31. saner

    Vvvvvv nice

    1. Eemyaa
      saner

      Thanks saner ❤

  32. Zuam

    Masha Allah ….. varah reethi…..???❤❤❤❤❤

    1. Eemyaa
      Zuam

      Thanks Zuam ❤?

  33. shanhaa

    vvv salhi vaahaka

    1. Eemyaa
      shanhaa

      Thanks shanhaa ❤

  34. mafakeeru

    adhi eesha and iyaz ah ves gotheh hadhan jeheyne dhw

    1. Eemyaa
      mafakeeru

      Dw kihineh hadhaany e dhe meehunah ?
      Any idea

  35. ???

    Vvvv rythi yey beynun vi gothah hama thihedhiii Eemya hama ????☺☺☺???

    1. Eemyaa
      ???

      Thanks dear ❤ hehe beynun vi gothah viyya rangalhuthaa dw ?

  36. razee

    alhey v vvv reethi mi partvex waiting for next part . avahah upkohla dhehchey plxx :p

    1. Eemyaa
      razee

      Thanks razee ❤?

  37. k

    vv nice eeem,, and always interesting,,you are the best and thanks eeem thihaa reethi vaahaka liyaathy,, keep it up. waiting for next part….

    1. Eemyaa
      k

      Thanks k ❤?
      Hehe wc ?

  38. 78

    vaahaka varah nice … eem please shaun and yalvee ah dhera gotheh nahadhahchey

    1. Eemyaa
      78

      Thanks 78 ❤
      vaa gotheh balama dw ?

  39. Maroo

    Wow??? when next part is… Waiting …

    1. Eemyaa
      Maroo

      Thanks Maroo ❤?
      Mirey ?

  40. Ainth

    Masha Allah… Eem haadha molhey vaahaka liyan… Ayaany ah haadha bodu surprise ekey thi dheyn ulheny… Vaahakaige ethurun gandu v v furihama.. Nimen ulheythi v dheraves vey… V v v v rythi mi story

    1. Eemyaa
      Ainth

      Thanks Ainth ❤?

  41. minnie

    alhey dhen kihineh baa vaany..varah inthizaaru kurevey eba..v reethi mi story..can’t wait..avahah up kolla dhehchey plxxxx..eem u are the best

    1. Eemyaa
      minnie

      Vaa gotheh balamaa dw ?
      Thanks minnie ❤?

  42. click a shot ?

    Omg.?.yaany aa aflaak aa tha marry kuran eulheny…ehkala iru yaany bappa aflak kairi ebuni kaneyge yaany aa marry kuraashey…?finally e jazlaan gandu ge hageegai falhaa araifi dhw..eesha aa shahuna anehkaa ves kulhigandu fashaifi..varah foohive..?emeehunge plan success viya nudheythi eem..yaal ah dheragotheh viya nudheythi…kurin part ga comment nukurevuni wifi problem eh dhimaavegen..sorry for that?..I’ve missed you a lot..love you eem..?❤️?

    1. Eemyaa
      click a shot ?

      Hahaa lets see ? aan ey dw ☺ dhn vaa gotheh balamaa dw ?
      Its k dear ?
      V miss vi ey eem ves ? LY ❤?

  43. Roo

    Oh yesss shiu and mishal ❤️❤️ Yaany and aflaak ves dhw.. eem story nimeny tha dhen.. will miss you ?? Varah reethi mi part ? Ly ?

    1. Eemyaa
      Roo

      Thanks Roo ❤ dhn gaaigandakah nimeny mi ☺
      Eem ves v miss vaane hurihaa kiyunthein ???
      LY ❤

  44. nium

    Ma sha allah , ma sha allah … haadha reecha …. enmafahun shiu ahves laobi libuney dhw… vaahaka v v v reethi… thank you eeymm ❤❤ eym kihinehtha mihaaru haalu? ??❤❤

    1. Eemyaa
      nium

      Thanks nium ❤?
      Yeah ?
      Hehe wc dear ?
      Alhamdhu Lillaahi v rangalhu mihaaru ?

  45. Nashuu

    masha allah varah varah varah varah varah reethi mi part..i just love it wow wow wow…masha allah varah reethi keep it up i loved it eem..

    1. Eemyaa
      Nashuu

      Thanks Nashuu ❤?

  46. Adha?

    Oh..? finally shiu nd mishal gulhuny.. yaany nd afu ves dw?.. yaal dnt drink that? alhe eesha ah e boveynama.. yaal nd shaun ge dhiriulhumun dhurah dhaanama dw…?
    Varah reethi mi part ves
    Waitingss ❤❤❤❤

    1. Eemyaa
      Adha?

      Yeyyyyy dw ?
      Dw ?
      Thanks Adha ❤?

  47. linie

    alhey eemy haadha riichey..aflaak and yaany please..and next part when up vaany?
    ILYSM~~

    1. Eemyaa
      linie

      Thanks linie ❤
      Mirey In Sha Allah ?
      LY ?

  48. Nashuu

    eem next part when??? waiting

    1. Eemyaa
      Nashuu

      Mirey In Sha Allah ?

  49. Shifoo

    Eem koba story…

    1. Eemyaa
      Shifoo

      Nw up kohlaaf ?

  50. Maahy

    Eem koba tha story kiyaa hithun kehmadhu vefa… Thankolheh avas kohba….

    1. Eemyaa
      Maahy

      Thanks dear ❤ nw up kohlaaf ?

  51. aalaa

    Eemy kobatha next part?????

    1. Eemyaa
      aalaa

      Nw up kohlaafa dear ?

  52. Ham

    Koniraku next part up kurany

    1. Eemyaa
      Ham

      Nw up kohlaafa dear ?

  53. Missy

    Eem konirakun story up kurany

    1. Eemyaa
      Missy

      Nw up kohlaafa dear ?

Comments are closed.