Skip to content
އެސްފިޔަ

ހިތުގެ ވިންދު 2

މަލައިކާ ސާރާގެ ކޮނޑުގައި އަތްއަޅަމުން އަހާލިއެވެ. “ސާރާ! ކިހިނެއް. މިއަދު ކޮން ކަމެއް އޮތީ؟”

“އާނ! މަ ރަނގަޅު. މިއަދު ނެތޭ ކަމެއް. މަލައިކާ ކިހިނެއްތަ. ފައިޒާންއާ ވާހަކަ ދައްކަންތަ އަދިވެސް؟”  ސާރާ އަހާލިއެވެ.

“ހޫމް. ދިމާވި އިއްޔެ. އަހަރެންގެ ހާލު އެހި ދެން ބުނަނީ ފައިޒާން މަންމަ އަހަރެން ހޯދިކަމަށް..”

“މަލައިކާ! އަދިވެސް ފައިޒާން ދެކެ ލޯބިވަން ދޯ. އޭނަ މަތިން ހަދާން ނެތޭނީ ކޮން އިރަކުން؟؟ އޭނަ ދޯ މަލައިކާ ދޫކޮށްލާފަ ދިޔައީ… މަލައިކާ އެންމެ ބޭނުންވި ދުވަހު ފައިޒާން ދިޔައީ ދުރަށް! އެކަމާ ދެރަނުވޭ… އެންމެ ރަނގަޅުވާނީ އާ ދިރިއުޅުމެއް ފަށަން ފައިޒާން އަށް ވުރެއް ރަނގަޅު ކުއްޖެއް ލިބިދާނެ.”

” އާނ!  ތިބުނީ ތެދެއް!” މަަލައިކާ ދެރަ ހިނިތުންވުމާއެކު ސާރާ އާ ދިމާއަށް ބަލާލިއެވެ.

“ދެން ހިނގާ މިވާހަކަ ހުއްޓާލަން އަހަރެން ބޭނުމެއްނޫން އެވާހަކަ ދައްކައިގެން މަލައިކާ އިތުރަށް ދެރަ ކުރާކަށް.!”

“ދެކުދިން ކޮން ވާހަކައެއް ތިދައްކަނީ؟” އަލީ އޮފީހަށް ވަދެ ސާރާ އާއި މަލައިކާ ކައިރި އަހާލިއެވެ.

“އަލީ އަށް އިނގޭނެ އަހަރުމެން ކޮން ވާހަކައެއްކަން މިދައްކަނީ ނޭގި ނުހުންނާނެ..” ސާރާ މަޖާ ރާގަކަށް އަލީ ކައިރި ބުންޏެވެ.

” ހޫން! ފައިޒާން ދޯ. އާ އާ މަށަށް އިގިއްޖެ! ” އެހެން ބުނުމަށްފަހު އަލީ އަމިއްލަ ކެބިންއަށް ގޮސް އިށީނދެ މަސައްކަތްކުރަން ފެށިއެވެ.

“އަވަހަށް ހިނގާ މަސައްކަތްތައް ވަރަށް އަވަހަށް ނިންމަން މަ އެބަޖެހޭ… ” ސާރާ އެހެން ބުނުމަށްފަހު މަސައްކަތް ކުރަން ފެށިއެވެ.

މަލައިކާ އޮފީހުގައި އަވަދިނެތި އުޅެމުން ދިޔައެވެ. މެންދުރު 12 ޖަހަނިކޮށް ފައިޒާންގެ ކޯލްއެއް އައެވެ. މަަލައިކާ ކޯލް ނެގުމާއެކު މަލައިކާއަށް ދެން އިވުނީ ވަރަށް ހިތާމަވެރި ހަބަރެވެ.

“މަލައިކާ އަހަރެން މަންމަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އަހަރެން މަންމަ މަލައިކާ ދެކިލަން ބޭނުންވާތީ އަހަރެން މިގުޅީ…” ފައިޒާން ވަރަށް ދެރަވެލާފައި ބުންޏެވެ.

“އާނ! އެބަ ދަން އަހަރެން… ފައިޒާން މަންމަ ކައިރި ބުނޭ އަހަރެން އެބަ އާދެއޭ..”  ހިތް ނުތަނަވަސް ވެފައި ހުރި ނަމަވެސް ފައިޒާންގެ މަންމަގެ އެދުމަށް ދެކޮޅުހަދާކަށް ނުކެރުނެވެ. އެހެންކަމުން މަލައިކާ އަވަސްވެގަތީ ހޮސްޕިޓަލަށް ދާންށެވެ.

“ސާރާ އަހަރެން މިދަނީ ..ފައިޒާން މަންމަ ހޮސްޕިޓަލުގަ ބާއްވައިފި! އެހެންވެ އަހަރެން ކުޑަކޮށް ލަސްވެދާނެ!  އާދިލް ކައިރީ ބުނައްޗޭ އަހަންނަށް ލަސްވެދާނެޔޭ..!”

މަލައިކާ ހޮސްޕިޓަލަށްގޮސް ފައިޒާން މަންމައާ ބައްދަލުކުރިއެވެ.

“ދައްތާ ކިހިނެއް ހާލު!” އޯގާތެރިކަމާއެކު ޙާލު އަހާލަމުން އެނދުކައިރީ ހުރި ގޮނޑީގައި އިށީނެވެ.

“މަލައިކާ.. ދައްތަ ރަނގަޅު އިރާދަކުރެއްވިއްޔާ! ދައްތަ ދެރަވޭ ފައިޒާން މަލައިކާއާ ދޭތެރޭ އެހެން ކަންތައް ކުރީތީ… ދައްތައަށް އިނގޭ މަލައިކާއަށް އުދަނގޫ ކަން ފައިޒާން އޭނަގެ މަންޖެއާ އެކީގަ ފެނުމުން…. ”

ފައިޒާން މަންމަ މަލައިކާގެ އަތުގަ ހިފާފަ ރޮވުނެވެ.

“ނޫން ދައްތާ! ދައްތަގެ ކުށެއްނޫން…. އަޅުނގަޑާއި ފައިޒާން އާ ދެމެދު ވީ ކަމެއް ވީ… ދެން ދެމީހުންނެއް ނޫޅެވޭނެ އެކީގައެއް…. އަޅުގަނޑުގެވެސް ކުށެއް ކުރެވުނީމަ ނޫންތޯ ފައިޒާން އެދިޔައީ އަޅުގަނޑާ ދުރަށް…. އެހެންވެ ދައްތަ ތިކަމާ ހިތާމަ ނުުކުރޭ ކޮންމެ ގޮތެއްވެސް ވާނީ ރަނގަޅަށް…”

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (5)

  1. kookie

    Aharaku part eh genesdhey vaahakaeh tha mee???…..

  2. Muroo....

    Reethi.. adhi miah vure furihama vaane kamah hykuran

  3. Shau Aria

    Alhe haadha kurey… Ekam varah reethi ?

  4. angelic maako

    srry kuree aharu liyefa dhn hadhaan nethunee update kuran dhevana bai ehenve

  5. thalpalhey ?

    Varah salhi…when next part

Comments are closed.