Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ދިން އުފާ 28

seym Level 310 Stories100 Login100 Comments
October 23, 2017 5 Mins Read
13 Comments

ދޮރު ލައްޕާލަމުން އީރަމް ދެލޯ މަރާ ބާރުކޮއްލިއެވެ. ހިފަހައްޓައިން ހުރި ނޭވާ ދޫކޮއްލަމުން ދޮރުގައި ލެނގިލިއިރު އެ ހިތުގެ ތެޅުން އަވަސް ވެފައިވާވަރު އިހްސާސްކޮއްލެވުނެވެ. ފިނިވެފައިވާ ދެއަތް ތިލައިން ހެދުމުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. ހޭލާ ހުއްޓާ ފެނުނު ހުވަފެނެއްހެއްޔެވެ. ލާމިހް އެގެޔަށް އެޔައީ ކީއްކުރަންހެއްޔެވެ. ޖަނާ ދެއްކި ވާހަކަތަށް ހަނދާންވުމާއެކު އީރަމް ބިރުގަތެވެ. ލާމިހް އޭނާ އަށް ފާރަލަމުން އޭނާ ހޯދަން އެގެއަށް އައީހެއްޔެވެ. ދޮރު ލެއްޕުުމުން އީރަމް ހީކުރީ ލާމިހް އެނބުރި ދާނެކަމަށެވެ. އެކަމަކު ހީކުރި ގޮތެއްނުވިއެވެ. އީރަމް ދޮރު ކައިރީ ހުރިކަން ލާމިހް އަށް އެނގޭތީ ކަންނޭނގެއެވެ. މަޑުމަޑުން ދޮރުގައި ތަޅާލިއެވެ. އަބަދު ލާމިހް އަށް ފިލައިންވެސް ނޫޅެވޭނެތާއެވެ. އޭރު ވީ ލޯބި މިހާރު ލާމިހް ގެ ހިތުން ފުހެވިގެން ހިނގައިދާނެ ކަމަށް އީރަމް އަމިއްލަ ހިތަށް ވިސްނައިދިނެވެ. ނަމަވެސް ލާމިހް ގެ ސޫރަ ފެނުމުން އީރަމް ގެ ހިތުގައި ތިން އަހަރު ވަންދެން ފޮރުވައިން އުޅުނު ލޯބި ހޭލައްވައިލައިފިއެވެ. މޫނުގައި ދެ އަތުން ހިފަހައްޓާލަމުން އީރަމް ހަމަޖެހެން މަސައްކަތް ކުރިއެވެ. އިރުކޮޅަކު އެހެން ހުރެފައި އަނެއްކާވެސް ދޮރުހުޅުވާލިއެވެ. ” ހުސެން އަށް ގޮވާލަދީފާނަން..” ކުޑަކޮށް ހިނިތުންވެލަމުން ލާމިހް އެެހެން ބުނިއިރު އެ ދެލޯ އީރަމް ގެ މޫނުން ވައްކެތްނުވެއެވެ. އެއީ ހަމަ ކުރީގެ އީރަމް އެވެ. ތަފާާތެއް އައީ ހެދުން އެޅުމަށެވެ. އީރަމް ވެސް ލާމިހް އަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. ކުރިއަށް ވުރެވެސް މިހާރު މާ ފިރިހެންވަންތައެވެ. ލާމިހް ފުރުމުގެ ކުރިން ބައްދާލިގޮތަށް އެ ވަގުތު ބައްދާލާނެ ނަމައޭ އީރަމް ގެ ހިތަށް އެރިއެވެ. ލާމިހް ހެޔޮހާލުގައި ފެނުމުން އީރަމް ގެ ހިތަށް ހަމަޖެހުން ލިބުނެވެ. ވެރިވި ހިޔާލުން އިތުރަށް އެ މޫނަށް ނުބަލަން އީރަމް އިސް ޖަހާލިއެވެ. ” ނެތް ގެއަކު.. ބޭރަށް ގޮސްވީ..” އީރަމް ގެ އަޑު ލާމިހް އަށް އިވުނީ ކިރިޔާއެވެ. ހުސެން ގޭގައި ނެތް ވާހަކަ ބުނުމުން ލާމިހް ދެން އެދުނީ ހަނާ އަށް ގޮވާލަދިނުމަށެވެ. އެންމެން ބޭރުގައި ކަމަށް އީރަމް ބުނުމުން ލާމިހް ބޮލުގެ ފުތް ކިބައިގައި މަޑު މަޑުން ޖަހާލިއެވެ. ހުސެން ގެ ރޭވުން ކިތަންމެހާވެސް މޮޅޭ ލާމިހް ގެ ހިތަށް އެރިއެވެ. އީރަމް ގެ މޫނަށް ބާލާލީ އޭނާ އެތެރެއަށް ވައްދާނެކަމަށް އުއްމީދުކޮއްގެންނެވެ. ނަމަވެސް އެހުރި ގޮތަށް އީރަމް އިސްޖަހައިން ހުރީއެވެ. ދާން އެނބުރުނު ތަނާ އީރަމް ގެ އަޑު ލާމިހް ގެ ކަންފަތުގައި ޖެހުނެވެ. ” އެތެރޭގަ މަޑުކޮއްލަން ވީއެއްނު.. އިރުކޮޅަކުން އަންނާނެ އެމީހުން..” ލާމިހް ބަލާލުމުން އީރަމް ދޮެރު ބޮޑަށް ހުޅުވާލިއެވެ. ދެމީހުން ގޮސް ސޯފާގައި ދެ ކޮޅުގައި އިށީނދެއްޖެއެވެ. ލެވިފައިވާ ބޯ ފާާރެއްގެ ސަބަބުން ދެމީހުން ކުރެ އެކަކަށް ވެސް ދައްކާނެ ވާހަކައެއް ނޭނގުނެވެ. ކުރިމަތީ ހުރި ކުޑަ މޭޒުމަތީ އޮތް ފޯނު ނަގަމުން އީރަމް ތެދުވެއްޖެއެވެ. ” އެބަ އަންނަން..” އީރަމް ކާގެއަށް ހިނގައިގަންނަމުން ބުނެލިއެވެ. އީރަމް ދިޔަ ދިމާއަށް ބަލަަހައްޓައިން އިން ލާމިހް ދެއަތުގެ ދެރޭގައި މޫނު ފޮރުވާލިއެވެ. އެއް އިރެއްގައި އެހާ ގާތް ކޮށް އުޅުނު ބަޔަކަށް ވާހަކަ ދައްކަން އެހާ އުނދަގޫ ވެގެން މިއުޅެނީ ކީއްވެ ހެއްޔެވެ.

 

ކާގެއަށް ވަދެވުމާއެކު އީރަމް ހަނާ އަށް ގުޅިއެވެ. ” ކޮންތާކު.. އަވަހަށް ގެއަށް އާދޭ..” އީރަމް ސިޓިންގްރޫމަށް އަވަސް ނަޒަރެއް ދެމުން ބުނެލިއެވެ. “ކިހިނެއްވީ.. މީޝް ހޭލީތަ.. ދޮންތަ އަށް ގުޅާބަ..” ހަނާ ގެ އަޑާ އެކު މަގުމަތީ ދުއްވާ އެއްޗެހީގެ އަޑު އިވުނެވެ. ” ނޫން.. ލާމީ އައިސް އެބައިން… އެހެންވެ..” މަޑު މަޑުން އީރަމް ބުނެލިއެވެ. ” ދެން.. މި ނިމެނީޔޭ… ނިމުނުހާ އަވަހަކަށް ދާނަން..” ހަނާ ފޯނު ބޭއްވުމުން އީރަމް އަށް ހަދާނެގޮތް ހުސްވި ކަހަލައެވެ. ” އަހަރެން އީމް ކަޔެއް ނުލާނަމޭ..” ފަހަތުން ލާމިހްގެ އަޑު އިވުމުން އީރަމް ސިހިފައި ބަލާލިއިރު ކާގޭ ދޮރުމަތީ ލާމިހް ހުއްޓެވެ. އޭނާ ދެއްކި ވާހަކަ ލާމިހް އަށް އަޑު އިވުނީ ކަންނޭނގެއެވެ. ލާމިހް އޭނާާ އާއި ދިމާއަށް އަންނަން ފެށުމުން އީރަމް ޖެހިލީ ފަހަތަށެވެ. މޭޒު ކައިރީ ހުއްޓިލަމުން ލާމިހް އީރަމް އަށް ބަލާލިއެވެ. ” މި.. ކޮފީތަ ޖޫސްތަ..” އީރަމް ގެ ބޭނުމަކަށް ވީ އެތަނުން ލާމިހް ފޮނުވާލުމެވެ. ” ކޮފީ އެއް ރަނގަޅުވާނެ..” އީރަމް ގެ ކޮންމެ ހަރަކާތަކަށް ފަރުވާތެރިކަމާއެކު ބަލަމުން ލާމިހް ބުނެލިއެވެ. ” ސިޓިންގްރޫމުގަ މަޑުކޮއްލަންވީނުން.. މި ދަނީ..” އީރަމް ގެ އެދުމަށް ލާމިހް އެނބުރި ހިނގައިގަތެވެ.

 

ކުރިމަތީ ބެހެއްޓި ހޫނު ކޮފީގެ ވަސް މުޅިތަނަށް ފެތުރިފައިވެއެވެ. ކޮފީ ތަށިން ކޯވަރެއް ބޯލަމުން ކުރިމަތީ ފޯނާއި ކުޅެެން އިން އީރަމް އަށް ލާމިހް ބަލާލިއެވެ. ” ޓީޗަރަކަށް ވާހިތްވާ ވާހަކަ އީމް ނުވެސް ބުނަމެއްނު..” ލާމިހް އެހެން ބުނުމާއެކު އީރަމް ގެ ނަޒަރު ފޯނުން ލާމިހްގެ މޫނަަަށް ހުއްޓުނެވެ. އެކަންތަށް ލާމިހް އަށް އެނގުނީ ކިހިނެއްހެއްޔެވެ. ހަނާ މެން މީހަކު  ބުނީ ކަންނޭނގެއެވެ. ” އިޓް ސޫޓްސް ޔޫ..ޔަގީން ހުރިހާ ކުދިންވެސް ލޯބިވާ މިސް އެއްކަން ތީ..” ލާމިހް އެހެން ބުނުމުން އީރަމް ހިނިތުންވެލިއެވެ. ” ތެންކިޔު.. ހަނާ ތަ ބުނީ..” އެކަން އެނގުނު ގޮތް އޮޅުންފިލުުވަން އީރަމް ބޭނުންވިއެވެ. ” ނޫން.. ފެނުނީ.. އާނާ އިނގޭތަ…” ލާމިހް ގެ ސުވާލުން އީރަމް ބޯ ޖަހާލިއެވެ. ކުލާހުގައި ތިބޭ ކުދިންގެ ނަންތަށް އީރަމް އަށް ފަރިތަ ކަމުން އާނާ ގެ މޫނު ސިފަވެގެން ދިޔައެވެ. ” އެނީ އެއީ ދޮންތަގެ ދަރި.. އެނީ ބަލާ ދިޔަ ދުވަހެއްގަ ފެނުނީ.. ފުރަތަމަ ވަރަށް ސަޕްރައިޒް ވި އީމް އެތަނުން ފެނުނީމަ.. އެނީ ކައިރީ އެހީމަ ބުނީ މިސް އަށް ކިޔަނީ އީމާ އޭ..” ލާމިހް ގެ ވާހަކައިން އީރަމް އަށް ހެވުނެވެ. ” އޯ..ޝީ އިޒް އަ ގުޑް ސުޓޫޑެންޓް..އޮފީހުން ކެނޑިގެން ކުރާހިތްވާ ކަމަކަށް ވީ އެކަންތަށް އެކަނި..” އީރަމް ލާމިހް އަށް ބަލާލަމުން ބުނެލިއެވެ. ” ކީއްވެ ނަމްބަރު ބަދަލުކުރީ..” ލާމިހް ދެން ކޮއްލި ސުވާލުން އީރަމް ފަސްޖެހުނެވެ. އޭރު އެގޮތަށް އީރަމް ކަންތައް ކުރީ ލާމިހް އަށް ރަނގަޅަކަށެވެ. އީރަމްގެ ސަބަބުން ލާމިހް ގެ ކިޔެވުމަށް ބުރު އަރާފާނެތީއެވެ. އަނެއްކޮޅުން އީރަމް ގެ ބޭނުމަކަށް ވީ ލާމިހް ގެ ހިތުގައި ވާ އިހްސާސްތަށް ފުހެލުމެވެ. އަދިވެސް އީރަމް ގަބޫލްކުރާ އެއްކަމެއް އޮވެއެވެ. ލާމިހް ކަހަަލަ ޒުވާނަކަށް އޭނާ އެކަށީގެނެއް ނުވެއެވެ. ދެމީހުންގެ ނަޒަރު ސީދާ ވެފައިވާ އިރު އީރަމް އަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ބޭބީ މޮނީޓާއިން މީޝާގެ ރުއިމުގެ އަޑު އިވުމުން އީރަމް އަވަހަށް އިން ތަނުން ތެދުވެއްޖެއެވެ. އެގަޑީގައި މީޝާ ހޭލިކަން ނަސީބެކޭ އީރަމް ގެ ހިތަށް އެރިއެވެ. މީޝާ އުރާލައިގެން އީރަމް ނުކުތުމާއެކު ލާމިހް ހިނިތުންވެލިއެވެ. ” ހައިގެ ކޮޕީއެއްދޯ ހަމަ…” މީޝާ އުނގުގައި ބައިންދަމުން އީރަމް އިށީދެލިއެވެ. ނުވެސް ދަންނަ މީހަކު ފެނުމުން ލާމިހް ގެ މޫނުށް ބަލަހައްޓައިން އިނދެފައި މީޝާ ދެއަތް ދިއްކޮއްލީ އުރާށޭ ބުނާ ފަދަ ގޮތަކަށެވެ. ” މީޝް މީ ހާދަ ފްރެންޑްލީ ކުއްޖެކޭ ދޯ…” ލާމިހް ތެދުވެ އީރަމް ކައިރީ އިށީންނަމުން މީޝާ އުރާލިއެވެ. ލާމިހް ގެ އެ އީރަމް އަށް ލާމިހް ކުޑަކުދިންދެކެ ލޯބިވާކަން ނަގައިގަނެވުނެވެ. އިރުކޮޅެއް ނުވަނީސް ހުސެން މެން އައުމުން އީރަމް އަވަސް ވެގަތީ ގެއަށް ދިއުމަށެވެ. ގެއަށް ދާން ނުކުންނަމުން ލާމިހް އަށް ބަލާލިއިރު ލާމިހް ގެ ނަޒަރު ސީދާ ވެފައިހުރީ އީރަމް އަށެވެ.

 

ގެއަށް ވަދެގެން އައީ ކަޔާން އާއި އީރަމް ފެނުމުން ޒާހިރުގެ މޫނު އުޖާލާވެގެން ދިޔައެވެ. ކައިރީގައި އިން ސަލްމާވެސް އީރަމް އާއި ކަޔާން އެއްކޮށް ފެނުމުން އިން ތަނުން ތެދުވިއެވެ. ” ކަޔާން.. އަވަހަށް އާދޭ… ސަލްމާ ދޭބަލަ ސައިހަދަން… ” ޒާހިރުގެ އެދުމަށް ސަލްމާ ކާގެއަށް ވަނެވެ. ކަޔާން އިށީނުމާއެކު އީރަމް ކޮޓަރިއަށް ވަނެވެ. ޖަނާ ގޭގައި ހުރިނަމައޭ އީރަމް ގެ ހިތަށް އެރިއެވެ. ރީތިވާ މޭޒު މަތީ ދަބަސް ބާއްވާލުމާއެކު ޒާހިރު ގޮވާލިއަޑު އީރަމް އަށް އިވުނެވެ. ” ކީކޭ ބައްްޕާ..” އީރަމް ކޮޓަރިން ބޭރަށް ބޯ ދިއްކޮލަމުން އަހާލިއެވެ. ” ކަޔާން އާއި އެކު ސައިބޯން ނުކުމޭ އަވަސް ކޮއްލައިން..” ޒާހިރު އެދުނެވެ. އޭނޭ އެތާ  ނެތަސް ކަޔާން އަށް ސައިބޮވި ދާނެއޭ އީރަމް ގެ ހިތަށް އެރިއެވެ. އެއްޗެހި ވެސް ބަދަލުނުކޮށް އީރަމް ނުކުމެ ކަޔާން ގޮވައިން ވަނީ ކާގެއަށެވެ. ހެދިކާ ތަށިތަކުގެ މަތި ނަގަމުން ސައި ތަށި ގެނެސް ކަޔާން ކުރިމަތީ އީރަމް ބެހެއްޓިއެވެ. ” މި ގޭގަ ހާދަ މީހުން މަދޭ ދޯ… ކޮބާ އީމް ގެ ކޮއްކޮ.. އެހެންޏާ އިންނާނެ އަބަދު ޓީވީ ކުރިމަތީ މިގެއަށް އަންނައިރު..” ކަޔާން އީރަމް އަށް ބަލާލަމުން އަހާލިއެވެ. ” ޖަނާ ދޯ.. ކޮލެޖްގަ ވާނީ މިގަޑީގަ..” އީރަމް ވެސް މޭޒު ކައިރީ އިށީދެލިއެވެ. އާދައިގެ މަތިން ދެން އެދެމެދުގައި ދެކެވުނީ ސުކޫލް ގެ ކޮންމެވެސް ވާހަކައެކެވެ.

 

އީރަމް އާއި ކަޔާން ގެ ހަރަކާތްތަށް ރީތި ކޮށް ސިޓިންގްރޫމްގައި އިން ސަލްމާ އަށް ފެނެއެވެ. ދެމީހުންގެ ދެމެދުގައި ދެކެވޭ ވާހަކައިގެ ތެރެއިން ހުނުމުގެ އަޑުވެސް ސަލްމާއަށް އިވެއެވެ. އެ ސިކުނޑިއަށް ވެރިވެގަތް ހިޔާލުން ކައިރީގައި އިން ޒާހިރުއަށް ބަލާލިއެެވެ. ” ކަޔާން އާއި އީރަމް ވަރަށް ގުޅޭ ދޯ..” ސަލްމާ އެހެން ބުނުމުން ޒާހިރު އެ މޫނަށް ބަލާލިއެވެ. ” ތިބުނީ..” ސަލްމާ އެ ބުނި ޖުމްލައިން ނަގަންވީ ވަކި މާނައެއް ނޭނގުމުން ޒާހިރު އަހާލިއެވެ. ” މި ބުނީ އީރަމް އާއި ކަޔާން ވަރަށް ގާތް ދޯ އޭ.. އެދެކުދިންގެ އެކުވެރިކަމުގެ ވާހަކަ..” ސަލްމާ ގެ ބުނުމަށް ޒާހިރު އެއްބަސްވިއެވެ. ” ކަޔާން އަކީ ރަނގަޅު ކުއްޖެއް..” ޒާހިރު އެހެން ބުނުުމުން ސަލްމާ ބޯ ޖަހާލިއެވެ. ” އަހަރެންގެ ހިތަށް އަރާ ކަޔާން އާއި އީރަމް ގުޅިއްޖެ ނަމަ ވާނީ ކިހިނެއްބާއޭ.. މިހާރުވެސް އެ ދެމީހުން އެކީ ގިނަ ވަގުތު އެ ހޭދަ ކުރަނީ.. އަޅެ ޒާހިރު ކަޔާންގެ ހިތުގައި ވާ އެއްޗެއް އޮޅުން ފިލުވަބަލަ.. ހަމަ ގައިމުވެސް އެދުމެއް އޮވެގެން ކަންނޭނގެ ކަޔާން އެހާ ގިނައިން މިގެއަށް އަންނާނީ..” ސަލްމާގެ ވަސްވާސް ތަކުން ޒާހިރު ގެ ބޯ ފުރާލެވޭތޯ ބެލިއެވެ. ކަޔާން އީރަމް އާއި ގުޅިއްޖެ ނަމަ އެ މުއްސަނދި އާއިލާގެ އެއްބަޔަށް އެމީހުން ވާނެތާއެވެ. އީރަމް މެންނަށް ޒާހިރު ބަލާލިއެވެ. އެކަހަލަ ގުޅުމެއް އީރަމް އާއި ކަޔާން އާއި ދެމެދު އޮވެދާނެހެއްޔެވެ. ނާއިލް އަށް ފަހު އީރަމް ކައިވެންޏެއް ނުކުރަން ހުންނަ ސަބަބު ނޭނގުނުނަަމަވެސް ކަޔާން އީރަމް އުފަލުގައި ގެންގުޅޭނެ ކަމުގައި ޒާހިރު އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. ފުރަތަމަ ކަމަކަށް އެ ދެކުދިންގެ ހިތުގައި ވާގޮތް އޮޅުންފިލުވުން މުހިއްމު ކަމުގައި ޒާހިރު ނިންމިއެވެ.

 

ދަންވަރު ގަޑިން ދޭއްޖެހިއިރުވެސް އީރަމް ގެ ލޮލަކަށް ނިންޖެއް ނައެވެ. ލާމިހް އާއި ބައްދަލުވި އިރު ހިނގާދިޔަ ކަންތަށް އީރަމް ގެ ސިކުނޑީގައި ހަރުލާފައިވެއެވެ. ލާމިހް ގެ ހަޔާތުގައި ހާއްސަ ކުއްޖެއް މިހާރު ހުރެދާނެބާވައެވެ. ބާލީސް ކައިރީގައި އޮތް ފޯނު ނަގަމުން އީރަމް ފަރިތަކަމާއެކު އެ ހިތުގައި ވާ ލާމިހް ގެ ކުރީގެ ނަމްބަރު ޖަހާލިއެވެ. ދެ ހިޔާލެއްގައި އޮވެ ގުޅާލުމުން އެކޮޅުން ފޯނު ރިންގް ވާ އަޑު އިވެއެވެ. ފޯނު ކެނޑުމުން ދެވަނަ ފަހަރަށް ގުޅާކަށް އީރަމް އަކަށް ނުކެރުނެެވެ. އެ ނަމްބަރު އެހެން މީހެއް ބޭނުން ކުރަނީ ކަމަށް ވެސް ވެދާނެއެވެ. ލާމިހް ފެނުމުންވެސް އެހިތަށް ހަމަޖެހުމެއް ލިބުން ނެތީ ހެއްޔެވެ. ދެމީހުން ދުރުގައި ތިބުމަށް ވުުރެ އެކަކު އަނެކަކު ފެންނަ ހިސާބުގައި އުޅެން މާ އުނދަގުލެވެ.

 

ހެނދުނު ހޭލެވުމާއެކު ލާމިހް ފޯނުން ގަޑި ބަލާލިއެވެ. ހަމައެއާ އެކު ނުދަންނަ ނަމްބަރަކުން އޭނާ އަށް ގުޅާފައި އިންތަން ފެނުނެވެ. އެހާ ލަސް ގަޑި އެއްގައި އޭނާ އަށް ގުޅާނެ މީހެއްނުހުންނާނެޔޭ ލާމިހް ގެ ހިތް ބުނެލިއެވެ. އޮޅިގެން މީހަކަށް ގުޅުނީކަމަށް ނިންމައިިން ލާމިހް ހިނގައިގަތީ ފާހަނައަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

ބިކަވި ހަޔާތް (4)

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 46 (ސަޔާޅީސްވަނަ ބައި)

Next
October 23, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 46 (ސަޔާޅީސްވަނަ ބައި)

Previews
October 23, 2017

ބިކަވި ހަޔާތް (4)

13 Comments!

  1. Shaima says:
    October 23, 2017 at 6:19 pm

    Me first tha?nuves kiyan adhi

  2. Shaima says:
    October 23, 2017 at 6:25 pm

    Wow vvvvvv reethi mi part ves waiting for the next part

  3. SJK...KOREAN says:
    October 23, 2017 at 6:28 pm

    vvvvv salhi. varah kiyaa hithun hutta e nimunyyyy.. alhe avahah nxt part plxxx up kohlahchey.. 😀

  4. Sharoo says:
    October 23, 2017 at 6:55 pm

    Vvvv reathi vahakaea me…. Next part ves v v avaha upload koalachea..???

  5. Shahy says:
    October 23, 2017 at 7:37 pm

    Alheyy haadha salhi ey mi vaahakah avahah eneh part liyelahchey plxx…

  6. Xxxx says:
    October 23, 2017 at 10:06 pm

    Wooowwww…v.nice ..?????

  7. Mai says:
    October 24, 2017 at 12:48 am

    Varah varah varah loabi?
    Plz pl plz avahah next part upload kohlaba

  8. ??? says:
    October 24, 2017 at 5:57 am

    Vvvv rythi mibaiii☺☺???

  9. Falak says:
    October 24, 2017 at 8:25 pm

    V reethi, Seym

  10. Anonymous says:
    October 24, 2017 at 8:33 pm

    Haadha kureyyy…bt vvv reethi waitinggggg

  11. aish says:
    October 25, 2017 at 11:27 am

    Whn nxt part ?????

  12. seym says:
    October 25, 2017 at 10:36 pm

    Thankew all for the sweet comments ♥️? Will upload the next part asap. ?

  13. Shiraa says:
    October 27, 2017 at 7:35 pm

    Drum haadha lahey vaahaka up kohdhevey ley …why? Plx thi haa lasnukoh up kohdheebala???

Comments are closed.

Next Episodeތިޔަ ދިން އުފާ 29←


All Right Reserved!