ނަލަހިޔާގޭގެ ދެވަނަ ފަންގިފިލާގެ ބެލްކަނީގައި ހުރި ޒުވާނާގެ ތޫނު ނަޒަރު ހުއްޓިފައިވަނީ މަގުމަތީގައި ކުޅެން އުޅޭ އަންހެން ކުދިންތަކަކާއި ދިމާލަށެވެ. ކިޔަވާ ނިންމާފައި ވަޒީފާއަށްދާ ކުދިންތަކެއް ވިޔަސް ކޮންމެ ދުވަހެއްގެ ހަވީރު މިކުދިން ހޭދަ ކުރަނީ އުފަލާއި މަޖަލުގައެވެ. އެއްވެސް ހިޔާލެއް ފިކުރެއް ނެތް ބައެއް ފަދައިންނެވެ.
ޔުއާންގެ ނަޒަރު ހުއްޓިފައި ހުރީ މަޑު ފިޔާތޮށި ކުލައިގެ މަތިކޮޅަކާއި ކަޅުކުލައިގެ ސްކީއެއް ލައިގެން ހުރި އާފްރީން އާއި ދިމާލަށެވެ. ޔުއާންއަށް އެތަނުން އެހެން މީހެއް ނުވެސް ފެންނަ ކަހަލައެވެ. މިއިން އެއްވެސް ކަމެއް އާފްރީންއަކަށް ނޭންގެއެވެ. އާފްރީން ގެ ސަމާލުކަން ވަނީ އެކުޅޭ ކުރިވަރަށް ހުސްކޮށްލާފައެވެ.
އިރުއޮއްސެން ކައިރިވުމުން އާފްރިންއާއި އޭނާގެ އެހެން އެކުވެރިން މިސްރާބް ޖެހީ ގެއާ ދިމާލަށެވެ. އެންމެން ދާން ފެށުމުން ޔުއާންވެސް އެތެރުއަށްވަނީ އޮފީހުން އައިސް ފެންނުވަރާ ހުރުމުން، މަޣްރިބް ނަމާދިށް ދާންވާއިރަށް ފެންވަރަންށެވެ. ފެންމާގަނޑު ދަށުގައި ހުރި އިރުވެސް ޔުއާންއށް ސިފަވަނީ ކުޅުން ހުރި އާފްރީންއެވެ. ބޯޅައިން ރެކެންވެގެން އެގެންނަ ހަރަކާތްތަކެވެ.
ޔުއާން އެހިޔާލުގައި ހުއްޓާ ބަންގި ގޮވާ އަޑު އިވެން ފެށިއެވެ. އަވަސް ކޮއްލައިގެން މިސްކިތަށް ދެވުނީ ކިރިޔާ ޖަމާއަތުގައި ބައިވެރިވެވޭވަރަށެވެ.
ގެއަށް ވައިން އާފްރީން ބެލީ ފެންވަރައިގެން ނަމާދު ކޮށްލެވޭ ތޯއެވެ.
“އާފްރީން” އެ އިވުނުނީ އާފްރީންގެ މަންމަ އާސިމާ ގޮވާލި އަޑެވެ.
“އޯއި މަންމާ. މިދަނީ” އަވަސް އަވަހަށް ޖަވާބު ދީފައި އާފްރީން އަވަސްވެގަތީ ކާގެއާއި ދިމާލަށެވެ.
ކާގެއަށް ވައިން އިރު ފެނުނު މަންޒަރުން އާފްރީންގެ ދެލޯ ބޮޑުވިވެވެ. ކާގެ މޭޒު ކައިރީގައި އެއިނީ އާފްރީންގެ ބޭބެ އަރްމާންއެވެ. ލިބުން ޝޮކުން އަރައިގަނެވުމުން ތޫލި އަޑަކުން ހަޅޫއްލަވަމުން ގޮސް އަރްމާން ގައިގާ ވަރަށް ބާރަށް އާފްރީން ބައްދާލިއެވެ.
“އަހަރެން މަރާލަންތަ ތި އުޅެނީ؟ ނޭވާ ހާސް ވެއޭ އެބަ..” އެވަގުތު ކޮޅަށްވެސް އާފްރީންއަށް ޖެއްކޮށްނުލާ އަރްމާންއަށް ނުހުރެވުނެވެ.
“ދެން ދޮންބޭ..!!” އާފްރީން ގާތަށް ރުޅި އައިސްގެން އަރްމާން ގައިގާ ހެސްކިޔާފަ ބޮނޑިއެއް އަޅާލިއެވެ.
މި ދެކުދިން ޖަހާ ސަކަރާތަށް ބލަން އިން އާސިމާގެ ލޮލުންވނީ އުފާވެރިކަމުގެ ކަރުނަ ނީރާލާފައެވެ.
30 Comments!
Comments are closed.



This is my first story.. Mistakes rangalhu kohlaanan bunelyma..
leave a comment.. 🙂
Masha Allah. V reethi vaane kamah uhmeedhu kuran..??Good luck darling….
Thank you Yaania 🙂
Nice start.. Good luck
Thankyou 🙂
wow. varah nice. baeh than than huri mistake.. jehsunkoh nulaa innanvy thaakah jehkohnulaa jehifa ebain. n baeh fili thah wrong koh jehifa ebahuri. 🙂 hope u’ll correct it 🙂 n i’m sure this story would be fabulous, GOOD LUCK .waiting. kon dhuvas thakehga up kohla dheynee??? 😀
Thak you..
Dhn faharakun mistakes rangalhu kohlaanan.
knmme dhuwahaku vx up kohdheweythw balaanan hama 😀
Thank you..
Dhn faharakun mistakes rangalhu kohlaanan.
knmme dhuwahaku vx up kohdheweythw balaanan hama 😀
Wow!nice keep it up When next part?????????????????
Thank you sana. :*
In sha allah maadhan next part <3
Nice beginning
Thank you
V reethi vaane hen heevey. Dhen up kuraa faharaku kithahvana part kan jahaala dhinihyaa varah furihama vaane
Thank you..
aadhe hama jahaalaanan kithah vana part kan
vrah reethi thankolheh kuree genes dheefa inleh….dhigu kolhaa
thank you
V reethi feshun.. Yuan e gothah Afreen ah neygi balan hunnaathy v cute ?
Story v reethi vaane hen heeve ❤
Good luck dear keep going ???
hehe.. thank you.
Wow.. v salhi thi starting.. waiting for next part dear ❤
Thank you.
v reethi vanehen heyvey..nxt part thankolheh dhigukoh genesdheyba..
thank you.
in sha allah next part thankolheh dhigu kohlaanan
Story vrh reethi ekm Aafreen ah vure afreen maa reethi. Aafreen kiyan vrh undhagu
thank you..
ohh.. aafreen kyma reethive ehn jahaaly
Masha Allah ….. varah reethi… good luck……
thank you
Nice…??????
good job.hope kuran mivaahaka medhukendumehnethi upload vaane kamah unlike other stories :))
vara reethi
adhikiriya stry mikiyaalevne v nice. gud luck