ނައިނާ އައިޒަންއަށް ނުބަލަންވެގެން ފުރަގަސްދީގެން އިނެއްކަމަކު ލަސްވާތީވެ އަނެއްކާވެސް ބޯދިއްކޮށްލިއެވެ. ލައިގެން ހުރި ކަޅު ބުރުގާގެ މަތިން ދެލޯ ފެންނަވަރަށް ކަޅު ފޮތިގަނޑެއް އޮޅާލީ އޭނާގެ މޫނު އެކަކަށްވެސް ފާހަގަވާން ނޭދޭތީއެވެ. ނައިނާގެ ފެންނަމުން ދިޔައީ ދެލޯ އެކަންޏެވެ. މަޑު ފިޔަވަޅުތަކެއްގައި އޭނާ ދޮރާއި ކައިރިވެފައި އައިޒަން ކޮބައިތޯ ބަލާލިއިރު އައިޒަން ރެއިލިން ކައިރި ކޮއްޅަށް ހުއްޓެވެ. ކުރީގައި އޭނާގެ މަންޒިލަކީ އައިޒަންއެވެ. ދިރިއުޅުމަކީ އައިޒަންއެވެ. ނަމަވެސް މިއަދު އެ އައިޒަން އަކީ އޭނާގެ އެކައްޗެއްވެސް ނޫނެވެ. […]
އީރަމް އަށް ގެއަށް އާދެވުނު އިރު ހަގަޑި ބައިވަނީއެވެ. ކާރުން ފައިބައިގެން އަވަސް ފިޔަވަޅުތަކެއްގައި ގެއަށް އައިސް ވަތް އިރު ކާ ގޭގައި ޖަނާ އާއި ސަލްމާ ވާހަކަ އެއްގައި ތިބި ތަން ފެނުނެވެ. އީރަމް ފެނުމާއެކު ދައްކަން ތިބި ވާހަކަ އަށް ހުއްޓުމެއް އައިކަން އޭނާ އަށް އިހްސާސްވިއެވެ. ޖަނާ މޫނު އަނބުރާލި ގޮތުން އަދިވެސް ހިތްހަމަ ނުޖެހިފައި ހުރިކަން އީރަމް އަށް އެނގުނެވެ. ޖަނާ ލައިގެން ހުރި ކަކުލާ ހިސާބަށް އަރާ ރަތް ކުލައިގެ […]
އިބްތިޝާމްގެ އެހީގައި ނައިނާގެ އިތުރަށް ލީޝާވެސް އެނބުރި މާލެއައީ އެހެން ނަމެއްގައެވެ. އެހެން އާ މީހަކަށްވެގެންނެވެ. އިބްތިޝާމް އޭނާގެ އަމިއްލަ އެޕާޓްމެންޓަށް ނައިނާއާއި ލީޝާ ގެންގޮސް ދެމީހުންނަށްވެސް ހުރެވޭނެ ގޮތް ހަމަޖައްސައިދިނެވެ. ނައިނާ ފެންވަރާލައިގެން ނިކުމެ ލޯގަނޑު ކުރިމަތީ ހުއްޓިލިއެވެ. މިހާރުވެސް ދެލޮލަށް ސިފަވަމުން ދަނީ މަރަށް ތެޅެމުންދާ ޝާމިރާއެވެ. މާރިޔާއަށް އެ ދިން އަނިޔާއަށްވުރެ އިތުރަށް އަނިޔާ ޝާމިރާއަށް ލިބެންޖެހޭނެއެވެ. ނައިނާ އެ ދުވަހު މަރާ ނުލާ ދޫކޮށްލިފަދައިން ޝާމިރާވެސް އެހާ އަވަހަށް މަރުވިޔަކަ ނުދޭނެއެވެ. […]
ޔުމްނާ ފިނިފެންމަލުން ވަސް ބަލާލަން އުޅެނިކޮށް އެމާ އޭނާއަތުން ދޫވެގެން ބިން މައްޗަށް ވެއްޓެން ދިޔައެވެ. އެއާއެކު މިޝާލް ހީވީ ފޫކޮޅަށް ކަށްޓެއް ހެރިގެން އުޅުނު މީހެއް ހެންނެވެ. އަވަސް ހަރަކާތަކާއެކު ގުދުވެފައި އޭނާ އެމާ ޔުމްނާއަށް ނަގައިދޭން އުޅުނެވެ. ނަމަވެސް އޭނާއަށް އެމަލުގެ ތަނޑީގައި ހިފުނު ވަގުތަކީ އާރިކްވެސް އެ މަލުގެ ތަނޑީގައި ހިފި ވަގުތެވެ. މިޝާލް ދެމުބަ ގޮށްޖަހާލަމުން އާރިކްގެ މޫނަށް ބަލާލިއެވެ. ލާނެތް ގޮތަކަށް ހިނިތުންވެލައިގެން ހުރި އާރިކް ފެނުމުން އޭނާއަށް ދަތްކުނޑި […]
އިރާ ބ.ކަމަދޫއަށް ފުރީ ވަރަށް ފޮނި އުއްމީދާ އެކުގައެވެ. ތެޅިތެޅި އޮތް ހިތަކާ އެކު އިރާ ވިސްނަމުން ދިޔައީ ބައްޕައާއި މަންމަ ހުނާނެ ގޮތަކާއި މެދުގައެވެ.ހިޔާލު ތަކުގައި ދެމައިންގެ ސޫރަ ކުރަހަމުން ދިޔަ އިރާ އިރު އިރު ކޮޅާ އުފަލުން ހީލައެވެ. ދުވެފަ ގޮސް ބައްދާގަންނާނީ ހެއްޔެވެ.؟ ނޫނީ ސަލާމް ކޮށްލަނީ ހެއްޔެވެ. އެތަކެއް ސުވާލު ހިތަށް ގެނަވަމުން ދިޔައެވެ. ރަށާ ކައިރި ވި ވަރަކަށް އިރާގެ ހިތުގެ ތެޅުން އަވަސް ވި އެވެ. ރަށުގެ ޖެޓީއަށް ފެރީ ކައިރި ކުރި އިރު ޖެޓިމަތީގައި […]
އަޝްވާ އަސްރާރުގެ އެއްމެ ހަގު ދަރިފުޅު އަޝްވާ އަކީ މީހުންނާއި ގުޅޭ ސަކަ މިޒާޖެއްގެ ކުއްޖެކެވެ. ކިޔެވުމުގައި ރަންވަނަ ތަކެއް ހާސިލްކޮށްގެން މިހާރު އަޝްވާ އެދަނީ އެކައުންޓިންގެ ދާއިރާ އިން މަތީ ތައުލީމު ހާސިލުކުރަމުންނެވެ. ވަޒީފާއަށް ދާން ބޭނުން ވިޔަސް އަޝްވާއަށް އެފުރުސަތު ލިބިގެން ނުދަނީ ބޭބެ، އަޝްވިންގެ ދަރިފުޅު ބެލުމަށްޓަކައި އެވަގުތުތައް ހޭދަކުރާތީއެވެ. އީޝްގެ ކަންތައް ކޮށްދިނުމަށްޓަކައި އޭނާ އިސްނެގީ އެއްވެސް މަޖުބޫރު ކަމެއް ނެތިއެވެ. ބޭބެއަށް ހެޔޮ ހިތުން ކޮށްދޭ ކަމެއްގެ ގޮތުގައެވެ. އަދި […]
“ތީ އަސްލުވެސް އީއްކޮގެ މާމަތަ؟؟” ކާރުގައި އިށީނދެ އިން އައިނާ މައުސޫމްގޮތަކަށް އެ ސުވާލުކުރީ އޭނާއާއި ޖެހިގެން އިން ޝާމިރާއެވެ. ޝާމިރާ ހީލާފައި އައިނާގެ ބޮލުގައި ފިރުމާލިއެވެ. އަދި އާއެކޭ ބުންޏެވެ. ނައިނާ ދެކެ ކިތަންމެ ރުޅިއަޔަސް އޭގެ ބަދަލު އައިނާއަށް ދޭން ބޭނުންނުވަނީ އައިނާގެ ބޭނުން ހިފައިގެން ނޫނީ ނައިނާ އާއި އައިޒަންގެ ދެމެދުގައި އޮތް އެ ގުޅުން ނުކެނޑޭނެކަން އިނގޭތީއެވެ. އައިނާ މަންމަ ކޮބައިތޯ ސުވާލުކުރުމުން ޝާމިރާ ބުނީ މަންމަ އައިނާ ބައްޕި […]
އެންމެ ހިނދުކޮޅަކަށް ވެސް ނަޒަރު މި ކުއެޖާއާއި ވަކި ނުވެހުރި ނިޔާ ސިއްސައިގެން ދިޔައީ ޒުވާނުން ގެ މަރުކަޒު ބާސްކެޓް ކޯޓުން ނުކުމެގެން އައި ޒުވާން ދެފިރިހެން ކުދިން މި ރީތި އަންހެން ކުއްޖާ ކައިރިއަށް މަޑު ކޮށްލުމުންނެވެ. ކުޑަ ކުޑަ ވަގުތު ކޮޅެއްގަ ނަމަވެސް ހިތަށް ގެނުވި ބަހާރު މޫސުން ގެއްލުނު ކަހަލައެވެ .ކުޅެވެމުން ދިޔަ ހިޔާލީ ލަވަ ހުއްޓި،ހޭލާ ހުރެ ދެކެވެމުން ދިޔަ ހުފެނަކީ ބިލާހެއްކަމަށް ހީކުރެވުނެވެ. މިޒާމާނުގައި މިހާ ރީތި އަންހެން ކުދިން ހުހަށް ތިބެދާނެ ކަމަށް ހީކުރެވުމަކީ ކުންހީ އެއްކަމަށް ނިންމިއެވެ. ވީ ފޫސެއްގެ ބޮޑުކަމުން ސޯޓް ޖީބުގައި އޮތް ފޯނު ނަގައިގެން ނަންބަރަކަށް ގުޅަމުން ބާސްކެޓް ކޯޓާއި ދިމާލަށް މިސްރާބު ޖެހިއެވެ. ނިޔާ ހިނގަމުން މި ކުއްޖާ ހުރި ތަން ފަސްދީ ފައި ދިޔައިރު މި ދެފިރިހެން ކުދިން ދައްކަމުން ދިޔަ ވާހަކަ އަޑު އިވި ނިޔާގެ ފިޔަވަޅު ހުއްޓުނެވެ. ކަންފަތުގައި ޖަހާފައި ހުރި ފޯނު ތިރި ކޮށްލަމުން މުށު ތެރެއަށްލާ ފިތާ ލެވުނީ އައި ސިނގު ރުޅި މައިތިރި ކޮށްލުމަށެވެ. ބޭ އިޙްތިޔާރުގައި ފަސްއެބުރި އެދިމާލަށް ދެވުނީ ނިޔާ އަޑުއިވުނީ ރަނގަޅަށް ތޯ ބެލުމަށެވެ. އެއްވެސް ޖެހިލުމެއް ނެތި މި އަންހެންކުއްޖާ އަށް ބަހުގެ ގޯނާ ކުރަމުން ދިޔަ ދެފިރިހެން ކުދިންނަށް ނިޔާ ފެނި ދުރަށް ހިނގާގަތެވެ. ނިޔާ ގެ މޫނުގެ ކުލަވަރު ހުރި ގޮތުން އެއީ މި އަންހެން ކުއްޖާއާއި ކޮންމެވެސް ގުޅުމެއް ހުރި މީހެއްކަން އިނގުނީ ކަން ޔަގީނެވެ. ނިޔާގެ މުއްކަވާލެފއިވާ އަތައް ބަލަމުން ، އެތަނުން ކަޅުކޮށް ހިކިކޮށް ހުރި ކުއްޖާ “ސޮރީ ބޮރޯ’ އޭބުނެ ދުރަށް ހިނގާ ގަތެވެ. ” ފިރިހެނަކަށް ވީތީ އެމީހުންގެ ފަރާތުން މާފަށް އެދެން” ބިރުން ގޮތް ހުސްވެފައި ހުރި އަންހެންކުއްޖާ އަށް ބަލަމުން ނިޔާ ބުނެލިއެވެ. ޖަވާބުގައި ނިޔާ ގެ މޫނަށް ބަލަން ހުރެ މި ކުއްޖާ ހީލިއެވެ. ކޮންފަދަ ރީތި ކަމެއްބާ އެވެ. އެންމެ ހީލުމަކުން ނިޔާގެ ހިތް މިކުއްޖާއަށް ފިދާ ވި ކަހަލައެވެ. ބުނާނެ އެއްޗެއް ނޭނގި އިރު ކޮޅަކަށް ހުރުމަށްފަހު ނިޔާ އަނެއްކާ ވެސް ވާހަކަ ދެއްކިއެވެ. ” މިީ ނިޔާ. ތީ ކޮންކުއްޖެއް؟ . ނިޔާ ސަލާން ކޮށްލުމަށް އަތް ދިއްކޮށްލިއެވެ. “މީ އިރާ. ތޭންކްސް”ލަދުރަކި ގޮތަކަށް ދިއްކުރި އަތުގައި ހިފާލަމުން އިރާ ބުނެލިއެވެ. […]
‘ދޭނަން ހިތާޖާނާ އާދެ ނުދެ ލޯބިވާ” އާތިފްގެ ނަލަ ނަލަ އަޑުން ކިޔަމުންދިޔަ ލަވަ، ނަކަލް ކުރަމުން މަޑު ދުވެލީގައި މަޖީދީ މަގުން ކާރު ދުއްވަމުން ދިޔަ ނިޔާ ގެ މިސްރާބް ހުރީ ޒުވާނުންގެ މަރުކަޒާ ދިމާލަށެވެ. އިރު އިރު ކޮޅާ ކާރުގެ ލޯގަނޑުންބަލައި އިލޮށިތަކެއްހެން މައްޗަށް ނެގިފައިވާ ފަންއިސްތަށިގަނޑު އަތުން ރަނގަޅުކޮށް ލަމުން އެއްމިޔަކުން ހީލައެވެ. އެނާ އަށް ލިބިފައިވާ ފުރިހަމަ ސިފަ ފެނުމުން ހުދު އަމިއްލަނަފުސު ވެސް ތައުރިފް ކުރާކަހަލަ އެވެ.އިވެމުންދިޔަ ލަވައިގެ އިނގޭ ބައެއް ކަޑިތައް ކިޔަމުން ބައެއް ކަޑިތަކަށް ރާގު ލައްވަމުން ދިޔަ ނިޔާގެ ސިކުނޑީގައި އެއްވެސް ހިޔާލެއް ފިކުރެއް ނެތްކަހަލައެވެ. ވާނީ ވެސް އެހެންތާ އެވެ. ނިޔާ އަކީ މާލޭގެނަން މަޝްހޫރު ވިޔަފާރި ވެރިޔާ މަުހައްމަދު ޖިހާދާއި އާލިފާގެ ދެ ލޮލުގެ ނޫރެވެ. މީގެއަހަރުތަކެއްކުރިން ޖިހާދުގެ އާއިލާ މެލޭޝިޔާއަށް ދިރިއުޅުން ބަދަލު ކުރީ ހަމައެކަނި ނިޔާގެ މުސްތަގުބަލަށްޓަކައެވެ. ވިޔާފާރި ޖިހާދުގެ ކޮއްކޮ ޖުނެއިދު އާ ހަވާލު ކުރުމަށް ފަހު ވޭތުވެދިޔަ 17 އަހަރު އެ ދެމެފިރިން މެލޭޝިޔާގައި ދިިރި އުޅުން ހޭދަ ކުރުމަށްފަހު އެނބުރި މާލެ އައީ ނިޔާ ކިޔަވަން ބޭނުންވި ވަރަށް ކިޔަވާ ނިމުމުންނެވެ. ނިޔާ އަކީ މިހާރު މާލޭގައި ހުރި އެންމެ ކުޅަދާނަ ވިޔަފާރި ވެރިޔާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބައްޕަގެ ވިޔާފާރިޔާ ހަވާލުވިފަހުން ނިޔާ ވަނީ އޭނާގެ އަމިއްލަ އުކުޅުގެ ބޭނުން ހިފައި މީގެ ކުރިން ވިޔާފާރި ކުރިނާރާ ވަރަށް ކުރި އަރުވާފައެވެ. ކޮންމެ މަސައްކަތެއް ކުރަން ޖެހުނަސް ނިޔާ އެކަމަކާ ކުރިމަތި ލަނީ ކެރިގެންނެވެ. ﷲގެ ރަހުމަތުން ކިތެއްމެ މުއްސަދި ދިރިއުޅުމެއް ލިބިފައި ހުއްޓަސް ނިޔާ އަކީ އެކަމާ ބޮޑާވެގަންނަ މީހެއް ނޫނެވެ. އެކުވެރިންގެ ގޮތުގައި ވެސް ހިޔާރު ކުރަނީ ވަކި ފަންތިއެއްގެ ބައެއް ނޫނެވެ. އެންމެންނަށް ވެސް އަޅާލާ އޯގާތްތެރި އެކެވެ. ލާ ހެދުމުގައިޔާއި ބޭނުން ކުރާ ސާމަނަކީ ހަމަ އެންމެ އާދައިގެ އެއްޗެސެވެ. […]