ކޮޓަރީގައި ދިއްލާފައި ވަނީ މަޑުނޫކުލައި ބޮތްކެވެ. ފަންކާގެ އަޑު މަޑުމަޑުން އިވިއިވި ހުއްޓެވެ. ދެންއިވެނީ ގަޑީގެ ޓިކްޓިކް އަޑެވެ. މޭޒުދޮށުގައި ފިޅާވަޅުހަދަން އިން ޝާނީ އާފުރެމުން ދިޔައެވެ. އެކަމަކުވެސް ހިއްވަރުކޮށްލާފައި މަސައްކަތް ކުރަމުން އެދަނީ މާދަމާގެ ފިލާވަޅު ހަދާލެވޭތޯއެވެ. ވަރުމަލިވެފައިވާ ގޮތަކަށް ދެއަތް މައްޗައް އުއްލާލިއެވެ. އެއަށްފަހު މޯޅިއަކަށް ދެމިލިއަވެ. ނިދި އައިސްފައިވާ ދެލޮލުން ގަޑިޔަށް ބަލާލިއެވެ. ” ސުބުހާނަށްﷲ މިހާރު އެޔޮތްގެން 3 ޖަހަނީ. ފަތިހު ހޭލެވޭނެތަ؟ މާދަމާގެ ކަންތައް ދިޔައީ ލޫނާ އަންނަވާއިރަށްވެސް ނުހޭލެވޭނެ. […]
” ސީ… އަދިވެސް ބޭނުންވޭދޯ. ކޮބާތަ ހަޒްބެންޑް. އަހަރެން މީހަކަ އިނދެފިން” ޔުއާން އަސަރެއް ނެތް ގޮތަކަށް ބުނެލިއެވެ. އޭނާ ބޭނުންވީ މައިލީން އަށް ވާ ގޮތެއް ބަލައިލާށެވެ. އެނާ ބޭނުންވިފަދަ އަސަރުތައް މައިލީން ގެ ފަރާތުން ފެނުމުން އޭނާ ހިންހަމަ ޖެހުނެވެ. “އަހަ… އަހަރެން ވެސް މީހަކާ އިދެފިން” މައިލީން ހިތްވަރު ކޮއްފައި ބުނެލިއެވެ. އޭނާ ޔުއާން ގެ ކުރިމަތީގައި ބަލިކަށިވާކަށް ބޭނުމެއްނޫނެވެ. ޔުއާން އަށް ވީ ގޮތެއް ނޭގެއެވެ. އޭނާ އައިސް އަނެއްކާވެސް މައިލީން […]
ރަށަށް ވެރިވެފައިވާ ދިލަ ހޫނު މެންދުރު ވަގުތަށް އަޅާލުމާއެކު ގަދަ ކޮއްލިހެން ހީވެއެވެ. މުހިންމު ބޭނުމެއް އޮވެގެން ނޫނީ މަގުމަތީގައި މީހަކު އުޅޭ ތަނެއް ނުފެނެއެވެ. ނަމަވެސް މޫދުން އަރައިގެން އެއްގަމަށް ހިނގައިގަތް ޒުވާނާގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ދިގު އިސްކޮޅެއް ލިބިފައިވާއިރު ހަމުގެ ކުލަ އައްޔެވެ. އެއްފަރާތުގައި ހުރި ބޮޑު ގަހުން އެހިސާބަށް ހިޔާ އެޅިފައި ވެއެވެ. ގަހުގެ ދަށުގައި އޮތް އަތްދިގު ޓިޝާޓް ނަގަމުން ގަޔަށް ހެޔޮވަރުކޮއްލިއެވެ. އެ ހަށިގަނޑަށް ޓީޝާޓް ހިފާފައިވާ […]
ހޮސްޕިޓަލުން ނިކުމެގެން ދަމުން ވިޝާކާ ކާންދޭންޖެހޭނެއޭ ކިޔާފައި މަހުދީއާއި ދިމާކޮށްލުމުން މަހުދީ އެހެން ރެއަކުން ދާނީއޭ ބުނީ އެރޭގަ ގެއިން ކައިގެން ތިބުމާއެކު އަވްލީންއަށް ހިނގާފައި ތަންތަނަށްދާން އުނދަގޫވާނެތީއެވެ. މަހުދީގެ ސައިކަލު ފަހަތުގައި އަވްލީން ގޮވައިގެން ދިޔައިރު ލަޔާން ދިޔައީ އޭނަގެ ރައްޓެއްސެއްގެ ސައިކަލުގައި ވިޝާކާ ގޮވައިގެންނެވެ. ހަތަރު މީހުން އެއްކޮށްގޮސް ގެއަށް ވަންނައިރަށް ސިޓިންރޫމްގައި އިން ސަބީނާ ބަލައިލީ ހިތްހަމަނުޖެހި އިނދެއެވެ. ……………………………………………………………………… “ވިޝާކާމެން ބޭރަށްދާއިރު ވިޝިކާވެސް ގޮވައިގެންދާނަމަ.. އޭނަ އެކަނި ގޭގަ އޮންނަންޖެހޭތީއޭ […]
2018 ވަނަ އަހަރުގެ ފުރަތަމަ ދުވަހަށް ދިވެހިރާއްޖެ މަރުހަބާކީ ހިތާމައާއި މޮޅިވެރިކަމާއެކުއެވެ. އެންމެންގެވެސް ހިތުގައި އުފެދިފައިވަނީ ސުވާލުތަކެކެވެ. ވާނީވެސް އެހެންތާއެވެ. 1 ޖަނަވަރީ 2018 ގެ ފަތިހުގެ ހަމަހިމޭންކަން ނަގާލީ މާލޭގެ ގެއެއްގެ ސިޓިންރޫމްގައި މާރާލެވިފައިވާ ޒުވާނަކު ފެނުނު ހަބަރު ނޫސްތަކުގެ ފަލަސުރުހީތަކަށް އެރުމުންނެވެ. އޭނާގެ މަރުގެ ގާތިލަކި ކާކުކަން އަދި ކަށަވަރު ނުވިކަމުގައިވިޔަސް އެއްކަމެއް ވަނީ ކަށަވަރުވެފައެވެ. އެއީ އޭނާ މަރާލީ އޭނައާއެކު އެއްފުރާޅެއްގެ ދަށުގައި ދިރިއުޅޭ އޭނާގެ އާއިލާގެ ކޮންމެވެސް އެއް މެންބަރެއް ކަމެވެ. […]
މި ލިޔުމަކީ “އެސްފިޔަ” ބޭނުން ކުރުމުގެ ޤަވާއިދުގެ 2.3 ( އެހެން ލިޔުންތެރިއެއްގެ ލިޔުމެއް ހުށަހަޅާނަމަ އެލިޔުމެއް ހުށަހަޅަންވާނީ އޭގެ ވެގިފަރާތުގެ ހުއްދަ ލިބިގެން، އެ ލިޔުނު ފަރާތް އެނގޭނެ ގޮތަށެވެ.) އާއި ޚިލާފުވެފައިވާ ލިޔުމަކަށް ވާތީ މި ލިޔުން މިވަނީ މި ސައިޓުން އުނިކުރެވިފައެވެ. އެންމެހާ ލިޔުންތެރިންނާއި ކިޔުންތެރިންވެސް “އެސްފިޔަ” ބޭނުން ކުރުމުގެެ ޤަވާއިދާއި އެއްގޮތަށް ޢަމަލުކުރުމަށް ޙާއްސަ ސަމާލުކަމެއް ދިނުން އެދެމެވެ. މި ފުރުޞަތުގައި ލިޔުންތެރިންނާއި ކިޔުންތެރިންގެ ފަރާތުން އެސްފިޔަ ޓީމަށް ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ! -އެސްފިޔަ ޓީމް-
“ޔަޝްމް ދޫނީ އަވަހަށް އާދޭ ނަމާދުކުރަން… ދޫނީ” ވުޟޫ ކޮއްގެން ނުކުތް މައިލީން ޔަޝްމް އަށް ބުނެލިއެވެ. އެއާއެކު ކުޑަ ކުޑަ ޔަޝްމް ކުޑަ ބުރުގާކޮޅަކާއެކު އައެވެ. މައިލީން އެ އަޅުވާލަ ދިނުމުން ހެވިފައި އަތް ތިލަ ބަޑި ޖަހަން ފެށިއެވެ. މައިލީން ކުޑަ ކުޑަ ޔަޝްމް އަށް ބަލައިލިއެވެ. ޔަޝްމް ގެ ލޯ އޭނާއަށް ކަމެއް ހަނދާން ކޮއްދޭން އުޅޭފަދައެވެ. ހިޔާލުތަކަކަށް ގެއްލިފައި ހުރި މައިލީން ނަމާދުކުރަން އަވަސްވެގަތެވެ. އޭނާގެ ފަހަތުން ޔަޝްމް ވެސް އެ […]
ނާސިޔާ އާލިޔާއަށް ތޫނު ނަޒަރެއް ދީފައި ނިޝީ ގޮވައިގެން ދިޔައެވެ. އާލިޔާ ބިރުގަތީ ދެނެވެ. ނާސިޔާއަކީ ކޮނަކަހަލަ މީހެއްކަން އަދިކިރިޔާ މިއެނގުނީއެވެ. އެއް އަހަރު ފަހެވެ. މެންދުރު ކައިގެން ތަށިތައް ދޮވެލުމަށް ފަހު ކޮޓަރީގެ ބެލްކަނީގައި އާލިޔާ ހުރީ ޒީހާންގެ އިންތިޒާރުގައެވެ. ޒީހާން އައިސް ކޮޓަރިއަށް ވަނީ އާލިޔާ އެތާ ހުއްޓައެވެ. ޒީހާން އާލިޔާއަށް ގޮވާލުމާއެކު އާލިޔާ އެނބުރި ބަލައިލިއެވެ. ޒީހާން އާ ދިމާއަށް ހިނގައިގަތް އާލިޔާ ކުއްލިއަކަށް އޯކާ ދެމިގެންފައި ދުއްވައިގަތީ ފާޚާނާއަށެވެ. އާލިޔާއަށް ހޮޑުލެވުނީ […]
ހުޅުލޭ އެއާރޕޯޓަށް ދެންމެ ޖެއްސި އެމައިރޭޓްސް ގެ ބޯޓުންފެއިބި ޒުވާނާގެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ. މީހުންތަކުގެ ތެރެއިން ފުރޭނިގަނެގެން ޓާމިނަލް އަށް ވަންނަންދިޔައިރު އޭނާ ލާފައި ހުރީ ސްވެޓަރ ވައްތަރެއްގެ އެއްޗެކެވެ. ތިރިން ޖީންސެއް ލާފާއިވާއިރު އަރާފައިވަނީ ސްނިކާ ބޫޓަކަށެވެ. ކަންފަތަށް ހެޑްސެޓެއް ޖަހާފައިވެއެވެ. ދުވަހަކީ ފިނިދުވަހެކެވެ. ހެދުނުއްސުރެ ވާރޭ ވެހިފައި ހުއްޓާލީ ދެންމެއެވެ. އެހެންކަމުން އޭނާ ލާފައިހުރި އެއްޗެހިވެސް މި ފަދަ މޫސުމާ ނުހަނު ގުޅެއެވެ. އިމިގްރޭޝަން ކައުންޓަރ ދޮށުގައި މީހުންތައް ކިއޫގައި ތިއްބެވެ. ޒުވާނާވެސް […]