ހުޅުލޭ އެއާރޕޯޓަށް ދެންމެ ޖެއްސި އެމައިރޭޓްސް ގެ ބޯޓުންފެއިބި ޒުވާނާގެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ. މީހުންތަކުގެ ތެރެއިން ފުރޭނިގަނެގެން ޓާރިނަލް އަށް ވަންނަންދިޔައިރު ޒުވާނާ ލާފައި ހުރީ ސްވެޓަރ ވައްތަރެއްގެ އެއްޗެކެވެ. ތިރިން ޖީންސެއް ލާފާއިވާއިރު އަރާފައިވަނީ ސްނިކާ ބޫޓަކަށެވެ. ކަންފަތަށް ހެޑްސެޓެއް ޖަހާފައިވެއެވެ. ދުވަހަކީ ފިނިދުވަހެކެވެ. ހެދުނުއްސުރެ ވާރޭ ވެހިފައި ހުއްޓާލީ ދެންމެއެވެ. އެހެންކަމުން ޒުވާނާ ލާފައިހުރި އެއްޗެހިވެސް މި ފަދަ މޫސުމާ ނުހަނު ގުޅެއެވެ. އިމިގްރޭޝަން ކައުންޓަރ ދޮށުގައި މީހުންތައް ކިއޫގައި ތިއްބެވެ. ޒުވާނާވެސް […]
“އަޒްހީން މަށާއެކު މަޑުކޮށްފަ ދެންތިބި ދެމީހުން ދޭ ވިޝާކާ ގޮވައިގެން.” މޯޑް ކުރިއަށް ޖެހިލަމުން ބުންޏެވެ. އަދި ދިޔަގޮތަށްގޮސް އަވްލީންގެ އަތުގައި ހިފާ ނެގިއެވެ. އެވަގުތު އަވްލީންގެ ފަޔަށް ވީ ތަދަކުން އަނެއްކާވެސް ރޮއިގަނެވުނެވެ. ވިޝާކާ މޯޑްގެ އަތުގައި ހިފާ ހުއްޓުވަން އުޅުނުވަގުތު ޔުނާލްއާއި އިބޫއާ ދެމީހުންގޮސް ވިޝާކާގެ ދެއަތުގައި ހިފެހެއްޓިއެވެ. ވިޝާކާ ގަދަ ހަދަމުންދިޔަނަމަވެސް އެ ދެމީހުން ވިޝާކާ ދަމާކޫއްތާފައި ގެންގޮސް އެތަނުން ބޮޑު ގަހެއްގެ ނިވަލަށް ވެއްދިއެވެ. …………………………………………………… މޯޑް އަވްލީން ނަގާ އޭނާގެ […]
.މިވާހަކައިގެ ނަންމިވަނީ ބައެއް ބޭފުޅުންގރ އެދުމާއި އެކު ބަދަލުކުރެވިފައެވެ… މިއީ “ކުޅަނދުންވަންތަކަން”މި ވާހަކައިގެ ފަހު ބައެވެ.. އަހަރެން ނަމާދުކޮށްލައިގެން ޝޯލް އަޅަން އިންދާ ކޮއްކޮ އައިސް ލަސްވެއްޖެކަމަށްބުނެ ކުސްތަޅަން ފަށައިފިއެވެއެހެންކަމުން އަހަރެން އަވަސްކޮށްލައިގެން ނިކުތީމެވެ.އެއިރު މަންމަ އުޅެނީ ހަވީރަށް ސައިތައްޔާރު ކުރާށެވެ. “ދަރިފުޅާ އިފާ ފިޔާޒާމެން މިއަދު ސައިބޯން ގެންނަށްވާނެ އިނގޭ’ “ލައްބަ މަންމާ… ކޮންކަހަލަ އެއްޗެއް ތިތައްޔާރު ކޮށްލަނީ!” “މީ ދަރިފުޅުމެންނަށް އެންމެ މީރު ބަޖިޔާ އާއި ގުޅަ” މިހެންބުނިތަނާ އަހަރެންގެ ފޯން ރިންގުވަން ފަށައިފިއެވެ.. […]
”އެނީވޭ.. ހުރިހާ ޝުކުރެއް ނިޝީއަށް.. ނިޝީގެ ސަބަބުން ވިއްޔާ މިތިބަ ލޯބިލޯބި ދެކުދިން ގުޅުނީ..” އަހުސަން އެއްލޯ މަރާލަމުން ބުނެލިއެވެ. އަހުސަންގެ ވާހަކައިން ހިނިނާންނަ އެކަކުވެސް އެތާކުނެތެވެ. އާލިޔާމެން އެގެއިން އައީ ރޭގަނޑު ކައިގެނެވެ. އޭރު ހުރީ 9 ޖަހާފައެވެ. ވެފައި ހުރި ވަރުބައްޔާއެކު އާލިޔާ ހުރީ ނިދިވެސް އައިސްފައެވެ. އެހެން ކަމުން ފެންވަރާތާޒާ ވެލައިގެން އެނދުގައި އައިސް ޖައްސާލީ ނިދާށެވެ. ނަމަވެސް އިރުކޮޅަކުން ޒީހާންގެ މެސެޖްތައް ފުލުފުލުން އަންނަން ފެށުމުން އާލިޔާގެ ނިދި ދިޔައީ ކޮންތާކަށް […]
އިބާންއެއް ނޭވާއިން ޖޫސްތަށި ބޮއިލުމައްފަހު އަދި ޖޫސްތައްޓެއް ލިބިދާނެހޭ އެލައިޝާ ކައިރީގައި ބުނެލިއެވެ.އެލައިޝާ ހުރީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. މިއީ ހަމަ އޭނާއާއި އަބަދު ދިމާކުރާ އިބާން ހެއްޔެވެ.އޭނާއަށް ލަނޑެއް ދިނީމަވެސް އެއިންނަނީ އެކައްޗެކޭވެސް ނުކިޔައެވެ.އެލައިޝާ އެއްޗެކޭ ނުބުނެ ބަލަން ހުރުމުން އިބާން އެތަނުން ތެދުވެގެން ދިޔައެވެ. އިބާން ދިޔަގޮތަށްގޮސް ވަނީ އޭނާއާއި ޒެވިޔަން ހުންނަ ކޮޓަރިއަށެވެ. ކޮޓަރީ ތަޅުލުމައްފަހު އޭނާ ބެލީ ކުޅިފިލުވައިލެވޭނެ އެއްޗެއް ފެނޭތޯއެވެ. ކޮޓަރި އެއްފުށުން އަނެއްފުށަށް ޖެހިއިރުވެސް އޭނާއަށް ކުޅިފިލުވައިލާނެ އެއްޗެއް […]
ދެފަހަރަށް ހެލޯއޭ ގޮވާލުމުންވެސް ހަބަރެއްނުވުމުން އަލްޔާ “ދޮންބޭ.. މީ އަލްކޮއޭ ” ބުނެލީ އޭނާގެ ދޮންބެ ވާހަކަ ނުދައްކަނީ ކާކުކަން ނޭންގޭތީކަން ފަހުމްވުމުންނެވެ. ” ހެއި އަލްކޮ.. މިގަޑީގަ .. ކަމަކުތަ.. މީކާކު ނަންބަރެއް.. އަނެއްކާ މަންމަޔާ ބައްޕައަށް ކަމެއްވީތަ.. ” އަލޫކްއަށް އެއީ އޭނަގެ އެއްބަނޑު އެއްބަފާ ކޮއްކޮކަން އެނގުމުން އުފާވިނަމަވެސް ވަގުތުގޮތުންހާސްވެ އެއްފަހަރާ އެތަކެއް ސުވާލުތަކެއް ކޮށްލިއެވެ. ” ދެން އަޅޭދޮންބޭ.. މީ އެންމެފަހުން އައި އަލްކޮގެ އުފަންދުވަހު ބައްޕަދެއްވި ގިފްޓޭ.. އެހުރިހާ ދުވަހު […]
“ތިހާ މާތް މީހަކު ހިލޭ އަންހެނެއް ގައިގަ އަތެއް ނުލާނެ.. އަދި އެވެސް މީހެއްގެ އަނތްބެއް ގައިގަ..” އައިކާ ރުޅިވެރިކަމާއެކު ބުނެލިއެވެ. “ކާކުގެ އަނތްބެއް؟ އައިކާގެ އެއްވެސް ފިރިއަކު ނުހުންނާނެ..” އެވަގުތު ގެއަށް ވަންނަން އައި ނާޒިމްއާއި ސަނާއަށް މާޒް ބުނި އެއްޗެއް ކިތަންމެ ރަނގަޅަކަށްވެސް އަޑުއިވުނެވެ. އެތެރެއަށް ވަންނަން އުޅެފައިވެސް އެދެމީހުން ބޭރުގައި މަޑުކޮށްލީ މާޒްއާއި އައިކާ ދައްކާ ވާހަކައެއް އަޑުއެހުމުގެ ބޭނުމުގައެވެ. “އަހަރެންގެ ފިރިމީހާއަކީ ޔޫޝައު.. އެވަރު މާޒްއަށް ނޭނގުނީތީ އަހަރެން ލަދުގަނޭ..” އައިކާ […]
އަހަރެން ހަމަޔަކަށް އެޅުނީ މަންމަގެ އެތަކެއް އާދޭހަކާއި އެކުގައި މަހެއްވިފަހުންނެވެ.މިހާރު އޭގެފަހުން ތިންއަހަރުވިނަމަވެސް މީހުންގެ ތެރެއަށް ނިކުމެލައި އުޅެން ފެށީ ފިޔާޒާ މެންނާއި ދިމާވިފަހުންނެވެ.ނަމަވެސް މިހާރު ގަމުން ނާސިން ހަދައިގެން ފޮނަދޫ ސިއްޚީ މަރުކަޒުގައި މަސައްކަތް ކުރާތާ ދެމަސް ވެއްޖެއެވެ. އަހަރެން ސިއްސައިގެން ދިޔައީ އަހަރެންގެ ފޯން ރިންގުވާން ފެށުމުންނެވެ.ގުޅަނީ ފިޔާޒާއެވެ. އަހަރެން: އާނ… ފިޔާ ކީކޭ! ފިޔާޒާ:ހިނގާބާ ބުރެއްޖަހާލަން މިއަދު ހަވީރު.. ފަޒިލްކޮ އެބަކިޔާ އިފާއްތަ އާއި އިނާޒްބެއާއި އެއްމެން ދުއްވާލަން ހިނގާށެވެ. އަހަރެން.: އޯކޭ…. […]
“..ނިކާލް ނިހާދެކެ ލޯބިވޭތަ؟..” ޞަފިއްޔާ ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ. ނިކާލް ހައިރާންވެފައި ޞަފިއްޔާގެ މޫނަށް ބަލަހައްޓައިގެން އިނެވެ. “..ދަރިފުޅު ނިހާދެކެ ލޯބިވޭތަ؟..” ނިކާލްގެ ޖަވާބެއް ނުލިބުމުން ޞަފިއްޔާ ސުވާލު ތަކުރާރުކޮށްލިއެވެ. ނިކާލް މަޑުމަޑުން ތެދުވިއެވެ. ޞަފިއްޔާ ގާތަށް އައިސް ދެކޮނޑުގައި ހިފަހައްޓާލިއެވެ. ފަރުވާތެރިކަމާއެކު ޞަފިއްޔާގެ މޫނަށް ބަލާލިއެވެ. ޞަފިއްޔާ ކަމަކާ ފިކުރުބޮޑުވެފައި ހުރިހެން ނިކާލަށް ހީވިއެވެ. “..ކިހިނެއްވީ މަންމާ..” ނިކާލް ބުނެލިއެވެ. “..ހާދަ ފިކުރު ބޮޑުވެފަ.. ކަމެއްވީތަ؟.” “..ކަމެއް ނުވޭ..” ޞަފިއްޔާ ދިނީ ކުރު ޖަވާބެކެވެ. “.. […]