ކޮޓަރީގައި ދިއްލާފައި ވަނީ މަޑުނޫކުލައި ބޮތްކެވެ. ފަންކާގެ އަޑު މަޑުމަޑުން އިވިއިވި ހުއްޓެވެ. ދެންއިވެނީ ގަޑީގެ ޓިކްޓިކް އަޑެވެ. މޭޒުދޮށުގައި ފިޅާވަޅުހަދަން އިން ޝާނީ އާފުރެމުން ދިޔައެވެ. އެކަމަކުވެސް ހިއްވަރުކޮށްލާފައި މަސައްކަތް ކުރަމުން އެދަނީ މާދަމާގެ ފިލާވަޅު ހަދާލެވޭތޯއެވެ. ވަރުމަލިވެފައިވާ ގޮތަކަށް ދެއަތް މައްޗައް އުއްލާލިއެވެ. އެއަށްފަހު މޯޅިއަކަށް ދެމިލިއަވެ. ނިދި އައިސްފައިވާ ދެލޮލުން ގަޑިޔަށް ބަލާލިއެވެ.
” ސުބުހާނަށްﷲ މިހާރު އެޔޮތްގެން 3 ޖަހަނީ. ފަތިހު ހޭލެވޭނެތަ؟ މާދަމާގެ ކަންތައް ދިޔައީ ލޫނާ އަންނަވާއިރަށްވެސް ނުހޭލެވޭނެ. ނޫނޭ އެހެނެއް ނުވާނެ.” ދެއަތައް ބޯހޫރާލިއެވެ. ” ގަޑި ސޯނާކޮށްގެން ނިދީމަ ހޭލެވޭނެ. ދެން އަވަހަށް ނިދަންދާންވީ. މާދަމާގެ ކަންތައްތައް ހަމަޖައްސާނީ މާދަމާ.” އަމިއްލައަށް ވާހަކަ ދައްކަމުން ޝާނީ ގޮޑިންތެދުވިއެވެ. ފޮތްތައް ތަރުތީބުކޮށްލުމަށްފަހު އެދާއިދިމާއަށް ދިޔައެވެ. އަވަހަށް ތަންމަތީގައި އޮށޯތެވެ.
ސާބަސް. ސާބަސް. އަރާމެއްނު ނިދާފައޮތްލެއް. ކަމަނާ.. ހޭލާކަށް ނުވޭތަ؟” މަޑުމަޑުން ރީނާ ގޮވާލިއެވެ. ރީނާގެ އަޑުޖެހުމާއިއެކު ޝާނީ ފުންމާގެން ތެދުވިއެވެ.
” ކީކޭ. ރީނާތަ؟ ހާދައަވަހަކަށް ތިއައީ؟” ޝާނީ އަހާލިއެވެ.
” ކޮއިފުޅާ ހޭއަރާބަލަ. މިހާރު ގަޑިން އެހެރަގެން 6.10 ހިނގަނީ. ސްކޫލަކަށް ދާކަށް ނުވޭތަ؟” ރީނާ އަހާލިއެވެ.
” ސްކޫލަށޭ. ނޫނޭ ދާނަން. އެކަމަކު ރީނާ ކޮޓަރިޔަށް ވަނީ ކިހިނެއް؟” ޝާނީ ހައިރާން ވެފައި އަހާލިއެވެ.
” ގާމުވެސް ފުރާޅުންޓިނުނަގައިގެނެއް ނޫން. ދޮރުވައްޓާލަގެންނެއްވެސް ނޫން.”ރީނާ ބުންޏެވެ.
” ސާބަސް ސަމާސާ ނުކޮށް ބުނެބަލަ. މަންމަ ދޮރުހުޅުވަދިނީ ދޯ.” ޝާނީ އަހާލިއެވެ.
” ކޮއިފުޅުހަމަ ހަނދާނެއްނެތްތަ؟” ރީނާ އެނދުގައި އިށީންނަމުން އަހާލިއެވެ.
” ކޮންކަމެއް؟ ކިހިނެއްތަ ވީ؟” އެނދުން ތެދުވަމުން ޝާނީ އަހާލއެވެ.
” ގަހުގަ ދޯ ތިހިރީ؟ އަދިވެސް ނިދިނުފިލަނީ. ނޫނީ ނިދީމަ ކުރިން ވެފަހުރި ކަންތައް ހަނދާން ނެތުނީތަ؟” ރީނާ ސަމާސާކުރާ ރާގަކަށް އަހާލިއެވެ.
” އެއީ ބައްޔެއްވިއްޔާ މިހާރު ޖެހިދާނެ. ނޫނީ އެއީ އާއިލީކަމެއްވިއްޔާ ގާކޮޅުގާގާދުރު. އާއިލީ އެއްވެސް ކަމެއް އަހަރެންނަކަށްވާރުތައެއްނުވޭ. ނަސީބެއްނު…. ދެންހެވޭ ބުނެބަލަ ކިހިނެއްތަ ވަނީ؟” ދެވަނަފަހަރަށް ވެސް ޝާނީ އަހާލިއެވެ.
” ރޭގައި ތިބޭފުޅާ ނިދީ ކޮޓަރި ތަޅުނުލާ. ” ރީނާ ބުންޏެވެ.
” ކީކޭ.. އަނެއްކާ ވަގަކު ނުވަދޭތަ؟ ވަނިއްޔާ ކޯއްޗެއްތަ ގެންދިޔައީ؟” ޝާނީ އަހާލިއެވެ.
” ޝާނީ ފަދަ ރީތި ކުއްޖަކު ނިދަން އޮއްވާ މީހަކު ގެންދާނެ އެހެން އެއްޗެއް އޮންނާނެތަ؟ އެހެން ނޫނަސް މިކޮޓަރީގައި އެބަހުރިތަ މީހަކު ގެންދާނެއެއްޗެއް؟ ބާވެފައި ހުރި އަލަމާރިއެއް ބާކޮންޕިއުޓަރެއް. ތަރައްގީ ނުވާ ޒަމާނުގެ ފަހާ ފޮއްޓެއް. އަންޒަމާނުކަރައިގެ މޫނުބަލާ ލޯގަނޑެއް. ބާހަރުގަޑެއް. ޒަމާނަށް ފެތޭ ހަމައެކަނި މިތާހުރީ މިކޮންޕިއުޓަރު މިހާރު ތިއެއްޗެތިވެސް ގޮނޑުން ހޮވަން ލިބޭ.ވީއިރު ބުރަމަސައްކަތް
ތަކެއް ކޮއްގެން ދުވަސް ކޮޅަކަށް ޖަލަންދާން މީހަކު ވައްކަމެއް މިކޮޓަރިން ކުރާނެތަ؟” މަލާމާތުގެ ރާގަކަށް ރީނާ ބުންޏެވެ.
” ކޮއްލާ. ކޮއްލާ. މަލާމަތް ކޮށްލާ. ހިތަކަށް ތަދެއްނުވޭ. ދެރައެއްވެސް ނުވޭ. އަހަރެންނަކީ ފަގީރެއްކަން އެނގެއޭ. ހަނދާނެއް ނުނެތޭ. އެކަމަކު ރީނާ އަށް ނޭގުނަސް މިތަނުގައި އަނގުބޮޓު އެއްޗެއް އެބައޮތް. އެގެއްލި ދާނެތީ އަހަރެން ބިރުގަނޭ. ޖެހިލުންވެސްވޭ.” ޝާނީ ދެރަނުވާކަމަށް ހަދާފައި ބުންޏެވެ.
” އެއީ ކޯޢްޗެއް؟” ރީނާ އަހާލިއެވެ.
” އެއީ އަހަރެންގެ އަބުރު އަހަރެންގެ އިއްފަތް. އެޔަށްވުރެން އަނގުބޮޑު މުދަލަކީ ކޮބާ. އެގެއްލިއް ޖެއްޔާ އަންހެނަކު ބާކީވީ. ބޭކާރުވީ. މުޅިއުމުރަށް ހަޔާތުގައި ލައްގަޑެއްޖެހުނީ. ފިލާގެން ނުދާފަދަ. އެވަރު ރީނާ އަށް ނުވިސްނުނީތީ ދެރަވަން.” ފާޚާނާއަށް ވަންނަމުން ޝާނީ ބުންޏެވެ. ދޮރުލައްޕާލިއެވެ. އެއާއިއެކު ޝާނީ ދޮރުހުޅުވާލިއެވެ.”
“އަދި ބުނަން. ރީތިކަމަކީ އެއީ އެއްވެސް އަގެއް ހުރިއެއްޗެއްނޫން. ރީތިކަން އަހަރުމެންނާއި
އެކު އަބަދުގެ އަބަދަކަށް ނުހުންނާނެ. އެކަމަކު މީހާ އެމީހާގެ އަބުރާ އިއްޒަތައް ރައްކާވެއްޖެނަމަ އެމުޅިއުމުރަށްވެސް ތިމާއާއި އެކުވާނެ. ހަދާންކުރާތި. ” ޝާނީ އެތެރެއަށް ވަނެވެ. ރީނާ ތުން އަނބުރާލިއެވެ.
” ގިނަ ވާހަކަ ނުދައްކާ އަވަސްކުރޭ މިހާރުވެސް ވަރަށް ލަސްވެއްޖެ.” ރީނާ ބުންޏެވެ.
” ކޮންކަމެއްތަ ލަސްވީ؟” ލޫނާ އެތެރެއަށް ވަންނަމުން އަހާލިއެވެ.
” ޝާނީގެ ތައްކަމުން ގަޑިޖެހެނީ.” ބޮޑާގޮތަކަށް ބުންޏެވެ.
” ރީނާ ގަޑިޖެހެންޏާ ރީނާ ދޭ. އަހަރެން ޝާނީ އާއިއެކު ހިނގާދާނަން.” ލޫނާ ބުންޏެވެ.
” އެހެނެއް ނޫނެއްނު މިބުނީ. އަހަރުމެން ތައްޔާރުވެގެން އަންނައިރު ޝާނީ އަކަށް ތައްޔާރެއް ނުވެވޭ.” ރީނާ ތެދުވެ ޔުނީ ފޯމުރަނގަޅު ކޮށްލަމުން ބުންޏެވެ.
” އޭނަ ލަސްވީމަ ލަސްވާ ވާހަކަ ބުނަނީ. އޭނަ ރީނާ އަށް ކޮށްދޭ ކަމެއް ނުފެނޭދޯ. ބަލަ އޭނަލަސްވަނީ ރީނާގެ ފިލާވަޅުހަދާދޭން ހޭލަހުރީމަ އެއްނުންތަ. ރީނާ ކޮޅަޅަށް ބަހަށްޓަފާނެތީއެއްނު.” ލޫނާ ބުންޏެވެ.
” އެހެނޭ ކިޔާފަ ގަޑިޖެހިގެންތަ ދާންވީ؟”
” މާތް ކަލާކޯ. ހުއްޓާލާ. އަހަރެންނާ ހުރެ އެކަކުވެސް ގަޑިއެއްނުޖެހޭނެ. އަހަރެން ބުނެގެން ނެއްނު ރީނާ މެން އަންނަނީކީ. އަހަރެންނަށް އެކަނިވެސް ދެވިދާނެ. ” ޝާނީ ފާޚާނާއިން ނިކުންނަމުން ބުންޏެވެ.
” އެރުޅިއައީ . އަބަދުވެސް ލޫނާވެސް ދައްކާނީ އަހަރެން އަވަހަށް ޕުރެޝަ ހައިވާވާހަކަ. ޝާނީ އެވަނީ ކޯއްޗެއްތަ ހައި؟ މިޙާރުވެސް ނިކަން ބުލެޑް ޕުރެޝާ ޗެކްކޮށްލަބަލަ؟ ” ރީނާ ބުންޏެވެ.
” އަހަރެން އެކަކުގެ އެކައްޗެއްވެސް ޗެކްކުރާކަށް ބޭނުމެންނޫން. ގަޑިނުޖެހި ކުލާހަށް ދާން ބޭނުމީ.ޝާނީ އަވަސްކޮށްލާ.” ލޫނާ ބުންޏެވެ.
” މިނިމެނީ. ރީނާ އެޔޮތީ ރީނާގެ ބަޔޯފޮތް.” ޝާނީ ބުންޏެވެ.
” ޝާނީ އަދިވެސް ހުދާ ނާންނަނީތަ؟” ލޫނާ އަހާލިއެވެ.
” އާން މިއަދު އަންނާނެ. ޓިއުޝަނަށް ރޭގަޑު ދާންޖެހޭތީ މަންމަ ބުނީ ޓެސްޓު ނިމެންދެން ދައްތަމެން ގޭގައި މަޑުކޮށްލާށޯ. ” ޝާނީ ބުންޏެވެ.
” ވަރަށް އުދަގޫވޭދޯ ދެމީހުން ދެސްޓުރީމެއް ހަދާތީ. ” ރީނާ ބުންޏެވެ.
” އާން. ހުދާ ބޭނުންވަނީ ބިޒްނަސް ވުމަންނަކަށް ވާން ވިއްޔާ. ” ހީގަންނަމުން ޝާނީ ބުންޏެވެ.
” ދެން ޝާނީ ޔޯ. ޝާނީ ވާން ބޭނުންވަނީ ޑޮކްޓަރަކަށްތަ؟” ރީނާ ސަމާސާ ރާގަކަށް އަހާލިއެވެ.
” އުންމީދު ކުރެވިދާނެ. ހުވަފެން ދުށުމަކީ ކުށެއްނޫން. އެކަމަކު އެފަދަމަގާމަކަށް ދާން އަހަރުމެންގެ ފެންވަރެއްނޫން. ޑޮކްޓަރަކަށް ވުމަކީ ބޮޑުޒިންމާއެއް. އެފަދަ ޒިންމާއެއް ނަގަން ވާނީ ވަރަށް ކެރިގެން ހިތްވަރާއެކު. އެފަދަ ޒިންމާއެއް ނަގާވަރަށްވުރެ އަހަރެން މާފިޑި.” ޝާނީ ބުންޏެވެ.
” ފިޑިކީ ނޫން. ތިހެންވެސް ބުނެވިދާނެ. ތިއީވެސް ވައްތަރެއް. އަމިއްލަ ނިކަމެތިކަން ފޮރުވަން.” ރީނާ ބުންޏެވެ.
” ކޮންމެ މީހަކު ރީނާ އަކަށް ނުވެވޭނެ. އެހެންނަމަ ފަސްއިނގިލި އެއްވަރުވާނެ. ރީނާ އަށް އެނގޭތަ؟ މުސްސަދިވުމަކީ ފަހުރެއް. އަދި އެޔައްވުރެ ބޮޑުފަހުރެއް ހިންހެޔޮކަމަކީ. އެހެން މީހުންނަށް އިޙްތިރާމް ކުރުމަކީ. މާތް މީހަކަށް ވުމަކީ. މުސްސަދިކަމަކީ އަހަރެންދެކޭ ގޮތުގަ ބޭކާރުކަމެއް. ތިމާގެ ކުރިމަތީގަހުންނަމީހާ ފަލީހަތްކުރާކަހަލަ މުސްސަދިންނަކީ މުޖުތަމައުގައި ބޭކާރުބައެއް. އެފަދަ މީހުންނަށް ލިބޭނީ މީހުގެ މަލާމާތާ
ފުރައްސާރަ. އަހަރެން ނަކީ ނިކަމެއްޗެއްކަން ފަހަރެއްގަވެސް އަހަރެން ހަނދާނެއްނުނެތޭ. އަދި ހަނދާން ނެތުނަ ކަވެސް ނުދޭނަން. ޑޮކްޓަރަކަށް ވުމަކީ އަހަރެންގެ އުންމީދު. އެކަމަކު އެފަދަ ތަނަވަސްކަމެއް ނެތްކަން އަހަރެންނަށް އެނގޭ. ޑ” ދެރަވެފައި ޝާނީ ބުންޏެވެ. އަދި އެއާއި ކު ހީލިއެވެ. މަޖާ ގޮތަކަށް ބުނެލިއެވެ.
” ޑޮކްޓަރަކަށް ނުވެވުނިއްޔާ ޑޮކްޓަރަކާ އިނީމައި ނިމުނީއެއްނު. ދޯ ލޫނާ. ”
” އާން. ތިކަންވެސް ވެދާނެ. އެކަމަކު ގަޑިޔަށް ކުލާހަށް ދެވިގެން. ދެން އަވަސް ކޮށްގެން ހިނގާދާން.” ލޫނާ ބުންޏެވެ.
” މިނިމުނީ. ހިނގާ… ” ޝާނީ ބުންޏެވެ.
ހަވީރުގެ ތާޒާވައިޖެހެމުން ދިޔައެވެ. އުޑުމަތީސާފުވެފަ ރީއްޗެއްވެ. ނޫކުލައިގެ އުޑުމިއަދު ކޮންމެވެސް ކަމަކާ އުފާވެފަކަހަލައެވެ. ޖެހެމުންދާ ވައިރޯޅިތަކުން ކޮންމެވެސް ކަމަކަށް މެސެޖެއްދެނީހެން ހީވެއެވެ. ނަލަނަލަ މިފަޒާ މިއަދުވަނީ އުފަލުން ފޮޅިފައެވެ. ޒުވާން އަންހެން ކުދިންނާ ފިރިހެން ކުދިން ހީސަމާސާ ކުރަމުން ދިޔައެވެ. މަޖާވާހަކަ ތަކާ ސަކަރާތުގައި ހަވީރުގެ މިހިތް ފަސޭހަ ވަގުތު ކޮޅުހޭދަ ކޮށްލަން ބޭނުންވެފަވާހެން ހީވިއެވެ.
މިމަޖަލާ ދުރުގައި އެކަނި ވެފައި ޝާނީ އިނެވެ. ކޮންމެވެސް ކަމަކާ ވިސްނަނީހެން ހީވެއެވެ. ޝާނީ ގެ އެކަނިވެރިކަން އިތުރުވަމުން ދާހެން ހީވާން ފެށުމުން ޝާނީ އަތުގައި އޮތް ކުރަހާ ފޮތުގައި އެއްޗެއް ކުރަން ހިތައް އެރިއެވެ. ކުރަހާ ފޮތް ހުޅުވާލިއެވެ. އެވަގުތު ކުރިމައްޗައް މީހަކު އައިސް ހުއްޓުނެވެ. ޝާނީ ބަލާލިއެވެ. މޫނުގެ ހިތާމަވެރިކަން ގެއްލިގެން ހިނގައްޖެއެވެ. އުފާވެރިކަމުގެ ހިނިތުން ވުމެއް ތުންފަތައް ވެރިއެވެ.
” ޝިޔާންބެ. ކޮންއިރަކުއައީ؟” ޝާނީ އަހާލިއެވެ.
” ހަމަދެންމެ. ކިހިނެއްވެފައި މިތާ ތިއިނީ. ކޮބާ އަޒޫ؟” ޝިޔާން އަހާލިއެވެ.
” ކަމެއްނުވޭ. އަޒޫމެން ވީ ގޭގައި. ދޮންތަ ރޮށިފިހާތީ އަޒޫ ވެސް ވީއެތަނުގައި.” ޝާނީ ބުންޏެވެ.
” އެހެންތަ؟ ކީއްވެ ޝާނީ ނުދިޔައީ؟” ޝާނީގެ ގާތުގައި އިށީންނަމުން ޝިޔާން އަހާލއިވެ.
” ޝިޔާންބޭ… އެނގެއެއްނު އަހަރެންނަކީ ނުލާހިކުކަންނެއް މީހެއްކަން.” ޅަވެލަމުން ޝާނީ ބުންޏެވެ. ޝިޔާން ވަށއިގެން ހޯދާ ބަލާލިއެވެ.
” ޝާނީ. މިއަދު ކޮބާތަ ޝާނީގެ ފައުޖު؟” ޝިޔާން އަހާލިއެވެ.
” ފައުޖުތަ ތިހޯދަނީ ނޫނީ ރީނާތަ؟” ޝާނީ ސަމާސާ ކޮށްލިއެވެ.
” ޝާނީވެސް މިހާރު ހާދަ ބޮޑުވާހަކަ ދައްކައޭދޯ. ” ޝިޔާން އަހާލިއެވެ.
” ބޭބޭ… މިއީވެސް ތިއާއިޅާގެ އެއްމެންބަރު. ލޭގެ ގުޅުންވެސް ހުންނާނެ. އާއިލީ ޖާސޫސުކުރުންވެސް ހުންނާނެ. ދެންވެސް ތިހެންނީދެ އެތެރެއަށްދޭ. މަނިކުފާނުގެ ބޮޑުބޭބޭ ފުޅަށް މިތަނުގައި މަނިކުފާނު އިންނަވަނިކޮށް ފެނިއްޖެއްޔާ ކަންތަކާ ޖެހުނީ. އަވަހަށް ދާންއުޅޭ.” ޝާނީ ބުންޏެވެ.
” އެހެން މާބޮޑުކަމެއް ނުވާނެ. ޝާނީ ގެ ބައްޕަ އަހަރެންގެ ބޮޑުބޭބެ ބުނާނެހާވެސް އެއްޗަކީ އެކަނި އައީ ކީއްވެގެންތޯ. އަހަރެން ދޭނެ ޖަވާބަކީ ކޮއްކޯ ފުޅަށް ފިލާވަޅުބުނެދޭން ވެގެން މަންމަގެ ގާތުގައި އަހާފައި އައީއޭ.” ޝިޔާން ބުންޏެވެ.
” އަހަރެން ބައްޕަގެ ގާތުގައި ބުނާނަން އެއީ ދޮގެކޭ. ޝިޔާންބެ މިގެއަށް ގިނަވެގެން އުޅެނީ އެހެން ބޭނުމަކުއޭ. އަހަރެން އެހެން ބުނެފިނަމަ ދެން ހަދާނީ ކިހިނެއް؟” ޝާނީ އަހާލިއެވެ.
” މާބޮޑުކަމެއް ނުކުރާން ކަންފަތް އަބުރާލާނީ. ” އެހެން ބުނަމުން ޝިޔާން ޝާނީގެ ކަންފަތުގައި ހިފިއެވެ.
” އައްދިއްޔޯ ޝިޔާންބޭ… ދޫކޮށްލާ މިހާރު ބައްޕައަންނާނެ. ހާދާތަދުވެއޭ.. ދޫކޮށްލާ” ޝާނީ އަޑުކެކޮޅަށް ހަޅޭލަވައި ގަތެވެ.
” ދޫކޮށްލާނީ އަހަރެންނަށް ރީނާ މިތަނަށް ގެނެސްދިނީމަ.” ޝިޔާން ބުންޏެވެ.
” އެނމެރަނގަޅު. ދެން އަހަރެން ދޫކޮށްލާ. ” ޝާނީ ބުންޏެވެ. ޝިޔާން ޝާނީ ދޫކޮށްލިއެވެ.
” އަވަހަށް ގޮސް ގޮވާދީ. ” ޝިޔާން ބުންނެވެ.
” ޝިޔާންބޭ. ބޭބެއަށް ރީނާ ނޫން އެހެން މީހެއް ނުފެނުނީތަ؟” ޝާނީ އަހާލިއެވެ.
” މާގިނަ ވާހަކަ ނުދައްކާ ރީނާ މިތަނަށް ގެނެސްދީ.” ޝިޔާން ބުންޏެވެ.
” ބޭބެވިއްޔާ ކޮށްދޭކައްނުވާނީ. އެބައަންނަން.” ރީނާ ދުއްވައިގަތެވެ. ޝިޔާން ރުކުގައި ލެގިލިއެވެ.
ޝިޔާން އަށް ހަމަޖެހިނުލެވިގެން އުޅެނިކޮށް ޝިޔާންގެ ބޮޑުބޭބެ އަންނަތަން ފެނުނެވެ. ޝިޔާން އަވަސް އަވަހަށް ބޮޑުބޭބެ އާއި ދިމާއަށް ހިނގާގެވެ.
” އައްސަލާމް އަލައިކުމް ބޭބޭ.” ޝިޔާން ސަލާމް ކޮށްލަން އަތް ދިއްކޮށްލިއެވެ.
” ވައަލައިކުމުއްސަލާމް. ކޮންކުއްޖެއް؟” ބޮޑުބޭބެ ކާކުކަން ނޭގޭތީ ދޯފުހެލަމުން އަހާލިއެވެ.
” ޝިޔާން. ބޭބެގެ ކޮއްކޮ އާންތުގެ ޝިޔާން.” ޝިޔާން ބުންޏެވެ.
” އާން. ދަރިފުޅުތަ؟ ހާދަރީތިކުއްޖެކޭދޯ.” ބޭބެ ހީލަމުން ބުއްނެވެ.
” ރީތިކުއްޖެކޭ!” ޝިޔާން ޙައިރާންވިއެވެ.
” އާން ތިކަހަލަ ރީތި އާދައެއް ގެންގުޅޭނީ ރީތިކުދިންނެއްނު.” ބޭބެ ހީލަމުން ބުންޏެވެ.
” ކީއްކުރަންތަ އައިސްގެން ތިއުޅެނީ؟” ބޭބެ އަހާލިއެވެ.
” ބޭބެގެ ހާލުބަލާލާށާ. ޝާނީ ކޮއްކޮމެންގެ ގާތައް.” ޝިޔާން ބުންޏެވެ.
” އެހެންތަ؟ ތިގޮތައްވެސް މިހާރަކު ބޭބެގެ އެއްބަޑުކުއްޖަކުވެސް ވަދެނުލާ. ބޮޑުބޭބެ ކުއްޖަކަށްވެހުރެ ޝިޔާން ތިބަހަށްޓާ ގާތްކަން ފެނިފަ ބޭބެ ހާދަ އުފާވެއޭ.” ޝިޔާން އާއި ބޭބެ ވާހަކަ ދައްކަމުން ގެއަށް އައިސް ވަނެވެ. ޝާނީ އިރުކޮޅަކުން ރީނާ ގޮވައިގެން އައިސް ގެއަށްވަނެވެ.
” ޝާނީ ކިހާދެރަކަމެއްތަ؟ ވީގޮތެއްބުނީމައެއްނު އިނގޭނީ. ” ރީނާ ރުޅިއަންނަގޮތް ދައްކާލަމުން ބުންޏެވެ.
” އެތެރެއަށް ވަނީމައެއްނު އެނގޭނީ ރުޅިއަޔަކަސް ވާނެފައިދާއެއް ނޯނަނާނެ. ރީނާ އެތެރެއަށްވަނީމަ ރަނގަޅުވާނީވެސް ރީނާއަށް.” ޝާނީ ބުންޏެވެ. އެތެރެއިން ބޭރަށް ޝިޔާން ނިކުތެވެ. ރިނާއަށް ޝިޔާން ފެންނައިރަށް ތަޅުވަތަޅުވަ ހުރި އަނގަމައިތިރި ވިއެވެ. މޫނުމަށްޗައް ލަދުވެތިކަން ވެރިވިއެވެ. ކުއްލިޔަކަށް މީހާ މައިތިރިވިއެވެ. ޝިޔާން ހީލިއެވެ. ރީނާ އިސްޖަހާލިއެވެ. ޝާނީގެ އަތުގައި ވިކައިގަތެވެ.
” އައްދިއްޔޯއި. ތަދުވެއްޖެއޭ.” ރީނާ ކުއްލިޔަކަށް ޝާނީގެ އަތުން ދޫކޮށްލިއެވެ.
” ކިހިނެއްވީ ދޫންޏާ؟ ކޮންތާކަށް ތަދުވީ؟” ޝިޔާން އަހާލިއެވެ.
” ތަދުވީކީއެއްނޫން. ރީނާ ތަދުކޮށްލީ.” ޝާނީ ބުންޏެވެ.
” ތެދެއްތަ؟ އަހަރެންގެ ކޮއްކޮ އަށް ތަދުކޮއްލީތަ؟” ޝިޔާން އަހާލިއެވެ.
” އަހަރެން ދައްކާ ވާހަކަތަ ގަބޫލުކުރާނީ ނޫނީ އޭނަ ދައްކާ ވާހަކަތަ؟” ރީނާ ފޮނިވެލަމުން އަހާލިއެވެ.
” އެއްގޮތުން ބުނަންޏާ ރީނާ ދައްކާ ވާހަކަ. އެކަމަކު އަހަރެންގެ ކޮއްކޮއެއް އަހަރެންނަކަށް ދޮގެއް ނުހަދާނެ. އެހާވަރަށް އަހަރެން އޭނަޔަށް އިތުބާރުކުރަން.” ޝިޔާން ޝާނީ ޝިޔާން އާއި ގާތް ކޮއްލަމުން ބުންޏެވެ.
” އޭގެ މާނައަކީ އަހަރެންނަކަށް އިތުބާރެއްނުކުރަމޭތާ….” ރީނާ ކުސްޖަހާލަމުން ބުންޏެވެ.
” އަހަރެންނަށް ހީވަނީ ދެން އަހަރެން އެތެރެއަށް ދާންވީހެން. ޝިޔާންބޭ ދަނީ.” ޝާނީ އެތެރެއަށް ހިނގާގަތެވެ.
” އޭއި އެއީ އަހަރެން އެހެން ބުނިއެއްޗެއް ނޫނޭ.. ކުޑަކޮއްސަމާސާ ކޮއްލީ. ސޮރީ. ” ޝިޔާން ބުންޏެވެ.
” އަހަރެން އެއްފަހަރެއްކަމައް މައާފު ކޮއްފިން. އެހެން ނޫނަސް ޝާނީ އާއި ހުދާ ޒަހޫ އެއީ ޝިޔާންގެ ކަޒިންނެއްނު. އެމީހުންނާ ކާވެނިވެސް ހެޔޮވާނެ. މިސާލަކަށް އެއިންކުއްޖަކާ އިންނަން ޝިޔާންގެ މަންމަ އެދިއްޖެއްޔާޔޯ. ދެން ކިހިނެއްހަދާނީ.ޝިޔާން އިންނާނަންތަ؟” ރީނާ ސުވާލުކޮއްލިއެވެ. ޝިޔާން ހޭންފެށިއެވެ.
” އެހެން ކިހިނެއްވާނީ. އަހަރުމެންގެ އާއިލާއަކީ ތިހީކުރާޒާތުގެ އާއިލާއެއްނޫން. ރަނގަޅު ބޮޑުބޭބެ މެން އަހަރުމެނަށް ވުރެން ތަންކޮޅެއް ނިކަމެތި. އެކަމަކު މިއީ އެއްއާއިލާއެއް. އެއްބަޑުއެއްބަފާވަންތަކަން އެބައޮތް. ޝާނީ ޒަހޫ ހުދާ މިކުދިން އަހަރެން ދެކެނީ އަހަރެންގެއެއްބަޑު އެއްބަފާ ކުދިންގެ ގޮތުގައި ދުރުހިލޭ ބައެއްގެ ގޮތުގައެއްނޫން. އެހެން ނޫނަސް އަހަރުމެން ގެ އާއިލާއަކީ އެރޭންޖު މެރިޖައް ސަޕޯޓުކުރާ ބައެއްނޫން. ލަވް މެރިޖް
އެމީހުން ގަބޫލުކުރަނީ. އެކަމުގެ ހެއްކެއް. އަހަރެންގެ މަންމައާއި ބައްޕަ. ބޮޑުބޭބެ އާއި ފަހަރި. ދޮންބޭބެއާއި ދޮންބެ ދައްތަ؟އެމީހުން ކާވެނިކުރީ ލޯބިވެގެން. މާމަ ނޫނީ ކާފަ ދެއްކި ބަޔަކާއެއްނޫން.” ޝިޔާން ބުންޏެވެ.
” ދެން އެއްމެ ރަނގަޅު. ޝާއީން އަކީ ޝިޔާންގެ ކަޒިންއެއްނޫނެއްނު. ޒަހޫ އާއި ހުދާ އަދި ޝާނީގެއާއި އަޒޫގެ އެއްބަޑު ދައްތަ އެއްނު. މިސާލަކަށް ޝާއީން އާއި އިންނަން ބުނެފިނަމަ ހަދާނީ ކިހިނެއް؟” ރީނާ ސުވާލުކޮއްލިއެވެ.
” ފަހަރެއްގަ އާއެކޭ ބުނެވިދާނެ.” ޝިޔާން ހިޔާލީ ގޮތަކަށް ބުންޏެވެ.
(ނުނިމޭ)