Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަވްލީން (24 ވަނަ ބައި)

iff Level 210 Stories100 Comments
January 1, 2018 5 Mins Read
13 Comments

ހޮސްޕިޓަލުން ނިކުމެގެން ދަމުން ވިޝާކާ ކާންދޭންޖެހޭނެއޭ ކިޔާފައި މަހުދީއާއި ދިމާކޮށްލުމުން މަހުދީ އެހެން ރެއަކުން ދާނީއޭ ބުނީ އެރޭގަ ގެއިން ކައިގެން ތިބުމާއެކު އަވްލީންއަށް ހިނގާފައި ތަންތަނަށްދާން އުނދަގޫވާނެތީއެވެ. މަހުދީގެ ސައިކަލު ފަހަތުގައި އަވްލީން ގޮވައިގެން ދިޔައިރު ލަޔާން ދިޔައީ އޭނަގެ ރައްޓެއްސެއްގެ ސައިކަލުގައި ވިޝާކާ ގޮވައިގެންނެވެ. ހަތަރު މީހުން އެއްކޮށްގޮސް ގެއަށް ވަންނައިރަށް ސިޓިންރޫމްގައި އިން ސަބީނާ ބަލައިލީ ހިތްހަމަނުޖެހި އިނދެއެވެ.

 

………………………………………………………………………

“ވިޝާކާމެން ބޭރަށްދާއިރު ވިޝިކާވެސް ގޮވައިގެންދާނަމަ.. އޭނަ އެކަނި ގޭގަ އޮންނަންޖެހޭތީއޭ ކިޔާފަ ދެންމެވެސް ބޭރަށްދާން ހިފާލާފަހުރި.. ފޫހިވަނީއޭ ކިޔާފަ އެތައްފަހަރަކު ބޭރަށްދާން އުޅިއްޖެ.. ލަޔާން ދާންވީއެއްނު ވިޝިކާ ގޮވައިގެން ސައިކަލު ދުއްވާލަންދާން..” ސަބީނާ ލަޔާންއަށް ބަލައިލަމުން އެހެން ބުނެލުމާއެކު ލަޔާން ތީ އެއްވެސް ކަމެއްނޫނެއްނުންހޭ ކިޔާފަ ހީލާފަ މައްޗަށް އަރަންދާން ހިނގައިގަތެވެ.

“އަވީ ހިނގާ މިރޭ އަހަރެން ކޮޓަރިއަށް ނިދަން.. މިއުޅެނީ ފާތުން އަތުން ހޯދި ބިރުވެރި ފިލްމެއް ބަލަން ނުކެރިގެން އެކަނިވީމަ. އެކަނި އެ ބަލައިފިއްޔާ ނުވެސް ނިދޭނެ ކަންނޭގެ.. ހެހެ” ވިޝާކާ އަވްލީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ވިޝާކާ އެހެން ބުނުމުން އަވްލީންއަށް ބަލައިލެވުނީ ސަބީނާއަށެވެ. ވިޝާކާއަށް ވަގުތުން އެ ބުނަންއުޅޭ އެއްޗެއް ނަގައިގަނެވުނެވެ. “މަންމާ އޯކޭ ދޯ އަވީ އަހަރެން ރޫމްގަ އޮތަސް.. ” ވިޝާކާ ޅަ ވެލާފައި ސަބީނާ ކައިރިއަށްޖެހިލިއެވެ. “މަށަށްހެޔޮ.. އެކަމަކު އަދި އެހެރީ ތަށިތައް ނުދޮވެ..” ސަބީނާ އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަންނަމުން ބުނެލިއެވެ.

އަވްލީން އާއި ވިޝާކާ ކާގެއަށް ވަދެ ކުރަންހުރި މަސައްކަތްތައް ނިންމާލާފައި މައްޗަށް އަރަންދިޔައިރު މަހުދީ ސޯފާގައި އިށީންދެގެންއިނެވެ. ” އޭތް މައްޗަށް އަރަނީތަ؟ ހިނގާ އެންމެން ބުރެއްޖަހާލަން.. މި ހަންޑިގަނޑުވަރު ދޮންކަމަނަވެސް ރެޑީކުރުވައިގެން މިއައީ ވަރަށް ވަރުން..” ލަޔާން ވިޝިކާގެ އަތުގައި ހިފައިގެން ދަމާފައި ކަހަލަ ގޮތަކަށް ސިޑިން ފައިބަމުން ގޮވާލިއެވެ.

“ހިނގާފަތަ ދަނީ.. ސައިކަލުގަ ދަންޏާ ކޮންމެސް އެކަކަށް ނުދެވޭނެއެއްނު..” “ވިޝާމެންދޭ.. އަހަރެން މަޑުކުރާނަން ގޭގަ.. “ވިޝާކާގެ ވާހަކަ މެދުކަނޑާލަމުން އަވްލީން ބުނެލިއެވެ. ” އުހުން އަވީ ދާން ޖެހޭނެ. ވެއިޓް ނަވާ ސަރ އަށް ގުޅާލާނަން އާދެވޭތޯ.. އޭރުން އެންމެނަށްވެސް ދެވޭނެއެއްނު..” ވިޝާކާ ފޯނު ނަގާ ނަވާޒަށް ގުޅާލިއެވެ. ” ޕިސް.. މިހާރު މި ވިޝާކާއަކަށް އެ އަވްލީންނުލާ އެއްވެސް ތާކަށް ދެވޭ ކަމަކަށްނުވޭ.. ވަރަށް ފޫހިވޭ.. ” ވިޝިކާ މަޑުމަޑުން ބުނި ނަމަވެސް ކައިރީގައި ހުރި ލަޔާންއަށް އަޑު އިވިގެން ވިޝިކާގެ އަތަށް ފިތާލުމުން ތަދުވެގެން އޫއި އޭ ބުނެލެވުނެވެ. އަދި ލަޔާންއަށް ކަޅިއަޅާލިއެވެ.

ސައިކަލުގަ ދިޔައިރު ވިޝިކާ ބެލީ ލަޔާންއާއި ވީހާވެސް ދުރުގައި އިނދެވޭތޯއެވެ. އެހެންނަމަވެސް ލަޔާން އިރުކޮޅުކޮޅާ ބުރަކި ޖައްސާލުމުން ވިޝިކާގޮސް ލަޔާންގައިގަ ލައިގަނެއެވެ. އަނެއް ދެ ސައިކަލު ތަންކޮޅެއް ކުރީގައި ދުއްވާފައި ދިއުމުން ލަޔާން ދިޔައީ އެ ވަގުތުވެސް ވިޝިކާއަށް ޖެއްސުންކުރަމުންނެވެ.

އެންމެ ކުރީގައި އިން މަހުދީ ސައިކަލުގެ ދުވެލި ތަންކޮޅެއް މަޑުކޮށްލަމުން ލަޔާންއާއި އަރާ ހަމަކޮށްލިއެވެ. “އޭ ބަޑީ އަހަރެން އެބަޖެހޭތާކަށްދާން. ތި މީހުންދޭ އިނގޭ.. އަހަރެން އިރުކޮޅަކުން ޖޮއިންވާނަން.. ލަޔާން އާއި ހަވާލު ދެބެން..” މަހުދީ ލަޔާންއާއި އެއްވަރަށް ސައިކަލު ދުއްވަމުން ބުންޏެވެ. “ޑޯންޓް ވޮރީ ބުރަދަރ.. ބޮޑީ ގާޑް ލަވްލީ ސިންގއަށްވުރެ އަހަރެން ދެރަނުވާނެ.. ހެހެ” ލަޔާން ބުނި އެއްޗަކާ ހީނގަންނަމުން މަހުދީ އެ ހިސާބުގައި އިން ހަނިގޯޅިއަކުން ސައިކަލު ދުއްވާލިއެވެ.

މަހުދީ ދިޔަގޮތަށްގޮސް މީހުން އާންމުކޮށް ގޮސް ނޫޅޭ ހިސާބެއްގައި ސައިކަލު މަޑުކޮށްލުމުން އަވްލީން އިނީ ވާނުވާ ނޭނގިފައެވެ. “ކީއްވެ މިތަނަށް ތިއައީ.. މިތަނުގަ ނެތެއްނު އެކެއްވެސް..” އަވްލީން ފަރާތް ފަރާތް ބަލައިލަމުން ބުނެލިއެވެ. “މީ އަބަދުވެސް އަހަރެން އަވީ ގޮވައިގެން އަންނަން ބޭނުންވާ ތަނެއް… މީ އަހަރެން ވަރަށް ގިނައިން އަންނަ ތަނެއް..” މަހުދީ އަވްލީންގެ އުނނަގަނޑުގައި އަތް އަޅުވާލާފައި ސައިކަލުން ބާލުވާ ސައިކަލު ކައިރީގައި ކޮޅަށް ބެހެއްޓިއެވެ. އެއަށްފަހު ގުދުވެލާ އަތްދަނޑިމައްޗަށް އަވްލިން އުފުލާލައިގެން އެ ދިމާލު އަތިރިއަށް ހިނގައިގަތުމުން އަވްލީން އޮތީ ހާސްވެ ބިރުގަނެފައެވެ. ގަސްތަކުގެ އަތިރިއަށް ނެއްޓުނުއިރު އެ ހިސާބުގައި އޮތް ރީތި ދޮންވެލިގަނޑުގައި ބަހައްޓާފައި ހުރި އަށިތަކުން އައްޓެއް ކައިރިއަށްގޮސް މަހުދީ އަވްލީން ބެހެއްޓިއެވެ. ދެ މީހުނަށް އިށީނދެގެން ތިބެވޭނެހެން ހަދާފައި ހުރި އެ އަށީގެ އެއްކޮޅުގައި އަވްލީން އިށީނުމުން މަހުދީ އަވްލީންއާއި ޖެހިގެން އިށީނެވެ.

“މަހުދީ ހިނގާ ގެއަށްދާން.. އަހަރެން ވަރަށް ބިރުގަނޭ މި ކަހަލަ ތަންތާ އިންނަން.. ޕްލީޒް ހިނގާ ގެއަށްދާން… ” އަވްލީން ވަށައިގެން ބަލަމުން ގެއަށްދާން އެދުމުން މަހުދީ ހީލާފައި “އަހަރެން ކައިރީ އިންނައިރުވެސް ބިރުގަނޭ ހެއްޔޭ” އަހާލިއެވެ. އަވްލީންގެ އަތުގައި މަހުދީ ހިފާލާފައި ވާހަކަދައްކަން ފަށާއިރަށް އަނެއްކާވެސް އަވްލީން ގެއަށްދާން އެދުނެވެ.

އަވްލީން ދެވަނަ ފަހަރު ބުނުމުން ދެކޮޅު ހެދުމެއްނެތި މަހުދީ އަވްލީން ގޮވައިގެން ހިނގައިގަތީ ސައިކަލާދިމާލަށެވެ. މަހުދީ އަވްލީން ސައިކަލަށް އެރުވުމަށްފަހު ލަޔާންއަށް ގުޅާލީ އެމީހުން ތިބި ހިސާބެއް ބަލާށެވެ.

އެންމެން އެއްކޮށްގޮސް ގެއަށްވަނުމަށްފަހު އަވްލީން ގޮވައިގެން މައްޗަށްއެރި މަހުދީ ވިޝާކާގެ ކޮޓަރީ އެނދުމަތީގައި އަވްލީން ބޭންދުމަށްފަހު އަނގައިންވެސް ނުބުނެ ނިކުމެގެން ދިއުމުން އަވްލީން ވަރަށް ދެރަވިއެވެ. އޭނައަށް މިރޭ ކަންތައް ކުރެވުނުގޮތުން މަހުދީ ހިތްހަމަނުޖެހުނީކަން އިނގުނެވެ. އަދި އޭނައަށް ކަންތައްކުރެވުނީ ރަނގަޅަށްނޫންކަން ވިސްނުނެވެ.

ސިޓިންގރޫމް ސޯފާގައި އިން ނަވާޒަށް ފެންތައްޓެއް ހިފައިގެން ވިޝާކާ ދިޔައިރު ލަޔާން ވިޝިކާގެ އަތުގައި ހިފައިގެން ސިޑިން އަރަނީއެވެ. ދެމީހުން ދެމީހުނާ އެކި އެއްޗެހި ކިޔަމުންދިޔަ މަންޒަރުފެނި ވިޝާކާއަށް ހީގަނެވުނެވެ. “ހާދަ ވަރަކަށް ތި ހެނީ .. އަނެއްކާ ކިހިނެއްވީ؟ ” ނަވާޒް ވިޝާކާ ބަލަންހުރި ދިމާލަށް ބަލައިލަމުންއެހިއެވެ. ” އެއީ މިގޭ ޓޮމް އެން ޖެރީ ހަނގުރާމަކުރާތަން ފެނިގެން.. ” ވިޝާކާ ހީނގަންނަމުން ބުންޏެވެ.

“ވިޝާ ވާހަކައެއް އަހާލަންތަ؟ ވިޝާ ދޮންބެއާ އަވީއާ އުޅެނީ ރައްޓެހިވެގެންތަ؟ އެއްޗެކޭ ހީ ނުކުރައްޗޭ އިނގޭ.. ހަމަ އަހާލީ…” ވިޝާކާ ފެންތަށި ދީފައި ނަވާޒް ކައިރީ އިށީނުމުން ނަވާޒް އަހާލިއެވެ. “ޔެސް. އެކަމަކު އެއީ ސިކްރެޓެއް އިނގޭ.. އަދި އިނގޭނީ ލަޔާ ދޮންބެއާ ވިޝާއަށް އެކަނި.. ދެން ތި އިނގުނީ ނަވާ ސަރއަށް.. އެއްވެސް މީހެއް ކައިރިގަ ނުބުނައްޗޭ.” ވިޝާކާ އަމިއްލަ އަނގަމަތީގައި ޝަހާދަތް އިނގިލި ޖައްސާލަމުންބުނެލިއެވެ.

” އޯހް.. އޯކޭ.. ވިޝާ ކޮންއިރަކުން ނިދަނީ.. ސަރ ވަރަށް ނިދިއައިސްފި. ދެން ދަނީ އިނގޭ.. ގުޑް ނައިޓް.. ” ނަވާޒް ހަރުކޮށް ހިނގާލާފައިގޮސް ގެއިން ނުކުތްއިރު ވިޝާކާއިނީ ކަޅިޖަހާނުލާ ނަވާޒަށްބަލާށެވެ. ކުއްލިއަކަށް ގުޑްނައިޓް ކިޔާފަ ދާން ހިނގައގަތުމުން ވިޝާކާ އިނީ އޭނައަށް ގޯސް އެއްޗެއް ބުނެވުނީބާއޭ ހިތަށްއަރާފައެވެ. ނަމަވެސް ފަހުން މާބޮޑަށް ނިދިއައީކަމުގަ ނިންމާފައި އޭނާވެސް މައްޗަށް އެރީ މާބޮޑަށް ދަންވެފައި ހުރުމުން ފިލްމު ބެލުން ފަސްކޮށްލާފައި ނިދަންކަމަށެވެ.

ކޮޓަރީ ދޮރު ހުޅުވާލާފައި ބަލައިލި ވިޝާކާއަށް އަވްލީން އެކަނި ކޮޓަރީގައި އިންދާ ފެނުމުން ދޮންބެ ދިޔައީތޯ ސުވާލުކޮށްލިއެވެ. އަވްލީން ބޯ ޖަހާލާފައި އޭނަގެ ނިދަންލާ ހެދުން ގެނެސްދިނުމަށް ވިޝާކާ ކައިރިން އެދުނެވެ. އަދި ކޮރު ޖަހަމުންގޮސް ފާހާނާއަށްވަނެވެ.

ތިރިއަށްގޮސް އަވްލީންގެ ހެދުން ހިފައިގެން މައްޗަށްއެރި ވިޝާކާއަށް މަހުދީ ބެލްކަންޏާ ދިމާލަށްދާތަން ފެނިގެން މޮޅު ހިޔާލެއްއައެވެ. އަދި ހެވިލާފައި ކޮޓަރިއަށްވަދެ އަވްލީން ކައިރީގައި ބެލްކަންޏަށްދާން މަހުދީ އެދުނުކަމުގައި ބުނެލިއެވެ. ވިޝާކާ އެހެން ބުނުމާއެކު އަވްލީންގެ މިލާފައިވާ މޫނުމަތި އުޖާލާވެގެންދިޔަތަން ވިޝާކާއަށް ފެނުނެވެ. އަދި އެތެރެ އެތެރެއިން ހީލަ ހީލާ ހުއްޓެވެ.

ކޮރު ޖަހަމުން ގޮސް އަވްލިންއަށް ބެލްކަނީގައި އިންނަ ސޯފާގެ އަތްގަނޑުގައި އަތް އަޅުވާލެވުނުއިރު މަހުދީ އޮތީ އެ ސޯފާގައި ދިގުދިގަށް އޮށޯވެލައިގެންނެވެ. ހެޑްސެޓް އަޅައިގެން ލަވަ އަޑުއަހަން އޮތްއިރު ލޯވެސް މަރާލައިގެން އޮތުމުން މަހުދީއަށް އަވްލީން އެތަނަށް ދިޔަކަމެއް ރޭކާނުލިއެވެ. އަވްލީން އިރުކޮޅަކު މަހުދީގެ މޫނަށް ބަލަންހުރެފައި ފައިގަ ކޮށްޓާލުމުން މަހުދީ ލޯ ހުޅުވާ ބަލައިލީ ލަޔާންކަމަށް ހީކޮށެވެ.

“އަވީ ކިހިނެއްވީ.. ފަޔަށް ތަދުވަނީތަ؟” މަހުދީ ތެދުވެ އިށީންނަމުން ވާހަކަދެއްކިއެވެ. “މި މި ވިޝާ ބުނީ މަހުދީ އަންނަން ބުންޏޭ..” އިސްދަށަށް ޖަހާލަމުން މަހުދީ ކައިރީގައި އެހެން ބުނުމަށްފަހު އަވްލީން އެނބުރުނީ ކޮޓަރިއަށްދާށެވެ. “އަވީ އަވީ މަޑުކޮށްބަލަ.. އާދެވިފައެއްނު ތިހުރީ.. ދެން އާދޭ މިތާ އަހަރެން ކައިރީ އިނދެލާފަ ދާން..” މަހުދީ އަވްލީންގެ އަތުގައި ހިފާ ހުއްޓުވަމުން ބުންޏެވެ. އަވްލީން ކޮރުޖަހަމުންގޮސް މަހުދީ އިށީންދެގެން އިން ސޯފާގެ އަނެއްކޮޅުގައި އިށީނީ އިސްދަށަށްޖަހާލައިގެން އިނދެއެވެ.

“އުހުމް އުހުމް ހާދަ ދުރަކު ތި އިށީނީ.. ހިތްހަމަނުޖެހިފަތަ؟” މަހުދީ އަވްލީންއާއި ކައިރިއަށް ޖެހިލަމުން އަހާލިއެވެ. “ނޫން.. އަހަރެން ހީކުރީ މަހުދީ ހިތްހަމަނުޖެހިފަކަމަށް” އަވްލީން މަހުދީއަށް ބަލާލަމުން ބުންޏެވެ. “އެ ކީއްވެ އަހަރެން އަވީދެކެ ހިތްހަމަނުޖެހެންވީ..” “ބީޗަށް ދިޔަގަޑީގަ އަހަރެން މަޑުނުކޮށްއައީމަ.. ” މަހުދީ ވާހަކަ ދައްކާ ނުނިމެނީހަށް އަވްލީން ޖަވާބު ދިނުމުން މަހުދީ ކައިރިއަށް ވަރަށް ހިނިއައެވެ. އަދި އަވްލީންގެ ފުރަގަހުން އަތް ގެންގޮސް އަރިކަށީގަ ކޮށްޓާލުމާއެކު އަވްލީން ހީލިކަރުވައިގަނެގެން ތެޅިގަތެވެ. “އަހަރެން އަވީދެކެ ހިތްހަމަނުޖެހުނީއެއް ނޫނޭ.. ގެއަށް އައިސް ވަންތަނުން ޓޮއިލެޓަށް ދާންޖެހުނީމަ އަވަހަށް އަވީ ގެންގޮސް ކޮޓަރިއަށްލާފަ އަހަރެން ދިޔައީ.. ދެން ފަހުން ދާން ނުކެރުނީ ވިޝާ ރޫމްގަ އުޅެދާނެތީ…” މަހުދީ އަވްލީންގެ ހީލިކޮށްޓާ ހެއްވާލުމަށްފަހު ސީރިއަސްވެލިއެވެ. “އަހަރެން ބޭނުންވަނީ އަވީ އަބަދުވެސް ތިގޮތަށް ހީފަ އުޅެން.. ސޯ ބޭކާރު ކަންކަމާ ވިސްނާ މި ބޯ ގޮއްވާނެކަމެއްނެތް އިނގޭ.. ހެހެ” މަހުދީ އަވްލީންގެ ބޮލުގައި އަތްޖައްސާލަމުން ބުނެލިއެވެ.

މަހުދީ ސޯފާގެ އަތްގަނޑުގައި ލެގިލައިގެން އިންއިރު އަވްލީން އިނީ މަހުދީގެ އުނގުގައި މަހުދީގެ މޭގައި ލެގިލައިގެންނެވެ. މަހުދީއަށް ފުރަގަސްދީގެން އިނުމުން އަވްލީންއަށް މަހުދީ ފޯނު ނަގާފައި ކެމެރާއަށްލީ ކަމެއް ނޭނގުނެވެ. “އަވީ ބަލާލަބަ..” އަތުގެ އިނގިލިތަކާއި ކުޅެން އިން އަވްލީން އިސްއުފުލާލައި ބަލާލުމާއެކު މަހުދީ ސެލްފީއެއްނެގިއެވެ. އަވްލީން ލަދުން މޫނު ފޮރުވާލީ މަހުދީގެ މޭގައެވެ. އެވަގުތު އަނެއްކާވެސް މަހުދީ ފޯނު ދިއްކޮށްލާފައި ފޮޓޯއެއްނެގިއެވެ. ދެމީހުން އެގޮތުގައި އިރުކޮޅަކު ތިބުމަށްފަހު މަހުދީ އަވްލީން އުފުލާލައިގެން ގެންގޮސް ވިޝާކާގެ ކޮޓަރީ ދޮރުމަތީގައި ބެހެއްޓުމުން ހީލާފައި އަވްލީން ކޮޓަރިއަށް ވަނުމުން މަހުދީވެސް ދިޔައީ އޭނާގެ ކޮޓަރިއަށެވެ.

ދަންވަރު އެކެއްޖަހާ ބޮޑުވި އިރުވެސް ވިޝިކާއަށް ނުނިދެއެވެ. އެ ދުވަހު ދުވާލު މާގިނައިރު ނިދުމުން ވިޝިކާ ކައިރިއަށް ނިންޖެއްނައެވެ. ވައިފައި އޮންކޮށްލާފައި ވައިބާ ބަލައިލިއިރު ލަޔާން ފޮނުވާފައި ހުރި ފޮޓޯތަކެއް ފެނިގެން ބަލައިލިއިރު އެއީ ވިޝިކާއަށް ނޭނގި އޭނަގެ ގައިން ލަޔާން ނަގާފައި ހުރި ފޮޓޯތަކެކެވެ. އެ ފޮޓޯތައް ފެނުމުން ވިޝިކާއަށް ރުޅިއައުމުގެ ބަދަލުގައި ހިނިތުންވެލެވުނީ ލަޔާންގެ ހިތުގައިވެސް އޭނައަށް ހާއްސަ ކަމެއްނުވާނަމަ އެ ގޮތަށް ފޮޓޯ ނުނަގާނެއޭ ހިތަށް އަރާފައެވެ. “އަދިވެސް ނުނިދަނީތަ؟ މިހާރު ކުޑަކުދިން ނިދާހާއިރުވެއްޖެ. މިހާ ދަންވާއިރު ނުނިދަންޏާ ބޫގީމެން ވަންނާނެ ކޮޓަރިއަށް..” ވިޝިކާ ފޮޓޯތައް ބަލަން އޮއްވާ ލަޔާން މެސެޖެއްކޮށްލިއެވެ. އަދި ބިރުވެރި ސިފައެއްގައި ހުރި އެއްޗެއްގެ ފޮޓޮއެއް ފޮނުވާލިއެވެ.

“ވިޝިކާ އެ މެސެޖު ކިޔާލާފައި ރެޕްލައިކުރަން އުޅެނިކޮށް ކޮޓަރީ ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ.

Share Article

Follow Me Written By

iff

Level 210 Stories100 Comments

Other Articles

Previous

2018 އަށް މަރުހަބާ!!

Next

ވާށެ އޯގާ ހިތާ 1

Next
January 1, 2018

ވާށެ އޯގާ ހިތާ 1

Previews
January 1, 2018

2018 އަށް މަރުހަބާ!!

13 Comments!

  1. Greeny says:
    January 1, 2018 at 3:53 pm

    Me first v salhi ingey kon irakun next part keep it up

    1. iff says:
      January 3, 2018 at 2:14 pm

      Greeny ah 1st ??
      thursdayga insha allah ?

  2. Kiyaa says:
    January 1, 2018 at 4:00 pm

    Ey me 1st dhw
    Vaahaka v reethi

    1. iff says:
      January 3, 2018 at 2:05 pm

      Kiyaa ah 2nd ??
      Thank yu ?

  3. Zuam says:
    January 1, 2018 at 4:58 pm

    Wow ….. varah varah reethi…. kon irakun next part????????

    1. iff says:
      January 3, 2018 at 2:07 pm

      Thank yu zuam ?
      Thursdayga. Insha allah.. ?

  4. shaan says:
    January 1, 2018 at 8:19 pm

    haudahaa lahun miehaaru up kuranee

    1. iff says:
      January 3, 2018 at 2:08 pm

      Sorry shaan. .
      Btw thanks iffge story kiyaathy ??

  5. JUMA says:
    January 1, 2018 at 10:31 pm

    Salhi vrh …. anehkaa navaa avee aa like vany baa???? nxt prt avahah up kohdheeba. … whn nxt??

    1. iff says:
      January 3, 2018 at 2:12 pm

      Yes. Navaa ah avee furathama fennairahvx like vejje…??
      Thursdayga insha allah ?

  6. Pinky shifoo says:
    January 2, 2018 at 8:42 am

    Wow iff.. Mi part vx hama awesome… Waiting for next part.. Plxx readers ge comment thakah reply kurahchey….

    1. iff says:
      January 3, 2018 at 2:19 pm

      Aww ?
      Thank yu shifoo ??
      Iff thankolheh busyvgn readersge commentah rep nukurevunyma fahun alhaanulyy.. ekm anekkaavx mi kuranfeshy ingay shifff ???

  7. Sana says:
    January 9, 2018 at 12:37 am

    Varah reethi

Comments are closed.


All Right Reserved!