“ކޮފީއެއް ހަދާލަދީބަލަ.. އަހަރެން އެބަ ދަން..” ޔޫޝައު އަންނަ ވާހަކަ ބުނުމުން ނާޒް ހައިރާންވިއެވެ. އޭނާއަށް ޔޫޝައުއާ ދިމާ ބަލާލެވުނުއިރު ޔޫޝައުވެސް އިނީ އޭނާއާ ދިމާ ބަލަން ހިނިތުންވެލައިގެންނެވެ. އޭނާ ބަލާލުމާއެކު އެއްލޯ މަރާލިއެވެ. އޭނާއަށް ޤަބޫލުކުރަން ދަތިިވި ނަމަވެސް ހުރިހާ ކަމެއް އެ ހިނގަނީ އޭނާ ހޭލާ ހުއްޓާ އޭނާގެ ލޮލު ކުރިމަތީގައެވެ. ވީއިރު ދެކޮޅު ހެދޭނެ ޖާގައެއް ނެތެވެ. ނާޒް ހިނިތުންވެލަމުން ތުއި ގޮތަކަށް ކޮފީ ހަދަން ދިއުމުން ޔޫޝައު މޫނު ކުނިކޮށްލިއެވެ. ފޫހިވެފައި […]
” މާކިން..ދަރިފުޅު ކޮންތާކުން ތިއައީ.. މިއަދުވެސް މޫދަށް ދިޔައީދޯ..” ކާ ގެއިން ނުކުތް މަލީހާ ސުވާލުކޮއްލިއެވެ. ހަރުވާޅަކާއި ދިގު ހެދުމެއް ލައިގެން ހުރި މަލިހާ ގެ ބޯ ނިވާކޮއްލެވިފައިވަނީ ބުރުގާއަކުންނެވެ. އުމުރުން ސާޅީސް އަހަރުވެފައިވީނަމަވެސް އެ މޫނުމަތިން ތާޒާކަން ފެނެއެވެ. މަންމަގެ މޫނަށް ބަލާލަމުން މާކިން އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ” މަންމަ އެގަޑީ ފެންނަން ނެތީމަ ނުބުނެ ދިޔައީ..” ލައިގެން ހުރި ފައިވާނުގައި ހަރުލާފައިވާ ވެލިތަށް ފޮޅާލަމުން އެ ނަގާ ފައިވާން ހަރުގަނޑުގައި ބަހައްޓަމުން މާކިން […]
ދެމީހުން ކައިރީ ހުރި ކެފޭއަށް ވަދެ އޯޑަރު ދިން ތަނުން އެލައިޝާއަށް މެހެކްގެ ކޯލެއްއައެވެ. މެހެކް ހުރީ ވަރަށް ހާސްވެފައިކަން އަޑުން އިނގުނެވެ.މެހެކް ބުނީ ވަރަށް އަވަހަށް އެލައިޝާމެން ގެޔަށް އައިސް ދިނުމަށެވެ. އޭނާ ހުރީ އެލައިޝާ ހޯދަން އެގެޔަށް އައިސް ކަމަށެވެ.”ވަރަށް އަވަހަށް ގެޔަށް ދާން ޖެހިއްޖެ..މެހެކް އެގުޅީ..ޔަގީން އޭނައަށް ކަމެއް ވެއްޖެ..އިބާން އާދޭ އިނގޭ ކޮފީ ބޮއެގެން..އަހަރެން މިދަނީ..” އިބާންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި އެލައިޝާ ކެފޭއިން ނިކުންނަން ދިޔައެވެ. އެލައިޝާ ގެޔަށް ވަދެ […]
ދެރަވެސް ވިއެވެ. އެހެންނަމަވެސް އޭނާ އިހްސާސްތައް ފޮރިވައިލިއެވެ. އެވަގުތު އެތާ މޭޒުމަތިގައި އޮތް މައިލީންގެ ފޯން ރިންގްވިއެވެ. މައިލީން ފޯނާ ދިމާލަށް ބަލާލުމާއެކު އަވަސްއަވަހަށް ފޯން ފޮރުވިއެވެ. އަދި އަވަސްއަވަހަށް ފޯން ނަގާ ކަންފަތުގައި ޖައްސައިލިއެވެ. އޭރު މައިލީން ގެ ހިތް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ. އަނެއްކާ ޔުއާން އަށް ފެނުނީހެއްޔެވެ؟ ފެނިއްޖެނަމަ ޔުއާން ގެ އަމަލް ތައް ހުންނާނީ ކިހިނެއްހެއްޔެވެ؟. މައިލީން ސިހުނު ގޮތް ޔުއާން އަށް ފެނުނު ކަމުގައިވިޔަސް ފޯނުގެ ސްކްރީން […]
ދަންވަރު އެކެއްޖަހާ ބޮޑުވި އިރުވެސް ވިޝިކާއަށް ނުނިދެއެވެ. އެ ދުވަހު ދުވާލު މާގިނައިރު ނިދުމުން ވިޝިކާ ކައިރިއަށް ނިންޖެއްނައެވެ. ވައިފައި އޮންކޮށްލާފައި ވައިބާ ބަލައިލިއިރު ލަޔާން ފޮނުވާފައި ހުރި ފޮޓޯތަކެއް ފެނިގެން ބަލައިލިއިރު އެއީ ވިޝިކާއަށް ނޭނގި އޭނަގެ ގައިން ލަޔާން ނަގާފައި ހުރި ފޮޓޯތަކެކެވެ. އެ ފޮޓޯތައް ފެނުމުން ވިޝިކާއަށް ރުޅިއައުމުގެ ބަދަލުގައި ހިނިތުންވެލެވުނީ ލަޔާންގެ ހިތުގައިވެސް އޭނައަށް ހާއްސަ ކަމެއްނުވާނަމަ އެ ގޮތަށް ފޮޓޯ ނުނަގާނެއޭ ހިތަށް އަރާފައެވެ. “އަދިވެސް ނުނިދަނީތަ؟ މިހާރު ކުޑަކުދިން […]
ދެމީހުން އެބުރި ހޮޓެލަށް ދިޔައީ މެހެކް ގުޅުމުންނެވެ. އަބަދު ޒުވާބުކޮއް ހަދާ ދެމީހުން އެޕާކުން ނިކުމެ ދިޔައީ އެކުވެރިންގެ ގޮތުގައެވެ. އެލައިޝާގެ ހަޔާތުގެ އެންމެ ބޮޑު ސިއްރު އިބާންއާއި ހިއްސާކުރެވުމުން ހުރީ ހައިރާންވެފައެވެ.ހައިރާން ނުވާންވީ ކީއްވެ ހެއްޔެވެ. އިބާންއާއި ދިމާވިތާ އަދި ހަފްތާއެއްވެސް ނުވެއެވެ.މެހެކްއާއިއެކު އެތަށް އަހަރަކު އުޅެފައިވާއިރުވެސް އެލައިޝާއަށްވަނީ މެހެކް ގާތުގައި އެވާހަކަ ނުބުނެވިއެވެ. ދެމީހުން އެކީގައި ހޮޓެލް ކައިރިއަށް ދިޔައިރު އެމީހުންގެ އިންތިޒާރުގައި ޒެވިޔަންއާއި މެހެކް ތިއްބެވެ. “ދެމީހުން ހަމަ އެކީގަތަ ތިއުޅެނީ…މެހެކް […]
“ސޯ ގްރޭޓް ޑޮކްޓަރ ޔުއާން ވަޓް ޑޫ ޔޫ ވޯންޓް” ހިތްވަރުކޮއްފައި ނުގޮސް ޔުއާން ހުންނަން ފެށުމުން މައިލީން އަހައިލިއެވެ. ޔުއާން އަށް މައިލީން ގެ އަޑު އިވުމާއެކު ފުން ނޭވާއެއްލަމުން މޭގައި ފިރުމާލިއެވެ. އެތަން ބަލަން ހުރި މައިލީންގެ ހިތަށް ތަދުވުން ނޫން ކަމެއް ނުވިއެވެ. މައިލީން ގެ ހިތުގައި އަޅަމުން ދިޔަ ވޭން އިތުރުވަމުންދިޔައެވެ. ޔަޝްމް އަށް ކިޔަވައިދޭން މަސައްކަތް ކުރަމުން ދިޔަ އާރާ ދެފަރާތަށް ބޯ ހޫރާލަމުން މަޑުޖެހިލީ ޔަޝްމް ގެ ސަމާލުކަން […]
“އަހަރެންގެ އުންމީދުގެ ހުޅުކޮޅު ނިވެން އުޅެނީ އޭ އާރާ” ޔަޝްމް ގޮވައިގެން ބޭރަށް ގޮސްފައި ޝާލީން އައިއިރު ޔަޝްމް ގެ އަތުގައި ކުޅޭ އެއްޗެއް އޮތެވެ. އޭނާ ނިކަން ހެވިފައި ހުރެގެން އައިސް މައިލީން އަށް ދައްކައިލިއެވެ. އޭރު މައިލީން ހުރީގޭތެރެ ފޮޅާ ސާފުކުރާށެވެ. ސިޓިން ރޫމްގައި ހުރި ސްޓަޑީ ޓޭބަލް ގައި ފޮތްތައް އަތުރައިގެން އިން އާރާ ފެނިފައި ޔަޝްމް ގޮސް އެ އާރާ އަށް ދައްކައިލިއެވެ. އޭނާ އެދުނީ އޭނާއާއެކު އާރާ ކުޅެން އައުމަށެވެ. […]
“ކީއްވެތަ ކޮންމެ މީހަކަށް އަހަރެން މި ގޯސްވަނީ؟ އަހަރެންނަށް އެހެން މީހަކު ދެރައެއް ދިނަސް ގޯސް މިވަނީ އަހަރެން.. ކީއްވެތަ؟ ކީއްވެތަ؟” “އެކަކަށް ދެރައެއް ދީފަ އަނެކަކަށް އުފަލަކު ނޫޅެވޭނެ.. އެތަން ތި ފެންނަނީ..” އެވަގުތު ކޮޓަރިއަށް ވަދެގެން އައި ލީން ބުނެލިއެވެ. އޭނާގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރުތައް ފާޅުވެއެވެ. “ލީން!؟” “ވަރަށް ހައިރާންވެއްޖެ ދޯ އަހަރެން އައިމަ.. އަހަރެން ހުރީ ނާންނަންވެގެން.. އެއީ ރައްޓެހިން އެއީ ރައްޓެހިން ކަމުގަ ނުދެކޭ މީހުން ކައިރިއަށް ޒިޔާރަތްކުރުމަކީ އަހަރެން […]