2018 ވަނަ އަހަރުގެ ފުރަތަމަ ދުވަހަށް ދިވެހިރާއްޖެ މަރުހަބާކީ ހިތާމައާއި މޮޅިވެރިކަމާއެކުއެވެ. އެންމެންގެވެސް ހިތުގައި އުފެދިފައިވަނީ ސުވާލުތަކެކެވެ. ވާނީވެސް އެހެންތާއެވެ. 1 ޖަނަވަރީ 2018 ގެ ފަތިހުގެ ހަމަހިމޭންކަން ނަގާލީ މާލޭގެ ގެއެއްގެ ސިޓިންރޫމްގައި މާރާލެވިފައިވާ ޒުވާނަކު ފެނުނު ހަބަރު ނޫސްތަކުގެ ފަލަސުރުހީތަކަށް އެރުމުންނެވެ. އޭނާގެ މަރުގެ ގާތިލަކި ކާކުކަން އަދި ކަށަވަރު ނުވިކަމުގައިވިޔަސް އެއްކަމެއް ވަނީ ކަށަވަރުވެފައެވެ. އެއީ އޭނާ މަރާލީ އޭނައާއެކު އެއްފުރާޅެއްގެ ދަށުގައި ދިރިއުޅޭ އޭނާގެ އާއިލާގެ ކޮންމެވެސް އެއް މެންބަރެއް ކަމެވެ. […]