Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވާށެ އޯގާ ހިތާ 1

seym Level 310 Stories100 Login100 Comments
January 1, 2018 3 Mins Read
29 Comments

ރަށަށް ވެރިވެފައިވާ ދިލަ ހޫނު މެންދުރު ވަގުތަށް އަޅާލުމާއެކު ގަދަ ކޮއްލިހެން ހީވެއެވެ. މުހިންމު ބޭނުމެއް އޮވެގެން ނޫނީ މަގުމަތީގައި މީހަކު އުޅޭ ތަނެއް ނުފެނެއެވެ. ނަމަވެސް މޫދުން އަރައިގެން އެއްގަމަށް ހިނގައިގަތް ޒުވާނާގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ދިގު އިސްކޮޅެއް ލިބިފައިވާއިރު ހަމުގެ ކުލަ އައްޔެވެ. އެއްފަރާތުގައި ހުރި ބޮޑު ގަހުން އެހިސާބަށް ހިޔާ އެޅިފައި ވެއެވެ. ގަހުގެ ދަށުގައި އޮތް އަތްދިގު ޓިޝާޓް ނަގަމުން ގަޔަށް ހެޔޮވަރުކޮއްލިއެވެ. އެ ހަށިގަނޑަށް ޓީޝާޓް ހިފާފައިވާ ގޮތުން މޭމަތީގެ މަސްތަކާއި އަތުގެ ވަރުގަދަކަން ބަލާލައިފި މީހަކަށް ލަފާކޮއްލެވޭނެއެވެ. ހުދު ދޮންވެލި ގަނޑުމަތީ އިށީންނަމުން ގަހުގައި އެ ޒުވާނާ ލެނގިލިއެވެ. މޫދަށް ނަޒަރު ހުއްޓާލުމާއެކު އެކުވެރިންތަށް ޖަހާ ސަކަރާތް ފެނުމުން އެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެއްތާކު މާގިނައިރަކު ނީދެވުނެވެ. ތެދުވެ ލައިގެން ހުރި ނޫކުލައިގެ ސޯޓުން ވެލި ފޮޅާލަމުން ހިނގައިގަތީ ފާލަމާ ދިމާއަށެވެ. ފާލަމުގެ އެންމެ ކޮޅަށް ދެވުމާއެކު ހުއްޓި ކުރިމަތިން ފެންނަން އޮތް ގުދުރަތުގެ ހިތްގައިމު މަންޒަރު ހިތުގައި ރައްކާކޮއްލިއެވެ. އޭރު ކޮނޑާ ހަމައަށް އަރާ ކަޅުކަންގަދަ ފަން އިސްތަށިގަނޑު ޖެހޭ މަޑު ވައިރޯޅިއާއެކު ވިހުރިލައެވެ. ނުވިސްނާ ހުއްޓާ ފަަހަތުން އައިސް މީހަކު ކޮއްޕާލުމާއެކު މޫދަށް ވެއްޓެން ދިޔަ މާކިންގެ ހަޅޭކުގެ އަޑު އިވުނެވެ. ވަގުތުން އެއީ ކާކު ކަން ނަގައިގަނެވުނެވެ. އެކަހަލަ ސަކަރާތް ޖެހުމުގައި އެންމެ އިސް އެކަކަކީ އާދިލް އެވެ. ” ކީއްތިކުރީ..” ލޮނުގަނޑުން މޫނު ހިއްލާލަމުން މާކިލް ސުވާލުކޮއްލީ ތަންކޮޅެއް ބާރަށެވެ. ” ތި ހަމަ ފޭކް ބައެއް.. މަ ކައިރީ މޫދަށް ދާން ކިޔާފަ ހަބަރެއްވެސް ނުވެ އައިސް ތި މަޖާ ކުރަނީ..” އާދިލް ލައިގެން ހުރި ސޯޓުގެ ޖީބަށް އަތް ޖަހާލިއެވެ. ހަމުގެ ކުލަ އަލި ނޫންނަމަވެސް އެ މޫނަށް ބަލާލައިފި އަންހެން ކުއްޖެއްގެ ހިތަށް ގޮތް ތަކެއް ނުވެ ނުދާނެކަން ޔަގީނެވެ. ކުރުކޮށް ކޮށާލެވިފައިވާ ތުބުޅިއާއި މަތި މަހުން ފިރިހެންވަންތަކަން އިތުރުކޮއްދެއެވެ. ” ކިހާ ވަރަކަށް ގުޅީ.. ދެންމެ ދޯ ތި ހިއްލާލީ..” މާކިން އާދިލްގެ މޫނަށް ނަޒަރު ހުއްޓާލަމުން އަހާލިއެވެ. ” އާން.. ހިނގާ ދާން ދެން… ހަމްޒާ މެން ވެސް އެއުޅެނީ ދާންވެގެން..” ދުރުގައި ތިބި އެއް އުމުރުގެ ފިރިހެން ކުދިންގެ ގުރޫޕަށް އާދިލް ހަނާ އަޅާލިއެވެ. މާކިން އެއްގަމަށް ފަތައިގަތީ މެންދުރު ނަމާދު ވަގުތު ފާއިތު ނުވަނީސް އަވަހަށް ގެއަށް ދިއުމުގެ ބޭނުމުގައެވެ.

 

ރަށުގެ ބޮޑުމަގުން ހިނގާފައި އައި މާކިން އާއި އެއްވަރަކަށް އާދިލް ވެސް ހިނގަމުން އައެވެ. ދެ ޒުވާނުންގެ އިސްކޮޅު ދާދި އެއްވަރެވެ. ސުކޫލް ދުވަސްވަރުއްސުރެ އެ ދެ ޒުވާނުންނަކީ ގާތް އެކުވެރިންނެވެ. ނުދަންނަ މީހުންނަށް އެއީ ދެބެން ކަމުގައި ވެސް ހީކުރެވޭ ފަހަރު މަދެއް ނޫނެވެ. ” ޖޮބަށް އެޕްލައި ކުރި ތަންތަނުން އަދިވެސް ހަބަރެއް ނުވޭތަ..” އާދިލް ގެ ސުވާލުން މާކިން ބޯ ޖަހާލިއެވެ. ” އާން.. އެންމެ ފަހުން ސިޓީ ލީ ތަންތަނުން ވެސް އަދި ހަބަރެއް ނުވޭ.. އެހެން ނޫނަސް އަސްލު މާލެ އަށް ދާހިތެއް ނެތް.. ރަށުގަ އުޅެން މާ ހިތްހަމަ ޖެހޭ… މަންމަ އެކަމަކު އެއްބަހެއް ނުވި ރަށުން ވަޒީފާ އެއް ހޯދާކަށް.. މާލެ އަށް ބަދަލު ވީމަ އޯ އިތުރަށް ކިޔެވޭނީ ކިޔާފަ..” މާކިން ގެ އަޑުން ފޫހި ވެފައިވާކަން އިނގެއެވެ. ” މަވެސް މިއުޅެނީ ހަމަ ރަށު ވަޒީފާގަ.. ވަކި ތިބުނާ ތަފާތެއް ނުފެނޭ.. އެކަމަކު މާކް ގެ މަންމަ ވެސް އެބުނީ ތެދެއް.. މާކް ކިޔަވަން މޮޅު.. އަހަރެން ހާ ގަމާރެއް ނޫން..” އާދިލް ހިނިގަނޑެއް ޖަހާާލިއެވެ. ދެ ޒުވާނުން ވާހަކައިގައި ތިއްބާ ދުރުން ހިނގާލާފައި އައި އަންހެންކުއްޖާ ފެނުމުން އާދިލް ގެ ނަޒަރު އެ އަންހެން ކުއްޖާ އަށް ހުއްޓުނެވެ. ކައިރީ ގައި ހުރި މާކިންގެ ގައިގައި އޮޅަބޮށިން ޖަހާލަމުން ލޮލުން އެ ކުއްޖާ އަށް އިޝާރާތް ކޮއްލިއެވެ. ލައިގެން ހުރި ދޫ ކަޅު ހެދުމާއި އަޅައިން ހުރި ކަޅު ބުރުގާއިން އެ އަންހެން ކުއްޖާގެ ދޮން މޫނު އިތުރަށް ފާހަގަވެއެވެ. އަތުގައި ކޮތަޅެއް އޮތުމުން ފިހާރައިން އެއްޗެއް ގަނެގެން ދާ ކަމަށް މާކިން ނިންމިއެވެ. އެ އަންހެން ކުއްޖާ މާކިން މެން ކައިރިން ލާފައި ދިއުމާއެކު އާދިލް ހިފަހައްޓައިން ހުރި ނޭވާ ދޫ ކޮއްލިއެވެ. ” ދެން ނަދާ ކައިރީ ބުނަންވީނުން އާދިލް އާއި އިންނާށޭ… އޭނަ ފެނިފަވެސް ތިހުންނަނީ ނޭވާ ނުލެވިފަ.. އަދި ލިބުނީމަ ކިހާވަރެއްވާނެބާ..” މާކިން އާދިލް އާއި ދިމާކޮއްލިއެވެ. ނަދާ ދެކެ ގަޔާވާކަން އެނގިހުރެ އާދިލް އަށް އެކަމާއި ކުރިމަތިލާން އަދިވެސް ނުކެރެއެވެ. ” ކުޑަކޮށް ވޯމް އަޕް ވެލާފަ ދޯ އަދި އެކަން ވާން އޮތީ..” އާދިލް ކުރިއަށް ހިނގައިގަންނަމުން ބުނެލިއެވެ. މާކިން ގެ ގެއާއި އަރާ ހަމަ ވުމާއެކު ފަހުން ގުޅާނަން ކަމުގައި ބުނެ ދެ އެކުވެރިން ވަކިވިއެވެ. ހުދު ވެލިން ޒީނަތްތެރި ކުރެވިފައިވާ ގޯތީގެ ދެފަރާތުގައި އެކި ވައްތަރުގެ މާ ގަސްތަށް ހައްދާފައިވާއިރު އިތުރު ފުރިހަމަ ކަމެއް ވެރިވެފައިވެއެވެ. އަތުން ބޮލުގެ އިސްތަށިގަނޑު ރީތި ކޮއްލަމުން މާކިން ގޭތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކުވެސް އިވުނީ މަންމަ ގެ އަޑެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

އަވްލީން (24 ވަނަ ބައި)

Next

ހިތާ ފުރާނައިން… (3)

Next
January 1, 2018

ހިތާ ފުރާނައިން… (3)

Previews
January 1, 2018

އަވްލީން (24 ވަނަ ބައި)

29 Comments!

  1. Lam says:
    January 1, 2018 at 5:17 pm

    Vv reethi…waiting..finally ur back …

    1. seym says:
      January 1, 2018 at 5:57 pm

      Thanks Lam ?

  2. Shapher says:
    January 1, 2018 at 5:19 pm

    Feshun vx nice… waiting for next part..?

    1. seym says:
      January 1, 2018 at 5:57 pm

      Thanks dear ??

  3. mishy says:
    January 1, 2018 at 5:22 pm

    Mi vhk vrh reerhi… Seym alahtha ? Next part Ava’s khlahchey??

    1. seym says:
      January 1, 2018 at 5:58 pm

      Thanks mishy ?
      This is my second story. ?

  4. Xxxx says:
    January 1, 2018 at 5:50 pm

    Hey dear,u r back ???nice

    1. seym says:
      January 1, 2018 at 5:58 pm

      Thankyou. ??

  5. seym says:
    January 1, 2018 at 6:00 pm

    Salaam loves. ?
    Fst of all hurihaa kudhinnah happy new year. ? And hope you all are fine. Missed ya all. So here is the fst part of my second story. heekuran hurihaa kudhinnah vx kamudhaane kamah. Will be uploading regularly starting from the next week. ??

  6. seym says:
    January 1, 2018 at 6:01 pm

    And yes i need name suggestions. Both girl and boy names. ?

  7. Angell says:
    January 1, 2018 at 6:28 pm

    Girl: nashwaa, minha, maiha, shimreen.
    Mi ee Angell ah varah reethi 4 nan

    1. Angell says:
      January 1, 2018 at 6:30 pm

      Boy: fawwaaz, hammadh, mahfooz, hayyan..
      Mi Angell ah emme reethi boyz ge nanthah..

  8. Alvyn says:
    January 1, 2018 at 6:32 pm

    Yooin and Vidhaan, n ya dear the story ix awesome..

  9. Juvey says:
    January 1, 2018 at 6:35 pm

    Nithshaa ..nathaashaa

  10. Shann says:
    January 1, 2018 at 6:49 pm

    Wow seym, alun aabaareh laifa feshy dhw thi, v ves rythi vaanehen hyvany mi story ves

  11. Gorgeous says:
    January 1, 2018 at 7:39 pm

    Yay seym is back.. Seym ge story eh vyya salhi vane kan ingey ??..?lamyaa shimraa ?zimaam aidhan

  12. Malaa says:
    January 1, 2018 at 7:46 pm

    Nice story.. awaha up kohdehchey.

  13. Layaa says:
    January 1, 2018 at 8:49 pm

    V reethivaanehen heevanee mivaahaka. ?
    Grl eh vejjeyaa v reethi vaane

    Beenish
    Leelaa
    Yaanaa
    Aaraa
    Saraa
    Noora

    Mee hahathahaavess reethinan .. ?

    1. Hawwu (Layaa) says:
      January 1, 2018 at 8:52 pm

      Boys ah
      Aan
      Ziam
      Aakif
      Aain
      Maish
      Laish
      Layaan

      Mee hahtha haavess reethinames ?

  14. Ree? says:
    January 1, 2018 at 10:48 pm

    Girl:nikyaa,naaz,nihaa, mairaa
    Boy:zekyan,yaanik,rayan this names are so beautiful?

  15. xim says:
    January 1, 2018 at 11:10 pm

    Story nice…..girl: luyoona, hamna, rifa, maleeka, luba.
    Boy: dhaanish, yaish, aakif, shaain, Minhaal…..miii Hus reethi name xim hithah

  16. JUMA says:
    January 2, 2018 at 12:20 am

    Yey my lovely seym is back ? salhi?? whn nxt prt??

  17. Dark girl says:
    January 2, 2018 at 12:33 am

    Boy: ayaamin kaif kail
    Girl: yumna yaanaa yaal

  18. Pinky shifoo says:
    January 2, 2018 at 8:55 am

    Helloo seym… Varah reethi mi part… Hope kuran kuryge story haa reethivaane kamah.. For girls: Minhaa, Ifaa, Ahaanaa, Naaz, Malsha yaanaa, yaanee. For boys: Aahil, Aakif, Aiham, yunaan.

  19. Sham says:
    January 2, 2018 at 9:04 am

    Hii seym..you are back!!? vrh reethi feshun.. regular koh upload kohlahchey? goodluck!!
    Boy names:
    Naavy
    Jeelaan
    Naveel
    Luyoon
    Eevaan
    Girls:
    Ainy
    Amaanath
    Mauwa
    Iram
    Eeram
    Eeshal
    Mi names sham ah vrh reethi

    1. Amaanath says:
      July 31, 2018 at 8:39 pm

      My name is there.im amaanath?

  20. Sana says:
    January 4, 2018 at 12:35 pm

    Girls…..
    Sama
    Hana
    Lisa
    Malsha
    Meesha
    Zeesha

    Boys ….
    Kaish
    Husaam
    Nizaam
    Shayaam
    Nizaam
    Niyaaz
    Saif
    Yooshau

    This is my favorite girls and boys name’s hope you will choose this name’s…?
    (Thank you)

  21. Angel says:
    January 7, 2018 at 3:22 pm

    Ayaaz, haanim,hishaan, shaayaa,mihaadhu,vishaalu,visaam,visaalu

  22. ??? says:
    January 8, 2018 at 7:52 am

    Yey seym feshii dw vaahaka vvvvv rythi mibaiiiiii????

Comments are closed.

Next Episodeވާށެ އޯގާ ހިތާ 2←


All Right Reserved!