Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން… (1)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
December 31, 2017 5 Mins Read
29 Comments

ހުޅުލޭ އެއާރޕޯޓަށް ދެންމެ ޖެއްސި އެމައިރޭޓްސް ގެ ބޯޓުންފެއިބި ޒުވާނާގެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ. މީހުންތަކުގެ ތެރެއިން ފުރޭނިގަނެގެން ޓާމިނަލް އަށް ވަންނަންދިޔައިރު އޭނާ ލާފައި ހުރީ ސްވެޓަރ ވައްތަރެއްގެ އެއްޗެކެވެ. ތިރިން ޖީންސެއް ލާފާއިވާއިރު އަރާފައިވަނީ ސްނިކާ ބޫޓަކަށެވެ. ކަންފަތަށް ހެޑްސެޓެއް ޖަހާފައިވެއެވެ. ދުވަހަކީ ފިނިދުވަހެކެވެ. ހެދުނުއްސުރެ ވާރޭ ވެހިފައި ހުއްޓާލީ ދެންމެއެވެ. އެހެންކަމުން އޭނާ ލާފައިހުރި އެއްޗެހިވެސް މި ފަދަ މޫސުމާ ނުހަނު ގުޅެއެވެ.

އިމިގްރޭޝަން ކައުންޓަރ ދޮށުގައި މީހުންތައް ކިއޫގައި ތިއްބެވެ. ޒުވާނާވެސް ކިއުގައި މަޑުކޮއްލިއެވެ. އިމިގްރޭޝަން ކައުންޓަރުން ކަންތައް ތައް ނިންމާލުމަށްފަހު ދެން އަވަސްވެގަތީ ފޮށި ހިފައިގެން ނުކުތުމަށެވެ. ފޮށިދަމާލާފައި ހިނގައިގަތް އިރު އޭނާއަށް ވަނީ ގިނަ އަންހެންކުދިންގެ ނަޒަރުތައް ހުއްޓިފައެވެ. އެހެންކަމުން އޭނާގެ ތުންފަތް މައްޗަށް ވަނީ ބޮޑާކަމުގެ ހިނިތުންވުމެއް ވެރިވެފައެވެ. ގުދުރަތުން އޭނާ އަށް ދެއްވާފައިވާ ރީތި ކަމުގެ ސަބަބުބް ޒުވާން އަންހެން ކުދިންގެ ހިތްތައް ފަތަހަ ކުރުމަކީ އޭނާއަށް މާ އުނދަގޫ ކަމެއް ނޫނެވެ.

މަޑު މުށިކުލައަށް ދާ ކަޅިއަކީ އަންހެންކުދިން އެ ލޮލުގެ ތެރެއަށް ފީނައިގަންނަން ބޭނުންވާފަދަ ދަމާބާރެއް ހުންނަ އެއްޗެކެވެ. އެ ފުން ދެލޮލުގެ ތެރެއަށް ގެނބިގެންދާ ކޮންމެ ކުއްޖަކީ ވެސް އެކުދިންގެ އަމިއްލަ އިޚްތިޔާރަކާ ނުލާ ގައިދުވާ ކުއްޖެކެވެ.

ޔުއާން އަށް އާއިކް ފެނުމާއެކު އޭނާ ހިނގައިގަތީ އާއިކް އާ ދިމާލަށެވެ. އާއިކް އަކީ ޔުއާންގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. އާއިކް އަށް ވެސް ޔުއާން ފެނުނު ހިސާބުން ތުންފަތަށް ވެރިވެގެން ދިޔައީ އުފާވެރިކަމުގެ ހިނތުންވުމެކެވެ. އާއިން އަކީވެސް ޔުއާން ފަދައިން ފިރިހެންވަންތަ ހަށިގަނޑެއް ލިބިފައިވާ ފަރާތެކެ.

އާއިކް އާ ޔުއާންއަށް އަރާހަމަވީ ކަމެއް ނޭގެއެވެ. އާއިކް އޭނާގެ ދޮންބެ ގެ ގައިގައި ބައްދާލާ ސަލާމްކޮއްލިއެވެ. ޔުއާން އާއިކްއަށް ބަލާލިއެވެ. ހުދު ގަމީހެއްގެ މަތިން ކަޅުކުލައިގެ ސޫޓެއްލާފައިވުމުން ފިރިހެންވަންތަ ކަން އިތުރުކޮއްދެއެވެ. އަޅާފައިވާ ޓައީ ގެ ސަބަބުން ވެސް ފެނިގެންދިޔައީ ވަރުގަދަ ޝަޙްސިއްޔަތެއްހެންނެވެ.

ލާފައިވާ ފަޓްލޫނުން ފެށިގެން އަރާފައިވާ އޮފްކަން ގަދަ ބޫޓަކީވެސް އަގު ބޮޑު އެއްޗެއްކަން ދެނެގަންނާކަށް އުނދަގުލެއް ނުވެއެވެ. ރީތި ގޮތަކަށް ސްޓައިލް ކޮއްލާފައިވާ އިޝްތަށިގަނޑު ކަޅުކަން ގަދަވެވައި ވަރުގަދައެވެ.

ލޮލުގައި އަޅަން ގެންގުޅުނު އަވިއައިނު ވަނީ އިޝްތަށި ގަނޑު ހަޑިނުވާނޭގޮތަށް ބައިންދާލެވިފައެވެ. އަޅިކުލައަށްދާ ކަޅީގެ ސަބަބުން ލޮލުގެ ރީތިކަން އިތުރަށް ފުރިހަމަ ކޮއްދީފައިވެއެވެ.

“ހާދަ ރަސްމީކޮއް އިކް… މައި ލިޓްލް ބޮރޯ” ޔުއާން ބުނެލިއެވެ. “ދެންބެވެސް ޗޭންޖެއްނު ވަރަށް. ހުރިހާ އަންހެން ކުދިން ހީވަނީ ދޮންބެ ރޮލާ ކައިލަފާނެހެންވިއްޔަ” ޔުއާން އާ ދިމާކޮއްލަމުން އާއިކް ބުނެލިއެވެ.

ދެ ޒުވާނުން އެއާ ޕޯޓުން ނުކުތްއިރުވެސް ގިނަ އަންހެންކުދިންގެ ނަޒަރުތައް ވަނީ ދެ މީހުންނަށް ހުއްޓިފައެވެ. އެހެންނަމަވެސް އެ ދެޒުވާނުންގެ އިންތިޒާރުގައި އޮތް ލޯންޗަށް އެރުމާއެކު އަންހެންކުދިންގެ ނަޒަރުތަކުން ދެ ޒުވާނުން ސަލާމަތް ވެއްޖެއެވެ. ވިއްސާރަދުވަހަކަށް ވުމުންނާއި ވައިވެސް ގަދަކަމުން ކަނޑުވެސް އެހާގަދައެވެ.

މާލޭގެ ބަނަދަރަށް ކައިރި ކުރުމާއެކު ދެ ޒުވާނުން ފެއިބިއެވެ. އޭރު ކަޅުބިއްލޫރިޖަހާފައިވާ ކާރެއް އެމީޙުންގެ އިންތިޒާރުގައި އޮތެވެ. ދެމީހުން އެރުމާއެކު ޑްރައިވަރު އަވަސްވެގަތީ އެމީހުންގެ މަންޒިލަށް ގެންގޮސް ދިނުމަށެވެ.

އާއިކް އިނީ ކުރީ ސީޓްގައެވެ. ޔުއާން ފަހަތުގައި އިން އިރު އިނީ ގޮނޑީގައި ލެނގިލައިގެން ބޯ ވެސް މައްޗަށް އުފުލައިލައިގެންނެވެ. އޭރު ވެސް ކަންފަތުގައި ވަނީ ހޭޑްސެޓް ޖަހާލެވިފައެވެ. ކާރުތެރެއަށް ވެރިވެފައިވާ ހިމޭންކަމުގެ ތެރޭގައި ޔުއާން ޖަހައިގެން އޮތް އިނގިރޭސި ލަވަ “ސްޓައިލް” ފަނޑުކޮއް އިވެމުންދިޔައެވެ.

“ދޮންބޭ… ތި އިޝްތަށިގަނޑު ކޮށާލަންވީނު” ޔުއާން ގެ ކަނދުރާ އާ ހިސާބަށް ދިގުކޮއްލާފައި އޮތް އިޝްތަށިގަނޑަށް އިޝާރާތް ކޮއްލަމުން އާއިކް ބުނެލިއެވެ.

ޔުއާން އިސްއުފުލާ ބަލައިލިއެވެ. އަދި ހިނިތުންވެލިއެވެ. އެހެންނަމަވެސް އިތުރު އެއްޗެކޭ ނުބުނެއެވެ.

ބްލޫ ގާޑެން ގެ ގޭޓޫން ކާރު އެތެރެއަށް ވައްދާލުމާއެކު ޔުއާން ވަށައިގެން ބަލައިލިއެވެ. ވޭތުވެ ދިޔަ ފަސްއަހަރުގެ ދިގު މުއްދަތުގައި ގޭގެ ގޯތިތެރެއަށް އައިސްފައި ހުރި ބަދަލް ޔުއާން އަށް ކިތަންމެ ރީއްޗަށް ވެސް ފެނުނެވެ.

ގޭގެ އެއްފަރާތުގައި ގެއާ ޖައްސައިގެން ގަރާޖެއް ހަދާފއިވާއިރު އެތެންވެސް ވަނީ ރީތި ގޮތަކަށް ޑިޒައިން ކުރެވިފައެވެ. އެ ގޮތުން ދަގަނޑު ގޭޓެއް އެތާގައިވެސް ވަނީ ހަރުކުރެވިފައެވެ. އެ ތަނުގެ އެތެރޭގައި އިތުރު ދެ ކާރުއޮތެވެ. އެއްކާރަކީ ރަތްކުލައިގެ ކާރެކެވެ ދެންއޮތީ ކަޅުކުލައިގެ ކާރެކެވެ.

ޑްރައިވަރު ގޭޓު ކުރިމައްޗަށް ކާރު ހުއްޓާލުމުން ޔުއާން އާ އާއިކް ފޭބިއެވެ. ގޭގެ މައި ދޮރަކީ ވެސް ބޮޑު ދޮރެކެވެ. އިސްކޮޅަށްވުރެ މާ ބޮޑުކޮއް އަދި ފުޅާކޮއް ހަދާފައި ވާ ދޮރުގެ ސަބަބުން ވެސް އެގޭގެ ހައިބަތު ދައްކައިދެއެވެ.

ޔުއާން ގޭތެރެއަށް ވަދުމާއެކު ސިޓިން ރޫމްގަ ތިބި ޒާރިވާ އާއި އައިކަލް ބަލާލިއެވެ. އެ ދިމާލަށް ދެމީހުންވެސް ހިނގައިގަތް އިރު ދެމީހުންގެ ތުންފަތް މަތީގައިވެސް ވަނީ ހިނިތުންވުމެކެވެ. ޒާރިވާވެސް އޭނާގެ މާމަ ދަރިފުޅު ޔުއާންގެ ގައިގައި ބައްދާލިއެވެ. އަދި ބުރަކަށިގައި ފިރުމާލިއެވެ.

ފަސްއަހަރު ފަހުން ޔުއާން ރާއްޖެ އައުމުން އާއިލާއަށް ލިބިފައިވަނީ ނުހަނު ބޮޑު އުފަލެކެވެ. އެގޭގައި ދެން އުޅެނީ ޒާރިވާގެ ހަގު ދަރި ފާއިޒް އާއި އަންހެނުން ނުސްރާއެވެ. އެ ދެމަފިރިންވީ ސިންގަރޕޫރުގައެވެ. ނުސްރާ އަކީ ދަރިން ލިބުމުން މަހްރޫމް ވެފައިވާ އަންހެނަކަށް ވީނަމަވެސް ދަރިއަކު ހޯދުމަށް އެ ދެމަފިރިން ކުރާ އުންމީދު ނުހަނު ބޮޑެވެ. އައިކަލް ގެ އުމުރުން ސާޅީހަކަށް އަހަރު ވެފައި ވާއިރު ފާއިޒްގެ އުމުރުން އަދި ވާނީ ތިރީސް އަހަރެވެ. ދިހަ އަހަރުގެ ތަފާތު ދެބެންގެ ދެމެދުގައި ހުރެއެވެ.

ޔުއާން އައީ ޑޮކްޓަރ އަކަށްވެ ސްޕެލަޒައިޒް ކޯސްވެސް ފުރިހަމަކޮއްގެންނެވެ. ބައްޕަގެ ވިޔަފާރީގެ ތެރޭގައި ހިމެނޭ ހޮސްޕިޓަލް ގައި މަސައްކަތް ކުރިމަށް އޭނާ ވަނީ މާކުރީއްސުރެ ނިންމާފައެވެ. އެ ދުވަހުގެ ބޮޑުބައި ޔުއާން ހޭދަކުރީ ގޭގައެވެ. އާއިލާ އާ އެކީއެވެ.

ޔުއާން އޭނާގެ ބައްޕަގެ މައިއޮފިސް ބަލާލުމަށްޓަކައި އޭގެ އަނެއްދުވަހު އޮފީހަށް ދިޔައެވެ.

“ކީ ހޯލްޑާސް” ދިހަބުރިއަށް ނަގާފައިވާ އިމާރާތުގެ ކުރީގައި ބޮޑުއަކުރުން އިން ނަންބޯޑަށް ޔުއާން ބަލައިލިއެވެ. އަދި ކިޔައިލިއެވެ.

އޭނާ އޮފީހުގެ މައިދޮރުން ވަދިގެން ދިޔައިރު އެ ހިސާބުން އޭނާއަށް މަރުހަބާ ކީ އެ އޮފީހުގެ ސަމާހް އެވެ. އޭނާ އަކީ އެ ކޮންޕެނީގައި މަސައްކަތް ކުރާތާ ވިއްސަކަށް އަހަރުވެފައިވާ މީހެކެވެ. އުމުރުން ސާޅީސްފަސް އަހަރު ވެފައިވާ އިރުވެސް ޝަހްސިއްޔަތު ވަރުގަދައެވެ.

ޔުއާން މިއަދު ހުރީ މަޑުފެހިކުލައިގެ ގަމީހަކާ ކަޅު ފަޓްލޫނެއްގައެވެ. އަޅާފައިވަނީ ކަޅު ޓައީއެކެވެ. ދެ ޖީބަށް އަތް ޖަހއިލައިގެން ދިޔައިރު އަންހެން ކުދިންގެ ނަޒަރުތައް އެދިމާލަށް ހުއްޓިފައި ވެއެވެ. ފްރޮންތް އޮފީހުގެ ރިޝެޕްޝަންގައި މަސައްތްކަތް ކުރަން ތިބި ކުދިންގެ ނަޒަރުތައް ވެސް ޔުއާން އަށް ހުއްޓިފައިވީއިރު ކޮންމެ އަންހެންކުއްޖެއްގެ އަނގައިންވެސް އިވެމުން ދިޔައީ ތައުރީފްގެ ބަސްތަކެވެ.

އޮފީހުގެ ވޮޝްރޫމަށް ވަދެލާފައި އައި އާރާ އަށް ވެސް އެންމެންގެ ނަޒަރު ސީދާވެފައިވާ ދިމާލަށް ބަލައިލެވުނެވެ. އޭރު އެ ޒުވާނާ އޭނާއަށް ފެނުނީ ފުރަގަހަތުންކަމުން ކާކު ކަމެއް ނޭގުނެވެ. އޭނާ ގޮސް ހަމަޖެހިފައިވާ ގޮނޑީގައި އިށީދެލިއެވެ.

“އާރާ އޭތް… އެނގޭތަ؟ ދެންމެ އެ ދިޔައީ ހޮސްޕިޓަލްގެ ބޮޑުމީހާ އައިކަލްގެ ދޮށީދަރިފުޅު” އާޝަލް އައިސް ބުނެލިއެވެ. އޭނާ ހުރީ ކައުންޓާރުގައި އަތް އަޅޫވާލައިގެންނެވެ. އޭނާއަކީ އެތާގެ ހިއުމަން ރިސޯސްބައިގައި މަސައްކަތް ކުރާ މުވައްޒެފެއްކަމުން އޭނާ އުޅެން ޖެހެނީ ދެވަނަ ފްލޯގައެވެ. އެހެނަސް އޭނާގެ ހުންނަމަޖާ އަދި އަނގަ ގަދަ މިޒާޖުގެ ސަބަބުން އެންމެން ހެއްވާލާނެއެވެ.

“ކޯންޗެއް ބަލާތިއައީ” އެވަގުތު އެތަނުގައި އިތުރު ބަޔަކު ނެތުމުން އާރާ އަހައިލިއެވެ. “ހެހެ. އިނގޭދޯ ކޮންމެވެސް އެއްޗެއް ބަލާކަން އަންނާނީ” އާޝަލް ބުނެލިއެވެ.

“ދީބަލަ އެއްކަލަ ފައިލް. ކުރިން ދުވަހު ބޮސް ހަވާލުކުރިއެއްނު” އާޝަލް އޭނަ އައި ބޭނުން ބުނެލުމަށްފަހު ފަހަތަށް އެނބުރި ބަލައިލިއެވެ. އޭރު ބައެއްމީހުން އިށީދެ ތިބިތަން ފެނުނެވެ.

އާރާ ފައިލް ދިނުމާއެކު އާޝަލް އަވަސްވެގަތީ އޭނާއަށް ހަވާލު ކުރެވިފައިވާ މަސައްކަތް ކުރުމަށެވެ.

“ބައްޕާ” އައިކަލް ގެ ކެބިން އަށް ވަދެވުމާއެކު ޔުއާން ގޮވައިލިއެވެ. ޔުއާން ކޮންއިރަކުން ހޮސްޕިޓަލްއަށް ނުކުންނާނީ. ހޮސްޕިޓަލް އިންނާނީ އޮފީހާ ތަންކޮޅެއް ދުރުގައި” އައިކަލް ވާހަކަ ދެއްކިއރު ހެވިފައި ޔުއާން އިނެވެ. އޭނާ ގެ ތުންފަތް މައްޗަށް ވެރިވެފައިވަނީ ހިނިތުންވުމެކެވެ.

“ބައްޕާ… ބައްޕަ މި ކަހަލަ ބޮޑު އޮފީހެއް އެޅީ ކީއްވެތޯ” ޔުއާން އޭނާގެ ސުވާލު އަމާޒުކޮއްލިއެވެ.

“މިހާރު ދަރިފުޅަށްވެސް އެނގޭނެ ރިސޯޓް ބިޒްނަސް އާއި ގެސްޓް ހައުސް ވިޔަފާރިތައް ރާއްޖޭގެ ކަންކޮޅުތަކުގައި އޮތް އިރު ހުރިހާ ކަމެއް ބަލަހައްތަން ފަސޭހައަކަށް މިކަން މިކުރީ” އައިކަލް އޮޅުން ފިލުވައިދިނެވެ. “ބައްޕަ މި ވިސްނަނީ އޮފީހުގެ ހުރިހާކަމަކަށް ބައްޕަ ހަވާލުވެހުންނަން. ދެން ހޮސްޕިޓަލް ގެ ކަންތައްތަކަށް ފާއިޒް ބެ އާ ހަވާލުކުރަން.” އައިކަލް ވާހަކަ ދައްކަމުން ދިޔައިރު ޔުއާން ކަނުލާ އަޑު އަހަން އިނެވެ.

އާރާ ޑިއުޓީ ނިންމާލާފައި ނުކުތް އިރު އާޝަލް އޭނާގެ އިންތިޒާރުގައި ހުއްޓެވެ. އާޝަލް އާއި ދެމީހުން އަބަދުވެސް ގެއަށް ދަނީ ހިނގާލާފައެވެ.

އާރާ ގެއަށް ދިޔައިރު ގޭގެ ސިޓިންރޫމް އޮތީ ފަޅުކޮށެވެ. އެހެންކަމުން އޭނާ ދޮންތަ ޝާލީން ގެ ކޮޓަރިތެރެ ބަލައިލިއެވެ. އެ ކޮޓަރިތެރޭން އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން ދެން އޭނާ މިސްރާބު ޖެހީ ޖެހިގެން ހުރި ކޮޓަރިއަށެވެ.

“ބޭބީ… ބަލާބަ… ކުޑަ ޖޫސްފޮދެއް ބޯލަބަލަ” މައިލީން އުޅުނީ ޔަޝުމް އަށް ޖޫސްދެވޭތޯއެވެ. އެންމެފަހުން ލޮލުން ކަރުނަ އަންނަން ފެށުމާއެކު މައިލީން އެނދުގައި އިށީނެވެ. ދެން އޭނާ އިސްޖަހައިގެން އިނީއެވެ. މަޑުމަޑުން ރޮވެމުން ރޮވެމުން ގޮސް ރޮވެން ފެށުމުން އޭނާ ޖޫސްތަށި އެނދުގެ ސައިޑް ކަބަޑް މަތީގައި ބަހައްޓާލާ މޫނު ފޮރުވާލިއެވެ. ދަރިފުޅުގެ ކުރިމާތީގައި ރޯން ބޭނުންނުވިޔަސް އޭނާގެ ހިތަށް ކެތް ނުވަނީއެވެ.

ކުއްލިއަކަށް ކުޑަ އަތް ތިލައަކުން އޭނާގެ އަތުގައި ހިފަހައްޓާލި ކަހަލަ އިހްސާސް އެއް ކުރެވިގެން ދިޔައެވެ. އެއާއެކު މޫނުމަތިން އަތް ނެގިއެވެ. އަދި ބަލާލިއެވެ. އެ އަތުގައި ހިފައްޓައިލައިގެން ހުރި ޔަޝްމް ގެ ލޮލަށް އޭނާ ބަލައިލިއެވެ.ފަސް އަހަރު ފުރި ހަ އަހަރަށް އެޅިފައިވާ ކުޑަ ކުޑަ ޔަޝްމް އޭނާގެ މަންމަގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފޮހެދިނެވެ. މައިލީން ގާތު ނުރޯން ދެފަރާތަށް ބޯހޫރާލަމުން ބުނެލިއެވެ. އެއާއެކު މައިލީން އޭނާގެ ދަރިފުޅުގައިގައި ބައްދާލިއެވެ. އެ ދަރިފުޅަކީ އޭނާގެ ފުރާނައެވެ. ދިރިހުރުމެވެ. ދިރިއުޅުން މަތިން ފޫހިވެ އުންމީދު ކަނޑާލާފައި ވަނިކޮއް އުންމީދު އާކޮއްދިން ފަރާތެވެ. ދިރިހުރުމުގެ ހުޅުކޮޅު ޖެހެމުން ދިޔަ ވަޔާއެކު ނިވެމުން ދަނިކޮއް އޭގެން ސަލާމަތް ކޮއްދީ ހުޅޫކޮޅު ނިވިޔަނުދީ ހިފައްޓައިދިން ފަރާތެވެ. ކުޑަކޮއް ހުޅުވާލާފައިވާ ދޮރުން ކޮޓަރީގެ ތެރެއަށް ބަލަން ހުރި އާރާ މަޑުމަޑުން ދޮރު ހުޅުވައިލިއެވެ.

“އާރާ… ކޮން އިރަކުތަ އައީ” ދޮރުހުޅުވައިލި އަޑަށް ބަލާލުމާއެކު މައިލީން ސުވާލުކޮއްލިއެވެ.

އާރާގެ ޖަވާބު އަޑު އަހާފައި ހިނިތުންވެފައި އޭނާ ބުނީ ހަވީރު ސަޔަށް މިއަދު އަލުވި ބޯކިބާ އެޅި ވާހަކައެވެ. އެ އަޑު އިވިގެން އާރާ ދުވެފައި ބަދިގެ ފަރާތަށް ދިޔައެވެ.އޭނާގެ ފަހަތުން މައިލީން ވެސް ނުކުތެވެ. އިރުއޮއްސެން ކައިރިވެފައި ހުރުމުން ސައިބޮއޮގެން ދެން އޭނާ އަވަސްވެގަތީ އަސްރު ނަމާދުނުކޮއް ހުރެވުނީތީ ނަމާދުކޮއްލާށެވެ.

“ދޮންތަމެން ކޮންތާކަށްތަ ދިޔައީ” ކޮޓަރީގެ ދޮރާ ހިސާބަށް ގޮސްފައި އެނބުރިފައި އާރާ އަހައިލިއެވެ.

“ނޭގެ. ދޮންތަ ބުނީ ދޮންތަ ފްރެންޑެއް މާލެ އައިސްގެންނޯ. ދޮންތަބޭ ވީ ޑިއުޓީގައި” މައިލީން އާރާއަށް ޖަވާބުދިނެވެ.

“ޔަޝްމް ދޫނީ އަވަހަށް އާދޭ ނަމާދުކުރަން… ދޫނީ” ވުޟޫ ކޮއްގެން ނުކުތް މައިލީން ޔަޝްމް އަށް ބުނެލިއެވެ. އެއާއެކު ކުޑަ ކުޑަ ޔަޝްމް ކުޑަ ބުރުގާކޮޅަކާއެކު އައެވެ. މައިލީން އެ އަޅުވާލަ ދިނުމުން ހެވިފައި އަތް ތިލަ ބަޑި ޖަހަން ފެށިއެވެ. މައިލީން ކުޑަ ކުޑަ ޔަޝްމް އަށް ބަލައިލިއެވެ. ޔަޝްމް ގެ ލޯ އޭނާއަށް ކަމެއް ހަނދާން ކޮއްދޭން އުޅޭފަދައެވެ.

(

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ނޫރު (ސަތާރަވަނަ ބައި)

Next

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (12)

Next
December 31, 2017

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (12)

Previews
December 30, 2017

ނޫރު (ސަތާރަވަނަ ބައި)

29 Comments!

  1. Lil sis says:
    December 31, 2017 at 12:31 am

    Yeah! Me first…..V V V reethi… waiting for next part….

  2. Jum says:
    December 31, 2017 at 12:34 am

    Varah reethi vaanehen heeveyy. Konme dhuvahaku vx one part up kohdheyne kamah hykuran.and vaahaka ehkoh ninman vaane baeh story thah ebahuri nunimi vaki hisaabakun medhu kandaalafa.good luck

    1. Hi Mi says:
      December 31, 2017 at 7:54 am

      In Sha Allah nimendhen up kohdheynan.

  3. Jum says:
    December 31, 2017 at 12:35 am

    Me first tha

    1. Hi Mi says:
      December 31, 2017 at 7:57 am

      First ga dw eini… ??? keep reading the story.

  4. JUMA says:
    December 31, 2017 at 12:43 am

    Me 2nd dhw…?? salhi vrh? whn nxt prt??? waitingssss ❤❤❤

    1. Hi Mi says:
      December 31, 2017 at 7:55 am

      Miadhu up kohdheynan. In Sha Allah.

  5. AAA says:
    December 31, 2017 at 1:22 am

    Nice….Adhives sentence thah itjurah furihma kohlahchey….Vvv reethi…Keep it up….Best of luck

    1. Hi Mi says:
      December 31, 2017 at 7:56 am

      Thankyou. Will try my best In Sha Allah.

  6. Layaa says:
    December 31, 2017 at 6:47 am

    Vaahakaige v reethivaanehen heevanee ekamaku nan thah v undhagu dhoonyaa ekamaku dhuvasskolhaku kiyafarirtha vaanekamah mibalanee .. bst of luck dear

    1. Hi Mi says:
      December 31, 2017 at 7:59 am

      Thankyou… ??? Keep reading the story.

  7. Anaa says:
    December 31, 2017 at 7:54 am

    V salhi ❤️??

    1. Hi Mi says:
      December 31, 2017 at 8:03 am

      Thankyou. ?

  8. Hi Mi says:
    December 31, 2017 at 8:02 am

    Vaahakaigai rangalhu kuran jehey kanthah thah buneladhehchey…. eyrun dhen faharakun rangalhu kureveythoa masahkai kuraanan. Keep Reading???

  9. Lam says:
    December 31, 2017 at 8:11 am

    Vvv nice hama…waiting ingey dear?

    1. Hi Mi says:
      December 31, 2017 at 12:15 pm

      Thanksssss???

  10. Zuam says:
    December 31, 2017 at 8:40 am

    Reethi…. waiting….

    1. Hi Mi says:
      December 31, 2017 at 12:16 pm

      Thanks

  11. rose says:
    December 31, 2017 at 9:14 am

    Reethi…hurihaa vaahakayehga ehvatharu nanthah hunnany kyvetha…

    1. Hi Mi says:
      December 31, 2017 at 12:18 pm

      Hehe. Thanks… ?

  12. Pinky shifoo says:
    December 31, 2017 at 10:15 am

    Wow… It’s really nice… Varah varah reethi… Waiting for next part

    1. Hi Mi says:
      January 1, 2018 at 12:28 pm

      Thankyou…. ?

  13. Zif says:
    December 31, 2017 at 10:57 am

    V v reethi…waiting..

    1. Hi Mi says:
      December 31, 2017 at 12:19 pm

      Thanks…

  14. Black beauty says:
    December 31, 2017 at 11:13 am

    Storyga nanthah kiyaaleema anhenkan firihenkan dhenegannan varah undhagugotheh hurey.mivaahakaaga noonas .aashal e ee boy ehtha.story varah reethi keep going?

    1. Hi Mi says:
      December 31, 2017 at 12:14 pm

      Aashal aki girl eh story ga. Nuny change konlan v tha aashaa ah name. Thanks… keep reading…. ???

  15. Royal says:
    January 2, 2018 at 1:18 pm

    Vrh reethi

  16. THAARAA says:
    February 22, 2018 at 9:34 pm

    hi mi tey girl eh tha?

  17. sidakko says:
    March 15, 2018 at 3:36 pm

    vvv reethi……next part vex reethi vaane kamah uheedhu kuran

Comments are closed.


All Right Reserved!