Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން… (3)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
January 1, 2018 7 Mins Read
41 Comments

” ސީ… އަދިވެސް ބޭނުންވޭދޯ. ކޮބާތަ ހަޒްބެންޑް. އަހަރެން މީހަކަ އިނދެފިން” ޔުއާން އަސަރެއް ނެތް ގޮތަކަށް ބުނެލިއެވެ. އޭނާ ބޭނުންވީ މައިލީން އަށް ވާ ގޮތެއް ބަލައިލާށެވެ.

އެނާ ބޭނުންވިފަދަ އަސަރުތައް މައިލީން ގެ ފަރާތުން ފެނުމުން އޭނާ ހިންހަމަ ޖެހުނެވެ. “އަހަ… އަހަރެން ވެސް މީހަކާ އިދެފިން” މައިލީން ހިތްވަރު ކޮއްފައި ބުނެލިއެވެ.

އޭނާ ޔުއާން ގެ ކުރިމަތީގައި ބަލިކަށިވާކަށް ބޭނުމެއްނޫނެވެ. ޔުއާން އަށް ވީ ގޮތެއް ނޭގެއެވެ. އޭނާ އައިސް އަނެއްކާވެސް މައިލީން ފާރުގައި ތަތްކޮއްލިއެވެ. އަދި އަނެއްކާވެސް މައިލީން އާ ކައިރިވާން މަސައްކަތް ކުރިއެވެ. މިފަހަރު މައިލީން ޔުއާން އަށް ފުރުސަތެއް ނުދިނެވެ. އޭނާ ޔުއާން ގެ ކޯތާފަތަށް ހޫނު ހަމަ ލާއެއް ދިނުމަށްފަހު ދުއްވާފައި ނުކުތެވެ. ޔުއާންވެސް ނުކުމެގެން މިސްރާބުޖެހީ މައިލީން ފަހަތުންނެވެ.

އެހެން ނަމަވެސް އޭރު މައިލީން ބޭގް ހިފައިގެން ނުކުމެގެން ދަނީއެވެ. ޑިއުޓީވެސް ނުނިމެނީސް އެ ގޮތަށް މައިލީން ގޮސްފާނޭކަމާމެދު އޭނާއަށް ވިސްނިފައި ނެތެވެ.

ވަަގުތާ ހާލަތަށް ބަލާފައި ޔުއާން މައިލީން ދޫކޮއްލިއެވެ. އެހެންނަމަވެސް އޭނާ ކޮޓަރިއަށް ވަދެ ގޮނޑީގައި ޖައްސާލި ހިސާބުން ފެށިގެން ހިޔާލުތައް ދަތުރުކުރަން ފެށީ މައިލީން ދެންމެ ބުނި ވާހަކައަށެވެ.

“އަހަރެން މީހަކާ އިނދެފިން” އެ ޖުމްލަ ޔުއާން ގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. މައިލީން ހަގީގަތުގައިވެސް މިހަކާ އިނީހެއްޔެވެ. އެހެން ހިތަށް އެރުމާއެކު ނޭގޭ ޖަޒްބާތެއް ހިތުގައި ހިނގައިގެންފިއެވެ.

މައިލީން އަށް އެނާމަތިންހަނދާން ނައްތާނުލެވޭކަން އޭނާ މިރޭ މައިލީން ގެ ލޮލަށް ބަލާލުމުންވެސް އެނގިގެން ދިޔައެވެ. އަދިވެސް އެނާއަށްޓަކާ ވާ ލޯބި މައިލީން ގެ ލޮލުން ފެންނަމުންދިޔައެވެ. އެއާއެކު ފަހުރުވެރި ހިނިތުންވުމެއް އޭނާގެ ތުންފަތް މަތީގައި ދުވެލިއެވެ.

އަދި ތުންފަތުގައި އޭނާ ބޮޑުވާއިނގިލި ހާކާލިއެވެ. އެހެން އިނދެފައި ނަރުސްކުއްޖަކު ގޮވައިލުމުން އޭނާ ވޯޑަށް ދާން މިސްރާބުޖެހިއެވެ.

ޑިއުޓީ  ނުވެސް ނިންމާ ގެއަށް ދާން ވެގެން މަގުމައްޗަށް ނުކުމެގެންހުރި މައިލީން އަދިވެސް ދިޔައީ ގިސްލަމުންނެވެ. އޭނާ ހަމަޖެހެމުން ޓެކްސީއަކަށްއަރާ ގޭގެ އެޑްރެސް ބުނެލިއެވެ. ގެއަށް އާދެވުމާއެކު އޭނާ ގޮސް އެނދުމައްޗަށް ވެއްޓި ގަތުމާއެކު ރޮވިއްޖެއެވެ. ޔަޝްމް ވާނީ އާރާގެ ކޮޓަރީގައި ކަމުން އޭނާ އެހަށް އަލާނުލާ އޮތީއެވެ. ހިތް ފުރޭވަރަށް ރޯލަމުން މައިލީން ތެދުވިއެވެ. އޭރު އޭނާގެ ލޯ ވަނީ ކޮންމެވެސް ވަރަކަށް ދުޅަވެފައެވެ.

އޭނާ ނިދޭގޮތްނުވާތީ އާރާ ކޮޓަރީގައި ޓަކި ދިނެވެ. އާރާ ދޮރު ހުޅުވުމުން ބޮލުގައި ރިއްސާތީ ޑިއުޓީ އިން އައީ ކަމަށްބުނެ މައިލީން ޔަޝްމް ގޮވައިގެން ކޮޓަރިއަށް ދިޔައެވެ. އެނދުގައި ޔަޝްމް ބާއްވައިލަމުން އެނާ އެތައް އިރަކު ޔަޝްމް އަށް ބަލަން ހުއްޓެވެ.

އާއިކް އަކީ ކީ ހޯލްޑާސް ކޮންޕެނީގެ ލޯޔަރެވެ. އޭނާ ލޯ ކިޔެވީ މެލޭޝިއާއިންނެވެ. މާ ބޮޑު ތަޖްރިބާއެއްނެތް ޒުވާނެއް ކަމުގައިވިޔަސް އޭނާ ވެސް އަންނަނީ ރާއްޖޭގައި މިހާރު އެދާއިރާގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އާއިކް އޮފީހަށް ވަތްއިރު އެތަނުގެ  ފްރޮންޓް އޮފީހުގެ ކައުންޓަރ ގައި އެވަގުތު އިނީ އާރާ އެކަންޏެވެ. އޭނާ ގޮސް ހުއްޓިލަމުން އާރާ ގާތު ސުވާލު ކޮއްލިއެވެ. އާރާ ގެ އުމުރުން އެންމެ ނަވާރަ އަހަރެވެ. އެހެންނަމަވެސް ހަޔާތުގައި މިވީހާތަނަކަށް އޭނާގެ ހިތް ކިޔާކަހަލަ ފިރިހެނެތް ފެނިފައެއްނުވެއެވެ. އާއިކް އަކީ އޭނާ އެ އޮފިހަށް ވަތް އިރުވެސް އޭނާ އަށް ފެންނަ މީހެކެވެ. އަދި ނުހަނު ކަމުދާ މީހެއްވެސް މެއެވެ. އާއިކް އަބަދުވެސް އޭނާއަށް ފެންނަނީ ނުހަނު ރަސްމީ ކޮށެވެ.

ކުރުކޮއް ކޮށާލާފައިވާ އިޝްތަށިގަނޑުގެ ސަބަބުން ނާއި އެ ތޫނު ކަޅީ ރަވައަކީ އާރާ އަށް އެންމެ ކަމުދާ ސިފައެވެ. އޭނާ ހިނިތުންވެލަމުން އާއިކް ބުނި ފައިލް އާއިކް އާ ހަވާލްކުރިއެވެ. މިއަދު އޭނާ އިނީ އެކަންޏެވެ. އެހެންކަމުން ހިސާބެއްގެ ފޫހިކަމެއް ވެރިވެފައި ވިއެވެ. ދެންތިބި ދެމީހުންނަށް ގުޅުމުންވެސް ބުނީ ބަލިވެގެން ނާދެވޭނޭ ކަމުގައެވެ.

ގޭތެރޭގައި ޔަޝްމް އަށް ކާންދޭން ދުވަމުން ދިޔަ މައިލީން ހުރީ ވަރުބަލިވެފައެވެ.

“މަންމީ ދަނީ ކޮއްކި ބަހައްޓާފަ ދަނީ” މައިލީން ދެރަވެލާފައި ކާންދޭން ގެންގުޅުނު ތަށި ސޯފާތަކުގެ ކުރިމަތީގައި ހުރި ކުޑަ މޭޒު މަތީގައި ބަހައްޓާފައި ދޮރާ ދިމާލަށް ހިނގައިގަތެވެ.

“މަން… މަންމީ… ކޮއްކީ ކާ ކާ ކާލަން” ޔަޝްމް އުނދަގުލުން ބުނެލިއެވެ. އެއާއެކު މައިލީން އެނބުރި ޔަޝްމް އަށް ބަލައިލިއެވެ. ދެން ދެއަތް ފުޅާކޮއްލަމުން ޔަޝްމް އާ ދިމާލަށް ބަލައިލިއެވެ. އަންނާށޭބުނާކަހަލައެވެ. ޔަޝްމް އަށް މައިލީން އެބުނަނީ ކީކޭ ކަން އެނގުމާއެކު ދުވަމުން އައިސް މައިލީން ގެ އުނގުތެރެއަށް ވަނެވެ. މައިލީން ޔަޝްމް ގެ ކޮލުގައި ބޮސްދިނެވެ. އޭނާއަށް ރޮވުނެވެ. ޔަޝްމް އުރާލުމާއެކު މައިލީންގެ ކޮނޑުގައި ބޯއަޅައިލިއެވެ. މައިލީންގެ ގިސްލުމުގެ އަޑު އިވިފައި ޔަޝްމް ތެދުވެ މައިލީން ގެ ކަރުނަ ފޮހެދިނެވެ.

މައިލީން އަށް އިތުރަށް ރޮވުނެވެ. އުމުރުން ފަސް އަހަރުގެ ޔަޝްމް އަކީ އޯޓިޒަމް ކުއްޖެއްކަން މައިލީން އަށް އެނގުނީ ދެ އަހަރުގައި ޔަޝްމް ބަލިވެގެން ޑޮކްޓަރަށް ދެއްކުމުންނެވެ. އެ ދުވަހަށް ފަހު ޔަޝްމް ގެ މުސްތަގް ބަލާ ދޭތެރޭ ނުވިސްނާ އެންމެ ދުވަހެއްވެސް ނުދެއެވެ. އޭނާގެ ހުރިހާ އުންމީދެއް ގުޅިފައިވަނީ އެ ދަރިފުޅާއެވެ.

އެ ދަރިފުޅާ ނުލާ އޭނާ ދުވަސް ހޭދަކުރާނޭ ގޮތެއް ނޭގެއެވެ. ޔަޝްމް އަށް ވާހަކަ ދެއްކުމުގެ ދަތިކަން ކުރިމަތިވުމުގެ އިތުރުން މޫޑް އަވަސްއަވަހަށް ބަދަލުވެ އަވަސް އަވަހަށް ރުޅިއައުންވެސް ކުރިމަތިވެއެވެ. ރުޅިއައިސްގެން އެއްޗެހި ހަލާކު ކުރުމާ މީހުންގައިގަ ތެޅުމަކީ ވެސް ޔަޝްމް އާއްމުކޮއް ކުރާ ކަމެކެވެ. އެހެންނަމަވެސް ޔަޝްމް އޭނާގެ މަންމަ ދެރަވުމުން ދެރަވާކަން ދޭހަކޮއްދެނީ މައިލީން ރޯ ކޮންމެ ފަހަރަކު އެ ކުޑަކުޑަ ދެއަތުން މައިލީން ގެ ކަރުނަތައް ފޮހެދޭތީއެވެ. ބައެއްފަހަރު މަންމަ ދެރަވެފައި ހުރުމުން ވެސް މާ ބޮޑަށް ޔަޝްމް ދެރަވެދާނެއެވެ.

“ކޮ…އްކީ… ކާ ނޭ” ޔަޝްމް އުނދަގުލުން ބުނެލިއެވެ. މައިލީން ޔަޝްމް ގޮވައިގެން ގޮސް ސޯފާގައި ބޭންދިއެވެ. އެއާއެކު ޔަޝްމް އިނީއެވެ. މައިލީން އިތުރަށް ގޮވަ ގޮވާވެސް ޔަޝްމް އަޅައެއްނުލިއެވެ. އެވަގުތު އަތުގައި އޮތް ކުޅޭއެއްޗަކާ ކުޅެލަ ކުޅެލާ އިނީއެވެ. ކުޑަމިނުން ލޮލާ ހަތަރު ކަޅި ވެސް ހަމަ ކޮއްނުލައެވެ.

ޔަޝްމް އަށް ފަހުން ކާންދޭން އުޅެ އުޅެވެސް ނުކުއެވެ. އެހެންކަމުން މައިލީން ތަށި ބަހައްޓާފައި އައިސް ޔަޝްމް ގާތުގައި އިށީނެވެ. ޔަޝްމް މައިލީންގައިގައި ކުއްލިއަކަށް ޖެހިއެވެ. ދެން އިނދެފައި ހޭންފެށީއެވެ. ކުޑަކުޑަ ދަރިފުޅަށް ބަލަން އިން މައިލީން ގެ ލޮލުން ކަރުނަ ފާއްދާލީ ގަސްތަކާ ނުލައެވެ. އޭނާ އުނދަގުލުން ޔަޝްމް ނަގައިގެން ކޮޓަރިއަށް ގެންދިޔައީ ސްކޫލަށް ދާ ގަޑި ޖެހޭތީ ރީތި ކުރާށެވެ. ޔަޝްމް ގެންދަނީ އޯޓިޒަމް ކުދިންނަށް ހާއްސަ ކުލާހަކަށެވެ. ޔަޝްމް ގެ ހުރި ނުކުޅެދުންތެރިކަން ކުޑަކުރަން ވީހާވެސް ބޮޑަކަށް މައިލީން މަސައްކަތް ކުރަމުންދިޔައެވެ.

ތިން ގަޑީއިރު ޔަޝްމް ސުކޫލްގައި އުޅެފައި ގެއަށް އައީ ޝިޔާޒް އާ އެކީގައެވެ. މައިލީން ބޮލުގައި ރިއްސާތީ

ޝިޔާޒް ޑިއުޓީއަންނައިރު ޔަޝްމް ގެނެސްދޭށެ ބުނުމުން ޝިޔާޒް ވެސް އެކަމަށް އެއްބަސްވީ ފަސޭހަކަމާއެކީގައެވެ. މައިލީން ގެ އިތުރުން ޔަޝްމް ބެލުމަށް ދޮންތަބޭ ގެ ފަރާތުންނާ ދޮންތަ އަދި އާރާގެ ފަރާތުން ލިބޭ އެހީތެރިކަމަށް ޝުކުރު ކުރާނީ ކިހިނެތްކަމެއް މައިލީން އަކަށް ނޭގެއެވެ. އޭނާ ގެ ދުނިޔެ ކަޅު ވިލާތަކުން ބަނަވި ދުވަހު އަލި ކަމެއް ފޯރުކޮއްދިނީ އެ ތިން މީހުންނެވެ.

އެ ތިން މީހުންނަށް ނޫނީ މިއަދު ދުނިޔޭގައިވެސް މައިލީން ހުންނާނޭ ކަމެއްނޭގެއެވެ. ވޭނާ ހިތްދަތިކަމުގައި އޭނާ ނިމިދިޔައީހެވެ.

ރޭގައި ހޮސްޕިޓަލްގައި ހިނގާ ދިޔަ ހާދިސާ އާ ދޭތެރޭ ވިސްނަން މައިލީން އަށް އޮވެވުނީ ކިހާއިރަކު ކަމެއްނޫނެވެ. އޭނާގެ ނާޒުކް ހިތް ބުރަ ބުރައިގެން ގޮސްފައިވާ އެތިކޮޅުތަކަކަށްވެފައި ވަނިކޮއް އެ ގުޅުވަދިން ފަރާތަކީ ޔަޝްމް އެވެ. ތައްޓެއް ތެޅުމުން އެ ތަތްކުރަން ބޭނުންވަނީ ތެރަހެވެ. މައިލީން ގެ ހިތުގެ އެތި ކޮޅުތައް ބުރައިގެން ގޮސްފައިވަނިކޮއް އެ ތަތްކޮއްދިނީ ޔަޝްމް އެވެ. ތައްޓެއްވެސް ތެޅުމަށްފަހު ތެރަހުން ތަތްކުރިކަމުގައި ވިޔަސް ރެދުތައް ހުންނާނީ ތާޒާކޮށެވެ. މައިލީން ގެ ހިތަކީވެސް އެފަދަ އެއްޗެކެވެ. އެ ހިތުގައި އަޅާފައިވާ ރެނދުތައް އަދިވެސް ވަނީ ތާޒާކޮށެވެ. އެ ހިތުގައި އަޅާ ވޭން ނުހަނު ބޮޑެވެ.

ދެން އެ ހިތުގެ އެތި ކޮޅުތައް ބުރައިގެން ގޮސްފިނަމަ އެނބުރި ތަތް ކުރުމަކީ ވެސް އެކަށީގެންވާ ކަމެއްނޫނެވެ.

އެއަށްވުރެ އޭނާ ވަނީ ބަލިކަށިވެފައެވެ. ފާރުވެ ޒަހަމްވެފައިވާ ހިތުގައި މަލަން ގަނޑެއްއަޅައިގެން ދުނިޔެ މައްޗަށް ހިނިތުންވެލައިގެން އޭނާ އުޅޭތާ ވަރަށް ދުވަސް ވެއްޖެއެވެ. އޭނާގެ ހިތި މާޒީ ހަނދާން ނައްތާލެވޭނޭ އެއް ގޮތެއްވެސް ނެތެވެ.

ކުއްލިއަކަށް ކަމެއް ހަނދާން ވާފަދައަކުން އޭނާ ގޮސް އެނދުގެ އެއްފަރާތުގައި ހުރި އަލަމާރި ހުޅުވައިލިއެވެ. އޭގެއެތެރޭގައި އިން ކުޑަ ކަބަޑަށް ތަޅުދަނޑި ލައްވާލަމުން ހުޅުވާލާ ފިޔާތޮށި ކުލައިގެ މަހުމާ ފޮއްޓެއް ނެގިއެވެ.

އެހިފައިގެން ގޮސް އެނދުގައި އިށީދެ އޭނާ އެ ހުޅުވައިލިއެވެ. އެއާއެކު މައިލީން ގެ ލޮލުން ކަރުނަތަށް ފައިބައިގެން ދިޔައެވެ. އޭނާގެ ހަޔާތަށް އައި ވަރުގަދަ ތޫފާންގައި އޭނާ ބެހިގެން ނުގޮސް ހުރީ ކިރިޔާއެވެ.

އޭގެ އެތެރޭން ފުރަތަމަވެސް މައިލިން ނެގީ ފޮޓޯ ގަނޑެކެވެ. އޭނާ އެ ފޮޓޯ ގަނޑަށް ރަނގަޅަށް ބަލައިލިއެވެ. މައިލީން އާ އެކީ ދެން އެ ފޮޓޯ ގައިވާ މީހާގެ މޫނުގައި އަތް ބީއްސާ ލުމާއެކު މައިލީންގެ ކަރުނަތަކުގެ ތެރެއިން ފަހަރަކު ކަރުނައެއް ގޮސް ފޮޓޯގަނޑު ތެންމައިލައިފިއެވެ.

“އަހަރެން ކިހިނެތް ތަ ކެތް ކުރާނީ. ވާވަރު ވެއްޖެ މިހާރު ވާވަރު ވެއްޖެ” މައިލީން އަށް ހިތާދިމާ އަތް އަޅާލަމުން ހިތުން ބުނެލެވުނެވެ. އޭނާގެ އަޑު ނުނިކުތެވެ.

ކުއްލިއަކަށް އޭނާއަށް ސިހުން ގެނުވީ ގޭތެރޭގައި ޔަޝްމް ގެ ހަޅޭކުގެ އަޑު ހަރުލުމުންނެވެ. އަވަސް އަވަހަށް އޭތި ވަތްގަނޑަށް ލަމުން އޭނާ ބޭރަށް ބޯ ދިއްކޮއްލިއެވެ. އެތާ ހުރި ގޮނޑިމަތީގައި އިން ތުވާލިން މޫނު ފޮހެލަމުން ބޭރަށް ނުކުތެވެ. ދެން ޔަޝްމް ގާތަށް އޭނާ ދިޔައެވެ. ޝިޔާޒް ޔަޝްމް ތިރީގައި ބެހެއްޓުމާއެކު ޔަޝްމް ބޮޑާ ހާކާ ރޯން ފެށިއެވެ. މައިލީން އަވަސްވެގަތީ ޔަޝްމް މަތަ ކުރާށެވެ.

“މިއަދު ކްލާހަށް ކޮންމެވެސް ކުއްޖެއް ގެންދިޔަ ކުޅޭއެއްޗެއް އެ ގެން ނަންވެގެން ހަމަ ރޮނީ އާންޓީވެސް ހުރީ ހަދާނެ ގޮތް ހުސްވެފައި.” ވަކި ހިސާބަކަށް ބުނެފައި ޝިޔާޒް ހުއްޓާލިއެވެ.

“ދެން ކޮންއިރަކުންތަ ޔަޝްމް ޑޮކްޓަރަށް ދަނީ. ” ޝިޔާޒް ބުނެލިއެވެ. “ދެން އަނެއްކާވެސް ދާންވީ ދައްކާލަން…ދޮންތަބޭ އަށް ވެސް އެނގޭނެ ޔަޝްމް އެންމެ ފަހުން ދެއްކީމަވެސް ބުނީ އެ ބޭހަށް އެ ލާޖިކް ވާތީ އެ ބޭސް ބޭނުމެއް ނުކުރެވޭނޭ. ދެ ފަހަރު ރާއްޖޭން ބޭރަށް ދެވިއްޖެ. އަހަ އަހަރެން ގެ އުންމީދު ގެއްލިއްޖެ” މުށިތަކު މަތީގައި އިށީދެގެން އިން ޔަޝްމް ގައިގައި ބައްދާލަމުން މައިލީން ބުނެލިއެވެ. އޭރުވެސް ޔަޝްމް ދިޔައީ ބޮޑާ ހާކަމުންނެވެ.

“މަންމީ ގަނެދޭނަމޭ އެއަށް ވުރެ މާ ބޮށު އެއްޗެއް” ރޮމުން ރޮމުން މައިލީން އަށް ވެސް ބުނެވުނީ އެވަރަށެވެ. ބާރަށް އޭނާއަށް ރޯންފެށިއްޖެއެވެ. އެވަގުތަކީ އާރާވެސް ގެއަށް އައިސް ވަތް ވަގުތުކަމުން ޝިޔާޒް އަވަސް އަވަހަށް ޔަޝްމް ނަގައިގަނެގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތީ މައިލީން ހަމައަކަށް އެޅުވުމަށް އާރާ އަށް ވަގުތު ދެމުންނެވެ.

ޝިޔާޒް މައިލީން އަށް އިޝާރާތް ކޮއްލަމުން އާރާއަށް ބަލާލިއެވެ. އަދި ގޮސް ކޮޓަރިއަށް ވަދުނެވެ. “އާރާ ކިހިނެތްތަ ހަދާނީ. އަހަންނަކަށް ނޭގޭ ހަދަން ވީ ގޮތެއް. ދުވަހަކުވެސް… ދުވަހަކުވެސް އަހަންނަށް އުފަލެއް ނެތީތަ. އަހަރެންގެ ދަރިފުޅަށް ކިހިނެތްތަ ވަނީ އާރާ” މައިލީން ގައިގައި އާރާ ބައްދާލުމާއެކު އޭނާ އާރާގެ ގައިގައި ބާރަށް އޮޅުލައިގެތެވެ. އާރާ އިރުކޮޅެއް ވަންދެން މައިލީން ގެ ގައިގައި ހިފައްޓައިލައިގެން އިނެވެ. މައިލީން ރޯނޭ ވަރަކަށް ރޯލަން ދެނެވެ. މައިލީން އަކީ ހިތް ވަރުގަދަ އަންހެނެއްކަން އޭނާއަށް އެނގެއެވެ. މައިލީން ގެ ހިތްވަރުގަދަކަން ލޮލުން ފެނި އަތުން ހިފާފައި ހުރި މީހެއްގެ ހައިސިއްޔަތުން މައިލީން ގެ ހިތްވަރަށް އޭނާ ސާބަސް ދޭހާވެއެވެ.

އިރުކޮޅަކުން މައިލީން ކަރުނަ ފޮހެލާފައި ތެދުވެގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތީ އާރާ އާ ދިމާލަށް ބަލާވެސް ނުލައެވެ. އާރާވެސް އަޅާނުލީ މައިލީން އެ އުޅެނީ އެކަނި ވަގުތު ކޮޅެއް ބޭނުންވެގެން ހެން ހީވާތީއެވެ.

“އާރާ ޔަޝްމް ގެ ޔުނީފޯން ބަދަލްކޮއްލަދެއްޗޭ”ދަމުން ފަހަތަށް އެނބުރި މައިލީން ބުނެލިއެވެ. އޭރު ރިުއިމުގެ ސަބަބުން އެ އަޑުވެސް ވަނީ ބަދަލްވެފައެވެ. އާރާ ހިނިތުންވެލަމުން ބޯޖަހައިލިއެވެ.

މައިލީން ދިޔަ ދިމާލަށް ބަލަން ހުރި އާރާއަށް އިރުކޮޅަކުން އޭނާ ހަމަޖެހޭނެކަން އެނގެއެވެ. އެހެންކަމުން އޭނާ ދެން މިސްރާބުޖެހީ ޝިޔާޒް މެން ކޮޓަރިއާ ދިމާލަށެވެ.

ޔުއާން ރޭގަނޑު ޑިއުޓީ ނިންމާފައި އައިސް ނިދި ގޮތަށް ހޭލެވުނީ މެންދުރު އަތަށް އެޅިފަހުންނެވެ. އޭނާ ރީތިވެލައިގެން ބޭރަށް ނުކުމެލީ އެކުވެރިއަކާ ދިމާކޮއްލާށެވެ. އެ ދިޔަ މަގުމަތީގައި އެތާ ހުރި ފިހާރައަކުން ނުކުތްތަން ފެނުނު އަންހެން ކުއްޖެއްގެ ސަބަބުން އޭނާއަށް ހައިރާންކަން ލިބިގެން ދިޔައެވެ. އޭނާ އިނީ ޓްރެފިކް ގައި ޖެހިފައިކަމުން ނާއި އެއްޗެހި ގިނަކަމުން ފޭބޭ ގޮތެއް ނުވިއެވެ.

ކަޅު ބިއްލޫރި ޖަހާފައިވާ ކާރުގެ ގެ އެތެރެ ނުފެންނާތީ އެ ދިމާލަށް ބަލައިލި އެ އަންހެންކުއްޖާއަށްވެސް ކާރުގެ އެތެރޭގައި އިންމީހެއްލަފާ ކޮއްލާކަށް ނޭގޭނެއެވެ.

ޝާލީން ސުކޫލް ނިންމާފައި ގެއަށް އައިއިރު ޝިޔާޒް އޮތީ ނިދާފައެވެ. އޭނާ ގެ އެއްފަރާތުގައި އިން ޔަޝްމް ގެ އަތުގައި ޓެބްލެޓެއް އޮތެވެ. އޭގެން އަޅުވާފައި ހުރި ގޭމްގެ އަޑު އިވި އިވި ހުއްޓެވެ.

“ޔަޝްމް ކޮބާ މަންމީ” ޝާލީން ޔަޝްމްގެ ކޯތާފަތުގައި ދޮނެއް ދެމުން އަހައިލިއެވެ. “މަންމީ މީ ނޭ ނޭގޭ” އުނދަގުލުން ޔަޝްމް އެހެން ބުނެލިއެވެ.

ޝާލީން މައިލީން ގެ ކޮޓަރި ހުޅުވާލިއިރު އޭނާ އޮތީ ނިދާފައެވެ. އެހެންކަމުން އަޅާނުލާ އޭނާވެސް ދެން ވަދުނީ ކޮޓަރިއަށެވެ. އޭނާ ޔަޝްމް އާ ވާހަކަ ދައްކަމުން ގެނައި ފޮތްތައް މޭޒުމަތީގައި ތަރުތީބުކުރަމުން ދިޔައެވެ. އެހެންނަމަވެސް ޔަޝްމް ގެ ފަރާތުން އެއްވެސް ސަމާލުކަމެއް ނުލިބުނެވެ.

މައިލީން އަށް ހޭލެވުނީ ހަވީރު ހަތަރެއްޖަހަން އުޅެނިކޮށެވެ. އޭނާ މޫނު ދޮވެ ހަދައިގެން އަސްރު ނަމާދުކޮއްލުމަށްފަހު ސިޓިން ރޫމަށް ނުކުމެލިއެވެ. އޭރު އާރާ ޓީވީ އަޅުވައިގެން އިނެވެ.

“ދޮންތަ ބުނީ ޔަޝްމް ގޮވައިގެން ރަސްފަންނަށް ދާ ވާހަކަ. އިލީ ނިދާފަ އޮތީމަ ދޮންތަ އުޅުނު ގޮވަން ވެސް އެކަމް އާރާ ބުނީ ނޮގޮވާށޭ” އާރާ މައިލީން ފެނުމާއެކު ބުނެލިއެވެ.

“ދޮންތަ އަށްވެސް މިއަދު ކަންތައް ވީ ގޮތް ކިޔާދިނީމަ ފަހުން ގޮވާކަށްވެސް ބޭނުމެއްނުވި” އާރާ އަނެއްކާވެސް މައިލީން އެއްޗެކޭ ނުބުނުމުން ވަހަކަ ދެއްކިއެވެ.

“ދޮންތަ ކީއްވެތަ އެ ގެންދިޔައީ. އަހަރެން ބޭނުމެއްނޫން” މައިލީން އަށް ބުނެވުނެވެ.

“އިލީ ފޭސް އިޓް. ޔޫ ކޭން ޑޫ ދިސް. އެއި އިލީ ގެ ކުށެއްނޫނޭ. އަބަދު އަމިއްލަ ނަފްސް ކުށްވެރި ނުކޮއްބަލަ. ކޮންމެ ކަމެއް ބޮލުގަ އަޅައިގެން އިލީ ތި ގޯ ތްރޫ ކުރާ ކަންތައް އިނގެޔޭ. އެތަށް ދުވަހަކު އިލީވެސް އަދި ޔަޝްމް ވެސް އިލީ ގެންގުޅުނީ ފޮރުވައިގެން. އިލީގެ އަމިއްލަނަފްސައްވެސް ފިލައިގެން އުޅުނީ. ޔަޝްމް ގެ ހާލަތު އިލީ އަށް ވެސް އެނގެއެއްނު. ޔަޝްމް މީހުން ތަކު ތެރެއަށް ނުކުތުވަން ޖެހޭނޭ އިލީ.” އާރާ ވިސްނޭ މީހަކު ފަދައިން ވާހަކަ ދެއްކިއެވެ.

“އެކަމަކު”

“އެކަމަކު އެއް ނޫން އިލީ ފޭސް ކުރަން ދަސްކޮއްބަލަ. އެހާ އުނދަގުލުން އިލީ އެކަންތަކުން ނުކުމެވުނީ މިއަދު އަނެއްކާ އެ ދިރިއުޅުމަސް ދާން ނޫޅެބަލަ.” މައިލީން ގެ ޖުމްލަ މެދު ކަނޑާލަމުން އާރާ ވާހަކަ ދެއްކިއެވެ.

“އިލީ ވިސްނާލަބަލަ. މިއަދު ޔަޝްމް އަށް ނުކޮއްދެވޭކަމެއް ފަހަކުންވެސް އަހަރެމެން ނަކަށް ނުކޮއްދެވޭނެ. ޔަޝްމް އެކަހަލަ ކުއްޖަކަށް ވުމަކީ އިލީގެ ކުށެއް ނޫނޭ. އިލީ ހިތްވަރުކުރީމެއްނު. ހިތްވަރުކޮއްގެން ނެއްނޫންތަ މިހިސާބަށް އާދެވުނީީ… އެހުރިހާ ދުވަހަކު ހިތްވަރުކޮއްފަ މިއަދު އަނެއްކާ ކިހިނެތްވީ؟” އާރާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ސޯފާގައި އިށީދެގެން އިން މައިލީން އަށް އަނެއްކާވެސް ރޯން ފެށުނީއެވެ.

“އަހަރެންގެ އުންމީދުގެ ހުޅުކޮޅު ނިވެން އުޅެނީ އޭ އާރާ”

(ނުނިމޭ)

ނޯޓް: މި ވާހަކައިގައި އުޅޭ މީހުންގެ ނަންތައް ކިޔަން އުނދަގޫ ކަމަށް ބައެއްކިޔުންތެރިން ފާހަގަކުރޭ. އެހެންކަމުން މިކަމާ ގުޅޭ ގޮތުން ތިޔަ ކިޔުންތެރިންގެ ހިޔާލު ފާޅުކޮއްލެއްވުން އެދެމެވެ. އަޅުގަނޑު ގެ މި ވާހަކަ މިހާރު ވަނީ ވަރަށް ބޮޑަށް ލިޔެ ނިމުމަކާ ގާތް ވެފައި ކަމުގައި ވާތީ ނަންތައް ބަދަލްކުރުމަކީ ވަރަށް އުނދަގޫ ވާނޭ ކަމެއްކަމުގައި ބުނެލަމެވެ. އަދި ތިޔަ އެންމެހާ ކިޔުންތެރިންގެ ކިބައިން އަޅުގަނޑު މިކަމަށް މާފަށް އެދެމެވެ. ތިޔަ ކިޔުންތެރިންގެ ހިޔާލަކީ އަޅުގަނޑަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރަކާ ކުރިއެރުމެއްކަމުގައި ދެކެމެވެ. ޝުކުރިއްޔާ!

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ވާށެ އޯގާ ހިތާ 1

Next

ނިމިދާނެ ޖާނާ ހިތާ……1

Next
January 1, 2018

ނިމިދާނެ ޖާނާ ހިތާ……1

Previews
January 1, 2018

ވާށެ އޯގާ ހިތާ 1

41 Comments!

  1. cheesemoosa says:
    January 1, 2018 at 6:44 pm

    me 1st
    mibaa vx v reethi

    1. Hi Mi says:
      January 1, 2018 at 10:08 pm

      Hehe ur first congrats… thanks cheesemoosa

  2. dhikko says:
    January 1, 2018 at 6:47 pm

    mee first dhw… v reethi vaahaka… keehve nametah udagoovaan veekee… v reethi namethakeh mi vaahakaiga huree…. waiting for next part

    1. Hi Mi says:
      January 1, 2018 at 10:09 pm

      Thankyou so much dhikko

  3. Yum says:
    January 1, 2018 at 7:26 pm

    Name that undhaguleh noon. Story varah reethi. When next part??

    1. Hi Mi says:
      January 1, 2018 at 10:10 pm

      Thankyou yum. Next part tomorw In Sha Allah.

  4. Nees says:
    January 1, 2018 at 7:29 pm

    Vv reethi stry eh.. keep it up?
    vv reethi mi partves.. dhen kn irakuntha up vaanee.. v thafaathu stry eh hen heevanee.. welldone

    1. Hi Mi says:
      January 1, 2018 at 10:11 pm

      Hehe. Thankyou nees. In Sha Allah maadhan up kohdheynan.

  5. Unaal says:
    January 1, 2018 at 7:35 pm

    Mee hama super name thakeh.. Stry aa vrh gulhey

    1. Hi Mi says:
      January 1, 2018 at 10:12 pm

      Thankyou unaal

  6. Ana says:
    January 1, 2018 at 7:52 pm

    Story v reethi. When is next part ???

    1. Hi Mi says:
      January 1, 2018 at 10:12 pm

      Tomorw. In Sha Allah.

    2. Hi Mi says:
      January 1, 2018 at 10:14 pm

      Thankssss

  7. Xxxx says:
    January 1, 2018 at 7:53 pm

    Name thah udhaguleh noon..keep going…??

    1. Hi Mi says:
      January 1, 2018 at 10:26 pm

      Thanks Xxxx

  8. im says:
    January 1, 2018 at 8:00 pm

    Vara salhi name thakeh mee
    Vv reethi mi partves

    1. Hi Mi says:
      January 1, 2018 at 10:27 pm

      Thanks im

  9. ainth says:
    January 1, 2018 at 8:36 pm

    nanthah rangalhu…
    “vadhunee” eh nukiyaane, kiyaany “vany”
    kurin part ga iny 5yeas ey. mi part ga iny 7years ey…

    1. Hi Mi says:
      January 1, 2018 at 10:29 pm

      Thanks ainth… aslu innaany 5 years. Olhigen 7 ini liyevifa. Sorry about that. Dhen faharakun rangalhu kollaanan In Sha Allah.

  10. Ana says:
    January 1, 2018 at 9:55 pm

    V reethi. Nxt part konirakun

    1. Hi Mi says:
      January 1, 2018 at 10:30 pm

      Thanks Ana. Next part maadhan. IN SHA ALLAH

  11. Ree? says:
    January 1, 2018 at 10:26 pm

    Name tha udhagulhe noon varah loabi name tha i like it whn nxt part?

    1. Hi Mi says:
      January 1, 2018 at 10:31 pm

      Thankyou Ree. Tomorw ingey next part. Keep reading…..

  12. Zuam says:
    January 2, 2018 at 12:03 am

    Name tha varah varah reethi…. story varah reethi….

    1. Hi Mi says:
      January 2, 2018 at 12:11 am

      Thanks zuam… ???

  13. Afaa says:
    January 2, 2018 at 1:08 am

    Autism kudhin nah dhey beyheh hunna kameh adhi neyge, e ee beyhakun rangalhu vaa kameh baa?

    1. Hi Mi says:
      January 2, 2018 at 6:14 am

      Lets see vaagothen afaa… ??? keep reading…

  14. Zaina says:
    January 2, 2018 at 1:16 am

    Undhaguleh noon nanthakeh v reethi vaahaka ❤

    1. Hi Mi says:
      January 2, 2018 at 6:15 am

      Thankxxx Zaina?

  15. Nadheema says:
    January 2, 2018 at 8:15 am

    Undhaguleh noon?

    1. Hi Mi says:
      January 2, 2018 at 8:46 am

      Thankxxxx

    2. Hi Mi says:
      January 2, 2018 at 8:47 am

      Thanks

  16. Munyy says:
    January 2, 2018 at 8:36 am

    Name thah v reeth an story ves

    1. Hi Mi says:
      January 2, 2018 at 8:47 am

      Thanks munyy

  17. Xaaan says:
    January 2, 2018 at 8:37 am

    Vaahaka kiyaahithun kehmadhuvany plx plx thankolheh avahah upkohdheeber

    1. Hi Mi says:
      January 2, 2018 at 8:48 am

      Miadhuge vagutheh gai up kohladheynan. In Sha Allah.

  18. Pinky shifoo says:
    January 2, 2018 at 9:29 am

    Varah reethi name thakeh mi vaahakaiga hury… Ehaa bodah liyefa othihyaa dhn badhalu kuraane kameh neh.. N names thah asluvx varah reethi…

  19. laya says:
    January 2, 2018 at 9:39 am

    hadha ragalhey avas kuranchey igey

  20. Mimmi says:
    January 2, 2018 at 11:52 am

    Neevey namey furathama iveyiru hyvey undhagoohen. Ekam dhuvas vaavarakah rangalhuvaane. Sarah

  21. Ifa says:
    January 6, 2018 at 4:33 pm

    Varah reethi nan thakeh ?

  22. Ifaa says:
    June 8, 2018 at 12:22 pm

    Wow what a beauty story! I like this story very much………..

Comments are closed.


All Right Reserved!