“އަހަންނަށް ޖަވާބެއް ދީ މި ދެހަފްތާ ތެރޭ..ރަގަނޅަށް ވިސްނައްޗޭ އިނގޭ..މެހެކްއާއި ދޭތެރޭ..ހެހެ..ތިހެން ކަންބޮޑުވެފައި ހުންނަ އިރު ހާދަ ލޯތްބޭ..” އެލައިޝާގެ މޫނުގައި ހިފައިލުމަށްފަހު އަޒެލް ބުނެލިއެވެ. އަދި ދަނީއޭ ބުނެފައި އެތެރަށް ދާން ދިޔައެވެ. “އަދި ހަނދާން ނެތުނީއޭ..ދީބާ ލައި ނަމްބަރު..އޭރުންނެއްނު އަހަންނަށް ގުޅޭނީ..” ގެޔަށް ވަންނަން ދިޔަ އަޒެލް އެބުރި އައިސް ބުނެލިއެވެ. އެލައިޝާ އެއްޗެކޭ ނުބުނުމުން އަޒެލް އޭނާގެ ފޯން އަތުލައިފައި އެއިން އަޒެލްގެ ނަމްބަރަށް ގުޅައިލިއެވެ. “އިންނާނެ އަހަރެންގެ ނަމްބަރު ސޭވް ކޮއްފަ..ލަވް […]
ޒާރާއަކީ މަންމައާއި ބައްޕައެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ޒާރާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އާހިލް ކިޔާ ކުއްޖަކާއެވެ. އެހެނަސް އޮންނަނީ އަބަދު ދެމީހުންގެ މެދުގައި މައްސަލަ ޖެހޭގޮތްވެފައެވެ. އާހިލްގެ މިޒާޖު ހުންނަގޮތުންޒާރާވެސް ކޮންމެވެސް ކަމެއް އާހިލްއަށް ސިއްރުކުރަމުންދިޔައެވެ. އޯލެވެލް އިމްތިހާނަށްފަހު ޒާރާ މާލެ އާދެއެވެ. މާލެ އައިސް ޒާރާގެ ސިއްރު އާހިލްއަށް ކިޔައިދެއެވެ. އެކަމުގެ ސަބަބުން އެދެމީހުންގެ ގުޅުމަށް އަސަރުކޮށް ޒާރާއާއި އާހިލްގެ ގުޅުން ނިމިގެން ދެއެވެ. ރުޅިވި ފަހުންވެސް އާހިލް ޒާރާއަށް އެކިއެކި ޖެއްސުންތައް […]
“ވަރަށް ބޭނުން ލީން…” ޔުއާން މަޑުމަޑުން ބުނެލިއެވެ. އެ ބަހަކީ މައިލީން އަށް އޭނާގެ މާޒީ ސިފަވާނޭ ބަހެއްކަން އެނގިހުރެއެވެ. ދެން ކުއްލިއަކަށް އޭނާގެ ރާގު ބަދަލް ވިއެވެ. ” އަހަރެން އެކަމަކު މައިލީން އެއް ބޭނުމެއްނޫން. ތީ އަންހެނުން ގެ ވައްތަރު ނޫން. ތި މައިލީން ގެ ވައްތަރު… ލަދެއް ހަޔާތެއްނެތް މީހަކަށް ވީމަ ވާނީވެސް ތިހެން” މައިލީން ގެ ކަންފަތް ބުޑުގައި ޔުއާން އެންމެ ފަހު ފަހަރަށްވެސް ވަރުގަދަ ބަސްތަކެއް އިއްވައިލައިފިއެވެ. މައިލީން ޔުއާން […]
ކުރިމަތިން ފެންނަމުންދާ މަންޒަރުގެ ސަބަބުން އަހަރެންގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އާދެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އަހަރެންގެ އަމިއްލަ އަތުން ކުރަހާފައިވާ ލޯބިވާ ކޮއްކޮގެ ތަސްވީރުގައި އެދަނީ ލޭ ރަތް ކުލަ އުނގުޅެމުންނެވެ. ބިރުން ހުރެވެސް އެ ތަސްވީރުގައި އަތް ޖައްސާލީމެވެ. އެއަށްފަހު އަހަރެންގެ އަތަށް ބަލާލިއިރު އަހަރެންގެ ދެ އަތުގައި ވަނީ ހުސް ލެއެވެ. އަޑުގެ ނެއްތަނަށް ހަޅޭލަވައިގަނެވުނީ އެހީވާނެ މީހަކު ވޭތޯއެވެ. ކުއްލިއަކަށް ދެލޯ ހުޅުވާވެވުނު އިރު އަހަރެންގެ ފޯން އެލާރމް ވަމުންދެއެވެ. […]
” މަމް އެވްރިތިންގ އިޒް ގްރެއިޓް ، އައި ހޭވް ސަމްތިންގ ޓު ޓެލް ޔޫ ” … އީވާ ވަރަށް ކަންބޮޑުވެ ހުރެ އަހައިލިއެވެ. ” އަނެއްކާ ކިހިނެއްވީ ؟ ” .. އާނިޔާ އަހައިލިއެވެ.. ” މަންމާ އީވާ ގެ ……” ” ދަރިފުޅާ އީވާ މަންމަ މިވަގުތު ތަންކޮޅެއް ބިޒީ ކޮށް މިއުޅެނީ ، އެންޑް އީވާ ބީ ވެރީ ކެއާފުލް އިނގޭ އެންޑް ޓޭކް ކެއަރ ، މަންމަ ފްރީ ވި […]
އަޅުގަނޑު ގެނެސްދެމުން ދިޔަ ވާހަކަ “ޒާރާ” ގެނެސްދިނުން ގިނަދުވަސްތަކަކަށް މެދުކެނޑިފައިވާތީ ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ. މިވާހަކައިގެ ދެން ކުރިއަށް އޮތް (9 ވަނަބައި) ހިސާބުން ފެށިގެން ދެން ހުރިބައިތަށް ޖެނުއަރީ 25 އިން ފެށިގެން ގެނެސްދޭނެ ވާހަކަވެސް ދަންނަވަމެވެ.
ދެލޯ ފޮހެމުން ޓީވީޗެނަލްއަކަށް އިންޓަރވިއު ދެމުންގެންދިޔަ އަލީގެ ފައިގައި ބައްދައިގަނެގެން ރޮއެގިސްލަމުން، ތުރުތުރު އަޅަމުން އެދަނީ ނިކަމެތި މަންމައެކެވެ..އަލީގެ އަނބިމީހާ އިޔާރާއެވެ. އޭނާގެ ހާލުގެ ވާހަކަ އަހައިފި މީހެއްގެވެސް ހިތްކުދިކުދިވާވަރުވެއެވެ. ނުވާންވީ ސަބަބެއްވެސް ކޮބައިތޯއެވެ؟ އުމުރުން އެންމެ ފަސްމަސްވީ ތުއްތު އަންހެން ދަރިފުޅު އޮޔާދިޔައީ އޭނާގެ ދެލޯ ކުރިމަތީގައެވެ. އެދަރިފުޅު ލޮނުގަނޑުގެ ތެރެއަށް ގެނބުނުއިރު ހާސްވެގެން އެތެޅުނު ތެޅުމާއި ރުއިވަރު އެމައިމީހާގެ ހިތާއި ސިކުނޑީގައިވަނީ ހަރުލާފައެވެ.މަދު ވަގުތުކޮޅެއްގެ ތެރޭގައި އެކުއްޖާފުޅުގެ ހަކަތަހުސްވެ ކުނިތަކާއި ގާތަކުތެރެއަށް ގެއްލުނީ އޭނާގެހިތް […]
މެހެކްއަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. އޭނާގެ ބައްޕައަކީ ހަމަ އެހާ ހިތްހަރު މީހެއް ހެއްޔެވެ. އޭނާގެ އުފަލަކީ އެބައްޕައަށް މުހިއްމު ނުވީ ކީއްވެ ހެއްޔެވެ. މަޖްބޫރުން ކުރެވޭ ކައިވެންޏަކުން އޭނާއަށް ލިބޭނީ ކޮން އުފަލެއްހެއްޔެވެ. ކޮޓަރިއަށް ވަދެ މެހެކް އަވަސްވެގަތީ އެލައިޝާއަށް ގުޅައި އެވާހަކަތަށް ކިޔައިދޭށެވެ. “އަޅޭ ހާދަ ދެރަ ގޮތެކޭ ތިވީ..މެހެކް ދެން ނުރޮއި ހުއްޓާލާ..ކިތަންމެ ވަރަކަށް ރުޔަސް ކަމެއް ހައްލެއް ނުވާނެ އެއްނު..ލައި ދަންތަ މެހެކް ކައިރިއަށް.. އެކަނި އިނީމަވެސް ބޮޑަށް ވިސްނޭނީ..” […]
އޭނާ އެނބުރި ބަލާލުމާއެކު ފެނުނު މީހެއްގެ ސަބަބުން ހިނިތުންވެލެވުނެވެ. “ދޮންބޭ” އުފާވެފައި ހުރިވަރުން ކިޔޭ ނުކިޔޭ އެއްޗެއް ނޭގި އަފްޝީން އަށް ކުރެވުނު ހާވެސް ކަމަކީ ބާރަށް ދޮންބޭ އޭ ކިޔާފައި ހަޅޭއްލަވައިގަތުމެވެ. މީހުންތައް ބަލަން ފެށުމުން ހިސާބަކަށް ލަދުގަތެވެ. އެހެންކަމުން އަފްޝީން އަވަސް އަވަހަށް މިސްރާބުޖެހީ ނުކުތުމަށެވެ. ޔުއާން އަފްޝީން ގެ ފޮށި ހިނގައިގަތެވެ. ބުޅި އިސްތަށިގަނޑު ދޫކޮއްލާފައިވާއިރު ބަލައިލަން ހިތްގައިމެވެ. ދޮން ވެފައި ހަމުގެ ކުލަ އަލިވުމުން އާއްމުކޮއް ދިވެހިންގެ ގައިގައި ހުންނަ ކުލައަށްވުރެ […]