އެލައިޝާ އިރުކޮޅަކު އިބާންއާއި ދިމާއަށް ބަލަންހުރެފައި ފޯނު އިބާންއަތަށް ދިނީ އިބާން އަވަހަށް އެތަނުން ފޮނުވާލުމުގެ ބޭނުމުގައެވެ.އޭނާ އުއްމީދުކުރި ގޮތަށް ފޯނުލިބުމުން އިބާން އެތަނުން ދިޔައެވެ. އެލައިޝާއަށް އިބާން ފޯނު އެގެންދިޔައީ ކަމެއް ރާވައިގެންކަމެއް ނޭންގެއެވެ. އެލައިޝާގެ ފޯނުން ފޮޓޯތައް އޭނާގެ ފޯނަށް ފޮނުވާލުމައްފަހު ދެމީހުންގެ ފޯނު ބޭއްވުމައްފަހު އިބާން މަޑުމަޑުން ހިނގައިގަތީ އެލައިޝާއާއި ދިމާއަށެވެ.ލަސް ފިޔަވަޅުތަކެއް އަޅަމުންގޮސް އިބާން ހުއްޓުނީ އެލައިޝާގެ ފުރަގަހުގައެވެ. އިރުކޮޅަކު އެހެން ހުރުމައްފަހު އެލައިޝާ އޭނާގެ އަތްދަނޑިމައްޗަށްނެގިއެވެ.އަދިމީ އޭނާގެ ގަޔަށް ކޭކްޖެހީމަ […]
ހިޔާލީ ދުނިޔެއިން އަހަންނަށް ނިކުމެވުނީ މީހަކު އަހަރެންގެ ކޮނޑުގައި އަތްބޭއްވީމައެވެ… ސިހިފައި އަހަރެން ބަލާލިއިރު އަހަރެންގެ ފުރަގަހުގައި ހުރީ އަހަރެންގެ ސާލް އެވެ.އެސޫރައެއް ދެކެން އަބަދާއި އަބަދު އެދޭ އަހަރެންގެ ފިރިމީހާ އެވެ. އަހަރެން ވަރަށް އުފާވިއެވެ.ނަމަވެސް ސާލްއަށް ގޮވާލަން ހުޅުވި އަނގަ ލައްޕަން ޖެހުނީ އޭނަގެ ފަހަތުން އައި އަންހެން ކުއްޖާ ފަޔާޒްދޮންބޭ އޭކިޔާ ގޮވާލުމުންނެވެ. އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ވަރަށް ދެރަވިއެވެ.ނަމަވެސް އެކަން މޫނުމަތިން ނުދައްކާވޭތޯ ބެލީމެވެ. އެއަންހެން ކުއްޖާ އައިސް އަމިއްލައަކަށް […]
“ އެހެންވެއްޖެއްޔާ ދެއަންބަށް އަހަރެންނާ އިނދޭ… ސިމްޕަލް..“ އަސްމާ ޒާހިދުގެ އަތުގައި ހިފާލިއެވެ. “ ދެއަންބަށޭ؟ ކޮންމެފަދަ ހާލެއްގަ އުޅެން ޖެހުނަސް ކަލެއަކާ ނިއިންނާނަން… ކަލޭތީ ކާކު މީހަކު އިންނަން…“ އަސްމާގެ އަތް ފޮޅުވާލަމުން ޒާހިދު ގޮނޑިން ތެދުވިއެވެ. ” އިންނަން ޖެހޭނީ.. އެހެން ނޫނީ ރޭޝަމްއަށް ހުރިހާ ހަގީގަތެއް ކިޔައިދޭނަން… އަހަރެންނަށް ޒާހިދު ނުލިބުނިއްޔާ އެހެން މީހަކަށްވެސް ލިބުނަކަ ނުދޭނަން…“ އަސްމާ ޔަގީންކަމާއެކު ބުންޏެވެ. މުޅި ދުވަސް ހޭދަވީ އަސްމާ ދެއްކި ވާހަކަތަކާ ދޭތެރޭ ވިސްނުމުގައެވެ. […]
ރޮށި ފިހެނިމިގެން ގެއަށް ދިޔަ މަގުމަތީގައި ލަޔާންއާއި ވިޝާކާ މަޖާ ވާހަކަތައް ދައްކަމުންދިޔައެވެ. އަވްލީންއާއި މަހުދީވެސް އެމީހުންގެ ސަކަރާތުގައި ބައިވެރިވެ އެމީހުން ކިޔާ އެއްޗެއްސާ ހެމުންދިޔައެވެ. ދަތުރުގޮސް ކުރާނެ މަޖާ ކަންތައްތައް ރާވަމުން ހަތަރު މީހުން އެކުގައިގޮސް ގެއަށް ވަންއިރު ވިޝިކާ އޮތީ ސޯފާގައި އޮށޯވެގެން ޓީވީ ބަލާށެވެ. “ވިޝީމެން ގުރޫޕަށް އިނީ ކޮންކަމެއްތަ؟ ވިޝީ ނުދަންތަ ދަތުރަށް ރެޑީކުރާކަށެއް؟” ވިޝާކާ ޖެހިގެން އިން ސޯފާގައި އިށީންނަމުން އަހާލިއެވެ. “އަހަރުންނަށް އިނީ މިކޮޅުންވެސް އެކޮޅުންވެސް ދޯންޏަށް އެއްޗެހި […]
އިރުއެރުމާއެކު ރޭޝަމް އަވަސްވެގަތީ ސައި ތައްޔާރުކުރުމަށެވެ. އޭރު އިމްލީވެސް ބަދިގެތެރޭގައި އަވަދިނެތި އުޅެއެވެ. ސައި ތައްޔާރުކޮށް ނިމުމާއެކު ޒާހިދަށް ގޮވަން ރޭޝަމް ދިޔައެވެ. އޭރުވެސް ޒާހިދު އޮތީ ގަދަ ނިދީގައެވެ. ރޭޝަމް ގޮވާ ގޮވާ ޒާހިދު ތެދުވާކަށް ނޫޅުނެވެ. ” ތިހެނެއް ނުނިދޭނެ ކުރިން ނިދާހެންނެއް ދެން އަބަދަކު…..“ އެނދުން ތެދުވަމުން ކައިރީގައި ހުރި މޭޒުމަތީގައި ހުރި ފެންފުޅިން އަތަށް ފެންފޮދެއް އަޅާލުމަށްފަހު ޒާހިދުގެ މޫނުގައި ރޭޝަމް އަތް ކާއްތާލިއެވެ. އެއާއެކު ފުންމައިގެން ގޮސްފައި ޒާހިދު ތެދުވިއެވެ. […]
ޒާހިދު އެހެން އެހުމާއެކު ތުއި ގޮތަކަށް އެތެރެއަށް ވަނުމަށް އިޝާރާތްކޮށްލަމުން އެކުއްޖާ އެތެރެއަށް ހިނގައިގަތެވެ.މޫނުން އޮހެރެމުން ދިޔަ ދާތިކިތައް ގަމީހުގެ އަތުން ފޮހެލަމުން ޒާހިދު އެތެރެއަށް ވަނެވެ. އެތެރެއަށް ވަދެގެން ދިޔައިރު އެކި އުމުރުފުރައިގެ މީހުން މަސްހުނިވެ، ފާހިޝް އަމަލްތަކުގެ ތެރެއަށް ޢަރަޤުވަމުންދިޔަ މަންޒަރު ފެންނަމުންދިޔައެވެ. ޒާހިދު ހިނގަމުން ދިޔައީ އެއްކަލަ އަންހެން ކުއްޖާގެ ފަހަތުންނެވެ. ދަނބު ކުލައިގެ ދޮރަކާ ހަމައަށް ދެވުމާއެކު އެކުއްޖާގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ. އެކޮޓަރި ތެރެއަށް ވަންނާށޭ ބުނެލަމުން އެކުއްޖާ އެތަނުން ދިޔައެވެ. […]
“ގެނޭ އަހަރެން ތި ގެޔާ ހަމައަށް ގެންގޮސްދޭނަން..” މާޒްގެ އަޑަށް އައިކާ ބަލާލިއެވެ. މާޒްގެ މޫނުމަތީގައިވާ ހިނިތުންވުން ފެނުމުން އައިކާގެ އެތެރެހަށީގައި ރޯވެގަތެވެ. “މަރުޙަބާ!” ރުޅިވެރިކަމާއެކު މާޒްއާ ދިމާއަށް އެހެން ބުނެލަމުން އައިކާ އަނެއްކާވެސް ފޮށި ހިފައިގެން ހިނގައިގަތެވެ. މާޒް ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައި އައިކާ ދިޔަ ދިމާއަށް ބަލަން ހުއްޓެވެ. އައިކާ އޭނާއާ ދިމާއަށް އެހެން ބުނަންވީ ސަބަބެއް އޭނާއަކަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ. އައިކާ މަގުގެ އެކި ހިސާބަށް މަޑުކުރަމުން ގެއާ ހަމައަށް ދެވުނުއިރު […]
”ދެން.. ކޮން ކޮޓަރިއަކު ޒޯޔާ ހުންނާނީ.. ދެން ނެތެއްނު ރޫމެއްވެސް..” އާލިޔާ އެހެން ބުނިއިރު އޭނާގެ ހިތް އާދަޔާޚިލާފަށް ބާރަށް ތެޅެއެވެ. ހީވަނީ ޒަހީނާގެ ޖަވާބު އޭނާއަށް އެނގޭހެންނެވެ. ”ރޫމެއް ނެތިއްޔާ ދެން އަލްގެ ކޮޓަރީގައެއްނު ހުންނާނީ..” ޒަހީނާ ވަރަށް ހަމަޖެހިލާފައި އިނދެ ބުނެލިއެވެ. އާލިޔާ އިތުރު އެއްޗެކޭ ނުބުނީ އެހެން ގޮތެއް ނެތީމައެވެ. އިތުރު މީހަކާ ކޮޓަރި ޝެއާ ކުރުމަކީ އޭނައަށް ވާނެ ކަމެއް ނޫނެވެ. އާލިޔާ ސޯފާއިން ތެދުވެ ޒޯޔާއަށް ބަލާލުމަށްފަހު ފުން ނޭވާއެއް […]
“ މެރީ ކުރުން …އެއްބަސްތަ؟“ ޒާހިދުގެ މޫނުން އުފާވެރިކަން ފާޅުވަމުންދިޔައެވެ. “ މެރީ ކުރަންށޭ؟؟؟؟“ ރޭޝަމްއަށް ގަބޫލުކުރަންދަތިވިއެވެ. ” ހްމް.. މެރީ ކުރަން…. އެއްބަސްތަ؟ އަހަރެންނަކަށް އިތުބާރެއް ނުކުރަންތަ؟“ ޒާހިދު ރޭޝަމްއާ އިތުރަށް ގާތަށް ޖެހިލިއެވެ. “ އަހަރެންނަކަށް ނޭނގެ… އަހަރެން ޒަފޫ ކައިރީ ވެސް އަހާލަން ބޭނުން…“ ރޭޝަމް ލަދުންގޮސް އިސްދަށަށް ޖަހާލިއެވެ. ” ކީއްކުރަން އެހެން މީހުން ކައިރީ އަހަނީ؟ މެރީ ކުރަނީ އަހަރުމެން ދެމީހުންނެއްނު… އަހަރެން ބޭނުން ޖަވާބެއް ހަމަ މިވަގުތު“ ރުޅި […]