Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެން

މަރު

Mr. H Level 1
January 1, 2018 6 Mins Read
34 Comments

2018 ވަނަ އަހަރުގެ ފުރަތަމަ ދުވަހަށް ދިވެހިރާއްޖެ މަރުހަބާކީ ހިތާމައާއި މޮޅިވެރިކަމާއެކުއެވެ. އެންމެންގެވެސް ހިތުގައި އުފެދިފައިވަނީ ސުވާލުތަކެކެވެ. ވާނީވެސް އެހެންތާއެވެ. 1 ޖަނަވަރީ 2018 ގެ ފަތިހުގެ ހަމަހިމޭންކަން ނަގާލީ މާލޭގެ ގެއެއްގެ ސިޓިންރޫމްގައި މާރާލެވިފައިވާ ޒުވާނަކު ފެނުނު ހަބަރު ނޫސްތަކުގެ ފަލަސުރުހީތަކަށް އެރުމުންނެވެ. އޭނާގެ މަރުގެ ގާތިލަކި ކާކުކަން އަދި ކަށަވަރު ނުވިކަމުގައިވިޔަސް އެއްކަމެއް ވަނީ ކަށަވަރުވެފައެވެ. އެއީ އޭނާ މަރާލީ އޭނައާއެކު އެއްފުރާޅެއްގެ ދަށުގައި ދިރިއުޅޭ އޭނާގެ އާއިލާގެ ކޮންމެވެސް އެއް މެންބަރެއް ކަމެވެ. އެހެންކަމުން ޑިޓެކްޓިވް އަރްޔަން މިހާރު ވަނީ އެވަގުތު ގޭގައި އުޅުނު އެންމެން ފުލުސް އިދާރާއަށް ހާޒިރުކޮށް ސުވާލުކުރަން ފަށާފައެވެ. އާއިލާގެ ކޮންމެ މެންބަރަކާ ސުވާލު ކުރަމުން ދަނީ ވަކި ކޮޓަރިއެއްގައެވެ.

ކޮޓަރި 1: ޝިފާނާ (މަންމަ)

“ޝިފާނާ! މިއަދު ކަންތައް ވީގޮތް ފަށައިގެން އަޅުގަނޑަށް ކިޔާދެވިދާނެތޯ؟”

“އަހަރެން ކިތައްފަހަރުތަ ކިޔާދޭންވީ؟ މަރާލެވިފަ އޮތީ އަހަރެންގެ ދަރިއެކޭ. އަހަރެންނަށް ތުހުމަތު ތިކުރަނީ ކީއްވެތަ؟ އެއްވެސް މީހަކަށް އޭނަގެ އުފަން ދަރިއަކަށް އެހެން ހަދަން ކެރޭނެތަ؟ އެފަކީރުގެ މެޔަށޭ ވަޅި ހަރާފަ އޮތީ”

ޝިފާނާގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔައެވެ. އަރްޔަން ޝިފާނާގެ ކޮނޑުގައި އަތްއަޅާލިއެވެ.

“އަޅުގަނޑަށް އިނގޭ މިއީ ދައްކަން ފަސޭހަ ވާހަކަތަކެއް ނޫންކަން. އެކަމަކު ލޫތުގެ ގާތިލު ހޯދުމަށް އަޅުގަނޑުމެންނަށް ޝިފާނެގެ އެއްބާރުލުނެ ބޭނުންވާނެ.”

“އަހަރެން ފަތިސް ނަމާދުކޮށްގެން ކޮޓަރިން ނުކުތީ ފެން ބޯންވެގެން. އަހަރެން ނިކުތްއިރު އަހަރެންގެ ދަރިފުޅު އޮތީ މޭޒުމަތީގަ. މަރާލާފަ.” ޝިފާނާ ވާހަކަ ދައްކަމުން ދިޔައީ ގިސްލަމުންނެވެ.

“އޭރު ގަޑިން ކިހާއިރެއްތޯ؟”

“އޭރު ފަހެއް ޖަހަނީ”

“ލޫތު ރޭގަ 3:15ގަ ގެއަށް ވަދެފަ ވަނީ. އަދި މެޑިކަލް ރިޕޯޓްތައް ދައްކާ ގޮތުގަ ލޫތު މަރާލެވިފައިވަނީ 3:15 އާ 4:15 ދޭތެރޭ. އެވަގުތު ޝިފާނާ އުޅުނީ ކޮންތާކުތޯ؟”

“ނިދާފަ އޮތީ”

“ޝިފާނާގެ ފިރިމީހާވެސް އޮތީ ނިދާފަތޯ؟”

“އާދެ”

ޝިފާނާ އާއި ސުވާލުކުރުމަށްފަހު އަރްޔަން ދެވަނަ ކޮޓަރިއަށް ދިޔައެވެ.

ކޮޓަރި 2: ހާފިޒު (ބައްޕަ)

“ހާފިޒު! 3:15 އާ 4:15 އާ ދޭތެރޭ ހާފިޒު އުޅުނީ ކޮންތާކުތޯ؟”

“އެވަގުތު ނިދާފަދެއްތޯ އުޅޭނީ. އަޅުގަނޑު މިއުޅެނީ އަޅުގަނޑުގެ ދަރިފުޅު މަރުވެގެން އިނގޭތޯ. މިފަދަ ހާލަތެއްގައި އަޅުގަނޑުމެން ވަނިކޮށް ހަމްދަރުދީ ވުމުގެ ބަދަލުގައި މިއީތޯ ތިބޭފުޅުންނަށް ކަންތައްކުރަން އިނގުނު ގޮތަކީ. އަޅުގަނޑު އާއިލާ ކުށްވެރިންނަށް ހަދާ ހައްޔަރުކޮށްފަ ތިބޭފުޅުން މިވަނީ”

“އަޅުގަނޑުމެން އަދި އެއްވެސް ބޭފުޅަކު ހައްޔަރެއް ނުކުރަން އިނގޭތޭ. އެކަމަކު ތަހުގީގަށް އަޅުގަނޑުމެން މި ސުވާލުތައް ކުރަން ޖެހޭ. ގޭގެ ސިޑީގައި ހުރި ސީ.ސީ.ޓީ.ވީއިން އެއްވެސް މީހަކު ތިގެއަށް ރޭގަ ވަދެފަ ވާކަމަށް ނުދައްކާ. އެހެންވުމުން އަޅުގަނޑުމެން ސުވާލުކުރަން ޖެހޭނީ ގޭގަ އެވަގުތު ތިބި ބަޔަކާ ނޫންތޯ؟ ހަށިގަނޑު ފެނުނު އިރުވެސް ހާފިޒު ނިދާފަތޯ އޮތީ؟”

“އާދެ! އަޅުގަނޑަށް ހޭލެވުނީ ޝިފާނާގެ ހަޅޭކުގެ އަޑަށް. އެކަމަކު.”

“އެކަމަކު ކިހިނެއްތޯ ވީ”

“”އަޅުގަނޑުމެން ކޮޓަރިއާ ލޫތުމެން ކޮޓަރި ޖެހިޖެހިގެން ހުންނާތީ އެކޮޓަރިން މާ އަޑުގަދަ ވަންޏާ އަޅުމެންނަށް އަޑުއިވޭ. އެގޮތަށް ރޭގަ އަޑުގަނޑަށް ހޭލެވުނު ލޫތުއާ ލާނާގެ އަޑަށް. އަނެއްކާ…”

“އޭރު ގަޑިން ކިހާއިރެއްތޯ؟”

“ގަޑިއެއް ނުބަލަން އަޅުގަނޑެއް. ހީވަނީ ތިނެއް ޖަހާފާނެހެން”

ކޮޓަރި 3: ލާނާ (އަންހެނުން)

އަރްޔަން ލާނާ އިން ކޮޓަރިއަށް ވަންއިރު ލާނާ އިނީ ހުއްޓުން އަރާފައެވެ. ރޮއެފަ ހުރިކަމުގެ އެއްވެސް ނިޝާނެއް ލާނާގެ މޫނަކުން ނުފެނެއެވެ. ހީވަނީ އަދިވެސް މިކަންތައް ލާނާއަށް ގަބޫލު ނުކުރެވޭ ހެންނެވެ. ނޫނީ ލާނާ އަކީ ގާތިލް ބާއެވެ؟

“ލާނާ! ރޭގަ ހާފިޒު ކޮން އިރަކުތޯ ގެއަށް އައީ؟ ލާނާ. ލާނާ” އަރްޔަން ތަކުރާރުކޮށް ލާނާއަށް ގޮވާލީ ލާނާ އެއްވެސް ބަހެއް ނުބުނުމުންނެވެ. އެންމެފަހުން އަރްޔަން ލާނާގެ ކޮނޑުގައިހިފާ ކުޑަކޮށް ތަޅުވާލިއެވެ. އަދި ސުވާލު ތަކުރާރު ކޮށްލިއެވެ.

“ރޭގަ ލޫތު ކޮން އިރަކުތޯ ގެއަށް އައީ؟”

“ލޫތު ނާދޭ ގެއަކަށް”

ލާނާގެ ޖަވާބުން އަރްޔަން އަށް ލިބުނީ ސުހުމެކެވެ.

“އެކަމަކު ސީސީޓީވީއިން ދައްކާގޮތުގަ އަރްޔަން ވަނީ 3:15 ގަ ގެއަށް ވަދެފަ.”

“އެހެންވިއްޔާ ނޭނގެ އަހަންނަކަށް. ކޮޓަރިއަކަށް ނުވަންނަކަން އަހަންނަށް އިނގެނީ” ލާނާ ގާތަށް އައީ ރުޅިއެވެ.

“ލާނާމެން ކޮޓަރިން ޒުވާބެއްގެ އަޑު ރޭގަ އިވުނު ކަމަށް އެބަ ބުނޭ. ލޫތު ރޭގަ ކޮޓަރިއަށް ނުވަންނަންޔާ ކީއްވެތޯ އެ އަޑު އިވެންވީ” އަރްޔަން އެހެން ބުނުމާއެކު ލާނާގެ މޫނުމަތިން ފެނިގެންދިޔައީ ހާސްކަމުގެ ކުލަވަރެވެ.

“ދޮގެއް ތީ! ލޫތެއް ނާދޭ ކޮޓަރިއަކަށް. ކާކު ތިހެން ބުނީ؟ ލޫތު ބައްޕަދޯ؟ ބައްޕަ އެހަދަނީ ހުސް ދޮގު. މި ވާނީ އޭނަގެ ކަމަކަށް. މިހާރު އެތައް ދުވަހެއް ވެއްޖެ ބައްޕައާ ލޫތުއާ ދެމެދު ކޮންމެވެސް ދެބަސްބުމެއް ހިނގާތާ”

“ކޮންކަހަލަ ދެބަސްވުމެއްތޯ؟”

“ނޭނގެ. ލޫތު އަހަރެން ކައިރިއަކު ނުބުނި”

“ލޫތު ކޮޓަރިއަށް ނުވަންނަ ކަމުގަވާނަމަ ރޭގެ 3:15 އާ 4:15 އާ ދެމެދު ލާނާ ކޮންކަމެއްތޯކުރީ”

“އެކެއް ޖަހަނިކޮށް ލޫތުއަށް މެސެޖުކުރިން ގެއަށް އަންނަ އިރެއް އަހަން. ލޫތު ރިޕްލައި ކުރި ވަރަށް ލަސްވާނެއޭ ކިޔާފަ. އެހެންވެ ނިދީ. ހޭލެވުނީ މަންމަ ގޮވީމަ”

ލާނާއާއި ސުވާލުކޮށް ނިމުމަށްފަހު އެ ކޮޓަރިން ނިކުތް އިރު އަރްޔަން ގެ ހިތުގައިވަނީ ޝައްކުތަކެއް އުފެދިފައެވެ.

“ކޮބާ އެއްވެސް ކަހަލަ ޖަވާބެއް އެބަ ލިބޭތަ؟” އަރްޔަންގެ ދަށުން މަސައްކަތްކުރާ ޖޫނިއަރ ޑިޓެކްޓިވް ޝަރާ އަހާލިއެވެ.

“ނޭނގެ. ހީވޭ ޖަވާބު ލިބެން އުޅޭހެންވެސް”

“ކާކުކަމަށް ލަފާ ކުރެވެނީ؟”

“ލާނާ ނޫނީ ހާފިޒު ކަމަށް ޝައްކު ކުރެވެނީ. ހާފިޒު އެބަ ބުނޭ ލާނާމެން ކޮޓަރިން ޒުވާބެއްގެ އަޑު އިވުނު ކަމަށް. އެކަމަކު ލާނާ ބުނަނީ ލޫތު ކޮޓަރިއަކަށް ނުވެސް ވަދެޔޭ. އަދި ލޫތުއާ ހާފިޒު އާ ދެމެދު ކޮންމެވެސް މައްސަލައެއް ޖެހިގެންއުޅޭ ކަމަށް ލާނާ ބުނަނީ”

“އެހެންތަ! މިހާރު އެންމެންނާ ވާހަކަ ދައްކާލީތަ؟”

“ނޫން އަދި ލޫތުގެ ބޭބެ އާ ދަރިފުޅާ ވާހަކަ ނުދައްކަން. އަހަރެން މި ދަނީ ލޫތުގެ ބޭބެއާ ވާހަކަ ދައްކަން. ހަމްދާން ކައިރި އެންމެންގެ ރޭގެ ފޯން ރެކޯޑްތައް ޕްރިންޓް ކޮއްލަން ބުނެފަ ޝަރާ ދޭބަ ލޫތުގެ ދަރިފުޅާ ވާހަކަ ދައްކަން. ކުޑަ ފިރިހެން ކުއްޖެއްވީމަ ޝަރާ ވާހަކަދައްކަން މާ މޮޅުވާނެ”

“އެންމެ ރަނގަޅު”

ކޮޓަރި 4: ހަސަން (ބޭބެ)

“ހަސަން. ރޭގެ 3:15 އާ 4:15 އާ ދެމެދު ހަސަން ކޮންކަމެއްތޯކުރީ”

“12 ޖެހި އިރު ހަވާ އަރުވާ ތަން ބަލަން ގޮއްސަ 1 ޖެހި އިރު ގެއަށް އައީ. އައިގޮތަށް ކޮޓަރީގަ ސީރީޒް ބަލަން އޮއްވާ ނިދުނު އިރެއް ނޭނގެ. ހޭލެވުނީ މިކަންތައް ވީމަ”

“ހާފިޒު އެބަބުނޭ ރޭގަ ލާނާމެންގެ ކޮޓަރިން ޒުވާބެއްގެ އަޑު އިވުނުކަމަށް. ހަސަނަށް އެއްވެސް އަޑެއް އިވުނުތޯ.”

ހަސަން ވަގުތުން ނޫނެކޭ ބުނިއެވެ. ހަސަން ޖަވާބު ދިންލެއް އަވަސް ކަމުން އަރްޔަން އަށް އިރުކޮޅަކަށް ހަސަން އަށް ބަލައިގެން ހުރެވުނެވެވެ.

“ލާނާ އެބަ ބުނޭ މިދުވަސްކޮޅު ލޫތުއާ ހާފިޒުއާ ދެމެދު މައްސަލައެއް ޖެހިގެން އުޅޭ ކަމަށް. ހަސަން އަށް މީގެ އެއްވެސް ވާހަކައެއް ލޫތު ހިއްސާކުރިތޯ؟”

“ނޫން. ބައްޕައާ ލޫތުއާ ދުވަހަކުވެސް އެހާ ގާތް ނުވާނެ.”

ކޮޓަރި 5: ލަޔާން (5 އަހަރުގެ ދަރިފުޅު)

“ލަޔާން. މިއީ ޝަރާ ދައްތަ. ލަޔާން ޝަރާދައްތަ އާ ވާހަކަ ދައްކާނަންތަ؟”

ލަޔާން ބޯ ޖަހާލިއެވެ.

“ލަޔާން ކޮން އިރަކު ރޭގަ ނިދީ”

“ކޮއްކޮ ނިދައިފިން 9 އައްކްލޮކް ގަ”

“ކޮއްކޮ ފެންބޯންވެސް ނުހޭލަންތަ؟”

“ފެންބޯން ނުހޭލަން. އެކަމަކު ފަޔަވޯކްސް އަޑު އިވިގެން ކޮއްކޮއަށް ހޭލެވިގެން ނުކުތިން ސިޓިންރޫމަށް. ދެން ކާފަ ކޮއްކޮ ނިދަންދެން އައީ ކޮޓަރިއަށް”

“ކާފަ ކޮއްކޮ ނިކުތްއިރު ކީއްކުރަން ހުރީ”

“ކާފަ ފޯނެއްގަ ހުރީ”

“އޯކޭ! ކޮއްކޮ ސައިވެސް ނުބޮންދޯ އަދި. އާދޭ ސައިބޯން”

ޝަރާ އެހެން ޑިޓެކްޓިވް އެއްގެ ކިބައިން ލަޔާން އާއެކު ކެންޓީނަށް ސައި ބޯން ދިޔުމަށް އެދުނެވެ. އަދި ލަޔާންގެ އިސްތަށިކޮޅުގައި އަތްޖައްސާލުމަށްފަހު ލޯބި ލޯބި ބުޅި އިސްތަށި ކޮޅެކޭ ބުނެލިއެވެ. އެހެން ބުނުމަށްފަހު ޝަރާ އަވަހަށް ދުވަމުންކަހަލަ ގޮތަކަށް އަރްޔަންގެ އޮފީސްއާ ދިމާއަށް ދިޔައެވެ. އެވަގުތު ހަމްދާން ޝަރާއަށް ފޯން ރެކޯޑްތައް ހަވާލުކުރިއެވެ.

“ލަޔާންގެ ހުންނަނީ ބުޅި އިސްތަށިގަނޑެއް” ޝަރާ އަރްޔަންގެ އަފީސްއަށް ވަދެވުމާއެކު ބާރަށް ބުނެލިއެވެ.

“އެހެންވީމަ ކިހިނެއްވީ؟ އަހަރެންގެވެސް ހުންނަނީ ބުޅި އިސްތަށިގަނޑެއް”

“އެކަމަކު ލޫތުއާ ލާނާގެ ހުންނަނީ ވަރަށް ފަން އިސްތަށިގަނޑޭ. ލަޔާން އެޑަޕްޓެޑް ކަންނޭނގެ”

“އެކަކު ބޯ ފަންކޮށްފަވެސް ހުރެދާނެ އެއްނު. އެހެންނޫނަސް މަންމަ އާ ބައްޕަގެ ބޯ ފަންވިޔަސް ކުދިންގެ ބޯ ބައެއް ފަހަރު ބުޅިވެޔޭ. އާއިލާ އެހެން މީހެއްގެ އިސްތަށިގަނޑުވެސް ލިބިދާނެއެއްނު”

“ހުމްމމމ.”

“ކީކޭ ލަޔާން ބުނީ”

“ލާނާ އާ ލޫތުގެ ޒުވާބެއްގެ އަޑެއް ނީވޭ ލަޔާން އަށް. އެކަމަކު ހަވާ އެރުވި އިރު ހާފިޒު ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކަން ހުރި ސިޓިންރޫމްގަ. ހާފިޒު ލަޔާން ހަވާ އަރުވާ އަޑަށް ބިރުން އުޅޭތީ ލަޔާން ނިދަންދެން އަޔޯ ކޮޓަރިއަށް. ރޭގަ އިރު އިރުކޮޅާ ހަވާއެރުވީމަ އެ ވެދާނެ ކޮންމެ ގަޑިއަކަށްވެސް”

“ތީ ފޯން ރެކޯޑްތައްތަ؟”

“އާން” ޝަރާ އެ ގަނޑުތައް އަރްޔަން އަށް ދިއްކޮށްލިއެވެ.

“ހާފިޒު އެބައޮތް 2:58 ގަ މީހަކާ ފޯނުން ވާހަކަ ދެއްވީމަ. އެހެންވީމަ 3:15 ހިސާބުގަ ހާފިޒު އުޅެފާނެ ލަޔާން ކޮޓަރީގަ. އެކަމަކު ހާފިޒު ބުނި ނިދާފައޭ އޭރު އޮތީ. ލާނާ ބުނި ގޮތަށް ލާނާ އެބައޮތް ލޫތު އަށް 1 ޖެހި އިރު މެސްޖް ކޮށްފަ.  އަކަމަކު ލާނާ ކީއްކުރަންބާ އެފަހުން ހަސަނަށް ގުޅާފަ މިއޮތީ؟”

“ހަސަންގެ ހުންނަނީ ބުޅި އިސްތަށިގަނޑެއް” ޝަރާ ވަގުތުން ބުނެލިއެވެ.

އަރްޔަން ވަގުތުން ލާނާ އިން ކޮޓަރިއަށް ދިޔައެވެ.

ކޮޓަރި 3: ލާނާ (އަންހެނުން)

“ލާނާ. ލާނާގެ ކޮޓަރިން ޒުވާބު ކުރި އަޑު އިވުނު ކަމަށް އެބަ ބުނޭ”

“ބުނީމެއްނު އެއީ ދޮގެކޭ. ލޫތެއް ނުވަދޭ އަހަރެންގެ ކޮޓަރިއަކަށްވެސް ރޭގަ” ލާނާ އަވަހަށް ރުންކުރު ޖަވާބެއް ދިނެވެ،

“އަހަރެން ގަބޫލު ކޮށްފީމޭ. އެކަމަކު ލާނާ ކީއްވެ ރޭގަ ހަސަނަށް އެކެއްވެސް ޖެހި ފަހުން ގުޅީ” އަރްޔަން ކޮށްލީ ސުވާލެކެވެ.

“އޭން. އެއީ އެއީ އޮޅިގެން”

“ތިކަމެއް އަހަންނަކަށް ގަބޫލެއް ނުކުރެވޭ. އަހަންނަށް ހީވާ ގޮތް ބުނަންތަ؟”

“އަހަރެންގެ ހުއްދައެއް ބޭނުންވޭތަ ބުނަން”

“އަހަންނަށް ހީވަނީ ލާނާ އާ ހަސަން އާ ދެމެދު އެހެން ކަހަލަ ގުޅުމެއް އޮތީހެން. ލޫތު ވަރަށް ލަސްވާނެ ކަމަށް ބުނީމަ ލާނާ ހަސަނަށް ގުޅީ. ދެން ލޫތު އައި އިރު ހަސަން ލާނާގެ ކޮޓަރިން ފެނުނީމަ ހަމަނުޖެހުމެއް ހިނގާ މިކަމެއް ވީ”

“އެއްވެސް ހެއްކެއް ނެތި ތިކަހަލަ އިލްޒާމް މީހުންގެ ބޮލުގަ އަޅުވަނޖެހޭތަ؟”

“ހެއްކަކީ ލަޔާން. ލަޔާންގެ ބައްޕައަކީ ހަސަނެއްނު” އަރްޔަން އެހެން ބުނުމާއެކު ލާނާ ހާސްވެގެން ތުރުތުރު އަޅަންފެށިއެވެ.

“ޢާނ އަހަންނާ ހަސަން އާ ތިފަދަ ގުޅުމެއް އެބައޮތް. އެކަމަކު އަހަރެން މި ބުނަނީ ހަމަ ތެދަށް. ލޫތެއް ރޭގަ އަހަރެންގެ ކޮޓަރިއަކަށް ނާދޭ. ލޫތެއް ނާދޭ. އަހަރެން ލޫތު ނުމަރަން. ހަސަން އާ އަހަރެމެން ކޮޓަރީގަ އޮވެފަ ހަސަން ކޮންމެވެސް ކޫސަނި ކަމަކާ ރުޅިއައިސްގެން ދިޔައީ” ލާނާ އަށް އެންމެ ފަހުން ރޮވެން ފެށުނެވެ.

“ލާނާ ލޫތު ނުމެރިއަސް ހަސަން މަރާފާނެ އެއްނު”

ކޮޓަރި 4: ހަސަން (ބޭބެ)

“ހަސަންއާ ލާނާ އާ ދެމެދު އޮތް ގުޅުން އިނގިއްޖެ. ލޫތުއަށް ހަސަން ލާނާގެ ކޮޓަރިން ފެނުނީމަ ހިނގި ހަމަނުޖެހުމުގެ ހަސަން މަރުވީ”

“ނޫން. އަހަރެން ލާނާގެ ކޮޓަރީގަ އޮވެފަ ލާނާ އަހަރެންނާއެކު މިއަދު ބޭރަށް ދާން އެއްބަސް ނުވީމަ ޒުވާބުކޮށްފަ ދިޔައީ ކޮޓަރިއަށް. އަހަރެން އެފަހުން ކޮޓަރިން ނުވެސް ނުކުންނަން.”

ލާނާއާ ހަސަންގެ ވާހަކަ ދިމާވެއެވެ. އެކަމަކު.. އަރްޔަން ދެން ދިޔައީ ހާފިޒު ހުރި ކޮޓަރިއަށެވެ.

ކޮޓަރި 2: ހާފިޒު (ބައްޕަ)

“ހާފިޒު ބުނި 3:15 ވި އިރު ހާފިޒު އޮތީ ނިދާފައޭ. އެކަމަކު ހާފިޒު އޭރުގަ ހުރީ ލަޔާން ކޮޓަރީގައެއްނު”

‘”އާނ!. އަހަރެން ހަނދާންނެތުނީ”

“މިކަހަލަ ދަޑިވަޅެއްގަ އެކަހަލަ ކަންކަން މީހުން ހަނދާން ނެތޭތަ؟ ހާފިޒު އާ ލޫތުގެ ގުޅުން ރަނގަޅު ނޫންކަމަށް އެތައް ބަޔަކު އެބަ ހެކިވޭ. 3 ޖެހި އިރު ލަޔާން ނިދަންދެން އެކޮޓަރި އަށް ވަނިއްޔާ ހާފިޒު އެ ކޮޓަރިން ނިކުންނަ އިރު ހުންނާނީ 3:15 ހިނގާފަ. 3:15 ގަ ލޫތު ގެއަށް ވަންނާނެ. ލޫތު ކޮޓަރިއަށް ވަނުމުގެ ކުރިން މީހަކު އޭނަ މަރާލީ. އެހެންވިއްޔާ މިކަމެއް ކުރުމަށް އެންމެ ފުރުސަތު ބޮޑީ ހާފިޒެއްނު.” އަރްޔަން ބަސްމަގު ބެހެއްޓީ ހާފިޒު ބިރުގަންނުވާ ކަހަލަ ރާގަކަށެވެ.

“ކީކޭތަ ތި ކިޔަނީ؟ އަހަރެން ކީއްކުރަންތަ އަހަރެންގެ ދަރި މަރަންވީ؟”

“ލޫތު ހާފިޒު މަރާލަން އުޅުނީމަ” އަރްޔަންއާ ހާފިޒަށް އެއްފަހަރާ ބަލާލެވުނީ ކޮޓަރިއަށް ވަން ޝަރާއަށެވެ. “އަހަރެން މިއައީ ޝިފާނާއާއި ސުވާލުކޮށްފަ. ހާފިޒު ލޫތު ކުޑައިރު ލޫތަށް ޖިންސީ ގޯނާ ކުރީ. އެހެންވެ ހާފިޒު ލަޔާންގެ ކޮޓަރިން އެގަޑީގަ ނުކުތްތަން ފެނުމުން ލޫތު ހީކުރީ ހާފިޒު ލަޔާން އަށް ވެސް ޖިންސީ ގޯނާ ކުރަނީއޭ.”

“އަހަރެން ނުކުރަން ތިކަހަލަ ކަމެއް. ނޫން. ނޫން” ހަފިޒު ރޯންފެށިއެވެ.

“ހާފިޒް ދެން އެންމެ ރަނގަޅުވާނޚި ކުށަށް އިއުތިރާފު ވިއްޔާ”

“އާ. އާނ. ލޫތު އުޅުނީ އަހަރެން މަރާލަން. އަހަރެން އަމިއްލަ ނަފްސު ދިފާއު ކުރަން އުޅެނިކޮށް އެކަން ކުރެވުނީ. އެއީ އަހަރެން ގަސްތުގަ ކުރި ކަމެއް ނޫން. ގަސްތުގަ ކުރި ކަމެއް ނޫން” ޙާފިޒު އިއުތިރާފުވިއެވެ.

ޙަފިޒުގެ އިއުތިރާފާއެކު ލޫތުގެ މަރުގެ ތަހުގީގު ނިމިގެން ދިޔައެވެ. ކޯޓުން ހާފިޒުގެ މައްޗަށް މީހަކު މަރާލުމުންނާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށް ސާބިތުކޮށް އުމުރަށް ޖަލަށް ލުމަށް ހުކުމްކުރިއެވެ.

(ނިމުނީ)

Share Article

Follow Me Written By

Mr. H

Level 1

Other Articles

Previous

ލޯތްބަށްޓަކައި (ދެވަނަ ބައި)

Next

2018 އަށް މަރުހަބާ!!

Next
January 1, 2018

2018 އަށް މަރުހަބާ!!

Previews
January 1, 2018

ލޯތްބަށްޓަކައި (ދެވަނަ ބައި)

34 Comments!

  1. Sav says:
    January 1, 2018 at 12:24 pm

    story vrythi adhi ? keep going..

    1. Mr. H says:
      January 1, 2018 at 7:49 pm

      Thank you Sav. Mi vaahaka nimuny mi ?

  2. Aaix says:
    January 1, 2018 at 12:39 pm

    Real vrhaka eh tha

    1. Mr. H says:
      January 1, 2018 at 7:50 pm

      Nooney hama hiyaalee vaahaka eh 🙂

  3. Xxxx says:
    January 1, 2018 at 1:14 pm

    Wooooowww ?

    1. Mr. H says:
      January 1, 2018 at 7:51 pm

      Thanks Xxxx

  4. Layaa says:
    January 1, 2018 at 1:41 pm

    Wow varah asslaai ehgoi.. salhi

    1. Mr. H says:
      January 1, 2018 at 7:51 pm

      Thank you layaa 🙂

  5. Mysh says:
    January 1, 2018 at 2:33 pm

    Wowww..vvvv rythi..v unique..ummeedhu kuran adhi mikahala vaahaka thah kiyaalan libeyne kamah..kyp it up

    1. Mr. H says:
      January 1, 2018 at 7:53 pm

      Thanks Mysh. Iraadhakurevviyya varah avahah ithuru vaahaka eh genesdheynan 🙂

  6. mai says:
    January 1, 2018 at 3:05 pm

    V salhi☺☺☺☺☺☺☺☺

    1. Mr. H says:
      January 1, 2018 at 7:53 pm

      Thanks mai 🙂

  7. Xim says:
    January 1, 2018 at 4:03 pm

    Varah thafaathu
    Varah nufeney suspense thriller vaahaka esfiya in
    Mi vaahaka varah salhi

    1. Mr. H says:
      January 1, 2018 at 7:54 pm

      Aww thank you 🙂

  8. Friends says:
    January 1, 2018 at 4:09 pm

    Vrh furihama.. so many twists with a great ending

    1. Mr. H says:
      January 1, 2018 at 7:54 pm

      Thank you so much 🙂

  9. Questions says:
    January 1, 2018 at 4:21 pm

    Story v v v v v v salhi ?? Hithah araa laana aa hassan ah dhn vaany kihineh baaey? Layan ah hageegaiy ingeynetha?

    1. Mr. H says:
      January 1, 2018 at 7:59 pm

      Thank you. Baeh kanthah jeheyne kiyuntheringe visumah dhookollan 🙂

  10. Faathun says:
    January 1, 2018 at 5:13 pm

    Vvvv salhi

    1. Mr. H says:
      January 1, 2018 at 7:55 pm

      Thank you faathun 🙂

  11. Angel says:
    January 1, 2018 at 5:41 pm

    Few typos. Rangalhukohfa publish kurinama
    Ekamaku vaahaka varah salhi. Keep it up

    1. Mr. H says:
      January 1, 2018 at 7:56 pm

      Iraadhakurevviyya dhn genesdhey vaahakaiga thikan rangalhu kollaanan. Thanks Angel 🙂

  12. Im says:
    January 1, 2018 at 7:45 pm

    Story super

    1. Mr. H says:
      January 1, 2018 at 7:56 pm

      Thank you 🙂

  13. im says:
    January 1, 2018 at 8:27 pm

    Vara salhi
    Dhen vaany kihinei baa?????

    1. Mr. H says:
      January 2, 2018 at 1:46 am

      Thank you im 🙂

  14. Sha says:
    January 1, 2018 at 9:37 pm

    The first story i read in 2018. Very interesting ?

    1. Mr. H says:
      January 2, 2018 at 1:46 am

      Awwn thanks Sha 🙂

  15. Ms. R says:
    January 1, 2018 at 11:18 pm

    Rythi vrh
    Is this your first story Mr. H?

    1. Mr. H says:
      January 2, 2018 at 1:47 am

      Thanks Ms. R
      Yes first story 🙂

  16. Maree says:
    January 2, 2018 at 12:02 am

    Habeys vaahaka eh ??

    1. Mr. H says:
      January 2, 2018 at 1:47 am

      Thank you Maree 🙂

  17. lg says:
    January 3, 2018 at 8:31 pm

    nice story

    1. Mr. H says:
      January 4, 2018 at 1:01 am

      Thank you lg 🙂

Comments are closed.



All Right Reserved!