Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔައީ މަގޭ އުފަލަކީ 5

Aishath Eeman Rashyd Level 1
December 31, 2017 4 Mins Read
9 Comments

ނާސިޔާ އާލިޔާއަށް ތޫނު ނަޒަރެއް ދީފައި ނިޝީ ގޮވައިގެން ދިޔައެވެ. އާލިޔާ ބިރުގަތީ ދެނެވެ. ނާސިޔާއަކީ ކޮނަކަހަލަ މީހެއްކަން އަދިކިރިޔާ މިއެނގުނީއެވެ.

އެއް އަހަރު ފަހެވެ. މެންދުރު ކައިގެން ތަށިތައް ދޮވެލުމަށް ފަހު ކޮޓަރީގެ ބެލްކަނީގައި އާލިޔާ ހުރީ ޒީހާންގެ އިންތިޒާރުގައެވެ. ޒީހާން އައިސް ކޮޓަރިއަށް ވަނީ އާލިޔާ އެތާ ހުއްޓައެވެ. ޒީހާން އާލިޔާއަށް ގޮވާލުމާއެކު އާލިޔާ އެނބުރި ބަލައިލިއެވެ. ޒީހާން އާ ދިމާއަށް ހިނގައިގަތް އާލިޔާ ކުއްލިއަކަށް އޯކާ ދެމިގެންފައި ދުއްވައިގަތީ ފާޚާނާއަށެވެ. އާލިޔާއަށް ހޮޑުލެވުނީ އެންމެ ފަހަރަކު ނޫނެވެ. ތިން ހަތަރު ފަހަރަށް ލެވުނެވެ. އާލިޔާ ހޮޑުލާ ނިމުމުން އޭނާ ގޮވައިގެން ޒީހާން އައިސް އެނދުގައި ބޭއްވިއެވެ. ”ހިނގާ ހޮސްޕިޓަލަށް ދާން..”ޒީހާން އާލިޔާގެ އިސްތަށިގަނޑުގައި ފިރުމާލާފައި ބުނެލިއެވެ. ”ނޯ ޒީހާން.. އެއީ އެހާވަރު ކަމެއް ނޫނޭ… އަސްލު މިއަދު މގުރިހަ ކޭފަހުންނޭ މޭނުބައިކުރަން ފެށީ.. އެހެންވެ ކަންނޭނގެ އެ ހޮޑުލެވުނީ..” އާލިޔާ ހީލާފައި ބުނެލިއެވެ. ”އޯކޭ.. އެހެންވިއްޔާ ރެސްޓް ކޮށްލާ.. އަންނާނަން ފެން ތައްޓެއް ހިފައިގެން..” ޒީހާން ތެދުވެފައި ބުނެލިއެވެ. ޒީހާން ހަމަ ކޮޓަރިން ނިިކުތުމާއެކު އާލިޔާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ޑޮކްޓަރަކަށް ވެ ހުރެ މިވަނީ ކީއްކަން އާލިޔާއަށް އެނގެއެވެ. ނަމަވެސް އޭނާގެ ޝައްކު ޔަގީނަކަށް ބަދަލު ކުރުމަށްޓަކައި އޭނާ ނިންމީ މާދަމަ ހޮސްޕިޓަލަށް ގޮސް ޓެސްޓެއް ހެދުމަށެވެ.

ޖެހިގެން އައި ދުވަހުގެ މެންދުރު ފަހުގެ ވަގުތެވެ. ޑިއުޓީ ނިންމާލުމަށްފަހު އާލިޔާ މަޑުކުރީ ޓެސްޓުގެ ރިޕޯޓުތައް ހިފައިގެން ދާށެވެ. އާލިޔާއަށް މާގިނައިރަކު މާގިނައިރަކު މަޑުކުރާކަށް ނުޖެހުނެވެ. ރިސެޕްޝަންގައި އިން ކުއްޖާއާ ވާހަކަ ދައްކާލަން ހުއްޓާ ލެބްގައި މަސައްކަތް ކުރާ ކުއްޖަކު އައިސް ރިޕޯޓްތައް ދިނެވެ. ”ކޮންގްރޭޓްސް އަލް..” މިހެން ބުނެފައި ހީލާފައި އެއްލޯމަރާލުމަށް ފަހު އެކުއްޖާ ދިޔައީއެވެ. ރިޕޯޓް ބަލާވެސްނުލާ އާލިޔާ ޖެހި ދުމެއްހެން ހޮސްޕިޓަލުން ނިކުމެގެން ދިޔައެވެ.

އާލިޔާ ގެއަށް ގޮސް އެންމެ ފުރަތަމަ ރިޕޯޓް ދެއްކީ ޒީހާންއަށެވެ. އަދި އޭގައި ވަނީ ކޯއްޗެއްކަން އޭނައަށް ނޭނގޭ ކަމަށްވެސް ބުންޏެވެ. ޒީހާން ރިޕޯޓް ކިޔާލުމަށް ފަހު އާލިޔާއަށް ބަލައިލިއިރު އެދެލޮލުން އުފާވެރި ކަމުގެ ކަރުނަ ވަނީ ނިރާލާފައެވެ. ”އަލް… ވީއަރ ގޮއިން ޓު ބީ ޕޭރެންޓްސް…” ޒީހާން ބުނެލިއެވެ. ވީއުފަލުން އާލިޔާއަށް ޒީހާންގައިގައި އޮޅުލައިގަނެވުނެވެ. ”ހިނގާ މަންމަކައިރި ބުނަން އަވަހަށް..” ޒީހާން ބުނެލިއެވެ.

މާބަނޑު ދުވަސްވަރު އާލިޔާއަށް ނުލިބޭ އުފަލެއް ނެތެވެ. ނާސިޔާވެސް ހީވަނީ މުޅިން ބަދަލު ވެފައި ވާހެނެވެ. މީގެ ކުރިން އާލިޔާ ދެކެ އައިސް ފައިވާ ރުޅި ދިޔައީ ކޮންތާކަށް ކަމެއް ނޭނގެއެވެ. އާލިޔާ ހީކުރީ ލިބުނު އުފަލެއްގެ ބޮޑުކަމުން ނާސިޔާ އުޅޭ ގޮތެއް ކަމަށެވެ. ޒޯޔާމެންވެސް އުފަލުން ހީވަނީ އެހެން ކަމެއް ހެނެވެ. އޭނާއަށް ވަގުތެއ ވާއިރަށް އިންނަނީ އާލިޔާ ގާތުގައެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އާލިޔާ އާއި މަޖުދާ އާއި ރިޝްކާ ތިބީ ރަސްފަންނުގައެވެ. އޭރު އާލިޔާގެ ބަނޑަށް ނުވަ މަހެވެ. އެމީހުންވެސް ވާހަކަ ދައްކަމުން ދިޔައީ އާލިޔާއަށް ލިބެން އުޅޭ ދަރިފުޅާ މެދުއެވެ. ”އަލް ވިހާ ދުވަހު މަ ހުންނާނަން ހޮސްޕިޓަލުގައި އިރާދުކުރެއްވިއްޔާ..” ” މަޖޫ ހުންނާނެކަން އނގޭ އަހަންނަށް.. އޭރަކަށްނު އަހުސަން ފެންނާނީ…” މަޖުދާ ބުނި އެއްޗެއް މެދު ކަނޑާލާފައި އާލިޔާއަށް އެއްލޯ މަރަމުން ރިޝްކާ ބުނެލިއެވެ. ”ތެދެއް މަޖޫ؟.. އަހުސަންތަ؟..” ހެވިލާފައި އިނދެ އާލިޔާ މަޖުދާ ގާތު އަހާލިއެވެ. ”ދެން.. މި ރިކީ ދައްކަފާނެ ކޮންމެފަދަ ވާހަކައެއްވެސް.. އެއުޅެނީ އަލްގެ ވެޑިންގަ އަހަރެންނާ އަހުސަންްއާ ކުޑަ އެކްސިޑެންޓެއް ވިތަން ފެނިގެން.. އެކަމާ މިހާރު އަހަރެންނާ އަހުސަންއާ އަޅުވާ ކިޔަނީއެ..” މަޖުދާ ތުންއޫކޮށްލާފައި ބުނެލިއެވެ. އެވަގުތު އާލިޔާއަށް ފޯނެއް އައިސްގެން ދުރަށް ޖެހިލިއެވެ.

އާލިޔާ ބަނޑުގައި ރިއްސައިގަނެގެން ހޮސްޕިޓަލަށް ގެންދިޔައީ އެރެވެ. ވިއްސާ ނިމުމާއެކު ނަރުސް ކުއްޖާ ގެނެސް ދަރިފުޅު އާލިޔާއަސް ދައްކާލިއެވެ. އާލިޔާ އެ ލޯބި ލޯބި މޫނުގައި އެތައް ފަހަރަކު ބޮސްދިނެވެ.

ޕްރައިވެޓް ކޮޓަރިއަކަށް އާލިޔާ ބަދަލު ކުރެވުނު ފަހުން އޭނާ އެއްވެސް ވާހަކައެއް ނުދައްކައެވެ. ދަރިފުޅު ކައިރީގައި އާއިލާގެ ކޮންމެވެސް މީހަކު އަބަދުވެސް ހުރެއެވެ. އާލިޔާއާއި ދަރިފުޅުގެ ހހިދުމަތުގައި ޒީހާން އަބަދުވެސް ހުރެއެވެ.

އެއީ އާލިޔާ ގެއަށް ދޫކޮށްލަން އޮތް ދުވަހެވެ. ނާސިޔާއާއި ނިޝީފިޔަވައި ހުރިހާ އެންމެން އެތާ ތިއްބެވެ. ”ޒީހާން.. އަހަންނަކަށް ތި ދަރިފުޅެއް ނުބެލޭނެ.. ތިވަރު ކުޑަކުއްޖެއް ބެލޭނެ ހާ ހިއްވަރެއް އަހަރެންގެ ނެތް.. ޒީހާން ތި ކުއްޖާ ގެންގުޅެން ބޭނުމިއްޔާ އެހެން މީހަކު ގެނޭ… ތިވަރުގެ ބޮޑު މަސްއޫލިއްޔަތެއް އަހަރެން އުފުއްލުމަކީ ވާވަރު ކަމެއް ނޫން.. ނުސީދާ ގޮތުގައި އަހަރެން މިބުނަނީ ތި ދަރިފުޅު ބޭނުމެއް ނޫނޭ… ޒީހާން ތި ދަރިފުޅު ގެންގުޅޭނެ ގޮތަކަށް ގެންގުޅޭ… އަހަރެން ދަނީ…” އާލިޔާ މިހެން ބުނެފައި އެންމެ ސިކުންތު ކޮޅަކަށްވެސް މަޑުނުކޮށް އެތަނުން ދިޔައީއެވެ.

”ބައްޕާ… ބައްޕާ.. މަޑުކޮށްބަލަ..” ހޮސްޕިޓަލުގެ ގޭޓު ދޮށުގައި ހުރި އާލިޔާއަށް އަނިލްމެން ނިކުންނަތަން ފެނުުމުން ގޮވާލިއެވެ. އަނިލްމެން ހުއްޓުނުކަންވެސް ނަސީބެކޭ އާލިޔާގެ ހިތަށްއެރިއެވެ. އަނިލް އައިސް އާލިޔާގެ ކުރިމައްޗަށް ހުއްޓެމުން އާލިޔާގެ ކޯތާފަތްމަތީގައި ވަރަށް ބާރަށް ޖަހާލިއެވެ. ”މިއަދުގެ ފަހުން ތީ މަގޭ ދަރިއެއް ނޫން.. އެކަން ހަނދާން ކުރާތި…” އަނިލް މިހެން ބުނެފައި ދިޔައެވެ. ” ދޮންބޭ… ދޮންބެ އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ.. ޕްލީޒް..” އަނިލްގެ ފަހަތުން ދިޔަ އަފްޒަލްގެ އަތުގައި ހިފާ އާލިޔާ އަފްޒަލް ހުއްޓުވިއެވެ. ” ދޮންބެ ހިއެއް ނުކުރަން އާލިޔާ ތީ ތިކަހަލަ މީހެއްކަމަށް..” މިހެން ބުނެފައި އަފްޒަލްވެސް ދިޔައީއެވެ. އާލިޔާ އެންމެ ދެރަވީ ޒަހީނާ އެންމެ ކުޑަމިނުން އޭނާއާ ދިމާ ބަލާވެސް ނުލީތީއެވެ. ”މަންމާ… އަހަރެން ނުދާނަން ދޮންތަ ދޫކޮށްލާފައެއް… ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް އަހަންނަށް ހެޔޮ..” ޒަހީނާގެ ފަހަތުން ދިޔަ ޒޯޔާ ބުނެލިއެވެ. ‘ ޒޯޔާ..!” ޒަހީނާ ތަންކޮޅެއް ބާރަށް ޒޯޔާއަށް ގޮވާލިއެވެ. ”އޭނަ ދޫކޮށްލާ ޒަހީނާ… އާދޭ ދާން..” އަނިލް މިހެން ބުނެފައި ޒަހީނާއަރަން ޓެކަސީގެ ދޮރުފަތް ހުޅުވާދިނެވެ. އެމީހުން ދިއުމުން އާލިޔާއަށް ފެންކަޅިވެފައި އެދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އާލިޔާ ސިހުނީ ޒޯޔާ އޭނާގެ އަތުގައި ކޮށްޓާލުމުންނެވެ. އޭނާ އެނބުރި ބަލައިލިއިރު ޒީހާން އޭނާއާ ދިމާއަށް އަންނަނީއެވެ. އޭނާގެ އަތުގައި ކުޑަ ދަރިފުޅު ވެސް އޮތެވެ. އާލިޔާއަށް ހިންދިރުވާލެވުނެވެ. ” އާލިޔާ…. ތިހިރީ ވަރިކޮށްފައި.. ތިއީ މަގޭ އަންބެއް ނޫން… މި ދަރިފުޅާ ވައިވެސް އެޅިގެން ނުވާނެ…” އާލިޔާގެ ލޮލުން ކަރުނަތަސް އޮހިގަތީ އިހުތިޔާރަކާ ނުލައެވެ. އެންމެ ފަހު ފަހަރަށް ޒީހާންގެ އަތުތެރޭގައި ލޯބިކޮށް ނިދާލާފައި އޮތް ދަރިފުޅަށް އޭނާ ބަލާލިއެވެ. ޒީހާން ދަރިފުޅު ގޮވައިގެން ގޮސް ގެއްލެންދެން އާލިޔާ ބަލަހައްޓައިގެން ހުއްޓެވެ. އާލިޔާއަށްވެސް ކެތްކުރެވުނީ ވަކިވަރަކަށެވެ. ޒޯޔާގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ އެތަށް އިރެއް ވަންދެން ރުޔެވެ.

މާޒީގެ ހަނދާންތަކުން އާލިޔާއަށް ދުރަށް ދެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. އާލިޔާ ފާހާނާއަށް ވަދެ ފެންވަރާ ތާޒާ ވެލައިގެން އައިސް ނަމާދު ކުރިއެވެ. އަދި އޭނާގެ ހަޔާތް ބާއްޖަވެރި ކޮށްދެއްވާތޯ ދުޢާ ކުރިއެވެ.

އާލިޔާ ސައިބޯންވެގެން ނިކުތް އިރު ޒޯޔާ ހުރީ ފޮށި ތައްޔާރު ކޮށްފައެވެ. މިއަދު ހަވީރު ފްލައިޓުން ލަންޑަނަށް ފުރަން ޖެހޭކަންވެސް އާލިޔާ ހަނދާންވީ ޒޯޔާގެ ފޮށި ފެނުމުންނެވެ. ސައިބޯލައިގެން އާލިޔާ އަވަސް ވެގަތީ ފޮށިތައްޔާރުކުރާށެވެ.

ދިހަ ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ލަަންޑަން ސިޓީ އެއާޕޯޓަށް ޖެއްސި ފުލައިޓުން ފޭބި މީހުންގެ ތެރޭގައި އާލިޔާ ވިއެވެ. އާލިޔާގެ ފަހަތުން ފޮށި ދަމަމުން އައި ޒޯޔާ ހުއްޓުނީ އޭނާގެ ފޮށި ކުރިއަށް ނައުމުންނެވެ. އޭރު އާލިޔާ އެއާޕޯޓުން ނުކުންނަނީއެވެ. ޒޯޔާ ފަހަތް ބަލާލިއިރު ފޮށީގެ ފުރޮޅު އެނބުރިގެން ގޮސް އޮތީ އެތާ ހުރި ފެންސެއްގައި ތާށިވެފައިއެވެ. ޒޯޔާ ތަންކޮޅެއް ބާރަށް ދެފަހަރަކު ފޮށްޓައް ދަމާލިއެވެ. ތިން ވަނަ ފަހަރު ފޮށްޓާއި ދިމާއަށް ޒޯޔާ ގުދުވާން އުޅެނިކޮށް ކޮންމެވެސް މީހަކު އައިސް ވަރަސް ފަސޭހަކަމާއެކު އެ ފޮށި އެތަނުން ނަގައިގެން ދިޔައެވެ. އޭނާ ގޮސް ފޮށިބެހެއްޓީ އެއާޕޯޓް ދޮރުމަތީގައެވެ. އޭނާ ދިޔަލެއް ބާރުކަމުން ޒޯޔާ ދިޔައީ އޭނާ ފަހަތުން ދުވަމުން ކަހަލަ ގޮތަކަށެވެ. ޒޯޔާ އޭނާއާ އަރާ ހަމަވިއިރު އޭނާ ޒޯޔާގެ ފޮށި ބަހައްޓާފައި ދަނީއެވެ. ” އެކްސް ކިއުޒް މީ…’ ޒޯޔާ ތަންކޮޅެއް ބާރަށް ބުނެލުމުން އެމީހާ ހުއްޓުނެވެ. ޒޯޔާއަށް އެމީހާ ފެނުމާއެކު ހިލައިގެ ބުދެއްހެން ހުއްޓުންއެރިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aishath Eeman Rashyd

Level 1

Other Articles

Previous

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (12)

Next

ހިތާ ފުރާނައިން… (2)

Next
December 31, 2017

ހިތާ ފުރާނައިން… (2)

Previews
December 31, 2017

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (12)

9 Comments!

  1. Kiyaa says:
    December 31, 2017 at 1:21 pm

    Mi v kieh

  2. Pinky shifoo says:
    December 31, 2017 at 1:57 pm

    Nice story.. Varah intresting.. Waiting for next part

  3. Angel says:
    December 31, 2017 at 2:39 pm

    Aaan mi veegotheii neygunu. V sali mi part vaxx

  4. mishy says:
    December 31, 2017 at 3:00 pm

    Mi vhk vrh reethi… But may lahii up vaaleh

  5. rifaa says:
    December 31, 2017 at 3:12 pm

    v salhi mi part vx… waiting for the next part… wen is the next part??????

  6. im says:
    December 31, 2017 at 7:59 pm

    Haadha kurei dhw!!
    anyway vvvv salhi
    Wen is the next part???????

  7. Rsh says:
    January 1, 2018 at 3:59 pm

    Nice

  8. rifaa says:
    January 8, 2018 at 11:42 am

    ?????wen is the next part

  9. Neyha says:
    January 17, 2018 at 7:32 pm

    Up it soon dear

Comments are closed.

Next Episodeތިޔައީ މަގޭ އުފަލަކީ 6←


All Right Reserved!