އެހެންޏާވެސް ފަތިހު ހޭލާގަޑިއަށް މިއަދުވެސް ކިއާރާ ހޭލިއެވެ. ރޭގަވީ ކަންތައް އެއްވެސް ވަރަކަށް ހަނދާން ހުރި ހެނެއްހިޔެއްނުވެއެވެ. ނަމާދު ކޮއްލައިގެން ކޮފީބޯން ފޭބިއިރު ފައިނާނޫން އެކަކުވެސް އަދި ތިރިޔަކަށް ނުފައިބައެވެ. ކިޔާރާ ފެނުމުން ފައިނާ ކުޑަކޮން ހައިރާންވެސް ވިއެވެ. ނަމަވެސް އިތުރަށް އެވާހަކަ ދައްކާކަށް ގަސްތެއް ނުކުރެއެވެ. ކިއާރާ އައިސް ފުރަތަމަވެސް ހުޅުވާލީ ފްރިޖްއެވެ. އެއަތެރޭގައި އިން ކޭކް ފެނުމުން ރޭގައި ވެގެން ދިޔަ ހުރިހާކަމެއް ހަނދާންވެގެން ދިޔައެވެ. އެހެންވެ ލޮލަށް ކަރުނަ ޖަމާވާން ހިނދުކޮޅެއްވެސް ނުނަގައެވެ. […]
އެރޭ އަށެއްޖަހާދިހަ މިނެޓް ވީ އިރު ކިއާރާ ގެއަށްއައީ ފަޒީންއާއި އެއްކޮން ކާރުގައެވެ. ގެއަށްއައި އިރު ގެޔަތެރެ އޮތީ އެއްކޮން ހަމަހިމޭން ވެފައެވެ. ” ދޮންބޭ ކޮބާ އެންމެން.. ތަނަކަށް ދިޔައީތަ؟” އެކަކުގެވެސް ހިލަމެއް ނުވުމުން ކިއާރާ އަހަލިއެވެ. “ނޭންގެ… ޓެރަހުގައިކަންނޭންގެ އެންމެން.. ހިނގާބަލަ ބަލާލަންދާން” އެހެން ކިޔާ ކިއާރާ ގޮވައިގެން ފަޒީން އެރީ މައްޗަށެވެ. މައްޗަށް އަރަމުން ދިޔަވަރަކަށް ކިއާރާގެ ހިތުގެ ތެޅުން ދިޔައީ ބާރުވަމުންނެވެ. ކޮންމެސް ނުބައެއް އުޅޭކަމަށް ސިގުނަލް އަޅަމުން ދަނީއެވެ. ޓެރަހުގެ […]
ލާވިޔާގެ ކޮޓަރިން ނުކުމެގެން ދިޔަ މައިލީންގެ ވިސްނުން ހުރީ ކޮން ދިމާލެއްގައިކަން ލަފާ ކޮއްލާކަށްވެސް ނޭގެއެވެ. އޭނާދިޔަ ގޮތަށް ގޮސް އަޅައިގަތީ ކާކުގެ ގައިގައި ކަމެއްވެސް ނޭގެއެވެ. އޭނާ ވިސްނުމެއްގައި ހިގަމުން ދިޔައިރު މުޅި ދުނިޔެ އެފުށް މިފުށަށް ޖެހިފައިވާފަދައެވެ. ޔުއާންގެ ގައިގައި އަޅައިގަނެފައި ދިޔަ މައިލީން ހުރިގޮތުން އޭނާ ހައިރާންވިއެވެ. ވަށައިގެންވީ އެއްވެސް ކަމަކަށް އަޅާނުލާ ދިޔަ މައިލީން ގެ މޫނުމަތިން ޔުއާން އަށް ފެނުނީ ދުވަހަކުވެސް އޭނާ ދެކެފައިނުވާފަދަ އަސަރުތަކެކެވެ. “އަނެއްކާ ލީން… ލީން […]
ލުޔޫން އަކީ ވިޔަފާރިގެ ގޮތުން ނަން މަޝްހޫރު މީހެކެވެ . އުމުރުން އެންމެ 20 އަހަރުން ފެށިގެން ލުޔޫން އުޅެމުން ދަނީ އޭނާގެ ވިޔަފާރީގައެވެ . އޭނަ ހަޔާތުގައި އެކި ކުަލަ ޖެހެމުން ދެއެވެ . ބައެއް ދުވަސް ދުވަހު އޭނާގެ ދިރި އުޅުމަށް ހިތްދަތިކަން ލިބެއެވެ . އެކި އަންހެން ކުދިން ވެސް އާދެއެވެ . އެކަމަކު އޭނަޔަށް އެއީ އެއްވެސް ކަމެއް ނޫނެއެވެ . ހަޔާތުގައި އެކި ކުލަ ޖެހޭނެ ކަން ލުޔޫން އަށް އިގެއެވެ . ލުޔޫން މައިންބަފައިން ދުނިޔެ […]
ކެރި ކަނޑާނުލައި އިރާކޮޅު ވެހުނު ވާރޭގަނޑުގެ ސަބަބުން އަހަންނަށް ހޭލެވުނީ ފިނިބޮޑުވެގެންނެވެ. އޭރު އަހަރެންނާ ޖެހިގެން ހުރި އެދުގައި ބައްޕައާއި މަންމަ ނިދާފައި އޮތެވެ. އަހަރެންގެ ގެ އަކީ އެހާ ބޮޑުގެއަކަށް ނުވާތީ އަހަރެން އެންމެ ކުޑައިރުއްސުރެ ނިދަންޖެހެނީ މަންމައާ ބައްޕައާ އެކީ އެއްކޮޓަރިއެއްގައެވެ. ޖެހިގެން ހުރި ކޮޓަރީގައި ނިދަނީ މަންމަ ކުރިން އިންމީހާއަށް ލިބުނު އަހަރެންގެ އެއްބަނޑު ބޭބެ އިހުސާން އާ ބޭބެގެ އަންހެނުންނާ ދެމީހުންނެވެ. އިތުރު ކޮޓަރިއެއް ނެތުމުގެ ސަބަބުން އަހަންނަށް ވަރަށް އުދަގޫތަކާ […]
އާދިލް ގެ ލޮލަށް ބަލަހައްޓައިން އިން ނަދާ ހިނިތުންވެލަމުން އިސްޖަހާލިއެވެ. އަދި އެހާމެ އަވަހަށް މޫނުމައްޗަށް ވެރިވި ކުލަވަރު ފޮރުވާލަމުން މާކިން އަށް ބަލާލިއެވެ. ” މާކިން.. ކިހިނެއްތަ… އަޑު އެހިން މާލެއަށް ދާ ވާހަކަ..” ނަދާ ގެ ސުވާލަށް މާކިން އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ. ” އާން.. އެކޮޅަށް ބަދަލުވާން މިއުޅެނީ..” މާކިން އާދިލް ގެ މޫނަށް ބަލާލަމުން އެއްބުމަ އަރުވާލީ އަނގައިން ނުބުނެ ހުރުމުންނެވެ. އެ މަންޒަރު ނަދާ ގެ ސަމާލުކަން ހޯދިއެވެ. […]
އާރާ ލޯމަރާލީ ގަތް ލަދުންނެވެ. އާއިކް އަކީ އޭނާއަށް ވުރެ އުމުރުން ދޮށީ މީހަކަށް ވެފައި އަދި މާލޭގެ މުއްސަންޖަކަށް ވުމުން އޭނާ އިހްސާސްތައް ހިންދައިލަން ވަރަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެކަން އޭނާއަކަށް ނުކުރެވުނެވެ. އާއިކް ފެނުމުން އޭނާގެ ހިތަށް ވާ ގޮތަކީ އޭނާއަށް ބާރުފޯރުވޭ ކަންތައްތަކެއްނޫނެވެ. ވެއްޓިއޮތް އާރާ އޮތީ އާއިކް ގެ ގައިމަތީގައެވެ. އޭނާ އަވަސްއަވަހަށް ތެދުވަމުން މާފައް އެދުނެވެ. އާއިކް ގެ ތުންފަތް މަތީގައި ކުޑަހިނިތުންވުމެއް ދުވެލިއެވެ. އޭނާއަށް އާރާ ހާއްސަވިއެވެ. އެންމެ […]
އެއްވެފައިވާ ނޫސްވެރިންގެ ކެމެރާތަކުގެ ކުރިމަތީ ހުރެ އިންސާފަށް އެދި ސަލާންޖަހަމުން އެދަނީ ޒައިނަބްގެ މަންމައެވެ. ލޮލުން ހުއްޓުމެއް ނެތި ކަރުނަ އޮހޮރެމުން ދާއިރު އެފަކީރު އާދޭސް ކުރަމުން އެދަނީ ހަމަ އެންމެ ކަމަކަށެވެ. އެއީ އަނިޔާވެރިކޮށް މަރާލެވިފައިވާ އޭނާގެ ދަރިފުޅަށް އިންސާފު ހޯދައި ދިނުމަށެވެ. އެއީ މީގެ ކުޑަ ދުވަސްކޮޅެއް ކުރީގެ ހާދިސާ އެކެވެ. ޒައިނަބަކީ އެއާއިލާގަ ހުރި އެންމެ ހަގު ކުއްޖާއެވެ. އުމުރުން ނުވަ އަހަރުގެ ޒައިނަބްގެ މައިންބަފައިން ވީ އުމްރާއަށް ގޮސްފައެވެ. އޭރު ޒައިނަބާ […]
ދުވަމުން ދުވަމުން ސިޑިން ފޭބި އިރު ކުރިމަތިން ފެނުނީ މާޔާއެވެ. ” އާޝާ ތިރީގަ؟ ކީއްކުރަނީ؟؟؟.” މާޔާ ވަރަށް ހައިރާންވެ ހުރެ އެހިއެވެ. ހައިރާން ނުވާންވީ ސަބަބެއް ނެތެވެ. ސުކޫލުގައި ކިޔެވުން ފެށުނީއްސުރެ އަދި މި ނޫނީ އަހަރެން އިންޓަވަލް ގަޑީގައި ތިރިއަށް ނުފައިބަމެވެ. “މާޔާ.. އަހަ.. އަހަރެން ގެ ފޮތެއް ގެއްލިގެން މި.. ސުކޫލަށް އައި ގަޑިގައި ވެއްޓުނުތޯ ބަލާލަން މި އައީ؟؟؟” އަހަރެން ވަރަށް ހާސްވެފައި ހުރެ މާޔާއަށް ވީ ގޮތް ކިޔައިދިނީމެވެ. ސުކޫލުގެ […]