Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަވްލީން (25 ވަނަ ބައި)

iff Level 210 Stories100 Comments
January 5, 2018 4 Mins Read
36 Comments

ދަންވަރު އެކެއްޖަހާ ބޮޑުވި އިރުވެސް ވިޝިކާއަށް ނުނިދެއެވެ. އެ ދުވަހު ދުވާލު މާގިނައިރު ނިދުމުން ވިޝިކާ ކައިރިއަށް ނިންޖެއްނައެވެ. ވައިފައި އޮންކޮށްލާފައި ވައިބާ ބަލައިލިއިރު ލަޔާން ފޮނުވާފައި ހުރި ފޮޓޯތަކެއް ފެނިގެން ބަލައިލިއިރު އެއީ ވިޝިކާއަށް ނޭނގި އޭނަގެ ގައިން ލަޔާން ނަގާފައި ހުރި ފޮޓޯތަކެކެވެ. އެ ފޮޓޯތައް ފެނުމުން ވިޝިކާއަށް ރުޅިއައުމުގެ ބަދަލުގައި ހިނިތުންވެލެވުނީ ލަޔާންގެ ހިތުގައިވެސް އޭނައަށް ހާއްސަ ކަމެއްނުވާނަމަ އެ ގޮތަށް ފޮޓޯ ނުނަގާނެއޭ ހިތަށް އަރާފައެވެ. “އަދިވެސް ނުނިދަނީތަ؟ މިހާރު ކުޑަކުދިން ނިދާހާއިރުވެއްޖެ. މިހާ ދަންވާއިރު ނުނިދަންޏާ ބޫގީމެން ވަންނާނެ ކޮޓަރިއަށް..” ވިޝިކާ ފޮޓޯތައް ބަލަން އޮއްވާ ލަޔާން މެސެޖެއްކޮށްލިއެވެ. އަދި ބިރުވެރި ސިފައެއްގައި ހުރި އެއްޗެއްގެ ފޮޓޮއެއް ފޮނުވާލިއެވެ.

ވިޝިކާ އެ މެސެޖު ކިޔާލާފައި ރެޕްލައިކުރަން އުޅެނިކޮށް ކޮޓަރީ ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ.

………………………………………………………………….

ވިޝިކާ އެނދުން ތެދުވެގެންގޮސް ދޮރު ހުޅުވާލީ އެއީ ލަޔާންގެ ކަމެއްކަން އިނގޭތީއެވެ. ދޮރުކަނީގައި އަތް ވިއްދާލައިގެން ހުރި ލަޔާން ވިޝިކާ ދޮރު ހުޅުވާލާއިރަށް އެތެރެއަށް ދެމިގަތެވެ. “ހައި ސްވީޓް ހާޓް.. މިއައީ ބިރުން އުޅެދާނެތީ… އާދޭ ޖައްސާލަން..” ލަޔާން ވިޝިކާގެ އަތުގައި ހިފައިގެން އެނދާއި ދިމާލަށްދަމުން ބުނެލިއެވެ. އެވަގުތު ވިޝިކާ ކުއްލިއަކަށް އަތް ފޮޅުވާލާފާއި ދުރަށް ޖެހުމުން ލަޔާން ބަލައިލީ ލޯ ހަނިކޮށްލާފައެވެ. “ސާބަހޭ ނޫޅެމޭ ކަމެއް ކުރާކަށް.. ހަމަ އޮށޯވެލައިގެން ތިބޭނީއޭ.. މީނަ ހިތަށް އަރާނީ އަބަދުވެސް އެންމެ ގޯސްކޮށް..” ލަޔާން އަނެއްކާވެސް ވިޝިކާގެ އަތުގައި ހިފައިގެން ގޮސް އެނދުކައިރިއަށް ހުއްޓުނުއިރު އެދުމަތީގައި އޮތް ވިޝިކާގެ ފޯނަށް އަޒްހީން ގުޅާތަންފެނުމުން ފޯނު ނަގާ ބިޒީ ކޮށްލުމަށްފަހު އޮފްކޮށްލާފައި ކަބަޑު މަތީގައި ބޭއްވިއެވެ.

“ކީއްވެ ފޯނު ނިވާލީ.. ދެން އޭނަ ހިތަށް އަރާނީ ކީކޭ.. މަ އެތައް ފަހަރަކު ގުޅާ ގުޅާ ފޯނު ނުނަގާފަ އޭނަ ގުޅާއިރަށް ތި ބިޒީކޮށްލީ.” ވިޝިކާ ހާސްވެފައިހުރެ އެހެން ބުނުމާއެކު ލަޔާން ހޭންފެށިއެވެ. އަދި އޭރުން މި ކަންތައް ކުރެވުނީ އެންމެ ރަނގަޅަށޭ ކިޔާފައި ވިޝިކާގެ ދެ ކޮނޑުގައި ހިފާފައި އެނދުމަތީގައި ބޭންދިއެވެ. އަދި އެނދުގެ މެދެއްހާ ހިސާބުގައި އަރާ އޮށޯވެފައި ވިޝިކާވެސް އޮށޯންނަންއެދުނެވެ.

ފަސްވަރަކަށް މިނެޓުވީއިރުވެސް ވިޝިކާ އެ އިންތަނުން ގުޑާނުލުމުން ލަޔާން ހިތްހަމައެއްނުޖެހުނެވެ. “އަހަރެން ބުނީމަ ބުނާގޮތަށް ނުހަދަންޏާ ޖެހޭނީ ގަދަކަމުން ކުރުވަން. އެކަމަކު އޭރުން މާ ރަނގަޅެއްނުވާނެ. އެހެންމަ ރަނގަޅުވާނީ ބުނާގޮތަށް ހެދިއްޔާ..” ލަޔާން ކުޑަކޮށް ބޯ ހިއްލާލާފައި ވިޝިކާއަށް ބަލާލަމުން ބުންޏެވެ. އެ ގަޑީ ލަޔާންއާއި ޖަދަލުކުރަން ބޭނުންނުވުމުން ވިޝިކާ މަޑުމަޑުން އެނދަށް އަރާ އެއް އަރީގައި ކިރިޔާ އެނދުން ނުވެއްޓޭ ހިސާބު އޮށޯތެވެ. ވިޝިކާއޮތް ފަރާތަށް އެނބުރި ބަލާލާފައި ލަޔާން ހީލިއެވެ. އަދި ވިޝިކާގެ އުނގަނޑުގަ އަތް އަޅުވާލާ އޭނަ ކައިރިއަށް ދަމާލާފައި ފަހަތުން ބައްދާލިއެވެ.

” ދެން ނޭވާލާބަލަ…” ލަޔާން ކަންތައްކުރިގޮތުން ނޭވާލާންވެސް ހަނދާންނެތިފަ އޮތް ވިޝާކާގެ ކަންފަތާ ކައިރިވެލަމުން ލަޔާން ބުނެލިއެވެ. އަދި ވިޝިކާ ލައިގެން އޮތް ކުރު ޓޮޕް ކޮޅުގެ ދަށުން ބަޑުގައި އަތް އަޅުވާލިއެވެ. އެގޮތުގައި ތިބެ ދެމީހުނަށް ނިދުނުއިރު ވިޝިކާގެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ހުއްޓެވެ. އަޒްހީންއާއެކު އެއަށްވުރެ މާ ގާތްކޮށް އުޅެވިފައި ހުރި ނަމަވެސް ލަޔާންގެ ބީހިލުމުން އެ ލިބޭ ހިތްހަމަޖެހުމާ އުފާވެރިކަން ނުލިބޭކަން ވިޝިކާއަށް ޔަގީނެވެ.

ފަތިސް ނަމާދު ބަންގީގެ އަޑަށް ހޭލެވުނު އަވްލީން ވިޝާކާއަށްވެސް ގޮވާ ހޭލެއްވީ ފަތިސް ނަމާދުކުރަން ތެދުވާށޭ ކިޔާފައެވެ. ވިޝާކާއަކީ ގަވައިދުން ނަމާދުކުރާ ކުއްޖަކަށްނުވެފައި އަމުދުން ފަތިސް ނަމާދު ކުރި ހަނދާނެއް ނެތުމުން ވިޝާކާއަށް ހުރެވުނީ ފަސްޖެހިފައެވެ. ނަމަވެސް އަވްލީން ކިޔާވަރުން ވުޟޫކޮށްގެން ނިކުމެ ފަތިސްނަމާދުކޮށްލުމުން ރޫހަށް އެ ލިބުނު ހިތްހަމަޖެހުމަކީ މީގެ ކުރިން ދުވަހަކުވެސް ވިޝާކާއަށް އިހުސާސްކުރެވިފައިވާ ކަމެއްނޫނެވެ.

ޑޮކްޓަރަށް ދައްކައިގެން ނެގި ބޭސް އުނގުޅާފަ ތަދަށްދިން ބޭސް ކެއުމުން އަވްލީންގެ ފައިގެ ތަދު ވަރަށް ބޮޑުތަން ރަނގަޅުވެފައިވެއެވެ. އެހެންކަމުން މަޑުމަޑުން ހިނގާލާފައި ވިޝާކާއާއި އެއްކޮށް ތިރިއަށް ދިޔައީ ސައި ހަދާށެވެ. ވިޝާކާގެ އެހީތެރިކަން ލިބެން ފެށުމުން އަވްލީންއަށް ހުރިހާ ކަމެއްގައިވެސް ފަސޭހަވެގެންދިޔައެވެ. އަވްލީން އުއްމީދުކުރަނީ އެގޮތަށް އަދި ވިޝިކާއާއި ސަބީނާގެ ރުހުންވެސް އޭނައަށް ލިބޭނެކަމަށެވެ.

ލަޔާންގެ މޭގައި ބޯ އަޅާލައިގެން ނިދިފައި އޮތް ވިޝިކާގެ ބޮލުގައި ލަޔާން މަޑުމަޑުން ފިރުމާލާފައި ބޮލުގައި ދަތްދޮޅި ޖައްސާލަމުން އެ ހަށިގަނޑުގައި ދެ އަތުން ވަށާލައި ލޯ މަރާލިއެވެ. ނަމަވެސް މީހަކަށް އޭނަ އެ ކޮޓަރިން ނިކުނަނިކޮށް ފެނިދާނެތި އެހެން މީހުން ތެދުވުމުގެ ކުރިއަށް އޭނަގެ ކޮޓަރިއަށްގޮސް ފެންވަރާ ތާޒާވެލައިގެން ނަމާދަށްދިޔައީ މަހުދީއަށްވެސް ގޮވާފައެވެ.

ހެނދުނު ސައިބޮއެގެން ޑިއުޓީއަށް ދާން ތައްޔާރުވާން ހުރި ލަޔާންއަށް ފޯނެއް އައުމުން ވާހަކަ ދައްކަމުން ތިރިއަށް ފައިބައިގެން ދިޔައީ ގަމީހުގެ ގޮށްތައް އަޅުވަމުންނެވެ. “ދައްތާ ފޯނެއް..” ލަޔާން ފޯނު ގެންގޮސް ސޯފާއި ޓީވީ ބަލަން އިން ސަބީނާއަތަށްދިނެވެ. ސަބީނާ ފޯނުން ވާހަކަ ދެއްކުމަށްފަހު ލަޔާންއަތަށް ފޯނު ދިންއިރު އިނީ ވަރަށް ހިނިއައިސްފައެވެ. “ލަޔާންގެ މަންމަ އާ މާމަ މާދަން މިރަށަށް އަންނަނީއޯ.. ދައްތަ ބުނިން މިގޭގައޭ ތިބެންޖެހޭނީ.. މިގޭ މަތީބައިގަ އަދި އިންނާނެއެއްނު ހުސްކޮޓަރިއެއް..” ސަބީނާ ލަޔާން އާއި ވާހަކަ ދައްކަން އިނުމަށްފަހު ތެދުވެގެން ދިޔައީ އަވްލީން ކައިރީގަ ކޮޓަރި ސާފުކުރަން ބުނާށެވެ.

ސަބީނާ މުޅިގެ ހޯދިއިރުވެސް އަވްލީން ނުފެނުމުން ރުޅިގަދަވާގޮތްވިއެވެ. ” މި ދެން ކިހާދެރަކަމެއް.. އެ އަވްލީންއެއްވެސް މުހިންމުކަމެއް ޖެހިގެން ހޯދަން އުޅޭއިރަކު ނުފެންނާނެ.. ކޮބާތަ އެ ވިޝާކާ.. ދެ މީހުން އެއްތާކު ކަންނޭގެވާނީ…” ސަބީނާ ފަތިވަރު އަމުނަމުން ފޯނު ނެގީ ވިޝާކާއަށް ގުޅާށެވެ. “ސާބަސް ސަބީނާ.. އެ މަންޖެ އެބަހުރި ބޭރު ރޯނުގަ އެއްޗެހި އަޅަން.. އެ މަންޖެ އެ ހުރިހާ ކަމެއް ކުރާއިރުވެސް ސަބީނާ ތި ހުންނަނީ އެ މަންޖެދެކެ އަބަދު ރުޅިއައިސްފަ.. ދެން އެ މަންޖެއަށްވެސް ފޯނެއް ގަނެދޭންވީއެއްނު. އޭރުން ސަބީނާއަށް އޭނަ ނުފެނިއްޖާ ގުޅާލެވޭނެއެއްނު..” ގޭތެރެއަށް ވަދެގެން ދިޔަ މާލިކު ސޯފާކައިރީގައި މަޑުކޮށްލަމުން ބުންޏެވެ.

“މަށަށް ކިހިނެއް އިނގެނީ އޭނަވާތަނެއް.. އެހެން ނޫނަސް އޭނައާ ދިމާލަށް އެއްޗެކޭ ބުނާއިރަށް މާލިކްއަށް ތިވާވަރެއްދޯ.. މަށަކަށް ފޯނެއް ނުގަނެދެވޭނެ. ތިއީއެއްނު އޭނާގެ ބޮޑުބޭބެ. މާލިކް އޭނައަށް ފޯނު ގަނެދިނީމަވީނު.. އޭރުން މަށަށްވެސް ފަސޭހަވާނެތާ…” ސަބީނާ ވާހަކަދައްކަމުން ހިނގައިގަތީ އަވްލީން ކައިރީގަ ކޮޓަރި ސާފުކުރަންބުނާށެވެ.

އަވްލިންއާއި ވިޝާކާ އަވަދިނެތި ގޭގެ މަސައްކަތްތައްކުރުމުގައި އުޅުނުއިރު ސަބީނާ ސޯފާގައި ޓީވީ ބަލަން އިނެވެ. “މަންމާ އަހަރެން އަންނާނަން ފިހާރައަކަށްގޮސްފަ.. ” ވިޝިކާ ގެއިން ނިކުންނަންދަމުން ސަބީނާއަށް ގޮވާލާފައި ބުންޏެވެ. “ކޮންއެއްޗެއް ގަންނަން… މަޑުކުރޭ ލަޔާން އެހެން ނޫނީ ދޮންބެ އައީމަ އެތަނުން މީހަކާއެކު ދާން…” ސަބީނާ ވިޝިކާއަށް ބަލައިލަމުން ބުނެލިއެވެ. ވިޝިކާ ތުންކޮޅު ދަމާލާފައި ގޮސް ވަކިން އިން ސޯފާ ގޮޑީގައި އިށީނދެގެން ފޯނާ ކުޅެންފެށިއެވެ.

ހޮސްޕިޓަލުން ނިކުންނަންދިޔަ މަހުދީއަށް މީހަކު ގޮވާލުމުން ފަހަތަށް އެނބުރި ބަލައިލިއިރު ޒީނަތު އައިސް މަހުދީއާ އަރާ ހަމަކުރަނީއެވެ. “މަހުދީ ޑިއުޓީ ނިންމާފަތަ ތިދަނީ. އަހަރެންވެސް ދާނަން މަހުދީއާއެކު. މިހާރު ތި ގެއަށް ނުދެވޭތާ ވަރަށް ދުވަސްވެއްޖެ….” ޒީނަތު ވާހަކަ ދައްކަމުން ކުރިއަށް ހިނގައިގަތުމުން މަހުދީވެސް ހިނގައިގަތެވެ، “މިހާރު ކިހިނެއް ހުންގަނޑު.. ކޮބާ މަންމަ؟ ކީއްކުރަން ހޮސްޕިޓަލަށް އައިސް ތިއުޅެނީ؟” މަހުދީ އެއްފަހަރާ އެތައް ސުވާލެއް ކޮށްލުމުން ޒީނަތު ކައިރިއަށް ހިނިއައެވެ.

“ޒީތު އަހަރެން ހަނދާންނެތިފައޭ މިހުރީ.. އެބަޖެހޭ ރައްޓެއްސެއްގެ ގެއަށް ޖައްސާލަން.. ޒީތު ހިނގާލާފަ ދާންވީއެއްނު. މިހާރުވެސް އޭނަ ހުންނާނެ އަހަރެން ލަސްވެގެން..” މަހުދީ ސައިކަލާ ހަމައަށް ގޮސްފައި ކުއްލިއަކަށް އެއްޗެއް ހަނދާންވިފަދަ ގޮތަކަށް ބުންޏެވެ. “އޯކޭ. އޭރުން އެހެން ފަހަރަކުން ދާނީ.. އެކަމަކު މަހުދީ ކީއްވެ އަހަރެން ގުޅީމަ ފޯނު ނުނަގަނީ.. މެސެޖް ކުރީމަ ރެޕްލައިވެސް ނުކުރޭ.. މަހުދީ މިހާރު އަހަންނާ ވަރަށް ދުރުވެއްޖެހެން ހީވަނީ..” ޒީނަތު ދެރަވެލާފައި ބުނުމުން މަހުދީ އެ ވާހަކަ ދައްކާނީ ފަހުން ކަމުގައިބުނެ ސައިކަލު ސްޓާޓްކޮށްލިއެވެ.

މަހުދީ ގޮސް ލަޔާން ގޮވައިގެން ގެއަށްދިޔައިރު އަވްލީންއާއި ވިޝާކާ ކޮޓަރި ސާފުކޮށް ނިމިގެން ތިރިއަށް ފައިބަނީއެވެ. “އެ އޮތް އައީއެއްނު..” މަހުދީއާއި ލަޔާން ފެންނައިރަށް ސަބީނާ ވިޝިކާ އާއި ދިމާލަށް ބަލައިލަމުން ބުންޏެވެ. ” ކިހިނެއްވީ މަންމާ؟” މަހުދީ ގޮސް އޭނާގެ މަންމަ ކައިރީ އިށީންނަމުން އަހާލިއެވެ. “ވިޝިކާ ފިހާރައަށްދާންވެގެންނޯ.. އެކަނި ގޮސްގެން ނުވާނޭ ބުނީމަ އެއިންނަނީ ލަޔާން އަންނަންދެން..” ސަބީނާ ލަޔާން އާއި އެކު ވިޝިކާ ފޮނުވުމުގެ ގަސްދުގައި ބުނެލިއެވެ. ވިޝިކާ އޭނަގެ މަންމައަށް ގޮވާލުމުން އަވަހަށް ދާށޭ ކިޔާފައި ތެދުވެގެންދިޔައެވެ.

މަހުދީ ހިނިއައިސްގެންހުރެ ލަޔާންއަތަށް ސައިކަލު ތަޅުދަނޑިދީފައި މައްޗަށްދާން ހިނގައިގަތެވެ. ތަޅުދަނޑި ހިފައިގެން ބޭރަށް ނިކުންނަންދިޔަ ލަޔާންއަށް ބަލަން ހުރެލުމަށްފަހު ވިޝިކާ ހިނގައިގަތީ ލަޔާން ދިމާކުރާނެކަން އިނގިހުރެއެވެ. “ބޭބީ އަހަރެންދެކެ ހަމަ އެހާ ލޯބިވޭތަ ބޭބީ މަންމަ ކައިރީ މިހާރު އަހަންނާއެކު ބޭރަށްދާން ބޭނުންވާ ވާހަކަ ބުނަންފެށީ…” ލަޔާން ސައިކަލަށް އަރާ އިށިނދެފައި ވިޝިކާ ގޮސް ސައިކަލާ އަރާ ހަމަވާއިރަށް ބުނެލިއެވެ. ” މަ ނުބުނަން. މަންމަ ދޮގު ހަދައިގެން އެހެން ބުނީ..” ވިޝިކާ ލަޔާންއަށް ލޯ އަޅާލަމުން ބުންޏެވެ. އަދި ސައިކަލު ފަހަތަށް އަރާ އިށީނދެފައި ފިހާރައެއްގެ ނަން ބުނަމުން އެ ފިހާރައަށްދާން ބުންޏެވެ. “ބައިދަވޭ ރޭގަ އަހަންނަށް ނިދުނީ އަންހެން ކުއްޖެއް ކައިރީބާއޭ ހިތަށްއަރާ.. މީހުން ކިޔާ ފިރިހެނެއް ކައިރީގައި އަންހެނެއް އޮތިއްޔާ ނިދަން އުނދަގޫވާނޭ.. ކަންކަން ބޭނުންވާނޭ.. ޖިސްމުގައި ހުޅުރޯވާނޭ… ބްލާ ބްލާ ބުލާ.. އެކަމަކު އަހަންނަށް ރޭގަ އެކަހަލަ އެއްވެސް ކަމެއްނުވޭ.. އެހެންވެ އަދި ބޮޑަށް ކައިރިވެލާ ބައްދާލީވެސް.. އެކަމް ހީވީ ކުޑަ ކުއްޖެއްގައި ބައްދާލެވުނުހެން.. އެހެންނުވާނީ.. ހިތުން ބޮޑުވެގެން އުޅުނަސް މީހާގެ މޭމަތި ބަލާލާފަވެސް މީހުން ބުނާނެ އަދި ކުޑަ ކުއްޖެކޭ..” ލަޔާން ސައިކަލު ދުއްވަމުން އެ ކައިރިއަށް އެނބުރިލާފައި ވާހަކަދައްކަމުންދިޔައެވެ.

ވިޝިކާ ކުއްލިއަކަށް ލަޔާންއާ ދުރަށްޖެހިލީ އޭނާގެ މޭމައްޗަށް ބަލައިލަމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

iff

Level 210 Stories100 Comments

Other Articles

Previous

ހާމަ ކުރީމާ ލޯބި މަވާކަން 6

Next

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (15)

Next
January 5, 2018

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (15)

Previews
January 4, 2018

ހާމަ ކުރީމާ ލޯބި މަވާކަން 6

36 Comments!

  1. Aki says:
    January 5, 2018 at 12:05 am

    varah kiyaahithun mihiree thanks

    1. iff says:
      January 7, 2018 at 2:51 pm

      wlcm Aki

  2. AISH says:
    January 5, 2018 at 12:16 am

    Aish ge phn akun nukiyey miharu

    1. iff says:
      January 7, 2018 at 2:52 pm

      ….update kollaefintha aish

  3. AISH says:
    January 5, 2018 at 12:26 am

    Kihineh hedheematha vaahaka fennany miharu kiyahithun hureveny ehnoon..konmes kuhjaku bunedheeba pls..site ah badhal genai fahun ehves ehcheh nufeney..kurin huri goih maa rangalhu

    1. petite says:
      January 5, 2018 at 10:05 am

      eii app update nukuraathy i ah ves kiyen feshuny app update kuryma ????

    2. Sana says:
      January 9, 2018 at 12:54 am

      Or AUTO ROTATION ah jahaaba ? try ok Aish

  4. Malaa says:
    January 5, 2018 at 12:33 am

    Nice

    1. iff says:
      January 7, 2018 at 2:53 pm

      Thank yu Malaa

  5. Sifaa says:
    January 5, 2018 at 12:51 am

    Keeve phone in nukiyeneee… pls help

    1. iff says:
      January 7, 2018 at 2:54 pm

      upp update kollaba sifaa

  6. Zuam says:
    January 5, 2018 at 7:09 am

    Varah reethi

    1. iff says:
      January 7, 2018 at 2:54 pm

      Thank Yu Zuam

  7. Sad says:
    January 5, 2018 at 8:58 am

    ..eii thedheh phone in nukiyey mihaaru plx help

    1. iff says:
      January 7, 2018 at 2:55 pm

      App update kollaa sad

  8. mai says:
    January 5, 2018 at 9:04 am

    V reethi tablet in kiyee.

    1. iff says:
      January 7, 2018 at 2:55 pm

      Thank yu Mai

  9. sam❤ says:
    January 5, 2018 at 9:32 am

    Wow

    1. iff says:
      January 7, 2018 at 2:56 pm

      Thank yu Sam

  10. Unaal says:
    January 5, 2018 at 9:58 am

    Alhey.. Vrh reethi..

    1. iff says:
      January 7, 2018 at 2:56 pm

      Thank yu Unaal

  11. petite says:
    January 5, 2018 at 10:10 am

    iff this story is just like another cinderella story dhw..hama e cartoon mathin handhaan vany mi story kiima..hehhe btw iff story varah salhi..miadhu feshigen mi kiyaaly..varah best cant wait for the next part..and keep up the good work

    1. iff says:
      January 9, 2018 at 12:47 pm

      Thankx petite vaahaka kiyaalyma ?
      Aslu iff ah olhign e story a ehgoiyvefa e, inee. . ?

  12. Pinky shifoo says:
    January 5, 2018 at 12:40 pm

    Hii Iff… Mi part vx hama varah varah reethi ingey.. Please try to upload the story soon.. Waiting for next part

    1. iff says:
      January 9, 2018 at 12:41 pm

      Thank yu shifoo ?

  13. Leo3910 says:
    January 7, 2018 at 3:47 pm

    Story is amazing I love it when is next part

    1. iff says:
      January 9, 2018 at 12:43 pm

      Thank yu leo ?
      wednesdayga

  14. Naz says:
    January 10, 2018 at 7:08 pm

    Koba vaahaka ge next part

  15. Cindrella says:
    January 10, 2018 at 7:48 pm

    Today is wednesday..whn upvaanee..i mean time..

  16. aish says:
    January 10, 2018 at 9:28 pm

    kobaa vaahakaige aneh part

  17. Aki says:
    January 11, 2018 at 3:22 pm

    koba tha next part avahah up kohla dheebaa

  18. Maash says:
    January 11, 2018 at 7:29 pm

    Waiting for next part..iff please avahah up kohdhyba

  19. Shaa says:
    January 13, 2018 at 10:40 am

    Koba tha vaahaka

  20. Kiyaahithun says:
    January 13, 2018 at 2:27 pm

    Whn story up kuranyy

  21. Cindrella says:
    January 14, 2018 at 10:32 am

    Kon wednesday ehga baa up vaanee….

  22. Kiyaahithun says:
    January 15, 2018 at 10:26 am

    Haadha laheyy story up vaaleh ???

Comments are closed.

Next Episodeއަވްލީން (26 ވަނަ ބައި)←


All Right Reserved!