Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން… (6)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
January 6, 2018 6 Mins Read
20 Comments

ދެރަވެސް ވިއެވެ. އެހެންނަމަވެސް އޭނާ އިހްސާސްތައް ފޮރިވައިލިއެވެ. އެވަގުތު އެތާ މޭޒުމަތިގައި އޮތް މައިލީންގެ ފޯން ރިންގްވިއެވެ. މައިލީން ފޯނާ ދިމާލަށް ބަލާލުމާއެކު އަވަސްއަވަހަށް ފޯން ފޮރުވިއެވެ. އަދި އަވަސްއަވަހަށް ފޯން ނަގާ ކަންފަތުގައި ޖައްސައިލިއެވެ. އޭރު މައިލީން ގެ ހިތް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ. އަނެއްކާ ޔުއާން އަށް ފެނުނީހެއްޔެވެ؟ ފެނިއްޖެނަމަ ޔުއާން ގެ އަމަލް ތައް ހުންނާނީ ކިހިނެއްހެއްޔެވެ؟.

މައިލީން ސިހުނު ގޮތް ޔުއާން އަށް ފެނުނު ކަމުގައިވިޔަސް ފޯނުގެ ސްކްރީން އަށް އަރާފައި އިން ފޮޓޯ އޭނާއަށް ނުފެނުނެވެ.

މައިލީން އެ ފޮރުވިގޮތް ޔުއާން ގެ ހިތުގައި ޝައްކު އުފައްދައިފިއެވެ. ހަގީގަތުގައިވެސް މައިލީން މީހަކާ އިނީހެއްޔެވެ؟

“ކީކޭ އާރާ… ނޫން. އިންނާނެ މެންދުރު ކެއުމުގެ ކުރިން ދޭ ބޭހަކާ ފަހުން ދޭ ދެބޭހާ… އާ އޭތި ހޫމމ” މައިލީން ތަންކޮޅެއް ދުރަށް ޖެހިލާ ފޯނުން ވާހަކަދެއްކިއެވެ. ޔުއާން އަށް ކީއެއްޗެއް ސާފުނުވިއެއްކަމަކު ބޭހޭ ކީ އަޑު އިވުނެވެ. އޭރު ޔުއާން ގެ ނަޒަރު ހުރީ ސީދާ މައިލީންއަށެވެ.

“ބެލެކް ކޮފީއެއް” އެވަގުތު އެތަނުން އައި ވޭޓަރަކަށް އިޝާރާތް ކޮއްލުމާއެކު ޔުއާން އެދުނީ ކޮފީއެއް ގެނައުމަށެވެ.

މާ ގިނަ އިރެއްނުވެ އޯޑަރ ކުރި އެއްޗެހި އައިސްފިއެވެ. އެ ހުރިހާއިރު ވާހަކަ ދެއްކީ ޔުއާން އާއި ރީކާއެވެ. ބައެއްފަހަރު ރީކާ ބުނަލާ އެއްޗެއްސަށް އާ ހޫ ކިޔާލުން ފިޔަވާ އިތުރުއެއްޗެއް މައިލީން ނުބުނެއެވެ.

މައިލީން ގެ މޫނުމަތީގައިވާ ހިނިތުންވުމް ފިލައިގެން ގޮސްފައިވާތަން ރީކާ އަށްފެނުނެވެ. އޭނާ ހީކުރީ ފޯން ކޯލްގެ ސަބަބުން ވީ ކަމެއް ކަމުގައެވެ. އެހެންވެ އެކަމާ އިތުރަށް އަޅާނުލާ އޭނާ ވެސް ކެއުމަށް އިންސާފުކުރަން ފެށިއެވެ. ގެނައި އެއްޗެހި ޔުއާން އިނުމުން މައިލީން އަށް ކެވޭ ކަމަކަށް ނުވިއެވެ. ދެތިންފަހަރަކު އަނގަޔަށްލުމަށްފަހު އޭނާ ސަމުސަލާ އޫ ތަށީގައި ހާކާލަ ހާކާލާ އިނީއެވެ.

“އިލީ… ނުބައީތަ” ރީކާ އަހައިލިއެވެ. އެހެންނަމަވެސް އިތުރު އެއްވެސް އެއްޗެއް މައިލީން ނުބުނެއެވެ. ނޫނެކޭ ބުނެ ބޯ ހޫރާލުން ފިޔަވާ އިތުރު ކަމެއް އޭނާ ނުކުރެއެވެ. ޔުއާންގެ ނަޒަރު ސީދާ ވެފައި ވާތަން ފެނުމުން އޭނާއަށް އުނދަގޫވިއެވެ.

“އެކްސް ކިއުޒް މީ” ތެދުވެ ރީކާ އަށް ބަލާލަމުން މައިލީން ކެންޓީނުން ބޭރަށް ނުކުންނަށް ހިނގައިގަތެވެ. ދެފަހަރަކު ރީކާ ގޮވައިލުމުންވެސް އަޅާނުލާ އޭނާ ދިޔައީއެވެ.

“ކިހިނެއް ވީތަ؟ އަނެއްކާ އަހަރެން އައުމުން ހިންހަމަ ނުހެހުނީތަ؟” އެއްވެސް ކަމެއް ނޭގޭ ކަމަށް ހެދެމުން ޔުއާން އަހައިލިއެވެ. “ނޫނޭ އެހެންނެއް ނޫން. ވެދާނެ މޫޑް ސަކަރާތް ގަޑިއަކަށްކަމެއްވެސް” ރީކާ އަވަސްއަވަހަށް ބުނެލަމުން ހީލިއެވެ. ޔުއާން މައިލީން ދިޔަ ދިމާލަށް ބަލަން ހުރިއިރު އެތަކެއް ހިޔާލުތަކަކުން އޭނާގެ ސިކުނޑި ފުނުޖެހެމުން ދިޔައެވެ.

އެންޑްރޫ ގޮވައިގެން ކާރުގައި އޮފީހާ ދިމާލަށް މިސްރާބުޖެހި އާއިކް ތަފާތު ވާހަކަތައް ދައްކަމުން ދިޔައެވެ. އެންޑްރޫވެސް އޭނާގެ ހިޔާލުތައް ފާޅުކުރަމުންދިޔައެވެ. ޓްރެފިކްގައި ޖެހިގެން މަޑުކޮއްލެވުނު ވަގުތު އެއްލި ކަޅިއަކުން އޭނާއަށް ފެނުނު އަންހެން ކުއްޖާގެ ސަބަބުން މޫޑު ވަގުތުން ގޯސްވިއެވެ. އެ ކުއްޖާގެ ފަހަތުން ފިހާރަތެރެއިން ނުކުތް ފިރިހެން މީހާ އެ ކުއްޖާގެ އުނަގަނޑުގައި އަތް އަޅުވާލުމުން އޭނާގެ މޫޑު އިތުރަށް ހަރާބުވިއެވެ. މާ ލަސްތަކެއްނުވެ ކާރު ދުއްވާލުމާއެކު އެމަންޒަރު އޭނާގެ ލޯ މަތިން ގެއްލުނެވެ.

ފުންނޭވާއެއް ދޫކޮއްލުމާއެކު އޭނާ އެންޑްރޫއަށް ސަމާލުކަން ދިނެވެ.

އާއިކް ގެ ހިތުގައި އެ އަންހެންކުއްޖާ ބިންވަޅު ނެގިފައިވީނަމަވެސް މިހާ ކައިރިން އެހެންމީހަކާ އެކު އަނެއްކާ ފެނުމުން އެހެން ގޮތެއްވެގެން ދިޔައެވެ.

ޔުއާން އަށްވަނަ ފްލޯއަށް އެރިއިރު މައިލީން ކައުންޓާރ ދޮށުގައި އިނެވެ. އޭރު އޭނާ ކޮންޕިއުޓަރުން ކޮންމެވެސް މަސައްކަތެއް ކުރަނީއެވެ. އެހެންވެ އަޅާލަކަހަލަ ހިޔާލެއް ޔުއާން ނުކުރެއެވެ. އޭނާ ވޯޑްގެ ތެރެއަށް ވަދެލާފައި ރައުންޑް އަޅާލުމަށްފަހު އައިސީޔޫ ގެ އެތެރެއަށް ވަދެ އެތާގައި ތިބި މީހުންގެ ހާލު ބެލިއެވެ.

އެކަންތައް ނިންމާލުމަށްފަހު ނުކުތް ޔުއާންއަށް ކައުންޓާރ ކައިރީގައި ކޮޅަށް ހުރި މައިލީން ލޮލުގައި އަޅައިގަތެވެ. އެތާ އިށީދެގެން އިން އަނެއްކުއްޖާ ފެނުމުން ޑިއުޓީ ބަދަލް ވީކަން ޔުއާން އަށް އެނގުނެވެ. އެހެންކަމުން ހިސާބެއްގެ ފޫހިކަމެއް ހިތަށް ވެރިވެގެން ދިޔައެވެ. އެނބުރިލިވަގުތު ޔުއާންގެ އޭނާއަށް ބަލަހައްޓައިގެން ހުރިތަން ފެނިފައި އަވަސް އަވަހަށް ނުކުމެގެން ދިޔައެވެ. ޔުއާން ވެސް ފުންނޭވާއެއްލަމުން އޭނާގެ ރޫމް އާ ދިމާލަށް މިސްރާބުޖެހިއެވެ.

މައިލީން ހޮސްޕިޓަލުން ބޭރަށް ނުކުތްއިރު އުޑުމަތި ވަނީ ކަޅުވިލާތަކުން ފުރާލާފައެވެ. މޫސުމް ގޯސްވަމުން ދިޔަ ކަމުގެ އަލާމާތްތައް އެކި ދިމަ ދިމާލުން ފެންނަމުންދިޔައެވެ. އެގޮތުން  ވައިބާރުވެ ވިލާތަށްވެސް އެކަތި މައްޗަށް އަނެކެތި އަތްގަދަކުރަމުން ދިޔައެވެ.

ވާރޭ ވެހިގަތުމުގެ ކުރިން ގެއަށް ދާން ފިޔަވަޅުތަކަށް ބާރުކޮއްލި މައިލީން ސިއްސައިގެން ދިޔައީ އޭނާގެ ކުރިމައްޗަށް ކަހަލަ ގޮތަކަށް މަޑުކޮއްލި ސައިކަލް ފެނިފައެވެ. އޭނާ އިސްއުފުލާލަމުން އޭގައި އިން މީހާގެ މޫނަށް ބަލައިލިއެވެ.

“ޖަޒިލް” މައިލީންގެ އަޑުނުކުތެވެ. އެއާއެކު ހިނިތުންވުމެއް އޭނާގެ ތުންފަތް މަތީގައި ދުވެލިއެވެ. “އިޓްސް ޔޫ އިލީ” ޖަޒިލް ހިނިތުންވެލާފައި ބުނެލިއެވެ.

ކޮންތާކަށް ދަނީ” މައިލީން ގާތު ޖަޒިލް އަހައިލިއެވެ.

“މި ދަނީ ގެއަށް ދާން. އެކަމު ޖަޒިލް ކީއްކުރަނީ މިތާ މީހަކު ބާއްވައިގެންތަ” މައިލީން ހައިރާންވެފައި އަހައިލިއެވެ.

“މައިލީން މިތާތަ ވޯކް ތިކުރަނީ ނުވެސް ފެނޭ ވިއްޔަ” މައިލީން ލާފައި   ހުރި ޔުނީފޯމްއަށް ނަޒަރު ހުއްޓާލުމާއެކު ޖަޒިލް އަހައިލިއެވެ.

“އާ… އަދި ވީކް އެއްވެސް ނުވާނެ” މައިލީން ވަޔާ ވިހުރެމުން ދިޔަ އޭނާގެ އިސްތަށިގަނޑު މަތަކުރަމުން ވާހަކަ ދެއްކިއެވެ.

“ހެހެ. އާ ބައިވަރު މީހުން ބާއްވައިގެން އުޅޭތީ މިއައީ. އައި ވޯކް ހިޔަ އޭ އިލީ. އޭމް އަ ޑޮކްޓަރ އެކަމް އަދި އެމްބީބީއެސް އެކަނި ފުރިހަމަ ކުރީ އިންޓާންޝިޕަށް އައިސް މިއުޅެނީ” ޖަޒިލް ވާހަކަ ދެއްކިއެވެ.

ޖަޒިލް އަކީ އޭނާއާ އެއްކޮއް ކިޔަވަން އުޅުނު ވަރަށް ގާތް ރައްޓެއްސެކެވެ. ޖަޒިލް އާ އޭނާއާއި އޮތް ގުޅުން ވަނީ މީގެ އަހަރު ތަކެއްކުރިން ޖަޒިލްގެ އާއިލާ މާލެ ބަދަލްވުމާ ގުޅިގެން ކެނޑިގެން ގޮސްފައެވެ. އޭނާ މާލެ އައިސް ސާނަވީ އާއި މަތީ ސާނަވީ ނިންމުމަށްފަހު ލަންޑަނަށް ދިޔައީ ލިބުނު ސްކޮލަޝިޕް އަކުންނެވެ. ގޮސް ޑޮކްޓަރ ކަން ކިޔެވުމަށްފަހު އިންޓާންޝިޕް ފުރިހަމަ ކުރުމަށްތަކައި މި ހޮސްޕިޓަލާ ގުޅުނުތާ ވާނީ އަދި އެންމެ މަސްދުވަހެކެވެ.

“އޯކޭ… އިލީ. ދިމާވާން ވާނޭ. ކުއްލިއަކަށް މި އައީ ވެސް ހޮސްޕިޓަލުން ގުޅައިގެން” ވީގޮތް ކުޑަކޮއް އޮޅުން ފިލުފައިދެމުން ޕާރކިން ޒޯން އާ ދިމާލަސް ޖަޒިލް ސައިކަލް ދުއްވައިލިއެވެ. މައިލީން ވެސް ހިނިތުންވަމުން ހިނގައިގަތެވެ. މައިލީން ދިޔަ ދިމާ ބަލަން ހުރި ޖަޒިލް ގެ މޫނުމަތިން ފެނިގެން ދިޔައީ ހިނިތުންވުމެވެ. މައިލީން އަކީ އޭނާއަށް ވަރަށް ހާއްސަ ކުއްޖެކެވެ.

ގޭތެރެއަށް ވަތްއިރު އާރާ ފެންނާކަށް ނެތެވެ. ޔަޝްމް ދޮންތަ އާ އެކީ ސިޓިންރޫމްގައި ކުޅޭ އެއްޗެހި ތަކެއް ކައިރިއަށް ލައިގެން އިނެވެ. “މަންމި ދޫނީ” މައިލީން އައި ގޮތަށް އައިސް ޔަޝްމް އުރާލަމުން ދޮނެއް ދިނެވެ.

“މަންމި އަށް ދީ ވަން” މައިލީން އޭނާގެ ކޯތާފަތް ދައްކާލަމުން ޔަޝްމް ގާތު ބުނެލިއެވެ. އެހެންނަމަވެސް ޔަޝްމް އަޅައެއްނުލިއެވެ. ތެދިން ހަތަރު ފަހަރު މައިލީން ބުނި ފަހުން ޔަޝްމް އެގޮތަށް ކަންތައްކުރިއެވެ. އެ އާއެކު މައިލީން އޭނާގެ ހިތުގެ ހަމަޖެހުން ގަޔާލާ ބޮނޑިކޮއްލިއެވެ.

“އިލީ… ޔަޝްމް ބޭސް އުކާލީ މިއަދު. ނުވެސް ބުއި” އޮފީހަށް ދާން ރީތިވެގެން ނުކުތް އާރާވެސް މައިލީންއާ ވާހަކަދެއްކިއެވެ. “ދެތެއް ދޫނީ ބޭސް ނުބޮންތަ” ޔަޝްމް ގާތު ލޯބިން މައިލީން އަހައިލިއެވެ. މައިލީން ގެ ކޮންމެ ހަރަކާތެއްގައިވެސް ވަނީ ލޯތްބެވެ.

އިރުކޮޅަކުން ދޮންތަބޭ ކޮތަރިން ނުކުތެވެ.

“ސައި ހަދަންވީތަ ޔާޒް” ޝާލީން އަހައިލިއެވެ. ޝިޔާޒް އާއެކޭ ބުނުމުން އޭނާ ޔަޝްމް މައިލީން އާ ހަވާލުކޮއްފައި އަވަސްވެގަތީ ސައި ހެދުމަށެވެ.

ގަޑިޖެހެން ފަސްވަރަކަށް މިނިޓް އަށް ވެފައި ހުއްޓާ އާރާ ތެޅެމުން ފޮޅެމުން ގަޑިއަށް ބަލަމުން ގެއިން ނުކުތެވެ. އެވަގުތު މަގުމަތިން ކާރުގައި ދިޔަ އާއިކް އަށް އާރާ ލޮލުގައި އަޅައިގެތެވެ. ވިއްސާރަ ވިލާތަކުން އުޑުމަތި ބަނަކޮއްލާފައި އޮންނަތާވެސް އެތަށް އިރެއްވެއްޖެއެވެ. އެހެންނަމަވެސް ވާރޭ ވެހޭކަށް ނޫޅެއެވެ.

ވާރޭ ތިކި ތަޅަން ފެށުމާއެކު އާރާ އަސްކެނިދަށަށް ވަދުނެވެ. ހިސާބަކަށް ވާރޭ ބޯކުރަމުން ދިޔުމުން އޭނާ ހުރީ ހަދާނޭ ގޮތް ހުސްވެފައެވެ. ވެހެންފެށި ވާރޭ ފަނަރަ މިނިޓް ވީ އިރުވެސް ނުހުއްޓުމުން އާރާ ހުރީ ކަންތައް ބޮޑުވެފައެވެ. މިއަދު އޮފީހަށް ގަޑި ޖެހުނީއެވެ. އެއާއެކު އޭނާ ހާސްވާ ގޮސްވިއެވެ. ވިއްސަކަށް މިނިޓް ވެގެން ދިޔައިރުވާނޭ ހުއްޓައިފިއެވެ. އެތާގައި މަޑުކޮއްގެން ހުރި ކަމުގައިވިޔަސް ކޮންމެވެސް ވަރަކަށް އާރާ ތެމުނެވެ.

އޮފީހަށް ގޮސް ވަދުނުއިރު އެތަނުން އެވަގުތު ނުކުންނަން އައި މީހެއްގެ ގައިގައި އާރާ އަޅައިގަތެވެ. އެމީހަކުވެސް އައީ ފޯނާ ކުޅެމުން ކަމުން އޭނާއަސް އާރާ އެއް ނުފެނެއެވެ. އާރާވެސް ތެޅެމުން ފޮޅެމުން އައިގޮތަށް އައިސް އެމީހާ ގައިގައި ތައްލީއެވެ.

“ސާރ” އާރާއަށް ބުނެވުނީ މަޑުކޮއްގެން ހުރި އާއިކް އާ ދިމާލަށެވެ. “އާރާ ގަޑި ޖެހިގެނެއްނު ތި އާދެވުނީ” އާއިކް ގާތް ގޮތަކަށް ބުނެލައިފިއެވެ. އާރާ އަށް ބުނާނޭ އިތުރު އެއްޗެއް ނޭގުނެވެ. އެހެންކަމުން އޭނާ އިސްޖަހައިގެން ހުރީއެވެ. އެއާއެކު އާއިކް ގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

އޭނާ މަސައްކަތަށް ދިޔުމަށްބުނުމަށްފަހު ނުކުމެގެން ކާރާ ދިމާލަށް މިސްރާބުޖެހިއެވެ. އޭނާ އައީ އޮފީހުގައި ހުރި މުހިންމު ބައެއްލިޔުންތައް ބައްޕަ އާ ހަވާލުކޮއްލާށެވެ. އެ ލިޔުންތައް ހުރީ އޭނާގެ ކެބިންގައި ހުރި ކަބަޑްގައި ތަޅުލާފައިކަމުންނާއި ތަޅުދަނޑި އޮތީ އޭނާ އަތުގައި އެކަނި ކަމަށްވުމުން އަންނަން ޖެހުނީއެވެ.

އާއިކް ދިޔަ ދިމާލަށް ބަލްނ ހުރި އާރާ ފިންގަރ ޖަހާލަމުން ރިޝެޕްޝަން އަށް ދިޔައެވެ.

އެ ދުވަހު ވިއްސާރަވީގޮތަށް އަނެއްދުވަހުވެސް މޫސުމް ދައްކަނީ ވިއްސާރަކޮށެވެ. ހެނދުނު ހޭލެވުނު މައިލީން ހުރީ ހުންވައްތަރު ވެފައެވެ. އާއްމުކޮއް މޫސުމް ބަދަލުވާ ދުވަސްވަރު ހުމާއި އަރުދަފުސް ރޯގާ ޖެހުމަކީ މައިލީން އަށް އާ ކަމެއްނޫނެވެ.

އެހެންކަމުން އޭނާ އަފަމޯލް ގުޅައެއްކާލަމުން ތެދުވެ އުޅުނެވެ. ޔަޝްމް އަށް ގޮވާ ހޭލައްވާފައި ބޭސް ދީފައި ކާން ދިނުމުން އަނެއްކާވެސް ޔަޝްމް ނިދީއެވެ. ވިއްސާރަކަމުންނާއި ޔަޝްމް ވެސް ކެއްސާފައި ކިނބިހި އެޅޭތީ މައިލީން މިއަދު ޔަޝްމް ސްކޫލަށް ގެންދާކަށް ބޭނުމެއްނޫނެވެ. އަނެއްކޮޅުން މިރެއަކީ މައިލީންގެ ރޭގަނޑު ޑިއުޓީ އިން ރެއެކެވެ.

ޔަޝްމް ވެސް ބަލިވެ އުޅޭތީ ސަލާމް ބުނަން ވެސް މައިލީންހިތަށް އެރިއެވެ. އެހެންނަމަވެސް ވަޒީފާގެ ފުރަތަމަ ކޮޅުގައި އެފަދަ ކަމެއްކުރާކަށް މައިލީން ބޭނުމެއްނުވެއެވެ.

ޔުއާން ލޯގަނޑު ކުރިމަތީގައި ރީތިވާން ހުރެގެން މަޑު މަޑު ރާގެއް ތުމުން ފުމެމުން ދިޔައެވެ. “ޔުއާން ދަރިފުޅާ އެ އޮތް ގަޑި ޖެހެނި މިހާރު އުޅޭނެ ޖައްސަން ބޯޓް ވެސް” ޒާރިވާ ޔުއާން ގާތަށް ހުއްޓެމުން އަހައިލިއެވެ. “މިދަނީޔޭ” ބުނެ ޒާރިވާ ގެ ގައިގައި ކުޑަކޮށް ބައްދާލުމަށްފަހު ޔުއާން ނުކުމެގެން ދިޔައެވެ. ޔުއާންގެ ފަހަތުން ޒާރިވާވެސް ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ތިރިއަށް މިސްރާބުޖެހިއެވެ.

“ދަރިފުޅު އެކަނިތަ ދަނީ” ޒާރިވާ އަނެއްކާވެސް ކާރަށް އަރަން އުޅުނު ޔުއާން އަށް ބަލައިލިއެވެ. ވިއްސާރަ ހުއްޓާލާފައިވިޔަސް ފަޒާގައި ވަނީ ތެތް ކަމެއް ހިފާލާފައެވެ. ސްވެޓަރެއް ފާޑު އެއްޗެއްގައި ޔުއާން ހުރިއިރު ވަރަށް ސްމާޓެވެ. އެވަގުތު އޭނާ ހޫޑީ އަޅުވާލަމުން ލޯގަނޑުން ބަލައިލިއެވެ. ކަމުނުގޮސްގެން އެ ތިރިކޮއްލާފައި މާމައަށް އޭނާ ޖަވާބުދިނެވެ.

“ލައްބަ މާމާ” ޔުއާން ކާރަށް އެރުމާއެކު ދުއްވައިލައިފިއެވެ.

ރޭގަނޑުގެ ޑިއުޓީއަށް މައިލީން ދިޔައިރު ދޮރުމަތިން ޖަޒިލް ފެނުނެވެ. ފުރަތަމަ ޖަޒިލް ހަނާ އަޅާލުމުން މައިލީން އޭނާ ގާތަށް ދިޔައެވެ. “އިލީ… ކޮން ފްލޯއެއްގަ” ޖަޒިލް ދެއަތް ޖީންސްގެ ޖީބަށް ކޮއްޕައިލިއެވެ. މައިލީން ހިނިތުންވެލިއެވެ.

“ނައިން” މައިލީން ގެ ޖަވާބު ކުރެވެ.

“އެހެންތަ ޖައްސައިލާނަން ހެހެ. ޓައިމް އެއް ވިއްޔާ އެކަމް އިނގޭ” ޖަޒިލް ބުމަ އަރުވައިލިއެވެ. އޭނާ ހީލިމާއެކު މޫނުމަތިން އުޖާލާކަން ފެނިގެން ދިޔައެވެ. ހިތް ހޮޔޮ ހިނިތުންވުމެކެވެ. ޖަޒިލް ފަދަ އަޚްލާގު ރަނގަޅު ކިޔަވައިގެން ހުރި ހަރުދަނާ ޒުވާނަކު ކޮންމެ އަންހެންކުއްޖެއްގެ ހަޔާތަށް އައުމަށްވެސް އެދޭނެއެވެ.

“ދަނީ ޒިލް… ގަޑި ޖެހެނީ” މައިލީން ހިނިތުންވެލާފައި ހިނގައިގަތެވެ.

މައިލީން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރި ޖަޒިލް ގެ ތުންފަތް މަތީގައި ހުރީ ރީތި ހިނިތުންވުމެއް ދުވެލަދުވެލައެވެ.

މައިލީން ޑިއުޓީއަށް ގޮސް ފިންގަރ ޖަހާ ލުމަށްފަހު އައިސް ކައުންޓަރ ގައި އިށީނެވެ. ދެން އޭނާ މިއަދު ޑިއުޓީގައި ތިބި ޑޮކްޓަރުންގެ ޝެޑިއުލް ބަލައިލިއެވެ. ޔުއާން ގެ ޑިއުޓީ ކެންސަލް ކޮއްލާފައި އިނުމުން އޭނާއަށް ހިންހަމަ ޖެހުމެއް ލިބުނެވެ. އެއްމެ ދުވަހަކުވެސް އެ ސޫރަ ނުފެނި މަސައްކަތުގައި ހޭދަކޮއްލަން ޖެހުމުން އޭނާއަށް ލިބިފައިވަނީ ބަޔާންކުރަން ދަތި ހިންހަމަޖެހުމެކެވެ. ޔުއާން ފެންނަ ހިސާބުގައި މަސައްކަތް ކުރުމަކީ އޭނާއަށް ކިހާ އުނގަދޫކަމެއްކަން އެހެން އެއްވެސް މީހަކަށް ނޭގޭނެއެވެ.

ޔުއާން ލޯންޗް ގައި އިންއިރު ހީވަނީ ދެންމެ ދެންމެ ލޯންޗް ބިދިދާނެހެންނެވެ.

ދިހަ ވަރަކަށް މިނިޓް ގެ ދަތުރަކަށްފަހު ހުޅުލެއަށް ކައިރިކުރެވުމާއެކު ޔުއާން ފުން ނޭވާއެއްލިއެވެ. އޭނާ އެއާރޕޯޓްގެ މީހުން ނުކުންނަ ގޭޓާ ދިމާލަށް މިސްރާބުޖެހިއިރު އާދައިގެ މަތިން އަންހެންކުދިންގެ ކަތި ނަޒަރުތައް އޭނާއަށް އަމާޒުވަމުން ދިޔައެވެ. އެއާޕޯޓް ގެ އިމިގެރޭޝަން ކައުންޓަރުން ކަންތައް ނިންމާލުމަށްފަހު ނުކުތް އަންހެންކުއްޖާ ޔުއާންގެ ލޮލުގައި އަޅައިގަތެވެ.

އަފްޝީން ދެފަރާތަށް ބަލަމުން ހޯދަމުން ދިޔައީ އާއިކްއެވެ. އާއިކް ނުފެނުމުން އޭނާ ފޯނުން ނަމްބަރަކަށް ގުޅަން އުޅުނެވެ. އެއާއެކު އޭނާއަށް އިވުނު އަޑުން ހުއްޓުން އެރިއެވެ. “އަފޫ”

އޭނާ އެނބުރު ބަލާލުމާއެކު ފެނުނު މީހެއްގެ ސަބަބުން ހިނިތުންވެލެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (15)

Next

ބޭނުންވަނީ އުމުރަށް 14

Next
January 6, 2018

ބޭނުންވަނީ އުމުރަށް 14

Previews
January 5, 2018

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (15)

20 Comments!

  1. Aki says:
    January 6, 2018 at 2:02 am

    alhey haadha dhera ey kiyaahithun huhta nimunee e

  2. Unaal says:
    January 6, 2018 at 4:01 am

    Vrh vrh reethi..

  3. Anonymous says:
    January 6, 2018 at 8:17 am

    me third dhw. vaahaka v reethi

  4. Pinky shifoo says:
    January 6, 2018 at 8:28 am

    Vaahaka varah varah reethi.. Waiting for next part…

  5. Zuam says:
    January 6, 2018 at 8:37 am

    …Varah reethi

  6. Nees says:
    January 6, 2018 at 9:13 am

    Varah reethi

  7. sam♥ says:
    January 6, 2018 at 10:01 am

    wow

  8. Xaaaan says:
    January 6, 2018 at 10:27 am

    Masha Allah v reethi

  9. Mary says:
    January 6, 2018 at 10:35 am

    Wow

  10. laya says:
    January 6, 2018 at 10:38 am

    vvv reethi konirak next part

  11. Nees says:
    January 6, 2018 at 5:49 pm

    Hi mi dhoonee kn irakuntha next part up vaanee

  12. Xaaan says:
    January 7, 2018 at 8:08 am

    HI MI Koba vaahaka v kiyaahithun mi inny plx thankolheh avahahah upkohdheeber

  13. kokko says:
    January 7, 2018 at 5:33 pm

    alhey keenvetha hi mi comment thakan reply nukurani ………kon irakutha vaahaka up vaniiii

  14. Nanni says:
    January 7, 2018 at 7:24 pm

    Koba story….. Waiting

  15. Elai says:
    January 7, 2018 at 7:41 pm

    Kobaa tha story next part avahaa up kohla dheebala plx plx waiting

  16. Hi Mi says:
    January 7, 2018 at 7:55 pm

    Assalaamu Alaikum… ahuganduge exam maadhamaa fesheythy story up koh nudhevigenq miulheni. atory liyefa inas abadhuvesup kohdheni Hi Mi ves ehfaharu kiyalaafa. miulheny time nulibigen adhi kiyaalan. hurihaa kiyun theirige kibawin varah bodah maafah edehen. ekamakuvesq balaanan time eh hoadhailaigen up kohdheveythoa. mifaharu vaki dhuvaheh bunaakah neyne. thiya dhehvaa furihama ehbaarulumah takaa hurihaa kiyun therinqnah varah bodah shukuriyya… vakivakin comment thakah reply nukohlevunas hurihaa kudhinnahves varah bodah shukuriyya…i hope hurihaa kudhin understand vaanekamah. In Sha Allah… varah avahah up kodheveythoa balaanan.
    Thankyou All

    1. Hi Mi says:
      January 7, 2018 at 7:57 pm

      vaguthu kolheh hoadhailaigen mi reply kohlives. v goi olhun filuvaadheyn vegen.

  17. Nees says:
    January 7, 2018 at 8:01 pm

    Thanks Hi Mi
    ❤
    Gud luck 4 ur exam

  18. Xaaaan says:
    January 7, 2018 at 10:30 pm

    Thnx hi mi v jiyaahihve mivaahaka?

  19. Saeedha Mohamed says:
    January 8, 2018 at 1:47 pm

    Mivaahakaige inthizaaru gai mihuree

Comments are closed.

Next Episodeހިތާ ފުރާނައިން… (7)←


All Right Reserved!