Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހާމަ ކުރީމާ ލޯބި މަވާކަން 6

Shaish Level 210 Stories100 Comments
January 4, 2018 4 Mins Read
22 Comments

ދެމީހުން އެބުރި ހޮޓެލަށް ދިޔައީ މެހެކް ގުޅުމުންނެވެ. އަބަދު ޒުވާބުކޮއް ހަދާ ދެމީހުން އެޕާކުން ނިކުމެ ދިޔައީ އެކުވެރިންގެ ގޮތުގައެވެ. އެލައިޝާގެ ހަޔާތުގެ އެންމެ ބޮޑު ސިއްރު އިބާންއާއި ހިއްސާކުރެވުމުން ހުރީ ހައިރާންވެފައެވެ.ހައިރާން ނުވާންވީ ކީއްވެ ހެއްޔެވެ. އިބާންއާއި ދިމާވިތާ އަދި ހަފްތާއެއްވެސް ނުވެއެވެ.މެހެކްއާއިއެކު އެތަށް އަހަރަކު އުޅެފައިވާއިރުވެސް އެލައިޝާއަށްވަނީ މެހެކް ގާތުގައި އެވާހަކަ ނުބުނެވިއެވެ.

 

ދެމީހުން އެކީގައި ހޮޓެލް ކައިރިއަށް ދިޔައިރު އެމީހުންގެ އިންތިޒާރުގައި ޒެވިޔަންއާއި މެހެކް ތިއްބެވެ. “ދެމީހުން ހަމަ އެކީގަތަ ތިއުޅެނީ…މެހެކް އެހެން ބުނުމުން އަހަރެން މިހުންނަނީ ގަބޫލުނުކޮށް” ޒެވިޔަންމެން ކައިރިއަށް އައިސް މަޑުކޮއްލުމުން އޭނާ ބުނެލިއެވެ.”ލައި ކިހިނެއްވެފަ ތިހުރީ..ހީވަނީ ރޮއިފަ ހުރިހެން” ޒެވިޔަން އެހެން ބުނުމުން އިބާން އެލައިޝާއަށް ބަލައިލިއެވެ. އޭނާ ހުރީ ބުނާނެ އެއްޗެއް ނޭންގިފައިކަން އިބާން

އަށް އެނގުނެވެ. “ބަލަ ލައި އެއައީ އަހަންނާއިއެކު އުޅެފައޭ..އެނގެއެއްނު ދެން އަހަރުމެން ދެމީހުން އެއްތަން ވެއްޖެއްޔާ ވާނެ ގޮތް..އަނެއްކާ ޒޭވްމެންވެސް ނެތްވިއްޔަ ދޯ އަހަރުމެން ހުއްޓުވާކަށް..އެންމެ ފަހުން ލައި ރޯން ފެށީ..ފިޑި ކުއްޖެކޭ އަދި އަހަންނާއި ތޮޅެން އުޅެނީ..މިހާރު އަހަރުމެން މިއައީ ނުތޮޅެން ކަމަށް އެއްބަސްވެސް ވެގެނޭ ދޯ ލައި..” އިބާން ދޮގެއްހަދައިލިއެވެ.އޭނާ އުއްމީދުކުރި ފަދައިން ޒެވިޔަންމެން އޭނާގެ ވާހަކަ ވަރަށް ފަސޭހައިން ގަބޫލުކޮއްލިއެވެ. އެލައިޝާ އިބާންއަށް ބަލަން ހުރުމުން އެއްލޯމަރައިލައިފައި ޒެވިޔަން ފަހަތުން ކާރަށް އަރަން ދިޔައެވެ.

 

ޖެހިގެންއައި ދުވަހު ހެނދުނު ހަތަރު މީހުން އެބުރި މަޕޫސާއަށް ދިޔައެވެ. އެލައިޝާ ގެޔަށް އައިސް އަވަސްވެގަތީ އޭނާގެ ކޮޓަރި ސާފުކުރާށެވެ.ގޭގައި ނޯކަރުން އުޅުނަސް އެމީހުންނަށް އޭނާގެ ކޮޓަރިތެރެ ސާފުކޮށް ހެދުންވަނީ މަނާކޮއްފައެވެ. އެއީ އޭނާ އަމިއްލައަށް ކުރަންޖެހޭ ކަމެއް ކަމުގައި ދެކޭތީއެވެ. ހިތްހަމްޖެހޭ ވަރަށް ކޮޓަރިތެރެ ފޮޅައި ތަރުތީބު ކޮއްލެވުމުން އެލައިޝާ އެނދުގައި އޮށޯވެލައި އެފް.ބީ އަށް ލޮގްއިންވެލިއެވެ. އެއައްފަހު ރޭގައި ނަގާފައިން ސެލްފީއެއް ޕްރޮފައިލް ޕިކްޗަރ އަށް ލިއެވެ. ފުރަތަމަވެސް އެފޮޓޯއަށް ރިއެކްޓު ކުރީ ޒެވިޔަންއެވެ. “ބާރބީ ގާލް” އޭ ލިޔެފައިވާ ޒެވިޔަންގެ ކޮމެންޓު ފެނުމުން އެލައިޝާގެ ހިތް އުފަލުން ނަށައިލިއެވެ. އެކޮމެންޓަށް ލައިކެއް ދިނުމައްފަހު ޕްރޮފައިލް ޕިކްޗަރ އެޑިޓް ކޮއްލިއެވެ. އޭގެ ކެޕްޝަނުގައި ” އައި އޭމް އަ ބާރބީ ގާލް އިން ދަ ބާރބީ ވޯލްޑް” ޖަހައި ސޭވްކޮއްލިއެވެ.

ފޯނު ބާލީސް ކައިރީގައި ބާއްވައިލުމައްފަހު އެލައިޝާ ދެލޯ މަރައިލީ ނިދަންކަމަށެވެ.ނަމަވެސް ފޯނަށް ނޮޓިފިކޭޝަންއެއް އައުމުން ފޯނު ނަގައި އެނދުމަތީ އިށީނެެވެ. އެނޮޓިފިކޭޝަންގައި އޮތީ ހަސަން އިބާން ފުރެންޑް ރިކުއެސްޓު ފޮނުވި ކަމަށެވެ. ރިކުއެސްޓު އެކްސެޕްޓު ކޮއްލުމައްފަހު އިބާންގެ ޕްރޮފައިލް ހާވަން ފެށިއެވެ. އިބާން މޫނުގައި ކޭކް އުގުޅި ދުވަހު އޭނާ ނަގައިފައިވާ ސެލްފީއެއް ލާފައި އިނެވެ. އެލައިޝާ އެއަށް “ހަަހަ” ރިއެކްޓް ކުރުމައްފަހު އިތުރަށް ބަލަންފެށިއެވެ. އިރުކޮޅަކުން އޭނާއަށް އިބާންގެ މެސެޖެއް ލިބުނެވެ. އޭގައިވަނީ އެހާ ރީތި ފޮޓޯއަކަށް “ހަހަ” ރިއެކްޓްކުރީ ކީއްވެތޯ އަހައިފައެވެ.ޖަވާބުގައި އެލައިޝާ ބުނެލީ އެދުވަސްމަތިން ހަނދާންވީ ކަމުގައެވެ.

 

އިރުކޮޅަކު އެލައިޝާގެ މެސެޖަށް ބަލަން ހުރުމައްފަހު އިބާން އެލައިޝާއަށް ގުޅައިލިއެވެ. “ސޮރީ އިގޭ..ދެއަހަރު ފަހުން ޒޭވް އައުމުން ލައި ކުރި ހުރިހާ ޕުލޭންއެއް ފެއިލްވީ އަހަންނާއި ހެދި..މިހާރު އެބަ ވިސްނޭ ލައި އެދުވަހު ރުޅިއަންނާނެވަރު..އެންމެ ލޯބިވާ ފަރާތް ދުށުމަށް ކެތްމަދުވެފަ ހުއްޓަ އެދޭތެރެއަށް ފާޑެއްގެ މީހެއް އައިސްވަނީއޭ ދޯ…” އެލައިޝާ ފޯނުނެގުމާއިއެކު އިބާން ވާހަކަ ދައްކަން ފެށިއެވެ. “ހެހެ…އިޓްސް އޯކޭ އޭ މޮޔަ..ތޭންކްސް ޓު ޔޫ އެދުވަސް މަތިން ދުވަހަކުވެސް ހަނދާންނުނެތޭނެ..އެހާ މަޖާ ވިއްޔަ ދޯ..އަނެއްކާ އިބާންއާއި ފުރަތަމަ ދިމާވި ދުވަސް..ހާއްސަ ވާނެއެއްނު އެދުވަސް..”އެލައިޝާ ބުނެލިއެވެ. “ލައި ފޫއްސެއް ނުވޭތަ މިކޮޅުގަ އުޅޭކަށް..ގެޔަށް އައިތާ ތިން ގަޑިއިރު ނުވޭ އަދި..އަހަރެން މިއުޅެނީ ހަމަ ފޫހިވާވަރުން ކުރާނެ ކަމެއް ނެތީމަ…”

“ތިއީ އިބާން އަލަށް އައީމަ ހީވާގޮތް..ދުވަސްކޮޅަކު މިތާ އުޅެވުނީމަ އިބާންވެސް ނުވާނެ މިތަނުން ދާހިތެއް..ލައި ކިޔަވަން ގޮސް އުޅުނުއިރު ހާދަ މިސްވިއޭ ގޯއާ..ހަމަ ޗުއްޓީއެއް ނުލިބިފަ ހުންނަނީ މިކޮޅަށް އަންނަން..އިބާން ތިހުންނަނީ އާވެފަ އަދި…ޒޭވް ކައިރީ ބުނެބަލަ އިބާން ގޮވައިގެން

ބޭރަށް ގޮސްލާށޭ..އޭރުންނެއްނު އާދަ ވާނީވެސް މިކޮޅުގަ އުޅެން..”އެލައިޝާ ބުނެލިއެވެ.

“ޒޭވް ދޯ..އޭނަ ގެޔަށް އައިގޮތަށް ރެޑީވެގެން ގޮސްފި އޮފީހަށް..އަހަރެންވެސް ވަޒީފާއެއް ނެތީމަ މިހެން ފޫހިވެފަ މިއިންނަން ޖެހެނީ..ޖޮބެއް ހަމަޖެހުނީމަ ރަގަނޅުވާނެ ކަމަށް މިބަލަނީ..ލައި ކީއްތަވާނީ އަހަންނަށް ތަންތަން ދައްކައިލާން ދިޔައިއްޔާ..” އިބާން އެހެން ބުނުމުން އެލައިޝާ އޯކޭއޭ ބުނެލިއެވެ. އަދި ހަވީރު ބޭރަށް ދާން ނިންމައިފައި ފޯން ބޭއްވިއެވެ.

 

ބައްޕަގެ އެދުމުގެ މަތިން ޒެވިޔަން އޮފީހަށް ނިކުތީ އޭނާވެސް ގޭތެރޭގައި އިންނަން ބޭނުންނުވާތީއެވެ. ފުރަތަމަ ދުވަސްކަމުން އޭނާ އުޅުނީ އޮފީސްތެރޭގައި މަސައްކަތް ކުރަމުންދާ ގޮތްތައް ބަލާށެވެ. ކުރިޔަށް ގެންދަމުންދާ ޕްރޮޖެކްޓުތަކުގެ އެންމެ ފަހުގެ ރިޕޯޓު އޭނާއަށް ގެނެސްދިނުމަށް ބުނުމަށްފަހު އޭނާ ވަނީ އޭނާއަށް ހާއްސަކޮށް ޒުހޭރު ހަދާފައިވާ ކެބިންއަށެވެ. ޒުހޭރުވަނޫ ޒެވިޔަން ކިޔަވައިގެން އައުމުން ހުރިހާ މަސައްކަތެއް އޭނާއާއި ހަވާލުކުރާނެ ކަމަށް ބުނެފައެވެ. ޒެވިޔަންވެސް ބޭނުންވީ ބައްޕަ މަސައްކަތާއި ދުރުވެ ގޭގައި މަޑުކުރާށެވެ.

 

ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް އިބާންއާއި އެލައިޝާގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. ކޮންމެ ދުވަހެއްގެވެސް ހަވީރު އެލައިޝާ ހުސްކޮއްފައިވަނީ އިބާންއަށެވެ. އިބާން ގޮވައިގެން ކޮންމެ ދުވަހަކުވެސް އޭނާ ބޭރަށްދެއެވެ. ގޭގައި ހުންނަ ވަގުތުތަކުގައިވެސަ ދެމީހުން ގިނަ ވަގުތު ހޭދަކުރަނީ މެސެޖްކުރުމުގައެވެ.

 

މެހެކް އޭނާގެ ލޯބިވެރިޔާ އަލަމްއާއި އެކު އުފާވެރި ވަގުތުތައް ހޭދަކުރަމުން ދިޔަ ނަމަވެސް ހިތުގައި އަބަދުވެސް ނުތަނަވަސްކަމެއް އޮވެއެވެ. އޭނާގެ ބައްޕައަށް އެކަން އެނގުމުން ކަންތައްވާނީ ކިހިނެއްކަމާއިމެދު އަބަދުވެސް ދެމީހުން ވިސްނައެވެ. ރީހާނަކީ ވަރަށް ހަރުކަށި މީހެކެވެ. މެހެކްގެ ތިން ބޭބެއިންގެ ކައިވެނިވެސް ކުރެވިފައިވަނީ ރީހާން އެމީހުންނަށްޓަކައި ހޮވާފައިވާ ބައިވެރިންނާއެވެ. އޭނާގެ ނިންމުމާއި ދެކޮޅު ހަދާކަށް އެއިން އެއްވެސް ކުއްޖަކަށް ނުކެރުނެވެ. މެހެކްއައްޓަކައިވެސް މިހާރު އޭނާގެ ބައްޕަ ބައިވެރިއަކު ހޯދައިފާނެކަން އޭނާއަށް އެނގެއެވެ.ނަމަވެސް އަދި އެކަހަލަ ވާހަކައެއް އޭނާ ގާތުގައި ދައްކައިފައި ނުވާތީ އޭނާ ބޭނުންވަނީ އަލަމްއާއިއެކު ހަމަޖެހިލައިގެން އުޅޭށެވެ. މެހެކް އެހުންނަނީ ރީހާން ކައިވެނީގެ ވާހަކަ ދެއްކުމުން އަލަމްއާއި އޭނާގެ ގުޅުމުގެ ވާހަކަ އޭނާގެ ބައްޕަ ގާތުގައި ބުނަން ނިންމައިގެންނެވެ.

 

އާދައިގެ މަތިން މިއަދުވެސް އެލައިޝާ ތައްޔާރުވަމުން އެދަނީ އިބާންއާއިއެކު ބޭރަށްދާށެވެ. ފާއިތުވި އެއްމަސް ދުވަހު ދެމީހުންއެއްކޮށް އެތައް ވަގުތެއް ހޭދަކޮއްފައިވީނަމަވެސް އެކަކު އަނެކަކާއި ބެހޭގޮތުން މާބޮޑު އެއްޗެއް ނޭންގެއެވެ. އިބާންގެ ދިރިއުޅުމާއި ބެހޭގޮތުން އެނގެން ބޭނުންވިޔަސް އެލައިޝާއަކަށް ސުވާލުކުރާކަށް ނުކެރެއެވެ. އިބާން ގަބޫލުކުރާ ގޮތުގައި އެލައިޝާ ސުވާލުނުކުރަނީ އެނގެން ބޭނުންނުވާތީއެވެ. އެހެންކަމުން އިބާން އޭނާ ދިރިއުޅުމާއި ބެހޭގޮތުން ވާހަކަ ދައްކައެއް ނޫޅެއެވެ.

 

 

އިބާން މަލީހާ މަންޒިލް ކައިރިއަށް އައިސް އެލައިޝާއަށް ގުޅައިލިއެވެ. “އަދިވެސް ތިފަރިވެ ނުނިމެނީތަ…ގައިމު އަހަރެން ގެއިން ނުނިކުންނަނިސް ބުނެފި މިނިމެނީއޭ..އެކަމް އަހަރެން ހިނގާފަ މިހިސާބަށް އައިއިރުވެސް ތިއުޅެނީ ގެއިން ނުނިކުމެވީގެން ވިއްޔަ…މިއަންހެންވެރިން ގޮވައިގެން ނުވާނެ ތަނަކަށް ދާކަށް…މިތާ ޖެހިގެންހުރި ތަނަކަށް ދާންވިޔަސް ޖެހޭނެ ވަރަށް ފަރިވަން ދޯ..” އެލައިޝާ ފޯނުނެގުމާއިއެކު އިބާން ބުނެލިއެވެ.މިދަނީއޭ ބުނެ އެލައިޝާ ފޯނު ބޭއްވިއެވެ.

 

“އަހަރެން ވެއްޖެ ލޯނެއް ނަގައިގެންވިޔަސް ވިޔަފާރިއެއް ފަށަން” އެލައިޝާ އައިސް އިބާން ކައިރީ މަޑުކޮއްލުމުން އޭނާ ބުނެލިއެވެ. “އެހެންތަ..ކޮން ކަހަލަ ވިޔަފާރިއެއް ފަށަންނޭ ތި ގަސްދު ކުރަނީ..” އެލައިޝާ ޝައުގުވެރިކަމާއިއެކު އަހައިލިއެވެ.”މޭކަޕް ކުރާ ސާމާނު ވިއްކަން ފިހާރައެއް ހުޅުވާނީ..ހާދަ ފައިދާހުރި ވިޔަފާރިއެކޭ ދޯ އެއީ..ލައިއަށް ބަލައިލިޔަސް އެކަން އެބަ އިނގޭވިއްޔަ..ހަަހަ..” އިބާން އެހެން ބުނުމުން އެލައިޝާ އިބާން ގައިގައި ޖަހައިލިއެވެ. “ހޫން ވިޔަފާރިއެއް ފަށަންވެގެން ދެއްކި ވާހަކައެއް ނޫން ދޯ…އަހަންނާއި ދިމާކުރާނެ ގޮތެއް ނޭންގިގެން ހަމަ..އަހަރެން އެހާ މޭކަޕެއް ނުވެސް ކުރަމެއްނު..މިއަދު ދާނީ މިތާ ކައިރި ކެފޭއަކަށް ކޮފީއަކަށް ދޯ..ލައި ޑޭޑް އަންނާނެ ގޯއާއަށް ހަޔެއް ޖެހުމުގެ ކުރިން..އެހެންވީމަ ދުރަކަށް ނުދެވޭނެ މިއަދަކު އިނގޭ..” އެލައިޝާ އެހެން ބުނެ ހިނގައިގަތުމުން އިބާން އޯކޭއޭ ބުނެ ފަހަތުން ދިޔައެވެ.

 

 

ދެމީހުން ކައިރީ ހުރި ކެފޭއަށް ވަދެ އޯޑަރު ދިން ތަނުން އެލައިޝާއަށް މެހެކްގެ ކޯލެއްއައެވެ. މެހެކް ހުރީ ވަރަށް ހާސްވެފައިކަން އަޑުން އިނގުނެވެ.މެހެކް ބުނީ ވަރަށް އަވަހަށް އެލައިޝާމެން ގެޔަށް އައިސް ދިނުމަށެވެ. އޭނާ ހުރީ އެލައިޝާ ހޯދަން އެގެޔަށް އައިސް ކަމަށެވެ.”ވަރަށް އަވަހަށް ގެޔަށް ދާން ޖެހިއްޖެ..މެހެކް އެގުޅީ..ޔަގީން އޭނައަށް ކަމެއް ވެއްޖެ..އިބާން އާދޭ އިނގޭ ކޮފީ ބޮއެގެން..އަހަރެން މިދަނީ..” އިބާންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި އެލައިޝާ ކެފޭ އިން ނިކުންނަން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaish

Level 210 Stories100 Comments

Other Articles

Previous

ނޫރު (ވިހިވަނަ ބައި)

Next

އަވްލީން (25 ވަނަ ބައި)

Next
January 5, 2018

އަވްލީން (25 ވަނަ ބައި)

Previews
January 4, 2018

ނޫރު (ވިހިވަނަ ބައި)

22 Comments!

  1. laya says:
    January 4, 2018 at 11:57 pm

    toooooooooooooooooooo short

    1. Shaish says:
      January 5, 2018 at 8:48 am

      Next part miyahvuren dhigu kohlaanan

  2. Aki says:
    January 5, 2018 at 12:04 am

    varah furihama ekamu thankolhe kuree mi part

    1. Shaish says:
      January 5, 2018 at 10:56 am

      Next part dhigu kohlaanan

  3. Rsh says:
    January 5, 2018 at 12:53 am

    Nice but v kuru

    1. Shaish says:
      January 5, 2018 at 10:59 am

      Thankx rsh

  4. Mysh says:
    January 5, 2018 at 1:58 am

    V rythi..ekm maa kury .iban aa alaisha gulhuvadhehche

    1. Shaish says:
      January 5, 2018 at 11:03 am

      Thanks mysh
      Next part dhigu kohlaanan
      Dhn vaa goih balamaa dhw??

  5. Angle says:
    January 5, 2018 at 2:11 am

    Story v reethi like always but kuru

    1. Shaish says:
      January 5, 2018 at 11:05 am

      Thanks angle ❤

  6. Zuam says:
    January 5, 2018 at 5:59 am

    Reethi but varah kuru

    1. Shaish says:
      January 5, 2018 at 11:09 am

      Thankx zuam ?

  7. Layaa says:
    January 5, 2018 at 8:57 am

    Varah reethi .. varah furihama… ? ?? when next part my dear

    1. Shaish says:
      January 5, 2018 at 11:10 am

      Thankx layaa?
      Vee emme avahakah next part up kohdheynan ingey ❤

  8. Unaal says:
    January 5, 2018 at 10:20 am

    Reethi

    1. Shaish says:
      January 5, 2018 at 11:11 am

      Thankx unaal ?

  9. Pinky shifoo says:
    January 5, 2018 at 11:08 am

    .Mi part vx hama varah reethi

    1. Shaish says:
      January 6, 2018 at 10:28 am

      Thankx pinky shifoo

  10. Mary says:
    January 5, 2018 at 12:24 pm

    When next part

    1. Shaish says:
      January 5, 2018 at 7:03 pm

      Sunday ga try kohlaanan up kohdheveythw

  11. samkat says:
    January 5, 2018 at 1:59 pm

    Wow

    1. Shaish says:
      January 5, 2018 at 7:04 pm

      Thankx

Comments are closed.

Next Episode7 ހާމަ ކުރީމާ ލޯބި މަވާކަން←


All Right Reserved!