“ސޯ ގްރޭޓް ޑޮކްޓަރ ޔުއާން ވަޓް ޑޫ ޔޫ ވޯންޓް” ހިތްވަރުކޮއްފައި ނުގޮސް ޔުއާން ހުންނަން ފެށުމުން މައިލީން އަހައިލިއެވެ. ޔުއާން އަށް މައިލީން ގެ އަޑު އިވުމާއެކު ފުން ނޭވާއެއްލަމުން މޭގައި ފިރުމާލިއެވެ. އެތަން ބަލަން ހުރި މައިލީންގެ ހިތަށް ތަދުވުން ނޫން ކަމެއް ނުވިއެވެ. މައިލީން ގެ ހިތުގައި އަޅަމުން ދިޔަ ވޭން އިތުރުވަމުންދިޔައެވެ.
ޔަޝްމް އަށް ކިޔަވައިދޭން މަސައްކަތް ކުރަމުން ދިޔަ އާރާ ދެފަރާތަށް ބޯ ހޫރާލަމުން މަޑުޖެހިލީ ޔަޝްމް ގެ ސަމާލުކަން ނުލިބުމުންނެވެ. “ޔަޝޫ. ސްކޫލަސް ދާން ވާނޭ. ހިނގާބަ ކިޔާލަން.” އާރާ އަންމާފޮތުން ސޫރަތް ޔަޝްމް އަށް ކިޔައިދެވޭތޯ އުޅުނެވެ. އެހެން ނަމަވެސް އާރާ ކިޔާ އެއްޗަކަށް އެއްވެސް ސަމާލުކަމެއް ޔަޝްމް ނުދެއެވެ.
“ދޮންތަބޭ” ޑިއުޓީ އަށް ދަން ވެގެން ޔުނީފޯމް ލައިގެން ނުކުތް ޝިޔާޒް ފެނުމާއެކު އާރާ ގޮވައިލިއެވެ. ސައި ހެދޭގޮތެއްނުވި މިއަދި. ޔަޝްމް ހަމަ އެއްގޮތަކަށް މަތަ ނުވި ހެނދުނު…. އަދި މިރިޔާ ހަމަ ޖެހިލައިގެން މި އިނީ. އިލީ ދިޔަ ތަނާހެން ހޭލައިފި ހަމަ” އާރާ އޮޅުން ފިލުވައިދިނެވެ.
“އަޅާނުލާ ދޮންތަބޭ ދެން ސައި ބޯލަފާނަން ބޭރުން” ހީލަމުން ޝިޔާޒް އެހެން ބުނަމުން ފައިވާން ހަރުގަނޑުން އޭނާގެ ބޫޓް ނަގާ އަރަން ފޭށިއެވެ.
“އާ. މިއަދު ޔަޝްމް ހަމަ ބޮޑާ ހޭކީ މިއޮއް ހުރިހާ އިރު އިލީ ނެތިގެން” އާރާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“ޓާޓާ ޔަޝޫ” ޝިޔާޒް ޔަޝްމް އަށް ގޮވާލަމުން ބުނެލިއެވެ. ޔަޝްމް ޝިޔާޒް އަށް ބަލާލިއެވެ. އަދި އަނެއްކާވެސް ދުރު ބަލައިލިއެވެ.
މައިލީން ކައުންޓަރ ގައި އިން އިރު ހިޔާލުތަކުން އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްފާނޭހެންނެވެ.
އޮފީހުގައި ވަރަށް ބުރަކޮއް އުޅެފައި އެއާރޕޯޓަށް ބިޒްނަސް ކަމެއްގައި އަންނަ އެނޑްރޫ ބަލާ ދިޔުމަށް ނައްޓާލި އާއިކް އަށް ފޯނެއް އައެވެ. އޭނާ ކާރުގައި އިނދެގެން އެއަށް ޖަވާބު ދީފައި އަނެއްކާވެސް ބައްޕަ ގެ ނަމްބަރަށް ގުޅާލިއެވެ.
“ލައްބަ ބައްޕާ. އަޅުގަނޑު މިނައްޓާލީ ޓްރެފިކް ބޮޑުކަމުން މި އިނީ ތާށިވެފަ” ގިޔާ ސުއްދީން ސުކޫލް ދޮށުގައި ޓްރެފިކް ގައި ޖެހިފައި އިން އާއިކް ބުނެލިއެވެ. އޭނާ ދެން އެއްލި ކަޅިއަކުން ލޮލުގައި އަޅައިގަތީ އެ އޮފީހުގައި މަސައްކަތް ކުރާ އާރާއެވެ. އާރާގެ އަތުގައި ހިފައިގެން ހިނގާފައި އަންނަ ކުޑަކުއްޖާއަށްވެސް އޭނާގެ ނަޒަރު ހުއްޓުނެވެ. އޮފީހުގައި އާރާއާއި އޭނާ އާ ވަރަށް ގިނައިން ވާހަކަ ދައްކަން ޖެހއެވެ. ހާއްސަ ކޮއް ބިޒްނަސް ކަންކަމުގައެވެ. އާއިކް އަށް ވެސް އާރާ ކަމުދެއެވެ. އެހެން ނަމަވެސް ކައިވެންޏާ ހިސާބަށް ހިޔާލުކުރުން ކީއްކުރަން ކުއްޖަކާ ލޯބީގެ ގޮތުން ގުޅެން ވެސް ހިޔާލު ކުރާކަށް އޭނާ ބޭނުމެއްނޫނެވެ.
އާރާގެ އަތުގައި ހިފާލައިގެން ހުރި ކުޑަކުއްޖާ ކުއްލިއަކަށް ހުއްޓިއްޖެއެވެ. ދެން އެ ކުއްޖާ ދައްކަން ފެށީ އެތަނިގައި މަޑުކޮއްގެން އޮތް އެހެން ކާރެކެވެ. ހީވާގޮތުން އެ ކުއްޖާ އެދެމުން ދިޔައީ އެ ކާރަށް އަރާށެވެ. ދެފައި ކުރުކޮއްލަމުން ކުޑަކޮއް ނަށާލަމުން އެ ކުއްޖާ ދެވަނަ ފަހަރަށް ވެސް ކާރަށް އިޝާރާތް ކޮއްލިއެވެ. އެއާއެކު ކާރު ތެރޭގައި އިން އާއިކް އަށް ހެވުނެވެ.
އާއިކް މަގުގެ ކުރި ބަލައިލިއެވެ. އަދިވެސް ޓްރެފިކް މަޑުވާގޮތެއްނުވެއެވެ. އިސާހިތަކު ދެން އިވެން ފެށީ ޕޮލިސް ސައިރެންސް ގެ އަޑެވެ. އަދި އެންބިއުލެސްގެ އަޑެވެ. އެކްސިޑެންޓެއް ހިނގައިގެން އުޅޭކަން ފަހުމް ވުމާއެކު ދެން އަވަސް ނުވާނޭކަން އާއިކް އަށް ޔަގީންވިއެވެ.
އަނެއްކާވެސް އޭނާ އެ ދެކުދިންނަށް ބަލާލިއެވެ. އާރާ އޭނާގެ ދަބަހުން ވޮލެޓް ނަގާ ލާރިހުރިތޯ ޗެކްކޮއްލިއެވެ. އެއާއެކު އޭނާ މާޔޫސްވާގޮތްވިއެވެ. ޔަޝްމް ގާތަށް ގުދުވެލަމުން އޭނާ ޔަޝްމް ހައްދައިލެވޭތޯ އުޅުނެވެ.
“ދެން ކިހާއިރެއްވާނެ ބާ” ފުން ނޭވާއަކާއެކު އޭނާއަށް ބުނެވުނެވެ. ޑްރައިވަރ ނޭގެޔޭ ބުނެލުމާއެކު އަނެއްކާވެސް އާއިކް ނަޒަރު ސީދާކޮއްލީ އާރާމެންނާ ދިމާލަށެވެ.
އޭނާ ބަލަން އިންދައި އެކުއްޖާ ތަންކޮޅަކަށް ހިނގައިގަތެވެ. އާރާވެސް އެ ކުއްޖާ ފަހަތުން ހިނގައިގަތް ތަން އާއިކް އަށް ފެނުނެވެ. ދެން އަނެއްކާވެސް އެ ކުއްޖާ އެހެން ކާރަކަށް އިޝާރާތް ކޮއްލިއެވެ. ކާރުގެ ބަރުގޮނުގެ އަޑާ ސައިކަލު ތަކުގެ ބަރުގަނުގެ އަޑުން މުޅިތަން ހީވަނީ ފަޅައިގެން ގޮސްފާނޭ ހެންނެވެ.
އެ ކުއްޖާ ދެން ކަންފަތުގައި އަތް އަޅާލިއެވެ. ހީވާގޮތުން އަޑުފަށްގަނޑުން އޭނާއަށް އުނދަގޫވީއެވެ. އާރާގެ މޫނުމަތިން މާޔޫސްކަން އޭނާއަށް މާދުރުން ފާހަގަވިފަދައެވެ. ޑްރައިވަރ ގާތު މަޑުކޮއްލަން ބުނެފައި ކާރުގެ ދޮރު ހުޅުވައިލަން އުޅުނު ވަގުތު ކާރުތައް ކުރިއަށް ދުއްވައިލައިފިއެވެ. އެއާއެކު އާއިކް އަށް ވެސް ނުކުމެވޭ ގޮތެއްނުވިއެވެ.
ޔަޝްމް ގޮވައިގެން ސްކޫލުން ނިމިގެން ގެއަށް ދިޔަ މަގުމަތީގައި އާރާ ހުރީ ހަދާނޭ ގޮތް ހުސްވެފައެވެ. ގެއަށް އާދެވުނީ ބައި ގަޑީރުފަހުންނެވެ. ޔަޝްމް ގެ ހުންނަ މިޒާޖުން ރުޅި އަރުވާ ކަށްވެސް އާރާއަކަށް ނުކެރެއެވެ.
ހޮސްޕިޓަލްގެ ޑިއުޓީ މާލަހުން ދާހެން މައިލީން އަށް ހީވަނީ އޭނާ އެތަނުން ދާން ބޭނުންވެފައި ހުރި ލެއް ބޮޑުކަމުންނެވެ. ޔުއާން ފެންނަ ހިސާބުގައި އުޅެވޭނޭކަމުގެ ހިތްވަރު ދޫވަމުން ދިޔައެވެ. ހޮސްޕިޓަލުން ކެނޑެންވެސް އެތަށް ފަހަރަކު ހިތަސް އަރައިފިއެވެ. އެހެންނަމަވެސް އެތަނުގެ މުސާރަ ރަނގަޅުވެފައި މާ ބުރަ ނުވެ ވަގުތު ވެސް ޔަޝްމް އަށް ދެވޭތީ އޭނާ ހުންނަނީ ދެ ހިޔާލެއްގައެވެ.
ތިން މީހުން ވަޒީފާއަށް ގޮސްގެން ވެސް ގޭގެ ހަރަދުތައް ބެހެހެއްޓޭނީ ކިރިޔާއެވެ. އަދި ހާއްސަކޮއް ޔަޝްމް އަށް ވެސް އެވަރަށް ހަރަދު ކުރަން ޖެހޭއިރު އޭނާވެސް އާމްދަނީ ހޯދަން ޖެހޭނެއެވެ. މީގެ ކުރީގައި އޭނާ ވަޒީފާއަށް ނުދާއިރު ހުރިހާ ހަރަދެއް ކުރަނީ ދޮންތަ އާއި ޝިޔާޒްބެއެވެ. އާރާވެސް ވަޒީފާއަށް ދަމުން އޭނާ ގެ ކިޔެވުމުގެ ހަރަދުތައް ބަލަހައްޓަމުން ދަނީ ވަރަށް އުނދަގުލުންނެވެ. ތަނުގެ ކުއްޔާ ފެންބިލާ ކަރަންޓް ބިލް ދައްކާފައި ކައްކާ ކައިފައި އެމީހުން އަތުގައު ރައްކާކުރާނޭ އެއްވެސް ފައިސާއެއް ނޯވެއެވެ.
ޔުއާން އެފަހުންވެސް މައިލީން އަށް ދެތިންފަހަރަކު ފެނުނެވެ. އެހެންނަމަވެސް އެނާ އަޅާނުލާ، ފެންނަކަމަށް ވެސް ނުހަދާ އިނީއެވެ. ހިތުގައި އަތް އަޅައިގެނެވެ.
ޔުއާން ތިރީބައިގައި ޕޭޝަންޓެއްކައިރީގައި ހުރެލާފައި މައްޗަށް އައީ މާދަމާ އޮޕަރރޭޝަން ކުރަން ރެޑީކޮއްފައިވާ މީހެއްގެ ފައިލް ބަލައެވެ. އެވަގުތުވެސް އޭނާގެ ލޮލުގެ ނަޒަރުމައިލީން އަށް ދަތުރުކުރިއެވެ. އެހެންނަމަވެސް މިފަހަރު އެއްޗެއް ބުނާކަށް އޭނާ ގަސްތެއް ނުކުރެއެވެ. ފައިލް ހިފައިގެން ދިޔައީ އޭނާއަށްވެސް ލަސްވެފައި ހުރުމުންނެވެ.
ތިރިއަށް ގޮސް އޭނާގެ ކެބިންއަށް ވަދެވުމާއެކު އޭނާ ޑރ. ރިވަމް އަށް ގުޅައިލިއެވެ. ޔުއާން ހޮސްޕިޓަލް އަށް ނުކުތް ތާ މާގިނަ ދުވަސްތަކެއް ނުވިކަމުގައިވިޔަސް ރިވަމް އާއ އޭނާއާއި ދެމެދުވަނީ ވަރުގަދަ އެކުވެރިކަމެއް އުފެދިފައެވެ.
އިރުކޮޅެއް ނުވެ ރިވަމް އައުމާއެކު އޭނާ އިށީދުމަށް އިޝާރާތް ކުރިއެވެ. އަދި ކޮންޕިއުޓަރ ސްކްރީން އަނބުރައިލަމުން ޕޭޝެންޓް ގެ ބަނޑުގައި އުފެދިފައި އިން ޓިއުމަރ ދައްކައިލިއެވެ. ރިވަމް ވެސް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އެ ދެމީހުންވެގެން އެ ކޭސް އާ ބެހޭގޮތުން ވާހަކަ ދެއްކިއެވެ.
“މި ކޭސް އަކީ ވަރަށް ޑިފިކަލްޓް ކޭސް އެއް. ޓިއުމާ އެއިނީ ވަރަށް ބޮޑުވެފައި. އަޅުގަނޑު މެންނާ ހިސާބަށް ގެނެވިފައި މިވަނީ މާލަހުން.” ރިވަމް ޔުއާންގެ ހިޔާލަކަށް މަޑުޖެހިލިއެވެ.
“މިހާރަށް ބަލާނެނަމަ ދެވޭނީ ފޯޓީ ފައިވް ޕަރސެންޓް” ޔުއާން އިތުރުކޮއްލިއެވެ. އެ ދެމީހުންނަކީ ކެންސަރ ސާޖަންތަކުގެ ތެރެއިން ހެޑްކޮއް ތިބޭ ދެމީހުންނެވެ. އެމީހުންގެ ދަށުން މަސައްކަތް ކުރާ ދެންތިބި ދެ ސާޖަން ނެތުމުން މަސައްކަތްވެސް ނުހަނު ބުރައެވެ. އެހެންނަމަވެސް ވަރަށް އަވަހަށް އިތުރު ތިން ސާޖަން އެމީހުންނާ ގުޅޭނޭކަމަށް ބައްޕަ އޮތީ ބުނެފައެވެ.
މައިލީން ސިއްސައިގެން ދިޔައެވެ. ކުރިމަތިން އިވުނު އަޑާއެކު އޭނާއަށް ސިއްސައިގެން ގޮސް ގޮނޑިން ތެދުވެވިއްޖެއެވެ.
“ޔުއާން” އޭނާ ވައި އަޑުން އެހެން ބުނިކަމުގައިވިޔަސް ޔުއާން އަށް އެ އަޑު ރަނގަޅަށް އަޑު އިވުނެވެ.
“ކޯއްޗެއްތަ ތިހަދަނީ އިސްޖަހައިގެން އިނދެ” ޔުއާން ކައުންޓަރާ ދިމާލަށް ބޯ ދިއްކޮއްލަމުން ބުނެލިއެވެ.
“އެއީ ޔުއާން ބަލަން ޖެހޭ ކަމެއްނޫން… އަހަރެންނަށް މިތަނުން ވަޒީފާ ދިނީ ޔުއާން އެއްނޫން. ޔުއާން ތި ވައްތަރަށް އުޅޭނީ ޔުއާންގެ އަމިއްލަ ގޭގައި. މިކަހަލަ ތަންތަނަކު އެއްނޫން. އަހަރެންނާ ތި ވައްތަރަށް ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް ޔުއާން އަށް ލިބިގެނެއް ނުވޭ” މައިލީން ތަންކޮޅެއް ބާރަށް ބުނެލިއެވެ.
އެއާއެކު ޔުއާންގެ ދެބުމަ ގޮށްޖެހުނެވެ. މުށްކަވާލެވުނު ދެއަތް ލައިގެން ޖީސްގެ ޖީބަށް ކޮއްޕައިލަމުން ހިނިތުންވުމެއް ހަދިޔާކޮއްލިއެވެ. ކިތަންމެ ރީތި ހިނިތުންވުމަކަށްވިޔަސް އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ މަލާމާތާއި ފުރައްސާރަ މައިލީން އަށް ރީއްޗަށް ފެނުނެވެ.
“އެހެންތަ” ފިނިގޮތަކަށް ޔުއާން އަހައިލައިފިއެވެ.
“އެހެން ޔުއާން. ޔުއާން އަށް މިބުނި އެއްޗެއް ނޭގުނުތަ؟ ތި ވަށްތަރަށް އަހަރެންނާ ވާހަކަދައްކާ ޖެއްސުން ކުރުން ޔުއާން ހުއްޓާލާށޭ” މިފަހަރުވެސް ހިތުގައި އަތް އަޅާ އޮއްބާލުމަށްފަހު މައިލީން ބުނެލިއެވެ.
“އެހެންހޭ؟” ގޮއް މުށްކަވާފައި ކައުންޓަރ މަތީގައި ޔުއާން ޖެހި އަޑު ގުގުމައިގެން ދިޔައެވެ. “ކުރިއަށް އޮތް ދިހަ މިނިޓް ތެރޭގައި އަހަރެންގެ ކެބިންއަށް އާދޭ” އަމުރުވެރި ރާގަކަށް ބުނުމަށްފަހު ޔުއާން އޭނާގެ ރޫމާ ދިމާލަށް މިސްރާބުޖެހިއެވެ. ޔުއާން ލޯ މަތިން ގެއްލުމާއެކު މައިލީން އަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ.
ބަލިކަށި ވާކަށް މައިލީން ބޭނުމެއް ނޫނެވެ. އޭނާ މިތަނުން ކެނޑިފިނަމަ ބަލި ގަބޫލު ކުރީކަމަށް ޔުއާން އަށް ހީވާނެއެވެ. އޭނާ ބޭނުންވަނީ އޭނާއަކީވެސް ހިތްވަރު ގަދަ މީހެއްކަން ޔުއާން އަށް ދައްކާށެވެ. މައިލީން ގޮނޑީގައި އިށީދެ ހަމަޖެހިލިއެވެ.
މެންދުރު ނަމާދު ބަންގި ގޮވުމާއެކު މައިލީން ދިހަވަނަ ބުރީގެ މައްޗަށް އެރީ ނަމާދުކޮއްލާށެވެ. ނަމާދުކޮއްލަން ވެގެން ގޮސް އޭނާގެ ނަމާދުދޮޅިބަހައްޓާފައި ހުންނަ ލޮކަރ ހުޅުވާލުމަށްފަހު ދޮޅި ނަގައިގެން ޕްރޭޔަރ ރޫމް އަށް ވަދެ ނަމާދުކޮއްލައިގެން އޭނާ އަނބުރާ ތިރިއަށް ފޭބިއެވެ. އޭރު ދެތިން ނަރުސް ކުއްޖަކު އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ. ހީވާގޮތުން ޕޭޝަންޓަކު ހާލު ދެރަވީއެވެ. ވީވެސް އެހެންނެވެ. ވޯޑް ގެ ތެރެއިން ނެރިގެން ގެނައި މީހާ އަށް އޭރުވެސް ސީޕީއާރް ދެމުން ދިޔައެވެ. “ޑޮކްޓަރ ރިވަމް…ޑރ ރިވަމް އަށް ގޮވާލަބަ އަވސް ހަރީ… ޑރ ޔުއާން އަށްވެސް”ނަރުސް ކުއްޖަކު ބުނެލިއެވެ. އެތަނުން ނަރުސްކުއްޖަކު ގެ އެދުމަށް މައިލީން ފުރަތަމަ ގޮވައިލީ ޑރ ރިވަމް އަށެވެ. ދެން އޭނާ އަވަސް އަވަހަށް ޔުއާން އަށްވެސް ގޮވައިލިއެވެ. އިރުކޮޅެއްނުވެ ދެމީހުންވެސް އައިސްފިއެވެ.
އެވަގުތު ނަރުސް ކުދިން ވޯޑް ގެ ކުރިމަތީގައިއިން އައިސީޔޫއަށް ބަލި މީހާ ވައްދަނީއެވެ. ވަގުތުގެ ނާޒުކް ކަން ޔުއާން އަށާއި ރިވަމް އަށް ވިސްނުމުން އަވަސްވެގަތީ ފަރުވާ ދޭށެވެ. ނަރުސް ކުދިންނާއެކު އެ ދެމީހުންވެސް އައި ސީޔޫގެ ތެރެއަށް ވަދުނެވެ. ކޮޅަށް ހުރި މައިލީންއަށް ފުން ނޭވާއަކާއެކު ގޮނޑީގައި އިށީދެވުނެވެ.
ޑރ.ރިވަމް އާއެކު ޔުއާންވެސް އެމީހާއަށް ފަރުވާ ދޭން އަވަސްވެގަތެވެ. އައިސީޔޫއަށް ވެއްދުމަށްފަހު ވެންޓިލޭޓަރ ގުޅާފައި ދެންވެސް ކުރަން ހުރި ކަންތަކެއް ޔުއާން ކުރިއެވެ. ޕޭޝެންޓް ސްޓޭބަލް ވުމުން ދެމީހުން ވެސް އައި ސީޔޫއިން ނުކުތެވެ.
“މި ބޭސް އަދި އިންޖެކްޝަން ކޮންމެ ހަތަރު ގަޑީރަކުން ގަޑީރަކުން ޕޭޝެންޓަށް ދީ. އަދި ކޮންމެ ބައި ގަޑީރަކުން މޮނިޓަރ ކުރަމުން ރިކޯޑް ކުރަމުން ދޭ” ޔުއާން އެތާތިބި ދެނަރުސް ކުދިންނަށް އިރުޝާދުދިނެވެ.
އެ ދެނަރުސް ކުދިން ވޯޑަށް ވަދުމާއެކު ރިވަމް އާއެކު ޔުއާން އެކަނިވިއެވެ. އެ ދެމީހުން އެތާގައި ކޮޅަށް ވާހަކަ ދައްކައިލަން ތިބިއިރު ކައުންޓަރ ދޮށުގައި އިން މައިލީން އަށް އިރުކޮޅަކާ ނަޒަރެއް ޔުއާން އަށް ދެވެއެވެ. ޔުއާން އަށް ވެސް ބައެއްފަހަރު މައިލީން އާ ދިމާލަށް ބަލައިލެވެއެވެ. އެވޯޑަށް ޒިޔާރާތް ކުރެވޭ ވަގުތަކީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު ހަތަރަކުން ފަހަކަށް ކަމަށްވާއިރު އެ ވަގުތު ތަކުގައި ނޫނީ އެހެން ވަގުތު ތަކުގައި ވަދެވޭނީ ބަލިމީހާގެ ކޮންމެވެސް އެއް އެހީތެރިއަކަށް ކާޑަކާ އެކީ ކަމަށްވުމުން ހަވީރު ނޫން ވަގުތުތަކުގައި އެތަނުގައި ވަރަށް މީހުން މަދުވާނެއެވެ.
މައިލީން އަށް އާއްމުކޮއް ކުރަންޖެހޭ ކަމަކީ ރެކޯޑްތައް އެންޓަރ ކުރުމާއި މައުލޫމާތު ސާފުކުރުމާއި އެހެން ޑިޕާރޓްމެންޓް ތަކަށް ގުޅުމާއި ޑޮކްޓަރުންނަން ގުޅުން ފަދަ ކަންކަމަވެ.
ރިވަމް ކުއްލިއަކަށް ތިރީ އެމަރޖެންސީ ބައިން ގުޅައިގެން ދާން ޖެހުމުން ޔުއާން ގެ ކޮނޑުގައި ޖަހައިލާފައި ހިނގައިގަތެވެ. ދަމުން އޭނާ މައިލީންއަށް ރީތި ހިނިތުންވުމެއް ހަދިޔާކޮއްލިއެވެ. މައިލީންވެސް ރައްދުގައި ހިނިތުންވެލިއެވެ. އެމަންޒަރު ޔުއާންއަށް ފެނުމުން އޭނާގެ ލޭ ކެކޭގޮތްވިއެވެ.
ދަތްކުނޑި ވިކިގެން ދިޔަ ޔުއާން މައިލީންއާ ދިމާލަށް މިސްރާބުޖެހިއެވެ. މައިލީން އަޅާވެސްނުލާ އޭނާގެ ގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. “ކުރިން އަހަރެންނަށް ނުބުނެވުނުތަ ލީން ކައިރީ…” އެހިސާބަށް ބުނެފައި ޔުއާން ހުއްޓައިލިއެވެ.
“މައިލީން ކައިރީގައި އަހަރެންގެ ރޫމް އަށް އަންނާށޭ” މައިލީންގެ ފުރިހަމަ ނަން ކިޔާލަމުން ޔުއާން ވާހަކަދެއްކިއެވެ. އެއާއެކު މައިލީންގެ ތުންފަތަށް ހިތި ހިނިތުންވުމެއްވެރިވާން އުޅެފައިވެސް ވެރިއެއްނުވިއެވެ.
ކައުންޓަރގައި ކްލޯޒް ބޯޑް އަޅުވާލުމަސްފަހު ޔުއާން ކިޔާ އެއްޗަކަށް ނުބަލާ އޭނާ ތިރިއަށް ދާން މިސްރާބުޖެހީ ރީކާއަށް ގުޅާލަމުންނެވެ.
ހެނދުނުވެސް އެއްޗެއް ނުކައި ހުރުމުން ބަނޑުހައިވެފައި ހުރިވަރުންނާ ދެރަވެފައި ހުރިވަރުން މައިލީން ބޭނުންވީ އެތަނުން ނުކުމެލާށެވެ.
އެންމެތިރީބައިގެ އެއްފަރާތުން އިންނަ ދޮރުން ނުކުމެގެން ދާއިރު ހޮސްޕިޓަލްގެ ކެންޓީން އިނދެއެވެ. އެތަނަށް ރީކާ އާއެކީ މިސްރާބުޖެހި މައިލީން ގެ ސިކުނޑިވެސް ކޮންމެވެސް ވަރަކަށް ތާޒާ ވެލިއެވެ.
ކެންޓީނުން ކާ އެއްޗަށް އޯޑާރ ދީފައި ދެމީހުން އައިސް އެތަނުން މޭޒެއްގެ ދޮށުގައި އިށީދެލިއެވެ. ވާހަކަދައްކައިލަން ދެމީހުން ތިބިއިރު ރީކާގެ ވާހަކަތަކުން މައިލީންއަށްވެސް ހެވެމުންދިޔައެވެ.
“މަޑުކޮއްލައްޗޭ” މައިލީން ކަމެއް ހަނދާންވާފަދަ ގޮތަކަށް ރީކާ ގާތު ބުނެލިއެވެ.
އޭނާ ފޯން ނަގާ ގުޅާލަމުން ވާހަކަދެއްކިއެވެ.
“ބޭސްތައް ހުންނާނެ އެނދުކައިރީގައި ހުރި ސައިޑްކަބަޑްތެރޭގައި. ޔަޝްމް ނަގާވަރުން ތަޅުލާފައ ހުންނާނީ. އާ… ކާންދޭންވާ ވަރު ހުންނާނޭ ލިޔެފަ… ތަޅުދަނޑި އިންނާނީ އަލަމާރިތެރޭގައި އެތާ އިންނަ ކުޑަ ކަބަޑްމަތީގައި” މައިލީން ވާހަކަ ދެއްކިއެވެ.
އެކޮޅުން ދިން ޖަވާބު އަހާފައި ހިނިތުންވެލަމުން ފޯން ބޭއްވިއިރު ރީކާ އިނީ ފަރުވާތެރިކަމާއެކު މައިލީންގެ މޫނުމައްޗަށް ބަލާށެވެ. އެހެންނަމަވެސް އެއްވެސް އެއްޗެއް އެނާ ނުބުނެއެވެ.
“އާ… ލީން އަށް”
“ލީން އެއް ނޫން… އެންމެންވެސް ކިޔާނީ އިލީ” ރީކާ ގެ ޖުމްލަ މެދުކަނޑާލަމުން މައިލީން ބުނެލިއެވެ.
އެ އިރު އެ ހިސާބަށް އަރާ ހަމަވި ޔުއާންއަށް އެ އަޑު ރަނގަޅަށް އިވުނެވެ. ލީން ނުކިޔަން ބުނި ސަބަބު އޭނާއަށް އިނގޭ ކަމުގައި ހިތުން ބުނެވުނެވެ.
“އިލީ” ޔުއާން އަށް ވައިއަޑުން ބުނެވުނެވެ.
“ކޮންމެ ނަމެއްކިޔަސް ޔޫ ވިލް އޯލްވޭސް ބީ ބިއުޓިފުލް” ޔުއާން ގެ ހިތަށް އެރިއެވެ. އޭނަގެ ހިތަށް އަރާ އެއްޗެހީގެ ސަބަބުން ބައެއްފަހަރު އޭނާވެސް ހައިރާންވެއެވެ.
“ހޭ ގާއިޒް… މިތާ އިށީނަސް އޯކޭތަ؟” ޔުއާން އަނބުރާލާފައި އައިސް ގޮނޑިއެއްދަމާލާފައި އިށީނެވެ. އެއިރު އެތާ ތިބި އަންހެން ކުދިންގެ ނަޒަރު ހުއްޓިފައި ހުރީ ޔުއާންއަށެވެ. ބައެއްކުދިން ސިއްރު ސިއްރުން އެތަކެއް ވާހަކަ އެއް ދައްކަމުންދިޔައެވެ. ރީކާވެސް ފޮނިވެލިއެވެ. މިތަން ފެނި މައިލީން އަށް އުނދަގޫވަމުން ދިޔައެވެ.
“ރީތި މީހުން ފެނުނީމާ ބަލާވަރުވެސް ދޯ” މަޖަލަކަށް ހަދާފައިވެސް ޔުއާން ބުނެލީ މައިލީން ދެރަކޮއްލުމަށެވެ. ޔުއާން ލާފައި ވާ ހުދުކުލައިގެ ގަމީސް ވަނީ ގަޔަށް ހިފާލާފައެވެ. އެހެންކަމުން އޭނާގެ ކަސްރަތީ ހަށިގަނޑު ހާމަވާންހުއްޓެވެ.
“އަޅޭ އަހަރެންނަށް ލިބޭނެނަމަ ދޯ”އެވަގުތު އެހެން ދިޔަ ދެ އަންހެން ކުދިން ލަދު ކަނޑާލާފައި ބުނެލި ވާހަކައިން މައިލީން ގެ ހިތުގައި ހުޅުރޯވެގެން ދިޔައެވެ.
ދެރަވެސް ވިއެވެ. އެހެންނަމަވެސް އޭނާ އިހްސާސްތައް ފޮރިވައިލިއެވެ. އެވަގުތު އެތާ މޭޒުމަތިގައި އޮތް މައިލީންގެ ފޯން ރިންގްވިއެވެ. މައިލީން ފޯނާ ދިމާލަށް ބަލާލުމާއެކު އަވަސްއަވަހަށް ފޯން ފޮރުވިއެވެ. އަދި އަވަސްއަވަހަށް ފޯން ނަގާ ކަންފަތުގައި ޖައްސައިލިއެވެ. އޭރު މައިލީން ގެ ހިތް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ. އަނެއްކާ ޔުއާން އަށް ފެނުނީހެއްޔެވެ؟ ފެނިއްޖެނަމަ ޔުއާން ގެ އަމަލް ތައް ހުންނާނީ ކިހިނެއްހެއްޔެވެ؟.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.








me first dhw
Hi Mi dhoonyaa…. haadha reechey mi vhk…. kiyaa hithun dhevana faharah vex kiyeyne…
and good luck for your exam….
and good luck for your exam….
I’m second..:) vrh salhi
Wow…. nice ingey…
Hi varh reethi dhn konirakun
Assalaamu Alaikum… hello every1 enjoy the story. Miadhah fahu dhen story up vaani anna hukuru dhuvahu In Sha Allah. Alhuganduge exam feshen ulheythy exam nimendhen regular koh konme dhuvahaku daily up nukurevidhaane. Ehen namaves exam nimunuhaa avahah regularly up kodheynan. In Sha Allah. Hope u all undersrand. ??????
gud luck for u r exam… and rangalhah kiyavaathi….
Vrh vrh reethi
Good luck.Hi Mi…story hama habeys…..
Esfiya site kihineh vefah mihireee vaahaka eh nukiye ??
? next part kobr
Fonuvaifin inaan.
Next part adhi up nuvaneetha
Hey nees. Fonuvaifin up kohlan. Adhives pending ga ini. ?
mihaaru vaahaka kiyaahithun nuhurevey
.me too. v vaahaka kiyaahithun mihury. adhi kiaa ireh vaane tha vaahaka up vaan. why so slow
Neygey anonymous admin up kohdhinima up vaani.thankyou hurihaa kudhinn thidhey support ah. ?
Mio kurevey inthizaareh
Inthizaarey othee hiyy edheythee
vaahaka kiyaahithun lasvyma kudahkoh shakuvaakurehvuny sorry Hi Mi. vaahaka v reethi.
Hi mi koba vaahaka kehmadhuvany
Alhey hurihaakudhin. Vaahaka lasvaa kamah takaa varah bodah maafah edhen. Hehe. Xaaaan nees and anonymous varah happy vehjje thihaa . Neyge keeve kameh ehaa las vani. Alhugandu admin ah massage kohlaanan. Up nuvejje nama mirey. In Sha Allah. inthixaar kuaa vaahaka bunima.
haadha laheyy vaahaka update vaaleh.. vaahaka kiyaa hithun mihunnanee
Best of luck hi mi