އެވްލީން ފަހުބައި

- by - 34- January 12, 2018

” މަމް އެވްރިތިންގ އިޒް ގްރެއިޓް ، އައި ހޭވް ސަމްތިންގ ޓު ޓެލް ޔޫ ” … އީވާ ވަރަށް ކަންބޮޑުވެ ހުރެ އަހައިލިއެވެ. ” އަނެއްކާ ކިހިނެއްވީ ؟ ” .. އާނިޔާ އަހައިލިއެވެ.. ” މަންމާ އީވާ ގެ ……” ” ދަރިފުޅާ އީވާ މަންމަ މިވަގުތު ތަންކޮޅެއް ބިޒީ ކޮށް މިއުޅެނީ ، އެންޑް އީވާ ބީ ވެރީ ކެއާފުލް އިނގޭ އެންޑް ޓޭކް ކެއަރ ، މަންމަ ފްރީ ވި އިރަކުން ގުޅައިލައި ނަން އިނގޭ”… އީވާއަށް ރަނގަޅަށް ކުރިއަށް ނުގެންދެވެނީސް އާނިޔާ ބުންޏެވެ. ” ކޭ ބާއި “.. އީވާ މިހެން ބުނެ ފޯނު ކަނޑައިލިއެވެ..  އީވާ ޓެންޓުން ނިކުމެ އިވްޔާ މެން ގާތަށް ދިޔައެވެ. އޭރު އެންމެން ހީހީފައި ސަކަރަތް ޖަހަމުން ގެންދިޔައެވެ.. ” ހެއި އީވާ ކޮންތާކުން ތިއައީ ހާދަ މޫޑް އޮފް ވެފަ؟ ” …އިސްޖަށަށް ޖަހައިގެން ހުރި އީވާއަށް އަރީޝް ސުވާލުކޮށްލިއެވެ.. ” އަމް……… މީ……. މިއައީ މަންމަ އަށް ގުޅައިލައިފައި ، އިވްޔާމެންގެ ވާހަކަ ދައްކައިލަންވެގެން އެކަމް މި ވަގުތު މަންމަ ތަންކޮޅެއްބިޒީ ވީމާއި އެވާހަކަ ނުދެއްކުނީ ” … ” އީވާ ހިނގާ ސަޕްރައިޒެއް ދޭން “.. އިވްޔާ އަހައިލިއެވެ. ” ޔާ އީވާ ހިނގާ ސަޕްރައިޒެއް ދޭން ވަރަށް ފައްކާ ވާނެއޭރު ން”…. އިވާ ބުނެލިއެވެ.. ” ހެއި ދެން ހިނގާ ކައްކަން ދޯ އެންމެން ، މިހާރު އެއޮށް މެންދުރުވީ ، އަމަން މެން ގެނައި ބައިވަރު މަސް ބާނައިގެން “….ސަނާ ޓެންޓާ މާދުރު ނޫން ހިސާބެއްގައި ބަހައްޓައިފައިހުރި މަސްތަކާ އިޝާރާތް ކޮށްލަމުން ބުންޏެވެ… ” ޔާ ލެޓްސް ގެޓް ސްޓާޓެޑް”… ލީން ތެދުވަމުން ބުންޏެވެ.. ” ހެއި އިވްޔާ ކިހިނެއްވާނީ މަޑޫކޮށްލަން ، ވަރަށް މަޖާ ވާނެ ދޯ”…. ” ޔާ އޯކޭ”…… ހުރިހާ ކުދިން މަސައްކަތް ފެށިއެވެ.. އެއްބަޔަކު މަސް ފިހެމުންދާއިރު އަނެއްބަޔަކު ދަނީ މަސްބަތް ކައްކަމުންނެވެ.. މުޅިމާހަލުގައި ވަނީ އުފާވެރިކަމެވެ.. ކާއެއްޗެހި ތައްޔާރު ކުރެވުމުން ހުރިހާ އެންމެން ކެއެވެ..  އަދި ކައިނިންމައިގެން ހުރިހާ އެންމެން މޫދަށް އެރިއެވެ… ” ހެއި ގާއިސް މިހާރު އެއޮށް އިރުއޮސެނީ ހިނގާ ދެން ދާން”.. އާދިލް އެއްލި ބޯޅައެއް ހިފަމުން އަރީޝް ބުންޏެވެ.. ” ޔާ ހިނގާ ދަމާ ދޯ “…. ހުރިހާ އެންމެން މޫދުން އައިސް ފެންވެރިއެވެ..ފެންވަރައިގެން ތާޒާ ވެލައިގެން އީވާ ފޯނު ނަގައި ބަލައިލިއިރު މަންމަގެ 12 މިސް ކޯލު އައިސް އޮތެވެ.. އީވާ މަމް ޖަހައިފައި އޮތް ނަމްބަރަށް ޑައިލް ކޮށްލިއެވެ. މާގިނަ އިރެއް ނުވެ ފޯނުނައިފިއެވެ.. ” މަމް ކިހިނެއްވީ ؟، އަނެއްކާ ކަމެއްވީތާ؟” .. މާގިނައިން ގުޅައިފައި އޮތުމުން އީވާ އަހައިލިއެވެ.. ” ހެއި އީވާ ޑާލިންގ މަމް ބުނީ ދަރިފުޅުމެން އަންނަނީ އާފްޓާ އަވީކް ދޯ ، އެކަމް ދަރިފުޅަށް އެބައޮތް ސަޕްރައިޒެއް ސޯ މަމް އިންނާނެ ލާންޗެއް ހަމަޖައްސާފަ ފޯޓުމޯރޯ  އެޓް ސެވަން ސޯ ހުރިހާ ކުދިން ކައިރި ރެޑީވާން ބުނައްޗޭ “… އާނިޔާ ފައްޗަކަށް އަމުނައިލިއެވެ. ” ވަޓް ޓޮމޯރޯ ވީ އާ ގޮއިންގ؟؟؟؟ އެކަމް ، އޯކޭ”.. ތަންކޮޅޭ މަޑުން ބުނެވުނެވެ…. “ހެއި ގާއިސް މާދަން އަހަރެމެން ފުރަނީ”… އިވާ ޓެންޓުން ނިކުމެ ހުރިހާ ކުދިން ކައިރި ބުނެލިއެވެ..” ވަޓް”.. އެންމެން އެއްފަހަރާ އީވާއާ ދިމާލަށް ބަލާލުމަށްފަހު ބުނެވުނެވެ.. ” އެކަމް އަހަރެމެން މިކޮޅަށް އައީ ހަފްތާއަކަށް ނޫންތަ؟ … ދެއަތް މުއްކަވައިފައި އެއްފައި ބިންމަތީގައި ޖަހައިލަމުން ރާގެއްގައި ލީން ބުޏްނެވެ… ” އައި ނޯއެކަމް މަމް ބުނީ ދެންމެ ގުޅައިފައި “.. އީވާ މޫނު މަތީ ގައިވަނީ ނުތަނަވަސް ވެރިކަމެވެ… ” ސޯ ހިނގާ ދެން ހުރިހާ އެއްޗެއް ޕެކް ކުރަން ، ވީ ޑޯންޓް ހޭވް އެނީ ޗޮއިސް ” . ދެކޮނޑު ހިއްލާލަމުން ނުތަނަވަސް ވެރިކަމާ އެކު ސަނާ ބުންޏެވެ ..އިންތަނުން ތެދުވަމުން  ސަނާ ކައްކަން ބޭނުންކުރި އެއްޗެއްސާއި އެހެނިހެން އެއްޗެހި ޕެކް ކުރަންފެށިއެވެ… އެހެންހުރިހާ ކުދިންވެސް ތެދުވެ ސަނާއަށް އެހީވެދެން ފެށިއެވެ.. ” ސިސް ، ހިނގާބަ އަހަރެމެން ގެއަށް ގޮސް މަންމަގެ އެއްޗެހިއާ އީވްޔާ އެއްޗެހި ޕެކް ކޮށްދެން ހެލްޕް ވެދެން ޕްލީސް “..އިވްޔާ އީވާގެ އަތުގައި ހިފައި އާދޭސްކުރާ ރާގެއްގައި ބުންޏެވެ.. އިވްޔާ އީވާމެންނާއެކީ ދެވޭތީ ހުންނަނީ ވަރަށް އުފާވެފައެވެ.. މިހެން ބުނެ ދެމީހުން އެކުއެކީ އިވްޔާ މެން ގެއަށް މިސްރާބުޖެހިއެވެ.  ” މަންމާ އަހަރެމެން ދަނީ މާދަމާ، އީވާގެ މަންމަ ( އާނިޔާ ) ބުނީ މާދަމާއަށް އިންނާނެޔޯ ލާންޗެއް ހަމަޖައްސާފައި..”.. ގެއަށް ވަދެވުމާ އެކު އިވްޔާ ބުނެލިއެވެ.. ” ހަމައަސްލުވެސް ހިނގާ ދެން ދަތުރު ތައްޔާރު ކުރަމާ”.. މިހެން ބުނެ ޕެކް ކުރަން ފެށިއެވެ.

އާދުވަހަކަށް އިރު އަރައިފިއެވެ. ހުރިހާއެންމެން ތިބީ ރަަށް ދާން ތައްޔާރު ވެގެންނެވެ.. ފަތިހު ފަތިހާ އިވްޔާ އާއި އިވާޔާމެން ތިބީ އައިއްސައެވެ.. ލާންޗުއައުމާއެކު ހުރިހާ ކުދިން އެއްޗެހިތައް އަރުވާ ލާންޗަށް އެރިއެވެ.. އިވްޔާ ހުރީ ޖެހިލުންވެފައެވެ.. އެއީ އެންމެ ފުރަތަމަ ފަހަރަށް ކުރާ ދަތުރަށް ވީމައެވެ.. އީވާ އިނީ އެއަށް ވުރެ ޖެހިލުންވެ ވެފައެވެ.. މަންމަ މެން އިވްޔާމެންނާ މެދު ޤަބޫލު ވާނެ ބާވައޭ ނޫނީ ނުވާނެ ބާވައެވެ.. ރަށަށް ލެފުމާއެކު އިވްޔާ ހުރީ އާޝޯހު ވެފައެވެ. ” އީވާ “.. ފަހަތުން ދަންނަ އަޑަކުން މީހަކު ގޮވާލިއަޑަށް އީވާ ބަލައިިލިއެވެ.. ފަހަތުގައި އާނިޔާ އެކީ އަހުމަދު އެމީހުންނާ ދިމާލަށް ހަނާއަޅަން ހުއްޓެވެ.. އަހުމަދު ފެނުމާއެކު އީވާ އަށް ވީ ޤަބޫލުކުރަން ދަތި އުފަލެކެވެ. އެހާ ދުވަސް ކޮށްލައިފައި އޭނާގެ ބައްޕަފެނުމުންނެވެ.. ބާރަކަށް ދުވެލާފަ ގޮސް އޭނާގެ ބައްޕަ ގަައިގައި ކުޑަކުއްޖެއްހެން  އޮޅުލައިގަތެވެ. ” ކޮބާ ކިހިނެއްތަ ދަރިފުޅާ ، އެއީ ކޮންބައެއްތަ އީވާ މެންގެ ފްރެންޑްސް ކައިރި ހުރީ ؟”.. އަހުމަދަށް ލީން މެން ކައިރިހުރި އިވްޔާ އާއި އިވާޔާ ފެނުމުން އަހައިލިއެވެ..” ބައްޕާ އީވާ ހަމަ ރަނގަޅު ، ދެން އެއީ “.. …….. ” އަނެއްކާ އެއީ..”.. އީވާއަށް ފުރިހަމަ ނުކުރެވެނީސް އާނިޔާ ތުރުތުއަޅަމުން ޝަޙާދަތް އިނގިލި ދިއްކުރަމުން ބުނެލިއެވެ.. އީވާ ގޮސް އިވާޔާ އާއި އިވްޔާގެ އަތުގައި ހިފައި ގެން އައިސް އެމީހުންގެ ކުރިމަތީގައި ބެހެއްޓިއެވެ.. ” މަމް ޑޭޑް ، މީޓް މައި ޓްވިން އިވްޔާ އެންޑް މައި ބައިލޮޖިކަލް މަދަރ ، އިވާޔާ “.. އީވާ އެދެމީހުން ގާތްކޮށްލައިފައި ތަޢާރަފް ކޮށްދިނެވެ.. އާނިޔާ އާއި އަހުމަދު ހުރީ ހައިރާންވެފައެވެ.. އެއީ މީގެ ސޯޅައަހަރު ކުރިން ފެނުނު އިވާޔާ ފެނުމުންނެވެ.. އަދި އޭނާގެ ދަރި ކަމަށްވާ އިވްޔާވެސް ފެނުމުންނެވެ. ”  އަހަރެމެންނަށް މާފު ކުރަށްވާ ތިދެމީހުންގެ އަލަތު ދެ ދަރިން ކުރެ އެއްދަރި ގެންދިޔައީ މަ އަހަރެމެން ނަށް މާފުކުރަށްވާ”.. އާނިޔާ އިވާޔާގެ އަތުގައި ހިފާލަމުން ރޮވިފައިހުރި  ހާލުގައި އާދޭސް ކުރަންފެށިއެވެެ.. އޭރުވެސް އަހުމަދަށް ހުރީ ފެނުނު މަންޒަރުން ގަބުވެފައެވެ. ” ނޫން ނޫން ތިހެން ނުބުނޭ އެއީ މީގެ ސޯޅައަހަރު ކުރިން ، އެއީ މާޒީ ، ދެން އެވާހަކަ ހަނދާން ނައްތާލާ އެއީ ވެނިމިދިޔަ ކަމެއް ، އޭގެ ފަހުން އަހަރެމެން ދިރިއުޅެމުން އައީ އެރަށުގައި ދެން އީވާމެންނަށް އަހަރެމެން ފެނުނީ އެރަށަށް އައުމުން ދެން އަހަރެމެން އީވާ އަށް ހަޤީޤަތް  ކިޔައިދިނީ އެންމެ ފުރަތަމަ ހުރީ ޤަބޫލު ކުރަން ދަތި ވެފަ ދެން މި ދެފަށުގެ އެހީގައި ހެކި ދެއްކީ އީވާ ގެ ރައްޓެހިންވެސް ތިބީ ހައިރާންވެފަ”. އާނިޔާ ގާތްކޮށްލުމާއެކު ބުނެލިއެވެ.. ” އަހަރެންގެ ފަރާތުން ތިދެމީހުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ އެއީ މައެއްގެ ލޯބި އުނި ނުވާނެ ހެން ބަލާ ބޮޑުކޮށް ، ރަނގަޅު ތައުލީމާއި ތަރުބިއްޔަތު ދިނުމުގެ ސަބަބުން “.. އިވާޔާ ބުނެލިއެވެ. ” އިވާޔާ ، އިވްޔާ މީގެ ފަހުން ތި ދެމީހުން އުޅޭނީ އަހަރެމެންގެ ގޭގަައި ހުރިހާ އެންމެން އެއްކޮން.. “.. އަހުމަދު ބުންޏެވެ.. ” އޯ ތެންކިޔު ޑޭޑް ޔޫ އާދަ ބެސްޓް ޑޭޑް އެވަރ”.. އީވާ ހުރީ އުފަލުން ގޮސް ބުނާނެ އެއްޗެއް ނޭގިފައެވެ. ހުރިހާ އެންމެންގެ މޫނުގައިވަނީ ނުފިލާ ހިނިތުންވުމެކެވެ. ” ހެއި އީވާ އަހަރެމެން ދެންދަނީ އިނގޭ ، ހަވީރުއަންކަން ހާއިރު އަންނާނަން ތިގެއަށް އިނގޭ”.. ހަނާ އަޅާލުމާ އެކު ހިނގައިގަންނަމުން އާދިލްމެން ބުންޏެވެ. “ހިނގާ އެންމެން ދަމާ ދެން “.. އެމީހުންނާ ދިމާލުގައި އޮތް ހުދު ކާރަށް އިޝާރަތް ކޮށްލަމުން އަހުމަދު ބުނެލިއެވެ. އަދި ކާރާދިމާލަށް ހިނގައިގަތެވެ. އީވާ ގޮސް ކާރު ފަހަތު ސީޓް ހުޅުވާލައި އަތުގެ އިޝާރާތުން އިވްޔާ ކައިރި އެތެރެއަށް  ވަނުމަށް އިޝާރާތް ކޮށްލިއެވެ. އިވްޔާ ވަނުމާ އެކު އީވާ ވަތެވެ.. އަދި އިވާޔާ ވަދެ ކާރު ގެ ދޮރު ލައްޕައިލިއެވެ.. އަހުމަދާއި އާނިޔާ ދަނީ އެދެމީހުންނަށް ހާއްސަ ކުރެވިފައިވާ ކަޅުކާރަކުންނެވެ. ޑްރައިވަރު ކާރު ސްޓާރޓްކޮށް ދުއްވަން ފެށުމާއެކު ކާރުގެ ބިއްލޫރުގަނޑުގައި މޫނުޖަހައި އިވްޔާ ކުޑާދޮރުން ބޭރު ބަލަން ފެށިއެވެ. އުޅެބޮޑުވެ ތަން ދޫކޮށް އެހެން ތާކަށް ބަދަލުވުމުން އޭނާއަށް އާ ތަޖުރިބަ ތަކެއް ކުރެވެމުން ދިޔައެވެ. އިވްޔާ ފޫހިކަމެއް ނެތި ބޭރުބަލަމުން ގެންދިޔައެވެ. “ހަވޭލިއަށް އާދެވިއްޖެ”.. ޑްރައިވަރު ބުނެލިއެެވެ. އިވްޔާ ތެދުވެބަލައިލިއެވެ. ލިބުުނު ހައިރާން ކަމުން އަނގަހުޅުވިގެން ދިޔައެވެ. ހިތާ ހިތުން ވާއު އޭބުނެވުނެވެ. ކަޅުކުލައިގެ ބޮޑު ގޭޓުގެ އެތެރެއިން ކާރުވައްދައިލިއިރު ކާރުގެ ބިއްލޫރިގަނޑުން އީވާ ތިރިކޮށްދިނެވެ. ގޭޓް އިންފެށިގެން އެ ބޮޑު ގެއަށް ދިޔުމަށް ބޮޑު މަގެއް އޮތެވެ. އެ ބޮޑުދެ މަގުގެ ދެފަރާތުގައި ރީތި އެކި ކުލައިގެ ވަސްމީރު މާތަކާއި ފެހިކަންގަދަ ގަސްތަށް ހަދައިފައިހުއްޓެވެ. ބަލައިފޫހި ނުވާފަދަ މަންޒަރުތަކެވެ. ޔަގީނުންވެސް އެއީ ވަރަށް ފަރުވާ ތެރިކަމާ އެކު ބަލަހައްޓާ ބަގީޗާ އެކެވެ. އެ ބަގީޗާއާ މާދުރު ނޫން ހިސާބުގައި ހުދުކުލައިގެ ބޮޑު ފެންއަރުވަވަޑާމެއް ހުއްޓެވެ. އެކި ވައްތަރުގެ ދޫނިތައް އެފެންގަނޑުން އުފާހަސިލް ކުރަމުން ގެންދިއެވެ. ކާރު ގޮސް ގޭގެ މައި ދޮރު ކުރިމަތީ ޕާކު ކޮށްލިއެވެ. ކާރުން ފޭބުމަށް ފަހު އިވްޔާ އެގެއަށް ނަޒަރު ހިންގައި ލިއެވެ. ހުދުކުލައިގެ ބޮޑުގެއެކެވެ. ރީތި ފަރުމާތަކުން އެގެ ފުރިހަމަ ކޮށްދެއެވެ. ގެއަށް ވަދެވުމާއެކު އީވާ އިވްޔާ ގެ އަތުގައި ހިފައި ދުވެފައިގޮސް ސިޑިމައްޗަށް އެރިއެވެ. އީވާ ގޮސް އިވްޔާ ވެއްދީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރިއަކީ ބޮޑުކޮޓަރިއެކެވެ. އެކޮޓަރީގައި ލާފައިވަނީ މަޑު ފިޔާތޮށިކުލައެވެ. ވަދެވުމާއެކު އެންމެ ފުރަތަމައަށްވެސް އަޅައިގަނެވެނީ ކްއީން ސައިޒުގެ ބޮޑު އެނދެކެވެ. އެނދުގެ ކަނާތް ފަޅީގައި ކުޑަ ސައިޑް ޓޭބަލް އެއް ހުއްޓެވެ. އެ ޓޭބަލްގައި ވަރަށް ރީތި ލޭމްޕެއްވެސް ހުރެއެވެ. އަދި އެކޮޓަރީގައި ކުޑަމޭޒެއްގައި މެކް މޮނީޓާ އަކާއި ކީބޯޑް އެއްއިނެވެ .ކޮޓަރީގެ ހުރިހާ އެއްޗެއްވެސް ވަރަށް ފުރިހަމަ އެވެ. އީވާ އިވްޔާއަށް ހުރިހާ އެއްޗެއް ވަކިން ދައްކަމުން ގެންދިޔައެވެ. ރޫމް ޓުއަރ އެއްގެ ގޮތަށެވެ. ކޮޓަރީގައި ފާހަނާއާ ޖެހިގެން ހުރި ދޮރުން އެތެރެއަށް ވަދެވުމާއެކު އިވްޔާ ހުރީ ހައިރާން ވެފައެވެ. ފާރުގައި ހަރުކޮށްފައި ހުރި ހުދުކުލައިގެ ޝެލްފުގައި ފުރެންދެން ހުރީ އެކި ކުލަކުލައިގެ ނެއިލް ޕޮލިޝް ތަކެވެ. އެއާޖެހިގެން ހުރީ އެމީހުންގެ އިސްކޮޅުންވެސް ބޮޑު ރީތިވާ މޭޒެކެވެ. އެއާޖެހިގެން ހުރި ހުދުކުލައިގެ ޝެލްފުން އެކިއެކި އަގު ބޮޑު ބްރޭންޑްގެ ލިޕްސްޓިކާއި މޭކްއަޕް ބްރަޝް ތަކާއި މޭކްއަޕް ޕެލެޓްތަކުންނާއި އިސްތަށިގަނޑު ސްޓައިލް ކުރަން ބޭނުންކުރާ ތަކެތިން އެތަން ފުރިހަމަ ކޮށްދެއެވެ. އެކޮޓަރީގެ މެދުގައި ބިއްލޫރި މޭޒެއްހުއްޓެވެ. އަދި ކުޑަދޮރު ކައިރީގަިއި މަޑު ފިޔާތޮށިކުލައިގެ ސޯފާއެއްބަހައްޓާއިފައި ހުއްޓޭވެ. ހީވަނީ ކުޑަކުޑަ ސެލޫން އެއްހެންނެވެ. ބަލައިލަން ފޫހިނުވާނެމަންޒަރު ތަކެވެ. އީވާގެ ކޮޓަރީގައި ކޮންމެސް މީހަކު ޓަކިދިނެވެ. ” އިވާ މަންމަ ބުނީ ކާން އަންނަން”. ދޮރު ހުޅުވުމާ އެކީ އެތާހުރި އަންހެން ނޯކަރެއް ބުންޏެވެ. އެމީހާއެކު އެދެކުދިން ނުކުމެ ކާކޮޓަރިއާދިމާލަށް ދިޔައެވެ. ކާކޮޓަރީގައި އެއްކޮޅުން އަނެއްކޮޅަށް ދިގު މޭޒެއް ބަހައްޓާއިފައި ހުއްޓެވެ. ކޮންމެ މީހަކުވެސް އެމީހަކަސް ހާއްސަ ކުރެވިފައިވާ ގޮޑީގައި އިނެވެ. ހުރިހާ އެންމެން ކެއުމަށް އިންސާފް ކުރަން ފެށިއެވެ. ކައިނިމިގެން ދެބެން އީވާގެ ކޮޓާރިއަށް ދިޔައެވެ. ދެކުދިން ވެގެން އެކި ކަންކަން ކުރުމަށް މަސްއޫލުވިއެވެ. މެންދުރު ވަގުތު ނިމި ހަވީރު އަތަށް އަޅައިފިއެވެ. ” ގާއިސް ، އިވްޔާ ބުނީ އެބައޮތޯ ސަޕްރައިޒްއެއް ދޭން ވެފަ”.. ގޭގެ ގޯތިތެރޭގައި ހުރި ކޮފީ މޭޒުގައި ތިބި އީވާގެ ރައްޓެހިންނާއާ އީވަ މުހާތަބުކުރިއެވެ. ” ކޮން ސަޕްރައިޒެއް ބާ އަނެއްކާ؟”.. ޖޯޑުން ކޮފީފޮދެއް ބޯލަމުުން އަމަން އަހައިލިއެވެ. ” އަސްލު މަންމަ އަހަންނަށް ކީ ލީން”… ” ވަޓް” ހުރިހާ އެންމެނަށް އެއްފަހަރާ އަހައިލިއެވެ. ” ހަމައަސްލުވެސްތަ ، މިއޮށްހުރިހާ އިރަކު ނުބުނަމެންނު ، އަހަންނަށް އިވޭ ކޮންމެސް ލީން އެއްގެ ވާހަކަ އާ އަދި ކޮންމެސް އެހެން މީހެއްގެ ވާހަކަ މަންމައާ ބައްޕަ ދައްކަނިކޮށް ، އަދި މަމް ބެޑް ޓައިމް ސްޓޯރީގައިވެސް އުޅޭ ލީން އަކާ އީވާ އަކާ ، ހަމަ މިގޮތަށް ސެޕެރޭޓެޑް ވެފަ ހުރީ އެންޑް ޑޭޑް ބުނި އީވާއަ ވައްތަރު ކުއްޖެ އުޅެޔޯ އެކުއްޖާއަށް ކިޔަނީ ލީން އޯ “.. އިވާ ފައްޗަކަށް އަމުނައިލިއެވެ. ” ދިސް އިޒް އަ ކޮއިންސިޑެންސް ، ތީ ދޯ އީވާގެ ޕޭރެންޓްސް ކިޔާ ލީން އަކީ ، އެނޫނަސް އަހަންނަށް ވެސް ކިޔަނީ ލީން”. ލީން ބުންޏެވެ. ” ހިނގާ ދެ ޓްވިން ގެ ނޭމް އެއްކޮށްލައިގެން ކިޔާ ނަމެއް ހަދަމާ”.. ސަނާ އަހައިލިއެވެ. ” އިވާލީން ؟”.. އާދިލް އަހައިލިއެވެ.” އަމް އެހާ ބޮޑަކަށް ނުގުޅޭ”. އިވްޔާ ބުނެލިއެވެ.. ” އައި ގޮޓް އަ ޕާފެކްޓް ނޭމް “.. ބާރަކަށް އަރީޝް ބުނެލިއެވެ .” އިޓްސް އެވްލީން”..

ނިމުނީ

34

Angel

Loves reading and writing stryxx

You may also like...

7 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Saabass mee kudakudhinge vaahakaekey fonigandaa.. he he .. meehaku moyavedhaane mihaa vaanuvaa neyngey vaahaka gina ginain up kuranyaa

    ⚠Report!
  2. Vaahaka liyun huhthaalan feney. My sister vess miyah vure reethikoh vaahaka liyaane. Heevanee feshuneema nihmaalan vegen liyefa oihen. No content also 😣😣

    ⚠Report!

Leave a Reply

Your email address will not be published.