Skip to content
އެސްފިޔަ

ހުންނާށޭ ގާތުގައި 1

ކުރިމަތިން ފެންނަމުންދާ  މަންޒަރުގެ ސަބަބުން އަހަރެންގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އާދެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އަހަރެންގެ އަމިއްލަ އަތުން ކުރަހާފައިވާ ލޯބިވާ ކޮއްކޮގެ ތަސްވީރުގައި އެދަނީ ލޭ ރަތް ކުލަ އުނގުޅެމުންނެވެ. ބިރުން ހުރެވެސް އެ ތަސްވީރުގައި އަތް ޖައްސާލީމެވެ. އެއަށްފަހު އަހަރެންގެ އަތަށް ބަލާލިއިރު އަހަރެންގެ ދެ އަތުގައި ވަނީ ހުސް ލެއެވެ. އަޑުގެ ނެއްތަނަށް ހަޅޭލަވައިގަނެވުނީ އެހީވާނެ މީހަކު ވޭތޯއެވެ. ކުއްލިއަކަށް ދެލޯ ހުޅުވާވެވުނު އިރު އަހަރެންގެ ފޯން އެލާރމް ވަމުންދެއެވެ. އޭރުވެސް އަހަރެންގެ ލޮލުން ކަރުނަ އާދެއެވެ. ނަމަވެސް ހިތްވަރު ކޮށްލާފައި ތެދުވީ އެއީ އާންމުކޮށް ފެންނަ ހުވަފެނަކަށް ވުމުންނެވެ.

ފާހަނައަށް ވަދެ ތާޒާވެލައިގެން ނިކުންއިރު އަހަރެންގެ ލޯބިވާ މަންމަ ސައި ތައްޔާރު ކޮށްގެން ކޮޓަރި އަށް ގެނެސް ހުއްޓެވެ. އަވަސް އަވަހަށް ތައްޔާރުވީ ސުކޫލަށް ދާ ގަޑި ޖެހޭތީއެވެ. އަހަރެންނަކީ ގުރޭޑު 11 ގައި ތަޢުލީމު ހާސިލު ކުރަމުންދާ ކުއްޖެކެވެ.

އަހަރެންނަށް ސުކޫލަށް ދެވުނު އިރު ދެވަނަ ބެލް ޖަހައިފިއެވެ. ފުރަތަމަވެސް ފަރާތް ފަރާތަށް ނަޒަރު ހިންގާލީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ފެނޭތޯއެވެ.

” އާޝާ…އާޝާ…” އަހަރެންގެ ނަމުން މީހަކު ގޮވާލުމާއިއެކު ފަހަތަށް އެނބުރެލީމެވެ. ކުރިމަތީ ހުރީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ހުދު ޔުނީފޯރމްއާއި އެކު ކަޅު ތިރި އެއްލާފައި ހުރި މާޔާގެ އިސްތަށިގަނޑަށް ހަދާފައި ހުރި ރީތި ގޮތުގެ ސަބަބުން މާޔާގެ ރީތިކަން އިތުރަށް ފާޅުވެއެވެ. ނަމަވެސް އެއާ ހިލާފަށް އަހަރެންގެ އިސްތަށިގަނޑު ދޫކޮށް އައްސާލުމަށްފަހު އެއްފަރާތުގައި ހުރި އިސްތަށިކޮޅުން މޫނުގެ އެއްފަޅި ފޮރުވޭނެހެން ބެހައްޓާފައިވަނީ މީހުންގެ ލޯތަކުން ސަލާމަތް ވުމަށެވެ.

” ސާބަސް އާޝާއަށް.. އަހަރެން އެވަރަށް ކިޔާ އިރުވެސް ތި މޫނު މަތިން ތި އިސްތަށިތައް އެއްފަރާތް ކުރާކަށް ނުވިސްނަން ދޯ!!!” މާޔާ ހިތްހަމަނުޖެހި ހުރެ ވާހަކަ ދައްކަންފެށިއެވެ.

ތެދެކެވެ، އެއީ މާޔާ އަބަދުވެސް އަހަރެން ކައިރީ ދައްކާ ވާހަކައެވެ. ނަމަވެސް އަހަރެން މީހުންނާ ކުރިމަތިލާން ފަސްޖެހޭ ވަރުން މީހުންގެ، ނަޒަރުން ސަލާމަތް ވުމަށް މިއީ އަހަރެން ގެންގުޅޭ އުކުޅެކެވެ. މާޔާގެ ވާހަކަ އަށް ރައްދު ދިނުމުގެ ބަދަލުގައި ހިނިތުން ވުމަށްފަހު އަހަރެން އިސްދަށަށް ޖަހައިގެން ހިނގައިގަތީ  ކުލާހަށް ދިއުމަށެވެ.

ކުއްލިއަކަށް މީހަކު ގައިގައި ޖެހިފައި އަހަރެން އަތުގައި ހުރި ފޮތްތައް ބިންމައްޗަށް ވެއްޓުމުން ބަލާލިއިރު ކުރިމަތީ އެހުރީ ދެވަނަ އެހެން މީހެއް ނޫނެވެ. އެއީ މުޅި ސުކޫލަށްވެސް މަޝްހޫރު ކައިޒާން އެވެ. އޭނަގެ ދެފަރާތުގައި އޭނަގެ އެންމެ ގާތް ދެ އެކުވެރިން ކަމަށްވާ ފަރޫން އާއި ލުހާން ތިއްބެވެ. އެވަގުތު ކޮޅު އަހަރެންނަށް ކައިޒާންގެ ލޮލަށް ބަލާލެވުނީ އޭނަވެސް އަހަރެންނާއި ދިމާއަށް ބަލަން ހުއްޓައެވެ. އަވަސް ހަރަކާތަކާއިއެކު އަހަރެން ފޮތްތަށް ނަގަން ފެށީމެވެ. ކައިޒާންވެސް އަހަރެންގެ ފޮތްތައް ނެގުމަށް އެހީތެރިވިއެވެ. އޭނަ ސޮރީ ބުނެ ބުނެ ހުއްޓާ އަހަރެން މާޔާގެ އަތުގައި ހިފާ ބާރަށް ހިނގައިގަތީމެވެ. ކައިޒާން އަކީ 11ބީ ކުލާހުގައި އުޅޭ ކުއްޖަކަށް ވުމުން އަހަރެންނަށް އޭނަ ފެނެއެވެ. ނަމަވެސް އެހާ މަޝްހޫރު ކުއްޖަކަށް އަހަރެން ކަހަލަ މީހުންގެ ތެރެއިން ނުފެންނަ ކުއްޖެއްގެ ނަންވެސް ނޭނގޭނޭ އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ.

އިންޓަވަލް ގަޑި ޖެހުމާއި އެކު ކުދިންތައް ކުލާސްތަކުން ނިކުމެ މުޅި ސުކޫލުތެރެއިން އިވެނީ ކުދިންގެ ހުނުމުގެ އަޑެވެ.

” އާޝާ މިއަދުވެސް ކެންޓީނަށް ނުދާންތަ ތި އިންނަނީ؟” ކުލާހުގައި އަހަރެންނާއި މާޔާ އެކަނިވުމުން މާޔާ އަހާލިއެވެ.

” ޔާ.. އަހަރެން ނުދާނަން.. މާޔާ ދޭ.” އަހަރެން އެހެން ބުނުމާއިއެކު މާޔާ ދެރަވެ ހުރެ އަހަރެންނާއި ދިމާއަށް ބަލާލުމަށްފަހު ދިޔައެވެ.

އޭނަ އެތައް ދުވަހަކު އަހަރެންނަށް ކާންދޭން މަސައްކަތް ކުރެއެވެ. ނަމަވެސް އަހަރެން ނުކާނަމޭ ބުނެ ގޮތުގައި ހިފަހައްޓާތީ އަހަރެން ކައިރީ އާދޭސް ކުރާކަށް ނޫޅެއެވެ. އަހަރެން ނުކަނީ ބަނޑުހައި ނުވާތީއެއް ނޫނެވެ. އަހަރެންގެ މަންމައަށް ލިބޭ އެއްޗަކުން ދެކޮޅު ނުޖެހިގެން އުޅޭތީ  އިންޓަވަލް ގަޑީ އަހަރެން ކާން ބޭނުންނުވާ ކަމަށް މަންމަ ކައިރި ބުނެ ދޮގުހަދާފައި ނުކަނީއެވެ. އަހަރެންގެ މަންމަ އަކީ އަ.އި.ޖީ.އެމް.އެޗް ގައި މަސައްކަތް ކުރާ ހީވާގީ ނަރުހެކެވެ. ނަމަވެސް ގޭގެ ކުލި ދެއްކުމަށް ފަހު މަންމަ އަށް ލިބޭ މުސާރާއިން ދެ އިރު ކެވޭ ވަރު ވަނީ ކިރިޔާއެވެ.އެހެންކަމުން މަންމަ އަށް އެހީވުމަށްޓަކައި އަހަރެން ވަޒީފާއެއް ހޯދުމަށް ނިންމީމެވެ.

ހިޔާލު ތަކުން ދުރުވުމަށްޓަކައި އާދައިގެ މަތިން އަހަރެން އިންޓަވަލް ގަޑީގައި ކުރާ މަސައްކަތް ފަށަން ދަބަސް ތެރެއިން ފޮތެއް ހޯދަން ފެށީމެވެ. ނަމަވެސް އެފޮތް ފެންނާކަށް ނެތެވެ. މޭޒުގެ ވަތްގަނޑުތެރޭގައި ހުރި ހުރިހާ ފޮތެއް ނަގާ ބެލި އިރުވެސް އެ ފޮތެއް ނުފެނުނެވެ. އެއީ އަހަރެން އެއްވެސް މީހަކަށް ނުދައްކާ ފޮރުވައިގެން ގެންގުޅޭ ފޮތެކެވެ.އެވަގުތު  އަހަރެންގެ ހިތަށް އެރި އެއްޗަކުން ގޮނޑިން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ.

ނުނިމޭ

Comments (14)

  1. Mai

    Me first dho v reethi mi part ves love you

    1. Park ji seok
      Mai

      Yeah you are the first one to comment to my very first story .. love you too mai❤️

  2. Elai

    I think mi part v kuru kanneynge dhw v reethi story when next part

    1. Park ji seok
      Elai

      That’s because its my first time. But next time i will try to make it longer than this. And thankyou so much ❤️ Elai

  3. S

    When next part
    Hyvany reethi vaane hn

    1. Park ji seok
      S

      Thankyou maybe tomorrow next part ? S

  4. Sana

    Heevanee reethi vaane hen me part and varah kuru me part hope next part kuru nuvaane kamah best of luck ?

    1. Park ji seok
      Sana

      Yeah i know kuru kan but first time v ma ehn vany. But dhigu kureveytho try kuraanan . Thankyou so much sana ?

  5. sha

    v salhi.. when next part

    1. Park ji seok
      sha

      Thankyou sha next part tomorrow maybe ❤️Sha

  6. Pinky shifoo

    Heevey varah reethivaanehenn… Waiting for next part.. ??

    1. Park ji seok
      Pinky shifoo

      Thaankyou shifoo ?

  7. އާޒިމް

    ދެންލިޔާ، ވާހަކަ އެއްގައި ދިވެހިބަހުގެ ޤަވާއިދައް އިސްކަން ދޭނިކަމަށް، އުއްމީދު ކުރަން!

  8. Angel

    Wow v sali …when next ??part…

Comments are closed.