“ވަރަށް ބޭނުން ލީން…” ޔުއާން މަޑުމަޑުން ބުނެލިއެވެ. އެ ބަހަކީ މައިލީން އަށް އޭނާގެ މާޒީ ސިފަވާނޭ ބަހެއްކަން އެނގިހުރެއެވެ. ދެން ކުއްލިއަކަށް އޭނާގެ ރާގު ބަދަލް ވިއެވެ. ” އަހަރެން އެކަމަކު މައިލީން އެއް ބޭނުމެއްނޫން. ތީ އަންހެނުން ގެ ވައްތަރު ނޫން. ތި މައިލީން ގެ ވައްތަރު… ލަދެއް ހަޔާތެއްނެތް މީހަކަށް ވީމަ ވާނީވެސް ތިހެން” މައިލީން ގެ ކަންފަތް ބުޑުގައި ޔުއާން އެންމެ ފަހު ފަހަރަށްވެސް ވަރުގަދަ ބަސްތަކެއް އިއްވައިލައިފިއެވެ.
މައިލީން ޔުއާން ގެ އަތުން ވީއްލިގަނެގެން ދިޔައެވެ. އޭނާ ގޮސް ފާހާނާ ތެރޭގައި ރުއެވެ. ދެލޯ ދުޅަވަންދެން ކަރުނަ ބެއިލިއެވެ. ހިތުގައި ޖެހިފައިވަނީ ދުވަހަކު ދެރަނުވާވަރަށް ހެން ހީވެއެވެ.
އޭނާ ހަމަޖެހިލައިގެން ފާހަނާއިން ނުކުތް އިރު ޔުއާން ކައުންޓަރ ކައިރިގައި ހުއްޓެވެ. މައިލީން ހިތްވަރު ކޮއްފައި ޔުއާން އަށް ބަލައިލިއެވެ. ޔުއާން ރަސްމީ ނޫން ގޮތެއްގައި މައިލީން އަށް ފެނުނު ފުރަތަމަ ފަހަރެވެ. ހިތްގައިމު ގޮތެއް ޔުއާން ގެ ގައިގައި ހުއްޓެވެ. އެހެން ނަމަވެސް އެކަމުން މައިލީން އަށް ހިންހަމަ ޖެހުމެއް ނުލިބުނެވެ. ލިބުނީ އިތުރު ހިތް ދަތި ކަމާ ވޭނެވެ.
“ޔުއާން ތިއުޅެނީ އަހަރެންނަށް މިތަނުގައި އުޅުމަށް ދަތި ކުރަންތަ؟” މައިލީން އަހައިލިއެވެ. މައިލީން ގެ ހިތްވަރުން ޔުއާންވެސް ބައެއްފަހަރު ހާސްކުރުވައެވެ. އޭނާ އެހާ ހިތްވަރު އެ ނެރެނީ ކޮންތާކުންބާއޭ ވެސް ހިތަށް އަރަނީ އެންމެ ފަހަރަކު ނޫނެވެ. އޭނާ ބޭނުންވަނީ މައިލީން ދެރަކޮއްލާށެވެ. އެކަން ކާމިޔާބި ވޭމޭވެސް ވެއެވެ. އެހެންނަމަވެސް އޭނާގެ ހިތަށް ހިންހަމަ ޖެހުމެއް ނުލިބެއެވެ.
އޭނާ ދެރަކޮއްލާ ވަރަށް ވުރެ ބޮޑަށް އެއަށްވުރެ ބާރުލާފައި މައިލީން ތެދުވަނީ ކިހިނެތްހެއްޔެވެ؟. ހަލާކުވެފައިވާ އެ ހިތުގައި އަތް އަޅާފައި ދިރިއުޅުމާ ކުރިމަތިލަނީ ކިހިނެއްހެއްޔެވެ؟.
ޔުއާން އިރުކޮޅަކު އެތާ ހުރެލާފައި ދިޔައިއެވެ. އެރޭގެ ބާކީ އޮތް ވަގުތުތަކުގައި ޔުއާން ގެ އެއްވެސް އުނދަގުލެއް މައިލީން އަކަށް ނުޖެހުނެވެ.
ޖެހިގެން އައީ ހުކުރުދުވަސްކަމުން މައިލީން ވެސް ޑިއުޓީ ނިންމާފައި ދިޔަ ގޮތަށް ނިދުނީއެވެ. ޔަޝްމް ވެސް އޮތީ ނިދާފައެވެ. ޝާލީން އާއި އާރާވެސް ނުތެދުވެއެވެ.
އާރާ ނިދާފައި އޮއްވާ އޭނާއަށް ފޯން ކޯލެއް އައެވެ.
“ހަލޯ” ނިދި އަޑުން އާރާ ބުނެލިއެވެ.
“އާރާތޯ؟ ކީ ހޯލްޑާސް އޮފީހުން” އެކޮޅުން އިވުނު އަޑަކީ އާއިކް ގެ އަޑު ކަމާމެދު އޭނާއަށް ޝައްކުވިއެވެ. އަވަސް އަވަހަށް ތެދުވެލަމުން އޭނާ ވާހަކަ ދެއްކިއެވެ.
“އަޅުގަނޑުމެން އެބަ ބޭނުންވޭ މިކޮޅު އިތުރު ގަޑީގައި މިއަދު ވޯކްކޮއްލަން ދުރުވެވޭނެތޯ” އާއިކް ވާހަކަ ދެއްކިއެވެ.
“އާދެ. އަޅުގަނޑު ގޮސްލާނަން. ކިހާއިރަކައްތޯ” އާރާ އަހައިލިއެވެ.
“ހެނދުނު ނުވައެއްޖަހާއިރު ދުރުވަންވީނޫންތޯ؟ މެންދުރަށް އެއްގަޑިއިރުގެ ގެ ބްރޭކެއް ލިބޭނެ” އާއިކް ބުނެލިއެވެ.
މައިލީން އަށް ހޭލެވުނީ އާރާ ދޮރުގައި ތަޅައިގަތުމުންނެވެ.
މައިލީން ދޮރު ހުޅުވީ ނިދިމޫނަކާއިގެންނެވެ.
“އިލީ ދޮންތަ ކައިރީގައިބުނައްޗޭ އޮފީހަށް ދާން ޖެހުމުން ދިޔައިއްޔޭ. ތަޅަތަޅާ ދޮރެއް ނުހުޅުވާ… މާގަދަ އަށް ނިދީ ކަންނޭގެ ދޯ ވަރުބަލިވީވަރުން ހެހެހެ” އާރާ އެހެން ބުނަމުން ހީގަތެވެ. މައިލީން އަށް ވެސް ހެވުނެވެ. އާރާ އަށް ޖަވާބު ދިނުމަށްފަހު އޭނާ އަނެއްކާވެސް ނިދަން ދިޔައިއެވެ. މައިލީން އަށް ކުޑަކޮއް ނިދުނުތަނާހެން ޔަޝްމް ހޭލައިގެން އުނދަގޫކުރަން ފެށިއެވެ. އެހެންކަމުން އޭނާ ތެދުވެގެން ގޮސް ޔަޝްމް އަށް އޮމްލެޓް އަކާއި ކިރުތައްޓެއް ހަދައިދިނެވެ.
މައިލީން ގޮނޑީގައި ބައިންދާފައި އެ ދޭން އުޅެނިކޮއް ދޮންތަ ކޮޓަރި ހުޅުވާފައި ނިކުތެވެ.
“އާރާ އާރާ…” ޝާލީން އާރާގެ ކޮޓަރީގައ ޓަކި ޖަހަމުން ގޮވައިލިއެވެ.
“އޯހް… ދޮންތާ އާރާ އޮފީހުގަ ކޮންމެވެސް ކަމެއް ދިމާވެގެން ގޮސްވީ… މީ ބިޒީ ދުވަސްކޮޅެއްނު” މައިލީން ގެ އަޑު އިވުމާއެކު ޝާލީން މައިލީން އަށް ބަލައިލިއެވެ. އޭނާއަށް މައިލީން ގެ މޫނުމަތިން ވަރުބަލިކަމުގެ އަސަރު ފެނުނެވެ. އަދި ލޮލުގައި ކުޑަ ދުޅަކަމެއް ހުރިހެންވެސް ހީވެއެވެ. އެހެންނަމަވެސް އެވާހަކަ ދައްކަން އޭނާ ގަސްތުނުކުރީ އެއީ ރަނގަޅަށް ނުނިދޭތީ ވީ ގޮތެއްކަމަށް ހީކޮށެވެ.
“މައި… ދޭ އިހަށް ނިދާލަން. ދޮންތަ ޔަޝްމް އަށް ކާންދީފާނަން. މިއަދު ސްޕެގެޓީ ދޯ ހަދާނީ… ތަންކޮޅެއް ފަސޭހަ އެއްޗެއް ހަދާލާނީ އޯކޭ މައި އެއްވެސް ކަމެއްނުކުރިޔަސް ނިދަލާފަ ރެސްޓް ކޮއްލާ… ދީ ތި އެއްޗެހި” މައިލީން އަތުގައި ހުރި ކިރުތަށީގައި ހިފަމުން ޝާލީން ވާހަކަ ދެއްކިއެވެ. މައިލީން ވެސް ޝާލީން އާއި ޔަޝްމް ހަވާލުކޮއްފައި ކޮޓަރިއަށް ދިޔައީ ނިދާލުމުގެ ގަސްތުގައެވެ.
“އާއިކް… ދޮންބެ ކޮބާ… ދޮންބެ ގާތުވެސް ބުނޭ ހުކުރާށް ދާންވާނޭ” ހުކުރަށް ދާން ނުކުތް އައިކަލް އާއިކް އަށް ބުނެލިއެވެ.
އައިކަލް ގެ ފުރަތަމަ ދޮށީދަރިފުޅު ޔުއާން ލިބުނު އިރު އޭނާއަކީވެސް ދީނީ އެހާ ކަންތައް ތަކަށް ފަރުވާ ބަހައްޓާ މީހެއްނޫނެވެ. އެ ދަރިފުޅު ބޮޑުވަމުން އައިއިރުވެސް ދީނީ ކަންތައްތަކަށް ހޭނުވިފައެއްނުވެއެވެ. އެހެންނަމަވެސް އާއިކް އެއާ ތަފާތެވެ. އޭނާގެ އަންހެނުން އާއިކް އަށް ބަނޑުބޮޑުވެ އިންއިރު ވަރަށް ބޮޑަށް ބަލިވެ ޑޮކްޓަރުން އުންމީދު ކަނޑާލާފައި ވަނިކޮއް އޭނާ ހެއްދެވިފަރާތަށް ދުއާ ދެންނެވީ އަނބިމީހާ ހެޔޮ ހާލުގައި ލެއްވުމަށެވެ. ހުރިހާ ކަމަކަށް ކުޅަދުންވަންތަ ﷲ ގެ ކުޅަދުންވަންތަ ކަމުން އަންހެނުން ރަނގަޅުވިއެވެ. ދުނިޔޭގައި އިންސާނުން އުޅެން ވަކި މަގްސަދެއްދެއްވި ކަން އައިކަލް އަށް އެހާ ހިސާބުން ފަހުމްވިއެވެ. އޭނާ ރެއާދުވާލު ކުރި ދުއާ އެކަލާގެ އިޖާބަކުރެއްވިއެވެ. އެއްވެސް ކަމަކުން އުންމީދު ކަނޑާލާކަށް ނުވާނެއެވެ.
އެފަހުން އޭނާ ދީނީ ކަންތަކަށް ފަރުވާ ބަހައްޓަން ފެށީއެވެ. އެނާގެ އަންހެނުން އޭގެ ކުރިން ކިތަންމެ ވަރަކަށް އަޅުކަންތަކަށް ސަމާލުކަން ދޭން ކީ ނަމަވެސް އުޅެންޖެހުނު ބިޒީކަމުން އޭނާއަށް ވަގުތު ނުވީއެވެ. އެކަމަކު އެއީވެސް ވަގުތު ހޯދައިގެން ކުރަން ޖެހޭ ކަމެއް ކަމަށް ވިސްނުމަށްފަހު ދުވަހަކުވެސް ނަމާދު ނުކޮށެއް ނުހުރެއެވެ.
ވަގުތުން ވަގުތަށް ނަމާދުކޮއް ޤުރްއާން ކިޔަވަން އައިކަލް ފެށިއެވެ. ވަގުތުން ވަގުތަށް ނަމާދުކޮއް ޤުރުއާން ކިޔަވަން ފެށުމުން ނަފްސަށް ލިބޭ ހިންހަމަ ޖެހުން ބަޔާން ވެސް ނުކޮއްދެވޭނެއެވެ. އައިކަލް އަށް ވެސް ވީ އެހެންނެވެ.
މައިލީން އަށް ހޭލެވުނީ ފޯން ރިންގް ވާ އަޑަށެވެ. އަރާފައިވަނީ ނުދަންނަ ނަމްބަރެކެވެ. އެހެންކަމުން އޭނާ ފޯން ނަގާކަށް ގަސްތެއްނުކުރިއެވެ. ދެވަނަ ފަހަރަށް ވެސް ގުޅުމުން އޭނާ ފޯން ނެގިއެވެ. އޭރު ގަޑިން ބާރަ ޖަހާ ބޮޑުވެއްޖެއެވެ. މިގަޑީގައި ގުޅަނީ ކާކު ބާއޭ އޭނާ ހިތަށް އެރިއެވެ. ވިސްނަން ހުރެފައި އޭނާ ފޯން ނެގިއެވެ. “ހަލޯ… އާރާ އޭ މީ… މި ގުޅީ އޮފީސް ކުއްޖެއްގެ ފޯނުން. ގެއަށް ނުދާންވާހަކަ ބުނެލަން ވެގެން މި ދަނި ރައްޓެއްސަކާ އެކީ ގަ މިތާ ކައިރީ ގެއަކަށް ދޮންތަ ކައިރީގައި ބުނެލަދޭތި… ފޯނުގަ ލާރި ނެތީމަ ގުޅާލީ. ވަރަށް ލަހުން ހެން ހީވަނީ ނިމޭނީ” އާރާ ގުޅާފައި މައިލީން އަށް ބުނެލިއެވެ.
“ދޮންތަ އަށް ގުޅިނަމަ އާރާ” މައިލީން އަށް ބުނެވުނެވެ. ނިދި ބަރުވެފައިވާވަރު އޭނާގެ އަޑުން ހާމަވެގެން ދިޔައެވެ.
“ދޮންތަ ފޯނެއް ނުނަގަޔޭ” އާރާ ބުނެލުމާއެކު މައިލީން އޯކޭ އޭ ބުނެފައި ފޯން ބޭއްވިއެވެ.
އޭނާ ދެން އަވަސްވެގަތި ދެތުވެގެން ގޮސް ޝާލީން އަށް އެހީތެރިވާށެވެ. ޔަޝްމް ބަލަމުން ގޭގެ ހުރިހާކަމެއް ކުރަން އުނދަގޫވާނެކަން މައިލީން އަށް އެނގެއެވެ.
“ޔާޒް ހުންނާނޭ އެއްޗެހި އިސްތިރިކޮއްފައި… އަލަމާރީގައި ހުންނާނެ” ޝާލީން އުނދުން ދޮށުގައި ހުރެފައި ކޮޓަރިން ނުކުތް ޝިޔާޒް ކުރި ސުވާލަށް ޖަވާބު ދިނެވެ. މައިލީން އައިސް ޝާލީން ގާތަށް ހުއްޓުނެވެ.
“އިލީ ހޭލީތަ؟” ޝާލީން ހިނިތުންވެފައި އަހައިލިއެވެ. “އޫމމމމ ދޮންތަ ގެ މީރު މީރު ޕާސްތާ” މައިލީން ނޭފަތް އެތެރެއަށް ދަމާލަމުން ބުނެލިއެވެ.
“އާރާ ގުޅި… ދޮންތަ ފޯނެއް ނުނަގަޔޯ… ބުނީ ލަހުންނޭ އާދެވޭނީ” މައިލީން ބުނެލިއެވެ. އޭނާ ސޯސްގަނޑުން ރަހަބަލައިލިއެވެ. އަދި އަތުން އިޝާރާތް ކޮއްލަމުން ހަމަ ބެސްޓް އޭ ބުނެލިއެވެ.
“ޔަޝްމް ކޮބާ ދޮންތާ؟” މައިލީން ޔަޝްމް ފެންނަން ނެތުމާއެކު އަހައިލިއެވެ. ނިދާފަ އެބައޮތް. ކާންދީފަ ބޭސްދިނީމަ ނިދައިފި” ޝާލީން ހީލިއެވެ.
“ދޮންތަ ގެ ކޮޓަރީގަތަ؟”
“އާނ. އޭނާ ބޭނުންވީ އެކޮޓަރީގައި ނިދަން”
“ދޮންތާ… ޑރ ނުޒުރަތް ގެ އެޕޮއިންޓްމެންޓެއް އަންނަ ހަފްތާއަށް ހައްދާލަން ކަމަށް މިބަލަނީ. ލާވިއާ އަށްތަ ނޫނީ ހައްދަންވީ… ހަމަ ޔަޝްމް އަބަދުވެސް ދައްކާ ޑޮކްޓަރ”
ދޮންތަ އަށް ރަނގަޅީ އޭނާއަށް ހެއްދިއްޔާ އެއީ ވެސް ހަމަ ނުލާހިކު މޮޅު ޑރ އެއް ވިއްޔަ. ދެއިރު ދެދަޅައަށް ޑޮކްޓަރުން ބަދަލު ކުރީމަ ވަރަށް އުނދަގޫވާނޭ”
“އޯކޭ މިއަދު ދާނަން އިނގޭ” މައިލީން ބުނެލިއެވެ.
މައިލީން މިއަށް ބަލައިލައްޗޭ އެބަ އަންނަން” އެހެން ބުނެފައި ކޮޓަރިއާ ދިމާލަށް ޝާލީން މިސްރާބުޖެހިއެވެ. މައިލީން ސޯސްގަނޑު ހެދުމުން ނިއްވާ ލުމަށްފަހު ޝާލީން ގެ ކޮޓަރިއާ ދިމާލަށް ދޔައީ ޔަޝްމް ގެ އަޑު އިވުނީމައެވެ.
“ދަރިފުޅޫ އާދެބަ މަންމީ ގައިގަ ބައްދައިލަން”މައިލީން ލޯބިން ބުނެލިއެވެ. ޔަޝްމް އޭނާއާ ދިމާލަށް އަންނަން ފެށުމުން މައިލީން ދެއަތް ފުޅާކޮއްލިއެވެ. އޭނާ ޔަޝްމް ތިރީގައި ބެހެއްޓުމުން މައިލީން ގާތު ކޮޓަރިއަށް ދިޔުމަށް އެދުނެވެ. އޭނާ ދާން އެނބުރުވަގުތު ކުޑަކޮއް ހުޅުވާލެވިފައިވާ ދޮރުން އޭނާގެ ދޮންތަ އާއި ދޮންތަބޭ ފެނުނެވެ.
ޝާލީން އައިސް ޝިޔާޒްގެ ގައިގައި ބައްދާލިއެވެ. ޝިއާޒް ވެސް ލޯތްބާއެކީ އޭނާގެ ދެއަތް ވަށައިލިއެވެ. އަދި ނިތަށް ބޮސްދިނެވެ.
މިތަންފެނި މައިލީން ގެ ހިތުގައި ރިއްސައިލިއެވެ. އޭނާއަށްވެސް އެފަދަ ދިރިއުޅުމެއް ލިބޭނެނަމައެވެ. ނޫނީ އެފަދަ ނަސީބެއް ދުވަހަކުވެސް އޭނާއަށް ލިބުމެއް ނެތީބާއެވެ.
ހުކުރުން ފައިބައިގެން އައިކަލް އާއެކު މިސްރާބުޖެހި އާއިކް އޭނާގެ ބައްޕަ ގާތުގަ އޭނާ ދާނީ އޮފީހަށް ކަމުގައި ބުނެލިއެވެ. މިސްކިތް ހުންނަނީ އޮފީހާ ކައިރީގައިކަމުން ފަސޭހަ ވޭނޭ ކަމުގައި އޭނާ ނިންމިއެވެ. “ދަރިފުޅު ނުކައިތަ ދަނީ” ލައްބަ ބައްޕާ ބައްޕަ ދަމުން އަޅުގަނޑު ލާފައި ދާން ވީނު. އެންޑްރޫ ބުނި ޑޮކިއުމެންޓްތައްވެސް ތައްޔާރު ކުރަން އެބަ ޖެހޭ” އާއިކް ބުނެލިއެވެ.
ދެބަފައިން ކާރަށް އެރިއެވެ.
ކެއުމުގެ ވަގުތުގައި ގޭގެ ހުރިހައިއެންމެން ބައިވެރިވިއެވެ. ހެނދުނުގެ ވަގުތުކަމުން އެކަކާވެސް އަފްޝީން އަށް ރަނގަޅަށް ވާހަކަ ދައްކައިލެވޭ ގޮތެއްނުވެއެވެ. ގިނަވަގުތު އަފްޝީން ގެ ވާހަކަ އަޑު އަހަން ތިބި އެންމެން ގެ މޫނުމަތިންވެސް ފެނިގެން ދަނީ އުފާވެރިކަމެވެ. “އަފޫ ކޮންއިރަކުތަ ފުރުން އޮތީ” އައިކަލް އަފްޝީން އަށް ބަލާލަމުން އަހައިލިއެވެ. “ދެން ސިކްސް މަންތްސް ކޮއްލާފަ ދާން ޖެހޭނީ އަޅުގަނޑު އެކަމު އަވަހަށް ވެސް ގޮސްދާނަން”އަފްޝީން ބުނެލިއެވެ.
“ބައްޕަ ބިޒީކަމުން އަދިކިރިޔާ މި ފެންނަވަރުވީ އަޅުގަނޑަށް ރޭގަވެސް ފެނުނީ މާމަ އާއި ދޮންބެ އެކަނި. އެންޑް ބައްޕާ ކޮޓަރި ވަރަށް ވަރަށް ވަރަށް ރީތި” އަފްޝީން ފުރަތަމަ ދެރަވެފައި ބުނުމަށްފަހު ފަހު ޖުމްލަ ބުނެލީ ހުރިހާ ދަތްތައް ފެންނަވަރަށް ހީލާފައެވެ. “ސޮރީ މައި ލިޓްލް ޑޯޓަރ… ބައްޕަ ހަމަބިޒީކަމުން. އެގަޑީގަ ބައްޕަ ބުނީ ކުޑޭ ކައިރީގައި ދައްޗޭ ބަލާ… އެކަމް އެންމެ ފަހު ވަގުތު ބިޒީ ވީ” އައިކަލް ބުނެލިއެވެ.
“ދަރިފުޅާ ކޮބާ ކިހިނެތްތަ ހޮސްޕިޓަލްގެ ކަންތައް” ޔުއާން އާ ދިމާލަށް ބަލާލަމުން އާއިކް ބުނެލިއެވެ.
“ބައްޕާ ހޮސްޕިޓަލް ގެ ކަންތައް ވަރަށް ރަނގަޅު ހަމަ ބަރާބަރު. އެންމެ ހިދުމަތް ރަނގަޅު ހޮސްޕިޓަލް އަށް ވާނޭކަން ޔަގީން” ޔުއާން ހީލާފައި ބުނެލިއެވެ.
“އިންޝާﷲ ބުނަން ވާނެ ދަރިފުޅާ” އައިކަލް ހިތްހެޔޮކަމާއެކު އޭނާގެ ޒުވާން ދަރިފުޅާ ދިމާލަށް ބަލައިލިއެވެ.
ތެދެކެވެ. ހުރިހާކަމެއްވެސް ވަނީ ﷲ ގެ އިރާދަފުޅުންނެވެ. އެކަލާނގެ އިރާދަކުރެއްވި ކަމެއް މެނުވީ ނުވެއެވެ.
“މިހާރު ވަރަށް ގިނަވޭ އެބަ ޕޭޝަންޓުން. ކުރީކޮޅު ނޭގޭތީ ވަރަށް މަދު” ޔުއާން ބުނެލިއެވެ.
“އެހެންތަ ދަރިފުޅާ. ކުރާ ކޮންމެކަމެއްގައިވެސް ވާނެ ހިތްވަރާ އެކު މަސައްކަތް ކުރަން” އައިކަލް ބުނެލިއެވެ.
އޮފީހަށް ވަދުނު އާއިކް ގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ކައުންޓަރ ގައި ތިބި ދެކުދިންގެ ތެރެއިން އާރާއެވެ. އެނާ ފިރިހެންވަންތަ ހިނގުމެއްގައިގޮސް ކައުންޓަރ ގައި އަތް އަޅުވާލިއެވެ. “އާރާ. ކަމް ޓް މައި ކެބިން އިން ޓެން މިނިޓްސް އައި ނީޑް ޓު ޓޯކް އެބައުޓް ދި ލާސްޓް ފައިލް ޔޫ ގޭވް މީ” އާއިކް ހިނިތުންވުމެއް ހަދިޔާކޮއްލިއެވެ.
“އާއިކް ގެ ފަހަތުން ކަހަލަ ގޮތަކަށް އާރާ ހިނގައިގަތެވެ. އާއިކް އާއެކު ލިފްޓް ތެރޭގައި ހުރިއިރުވެސް އާރާގެ ނޭފަތުގައި ހިފާލާފައިވަނީ އަރްމާނީ ސެންޓްގެ ހިތްގައިމިވަހެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ. އަދި ލޯ މަރާލެވުނެވެ.
އާއިކް އަށް މި މަންޒަރު ރީއްޗަށް ފެނުމާއެކު އޭނާ ލާނެއް ޖުމްލައެއްބުނެލިއެވެ. ވަގުތުން އާރާގެ މޫނު ރަތްވިއެވެ. އޭނާ ލަދުގަތީއެވެ. އާއިކް ލިފްޓުން ނުކުތުމާއެކު އޭނާވެސް ފަހަތުން ނުކުތެވެ. އާއިކް ގޮސް ދޮރުހުޅުވާލާފައި ވަދުނުކަމުގައިވިޔަސް އޭނާގެ އަވަސްވެފައިވާ ހިތް ހަމަ އަކަށް އަޅުވަން އާރާ މަޑުކޮއްލިއެވެ. އާއިކް ފެނުމުން ވާ ގޮތްތަކަކީ އޭނާއަށް ބާރުފޯރުވޭ އިހްސާސްތަކެއްނޫނެވެ.
ހިތުގެ ތެޅުން އަވސްވެ އާއިކް އެދޭ ހިނިތުންވުމުން އޭނާގެ ލޭ ދައުރުވާގޮތް އަވަސްވެގެންދެއެވެ.
ކެބިން އަށް ވަދެ ފަހަތް ބަލާލުމާއެކު ވެސް އާރާ ނުވަންނާތީ އޭނާ އިރުކޮޅަކު މަޑުކޮއްލުމަށްފަހު ދޮރާ ދިމާލަށް ހިނގައިގަތެވެ. ހީލަމުން ދޮރާދިމާލަށް އަލުން އޭނާ ހިނގައިގަތެވެ. އޭނާ ދޮރުހުޅުވާލުމާއެކު ދޮރުގައި ހިފައިގެން ހުރި އާ ރާ ކުރިއަށް ދިޔައެވެ. ވެއްޓެން ދިޔައިރު މަޑު ހަޅޭކެއްގެ އަޑު އަރުތެރެއިން ނުކުތެވެ. ސިއްސައިގެން ދިޔަ އާއިކް ވެސް ފަހަތަށް ކުޑަކޮއް އަރިއަޅާލިއެވެ. އެހެންނަމަވެސް އޭނާ ހަށިގަނޑު ބެލެންސްކޮއްލިއެވެ. އާރާއައިސް ޖެހުނީ އޭނާގެ ތަނަވަސް މޭމަތީގައެވެ. އެވަގުތު އެހެންކަހަލަ އިހްސާސްއެއްވެސް ދެމީހުނަށް ކުރެވިގެން ދިޔައެވެ. އާރާ ތެޅިގަތުމާއެކު އާރާގެ ދެ އަތުގައި ހިފައްޓައިގެން ހުރި އާއިކް އާއެކު ދެމީހުންވެއްޓުނެވެ. އާރާ ލޯމަރާލީ ގަތް ލަދުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.








???Me first dho v reethi mi part ves love you
Yes. Congrats mai… ThankQ. And loves more ??
Story v reethi next part when is next part waiting
Next part v haa ves avahah up kohdheynan. In Sha Allah. As i said test there v ma vaki dhuvaheh bunaakah neygey. Thankyou elai. Varah happy vey story ah thihaa inthizaar kuraathy…
Next part dhen kon irakun genesdheynee
In Sha Allah test nonna dhuvahakun up kohdheynan. Thankyou.
♥
??? Thanks sam.
Wow.. Mi part vx haadha reehchey… Varah inthizaaru kurevey vaahakaeh mee.. ☺️☺️ I’m really loving this story ??.. Waiting for next part ?? love you
Alheyyyyy Thankyou my dear pinky shifoo. I love ur comments and support ah varah bodah thanks dear. Much loves…???
Story v reethi next part avahaa up kohla dhehche
Yes anaa. Miadhu kohdheynan In Sha Allah.
V reethi mi part vx next part miyadhu up kohladhehchey
Yes Y In Sha Allah. Thihaa inthixaar kuraathy vatah ufaavey. ?
Hi mi plx vaahaka up kohdheeber v kiyaahithun mi inny
Assalaamu alaikum xaaaan. Up kuran jahsaafa inaani. Happy to see ur comments. Thankyou for the support. ??? And aneh story ga ulheni ves xaaaan kiyaa kujjekey. Hehe. ?
Aslu thnx hi mi darlin❤???
Wc dear xaaaan…?? Do keep reading the story…
waiting waiting. this story is worth waiting. but admin staffs please be fast. we are waiting for this beautiful story.
Hello Hi Mi I’m a fan for you stories.
~E@rl!eR~
Thats so sweet of u. Thankou dear. Vvv ufaavey mi story thidhey dupport ah hurihaakudhin. Mi balani tjikudhin beynun vaa gothah reethi story eh genes dheveythoa. IN SHA ALLAH. dhen in part nw innaani up vefa. ???
Konirakun tha next part up kohla dheeny waiting
VADHUNU ME FAAHAGA KOHLEVEY KUHBAHEH ISLAAHKOHLAA V REETHI VAAHAKA