“ދާނިޝް” އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް އިފްޝާ ހަބަރުހުސްވެގެން ވެއްޓުނީއެވެ. ***** ރާސިލް ސިހުނީ އައިލީޝް އައިސް ކޮޓަރިއަށް ވަނުމުންނެވެ. އޭނާ ސޯފާއިން ތެދުވެގެން އައިލީޝް ކައިރިއަށް އައިސް ހުއްޓި ބައްދާލިއެވެ. އައިލީޝް އަށް ހިނިތުންވެވުނެވެ. އޭގެ އަނެއް ދުވަހު ޒީޝާ އާއި ދާނިޝް އާއި ދެމީހުން ގޭގެ ޓެރެސްއިން ބައްދަލުކުރީ ހެދުނު ގަޑީގައެވެ. “ޒީ… މިއަދު ތިދަނީ ވަރި ސާބިތުކުރަން… އެއަށް ފަހު ޒީޝާ މާނިއުގެ ކިބައިން މިނިވަންވާނެ” ދާނިޝް ހިނިތުންވެލިއެވެ. ޒީޝާ ވެސް ދާނިޝް […]
ހަޔާ ބުނި އެއްޗަކުން ވިޝާލް ހޭން ފެށިއެވެ. އަދި ކުރިއަށްވުރެ ބޮޑަށް ހަޔާ އާއި ކައިރިވެލިއެވެ. ވިޝާލްގެ ނޭވާ ހަޔާގެ މޫނަށް އެޅެމުން ދިޔައެވެ. ވިޝާލްގެ މިހަރަކާތުން ހަޔާއަށް އިތުރަށް ހައިރާންކަން ލިބުނެވެ. އަދި އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނާ ވިޝާލްގެ އިނގިލިން ހަޔާގެ ތުންފަތުގައި ޖައްސާހުއްޓުވިއެވެ. “އަހަރެން ބުނަން ބޭނުންވާ އެއްޗެއް އަޑުއަހާލަނިކޮއް މަށަށް އޯކޭ. ” ވިޝާލް ވަރަށް މަޑުމަޑުން ހުރެ ހަޔާގެ ލޮލަށް ބަލާލަމުން ބުންނެވެ. “އޯކޭ، އެކަމަކު އަހަރެންނާއި ދުރައްޖެހިލަފާނަންތަ؟ މީހަކަށް […]
ކިޔެވުން ހުއްޓާލައިފައި ރަށު ސުކޫލުން ވަޒީފާއެއް ލިބުމުން އަޔާނީވެސް އީނާލް މެން ކައިރިއަށް ރަށަށް ބަދަލުވީ ރާނިޔާގެ މަރުގެ ސަބަބުން އެއާއިލާއަށް ލިބުނު ހިތާމަ ފޫބައްދައިދޭށެވެ. ރާނިޔާ މަރުވީ ރޫޙާނީ ކަމެއްގެ ސަބަބުން ކަމަށް އީނާލްމެސް އެންމެންވެސް ގަބޫލު ފެށީ ރާނިޔާ މަރުވިތާ މިވީ ހަފްތާ ވީއިރު އެއާއިލާއަށާ ގެއަށް ދިމާވަމުންދާ އާދަޔާޙިލާފު ކަންތައްތަކުގެ ސަބަބުންނެވެ. އިރުގެ އެންމެ ފަހުގެ ދޯދިތައް ދުނިޔެއާ އަލްވަދާޢު ކިޔެވެ. މަޢްރިބް ނަމާދުގެ ބަންގީގެ އަޑު މުޅި ރަށު ތެރޭގައި ގުގުމާލިއެވެ. ހުރިހާ ގެއެއްގެ ދޮރުތައް ލެއްޕުނެވެ. […]
މިޝްކާއަށް އަހަރެންގެ ހިތުގެ ހާލެއް ނުވެސްއެނގެއެވެ.އިނގުނެއްކަމަކު މިޝްކާ އަހަންނަށް އިންތިޒާރު ކުރީސްހެއްޔެވެ؟ ******************** “ޔާއިން” މިޝްކާގެ ލޮބުވެތި އަޑުން ގޮވާލިއެވެ. ހިތްވަރުކޮށްފައި އަހަރެން މިޝްކާއާ ދިމާއަށް ބަލާލީމެވެ! އާހް! އެ ރިީތި މޫނު އަހަންނަށް ފެނިދާނެތީވެ އެހުރީ ފޮރުވާފައެވެ. އަހަންނަށް ފެންނަން އެ ހުރީ އެ ރީތި ބޮޑު ދެލޯ އެކަންޏެވެ. މިޝްކާގެ ލޯ ހަނިވުމުން ހިނިތުންވެލީކަން އެނގުނެވެ. ބަދަލުގައި ހިނިތުންވުމެއް ދޭހާ ހިތްވަރުވެސް އަހަރެންގެ ނެތެވެ. ލޮލަށް ކަރުނަ ޖަމާވަން ފެށުމުން އިސްޖަހާލީމެވެ. އަހަރެން އަވަސް […]
“ރިމީ… އައި ލަވް ޔޫ…. ވަރަށް ބޮޑަށް…..” ރިމީޝާ އަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. އައްޔަދު އެފަދަ ފޮނިފޮނި ބަސްތައް ވަނީ ކުރިން ވެސް ބޭނުންކޮށްފައެވެ. އޭރުގައި ރިމީޝާގެ ހިތަށް އެބަސްތަކުން އުފާވެރިކަން ލިބުނަސް މިހާރު އައްޔަދު އެހެން ބުނާ އަޑު އިވުމުން ރިމީޝާ އަށް އެއްވެސް އަސަރެއް ނުކުރިއެވެ. “މިތަނުން ދޭ… އަހަރެން ނިދަންވެއްޖެ. ދަމުން ދޮރު ލައްޕާލާފައި ދާތި” އައްޔަދަށް ކުރިމަތިލާން ބޭނުންނުވާތީ ރިމީޝާ ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ. […]
ކަޅު ބަބުރެއްހެން ހުރި އެތީގެދެލޯ ހީވަނީ ރަތް އަނގުރުގަނޑެއްހެންނެވެ. ބޮލިގަ އިސްތައްޓެއްނެތްއިރު މުޅިގައިގަވެސް އެއްޗެއްނެތްފަދައެވެ. ފެނުނުބިރުވެރި ސޫރަޔާއެކު ޒޯހާގެ މޭގަނޑު އަތަށް ނައީ ކިރިޔާއެވެ. އަނގައިން ނިކުތް ތޫލިއަޑާއެކު ބާރަށް ހަޅޭލަވާގެންއިރު ޒޯހާއަށް ވަނީ ނޭވާލާން އުނދަގޫވެފައެވެ. ސިޓިންގް ރޫމްއަށް އައިސް މަޑުކޮއްލި ޖައިލަމް އާއި އައިރާ އަށް އެކީގައި ޒޯހާގެ ކޮޓަރިއާއި ދިމާއަށް ދިޔައިރު ރަޝްފާވެސް ކޮޓަރިން ނިކުތް ވަތުގައިކަމުން އެއަޑު އިވި އަވަހަށް އެދިމާއަށް ދިޔައެވެ. ދޮރުހުޅުވާލާފައި ޖައިލަމް އާއި އައިރާގެ އިތުރުން ރަޝްފާ […]
ބަދިގެ ތެރޭގައި ފިޔާ ކޮށަން ހުރި ރާނިޔާ ދިޔައީ އޭނާގެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެމުންނެވެ. ފިޔާ ކޮށައި ނިންމާފައި ތަށްޓަކަށް އެ ފިޔާ ކޮޅުތައް އޭނާ އަޅާލިއެެވެ. އެވަގުތު އޭނާގެ ފަހަތުން މީހެއްގެ ހިލަން ވީހެން ހީވިއެވެ. އާމިރާ ފަހަތް ބަލާލިއެވެ. އެއާއެކު އޭނާގެ ހިތް ނުހުއްޓުނީ ކިރިއާއެވެ. އާނއެކެވެ. ގަބޫލު ކުރަން ދަތި ނަމަވެސް ރާނިޔާ ކުރިމަތީގައި އެހެރީ މީގެ ފަސް އަހަރު ކުރިން މަރުވެފައިވާ އޭނާގެ ހަމައެކަނި ފިރިހެން […]
އަހަރެން އެ މޭގެ ތެރޭގައި އިތުރަށް ބޮނޑިވެލީމެވެ. އެ ދެއަތުގެ ހިމާޔަތުގައި މިގޮތަށް މުޅި އުމުރު ދުވަހު ހުރެވޭނެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ ** ** ކާމޭޒު ކައިރީގައި ބަހައްޓާފައިވާ ގޮނޑީގައި އިސްޖަހާލައިގެން އިންއިރު އިރުއިރުކޮޅާ އަހަންނަށް އެ މޭޒުގެ އަނެއް ފަރާތުގައި ކޮޅަށް ހުރި އަރޫންއާ ދިމާއަށް ވަށްކަޅިން ބަލާލެވެއެވެ. މުޅި އެ މާހައުލުން ވެސް އިވެމުން ދިޔައީ އޭނާ ގިރަމުން ދިޔަ ކޮފީތަށީގެ އެތެރޭގައި ސަމުސާ ޖެހިލާއިރު ކިޔައިގެން އެދާ އަޑު އެކަންޏެވެ. އަރޫން […]
އީތަން އޭނާގެ ހިޔާލުތަކުން ބޭރުވީ ރައްޔާން އައިސް އޭނާގެ ކޮނޑުގައި ޖަހާލުމުންނެވެ. ” އަނެއްކާ ދުނިޔެއަށް ދިޔައީތަ ” ރައްޔާން އަހާލިއެވެ. އީތަން ބޯޖަހާލިއެވެ. ރައްޔާން، ޕިސް ޕިސް ޖަހާލަމުން ދެފަރާތައް ބޯ ހޫރާލިއެވެ އީތަން ދިޔައީ އޭނާގެ ހިތުގައިވީ އެއްޗެއް ރައްޔާން ކުރިމަތީ ބޭރުކުރަމުންނެވެ. ރައްޔާނަކީ މުޅި އެޖެންސީއިންވެސް އީތަންގެ އެންމެ އިތުބާރުކުރެވޭ ގާތް އެކުވެރިއާއެވެ. ރައްޔާނަކީ ސަކަ މިޒާޖެއްގެ ވެރިއެކެވެ. އެހެންމީހުންގެ ވާހަކަތައް އަހައި ހިތްހަމަޖައްސައިދިނުމަށް ރައްޔާނަކީ ދެ ވަނަ އެއް ނުވާފަދަ އެކުވެރިއެކެވެ. ******************************************* މަޑު ނޫކުލައިގެ ބޮޑު ކޮޓަރިތެރޭގައި ޒަމާނީ ފަރުނީޗަރު ވަނީ […]