ކިޔެވުން ހުއްޓާލައިފައި ރަށު ސުކޫލުން ވަޒީފާއެއް ލިބުމުން އަޔާނީވެސް އީނާލް މެން ކައިރިއަށް ރަށަށް ބަދަލުވީ ރާނިޔާގެ މަރުގެ ސަބަބުން އެއާއިލާއަށް ލިބުނު ހިތާމަ ފޫބައްދައިދޭށެވެ. ރާނިޔާ މަރުވީ ރޫޙާނީ ކަމެއްގެ ސަބަބުން ކަމަށް އީނާލްމެސް އެންމެންވެސް ގަބޫލު ފެށީ ރާނިޔާ މަރުވިތާ މިވީ ހަފްތާ ވީއިރު އެއާއިލާއަށާ ގެއަށް ދިމާވަމުންދާ އާދަޔާޙިލާފު ކަންތައްތަކުގެ ސަބަބުންނެވެ. އިރުގެ އެންމެ ފަހުގެ ދޯދިތައް ދުނިޔެއާ އަލްވަދާޢު ކިޔެވެ. މަޢްރިބް ނަމާދުގެ ބަންގީގެ އަޑު މުޅި ރަށު ތެރޭގައި ގުގުމާލިއެވެ. ހުރިހާ ގެއެއްގެ ދޮރުތައް ލެއްޕުނެވެ. […]
ބަދިގެ ތެރޭގައި ފިޔާ ކޮށަން ހުރި ރާނިޔާ ދިޔައީ އޭނާގެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެމުންނެވެ. ފިޔާ ކޮށައި ނިންމާފައި ތަށްޓަކަށް އެ ފިޔާ ކޮޅުތައް އޭނާ އަޅާލިއެެވެ. އެވަގުތު އޭނާގެ ފަހަތުން މީހެއްގެ ހިލަން ވީހެން ހީވިއެވެ. އާމިރާ ފަހަތް ބަލާލިއެވެ. އެއާއެކު އޭނާގެ ހިތް ނުހުއްޓުނީ ކިރިއާއެވެ. އާނއެކެވެ. ގަބޫލު ކުރަން ދަތި ނަމަވެސް ރާނިޔާ ކުރިމަތީގައި އެހެރީ މީގެ ފަސް އަހަރު ކުރިން މަރުވެފައިވާ އޭނާގެ ހަމައެކަނި ފިރިހެން […]
އީތަން އޭނާގެ ހިޔާލުތަކުން ބޭރުވީ ރައްޔާން އައިސް އޭނާގެ ކޮނޑުގައި ޖަހާލުމުންނެވެ. ” އަނެއްކާ ދުނިޔެއަށް ދިޔައީތަ ” ރައްޔާން އަހާލިއެވެ. އީތަން ބޯޖަހާލިއެވެ. ރައްޔާން، ޕިސް ޕިސް ޖަހާލަމުން ދެފަރާތައް ބޯ ހޫރާލިއެވެ އީތަން ދިޔައީ އޭނާގެ ހިތުގައިވީ އެއްޗެއް ރައްޔާން ކުރިމަތީ ބޭރުކުރަމުންނެވެ. ރައްޔާނަކީ މުޅި އެޖެންސީއިންވެސް އީތަންގެ އެންމެ އިތުބާރުކުރެވޭ ގާތް އެކުވެރިއާއެވެ. ރައްޔާނަކީ ސަކަ މިޒާޖެއްގެ ވެރިއެކެވެ. އެހެންމީހުންގެ ވާހަކަތައް އަހައި ހިތްހަމަޖައްސައިދިނުމަށް ރައްޔާނަކީ ދެ ވަނަ އެއް ނުވާފަދަ އެކުވެރިއެކެވެ. ******************************************* މަޑު ނޫކުލައިގެ ބޮޑު ކޮޓަރިތެރޭގައި ޒަމާނީ ފަރުނީޗަރު ވަނީ […]
މިއީ މިހާރު އޭނާ ދިރިއުޅެމުން އަންނަ ދުނިޔެއެވެ. އޭނާ އަދިވެސް މީގެ ފަސް އަހަރު ކުރިން ސޯޅަ އޭޕްރީލްގައި މަރުވާން އުޅެނިކޮށް ޖިންނިންތަކެއް އޭނާ ސަލާމާތްކުރި ހަނދާންވިއެވެ. އެއާއެކު މާޒީގެ ސަފުހާއެއް ހުޅުވާލާ ފަދައިން އޭނާގެ ހިޔާލަށް އެދުވަސް ސިފަވެގެން ދިޔައެވެ. ******************************************** އަޔާނީގެ އުނގުތެރޭގައި އޮވެ ފުންނޭވާތަކެއް ލަމުން އީތަން އެއީ އޭނާގެ އެންމެ ފަހު ވަގުތު ކޮޅު ކަމަށް ހީކޮށް ހިތާހިތުން ޝަހާދަތް ކިޔާލިއެވެ. އަދި އެންމެ ފަހު ފަހަރަށް އަޔާނީގެ މައުސޫމު މޫނަށް […]
ދުވަސްތައް ތައް އޭގެ ބާރުމިނުގައި ފާއިތުވަމުން ދިޔައެވެ. މާޒީގެ ސަފުހާތަކަކަށް ވަމުންނެވެ. މާޒީގެ ސަފުހާތަކަކަށް ވަމުންނެވެ. އާމިރާ މަރުވިތާ މިހާރު އަހަރެއްވީއެވެ. އެހެންނަމަވެސް އޭނާގެ ފަނޑުވުމެެއްނެތް ހަނދާންތައް އެތަށް ބަޔެއްގެ ހިތުގައި ވިއެވެ. މިއަދަކީ ސޯޅަ އޭޕްރީލެއެވެ. މާ ވިއްކާ ފިހާރައްކުން ނިކުމެގެން އައި އީތަންގެ އަތުގައި ފިނިފެންމަލެއް އޮތެވެ. ފިހާރައިން ނިކުމެ އޭނާ މިސްރާބު ޖެހީ މަގުމަތީގައި ހުރި ޖޯއްޔެއްގައި އިށީނދެގެން އިން އަޔާނީއާ ދިމާލަށެވެ. އާނއެކެވެ. އީތަން އެދަނީ އޭނާގެ ހިތުގެ އަޑު އަޔާނީއަށް އިއްވާލަދޭށެވެ. ލޯބިވާވަރު ހާމަކޮށްދޭންށެވެ. މުޅި އުމުރަށް އެ އަތުތެރެއިން ހިމާޔަތް […]
އެއް މަސް ފަސް…. ” މަންމާ… ކޮބާ ޔާނީ ” ފުޓުބޯޅަ ކުޅެނިންމާފައި ދުވެފައި ގެއަށް ވަދެގެން އައި އީތަން އޭނާ މަންމަ ރާނިޔާ ކުރެން އެއްސެވެ. ” ސައިބޯން އިނީ ….އީތަންވެސް ފެންވަރައިގެން ސައިބޯން ދޭ އަވަހަށް..” ގަސްތަކަށް ފެންދިނުމުގައި އަވަދިނެތި އުޅުނު ރާނިޔާ ބުންޏެވެ. މަންމަގެ ޖަވާބު އަޑުއެހުމަށް ފަހު އީތާން ގޭތެރެއަށް މިސްރާބު ޖެހިއެވެ. ބަދިގެ މޭޒު ކައިރީ އިށީނދެގެން ރޮށްޓާއި ގަރުދިޔަ އަތުން މޮޑެގެން ކަމުން ދިޔަ އަޔާނީ އިނީ އޭނާގެ […]
މޯޅިއަކަށް ދެމެމުން ބަދިގެއާ ދިމާލަށް މިސްރާބު ޖެހީ ގޭތެރެއޮތް ހާލަތު ބަލާލުމަށްޓުކައެވެ. ބަދިގެ ދޮރުމައްޗައް އެރުމަށްފަހު އެތެރެއަށް ބޯދިއްކޮއްލީ އެއްވެސް މީހެއްގެ ހިލަމެއް ނުވުމުންނެވެ. ” މަންމާ..” މަންމަ އަށް ގޮވަމުން މަންމަގެ ކޮޓަރިއާ ދިމާލަށް އަޔާނީ ހިނގައިގަތީ ބަދިގެ ތެރެއިން މަންމަ ނުފެނުމުންނެވެ. މަަންމަ ކޮޓަރި ދޮރު ހުޅުވާލި އަޔާނީއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ތަޅުން ގަނޑު މަތީ ވެއްޓިފައި އޮތް އޭނާގެ މަންމަ އާމިރާ ފެނި މަންމަ އަށް ގޮވަންފަށައިފިއެވެ. އާމިރާގެ ފަރާތުން އެއްވެސް […]
އުޑުމަތިން އިރު އޮއްސުމުގެ ކުލަވަރު ފެންނަން ފެށިއެވެ. ގުދުރަތުގެ ފުރިހަމަކަމެވެ. ހީވަނީ މޮޅު ކުރެހުންތެރިއެއްގެ ފިއްސަކުން ފަވާފައިވާ މަންޒަރެއް ހެންނެވެ. މާގިނަ ވަގުތެއް ނުނެގިއެވެ. އިރު އޮއްސިއްޖެއެވެ. މެދު އުޑުގައި ރޭގަނޑުގެ ރާނީ ރަނިކަން ކުރަން ފެށިއެވެ. އަނދިރި ވެފައިވާ ރޭގަނޑު އަލި ކުރަމުންނެވެ. ހެންވޭރު އާޓިފިޝަލް ބީޗުން މީހުން މަދުވާން ފެށިއެވެ. ކޮންމެ މީހަކު ވެސް އެމީހެއްގެ މިސްރާބަށް ހިނގައިގަތެވެ. އަނދިރިވެފައިވާ އަތިރިމަތިން ކުޑަ ދެކުދިންގެ ހުނުމުގެ އަޑު ފިޔަވައި އިތުރު އަޑެއް ނީވެއެވެ. އަތިރިމަތީގެ […]
ވަޔާއެކު އާދަޔާ ޙިލާފު ބާރަކުން ފަޒާގެ ތެރެއައް އަރަމުން ދިޔަ އަޔާނީއަށް އެކަމުގެ ހިލަމެއްވެސް ނުވާ ކަހަލައެވެ. ލޯމެރިފައިވާ އަޔާނީ ބެހެއްޓުނީ ހަނދު މަތީގައެވެ. އެއާއެކު އޭނާގެ ފައިން ވާގިދޫވެގެން ވެއްޓުނެވެ. ހީވާ ގޮތުން އޭނާގެ ހަށިގަނޑުގައި ހުރި އާދަޔާޙިލާފު ބާރު ކެނޑުނީއެވެ. ******************************************** ” މަންމާ…ކޮބާ ޔާނީ” ފުޓުބޯޅަ ކުޅެނިންމާފައި ގެއަށް ވަދެގެން އައި އީތަން އޭނާ މަންމަ ރާނިޔާ ކުރެން އެއްސެވެ. ******************************************* ” މަންމަ އަކަށް ނޭނގޭ.. އެ މަންޖެ ގެއްލިގެން އުޅޭ ވާހަކަ […]