Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ސޫރަ 6

Ninninaal Level 1
April 21, 2018 2 Mins Read
12 Comments

އީތަން އޭނާގެ ހިޔާލުތަކުން ބޭރުވީ ރައްޔާން އައިސް އޭނާގެ ކޮނޑުގައި ޖަހާލުމުންނެވެ. ” އަނެއްކާ ދުނިޔެއަށް ދިޔައީތަ ” ރައްޔާން އަހާލިއެވެ. އީތަން ބޯޖަހާލިއެވެ. ރައްޔާން، ޕިސް ޕިސް ޖަހާލަމުން ދެފަރާތައް ބޯ ހޫރާލިއެވެ އީތަން ދިޔައީ އޭނާގެ ހިތުގައިވީ އެއްޗެއް ރައްޔާން ކުރިމަތީ ބޭރުކުރަމުންނެވެ. ރައްޔާނަކީ މުޅި އެޖެންސީއިންވެސް އީތަންގެ އެންމެ އިތުބާރުކުރެވޭ ގާތް އެކުވެރިއާއެވެ. ރައްޔާނަކީ ސަކަ މިޒާޖެއްގެ ވެރިއެކެވެ. އެހެންމީހުންގެ  ވާހަކަތައް އަހައި ހިތްހަމަޖައްސައިދިނުމަށް ރައްޔާނަކީ ދެ ވަނަ އެއް ނުވާފަދަ އެކުވެރިއެކެވެ.

*******************************************

މަޑު ނޫކުލައިގެ ބޮޑު ކޮޓަރިތެރޭގައި ޒަމާނީ ފަރުނީޗަރު ވަނީ ރީތި ތަރުތީބަކަށް އަތުރާލާފައެވެ. ކޮޓަރީގެ މެދުގައި ބެހެއްޓިފައިވާ ކިންގް ސައިޒް އެނދުގައި އޮށާވެލައިގެން އޮތް ޔާއިން އޮތީ އޭނާގެ ފޯނު ސްކްރީނަށް ގެއްލިފައެވެ. ފިޔާތޮށި ކުލައިގެ ތުންފަތަކާ ބޮޑު ލޮލަކާއީ ދިގު އެސްފިޔަތަކެއްގެ ވެރި އެ އަންހެން ކުއްޖާގެ ފޮޓާ ގަނޑުގައި އޭނާ ފިރުމާލިއެވެ.

އަޔާނީގެ މައުސޫމު ސޫރަ ފެންނަމުން ދިޔަ ފޮޓާގަނޑައް ބަަލަހައްޓައިގެން އޮތް ޔާއިންގެ ސިކުނޑީގައި ތަފާތު ހިޔާލުތައް އެނބުރެމުން ދިޔައެވެ. އޭނާ ވިސްނަމުން ދިޔައީ އަޔާނީއާއި އީތަން ދުރުކޮރެވޭނޭ ގޮތަކާ މެދުގައެވެ. އީތަން ދުނިޔެއަށް ކުރާ ދަތުރުތަކުގައި އޭނާގެ ފާރަވެރިއެއްހެން ޔާއިން މަސަތްކަތް ކުރެއެވެ. އެ ކަންތައްތަކުގެ ތެރެއިން ޔާއިންގެ ހިތުގައި އަަޔާނީގެ ސޫރަ ބިންވަޅުނެގުނެވެ. އީތަންއާ އަޔާނީގެ ދެމެދުގައި އެކަކު އަނެކަކަށްޓަކައި ވައި އިހްސާސްތައް ދިޔައީ ޔާއިންގެ ހިތުގައި ހަސަދަވެރުކަމުގެ އަލީފަން ގަނޑެއް ރޯ ކުރަމުންނެވެ.

އިރުކޮޅަކު ވިސްނަން އޮވެފައި ޔާއިން ފުންމައިގެން އެނދުން ތެދުވިީ އޭނާގެ ސިކުނޑިއަށް ރަނގަޅު ހިޔާލެއް އައުމުންނެވެ. ޔާއިން ވިސްނާލިއެވެ. އަޔާނީ މިހާރު އުޅެމުން އަންނަނީ އީތަންގެ މަންމަ ރާނިޔާއާއެކު މާލޭގައެވެ. ” އެހެންވީމަ އީތަންގެ މަންމަ މަރާލައި ފިއްޔާ އަޔާނީ ހާސިލްކުރަން ފަސޭަހަވާނެ… ” ނުބައި ވަސްވާސްތަކުން ޔާއިންގެ ސިކުނޑި ފުރިގެން ދިޔައެވެ. އީތަންގެ މަންމަ މަރާލުމުން މުޅި ދުނިޔޭގަވެސް އަޔާނީއަށް އަޅާލާނެ މީހަކު ނުހުންނާނެ ކަމަށް އީތަންއަށް ވިސްނުނީ އޭނާގެ ގަމާރު ކަމުންނެވެ. ރާނިޔާ ނެތް ދުވަހަކުން ވެސް ރަށުގައިތިބި އީތަންގެ އާއިލާގެ ފަރާތުން އަޔާނީއަށް ހިމާޔަތް ލިބޭނޭކަމެއް ޔާއިންއަކަށް ނޭގުނެވެ. ޔާއިންއަކީ އޭނާ ބޭނުންވާ އެއްޗެއް ހާސިލްކުރުމަށްޓަކައި މީހެއްގެ ފުރާނަ ދުއްވާލަންވެސް ފަސްނުޖެހޭނެ މީހެކެވެ. ޔާއިން އޭނާގެ ކޮޓަރީގެ ކަނާތްފަރާތުގައި ހުރި ޑްރެސިންގް ޓޭބަލް ކައިރީ ހުއްޓިލިއެވެ. އޭަަގައިވާ ވަތްގަނޑެއް ހުޅުވާލުމަށްފަހު އޭގެތެރެއިން ތޫނު ވަޅިއެއް ނަގައިފިއެވެ. ހަމަ އެވަތްގަނޑު ތެރެއިން ނެގި އަނގިއެއް އޭނާގެ ދެއަތައް މަހާލިއެވެ. އަނގި ލެއްވިފައިވާ އަތުން ، ތޫނު ވަޅިގައި އަތް އުނގުޅާލި އިރު އޭނާގެ ތުންފަތުގައި ނުލަފާ ހިނިތުން ވުމެއް ދުވެލިއެވެ.

**********************************************
ބަދިގޭ މޭޒު ކައިރީގައި އިށީނދެގެން ފޮތް ކިޔަން އިން އަޔާނީ ކޮނޑުގައި ކުޑަކުޑަ އަތަކުން ކޮށްޓާލިއެވެ. އަޔާނީ ފަހަތް ބަލާލިއެވެ. އީތަން ދޮންތަ އީނާލްގެ އެއްމާބަނޑު ދެކުދިން ކަމަށްވާ ކަައިލްއާއި ކައިނާ ތިބީ ހެވިފައި ސަލާމަށް އަތް ދިއްކޮށްގެންނެވެ. ” ފުރަން ދަނީތަ ” އަޔާނީ އެއިން ކޮންމެ ކުއްޖެއް މަޑު އަތްތިލައިގައި ހިފައި ސަލާންކޮށްލިއެވެ. ” ރަށަށް ދިޔައިމަ ދެން ނުހުންނާނެ… ކޮއްކޮމެން ގޮވައިގެން ހަވީރު ގަޑީގަ ބީޗައް ދާނެ  ދައްތައެއް ނުހުންނާނެ … ޔާނީ ދައްތަ ހިނގާ ކޮއްކޮ މެންނާއެއްކޮށް ރަށަށް ދާން ” ކައިނާ އޭނާގެ ތުއްތު އަޑުން ބުނެލިއެވެ. ކައިލްވެސް ކައިނާގެ  ވާހަކައަށް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ” ދައްތަ ކިޔަވާ ކޮލެޖް ކިޔަވާ ނިންމާފަ ދާނަށް ކޮއްކޮމެން ކައިރިއަށް ރަށަށް އިނގޭ.. އޭރުން ހަވީރު  ގަޑީގަ ތްރީ ކުދިން އެއްކޮށް ބީޗައްވެސް ދެވޭނެއެއްނު ދޯ..” އަޔާނީވެސް މަޑުމައިތިރި ރާގެއްގައި ލޯތްބާއެކު އެކުދިންނަށް ވިސްނައިދިނެވެ.

އެކުދިންނަށް އަޔާނީ ބުނިއެއްޗެއް ވިސްނުނީ ކަންނޭގެއެވެ. މައުސޫމު ހިނިތުންވުމެއް ރައްދު ކޮށްލަމުން ، މާމައާ ސަލާން ކުރަންށޭ ބުނަމުން ބަދިގެއާ ދިމާލަށް ދުއްވައިގަތެވެ. އަޔާނީ ދެފަރާތައް ބޯ ހޫރާލިއެވެ. ފޮށި ތަންމަތި ހިފައިގެން ކޮޓަރިން ނިކުތް އީނާލްއާ އޭނާގެ ފިރިމީހާ އާރިފްއާ ސަލާން ގަލާންް ކޮށްލަމުން އަޔާނީ އޭނާ ކިޔަވަންއިން ފޮތު ކިޔުމައިގެން މަސްއޫލުވިއެވެ.
އެކު ބަދިގެ ތެރޭގައި ފިޔާ ކޮށަން ހުރިރާނިޔާ ދިޔައީ އޭނާގެ ލޮލުން އަންނަމުން ދިޔަ ފެން އަތުގެ ނުފުށުން ފޮހެމުންނެވެ. ފިޔާ ކޮށާ ނިންމާލަމުން ތައްޓަކަށް އެ ފިޔާ ކޮޅުތައް އޭނާ އަޅާލިއެވެ.  އެވަގުތު އޭނާގެ ފަހަތުން މީހެއްގެ ހިލަމެއްވީހެން ހެން ހީވިއެވެ. އާމިރާ ފަހަތް ބަލާލިއެވެ. އެއާއެކު އޭނާގެ ހިތް ނުހުށްޓުނީ ކިރިއާއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ninninaal

Level 1

a girl who loves reading and writing stories . i have been writing stories for a long time . and i thought writing stories in a site like this would be a great way to show you all my talent. please point out my mistakes for me so i could improve. your support can be the the best path to my success. - Ninninaal-

Other Articles

Previous

މުދައްރިސް

Next

އަނދިރިފަރާތް 36

Next
April 21, 2018

އަނދިރިފަރާތް 36

Previews
April 21, 2018

މުދައްރިސް

12 Comments!

  1. aakko says:
    April 21, 2018 at 5:14 pm

    good

  2. mishy says:
    April 21, 2018 at 5:55 pm

    Alheyyy…. vrh vrh reethi…. kokkii yuh r awesome…. nxt prt whn? Curiously waitn nghh… luv yuh…♥♥♥♥

  3. Hawwi says:
    April 21, 2018 at 5:56 pm

    Vaahaka v reethi keep it up dhoonyaa.. Bt thankolheh kuruingey.. and nimen in dheperegraph ga vaanuvaaeh neyngun .. btw avahah up kohladhehcha next part

    1. insha says:
      April 22, 2018 at 2:09 pm

      2 paragraph the re in 1st one ga e dhekkee geyga ulhey meehunnah salaan kohffa ge in nikunna vaahaka and 2 vana paragraph ga ebunanee badheegeygaa fiyaakoshan raaniya huttaa yaain ethan ge sifaiga anna vaahaka….then raaniya got a sudden shock

  4. Nafoo says:
    April 21, 2018 at 5:59 pm

    Nice ..??

  5. Ninninaal says:
    April 21, 2018 at 6:33 pm

    Hello friends!!?
    Here is the 6th part of the story SOORA ☺hope you like it.? next part tommorow or I will try to submit it tonight insha allah ?
    Thank you all friends for your love and support
    Salaam
    Ninninaal-?

  6. Ninninaal says:
    April 21, 2018 at 6:34 pm

    Hello friends!!?
    Here is the 6th part of the story SOORA ☺hope you like it.? next part tommorow or I will try to submit it tonight insha allah ?
    Thank you all friends for your love and support
    Salaam friends
    Ninninaal-?

  7. Insha says:
    April 21, 2018 at 10:26 pm

    Your story is amazing keep it up sis??

  8. blacky girl says:
    April 22, 2018 at 2:23 pm

    this is soo amazing kokkiii…..i read the earlier parts and i am guessing u are in grade 5 and u are sooooooo good at these story writing stuff

  9. maya says:
    April 22, 2018 at 2:25 pm

    this is great keep up the good work

  10. blank space says:
    April 22, 2018 at 2:27 pm

    love these…move on forward with all sweet comments love yuh

  11. zai says:
    April 22, 2018 at 10:05 pm

    My first time reading ur stories…assu ves vrh salhi…
    Ur talentd..

Comments are closed.

Next Episodeސޫރަ 7←


All Right Reserved!