Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބި ނުވިޔަސް ފިރުމާލަދީ….23

Ushaali Level 810 Stories100 Comments100 Stories500 Comments
April 22, 2018 8 Mins Read
50 Comments

 

 

“ރިމީ… އައި ލަވް ޔޫ…. ވަރަށް ބޮޑަށް…..” ރިމީޝާ އަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. އައްޔަދު އެފަދަ ފޮނިފޮނި ބަސްތައް ވަނީ ކުރިން ވެސް ބޭނުންކޮށްފައެވެ. އޭރުގައި ރިމީޝާގެ ހިތަށް އެބަސްތަކުން އުފާވެރިކަން ލިބުނަސް މިހާރު އައްޔަދު އެހެން ބުނާ އަޑު އިވުމުން ރިމީޝާ އަށް އެއްވެސް އަސަރެއް ނުކުރިއެވެ.

 

“މިތަނުން ދޭ… އަހަރެން ނިދަންވެއްޖެ. ދަމުން ދޮރު ލައްޕާލާފައި ދާތި” އައްޔަދަށް ކުރިމަތިލާން ބޭނުންނުވާތީ ރިމީޝާ ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ. ކުއްލިއަކަށް ރިމީޝާ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އޭނާގެ އަތުގައި އައްޔަދު ހިފެހެއްޓުމުންނެވެ.

“ނުދޭ… އަހަރެންނަށް މާފްކޮށްފީމޭ ބުނޭ…” އައްޔަދު ބުނެލިއެވެ.

“ދޫކޮށްލާ. ހަމަ މިހާރު މިވަގުތު މަގޭ އަތުން ދޫކޮށްލާ… ކިހިނެއްވެގެންތަ މޮޔަވެގެން ތިއުޅެނީ….” ރިމީޝާ ދަތްކުނޑި ވިކާލާފައި  އައްޔަދުގެ އަތް ތެރެއިން އޭނާގެ އަތް ދަމައިގަތެވެ. އެއަށްފަހު އަމިއްލަ ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.

“އާނ އަހަރެން މޮޔަވެއްޖެ. ރިމީއަށްޓަކައި. އަހަރެން ރިމީ ބޭނުން. ރިމީ އަހަރެންދެކެ ލޯބިވަމެއްނު. މީހަކު ދެކެ ހަގީގީ ލޯބި ވެވިިއްޖެނަމަ ޖަހާ ވަގުތު ތަދު ފިލައިގެންދާހާ ފަސޭހައިން ހިތުން ފިލައިގެން ނުދާނެ… އަހަރެން ރިމީ ކާމިޔާބު ކުރާނަން. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް… ގުޑްނައިޓް ރިމީ… ވަރަށް ލޯބިވޭ ރިމީދެކެ….” އެހުރިހާ ވާހަކައެއް އައްޔަދު ދެއްކީ ރިމީޝާގެ ކޮޓަރީ ދޮރު ކައިރީގައި ހުރެއެވެ. އެވާހަކަތައް ރިމީޝާ އަށް އަޑު އިވުުނު ވެސްމެއެވެ.

********************************

މެންދަމުގެ ހަމަ ހިމޭން ވަގުތެވެ. އެނދުގައި ނުނިދިފައި އޮތް ޝިނާން އެނދުން ތެދުވެ ހެޑްބޯޑުގައި ލެގިލިއެވެ. އައްޔަދާއި ރިމީޝާ އާއި ދެމެދުގައި ދެކެވުނު ވާހަކަތަކާއި އެވަގުތުކޮޅު ހަނދާންވެފައި ހިތަށް އުނދަގު ވަނީއެވެ. އެވަގުތު އެތެރެއަށް ވަންނަން އައި ޝިނާނަށް އައްޔަދު ކުރުކަކޫ މައްޗަށް ތިރިވެ އިންތަން ފެނުމުން ފިލީއެވެ. ރިމީޝާ އަށް ނުފެނުނުކަން ހަމަ ނަސީބެވެ. ޝިނާން ތެދުވިއެވެ. ފޯނުން ގަޑި ބަލާލިއިރު މެންދަމުން އަނބުރާ ދޭއް ޖަހަނީއެވެ. ރިމީޝާ ދުށުމަށް ހިތް އެދެންފެށިއެވެ. އެކަމަކު މިވަގުތު އެބަޔަށް ދާކަށް ހިލާ އޭނާގެ ހިތެއް އެއްބަހެއް ނުވިއެވެ. ސަބަބަކީ މިވަގުތު ރިމީޝާ ނިދަން އޮންނާނީ އޭނާގެ ފުރިހަމަ މިނިވަންކަމާއެކުގައެވެ. ރިމީޝާގެ އިތުބާރު ގެއްލޭ ފަދަ އެއްވެސް އަމަލެއް ހިންގާކަށް ޝިނާން ބޭނުމެއް ނުވިިއެވެ. އެންމެފަހަށް އޭނާގެ ހިތަށް ހަމަޖެހުމެއް ލިބޭތޯ ކޮޓަރިން ނިކުމެވެން ހުންނަ ބެލްކަންޏަށް ނިކުމެލިއެވެ. އެއްވެސް ހުރަހެއްނެތި އޭނާގެ ހަށިގަނޑުގައި ބީހިލިި ވައިރޯޅި އޭނާ އަށް މަޖުބޫރުކުރީ އަލުން ކޮޓަރިއަށް ވަދެ ގަޔަށް އެއްޗެއް ލައިގެން ނިކުތުމަށެވެ. އެތެރެއަށް ވަދެފައި ދެން ޝިނާން ނިކުތީ ޓީޝާޓެއް ލައިގެންނެވެ. ރެއިލިންގްގައި ދެއަތް އަޅުވާލުމަށްފަހު ޝިނާންގެ ނަޒަރު ސީދާކޮށްލީ ހަމަ ހިމޭންވެފައިވާ މަގުމައްޗަށެވެ. ދުއްވާ އެއްޗެހީގެ އަޑު މަދުން ނަމަވެސް އިވެމުން ދިޔައެވެ. މަގުމަތިން ހިނގާ މީހުންގެ އަދަދު އެވަގުތު ނިސްބަތުން ވަނީ ވަރަށް މަދުވެފައެވެ. އެގޭ ކުރިމައްޗަށް ވާގޮތަށް ހުރި ބޮޑު ހެދުން ވިއްކާ ފިހާރައެއް ކައިރީގައި ސެކިއުރިޓީ ގާރޑަކަށް އިން މުސްކުޅި ފުރާގެ މީހެއް ނިދިން ތާއްޔާ ޖެހެމުންދާ މަންޒަރު ޝިނާނަށް ފެނުނެވެ. އެވަގުތު އޭމީހާ އާއި މެދު އޭނަގެ ހިތުގައި ރަހްމު އުފެދުނެވެ. ފައިސާ ހޯދުމަށްޓަކައި އެމީހުން ރޭގަނޑުގެ ނިދި ނަގާލާ އެވަނީ ކިހާ ބޮޑު ގުރުބާނީއެއް ހެއްޔެވެ؟ ﷲ ގެ ރަހްމަތްފުޅުން ދިރިއުޅުން ކުރިއަށް ގެންދެވޭ ވަރަށް ޝިނާންގެ އަތުގައި ފައިސާ ހުއްޓަސް އޭނާ ވެސް މިވަނީ ރޭގަނޑުގެ ނިދިން މަހްރޫމް ވެފައެވެ. އެ މުސްކުޅި ބޭބެއާއި އޭނާގެ އޮތީ ކޮން ތަފާތެއް ހެއްޔެވެ؟ ނޫނެކެވެ. ތަފާތު އެބައޮތެވެ. އެބޭބެ ނިދި  އެގުރުބާން ކުރަނީ ފައިސާއަށްޓަކައެވެ. ނުވަތަ އެބޭބެގެ ދިރިއުޅުމުގައި ލޯތްބަކީ މުހިއްމު އެއްޗެއް ނޫނެވެ. ނަމަވެސް ޝިނާން ގެ ހަޔާތަށް ފައިސާ މުހިއްމެއް ނޫނޭވެ. އޭނާގެ ނިދި އޭނާގެ ދެލޮލާއި ވަނީ އެތައް ހާސްމޭލެއް ދުރުގައެވެ. ސަބަބަކީ ހަމައެކަނި ލޯތްބެވެ.

އެ މުސްކުޅި ބޭބެއަށް ބަލަން ގެއްލިފައި ހުރި ޝިނާން ކުއްލިއަކަށް ސިހިގެން ދިޔައީ ވަރަށް ބާރަށް ބަރުގޮނު އަޅާލި އަޑު އިވުމުންނެވެ. ކުއްލިއަކަށް ނިދިޖެހިފައި އިން ބޭބެ ހަތަރެސް ފައި ކޮޅަށް ޖެހި އިންތަނުން ތެދުވެ ދެކޮޅަށް ހިނގަންފެށިއެވެ. ސައިަލުގައި ދިޔަ ޒުވާނުންތަކެއް ހަމަ ގަސްދުގައި އެ ބޭބެއާއި އަރާ ހަމަވެފައި ޖެއްސުންކޮށްލީއެވެ. އަދުގެ ހާލަތެވެ. ދެފަރާތަށް ބޯ ހޫރާލަމުން ޝިނާންގެ ދެން ނަޒަރު ހުއްޓާލީ އުޑަށެވެ. ޖަވާހިރުކޮޅުތަކެއް ފަދައިން މުޅި އުޑުގައި ފިޔަޖަހަމުން ދިޔަ ތަރިތަކަށް ޝިނާން ސާބަސް ދިނެވެ. ވަކި ހިސާބެއްގައި ފުރިހަމަނުވެ އިން ފަޅި ހަނދު ވެސް ޝިނާންގެ ހިތާއި ކުޅެލައިފިއެވެ. ކުއްލިއަކަށް ޝިނާންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އަށް ހީވީ ހަނދު އިނީ އޭނާ އަށް ބަލަހައްޓައިގެން ހެވިފައި ހެންނެވެ. ޝިނާން އިސްޖަހާލިއެވެ. އަދި އަމިއްލަ ނަފްސަށް އިވޭ ވަރަށް ހީލިއެވެ. އޭނާ މޮޔަވީ ހެއްޔެވެ؟

“ރިމީޝާ” ޝިނާންގެ ދެތުންފަތް ދޭތެރެއިން އެނަން ބޭރުވެގެން ދިޔައެވެ. އެވަގުތު އޭނާގެ ހިތަށް އައިސް ވަނީ އެއްރެއަކު އެގޮތަށް އެކަނިން ހުރެ ރިމީޝާ ކިޔާލި ލަވައެވެ. އެލަވައިގެ ކޮންމެ ލަފްޒެއް ކޮންމެ އިހުސާސެއް ޝިނާންގެ ހަނދާނުގައި އެބަހުއްޓެވެ.

“އަނދިރި ރޭރޭ ވިދާތަރިތައް

ފެނުނީމާ ހަނދާން އާވޭ

އެކަނިވެރިކަން ފެތުރިފައިވާ

މަގޭ މި ހަޔާތް ، ބަދަލުވޭތޯ

ލޯބި ނުވިޔަސް ފިރުމާލަދީ…….. ޝިނާނަށް އަނެއްކާ ވެސް ހީލެވުނެވެ. ދެވަނަ ފަހަރަށް އައި ވައިރޯޅި ޝިނާންގެ މޫނުގައި ބީިހިލުމާއެކު އޭނާ އަށް ވީ އަރާމުން ދެލޯ މަރާލެވުނެވެ. އެވަގުތު ހީވީ ރިމީޝާގެ ހަށިގަނޑުގައި އަބަދުވެސް ހިފާފައި ހުނަން ލުއިލުއި މީރު ވަސް އެ ވައިރޯޅި އޭނާގެ ނޭފަތާއި ހަމައަށް ގެނެސްދިނީ ހެންނެވެ.

*******************************

ހަފްތާއެއްހައި ދުވަހަށް ޝިނާން ޓްރެއިނިންގ ބެޗަކާއެކު ގދ.ވާނީ އަށް ފުރުމުން ރިމީޝާ އާއި މިޝްކު މުޅިން އެކަނިވެރިވިއެވެ. ޒޯހަލް ވެސް ކާޝިފް އަށް ލިބުނު ޗުއްޓީގައި ރަށަށް ގޮސް އެނބުރި ނާންނާތީ އެ ޝަކުވާ އަބަދުހެން ޒޯހަލް އަށް ގުޅައިގެން ރިމީޝާ ކުރެއެވެ. މިވީ ދުވަސްތަކުގައި އައްޔަދުގެ އުނދަގު ވެސް އިންތިހާ އަށް ރިމީޝާ އަށް ލިބެމުން ދިޔައެވެ. އައްޔަދު ބޭނުމީ ރިމީޝާ ގެ މާފް ކަމަށް ތަކުރާރުކޮށް ބުނަމުން ދާތީ ރިމީޝާ ހުންނަނީ ކަންތައް ބޮޑުވެފައެވެ. އައްޔަދާއި ރަނގަޅަށް ވާހަކަދައްކާލުމަށް އޭނާގެ ހިތް އަބަދުމެ ގޮވަމުން ދިޔައެވެ. ޝަނުމް އާއި ޒާއިރާ އައިކު ގޮވައިގެން ރިމީޝާ އާއި ބައްދަލުކުރުމަށް އެބަޔަށް އައި ދުވަހު މަންމާއޭ ބުނެ އައިކު ރިމީޝާގެ ކައިރިން ދުރަށްނުދާން ގަދަ ދެއްކި ދުވަސް ހަނދާންވެ ރިމީޝާގެ ލޮލުން މިހާރު ވެސް ކަރުނަ ހިލުވާލައެވެ. އެކުއްޖާ އަށް ވާނުވާ އެނގި ލޯހޭނުނު ދުވަސްކޮޅުގައި މައެއްގެ ފަރާތުން ލިބުނު ލޯތްބާއި އަޅާލުން ލިބުނީ ހަމައެކަނި ރިމީޝާގެ ފަރާތުންނެވެ. ފާޅުގައި ނުބުންޏަސް ޝަނުމް ވެސް އެދެނީ އޭނާ އައްޔަދާއި ކޮންމެސް ގޮތަކަށް ގުޅުން ކަން ރިމީޝާ އަށް ޝަނުމް ދެއްކި ވާހަކަތަކުން އެނގެއެވެ. ޒާއިރާ އޭނާގެ ބޮލުގައި ފިރުމާލާ ނިތުގައި ބޮސްދިން އިރު ދެލޯ އަދިވެސް އެދެނީ ޅީ ދަރިއަކަށް ރިމީޝާ ކަން އޭނާ ދެނެގަތެވެ.

އާދައިގެ މަތިން މިޝްކު ޤުރުޢާން ކްލާހަށް ލާފައި ރިމީޝާ ގެއަށް ވަންނަން އައި ވަގުތެވެ. އެޕާރޓްމަންޓް ކުރިމަތީގައި ހުއްޓުނީ އަތުގައި އޮތް ފޯން ވައިބްރޭޓްވާން ފެށުމުންނެވެ. ފޯނަށް އަރާ އިން ‘މަންމަ’ މި ނަން ފެނުމުން ރިމީޝާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ގޭތެރެއަށް ނުވަދެ ސިޑި ކައިރީގައި ރިމީޝާ މަޑުކޮށްލީ އަލްވީރާ އާއި ކުޑަކޮށް ވާހަކަދައްކާލުމަށެވެ. އައްޔަދުގެ އެއްވެސް ވާހަކައެއް ކިޔާދޭކަށް ރިމީޝާ ބޭނުމެއްނުވިއެވެ. ފޯން ކުރުކޮށްލުމަށް ފަހު އެޕާޓްމަންޓަށް ވަދެ ދޮރު ލައްޕާލަން އުޅުނު ރިމީޝާ ސިއްސައިގެން ދިޔައީ އައި ނައި ތަނެއް ނޭނގި ކުރިމަތީގައި އައިސް ހުއްޓުނު އައްޔަދު ފެނިފައެވެ. މަޑު ފިޔާތޮށި ކުލައިގެ އަތްދިގު ގަމީހަކާއި އެކު ކަޅު ކުލައިގެ ފަޓްލޫނުގައި ހުރި އައްޔަދުގެ ތުންފަތްމަތީގައި ވަނީ ފަނޑު ހިނތުންވުމެކެވެ. އެހެން ދުވަސްތަކާއި ހިލާފަށް މިއަދު އޭނާގެ ކޮނޑާއި ހަމައަށް އަރާ އިސްތަށިގަނޑު ވަނީ ތުނިކޮށް ކޮށާލާފައެވެ.

“މެހެމާނުންނަށް ކަމޭހިތަންވާނެ” އައްޔަދު ހީލަމުން ބުނެލިއެވެ.

“ކީއްކުރަން ތިއައީ” ރިމީޝާ އަހާލިއެވެ.

“ބްރޭކަށް” އައްޔަދު ބުނެލިއެވެ.

“މީ އެންމެ ތިރި. އޮޅުނީތަ؟” ރިމީޝާ ބުނެލިއެވެ.

“ހެހެހެ…. މީ ތިރި. ތީ ރިމީ…. މީ އައްޔަދު. ރިމީގެ އަޔާ… ހެހެހެ….” އައްޔަދު ހީލުމަކާއެކު ބުނެލިއެވެ. ހިނދުކޮޅަކަށް އައްޔަދާއި ރިމީޝާގެ ކަޅި ބައްދަލުވެގެން ދިޔައެވެ. ނަޒަރު ވަކިކޮށްލީ ރިމީޝާ އެވެ.

“އައްޔަދު ބްރޭކަށް މިބަޔަށް އަންނަން ޖެހުނު ސަބަބެއް ނުވިސްނުނު” ރިމީޝާ ނުރުހުމާއެކު ބުނެލިއެވެ. ހަގީގަތުގައި ވެސް ރިމީޝާ ހުރީ އައްޔަދާއި ވާހަކަދައްކާ ސަމާސާ ކުރާހިތްވާ މޫޑެއްގައެއް ނޫނެވެ.

“އަސްލު މަށަކަށް ވެސް ނޭނގޭ… އަމް….. ފެންފޮދެއް ލިބިދާނެތަ” އައްޔަދު ދެޖީބަށް އަތް ޖަހާލަމުން ބުނެލިއެވެ.

“ކީއްވެ ނުލިބެންވީ.  މުސްލިމަކަސް ކާފަރަކަސް ފެނަށް ކީމަ ފެން ދޭންވާނެ ދޯ” ރިމީޝާ ހިނގައިގަތީ ބަދިގެ އާއި ދިމާލަށެވެ.

“ވަންނަންތަ އެތެރަށް” އައްޔަދު ރިމީޝާ އަށް އިވޭ ވަރަށް ބުނެލިއެވެ.

“ގޭގެ ވެރިންނަށް ގެއަށް ނުވަންނަން އަންގަން އަހަރެންމީ ކާކު؟” ރިމީޝާ ބުނެލިއެވެ. އައްޔަދާއި ހެދި ރިމީޝާ އަށް ހުރީ އުނދަގުވެފައެވެ. ސޯފާގައި އިން އައްޔަދަށް ފެންތަށި ނުދީ ރިމީޝާ ބެހެއްޓީ މޭޒުމަތީގައެވެ. އައްޔަދު ހީލަމުން ފެންތަށި ނަގާ އެއްކޯވަރު ބޯލިއެވެ.

“ކީއްވެ ޔުމްނުގެ ވާހަކަ ނޭންގީ ކުރިން. އެންގިނަމަ ފަހަރެއްގައި އަހަރެމެން ދެމީހުންގެ ދިރިއުޅުން މިއަދާއި ހަމައަށް ކިހާ އުފާވެރިވީސް” އައްޔަދު އަސަރާއެކު ބުނެލިއެވެ. ޔުމްނު މަތިން ހަނދާންވުމާއެކު ރިމީޝާގެ ދެލޯ ވެސް އިސާހިތަކު ފުރިގެން އައެވެ.

“ރިމީ ރޮށްވާކަށް ނޫން އަހަރެން މިވާހަކަ މިނެގީ. އެއީ މަގޭ ވެސް ދަރިއެއްދޯ. އެކުއްޖާ މިދުނިޔެއަށް އައީވެސް އަހަރެންނަށް އެނގުމަކާ ނުލައި. އަދި މިދުނިޔެ ދޫކޮށް އެދިޔައީ ވެސް ކުއްޖާގެ ބައްޕައަށް އެނގުމަކާނުލައި. އަހަރެން މީ ނަސީބެއްނެތް މީހެއް. ރިމީ އެންމެފަހަރަކު ވެސް ވިސްނާނުލަންތަ؟” އައްޔަދު ދައްކަންފެށި ވާހަކައަކުން ރިމީޝާ އަށް އުނދަގުވާން ފެށިއެވެ. އައްޔަދަށް ބަލާލީ ނަފްރަތުގެ ބެލުމަކުންނެވެ.

“ލަދެއްވެސް ނުގަނޭތަ ތިވާހަކަ ދައްކަން. އަހަރެން ހަމަ ހައިރާންވެއްޖެ. ބަލަ އަހަރެން ބަލިވެ ބައިންދާފަ ފިލައިގެން ދިޔައިރު ހިތަށް އެރިތަ މަށަކީ ފުރާފުރިހަމަވެފައި ހުރި އަންހެނެކޭ. ބަލިވެ އިނުމަކީ ގާތްކަމެކޭ. ކިހިނެއް މީހަކާ މެދުގައި ވިސްނާނީ ވެސް. އަމިއްލަ އެދުމުން ފޯވެފައި ހުރި އިންސާނެއް ތީ. އަމިއްލަ ބޯމަތީގައި ޖަނާންގެ ސިފައިގާ ބިރުވެރި ހަނޑިއެއް ބައިންދައިގެން ހުރެ އެހެންމީހުންގެ ދިރިއުޅުމާއި ކުޅުނީ. މަގޭ ދަރިއޭ މަގޭ ދަރިއޭ ކިޔަން ދެން މަގޭ ކުރިމަތީގައި އަނގަ ނުހުޅުވާތި. އެއީ މަގޭ ދަރިއެއް. ދުނިޔެއަށް ފަޟީހަތްވުމަށް އަތުކުރި އޮޅީ ވެސް އަހަރެން. ވޭނާއި ތަދާއި އުފުލީ ވެސް އަހަރެން. ދަރިފުޅު މިދުނިޔެއަށް ގެންނަން ކަށިންނެރެ ހިތްވަރުލީ ވެސް އަހަރެން. އަދި އެކުއްޖާ މިދުނިޔެ ދޫކޮށްފައި ދިޔައީމަ ވެސް އެންމެބޮޑު ހިތާމައަކާއި ތަކުލީފެއްވެސް ލިބުނީ އަހަރެންނަށް. ވީމަ އެކަހަލަ ވާހަކަތައް ތިކަހަލަ ހަޑި މުޑުދާރު ދުލަކުން ދެއްކީމަ ވަރަށް ހަޑި. ވަރަށް ވަރަށް ހަޑި………” ރިމީޝާ ހަށީފުރާ ނޭވައެއްލީ ވެސް ދުލަށް އައި ހުރިހާ އެއްޗެއް އައްޔަދާއި ދިމާލަށް ގޮވާލެވުނީމައެވެ. ޖެހި ބުދެއްހެން ކަޅިޖަހާވެސް ނުލާ އައްޔަދު އިނީ ރިމީޝާގެ މޫނަށް ބަލަހައްޓައިގެންނެވެ. ތަނަށް ހިމޭންކަން ވެރިވެފައި ވިޔަސް އައްޔަދުގެ ކަންފަތް ބުޑުން އެވާހަކަތައް ތަކުރާރުކޮށް ގުގުމަމުން އެބަދެއެވެ. ހަމަ ރަނގަޅަށް ވެސް ރިމީޝާ ދެންމެ އެދައްކައިދިނީ އޭނާގެ ފެންވަރެވެ. އޭނާ އަކީ ބޭކާރު މީހެކެވެ. ކުށެއް ކުރެވި އަދި އެކުށަށް ތައުބާވުމުން ﷲ ގެ ހަޒްރަތުގައި އެތައުބާ ގަބޫލުނުކޮށް ހުރި ހަމަ އެކަނި އިންސާނާއޭ ހިތަށް އަރަމުން ދިޔައެވެ.

ފެންހުސްކުރި ބިއްލޫރިތަށި މޭޒުމަތީގައި ބަހައްޓާފައި އައްޔަދު ތެދުވެގެން ދިޔައީ ދިފާއުގައި އެއްވެސް އެއްޗެއް ނުބުނެއެވެ. އައްޔަދު ދޮރާއި ދިމާލަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު ބަލަން ހުރި ރިމީޝާ ހިތް ކަތިލެވެމުން ދިޔައެވެ. ކިތަންމެފަހަރު ދުވެފައި ގޮސް ފަހަތުން ހިފަހައްޓާ މޭގައި މޫނު ފޮރުވާލާނަމޭ ހިތަށް އަރަމުން ދިޔައެވެ. ދެލޮލުން ފައިބާ ކަރުނަތަކަށް ހުއްޓުމެއް ނާދޭއެވެ. އައްޔަދު ދޮރުން ނިކުމެ ރިމީޝާގެ ލޯ މައްޗަށް ގެއްލުމާއެކު ހުރި ދިމާލަށް ތިރިވެވުނެވެ. އަތް އޮތީ ދޮރާއި ދިމާލަށް ދިއްކޮށްލެވިފައެވެ.

********************************

ޝިނާން އެނބުރި އައިސް އެންމެ ފުރަތަމަ ބައްދަލުކުރީ މިޝްކު އާއި ރިމީޝާ އާއެވެ. މިޝްކު އުނގަށް ލައިގެން އިނދެ އެތައް ވާހަކައެއް ދެއްކި އިރު ވެސް ބަސްމަދުވެފައި އިނީ ރިމީޝާއެވެ. ސަބަބަކީ ކޮބާކަން ޝިނާނަށް އެނގެއެވެ. ނަމަވެސް އެކަމާއި ބެހޭ ގޮތުން ރިމީޝާ އާއި އެންމެ ސުވާލެއް ވެސް ކުރާކަށް ޝިނާން ބޭނުމެއްނުވެއެވެ. ރިމީޝާ އެހެން މީހެއްދެކެ ލޯބިވާކަން އެނގި ހުރެ އެވާހަކަ ދައްކައިގެން އަމިއްލަ ހިތަށް ތަދު ކުރަން ބޭނުންނުވާތީއެވެ.

*****************************

އެޕާރޓްމަންޓަށް ވަދެގެން ދިޔަ ޝިނާން އަށް ގޭތެރެއިން މަރުހަބާ ކިއީ ނޫރާނެވެ. ޝިނާން ވެސް ލޯތްބާއެކު ނޫރާންގެ ގައިގާ ބައްދާލިއެވެ. ކޮޓަރިން ހެމުން ސަކަރާތްޖަހަމުން ނިކުތް ނޫރުލްހުދާ ، ނިބްރާސް އަދި ނޯޔާ ފެނުމުން ޝިނާން ވީ ފޫއްސެވެ. ކޮޓަރި އާއި ދިމާލަށް ހިނގައިގަތްތަނާ މަޑުޖެހުނީ ނޫރާން ގޮވާލުމުންނެވެ.

“މަންމަ ވާހަކައެއް ދައްކަން އެބައޮތް” ނޫރާން ބުނެލިއެވެ.

“މި އަންނަނީ ފެންވަރާލައިގެން” ޝިނާން ހިނގައިގަތެވެ.

“ކާން ހަދަންތަ؟ ދަރިފުޅަށް އެންމެ މީރު މާނިޔާ މަހު ގަރުދިޔަ ހުންނާނެ މިއަދު ކައްކާފަ. މަންމަ ކެއްކީ…” ނޫރާން ބުނެލިއެވެ. ޝިނާނަށް ނޫރާން ދެރަކޮށްލާކަށް ނުކެރުނެވެ. އެހެންކަމުން ބޯޖަހާލުމަށްފަހު ކޮޓަރިއަށް ވަނެވެ.

އެނބުރި ޝިނާން އައީ ނޫރާން ކާން ހަދާފައި މޭޒު ކައިރީގައި ހުއްޓައެވެ. ބާކީ ތިބި މީހުން ވާހަކައެއްގައި ސިޓިންގރޫމުގައި ތިއްބެވެ. ޝިނާން ގޮނޑި ދަމާލާފައި އިށީނުމާއެކު ނޫރާން ކާއެއްޗެހި ގާތްކޮށްދޭން ފެށިއެވެ.

“މަންމަ ވާހަކައެއް ބުނަން އުޅުނީމެއްނު” ސަމްސަލާއި އޫ ތަށި ތެރެއަށް ލަމުން ޝިނާން ބުނެލިއެވެ.

“އާނ…. އެއީ…. މަންމަ ބުނަން އުޅުނީ…. މަންމަމެން ފުރާ ދުވަސް ކައިރިވެއްޖެ. އެހެންވީމާ ދާން އެބަޖެހޭ…” ލަސްލަހުން ދައްކަން ބޭނުންވި ވާހަކަ ފެށޭތޯ ނޫރާން މަސައްކަތް ކުރަމުން ދިޔައެވެ.

“ދެން މަންމަމެން އެކަމަށް އޮތް ހުރަހަކީ ކޮބާ؟” ޝިނާން ނޫރާން އަށް ބަލާލަމުން ބުނެލިއެވެ.

“އޭގެ ކުރިން މަންމަ ނިންމަން ބޭނުންވާ ކަމެއް އެބައޮތް… އެކަން ނިންމޭނީ ދަރިފުޅަށް” ނޫރާން ބުނެލިއެވެ.

ޝިނާން ނޫރާނަށް ބަލާލިއެވެ. ހިތުގައި ސުވާލު އުފެދުނީ އެކަމެއް ނުވިސްނުމުންނެވެ.

“މަންމާ!! އަޅުގަނޑުގެ ވަޒީފާ ދޫކޮށްލާފައި އިންޑިޔާގައި ވަޒަންވެރިވާން ދެވޭކަށް އަޅުގަނޑަށް ނެތް. އަދި މިޝްކު ވެސް އެއްކޮށް ނުފޮނުވެވޭނެ. މަންމަ އަށް އެނގޭނެ އެންމެފަހުން ވެސް ރިމީޝާ އާއި ވަކިކޮށްލައިގެން ގެންދިޔުމުން އެކަމާއި މިޝްކު ހިތާމަކުރިވަރު…..” ޝިނާން މަޑުމައިތިރިކަމާއެކު ވާހަކަ ދައްކަމުން ދިޔައެވެ. ރިމީޝާގެ ނަން އިވުނު ހިނދު ނޫރާންގެ މޫނު މައްޗަށް ފޫހިކަމެއް ވެރިވެގެން ދިޔައެވެ. ނަމަވެސް އެތަނެއް ޝިނާނަށް ނުފެނެއެވެ.

“ތިއިން އެއްވެސް ކަމެއް މަންމަ ބޭނުމެއްނޫން…..” ގޮނޑި ދަމާލާފައި އިށީންނަމުން ނޫރާން ބުނެލިއެވެ.

“ދެން؟؟…..” ޝިނާން ބުނެލިއެވެ.

“މަންމަ ބޭނުމީ ދަރިފުޅުގެ ކައިވެނި. ދުވަހެއް ދުވަހަކަށް އުމުރުން ތިހިރަ ބޮޑުވަނީ… އެވެސް ވިސްނަންވެއްޖެ ކަމެއް” ނޫރާން ސީދާ އޭނާ ވާހަކަދައްކަން ބޭނުންވާ މައުލޫ އަށް ދިޔައެވެ. ޝިނާންގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ.

“މަންމަ ބޭނުންތަ އަޅުގަނޑު ކައިވެނިކުރަން” ފަނޑު ހިނިތުންވުމެއް ޝިނާންގެ ތުންފަތްމައްޗަށް ވެރިވިއެވެ. ރިމީޝާގެ ލޯބި ތަސްވީރު ހިތުން ހިނދުކޮޅަކަށް ވެސް ފިލައިގެން ނުދިޔައެވެ.

“ކިހިނެއްވީ މައްސަލައެއް އުޅެނީތަ؟” ނޫރާން އަހާލިއެވެ. ނޫރާނަށް އެނގޭ ކަހަލައެވެ. ޝިނާން އުފާ އެވަނީ ރިމީޝާގެ ނަން ބުނަން އުޅޭ ކަމަށެވެ.

“މަންމަ ބޭނުމީ ދަރިފުޅު ނޯޔާ އާއި އިންނަން. މިމަހު. ނޯޔާގެ އާއިލާ މިހާރު ތިބީ މާލޭގައި” ވަގުތުން ޝިނާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ސަމްސާ ތަށި ތެރެއަށް ދޫކޮށްލިއެވެ. ނޫރާންގެ މޫނަށް ބަލަން އިނދެވުނީ ހައިރާންކަމާއެކުގައެވެ.

ނޯޔާ އޭ… މަންމަ އަށް އެނގޭތަ ނޯޔާ އަކީ ކިހާ ފެންވަރެއްގެ ކާކުކަން” ޝިނާން އަހާލިއެވެ.

“މަންމައަށް އެނގޭ ދަރިފުޅަށް މިވަގުތު ޖަވާބެއްދޭން އުނދަގުވާނެކަން. ވިސްނާލާފައި ފަހުން ބުންޏަސް މައްސަލައެއްނެތް” ނޫރާން ބުނެލިއެވެ.

“ވިސްނަންޖެހޭނީ ކުރަން ޖެހިފައިވާ މުހިއްމު ކަންތަކާއި މެދުގަ. ހަޔާތުން ނެރެލާފައި ހުރި މީހަކު އަލުން ހަޔާތަށް ވައްދަން ވިސްނާކަށް އަޅުގަނޑު ބޭނުމެއްނޫން. އަޅުގަނޑު ނޯޔާ އާއި ނީންނާނަން. އެއީ ޖަވާބަކީ… ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫން…. އުފާވެރި ކައިވެންޏެއްގެ މަގްސަދަކީ ރަނގަޅު ދަރިފަސްކޮޅެއް އާލާކުރުން. ނޯޔާ އަޅުގަނޑަށް ދެއްކީ އޭގެ އިދިކޮޅު. ދެވަނަ ފަހަރަށް އެފުތުސަތެއް ނުދޭނަން…..” ޝިނާން އިންތަނުން ތެދުވިއެވެ. ތަށި ތެރޭގައި ބާކީ ބައި ހުސްނުވެ ހުއްޓެވެ. ނޫރާނަށް ވެސް ތެދުވެވުނެވެ. ޝިނާންގެ ފަރާތުން އަންނާނީ އެޖަވާބުކަން މާކުރިން ވެސް އޭނާ އަށް އެނގޭއެވެ. އެކަމަކު ނޯޔާގެ ފަރާތުން ރަނގަޅު ނޫން ސިފައެއް ނޫރާނަކަށް ނުފެނެއެވެ.

“މަންމައަށް އެނގޭ ދަރިފުޅު ދެކޮޅު ހެދި ސަބަބު. އެ ރިމީޝާ އާއި އިންނަން މަންމައަކަށް ރުހުމެއް ނުދެވޭނެ” ނޫރާން އިއްވާލިއެވެ.

“ހެހެހެ…  އަޅުގަނޑު ރިމީޝާ އާއި އިންނަން ކިތަންމެ ބޭނުމަސް ރިމީ ބޭނުމެއްނުވޭ އަޅުގަނޑާ އިންނާކަށް. ރިމީ މިގޭގައި ހުރީ ހަމައެކަނި މިޝްކުގެ މަންމަގެ ގޮތުގައި. އެއީ ހަގީގަތަކީ…. އަދި އެއްވާހަކަ.  މިދެމެދަށް ރިމީ ނުވެއްދިއްޔާ ރަނގަޅީ… އެއީ ރިމީ އާއި ހިލާފަށް އެންމެބަހެއް ވެސް އެއްވެސް މީހަކު ބުނާ އަޑު އަހަން އަޅުގަނޑަށް ނުރުހެވޭތީ” ފަހަތަށް އެނބުރި ހުރެ ސޯޓްގެ ޖީބަށް އަތް ޖަހާލަމުން ޝިނާން ބުނެލިއެވެ.

“ނާނު ލަދެއް ވެސް ނުގަނޭތަ! ރިމީޝާ އެއީ މީހަކާއި އިނދެ ތިންފަށުން ވަރިކޮށްފައި ހުރި އަންހެނެއް. އެކަހަލަ އަންހެނުންނަށް މުޖްތަމައު ހާއްސަ ނަޒަރަކުން ބަލާނެ. އެހެންނޫނަސް އޭނަ ނޫޅޭ ވަރަކުން ޝިނާން އުޅުމުގެ ބެނުމަކީ ކޮބާ؟” ފަހަރަކަށް ވުރެ ފަހަރެއް ނޫރާންގެ އަޑުު ވެސް ބާރު ވަމުން ދިޔައެވެ. ސިޓީންގްރޫމުގައި ތިބި މީހުންގެ ސަމާލުކަން ވެސް މިހާރު ވަނީ އެދެމައިންނަށް ހުއްޓިފައެވެ.

“އަޅުގަނޑު ހިތާއި ފުރާނައިން ލޯބިވާތީ… މަންމާ ޕްލީޒް…. މިކަންތައް އަރާރުމަކަށް ހަދަން ނޫޅޭ. މަންމަ ކުރިމަތީގައި ޒުވާބު ކުރުމަކީ އަޅުގަނޑު ފަހަރެއްގައި ވެސް ކުރާނެ ކަމެއް ނޫން. އަޅުގަނޑަކީ ބޮޑު ފިރިހެނެއް. އަޅުގަނޑުގެ ހަޔާތަށް އަޅުގަނޑު ބޭނުންނުވާ މީހަކު ގެންނަން މަންމަ ތިކުރާ މަސައްކަތް ހުއްޓާލާ…… ހެޔޮނުވާނެ” ޝިނާން ކޮޓަރީ ދޮރާއި ހަމައަށް ގޮސް އަނެއްކާ ވެސް ހުއްޓިލިއެވެ. އެނބުރި ނޫރާނަށް ބަލާލިއެވެ. ހަށަން ބަނދެލައިގެން ރުޅިން ހުރި ނޫރާން ތުން އަނބުރާލިއެވެ.

“މަންމާ!!! އަޅުގަނޑަށް އެހާ މީރުކޮށް ކާން ހަދާދިނީތީ ވަރަށް އުފާވެއްޖެ. ވަރަށް ބޮޑަށް ޝުކުރިއްޔާ” ޝިނާން ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.

“ކޮބާ ހީވޭ މަންމާ. މަންމަ ބުނީމަ އަޅުގަނޑުމެން މިތިބެނީ ދުރުގަ” ޝިނާން ކޮޓަރިއަށް ވަނުމާއެކު ނޫރުލްހުދާ ދުމެއް ޖަހާފައި އައިސް ނޫރާންގެ އަތުގައި ހިފާ ތަޅުވައިގަތެވެ.

“އަޅެ މަންމާ!! ދެން ކިހިނެއް ހަދާނީ….. އަދި ވާހަކަދައްކަބަލަ ނާނުއާ” ނޯޔާ ވެސް ތުއި ވެލިއެވެ.

“ކިތަންމެ ވަރަކަށް ވެސް ވާހަކަދެއްކިދާނެ. އެއީ ނިކަން ފިސާރި ފިރިހެނެއް. ލާހިކެއް ނޫން އެއްބަސް ކުރުވާކަށް…. ޝިޓް…. ނޯޔާ އާއި އެކީގައި ރޭވި ފިލިޕީންސް ދަތުރު ވެސް ކެންސަލްމިވީ” ނިބްރާސް ވެސް ތުން އަނބުރާލިއެވެ.

“ހުރިހާ ވެސް މައްސަލައަކީ އެ އަންހެނާ…” ނޫރާން އެހުރި ގޮތަށް ހުރެ ބުންޏެވެ.

“ދެން ކިހިނެއް ހަދާނީ” ނޯޔާ އަހާލިއެވެ.

“ޝިނާން ޖެހޭނީ މިކަމާއި ރުހެން. މިކަމާއި ދެން ޝިނާނާއި ވާހަކަދައްކާނީ ރިމީޝާ….. ޑްރާމާ ކުޅެން އެނގެނީ ހަމައެކަނި އޭނައަކަށް ނޫން. އަހަރެންގެ ދަރިފުޅު އެކަހަލަ އަންހެނެއްގެ ފިރިއަކަށް ވާން ހަމަހިލާ ވެސް އަހަރެން ހުއްދައެއް ނުދޭނަން….” ވިހަ ހިނިތުންވުމަކުން ތިން ދަރިންނަށް ބަލާލަމުން ނޫރާން ބުނެލިއެވެ.

**********************************

މިޝްކު ސްކޫލަށް ލާފައި އައިސް ގެއަށް ވަން ރިމީޝާގެ މޫނުމަތީގައި ވަނީ ވަރުބަލިކަމެވެ. މެނދުރުގެ އެންމެ ގަދަ ހޫނުގައި ދަރިން ގޮަވއިގެން މަގުމަތީގައި ސްކޫލަށް ލާފައި ގޮސް އުޅޭ މައިންނާއި އަދި ބަފައިންނާއި މެދު ރިމީޝާގެ ހިތުގައި ރަހުމް އުފެދުނެވެ. އެންމެދަރިއަކު ގޮވައިގެން ކައިރީގައި ހުރި ސްކޫލަކަށް ލާފައި އައިރު އޭނާގެ ހަށިގަނޑު ވަނީ ދަލުން ފެންވެރިފައެވެ. އަދި ދެކުދިން ތިންކުދިން ގޮވައިގެން އެއް ސްކޫލުން އަނެއް ސްކޫލަށް ގޮސް އުޅޭ މީހުނަށް ކިހާ ވަރެއް ވާނެ ބާއޭ ރިމީޝާގެ ހިތަށް އަރަމުން ދެއެވެ.

ފުރިޖުން ފިިނި ފެންފުޅިއެއް ނަގައިގެން ސޯފާގައި އައިސް އިށީންނަމުން ފަންކާ އެންމެ ފުލް ކޮށްލިއެވެ. ބުރުގާ ނަގާ ދުރުގައި ބާއްވާލަމުން ކުޑަކޮށް ދޫވެ ކަނދުރާ ފޮރުވިފައިވާ އިސްތަށިތައް އެއްކޮށް ނަގާ ހުޅިއެއް ޖަހާލާފައި ތުނބުގައި ފެންތަށި ޖަހާލިތަނާ ދޮރުގައި ބެލް އަޅަން ފެށިއެވެ. ރިމީޝާ ދޮރު ހުޅުވަން ދިޔައީ ފެންތަށި އެއްކޮށް ހުސްކޮށްލައިގެންނެވެ. ބުރުގާ ބޭއްވިތަނުން އަލުން އަޅާލައިގެން ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި ނޫރާން ފެނި ރިމީޝާ ގަނޑުވިކަހަލައެވެ. ނޫރާން ރަނގަޅު ހަބަރަކައިގެން ނާންނާނެކަން ރިމީޝާ އަށް އެނގެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ތިޔަ އިންތިޒާރުގައި 5

Next

ޔާއިން 8

Next
April 22, 2018

ޔާއިން 8

Previews
April 22, 2018

ތިޔަ އިންތިޒާރުގައި 5

50 Comments!

  1. Lam says:
    April 22, 2018 at 4:17 pm

    Ohhhh nice …. I love this story …..ahvaha next part up kohlacheee…..plxxxxx????❤??

    1. Ushaali says:
      April 22, 2018 at 8:35 pm

      thankyou so much Lam 🙂

  2. Eman says:
    April 22, 2018 at 4:17 pm

    First ?

    1. Eman says:
      April 22, 2018 at 4:18 pm

      Second ??

    2. Ushaali says:
      April 22, 2018 at 8:36 pm

      congra dhekudhinnah first and second

  3. Lam says:
    April 22, 2018 at 4:20 pm

    Hehehe…me dhww first

    1. Ushaali says:
      April 22, 2018 at 8:36 pm

      Lam ah first dhw ebunaa hen 🙂

  4. Araash says:
    April 22, 2018 at 4:20 pm

    V v v reethi…Nxt prt whn?alhe rimee n shinan gulhvabala…Ayyadh ah rimee nudhey thi…

    1. Ushaali says:
      April 22, 2018 at 8:37 pm

      konme gotheh viyas rimee dhaane konmes ekaku kairiah. ehaathanah balamaa vaa goi goi 🙂 nyways thankyou Araash 🙂

  5. Meemee says:
    April 22, 2018 at 4:21 pm

    Yay mee first dhw. Varah reethi. Alhe shinaan r rimee gulhuvahchey

    1. Ushaali says:
      April 22, 2018 at 8:41 pm

      thankyou Meemee 🙂 ekamu mifaharu first noon kan neynge dhw 🙂

  6. Ushaali says:
    April 22, 2018 at 4:22 pm

    Salaam!!
    Mi bai ves huriha kudhinnah kamudhaane kamah hrekuran. 24 vana bai maadhama 4 jehumu ge kurin genesdheveytho balaanan. Insha allah

    Byebye….. Tc….. Love you all ❤❤❤❤

  7. Anonymous says:
    April 22, 2018 at 4:24 pm

    salhi aneh varah avahah up kohdheebala plx plz varah varah reethi

    1. Ushaali says:
      April 22, 2018 at 8:38 pm

      thankyou anonymous 🙂 maadhama . insha allah 🙂

  8. Han says:
    April 22, 2018 at 4:42 pm

    Dhuwaalaku dhebai upkollun kihineh waane. Reygandu ebbbai dhuwaalu ebbai.. Hama hiyaaleh ngey.. Ehenyaa. Kiyaa hithun hureweny.. Wazeefaa ga ulhey iru wez mi kiyaa hithun hurewey wareh nooon.. Awas awahah upkohdheeber.. Puleeeez..

    1. Ushaali says:
      April 22, 2018 at 8:40 pm

      alhey sorry Han 🙁
      dhuvaalaku baeh ves migenesdheveny varah masakkathun. ingey kudhin kudhin varah kiyaahiy vaakan. but sorry dear 🙁

  9. Ba See says:
    April 22, 2018 at 4:47 pm

    Shinan Ai rimee

    1. Aishath Lewsher says:
      April 22, 2018 at 7:05 pm

      Lets see dhw Ba See

  10. Beauty says:
    April 22, 2018 at 4:49 pm

    Nice

    1. Ushaali says:
      April 22, 2018 at 8:41 pm

      thankyou Beauty 🙂 🙂

  11. lotus says:
    April 22, 2018 at 5:02 pm

    BODU SUVAALU..Mi rimee mihaaru loabi vanee alhe fahe kaakudheke tha? Shinan dheke tha? Noonee ayaa adheka tha? Heevey mihaaru shinan dheke loabivaahen.. but sometimes heevey adhivx ayaa dheke loabivaahn vx…. btw, writr ge liyuntherikama hama saabahey buneveynee.. v furihama???

    1. Ushaali says:
      April 22, 2018 at 8:44 pm

      haadha bodu suvaaleh 😀
      rimee mihaaru amilla nafsah hanguraama kurany nu. nathyjaa varah fonikoh nikunnaany. dhn balamaa dhw….. and thankyou so much lotus 🙂

  12. Sham says:
    April 22, 2018 at 5:47 pm

    waaaaaau varah varah rythi <3

    1. Ushaali says:
      April 22, 2018 at 8:45 pm

      thankyou so much Sham 🙂

  13. ss says:
    April 22, 2018 at 6:31 pm

    alhay rimee aa shinaanaa gulhuvahchey

    1. Ushaali says:
      April 22, 2018 at 8:45 pm

      rimee nagaane konmes ekaku. ekaku jeheynee furagas dheefa dhaan. ehen v ma balamaa 🙂

  14. Nunama says:
    April 22, 2018 at 6:33 pm

    Very nice Waiting for next part please upload fast

    1. Ushaali says:
      April 22, 2018 at 8:46 pm

      thankyou Nunama 🙂 i will try my best maadhama up kureveytho 🙂

  15. Tushaa says:
    April 22, 2018 at 6:35 pm

    I don’t like this part I hope next part will be nice

    1. Ushaali says:
      April 22, 2018 at 8:47 pm

      🙁 🙁 dheravehjje gayaa nuveethy 🙂 ekamu happy vi kiyaalyma 🙂

  16. miya says:
    April 22, 2018 at 7:20 pm

    I love this story. Waiting for next part

    1. Ushaali says:
      April 22, 2018 at 8:47 pm

      thankyou so much miya 🙂

  17. Inoo says:
    April 22, 2018 at 7:31 pm

    Ushaali GD Vaani oveytha??Inoo ah engifaa vaagothun Inoo meh atoll ga ekani Vaani kiyaa rasheh onnany…ey Dh atoll Vaani dhw Shiman…:-)

    1. Ushaali says:
      April 22, 2018 at 8:49 pm

      😀 😀 😀
      ushaaly eh kamaku liyaa konme ehcheh nuvaane dhw rangalheh. alhe mistake eh. sorry dear

  18. Inoo says:
    April 22, 2018 at 7:49 pm

    Mi part vx varah reethi…waiting 4 the next part♡♡

    1. Ushaali says:
      April 22, 2018 at 8:49 pm

      thankyou so much Inoo 🙂

  19. Fathun says:
    April 22, 2018 at 8:00 pm

    Rimee n shinan gulhuvahchey…pls ..faadehge ayyadheh e dheythereyah aaisgen.foohi

    1. Ushaali says:
      April 22, 2018 at 8:50 pm

      Dhw fathun…. ekamu ayaa ves mihaaru kihaa rangalhu. ayaa ves nuvaane dhw baakee kollaakah 🙂

  20. Xxxx says:
    April 22, 2018 at 9:01 pm

    Wooow.. V. V reethi vaahakeh

    1. Ushaali says:
      April 22, 2018 at 10:04 pm

      thankyu Xxxx 🙂

  21. Eeeeyyysha says:
    April 22, 2018 at 9:45 pm

    Ayaa ans rimy plxxx , ayaa kihaaa ragalhu now .. ehnnunas eii dho 2 lovers akii, myhakah kusheh kurevidhaane ..

    1. Ushaali says:
      April 22, 2018 at 10:06 pm

      thankyou Eeeeyyysha 🙂 yes konme insaanaky ves konmes eh sifa eh gai kuh kuraane baeh dhw 🙂

  22. Beauty says:
    April 22, 2018 at 9:54 pm

    Mivaahaka aky rythi vaahaka eh. Ekam mi part varah hadi

    1. Ushaali says:
      April 22, 2018 at 10:07 pm

      thankyou hadi viyas kiyaaleethy 🙂 Beauty

  23. Beauty says:
    April 22, 2018 at 11:00 pm

    Nooney mi part ves Reethi

  24. Flower says:
    April 23, 2018 at 12:40 am

    Aa mihaaru ingijje ushaali nubunyas result nikunnaane goiy. Ayyadh and rimeeshaa gulheyne ending ga. Vaahaka feshigen kithanme reechakah dhiyas nimeynee varah hadikoh kan mihaaru mi enguny.

  25. Zee says:
    April 23, 2018 at 9:03 am

    Vary reethi story ♥️

  26. beast says:
    April 23, 2018 at 10:53 am

    Aaachaaaaa ?

  27. Faru says:
    April 23, 2018 at 12:16 pm

    Rimee n Shinaan plx ???

  28. Som3body says:
    March 18, 2019 at 5:48 pm

    Wow

Comments are closed.

Next Episodeލޯބި ނުވިޔަސް ފިރުމާލަދީ….24←


All Right Reserved!