ޔާއިން 8
މިޝްކާއަށް އަހަރެންގެ ހިތުގެ ހާލެއް ނުވެސްއެނގެއެވެ.އިނގުނެއްކަމަކު މިޝްކާ އަހަންނަށް އިންތިޒާރު ކުރީސްހެއްޔެވެ؟
********************
“ޔާއިން” މިޝްކާގެ ލޮބުވެތި އަޑުން ގޮވާލިއެވެ. ހިތްވަރުކޮށްފައި އަހަރެން މިޝްކާއާ ދިމާއަށް ބަލާލީމެވެ! އާހް! އެ ރިީތި މޫނު އަހަންނަށް ފެނިދާނެތީވެ އެހުރީ ފޮރުވާފައެވެ. އަހަންނަށް ފެންނަން އެ ހުރީ އެ ރީތި ބޮޑު ދެލޯ އެކަންޏެވެ. މިޝްކާގެ ލޯ ހަނިވުމުން ހިނިތުންވެލީކަން އެނގުނެވެ. ބަދަލުގައި ހިނިތުންވުމެއް ދޭހާ ހިތްވަރުވެސް އަހަރެންގެ ނެތެވެ. ލޮލަށް ކަރުނަ ޖަމާވަން ފެށުމުން އިސްޖަހާލީމެވެ. އަހަރެން އަވަސް އަވަހަށް ދާން ނެގި ފިޔަވަޅު ހުައްޓުނީ ރިކާ ބާރުބާރަށް ޑެޑީ އޭ ކިޔާ ދުވެފައި ގޮސް ބައްދާލިމީހާ ފެނިފައެވެ. އަހަރެން ހުރީ ގަބޫލުކުރަން ވެސް ދަތިވެފައެވެ. އަހަރެންގެ ދެލޯ ބޮޑުކޮށްގެން ހުރެވުނެވެ. އެއީ ރިހާމްއެވެ. އަހަރެންގެ ހިތަށް ހީވީ އެތައް ހާސް ވިހަތީރުތަކެއް ހަރާލިހެންނެވެ. މިޝްކާއަށް ނޭންގުނެއްކަމަކު ރިހާމް އަށް އެނގޭނޫންހެއްޔެވެ؟ ޝަކުވާއިން ހިތްފުރުނެވެ. މިޝްކާ ގޮސް ވަރަށް ލޯބިން ރިހާމްގައިގަ ބައްދާލިއެވެ. ރިހާމަށް އަހަރެން ފެނުނެވެ. “ޔާން! ޔޫ އަރ ބެކް ވެލް މީޓް މައި ވައިފް” “ކޮންގްރެޓްސް ރިމް މި ވަގުތު މައްޗަށް ދާން ވެއްޖެ އައެމް ލޭޓް” އަހަރެން މަޑުކުރުމެއް ނެތި މައްޗަށް އެރީމެވެ. ލިފްޓުގެ ބަދަލުގައި ބޭނުންކުރީ ސިޑިއެވެ. އަހަރެން ހަމަ ޖެހިލަމުން ބެލްޖެހީމެވެ. މިނެޓެއްގެ ތެރޭ ގޭގެ ދޮރުހުޅުވިއެވެ. އަހަރެން އުންމީދުކޮށްގެން ހުރީ މަންމަ ދޮރުހުޅުވާނެކަމަށެވެ. ކަންތައްވީވެސް އަހަރެން އުންމީދުކުރި ގޮތަށެވެ. ދޮރު ހުޅުވީ މަންމައެވެ. “ސަޕްރައިޒް” އަހަރެން މަންމަ ގައިގަ ބައްދާލީމެވެ. މަންމަ ހުރިގޮތަށް ހުރީއެވެ. “ދަރިފުޅާ މަންމަގެ ޔާނު…” މަންމަ އަހަރެން ގައިގަ ބައްދާގެން ރޯންފެށިއެވެ. “މަންމާ އަޅެ ޔާން އައިމަވެސް ތި ރޮނީތަ! މަންމަ ރޮންޏާމުން ޔާން ދަނީ އިނގޭ!” “ނޫންނޫން ދެންނުދޭ ލައްކަ ދުވަހު ކެތްކުރެވިއްޖެ މިވީ ހައަހަރު ދުވަހު ދަރިފުޅަށް އިންތިޒާރު ނުކުރާ އެންމެ ދުވަހެއް ވެސް ނާދޭ! ޔާން އައިސްފާނެ ކަމަށް ކޮންމެ ދުވަހަކުވެސް ޔާން ކޮޓަރި ސާފުކުރަން. ދުވަސް ނިމޭއިރު ވެސް ޔާން އެށް ނާދޭ!” އަހަރެން އައުމުން މަންމައަށް ހީވީ ދުނިޔެވެސް ރަންވިހެންނެވެ. ވަގުތުން ރައިދައްތައަށާ ބޮޑުބެއަށް ގުޅާފަ ޚަބަރު ދިނެވެ. “މަންމާ ކޮބާ ނައި؟” ނައިރާ ފެންނަން ނެތުމުން އަހަރެން އަހާލީމެވެ. “ނައި ވީ ކޮލެޖަށް ގޮސް އާންމުކޮށް އަންނާނެ މިހާއިރު އެކަމު މިއަދު ގުޅާފަ ބުނީ މިރެޔޯ އާދެވޭނީ!” “މަންމަ ނައި ގާތު ނުބުނަށްޗޭ ޔާން އައިވާހަކަ އިނގޭ” އަހަރެން ބޭނުންވީއަހަރެން ފެނުމުން ނައިރާއަށް ވާގޮތް ބަލާލާށެވެ. އިރުކޮޅަކުން ގޭގެ ބެލް އަޅާ އަޑު އިވުނެވެ. މަންމަ ގޮސް ހުޅުވިއިރު ރައިދައްތައާއި ބޮޑުބޭބެއެވެ. އަހަރެން ފެނުމުން ރައިދައްތައަށް ވެސް ރޮވުނެވެ. ބޮޑުބޭބެ ވެސް ހުރީ ފެންކަޅިވެފައެވެ. ރިހާމްވެސް ރިކާ އާއި މިޝްކާ ގޮވައިގެން އައެވެ. އަހަރެންގެ ތަބީއަތު މުޅިން ގޯސްވިއެވެ. “ދަރިފުޅާ އިނގޭތަ ރައި މިހާރު މާމަ އަކަށް ވެއްޖޭ!” މަންމަ ބުންޏެވެ. ރައިދައްތަ ރަކިފާޑަކަށް ހީލިއެވެ. “ރިމް އެންޑް ސިސްޓާރ އިން ލޯ ކޮންގްރާ. ބައި ދަ ވޭ ރިކާ ވަރަށް ލޯބި އިނގޭ މާޝާﷲ. ހަމަ މިޝްކާއާދޯ ވައްތަރީ. ހެލޯ ރިކާ އިނގޭތަ މީ ކާކުކަން؟” އަހަރެން ވެފައި ހުރި ދެރައިން ފައްޗަކަށް އަމުނާލީމެވެ. “ތީ ޔާން ދޮންބެދޯ. ދޮންތި ވަރަށް ގިނައިން ދައްކާ ޔާންދޮންބެގެވަާހަކަ ފޮޓޯވެސް ދައްކާ. ކޮއްކޮ ކާރީގަ ދޮންތި ބުނީ ޔާންދޮންބެ ވަރަށް ރަނގަޅުވާނެއޯ!”ރިކާ އެއީ ހަމަ ކުޑަކުޑަ މިޝްކާއެކެވެ. މިޝްކާާާގެ އޮންނަވަރުގެ ބޮޑު އަނގައެށްވެސް ރިކާގެ އޮވެއެވެ. ނައިރާވެސް އަހަރެން މަތިން ހަނދާންވާކަން އަހަންނަށް އެނގުނެވެ. ” އާނ މިޝްކާގެ ހުރިހާ ސިފައެއް ރިކާއަށް ލިބިފަ ހުރީ މަގޭ އެންމެ ސިފައެއްވެސް ނެތް ކީއްކުރާނީދޯ! މިޝްކާބޭބް ހިނގާތިރިއަށް ވަރަށް ބަނޑުހައި” ރިހާމް އެހެން އެ އުޅެނީ އަހަންނަށް ދައްކަށް ހެއްޔެވެ؟ އެހެންނާ ފަހެ! މިޝްކާއާ ދިމާއަށް ބޭބް އޭ ބުނިއިރު ހުރީ ލާނެތް ވައްތަރަކަށް އަހަންނާ ދިމާއަށް ބަލަހަށްޓާގެން ވިއްޔާއެވެ. ފެންވަރަން ދާންވެއްޖެ ކަމަށް ބުނެ އަހަރެން އަވަހަށް ކޮޓަރިއަށް ދިޔައީމެވެ.
ދިގު ދަތުރެއް ކޮށްފައި އައުމުން އަހަރެން ހުރީ ފުދޭވަރަކަށް ވަރުބަލިވެފައެވެ. ފެންވަރައިގެން ނިކުތް ގޮތަށް ބޭނުންވީ ނިދާލާށެވެ. ނިދާލުމުގެ ބޭނުމުގައި އަހަރެން އެނދުގައި އޮށޯތީމެވެ. ނަމަވެސް ނިދިވަނީ ރުޅިހަދާލައިފައި މާދުރަށް ގޮހެވެ. ލޯމަރާއިރަށް ފެންނަނީ ރިހާމް މިޝްކާގައިގައި ހިފަހައްޓައިގެން ހުރި ގޮތެވެެ. އެނދުގައި ދެފަރާތަށް ފޮރޮޅިލަފޮރޮޅިލައި އޮއްވާ މަޣްރިބްނަމާދަށް ގޮވިއެވެ. އަހަރެން ތެދުވެ ހެދުން ބަދަލުކޮށްގެން އަވަހަށް ނަމާދަށް ދިޔައީމެވެ.
އަހަރެން އެނބުރި ގެއަށް އައީ ޢިޝާނަމާދު ކޮށްގެން އަށެއް ޖަހާކަންހާއިރު އެވެ. އޭރުވެސް ނައިރާ ގެއަކަށް ނާދެއެވެ. މަންމަ ހުރީ އަހަރެންނަށް އެންމެ މީރުވާނެހާ އެއްޗިހި ކާން ހަދާފައެެވެ. ރޮށްޓާ ކުޅިމަހާއި މުގުރިހައެވެ. ޕާޕަރާއި ފަތްސަޓަންނެވެ. މަންމަ އަތުން ރޮށި މޮޑެދީގެން އަހަންނަށް ކާންދިނެވެ. މަންމަ އަހަރެން ގެންގުޅުނީ ކުޑަކުއްޖެއްހެނެވެ. މަންމަ ބައެއް ފަހަރު ވާހަކަ ދައްކާ ގޮތުން އަހަންނަށް ހެވެއެވެ. ދިހަގަޑިބައި ވިއިރުވެސް ނައިރާގެއަކަށް ނާދެއެވެ. “މަންމާ ނައިރާ ހަދަލަސްވެއްޖޭ މިހާރު އެއޮތްގެން އެގާރަ ޖަހަނީ ޔާން ދަންތަ ނައިގެ ކޮލެޖު ކާރިއަށް” “ލަހުން އަންނަ ރެއެއް ވެއްޖެޔާ ނައިރާ އަންނާނީ ބާރަވެސް ޖަހާފަހުން ދެން ދަރިފުޅު ދޭ ނިދާލަން މާދަން ދެން ނައިރާާއާ ބައްދަލު ކުރާނީ” މަންމަ ވަރަށް ލޯބިން އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. ނައިރާ ނުފެނުމުން އަހަރެން ދެރަވިއެވެ. “މަންމަ ނައިރާ އެކަނިތަ އަންނަނީ ގެއަށް؟” “ނޫން ކްލާސް ކުއްޖަކާ އެއްކޮށް” ނައިރާ އަންނަނީ އެކަނި ނޫންކަން އެނގުމުން އަހަރެން ހިތްހަމަ ޖެހުނެވެ.
ކޮޓަރިއަށް ގޮސް ނިދަންލާ ސޯޓު ލައިގެން އަހަރެން ޓެރަސް އަށްދިޔައިމެވެ. އަހަރެން ބޭނުންވީ ވަރަށް އަރާމު މާހައުލެއްގައި އިނދެ ބޯހަމަ ޖައްސާލާށެވެ. ތާޒާ ވައި ލިބުމުން އަހަރެންގެ ހިތަށް ކޮންމެވެސް ކަހަލަ ހަމަޖެހުމެއް ލިބުނެވެ. އެއްލި ކަޅިއަކުން ރެއިލިންގައި އަތް އަޅުވާލައިގެން ބޭރުބަލަން އިން އަންހެން ކުއްޖާ އަހަންނަށް ފެނުނެވެ. ކަކުލާއި ހަމައަށް އަންނަ ނޫކުލައިގެ ހެދުމާއި އެކު ކަޅު ބުރުގާއެއް އަޅައިގެން ހުރި އެކުއްޖާގެ ގިސްލުމުގެ އަޑުވެސް އަހަރެންގެ ކަންފަތުގައި ޖެހުނެވެ. ލަސްފިޔަވަޅުތަކެއްގައި އަހަރެން އެ ކުއްޖާގާތަށް ދިޔައީމެވެ. އެކުއްޖާ އިނީ އަހަންނަށް ފުރަގަސް ދީގެން ކަމުން އެކުއްޖާގެ މޫނެއް އަހަންނަކަށް ނުފެނެއެވެ. ކުއްލިއަކަށް އެކުއްޖާ ފަހަތަށް އެނބުރުނެވެ. އެއީ މިޝްކާ ނޫން ދެވަނަ ކުއްޖެއްނޫނެވެ. އަހަރެންގެ ހިތުގައި އެތަކެށް ސުވާލުތަކެށް އުފެދުނެވެ. ކަޅިވެސް ޖަހާނުލައި އަހަންނަށް މިޝްކާއާ ދިމާއަށް ބަލަން އިނދެވުނެވެ. ރުއިމުގެ ސަބަބުން އެދެލޯ ވަނީ ދުޅަވެފައެވެ. މިޝްކާއާ ދިމާއަށް ބަލައިގެން ނުވާނެކަން އަހަންނަށް އެނގުނީ މިޝްކާ އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރުމުންނެވެ. މިޝްކާއަކީ އަހަރެންގެ ބޭބެގެ ހައްގެކެވެ. މިޝްކާއާ ދިމާއަށް ބެލުމުގެ އެއްވެސް ހައްގެއް އަހަންނަށް ލިބިގެންނެއް ނުވެއެވެ. އެކަމަކު މިޝްކާ އެ ރޮނީ ކީއްވެބާއެވެ. އަނެއްކާ ރިހާމް މިޝްކާއަށް އަނިޔާކުރަނީބާއެވެ.؟”މިޝްކާ ކީއްވެ ތި ރޮނީ އަނެއްކާ ރިމް…” އަހަންނަށް އެހިސާބަށް ބުނެވުނު ތަނާ މިޝްކާ ޓެރަހުން ނިކުންނަން ވެގެން ދުއްވައިގަތެވެ. އަހަންނަށް އިންތަނުން ގުޑައިވެސް ނުލެވުނެވެ. އަހަންނަށް އެއްކަމެއް ޔަގީންވެއްޖެއެވެ. މިޝްކާއާ ރިހާމް އުޅެނީ ހިމަ ޖެހިގެންނެއް ނޫނެވެ. އަނެއްކާ މިޝްކާއަށް ރިހާމް ކޮންފަދަ އަނިޔާއެއްދެނީހެއްޔެވެ؟ އަހަރެންގެ ހިތުގައި ރިހާމްއާއި މެދު ނަފްރަތުފުގެ އަލިފާންގަނޑެއްރޯވިއެވެ. ދެންމެދެންމެ ގޮސް ރިހާމް ގައި ތަޅައިގަނެފާނަމޭ ވެސް ހިތަށް އެރިއެވެ.އިހުސާސްތަށް ކޮންޓްރޯލް ކުރަމުން އަހަރެން ފޯނުނަގައި ޖިޔާނަށް ގުޅީމެވެ. އަދި މިވަގުތު ބައްދަލް ކޮށްލަން ބޭނުންވާ ވާހަކަވެސް ބުނީމެވެ.
އަހަންނާ ޖިޔާން ބައްދަލު ކުރީ ބްރިޖްސަރަހައްދުންނެވެ. މިވީ ހަ އަހަރު ދުވަހު އަހަންނާ ޖިޔާން ވަނީ ގާތް ދެ ރަހުމަތްތެރިންނަށްވެފައެވެ. “ޖިޔާން މަ ބުނީމެއްނު ދޯ މިޝްކާގެ ވާހަކަ. ޔޫ ނޯ ވަޓް ޝީ އިޒް މެރިޑް އެ ވެސް މަގޭ ކަޒިން ރިހާމްއާ އެ ދެމީހުންގެ ކުއްޖެއްވެސް ހުރޭ!” އަހަރެން އެހެން ބުނުމުން ޖިޔާން އިނީ ފާޑަކަށް އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ. އެހެން އިނދެފަ ފެށީ ހޭށެވެ. “ސީރިއަސްލީ ޔާން! މިއޮއް ދަން ވަރު މަ މިތަނަށް ގެނައީ ތިވާހަކަ ބުނަންތަ ސާބަސް އިނގޭ.ހިހިހިހި….” ޖިޔާން ހެމުން ހެމުން ބުންޏެވެ. “ޑޫޑް މަށަށް ހީވަނީ ރިހާމް މިޝޫއަށް އަނިޔާކުރާހެން މިރޭ މަ ޓެރަހަށް ދިޔައިރު މިޝޫ އިނީ ރޯން ރިމް އޭ ބުނާއިރަށް ދުވެފަ ދިޔައީ” ވަރަށް ސީރިއަސްކޮށް އަހަރެން ބުނީމެވެ. ނަމަވެސް ޖިޔާންގެ ހުނުމަކަށް ބަދަލެއްނައެވެ. “ތިހިރީ މާބޮޑަށް ދީވާނާވެފަ..ދެން ތިއުޅެނީ ޖޭވެގެން ޔާންތީ ދެން އަންހެނެއްތަ ޖޭވާން! ޔާން މަށަށް ކިޔާދިން ގޮތުން ހިޔެއް ނުވޭ ރިހާމް އަކީ އެހާ ގޯސް މީހެއްހެނެ. މަށަށް ޔަގީން ރިހާމް އޭނަގެ ވައިފަށް އަނިޔާނުކުރާނެކަންކޮންމެވެސް އެހެން ކަމަކާ ދެރަވީކަމަށް ވާނީ..ހަހަހަަ” ޖިޔާން އަދިވެސް ހެނީއެވެ. އަހަރެން ގާތަށް ރުޅިއަައެވެ. “ހު ޖިޔާނަށް މިޝްކާ ފެނުނުނަމަ އިނގޭނެ އަހަރެން މިހަދަނީ ތެދުކަން! ދެން ޖޭވާ ވާަހަކަ ބުނީމަ ބުނެލަން އޮތީ ޖިޔާންވެސް ކުއްޖެއްދެކެ ލޯބިވީމަ މަށަށް މި ވާގޮތް އިހުސާސްވާނެއޭ..” އަހަރެން އެހެން ބުނުމުން ޖިޔާން ހުނުން ހުއްޓާލިއެވެ. “ޔާން އަށް ކިހިނެއް އިނގެނީ މި ކުއްޖެއް ދެކެ ލޯބި ނުވާކަން؟” ޖިޔާން ސީރިއަސްވެފަ ބުންޏެވެ. އަހަރެން ވެސް ސީރިއަސްވެފަ ޖިޔާނާއި ދިމާއަށް ބަލާލީމެވެ. “ވަގުތު ޖެހުމުން އަހަރެން ބުނާނަށް. އެނިވޭސް މިހާރު އެއޮތްގެން އެކެއް ޖަހަނީ ދެންވެސް ދޭ ގެއަަށް މަވެސް ނިދި އައިސްފަ މިހުރީ މިޝްކާ އަކާ ހެދި ޔާން މަ މިތަނަށް ގެނެސްފި ވިއްޔާ!” ޖިޔާން ސައިކަލާއި ދިމާއަށް ހިނގައިގަންނަމުން ބުންޏެވެ.އޭރުވެސް އޭނަ ފާޑަކަށް ހުނެވެ. ވަރުބަލިވެފައި ހުރުމުން އެއްވެސް ދެކޮޅު ހެދުމެއްނެތި އަހަރެންވެސް ގެއަށް ދާން މިސްރާބުޖެހީމެވެ.
އަނެއްދުވަހު އަހަންނަށް ހޭލެވުނީ އަށެއްވެސް ޖަހަާ ބޮޑުވި ފަހުންނެވެ. އަހަރެން އަވަސް ކޮށްލައިގެން ފަތިސްނަމާދު ކުރުމަށްފަހު ބަދިގެއަށް ދިޔައީމެވެ. އޭރު ނައިރާ ކޮންމެވެސް އެއްޗެއް ހަދަންވެގެން އުޅުނެވެ. މަޑުމަޑުން ގޮސް އަހަރެން ނައިރާ ސިއްސުވާލީމެވެ. ކަންފަތުގެ ތޫރި ފަޅައިގެންދާހަ ބާރަށް ނައިރާ ހަޅޭއްލަވައިގަތެވެ. “ދަރިފުޅާ ނައިރާ ކިހިނެއްވިީ؟” މަންމަ ވެސް ދުންޖަހައިފައި ކޮޓަރިންނުކުތެވެ. އަހަރެން ފެނުމުން ވީގޮތް މަންމަ އަށް އެނގުނެވެ. ނައިރާއަށް ވާނުވާ އެނގުނީ އަހަންނަާ މަންމަ ހޭންފެށުމުންނެވެ. “ދޮންބެ.. ކޮން އިރަކު ދޮންބެ އައީ އަޅޭ މަންމަ ނުވެސް ބުނޭ ދޮންބެ އައި ވާހަކައެއް” ނައިރާ އައި ގޮތަށް އައިސް އަހަރެން ގައިގަ ބައްދާލިއެވެ. “އިއްޔެ އައީ ގޭގަ ނޫޅޭ މީހުންނަކަށް ނުފެއްނާނެ ދޯ! ޕޮޓޭޓޯ ހާދަ ހިކިވެއްޖޭ މިހާރު ހީވަނީ އިލޮށްޓެއްހެން!” އަހަރެން ނައިރާއާ ދިމާކޮށްލީމެވެ. “މި ދޮންބެ ގަނޑަށް ނޯންނާނެ ރަނގަޅު އެއްގޮތެއްވެސް ފަލަވީމަވެސް ދިމާ ކުރޭ ހިކިވީމަވެސް ހަމަ އެބަ ދިމާކުރޭ ވަރަށް ފޫހިވޭ” ނައިރާ ތުން ދަމާލަމުން ބުންޏެވެ. އަދިވެސް އެބޭބީ ގޮތް ގަނޑުނުކެނޑެއެވެ. ” ރޭގަ އެހެންވެ ދޯ މާގިނަ ވައްތަރުގެ ކާއެއްޗެހި ހުރީ ނައި ހިީކުރީ ރައިދައްތަ މެންކާން އައީ ކަމަށް.” ނައިރާ ތަވާމައްޗަށް ބިސްގަނޑު އަޅާލަމުން ބުންޏެވެ.
ގޭގެ ބެލް ޖެހުމާއި އެކު އަހަރެން ގޮސް ދޮރު ހުޅުވީމެވެ. ދޮރު ކުރިމަތީ ހުރީ މިޝްކާއެވެ. މިޝްކާ ހުރި ގޮތުން އެއައީ ބޭރަށް ދާން ރީތިވެގެންކަން އަހަންނަށް އެނގުނެވެ. އާންމުކޮށް މިޝްކާ ލައި އުޅޭ އަބާޔާ އާއި އެކު ހުރީ ކަޅު ކުލައިގެ ޝޯލްއެއް އަޅައިގެންނެވެ.އަދި ކަޅު ކުލައިގެ ހޭންޑްބޭގެއްވެސް އަޅުވާފަ އޮތެވެ. މިއަދު މިޝްކާގެ މޫނު ހާމައަށް ފެންނަން ހުއްޓެވެ. މީކިހިނެއް މޫނު އަޅާ ކުއްޖެއްބާއޭ އަހަރެންގެ ހިތަށް އެރިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.






Varah reethi
Varah nice.. But maa Kurt.
Kury
Haaaaaaaaadha kurei
Nice
Rihaaam haadha bad ey…. Hope miskaa ad yaain gulhaynehkahman….waiting for next part…???????????
Hingaa dhw balamaa dhen vany kihineh tho
Slm all miothy 8 vana bai. Alhey mi bai kurutha? This is more than thousand words. Ekamu ves balaanan dhen oi bai dhigu kureveytho ISA.
Wow!!!! Maa sha Allah… Laobi loabi vaahakaeh..? Ekam mi rihaameh miulhey vahtharakun dhw… Foohi meeheh… ? Yaain ah handha bodu dheraekey e dhiny… ??? alhe ehn meehunge ihusaas thah ves dhenegannan vaanehnu… Varah reethi Inge mi part ves kiyara… Good job! Curiously waiting for the next part…☺️ LY
Heevanee misska ge dhathayenhen dhw
Hinga dhw balamaa
Foarigadha rihaamehthaa dhw miee… Keekey kiyaany… Haadha bodu landekey yaain fakeerah e dhiny…? varah reethi mi part vs.. Maa sha Allah… Vrh Vrh furihama… Waiting for the nxt part..☺️
I don’t think rihaam eulheny asluga mishka aa marry kohgen.. heevany yaain ah vaagotheh balaalan kuraa kamehhen.. ehnve kanneyge maavarakah emeehun heny e.?? btw curious to knw what’s gonna hppn nxt.. waiting for the nxt prt❤❤
Mi part miee varah special kuhjakah khassa kohlaafa in part eh…. Frnd i wud like to thank u for supporting m. Hope u wud like this part.
Oh my god im gonna kill.. I never thought u wuld be this much talented vaahaka liyann . .. Alhe kurin vx liyun nama ????masha allah im sooo proud of uu. I dont like dis i luuurrrvv dis
koba tha miadhu ge part.. avahah up kohla dheebaa pls pls
Aki am sry to say miadhu neii up kohdheveykah ISA Wednesday ga dhen oii baa up kohdheynan miadhu up kohdheyn buni bai iyye up kohllafa mihury
Kiyara miadhuge part up kohdheyny kn irakun???pls avahah up koh dheeba♡♡♡
Miadhu up kohdheyn buni part iyye up kohlly ehenve dhen oii part Wednesday ga ISA
Wats gonna hppn I think rihumeh married mishka??. Thn hwith they hav 1 child.dhn neyge. Yaan nd mishka gulhuvadhyba plx plx ??.I’m just kidding kiyaa?ly ❤❤❤?
Lets see wat happens
Yain a nice name by the way v salhi story gendhaagoi ekm thankolheh dgigu koh gennaane kamah ummeedhu kuran….. ?
Riham*