“އަހަރެންގެ ދަރިފުޅު ކަލޭ ކަހަލަ ނާތަހްޒީބު މުސްކުޅި އެއްވެސް އަގެއްނެތް އަންހެނެއްގެ އަތްދަށުން ސަލާމަތްކުރުމަށްޓަކައި އަހަރެންގެ ހުރި ހަމައެކަނި މާމާ ދަރިފުޅަށް ކޮންމެފަދަ ނިކަމެތި ކަމެއް ދޭން ޖެހުނަސް އެކަމެއް އަހަރެން ކުރާނަން. އެންމެ ފުރަތަމަ އަބަދުވެސް އިސްވާނީ މަގޭ އުފަންދަރި. އެދަރި ނެތިފައި މާމަ ދަރިވެސް ބޭނުމެއްނެތް. މިބުނި އެއްޗެއް އެނގިއްޖެތަ؟ މިޝްކު ހެޔޮހާލުގައި ކައިރީގައި ބަހައްޓަން ބޭނުންވަންޏާ ޝިނާނާއި އިންނަން ދެކޮޅު ހަދާ…. އަދި ބުނަން މިއިން އެއްވެސް ކަމެއް ޝިނާން އަށް އެނގިއްޖެނަމަ […]
ވިސްނި ވަރަކަށް ބޯ ހާސްވުން ނޫންކަމެއް ނުވިއެވެ. ހުންގާނުގައި ދެފަހަރަކު ބޮލުން ޖަހާވެސް ލެވުނެވެ. އެހެނެއްކަމަކު ބޮލުގަ ރިއްސަމުން ދިޔަވަރަށް ލުއި ވި ހެނެތް ހިޔެއް ނުވިއެވެ. އޭނާ ކާރުސްޓާރޓް ކޮއްލިއެވެ. އަދި ދުއްވާލިއެވެ. އެހެންނަމަވެސް އޭނާގެ މިސްރާބުހުރީ ގެއާ ދިމާލަކަށް ނޫނެވެ. ކޮންމެވެސް އެހެން ތާކަށެވެ. އެ ދިޔަ މަގުމަތީގައި އޭނާ އެތާހުރި ފިހާރެއެއްގެ ކައިރިއަށް މަޑުކޮށްލުމަށްފަހު ވަނެވެ. އަންޖުމް ބޭނުންވާފަދަ ބޮކި އަރުވާ ފުޅިއެއް ގަނެގެން އޭނާ ނުކުމެގެން ގޮސް ކާރަށް އަރާ ދާން […]
“ހަޔާ ދަރިފުޅާ! އުނދުންމަތީ ހުރި އެއްޗެހި ބާލައިފިން އިނގޭ ބޮޑު ދައިތަ މިދަނީ ނިދަން، އެކޮއިވެސް އުޅޭ ނިދަން” ކުއްލިޔާ ގޭތެރޭގައި ހުރެ ހަޔާއަށް އަޑުއިވޭ ވަރަށް ގޮވާލާފައި ބުންޏެވެ. ސިއްސައިގެން ގޮސް ހަޔާ ވިޝާލް ގެ އަތުތެރެއިން ދެމިގަތެވެ. “އާން، ބޮޑުދައިތަ ދޭ ނިދަން، އަހަރެން ނިދާނި ތަންކޮޅެއް ފަހުން” ހަޔާ ހުރީ ކުއްލިޔާ ނޭނގިނަމަވެސް އެތަނަށް އަތުވެދާނެތީއެވެ. ބޮޑުދައިތަގެ ހަބަރެއް ނުވުމުން ނިދަން ދިޔައީކަން ޔަގީން ވިއެވެ. “ވިޝާލް” ހަޔާ ކޮންމެވެސް އެއްޗެއް ބުނަން […]
ފިރިހިނަކަށްވިއަސް މިއަދު އަހަންނަކަށް ކެތެއް ނުކުރެވޭނެއެވެ. *********************** “ޔާން އައެމް ސޮރީ” އަހަރެން އިން ގޮނޑީގައި އިށީންނަމުން ރިހާމް ބުންޏެވެ. ކުރާނެހާ ކަމެއް ކޮށްފަ ކޮންމެހެން މާފަށް އެދެންޖެހޭހެއްޔެވެ. އަހަރެން އަނގައިން ވެސް ނުބުނެ އެއިން ގޮތަށް އިނީމެވެ. “ޔާން ހިނގާ ގެއަށް ދާން އަހަރެން ވަރަށް ދެރަވޭ އެބަ ޔާން ރޯތީވެ.” އަހަރެންގެ އަތުގައި ހިފައި ގޮނޑިން ނަގަމުން ރިހާމް ބުނިއެވެ. “ރިމް ޕްލީޒް ލީވް މީ އެ ލޯން” ލޮލުގައިވީ ކަރުނަތައް ފުހެމުން ރުޅިވެރި […]
މިއަދު މިޝްކާގެ މޫނު ހާމައަށް ފެންނަން ހުއްޓެވެ. މީ ކިހިނެއް މޫނުއަޅާ ކުއްޖެއްބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ***************** އަހަރެން ފެނުމުން މިޝްކާ ރަތްވިކަން އަހަންނަށް އެނގުނެވެ. އަހަންނާ ދިމާއަށް ފާޑަކަށް ބަލާލުމަށްފަހު ދޮރުން އެތެރެއަށް މިޝްކާ ދެމިގަތެވެ. “ނައިރާ އަޅޭ އަދިވެސް ތައްޔާރު ނުވަންތަ!” ބަދިގެއާ ދިމާއަށް ދަމުން މިޝްކާ ކުސްތަޅާލިއެވެ. “އޫޕްސް ސޮރީ މަ ހަނދާނެއްވެސް ނެތް މަ ރީތި ވެގެން ދަންނާމުން ވަރަށް ލަސް ވާނެ ރީތި ވާންވީތަ؟” ނައިރާ ބުނި އަޑު […]
*******ހަތަރު އަހަރު ފަސް******* “ޑެޑީ” ދުވަމުން އައި ތުއްތު ކުއްޖާގެ އަޑު އިވުމާއެކު ރާސިލް އަށް ލޯގަނޑު ކުރިމަތީހުރެ ފަހަތަށް ބަލާލެވުނެވެ. އެ ތުންފަތަށް ހިނިތުންވުމެއް ވެރިވުމާއެކު އެ ދިމާލަށް ގޮސް އެ ތުއްތު ކުއްޖާ އުރާލިއެވެ. “ޑެޑީގެ ޕްރިންސެސް…” އެ ތުއްތު ކުއްޖާގެ ކޮލަށް ދޮނެއް ދެމުން ރާސިލް ބުނެލިއެވެ. އެ ތުއްތު އަންހެން ކުއްޖާ އަކީ ރާސިލް އާއި އައިލީޝް ގެ ލޯބީގެ ނިޝާނެވެ. އައިލީޝް ގެ ނަމާ ގުޅުވާފައި ރާސިލް އެ ދަރިފުޅަށް […]
“އައިލަވްޔޫ ރިމީ… އަހަރެން ރިމީ ބޭނުން. އަހަރެންނަށް ވިިސްނިއްޖެ. ހިތާމައަކީ ހެޔޮވިސްނުން ލިބުނުއިރު ވަގުތުފާއިތުވެފައި ވާކަން. އެކަމަކު އަހަރެމެން ދެމީހުން ކުޑަކުޑަ ހިތްވަރެއް ކޮށްލަނިކޮށް އަދި ހުރިހާ ކަމެއް ރަނގަޅުކޮށްލެވިދާނެ… ޕްލީޒް…..” ދެއަތް ޖޯޑުކޮށް ރިމީޝާގެ ކުރިމަތީގައި ހުއްޓިލަމުން އައްޔަދު ބުނެލިއެވެ. “އަހަރެން ބޭނުމެއްނޫން. އަހަރެން ވަރަށް އަވަހާއި ކައިވެނި ކުރާނަން” ހިތާމަވެރި އަޑަކުން ރިމީޝާ ބުނެލިއެވެ. “އަހަރެންގެ މައްސަލައެއް ނެތް. ރިމީ އެހެންމީހަކާ ިއނދެފައި އަޔަސް. އަހަރެން ބޭނުމީ ރިމީ. އަހަރެމެން ދެމީހުންނަށް […]
ފުރިޖުން ފިިނި ފެންފުޅިއެއް ނަގައިގެން ސޯފާގައި އައިސް އިށީންނަމުން ފަންކާ އެންމެ ފުލް ކޮށްލިއެވެ. ބުރުގާ ނަގާ ދުރުގައި ބާއްވާލަމުން ކުޑަކޮށް ދޫވެ ކަނދުރާ ފޮރުވިފައިވާ އިސްތަށިތައް އެއްކޮށް ނަގާ ހުޅިއެއް ޖަހާލާފައި ތުނބުގައި ފެންތަށި ޖަހާލިތަނާ ދޮރުގައި ބެލް އަޅަން ފެށިއެވެ. ރިމީޝާ ދޮރު ހުޅުވަން ދިޔައީ ފެންތަށި އެއްކޮށް ހުސްކޮށްލައިގެންނެވެ. ބުރުގާ ބޭއްވިތަނުން އަލުން އަޅާލައިގެން ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި ނޫރާން ފެނި ރިމީޝާ ގަނޑުވިކަހަލައެވެ. ނޫރާން ރަނގަޅު ހަބަރަކައިގެން ނާންނާނެކަން ރިމީޝާ […]
” ސުކޫލަކަށް ނުދަމެއްނު. ކޮލެޖެއް ނުކިޔާނެދޯ ސުކޫލަކަށް. ވެއިޓް އަ މިނެޓް.. ދެންމެ މި ކޮޓަރިން އެ ދިއައީ ޒުހާ ދޯ! ސީރިއަސްލީ! އަޅެ އަޅުގަނޑު ކައިރީ ކޮންއިރަކުން ބުނަންކަމަށް ތި ހުންނަނީ. އެކަމަކު މީ ޑިމްޕީގެ ބެސްޓީއޯ!.. ޔޫ ނޯޓީ ބޯއި..” ޖަނާ ހުނުން ހުއްޓާލާފައި ޝިނާންއާ ދިމާއަށް ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. އުނަގަނޑުގައި ދެއަތް ވިއްދާލައިގެން ހުރި ޖަނާގެ ކޮޑުގައި ޝިނާން ހިފަހައްޓާލިއެވެ. ” ޝުސް. އަބަދު ހުންނަނީ އަހަންނާއެކު އަންހެން ކުއްޖަކު ނުފެނިފަދޯ. […]