ސޫރަ 8
ކިޔެވުން ހުއްޓާލައިފައި ރަށު ސުކޫލުން ވަޒީފާއެއް ލިބުމުން އަޔާނީވެސް އީނާލް މެން ކައިރިއަށް ރަށަށް ބަދަލުވީ ރާނިޔާގެ މަރުގެ ސަބަބުން އެއާއިލާއަށް ލިބުނު ހިތާމަ ފޫބައްދައިދޭށެވެ. ރާނިޔާ މަރުވީ ރޫޙާނީ ކަމެއްގެ ސަބަބުން ކަމަށް އީނާލްމެސް އެންމެންވެސް ގަބޫލު ފެށީ ރާނިޔާ މަރުވިތާ މިވީ ހަފްތާ ވީއިރު އެއާއިލާއަށާ ގެއަށް ދިމާވަމުންދާ އާދަޔާޙިލާފު ކަންތައްތަކުގެ ސަބަބުންނެވެ.
އިރުގެ އެންމެ ފަހުގެ ދޯދިތައް ދުނިޔެއާ އަލްވަދާޢު ކިޔެވެ. މަޢްރިބް ނަމާދުގެ ބަންގީގެ އަޑު މުޅި ރަށު ތެރޭގައި ގުގުމާލިއެވެ. ހުރިހާ ގެއެއްގެ ދޮރުތައް ލެއްޕުނެވެ. މިސްކިތުގެ ޖަމާޢަތުގައި ބައިވެރިވުމަށްޓަކައި ފިރިހެންވެރިން މިސްކިތާ ދިމާލަށް މިސްރާބުޖަހައިފިއެވެ.
ލާމު އިސްދޫ ކަލައިދޫ ވައިލެޓުގޭގެ ސިޓިންގް ރޫމުގައި ބަހައްޓާފައި ހުރި ޓީވީއިން އިއްވަމުން ދިޔައީ ގުރުޢާނުގެ މޫރިތި އާޔަތްތަކެވެ. ” ދަރިފުޅާ ކައިލް..ކައިނާ…. ވުޝޫ ކޮށްގެން ނަމާދުކުރަންދޭ އަވަހަށް.. ކައިލްދޭ ބައްޕައާއެއްކޮށް މިސްކިތައް.. ” އީނާލް އޭނާގެ ދެކުދިންނަށް ނަމާދަށް ދިޔުމަށް ގޮވާލިއެވެ. އާދަޔާޙިލާފު ރޫޙާނީ ކަންތައްތަކެއް ވައިލެޓް ގެއަށް ދިމާވަމުންދާ މި ދުވަސްކޮޅު އެގޭގައި ދިރިއުޅޭ އެންމެންވެސް ދީނީ ކަންކަމަށް ޙާއްސަ ސަމާލުކަމެއް ދެއެވެ. ދެނަމާދު ދޭތެރޭގައި ނޫނަސް އެގޭގައި އަބަދުވެސް ބަހައްޓަނީ ގުރުއާން ޖަހާފައެވެ. ނަމަވެސް އެމީހުންނަށް ނޭގުނުކަމަކީ އެގެއަށް ގޯނާ ކުރާ ޖިންނިއަކީވެސް މުސްލިމެއްކަމެވެ. އެހެންކަމުން ގުރުއާން ޖަހާފައި ހުރިނަމަވެސް އެ ޖިންނިއާ އެގެއާ މެދު ފަރަގެއް ނުލެވޭނެއެވެ.
ނަމާދުގެ ފަހު އައްތަހިއްޔާތު ކިޔާ ނިންމާލަމުން އަޔާނީ ސަލާންދިނެވެ. ހުދު ކުލައިގެ ނަމާދު ދޮޅި ބޭލިއެވެ. މުސައްލަ އޮޅާލަމުން އަޔާނީ މުސައްލަ އޮންނަތާނގާއި އޭތި ބާއްވަން ހިނގައިގަތެވެ. އެވަގުތު އޭނާގެ ފައި އޮޅިިގެން އަނގަވަތަށް ބިންމައްޗައް އޭނަ ވެއްޓުނެވެ. ބިންމަތީގައި އޭނާގެ މޫނު ޖެހުމުން އަޔާނީގެ އަނގައިން ވޭނީ އާހެއް ބޭރުވެގެން ދިޔައެވެ. އަޔާނީގެ އަނގައިން ތަންކޮޅެއް ފަޅައިގެންވެސް ދިޔައެވެ. ބިންމަތިން ތެދުވުމަށްޓަކައި އަޔާނީ އިސްއުފުލާލިއެވެ. އޭނާގެ ކުރިމަތީގައި ފާޅުވެފައި ހުރި ސޫރަ އަޔާނީ ލޮލުގައި އަޅައިގަތެވެ.
ކަރުގައި ޔާއިން ޖަހާފައި އިން ފަށެއް އަޅައިގެން ކަޅާއި ހުދުގެ ހެދުމުގައި ހުރި އެ މަޙްލޫގު އެއްފައި މައްޗައް އިށީނދެ ޖީބުން ރަތް ކުލައިގެ ފިނިފެންމަލެއް ނެގިއެވެ. އަދި އަނގައިން އެއްވެސް އެއްޗެއް ނުބުނެ އަޔާނީއަށް އޭތި ދިއްކޮށްލިއެވެ. އަޔާނީ އަދިވެސް ބިންމަތީގައި އޮތީއެވެ. އޭނަގެ އަނގައިގައި ފަޅައިގެން ގޮސްފައި ހުރި ތަނުން ލޭ ތިކި ބިންމައްޗައް ތަޅަމުން ދިޔައެވެ.
އަޔާނީމެންގޭ ކުޑަދޮރުން ކޮޓަރިތެރެއަށް ބަލަހައްޓައިގެން ހުރި އީތަންގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބާގަތެވެ. ކަރުނަވީ ލޮލަކާއެކު އަތުގައި އޮތް ފިނިފެންމަލަށް އީތަން ބަލާލިއެވެ. އޭނާވެސް އުޅުނީ އަޔާނީގެ ކުރިމަތީ ފުރަތަމަ ފަހަރަށް ޖިންނިއެއް ގޮތުގައި ފާޅުވާށެވެ. އަޔާނީއަށް އޭނާގެ ހިތުގެ އެދުންތައް އިއްވާލަދޭށެވެ. ނަމަވެސް ކަންދިމާކުރި ގޮތުން އީތަންއަށް ޖެހުނީ އައިކޮޅަށް އަނބުރާލާފައި ދާށެވެ. ހިތުގައި ކޫރުން އެޅިފައިވާ ހާލުއެވެ.
ކުރިމަތީގައި ހުރި މަޙްލޫގަށް ބަލަހައްޓައިގެން އަޔާނީ ކޮޅަށް ތެދުވެ ހުއްޓެވެ. ޔާއިންވެސް ފިނިފެންމާ ދިއްކޮށްލައިގެން ހުރީ އަޔާނީގެ ޖަވާބަކަށް އިންތިޒާރުކުރަމުންނެވެ. އިރުކޮޅަކު އެހެނ ހުރުމަށްފަހު ޔާއިންގެ ކެތްތެރިކަން ކޮޅުންލިއެވެ. އިތުރަށް ނުހުރެވޭނެކަން އެނގުމާއެކު ޔާއިން ، އަޔާނީގެ ލޯ ކުރިމައްޗައް ފަޑުވަމުން ގޮސް ގެއްލިއްޖެއެވެ. ކުއްލި އަކަށް ބާރު އަޑެއް އިވުނެވެ. އަޔާނީ އަނބުރައިގަނެގެން ބިންމައްޗައް ވެއްޓުނީއެވެ.
*****************************************
އެސްފިޔަތަޅުވާލުމަށްފަހު ލޯ ހުޅުވާލި އަޔާނިއަށް ކުރިމަތިން ހިނގަމުންދާ މަންޒަރުތައް ފެންނަމުން ދިޔައީ ވަރަށް ފުސްކޮށެވެ. އެހެންނަމަވެސް ދެތިން ފަހަރު އެސްފިޔަ ޖަހާލުމުން މަންޒަރު ސާފުވިއެވެ. ” މޭމް އާރ ޔޫ އޯކޭ.. ކެން ޔޫ ސީމީ… ކެން ޔޫ ހިއާރ މީ ” ޑޮކްޓަރު ސުވާލު ކޮށްލިއެވެ. އަޔާނީ މަޑުމަޑުން ބޯ ޖަހާލިއެވެ. ޑަކްޓަރު ކުޑަ ޗެކަޕެއް ހަދާލުމަށްފަހު ބޭސް ސިޓީ ލިޔެދިނެވެ.
ޑޮކްޓަރު ނިކުމެގެން ދިޔުމާއެކު އީނަލްމެންގެ ސުވާލުތަކާ ކުރިމަތިލާން ޖެހުނެވެ. މާ ބޮޑަށް ބޮލުގަ ރިއްސާތީ އަނބުރައިގަތީކަމަށް ބުނެ ވާހަކަ ހިނދާލަން އަޔާނީ މަސަތްކަތް ކުރިއެވެ. އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެންމެފަހުން ، އަޔާނީ ޖެހުނީ ގޮތުގައި ހުރުން ދޫކޮށްލާށެވެ.
ކަން ހިނގައިދިޔަ ގޮތް އީނަލް މެންނަށް އަޔާނީ ކިޔައިދިނެވެ. އީނާލްމެން ނިންމީ ސިހުރުވެރިޔަކު ގެންނާށެވެ. މިކަންތައްގަނޑުން ސަލާމަތް ވުމަށް އެއަށްވުރެ ރަނގަޅު ގޮތެއް ނެތްކަމަށްއެމީހުން ބުންޏެވެ.
ހޮސްޕިޓަލުގައި އަޔާނީ އެޑްމިޓް ކޮށްފައި އޮތް ކޮޓަރީގައި ހުރި އީތަންއަށް އެތާނގައި ދެކެވެމުން ދިޔަ ވާހަކަތައް މާ ރަނގަޅައްވެސް އަޑު އިވުނެވެ. ސިހުރުވެރިޔާގެ އަމަލުތަކުން ޔާއިންގެ ދުވަސް ދާނެކަން އީތަންއަށް އެނގުނެވެ. ކިތަންމެ ނުބައި މީހަކަށް ޔާއިން ވިއެއްކަމަކު އޭނާއަށް އެއްވެސް ގެއްލުމެއް ލިބޭކަށް އީތަންއެއް ނޭދެއެވެ. ޔާއިން ނުބައި ކަމެއްގެ ގޮތުގައި ކުރި ކޮންމެ އަމަލެއްގެ ފަހަތުގައި ސަބަބެއް ވާނެކަމަށް އީތަން ވިސްނުންތޫނު ސިކުނޑި ދެނެގަތެވެ. އެސަބަބެއް ނޭނގެނީސް އެކަމުގެ އެއްވެސް ބަދަލެއް ޔާއިންއަށް ދޭކަށް އޭނާގެ ހިތް އެއްބަހެއް ނުވިއެވެ. އީނާލް
އީނަލް މެންގެ މަޝްވަރާ އަޑުއަހަން ހުރުމަށްފަހު އީތަން އޭނަގެ ދުނިޔެއަށް އަނބުރާދިޔައެވެ. އެޖެންސީ ބިލްޑިންގް ގެ އަށްވަނަ ބުރީގައި ހުރި ޔާއިންގެ އެޕާރޓްމެންޓުގައި އީތަން ޓަކިދީފިއެވެ. ޖަވާބެއް ނުލިބުމުން އޭނާ ތަޅުގައި ހިފާލިއެވެ. ދޮރު ހުރީ ތަޅި ނުލައެވެ. އެތެރެއަށް ވަދެ ދޮރުލައްފާލިއެވެ. އެޕާރޓްމެންޓްގެ ސިޓިންގްރޫމްގައި ހުރި ސޯފާއަށް ވެޑުވެފައި ޔާއިން އޮތެވެ. ޔާއިންގެ ލޮލުގެ ފޯކަސް ހުއްޓިފައިވަނީ އޭނާގެ އަތުގައި އޮތް ރަތް ކުލައިގެ ފިނިފެންމަލަށެވެ. އޭނާ އޮތފިނިފެންމަލަށް ފޯކަސް ދީފައި ހުރުމުގެ ސަބަބުން ބެކްރައުންޑުވަނީ ފުސްވެފައެވެ. މާގިނަ އިރެއް ނުވެއެވެ. ޔާއިންއަށް އޭނާގެ ހިޔާލްގެ ތެރެއިން ބޭރުވެވުމާއެކު ފިނިފެންމަލަށް ދެވިފައިވާ ފޯކަސް ގެއްލުނެވެ. ފިނިފެންމަލުގެ ފަހަތުން އީތަން ފެނުމުން އޭނާގެ ދެ ބުމަ ގޮށްޖެހުނެވެ. ސޯފާއިން ފުންމައިގެން އޭނާ ތެދުވިއެވެ.
ނުނިމޭ
34 Comments!
Comments are closed.

V majaa mivaahaka hama kudavaregge jokeh hn sifavany
WTH? Gaimu mihurihaa dhuvahu maheekuree mee vaahaka eh kamma. Chumpu buneema mi check kohlly. But it really turned out to be a beautiful imaginary story. Thivaanee Chumpu ah vaahaka sifavaa goi ehen meehunna thankolheh thafrthee kamah ?
Btw. .ninninaal dhoonyya this storii is awesome ☺❤ keep it up and don’t mind joke comments like Chumpu’s
u are sooo rude and also ninni does her best to lead her self to success and u are being hirious
Me second dhw
Next time thankolheh dhigukoh genasdheachey ingey.. Story hama v salhi ????
Grl u should write bed time story.. ekamah varah molhu vaane henn heevey ? mi vaahaka dhn varah joke
ITS AN IMAGINARY STORY…if u wanna read nice stories, go find it by your self bunny the phycho rabbit
Oh really. Imaginary story akas Mee body varu ?
Hama ohbi….lam ah mih vaahakah varah rythi….keep it up…..????
Adhi grd 5 ga thiulhenee lwbii ge vaahaka nuliye kiyevumah focus kurihyaa varah rangalhu vaane.. adhi nuvey lwbii ge vaahaka liyaakah ?
i dont think grade 5 students are forced not to write love stories….ingey varakun liyeveyne….none of your business bodu meehaa
Wow.. nice… good work
love this story….haters got here too soon….srsly i hate mi vaahaka ah hate kuraa galhin dheke
Vaahakaagah hunaaneh thafaathu vahtharu….. Lwbigeh vaahakah eh liyunymah mihaaru ulhay myhunah rythivaany… Bahlah esfiya aye kuda kudhin vx baynun kuraa site eh…. Nd mihkahala imaginary story kiyaa hiyvaa kudhinvx thibayneh….. Mih goatha gahboolu nuhkurehvay kanthatha hingaa eng noony hindhi film eh mihaaru release vehbah ….eh bahlaaneh ehmen vx…. Ehvarah support kuraaneh….. So mihkahala vaahakah vx liyun aye rangalhu kahmeh…. Keep it up…. Ure doing well..
Story vvv reethi ingey.ninninaal ge idea vvv salhi. Mikahala thafaathi story eh kiyan libeythy vvv ufaavey keep it up dear and luv u soo much????♥️♥️???
I appreciate what ur doing gal
Love ur stori hell a lot.
???
Hello friends! ☺
Here is the 8th part of the story SOORA. Hope you will like it.?
And some of you might think this totally a love story. But no, I did not plan this story to be a love story. This story is actually about an imaginary world. Where two people from two worlds falls in love.
And I don’t think this concept is inappropriate for 5th graders in in this society now. Cuz in the cartoons shown for the kids have scences like these nowadays.
BTW I don’t take any of your comments as rude comments. I just consider it as you all sharing your opinion about the story .which is not a big deal ☺
Thank you and Salaam ❤
Ninninaal-?
Stry v salhi v furihama v thafaathu.keep it up . Friends qabool kuraa gothu ga 5 ulhu nass 2 ulhu nass 11&12 ninmaafa viyass e meehaku ge hunarah balaashey .beyyru thoshi gadah nubalaa shey.mi thaa vahaka kiyany huss anhenun neh noon firihenun vex kiyaa eba stry thah .ehen kiyaafa dhen v joke ey kiyan tha.
Konme meehaky thafaathu meeeheh hunnaany vex thafaathu hiyaalu .ey thi faalhu kurumu ge hahgu konme meehakah vex onnah jeheyne.ekah vaane qabool kuran vex. Friends mihen bunyma baeh kudhin rulhi athu vedhaane ekam vex ok.
Dear friends bunelaany hama huhtaa nulaa kuriyah goss stry ninmaalaa shey.konme dhuvahaku comm nukure vunass abadhu vex friends mi stry kiyaanan.when nw part up load.waiting waiting.
-salaam- ???
#stry kiyaa man #
Story v habeys n Gud nyt dear ???
This story is really nice when you write a story you have to use your own things it shows that tjos story is yours……. evry single petson thanking is different those who think this story is joke please try to understand this is ninni’s own imagination story maybe this story doesnt consider what you want or what you are looking forward to read please find another story
ninni is also a normal person like us maybe she is uoung so her thinking will be really different from us please adore her believe that she is trying her best its not easy to do this but she want to do it to male us happy please dint comments like that keep supporting her
love Alyss
Dont mind me asking this actually how old are you its okeh to be a student you know are you really in gr5
Umuraa gulhey story liyebala.. story nukiyaashe nubunan dhw.. dhn this umuruga love story ehches liyan vehjeyaa varah kada.. u kuda meehaa none of your business too.. ?? kids kudhin dhn ulhey vahthareh mihaaru. Amihla ah bodu vegen nithah fodi thalhan ?
Mee dhn v faadege meeheh kudakn brain ga mahsala hunna meeheh kanneyge ehenve Meena ah understand nuvany ehen meehunge feelings thah….dear mi story Mee ah vvvvvvvvvvv loabi ??????? keep it up and don’t lose hope for such stupid coment ☺☺☺
ninny adhi maakuda mikahala story eh liyaa warah vure….so better concentrate more on your studies dear…..mee hama advice eh take this positively?
Kba tha mahshala aky kuda yass .hunarah balaa bala.e hen meehun ge feeling ah ihuthiraam koh bala
Yeah dhw stry kiyaa man I also agree
Salhi ! Kuriah dhey hama ! Don’t stop
Kobartha next part
Ninninaal..when is next part??
This story is really nice. Waiting for the next part.
Waiting
Luv u?
Writer were are you??
Upload the next part… pls ninninaal..
I think she is busy at school..Doing the tests???…….But I hope she will upload when she is free??……. in Ramadan☺….. Ninninaal I’m waiting for your story??…… Pls reply to the comments if you can??…..I hope you are doing well??……lysm ????
next episode nikunanee kon irakun thr